ވިކިޕީޑިއާ dvwiki https://dv.wikipedia.org/wiki/%DE%89%DE%A6%DE%87%DE%A8_%DE%9E%DE%A6%DE%8A%DE%B0%DE%99%DE%A7 MediaWiki 1.46.0-wmf.22 first-letter މީޑިއާ ޚާއްސަ ޚިޔާލު މެމްބަރު މެމްބަރުގެ ވާހަކަ ވިކިޕީޑިއާ ވިކިޕީޑިއާ ޚިޔާލު ފައިލު ފައިލުގެ ޚިޔާލު މީޑިއާވިކީ މިޑިއާވިކީ ޚިޔާލު ފަންވަތް ފަންވަތުގެ ޚިޔާލު އެހީ އެހީގެ ޚިޔާލު ޤިސްމު ޤިސްމުގެ ޚިޔާލު ނެރު ނެރު ޚިޔާލު TimedText TimedText talk މޮޑިއުލް މޮޑިއުލް ޚިޔާލު Event Event talk ރުސްތުމް 0 11628 137513 120384 2026-04-01T12:58:14Z Amhmr 28176 137513 wikitext text/x-wiki <DIV STYLE="font-family: Faruma> ރުސްތުމް ({{lang-fa|رُستَم}}) އަކީ ބުނެވޭގޮތުގައި އީރާންޝަހަރުގެ ޒުބަލިސްތާނަށް އުފަން އެގައުމުގެ ގައުމީ ބަތަލެކެވެ. އޭނާ އަކި [[ޒާލް]] އާއި ރުދަބާގެ ފިރިހެން ދަރިއެވެ. ވާހަކަތަކުގައި ރުސްތުމް ސިފަކޮށްފައި ހުންނަނީ އައްސާސިދު ގެ ވެރިކަމުގެ ޒަމާނުގައި ކުރެވުނު ހަނގުރާމަކުގައި ގަދަފަދަ ފަހުލަވާނެއް އަދި ފާތިހެއްގެ ގޮތުގައެވެ. 10 ވަނަ ގަރުނުގެ މަޝްހޫރު ޅެންވެރިޔާ [[ފިރުދޯސީ]]، އޭނާ ލިޔުނު [[ޝާހްނާމާ]]ގައި ރުސްތުމްގެ ހާދިސާތައް ސިފަކޮށްދީފައި ވެއެވެ. [[File:Rustam recovers Rakhsh from Afrasiyab's herd, illustrated folio (f.295r.) from The Shahnameh of Shah Tahmasp (detail 13).jpg|thumb]] == ފަސްމަންޒަރު == ފިރުދޯސީގެ [[ޝާހްނާމާ]]ގައި ބަޔާންކޮށްފައި ވާގޮތުން ރުސްތުމަކީ އީރާނުގެ ބަތަލެވެ. އޭނާއަކީ ފާތިހުންގެ ފާތިހެވެ. ޝާހުނާމާގެ އެންމެ ހިތްގައިމު ވާހަކަތަކުގައި ރުސްތުމް ބައިވެރިވެއެވެ. އޭނަގެ ޅަފުރާގައި ރަސްގެފާނު މަނޫޝެހެރް ގެންގުޅުނު މޮޔަވެފައިވާ ހުދުއެތް، އޭނާގެ ކާފަ ސާމް ގެ ވާރުތައިން ލިބުނު ގުރުޒުން އެއްފަހަރުން ޖެހިޖެހީނުން މަރާލިއެވެ. އޭގެ ފަހުން އޭނާ މަޝްހޫރު [[ރަޚުޝް]] އޮޅުކުށް ކިޔަމަން ކުރިއެވެ. ރުސްތުމް މި ނަން އުފެދިގެން އައީ "ރޯދު" އާއި "ތަހުމަ" މި ދެ ލަފުޒުން ކަމަށް ބެލެވެއެވެ. ރޯދު ގެ މާނަ އަކީ ހެދި ބޮޑުވުން، ފައްކާވުން ނުވަތަ ތަރައްގީވުމެވެ. ތަހުމަ ގެ މާނައަކީ ހިތްވަރުގަދަކަމެވެ. === އުފަންވުން === ފާރިސީ ފުލޯކުތަކުގައި ބުނެފައިވާ ގޮތުން ރުސްތުމް