ވިކިޕީޑިއާ dvwiki https://dv.wikipedia.org/wiki/%DE%89%DE%A6%DE%87%DE%A8_%DE%9E%DE%A6%DE%8A%DE%B0%DE%99%DE%A7 MediaWiki 1.46.0-wmf.24 first-letter މީޑިއާ ޚާއްސަ ޚިޔާލު މެމްބަރު މެމްބަރުގެ ވާހަކަ ވިކިޕީޑިއާ ވިކިޕީޑިއާ ޚިޔާލު ފައިލު ފައިލުގެ ޚިޔާލު މީޑިއާވިކީ މިޑިއާވިކީ ޚިޔާލު ފަންވަތް ފަންވަތުގެ ޚިޔާލު އެހީ އެހީގެ ޚިޔާލު ޤިސްމު ޤިސްމުގެ ޚިޔާލު ނެރު ނެރު ޚިޔާލު TimedText TimedText talk މޮޑިއުލް މޮޑިއުލް ޚިޔާލު Event Event talk އަޝްރަފް ޢަބްދުއްރަޙީމް 0 15313 137586 137492 2026-04-16T18:46:08Z Memberuser 25611 137586 wikitext text/x-wiki {{Infobox officeholder | office = ދިވެހިބަހުގެ އެކެޑަމީގެ ރައީސް | term_start = 8 އޮގަސްޓު 2021 | term_end = 31 ޑިސެންބަރު 2025 | name = ޑރ. އަޝްރަފް ޢަބްދުއްރަޙީމް | president = [[އިބްރާހީމް މުޙައްމަދު ޞާލިޙް|އިބްރާހީމް މުޙައްމަދު ޞާލިޙު]]
[[މުޙައްމަދު މުޢިއްޒު]] | successor = | alma_mater = [[ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ|މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަން]]
އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ [[މެލޭޝިޔާ]]
އޭޝިޔާ އީ ޔުނިވަރސިޓީ | predecessor = އަޝްރަފް ޢަލީ | birth_date = {{Birth date and age|1965|8|6|df=yes}} | awards = ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން؛ ދިވެހިބަހާއި ބަހުގެ ލިޔުންތެރިކަން ކުރިއެރުވުމުގެ ރޮނގުން ހިތްވަރު ދިނުމުގެ ޤައުމީ އިނާމު - 2020 | office1 = ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއާމަން | termstart1 = 8 ނޮވެންބަރު 2012 | termend1 = 3 އޮކްޓޫބަރު 2016 | successor1 = އަޙްމަދު ނަޞީރު | office2 = ބަންޑާރަ ނާއިބުގެ އޮފީހުގެ ޑިރެކްޓަރު | termstart2 = 2004 | termend2 = 2007 }} ޑރ. އަޝްރަފް ޢަބްދުއްރަޙީމް އުފަންވެވަޑައިގަތީ 1965 އޮގަސްޓު 6ވަނަ ދުވަހުއެވެ. އެ މަނިކުފާނަކީ [[މިލަދުންމަޑުލު ދެކުނުބުރި|ނ.]] [[ކުޑަފަރީ (ނ. އަތޮޅު)|ކުޑަފަރީ]] ބޭފުޅެކެވެ. ޑރ. އަޝްރަފް ޢަބްދުއްރަޙީމް އެންމެ ފުރަތަމަ ތަޢުލީމު ޙާޞިލުކުރެއްވީ އުފަން ރަށް [[މިލަދުންމަޑުލު ދެކުނުބުރި|ނ.]] [[ކުޑަފަރީ (ނ. އަތޮޅު)|ކުޑަފަރިންނެވެ.]] 