ވިކިޕީޑިއާ dvwiki https://dv.wikipedia.org/wiki/%DE%89%DE%A6%DE%87%DE%A8_%DE%9E%DE%A6%DE%8A%DE%B0%DE%99%DE%A7 MediaWiki 1.45.0-wmf.5 first-letter މީޑިއާ ޚާއްސަ ޚިޔާލު މެމްބަރު މެމްބަރުގެ ވާހަކަ ވިކިޕީޑިއާ ވިކިޕީޑިއާ ޚިޔާލު ފައިލު ފައިލުގެ ޚިޔާލު މީޑިއާވިކީ މިޑިއާވިކީ ޚިޔާލު ފަންވަތް ފަންވަތުގެ ޚިޔާލު އެހީ އެހީގެ ޚިޔާލު ޤިސްމު ޤިސްމުގެ ޚިޔާލު ނެރު ނެރު ޚިޔާލު TimedText TimedText talk މޮޑިއުލް މޮޑިއުލް ޚިޔާލު އިބްރާހީމް ފަރީދު އަޙްމަދު 0 16246 136415 136380 2025-06-15T18:13:03Z Memberuser 25611 136415 wikitext text/x-wiki ފަޟީލަތުއްޝައިޚް އިބްރާހީމް ފަރީދު އަޙްމަދަކީ އިސްލާމްދީން އުނގަންނައިދެއްވުމާއި، ދީނީ ހޭލުންތެރިކަން އިތުރުކުރެއްވުމަށް ގިނަގުނަ މަސައްކަތްޕުޅުތަކެއް ކުރައްވައިފައިވާ ބޭފުޅެކެވެ. ޝައިޚް އިބްރާހީމް ފަރީދު އަޙްމަދު ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 1972ވަނަ އަހަރުގައެވެ. ޝައިޚް އިބްރާހީމް ފަރީދަކީ [[ނިލަންދެއަތޮޅު ދެކުނުބުރި|ދ.]] [[ކުޑަހުވަދޫ (ދ.އަތޮޅު)|ކުޑަހުވަދޫ]]އަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅެކެވެ. ފަޟީލަތުއްޝައިޚް އިބްރާހީމް ފަރީދު އަޙްމަދު ވަނީ މަޢުހަދުއް ދިރާސާތިލް އިސްލާމިއްޔާއިން ޘާނަވީ ތަޢުލީމު ޙާޞިލުކުރައްވައިފައެވެ. އެއަށްފަހު ޝަރީޢާގެ ދާއިރާއިން ޑިގްރީ ޙާޞިލުކުރެއްވީ [[ޤަޠަރު]]ގެ [[ޤަޠަރު]] ޔުނިވަރސިޓީންނެވެ. އެނބުރި ރާއްޖެ ވަޑައިގެން މަޢުހަދުއް ދިރާސާތިލް އިސްލާމިއްޔާގައި ކިޔަވައި ދެއްވައިފައިވެއެވެ. މަޢުހަދުގެ މުދައްރިސެއްގެ ގޮތުގައި 17 އޮގަސްޓު 1997 އިން ފެށިގެން 8 ޖޫން 2002 ގެ ނިޔަލަށް ޚިދުމަތްކުރައްވައިފައިވެއެވެ. ފަޟީލަތުއްޝައިޚް އިބްރާހީމް ފަރީދު އަޙްމަދަކީ ވަރަށް ރީތިކޮށް ޤުރްއާން ކިޔަވައި ވިދާޅުވާ ބޭފުޅެކެވެ. "އަލްކައުން ޓީވީ" ގެ އެއް މުއައްސިސެވެ. ޝައިޚް ފަރީދުގެ " ޚިދުމަތް ޖަމްޢިއްޔާ" އަކީ ނިކަމެތީންނަށް އެހީތެރިވެދޭ ޖަމާޢަތެކެވެ. ފަލަސްޠީނާއި ބަންގްލަދޭޝް ފަދަ، ގައުމުތަކުގެ މުސްލިމުންނަށް އެ ޖަމާޢަތުން އެހީވެދެއެވެ. އިސްލާމިކް ފައުންޑޭޝަން އޮފް ދަ މޯލްޑިވްސްގެ ނަމުގައި ޖަމްޢިއްޔާއެއް ހައްދަވައިގެން ދީނީ ދަޢުވަތު ފެތުރުއްވުމަށް ޝައިޚް ފަރީދު މަސައްކަތްކުރެއްވިއެވެ. ފަޟީލަތުއްޝައިޚް އިބްރާހީމް ފަރީދު އަޙްމަދު އަވަހާރަވީ 2025ވަނަ އަހަރުގެ ޖޫން މަހުގެ 9 ވީ ހޯމަ ދުވަހު ޢުމުރުފުޅުން 53 އަހަރުފުޅުގައެވެ. އަވަހާރަވީ ދީނީ ދަޢުވަތުގެ މަސައްކަތެއްގައި [[މެލޭޝިޔާ]]އަށް ވަޑައިގެން ކުއަލަލަމްޕޫރު އިންޓަރނޭޝަނަލް އެއަރޕޯޓުގައި ހުންނަވަނިކޮށެވެ. ޝައިޚް އިބްރާހީމް ފަރީދު އަޙްމަދުގެ މައްޗަށް ކަށުނަމާދުކުރީ 2025 ޖޫން 11ވަނަ ދުވަހުގެ މެންދުރު ނަމާދަށް ފަހު [[މެލޭޝިޔާ]]ގެ مسجد رجا حاجي في سبيل الله ގައެވެ. ފަސްދާނުލީ [[މެލޭޝިޔާ]]ގެ ތަނާހް ޕަރްކުބްރަން އިސްލާމް ރައުދަތުލް ބަޤީގައެވެ. [[ޤިސްމު:ޙަޔާތުނާމާ]] [[ޤިސްމު:ދިވެހިރާއްޖޭގެ ދީނީ ޢިލްމުވެރީން]] cy7di60vivsvn6h94yewmwd9iu6cyaz