ވިހެއުމުގައި އޭނާގެ މަންމަ [[ރުދަބާ]] އަށް އުނދަގޫތަކެއް ކުރިމަތިވެ ދިގުދެމިގެން ދިޔައެވެ. އެއީ އެ ދަރިފުޅުގެ ސައިޒު ބޮޑުކަމުންނެވެ. އަދި ވިހެއުމުގެ އުނދަގޫތަކަށް ކެތް ނުކުރެވިގެން ރުދަބާ މަރުވެދާނެކަމަށް އޭނާގެ ފިރި [[ޒާލް]] ދުއްޓެވެ. އެހައި ހިސާބުން [[ޒާލް]] [[ސިމާގު]] ގެ އެހީއަށް އެދުނެވެ. ދެން ސިމާގް ހާޒިރުވެ "ރުސްތުމްޒާދު" (ކަފާލައިގެން ދަރިފުޅު ނެގުން) ކުރާނެ ގޮތް ކިޔައިދީ ދެމައިންގެ ފުރާނަ ސަލާމަތް ކޮށްދިނެވެ. === ހަފްތު ޚާން === ކީކާއުސް، ރުސްތުމްގެ ރަސްގެފާނު މަޒަންދަރުގެ އިފުރީތެއްގެ ހައްޔަރުގެ ދަށަށް ދިޔައެވެ. ރަސްގެފާނު މި އިފުރީތުގެ ފުށުން ސަލާމަތް ކުރުމަށް ރުސްތުމް ވަރުގަދަ އަދި ކާމިޔާބު ދަތުރެއް ކުރިއެވެ. މި ދަތުރަށް ފާރިސި ބަހުން ކިޔަނި ހަފްތު ޚާނޭ ރުސްތުމް އެވެ. ރުސްތުމް އާއި، އަޔަލެންޑްގެ ވާހަކަތަކުގައި ސިފަކޮށްފައިވާ ހިތްވަރުގަދަ ބާނީ ކޫޝުލަން އާ ދެމެދު އެއްގޮތް ވާހަކަތަކެއް އައިސްފައި ވެއެވެ. މި ދެ ފަހުލަވާނުންވެސް، ޒުވާން އުމުރުގައި ބޮޑެތި އިރުފީތު ބަލިކުރިއެވެ. އަދި ހަނގުރާމައިގައި އެމީހުންގެ އަތުން އަމިއްލަ ދަރި ގަތުލު ކުރެވެއެވެ. މީގެ އިތުރުން މި ދެމީހުންނަކީވެސް ހަނގުރާމައިގެ ހުނަރުވެރިކަމުގެ ސަބަބުން، "ބަލިނުކުރެވޭނެ" ކަމުގައި ބުނެވޭ ދެމީހުނެވެ. މި ދެ ބަތަލުންމެ މަރާލެވުނީ ހިޔާނާތްތެރިއެއްގެ ދުޝްމަނެއްގެ ރޭވުމަކުން ނެވެ. އަދި މި ކޮންމެ މީހަކުވެސް، ފަހުނޭވާގައި، ދުޝްމަނު ގަތުލުކުރެއެވެ. == ދަރިކޮޅު == ރުސްތުމް ކައިވެނި ކުރީ ސަންގަމަންގެ ރަސްގެފާނުގެ އަންހެންދަރި ތަހުމީނާ އާ އެވެ. މި ދެމީހުންނަށް ފިރިހެން ދަރިޔަކު ލިބުނެވެ. ނަމަކީ [[ސޮހްރަބް]] އެވެ. ބުނެވޭ ގޮތުގައި ސޮހްރަބް ގަތުލުކުރެވުނީ ހަނގުރާމައިގެ ތެރޭގައި ރުސްތުމްގެ އަތުންނެވެ. ރުސްތުމަށް ގަތުލު ކުރެވުނީ އޭނާގެ ދަރި ކަން އެނގުނީ ޒަހަމް ކުރެވުމަށް ފަހުއެވެ. ފަހުން އޭނާއަށް އަންހެން ދަރިއަކު ލިބުނެވެ. ނަމަކީ ގުޝްސަބް އެވެ. އަދި ހަމަ އެ ބަނޑަށް ފިރިހެން ދަރިއަކުވެސް ލިބުނެވެ. ނަމަކީ ފަރާމަރަޒް އެވެ. މި ދެމީހުންނަކީ ވެސް ތޫރާނާއި އިންޑިޔާގައި މަޝްހޫރު ބަތަލުންނެވެ. [[ޤިސްމު:ޙަޔާތުނާމާ]] 7zin40fyzl1w6fe9opj5t6niqisrf8k