1978ވަނަ އަހަރު ތަޢުލީމު ޙާޞިލުކުރެއްވުމަށް ޓަކައި [[ޕާކިސްތާން|ޕާކިސްތާނަށް]] ވަޑައިގެން 8 އަހަރު އެ ޤައުމުގައި ހޭދަކުރެއްވިއެވެ. ޑރ. އަޝްރަފް ޢަބްދުއްރަޙީމް ފުރަތަމަ ޑިގުރީ ފުރިހަމަކުރެއްވީ ދިވެހިބަހުގެ ދާއިރާއިން މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަން (މިހާރު [[ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ]]) ގައެވެ. މާސްޓާރސް ޑިގުރީ ޙާޞިލުކުރެއްވީ މެނޭޖްމެންޓްގެ ދާއިރާއިން [[މެލޭޝިޔާ]]ގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީންނެވެ. އެއަށްފަހު ޕީއެޗްޑީ ޙާޞިލުކުރެއްވީ ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން، [[މެލޭޝިޔާ]]ގައި ހުންނަ އޭޝިޔާ އީ ޔުނިވަރސިޓީންނެވެ. ޑރ. އަޝްރަފް ޢަބްދުއްރަޙީމަކީ ދިވެހިބަސް ކިޔަވައިދެއްވުމުގެ ރޮނގުންނާއި، ދިވެހިބަހުގެ ލިޔުންތެރިކަމުން ފާހަގަކޮށްލެވޭ ބޭފުޅެކެވެ. އަދި ރާއްޖޭގެ ސްކޫލުތަކުގައި ދިވެހިބަސް ކިޔަވައިދޭ ފޮތްތައް އެކުލަވައިލެއްވުމުގައި ވަރަށް މުހިންމު ދައުރެއް ޑރ. އަޝްރަފް އަދާކުރެއްވިއެވެ. މިގޮތުން، އެޑިޔުކޭޝަނަލް ޑިވެލޮޕްމަންޓް ސެންޓަރުގައި މަސައްކަތް ކުރެއްވިއިރު، ގްރޭޑް 8ގެ ދިވެހި ފޮތަށް ބޮޑު ބަދަލުތަކެއް ގެންނަވައި، ފޮތް އެކުލަވައި ލިޔުއްވިއެވެ. 2018ވަނަ އަހަރު، ގްރޭޑް 11 އާއި ގްރޭޑް 12ގެ ދިވެހި ފޮތާއި، ދިވެހި އަދަބިއްޔާތުގެ ފޮތް އެކުލަވައި ލިޔުމަށް އެމް 7 އެންޓަރޕްރައިޒަސް ޕްރައިވެޓް ލިމިޓެޑުން އެކުލަވައިލި ޓީމުގެ އެންމެ އިސް ބޭފުޅެއްގެ ގޮތުގައިވެސް ހުންނެވީ ޑރ. އަޝްރަފް ޢަބްދުއްރަޙީމެވެ. 2019ވަނަ އަހަރުން ފެށިގެން ރާއްޖޭގެ ސްކޫލުތަކުގެ ގްރޭޑް 11 އާއި 12 ގައި ކިޔަވައިދިނުމުގައި މި ފޮތް ބޭނުންކުރަމުން ގެންދެއެވެ. [[ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ]]ން ހިންގަވާ ދިވެހިބަހުގެ ޑިގްރީ ކޯހުގެ އަދަބިއްޔާތުގެ މޮޑިއުލް 2007، 2008، 2014 ގެ ބެޗުގައި ޑރ. އަޝްރަފް ޢަބްދުއްރަޙީމް ކިޔަވައިދެއްވައިފައިވެއެވެ. އަދި [[ވިލާ ކޮލެޖު]]ން ހިންގަވާ ދިވެހި ލޭންގުއޭޖް ޓީޗިންގ މާސްޓަރސް ކޯހުގެ އަދަބީ މޮޑިއުލް ފަރުމާކުރައްވައި، ލިޔުއްވައި ކިޔަވައިދެއްވައިފައިވެއެވެ. ޑރ. އަޝްރަފް ޢަބްދުއްރަޙީމް އަދާކުރެއްވި މަޤާމުތަކުގެ ތެރޭގައި ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއާމަންކަމާއި، ބަންޑާރަ ނާއިބުގެ އޮފީހުގެ ޑެޕިޔުޓީ ޑިރެކްޓަރުކަމާއި، ޕޮލިޓިކަލް ސެކްރެޓަރީކަމާއި، ދިވެހިބަހުގެ އެކަޑަމީގެ ރައީސްކަން ހިމެނެއެވެ. ދިވެހިބަހުގެ އެކަޑަމީގެ ރައީސްކަމަށް ޑރ. އަޝްރަފް ޢައްޔަންކުރެއްވީ 2021 އޮގަސްޓު 8ވަނަ ދުވަހެއެވެ. އެ މަޤާމުން އިސްތިޢުފާ ދެއްވީ 2025 ޑިސެންބަރު 31ވަނަ ދުވަހުއެވެ. ޑރ. އަޝްރަފް ޢަބްދުއްރަޙީމަށް 2020ވަނަ އަހަރު ވަނީ ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހިތްވަރުދިނުމުގެ ޤައުމީ އިނާމު ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން؛ ދިވެހިބަހާއި ބަހުގެ ލިޔުންތެރިކަން ކުރިއެރުވުމުގެ ރޮނގުން ލިބިވަޑައިގެންފައެވެ. [[ޤިސްމު:ޙަޔާތުނާމާ]] [[ޤިސްމު:ޕީއެޗްޑީ ހަދާފައިވާ ދިވެހިން]] 1blo9ec45td8bvywxcjoywj67ygteg8 137588 137586 2026-04-16T19:14:20Z Memberuser 25611 137588 wikitext text/x-wiki {{Infobox officeholder | office = ދިވެހިބަހުގެ އެކެޑަމީގެ ރައީސް | term_start = 8 އޮގަސްޓު 2021 | term_end = 31 ޑިސެންބަރު 2025 | name = ޑރ. އަޝްރަފް ޢަބްދުއްރަޙީމް | president = [[އިބްރާހީމް މުޙައްމަދު ޞާލިޙް|އިބްރާހީމް މުޙައްމަދު ޞާލިޙު]]
[[މުޙައްމަދު މުޢިއްޒު]] | successor = [[ޙަސަން ޝާކިރު މުޙައްމަދު]] | alma_mater = [[ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ|މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަން]]
އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ [[މެލޭޝިޔާ]]
އޭޝިޔާ އީ ޔުނިވަރސިޓީ | predecessor = އަޝްރަފް ޢަލީ | birth_date = {{Birth date and age|1965|8|6|df=yes}} | awards = ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން؛ ދިވެހިބަހާއި ބަހުގެ ލިޔުންތެރިކަން ކުރިއެރުވުމުގެ ރޮނގުން ހިތްވަރު ދިނުމުގެ ޤައުމީ އިނާމު - 2020 | office1 = ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއާމަން | termstart1 = 8 ނޮވެންބަރު 2012 | termend1 = 3 އޮކްޓޫބަރު 2016 | successor1 = އަޙްމަދު ނަޞީރު | office2 = ބަންޑާރަ ނާއިބުގެ އޮފީހުގެ ޑިރެކްޓަރު | termstart2 = 2004 | termend2 = 2007 }} ޑރ. އަޝްރަފް ޢަބްދުއްރަޙީމް އުފަންވެވަޑައިގަތީ 1965 އޮގަސްޓު 6ވަނަ ދުވަހުއެވެ. އެ މަނިކުފާނަކީ [[މިލަދުންމަޑުލު ދެކުނުބުރި|ނ.]] [[ކުޑަފަރީ (ނ. އަތޮޅު)|ކުޑަފަރީ]] ބޭފުޅެކެވެ. ޑރ. އަޝްރަފް ޢަބްދުއްރަޙީމް އެންމެ ފުރަތަމަ ތަޢުލީމު ޙާޞިލުކުރެއްވީ އުފަން ރަށް [[މިލަދުންމަޑުލު ދެކުނުބުރި|ނ.]] [[ކުޑަފަރީ (ނ. އަތޮޅު)|ކުޑަފަރިންނެވެ.]] 1978ވަނަ އަހަރު ތަޢުލީމު ޙާޞިލުކުރެއްވުމަށް ޓަކައި [[ޕާކިސްތާން|ޕާކިސްތާނަށް]] ވަޑައިގެން 8 އަހަރު އެ ޤައުމުގައި ހޭދަކުރެއްވިއެވެ. ޑރ. އަޝްރަފް ޢަބްދުއްރަޙީމް ފުރަތަމަ ޑިގުރީ ފުރިހަމަކުރެއްވީ ދިވެހިބަހުގެ ދާއިރާއިން މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަން (މިހާރު [[ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ]]) ގައެވެ. މާސްޓާރސް ޑިގުރީ ޙާޞިލުކުރެއްވީ މެނޭޖްމެންޓްގެ ދާއިރާއިން [[މެލޭޝިޔާ]]ގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީންނެވެ. އެއަށްފަހު ޕީއެޗްޑީ ޙާޞިލުކުރެއްވީ ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން، [[މެލޭޝިޔާ]]ގައި ހުންނަ އޭޝިޔާ އީ ޔުނިވަރސިޓީންނެވެ. ޑރ. އަޝްރަފް ޢަބްދުއްރަޙީމަކީ ދިވެހިބަސް ކިޔަވައިދެއްވުމުގެ ރޮނގުންނާއި، ދިވެހިބަހުގެ ލިޔުންތެރިކަމުން ފާހަގަކޮށްލެވޭ ބޭފުޅެކެވެ. އަދި ރާއްޖޭގެ ސްކޫލުތަކުގައި ދިވެހިބަސް ކިޔަވައިދޭ ފޮތްތައް އެކުލަވައިލެއްވުމުގައި ވަރަށް މުހިންމު ދައުރެއް ޑރ. އަޝްރަފް އަދާކުރެއްވިއެވެ. މިގޮތުން، އެޑިޔުކޭޝަނަލް ޑިވެލޮޕްމަންޓް ސެންޓަރުގައި މަސައްކަތް ކުރެއްވިއިރު، ގްރޭޑް 8ގެ ދިވެހި ފޮތަށް ބޮޑު ބަދަލުތަކެއް ގެންނަވައި، ފޮތް އެކުލަވައި ލިޔުއްވިއެވެ. 2018ވަނަ އަހަރު، ގްރޭޑް 11 އާއި ގްރޭޑް 12ގެ ދިވެހި ފޮތާއި، ދިވެހި އަދަބިއްޔާތުގެ ފޮތް އެކުލަވައި ލިޔުމަށް އެމް 7 އެންޓަރޕްރައިޒަސް ޕްރައިވެޓް ލިމިޓެޑުން އެކުލަވައިލި ޓީމުގެ އެންމެ އިސް ބޭފުޅެއްގެ ގޮތުގައިވެސް ހުންނެވީ ޑރ. އަޝްރަފް ޢަބްދުއްރަޙީމެވެ. 2019ވަނަ އަހަރުން ފެށިގެން ރާއްޖޭގެ ސްކޫލުތަކުގެ ގްރޭޑް 11 އާއި 12 ގައި ކިޔަވައިދިނުމުގައި މި ފޮތް ބޭނުންކުރަމުން ގެންދެއެވެ. [[ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ]]ން ހިންގަވާ ދިވެހިބަހުގެ ޑިގްރީ ކޯހުގެ އަދަބިއްޔާތުގެ މޮޑިއުލް 2007، 2008، 2014 ގެ ބެޗުގައި ޑރ. އަޝްރަފް ޢަބްދުއްރަޙީމް ކިޔަވައިދެއްވައިފައިވެއެވެ. އަދި [[ވިލާ ކޮލެޖު]]ން ހިންގަވާ ދިވެހި ލޭންގުއޭޖް ޓީޗިންގ މާސްޓަރސް ކޯހުގެ އަދަބީ މޮޑިއުލް ފަރުމާކުރައްވައި، ލިޔުއްވައި ކިޔަވައިދެއްވައިފައިވެއެވެ. ޑރ. އަޝްރަފް ޢަބްދުއްރަޙީމް އަދާކުރެއްވި މަޤާމުތަކުގެ ތެރޭގައި ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއާމަންކަމާއި، ބަންޑާރަ ނާއިބުގެ އޮފީހުގެ ޑެޕިޔުޓީ ޑިރެކްޓަރުކަމާއި، ޕޮލިޓިކަލް ސެކްރެޓަރީކަމާއި، ދިވެހިބަހުގެ އެކަޑަމީގެ ރައީސްކަން ހިމެނެއެވެ. ދިވެހިބަހުގެ އެކަޑަމީގެ ރައީސްކަމަށް ޑރ. އަޝްރަފް ޢައްޔަންކުރެއްވީ 2021 އޮގަސްޓު 8ވަނަ ދުވަހެއެވެ. އެ މަޤާމުން އިސްތިޢުފާ ދެއްވީ 2025 ޑިސެންބަރު 31ވަނަ ދުވަހުއެވެ. ޑރ. އަޝްރަފް ޢަބްދުއްރަޙީމަށް 2020ވަނަ އަހަރު ވަނީ ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހިތްވަރުދިނުމުގެ ޤައުމީ އިނާމު ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން؛ ދިވެހިބަހާއި ބަހުގެ ލިޔުންތެރިކަން ކުރިއެރުވުމުގެ ރޮނގުން ލިބިވަޑައިގެންފައެވެ. [[ޤިސްމު:ޙަޔާތުނާމާ]] [[ޤިސްމު:ޕީއެޗްޑީ ހަދާފައިވާ ދިވެހިން]] rbi0aacxdoxhddl0siepdd9awtxz08o ޙަސަން ޝާކިރު މުޙައްމަދު 0 16379 137587 2026-04-16T19:13:44Z Memberuser 25611 Created page with "{{Infobox officeholder | office = ދިވެހިބަހުގެ އެކެޑަމީގެ ރައީސް | term_start = 19 ޖަނަވަރީ 2026 | term_end = | name = ޙަސަން ޝާކިރު މުޙައްމަދު | president = [[މުޙައްމަދު މުޢިއްޒު]] | successor = | alma_mater = މަޢުހަދުއްދިރާސާތިލްއިސްލާމިއްޔާ | predecessor = އަޝްރަފް..." 137587 wikitext text/x-wiki {{Infobox officeholder | office = ދިވެހިބަހުގެ އެކެޑަމީގެ ރައީސް | term_start = 19 ޖަނަވަރީ 2026 | term_end = | name = ޙަސަން ޝާކިރު މުޙައްމަދު | president = [[މުޙައްމަދު މުޢިއްޒު]] | successor = | alma_mater = މަޢުހަދުއްދިރާސާތިލްއިސްލާމިއްޔާ | predecessor = [[އަޝްރަފް ޢަބްދުއްރަޙީމް]] | awards = ދިވެހި ޅެންވެރިކަމުގެ ރޮނގުން ޢާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު - 1998
ދިވެހި އަދަބިއްޔާތަށް ޚިދުމަތް ކުރުމުގެ ދާއިރާއިން؛ ދިވެހިބަހުން ވާހަކަދެއްކުންތެރިކަމުގެ ރޮނގުން ޢާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު - 2007
ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ޝަރަފުވެރިކަމުގެ ޤައުމީ އިނާމު - 2022 | office1 = މޯލްޑިވްސް މީޑިއާ ކައުންސިލުގެ މެންބަރު | termstart1 = 15 ޑިސެންބަރު 2024 | termend1 = 18 ސެޕްޓެންބަރު 2025 }} ޙަސަން ޝާކިރު މުޙައްމަދަކީ، ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން، ދިވެހިބަހުގެ ލިޔުންތެރިކަން ކުރިއެރުވުމުގެ ރޮނގުންނާއި، އަދަބިއްޔާތު ކުރިއެރުވުމަށް ގިނަގުނަ މަސައްކަތްޕުޅުތަކެއް ކޮށްދެއްވަމުން ގެންދަވާ ބޭފުޅެކެވެ. އަދަބިއްޔާތުގެ ދާއިރާއިން، ޙަސަން ޝާކިރު މުޙައްމަދުގެ އެންމެ ޚާއްޞަ އެއް ރޮނގަކީ، ޅެންވެރިކަމުގެ ރޮނގެވެ. ތަފާތު ރޮނގުރޮނގުން ޅެން ހައްދަވައެވެ. ފުރަތަމަ ޅެމެއް ހެއްދެވީ 1980ވަނަ އަހަރުއެވެ. އެންމެ ގިނައިން ހައްދަވައިފައިވަނީ ޤައުމީ ޅެމާއި މަދަޙައެވެ. ޝާކިރަކީ، އެހެން މީހުންނަށް ޅެންވެރިކަން ދަސްކޮށްދެއްވައި، އެ ރޮނގުން ގިނަ ކޯސްތައްވެސް ހިންގަވައިދެއްވައިފައިވާ ބޭފުޅެކެވެ. ޝާކިރަކީ ފޮތް ލިޔުއްވައި، ފޮތް ޝާއިޢުކުރުމުގައި އެހެން ބޭފުޅުންނަށް އެހީތެރިކަން ދެއްވަމުން ގެންދަވާ ބޭފުޅެއް ވެސް މެއެވެ. އަދި ވާހަކަދެއްކުންތެރިކަން އުނގަންނަވައިދެއްވައި، ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ވަރަށްގިނަ ބަޔަކު ތަމުރީނުކޮށްދެއްވައިފައިވާ ބޭފުޅެކެވެ. ދިވެހި ނާދީއާއި، ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުގެ ފަރާތުން ފޮނުއްވައިގެން، ބައެއް ރަށްރަށުގެ ވެރިންނަށާއި، ޢާންމު ފަރާތްތަކަށް ވާހަކަދައްކަން ދަސްކޮށްދެއްވުމުގެ ކުރު ކޯސްތައް ޝާކިރު ހިންގަވައިދެއްވައިފައި ވެއެވެ. އަދި ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި އެކި ރަށްރަށުގެ ވެރިންނަށާއި ޢާންމުންނަށް ޅެންވެރިކަމުގެ ހުނަރުވެރިކަން ދަސްކޮށްދެއްވުމުގައި ދެމިހުންނެވިއެވެ. ސަރުކާރާއި ޢާންމު ބައެއް ފަރާތްތަކުން ޝާއިޢު ކުރައްވާ ފޮތްތައް ބައްލަވައި ފާސްކޮށްދެއްވުމުގައި ޝާކިރު އެހީތެރިކަން ދެއްވައެވެ. އަދި ފޮތް އެކުލަވައިލައި ޝާއިޢުކުރަން ބޭނުންވާ އެކި ފަރާތްތަކުން އެދިވަޑައިގަތުމުން، ފޮތްތައް ޓައިޕްކުރުއްވައި، ލޭއައުޓް ހައްދުވައި، ޕްރޫފް ބައްލަވައި، ފާސްކޮށްދެއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވައެވެ. މިގޮތުން، ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާ މުއުމިނާ ޙަލީމްގެ "އިރުންޖެހޭ ވައި - ހުޅަނގުން ޖެހޭ ވައި" ވާހަކަ، ކުރީގެ މޫންލައިޓްތަކުން އެއްކުރައްވައި ފޮތަކަށް ހައްދަވައިދެއްވައިފައި ވެއެވެ. އަދި [[ޢަބްދުﷲ ޙަމީދު|ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ އަލްއުސްތާޛު އަލްމަރްޙޫމު ޢަބްދުﷲ ޙަމީދު]]، ދުނިޔޭގެ ބައެއް ޝަޚްޞިއްޔަތުންނާ ބެހޭގޮތުން މީގެ އެތައް އަހަރެއް ކުރިން ފެށިގެން އެކިއެކި ނޫސް މަޖައްލާތަކުގައި ލިޔުއްވައިފައިވާ ތަފާތު މަޒުމޫނުތައް އެއްކުރައްވައި، މިހާރު ވަނީ 200 ޞަފްޙާގެ ފޮތެއް އެކުލަވައިލައްވައިފައެވެ. އަދި އެމަނިކުފާނު ލިޔުއްވައިފައިވާ ވާހަކަތަކާއި ޅެންތައް އެއްކުރައްވައި، ދެ ފޮތެއް އެކުލަވައިލެއްވުމުގެ މަސައްކަތްވެސް ވަނީ ނިމުމަކާ ހަމަޔަށް ގެންދަވައިފައެވެ. ޝާކިރު މަސައްކަތް ކޮށްދެއްވައިގެން ނިންމަވައި ދެއްވައިފައިވާ އަދި މިހާތަނަށް ޝާއިޢުނުކޮށް ހުރި ފޮތްތަކުގެ ތެރޭގައި، އަލްފާޟިލް ނިޔަނދުރު މުޙައްމަދު މަނިކުގެ ޅެންފޮތާއި، އަލްފާޟިލް މާޔާ މުޙައްމަދު ޔޫސުފުގެ ޅެންފޮތް ހިމެނެއެވެ. މީގެއިތުރުން، މިހާތަނަށް އެކި ފަރާތްތަކުގެ 40 އަށްވުރެ ގިނަ ފޮތްތަކުގެ އަދަބީ ކުށްތައް ބައްލަވައި، ލަފަޔާއި އިރުޝާދުދެއްވައި، އެ ފޮތްތައް ފާސްކޮށްދެއްވުމުގައި ޝާކިރު މަސައްކަތް ކޮށްދެއްވައިފައިވެއެވެ. ބައެއް ސްކޫލްތަކާއި ބައެއް މުއައްސަސާތަކުން އިންތިޒާމުކޮށްގެން ބާއްވާ ވާހަކަދެއްކުމާއި، ބަޙުޘްކުރުމާއި، މަޒުމޫނު ލިޔުމާއި، ޅެން މުބާރާތްތަކުގެ ފަނޑިޔާރުކަން ވެސް ޝާކިރު ކޮށްދެއްވައެވެ. އެކި ފަރާތްތަކަށް ދިވެހިބަހުގެ ހަމަތައް ދަސްކޮށްދިނުމުގެ ފިލާވަޅުތައް ނަންގަވައިދެއްވައި، ބައެއް ސްކޫލްތަކުގެ ލަވަ ހައްދަވައިދެއްވައިފައިވެއެވެ. އޭގެ ތެރޭގައި، ޣާޒީ ސްކޫލާއި، [[މ.އަތޮޅު ތަޢުލީމީ މަރުކަޒު|މ.އަތޮޅު ތަޢުލީމީ މަރުކަޒާއި]]، ކ.އަތޮޅު ތަޢުލީމީ މަރުކަޒާއި، ފަލާޙް ޕްރީސްކޫލްގެ ލަވަ ހިމެނެއެވެ. ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ކުރެވޭ މަސައްކަތްތައް އިތުރުކުރުމަށާއި، މި ދާއިރާގެ މަސައްކަތްތައް ގިނަ ބަޔަކަށް ލިބޭނެގޮތް ހެއްދެވުމަށް 2010ވަނަ އަހަރު "ލިޔުންތެރިންގެ ގުޅުން" މި ނަމުގައި ޖަމްޢިއްޔާއެއް އުފެއްދެވުމުގެ މަސައްކަތުން ފެށިގެން މިހާތަނަށް އެ ޖަމުޢިއްޔާގެ ޙަރަކާތްތައް ހިންގެވުމުގައި އިސްކޮށް މަސައްކަތް ކުރެއްވި އެއް ބޭފުޅަކީވެސް ޝާކިރެވެ. މިގޮތުން، އެ ޖަމުޢިއްޔާގެ ވެބްސައިޓް (www.liyuntherin.org) ހިންގަވައި ބެލެހެއްޓެވުމުގައި އިސްކޮށް އުޅުއްވަމުން، އެ ޖަމްޢިއްޔާއިން ހިންގާ ޅެންވެރިޔާ (www.lhenveriyaa.com) ވެބްސައިޓް ހިންގަވައި ބެލެހެއްޓުމުގައި ވެސް ޝާކިރު އެހީތެރިކަން ދެއްވައެވެ. ޙަސަން ޝާކިރު މުޙައްމަދަކީ، މަޢުހަދުއްދިރާސާތިލްއިސްލާމިއްޔާގެ އިސް ދަރިވަރުންގެ ޖަމްޢިއްޔާއިން އިންތިޒާމު ކޮށްގެން ބޭއްވި "ޢާލިމުންގެ ޛިކުރާ" ޖަލްސާތައް ރާއްވަވައި އިންތިޒާމުކުރެއްވުމުގައްޔާއި، މަޢުހަދުގެ އިސް ދަރިވަރުންގެ ޖަމްޢިއްޔާގެ އަހަރީ ދުވަހާ ގުޅުވައިގެން ރާއްޖޭގެ ސްކޫލްތަކުގެ އިސް ދަރިވަރުންގެ ޖަމްޢިއްޔާތަކުގެ މެދުގައި ބޭއްވި ބަޙުޘް މުބާރާތްތައް ރާވައި އިންތިޒާމުކުރުމުގައި އިސް ދައުރެއް އަދާކުރައްވައިފައިވާ ބޭފުޅެކެވެ. އަމިއްލަފުޅު އިސްނެންގެވުމުގެ މަތިން މިހާތަނަށް ފަސް ފޮތެއް ލިޔުއްވައި ޝާއިޢު ކުރައްވައިފައިވެއެވެ. އޭގެތެރޭގައި، "ވީގޮތް" ނަމުގައި ސަމާސާ އަދަބުގެ ފޮތަކާއި، "އަޅުގަނޑު ދުށް ބައެއް ޝަޚްޞިއްޔަތުން" ގެ ނަމުގައި ލިޔުއްވައިފައިވާ ފޮތަކާއި، 3 ޅެންފޮތް ހިމެނެއެވެ. އޭގެ އިތުރުން، ޝާކިރުގެ އެޑިޓަރުކަމުގެ ދަށުގައްޔާއި، ޝާކިރު އެހީތެރިވެދެއްވައިގެން ބައެއް ނޫސް މަޖައްލާ ނެރުއްވައިފައިވެއެވެ. ސަރުކާރުގެ ބައެއް މުއައްސަސާތަކާއި، ޢާންމު ބައެއް ފަރާތްތަކަށާއި ދަރިވަރުންނަށް އެކި މުނާސަބަތުތަކާ ގުޅޭގޮތުންނާއި، މުބާރާތްތަކަށް ލަވައާއި، ޅެމާއި، މަދަޙަ ހައްދަވައިދެއްވަމުން ގެންދަވާ ޝާކިރަކީ، ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާގެ ފޮތްތައް ޢާންމުންނަށް ފޯރުކޮށްދެއްވުމުގައި ވެސް މިސާލެކެވެ. ޙަސަން ޝާކިރު މުޙައްމަދަށް ވަނީ، ދިވެހި ޅެންވެރިކަމުގެ ރޮނގުން 1998ވަނަ އަހަރު، ޢާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމާއި 2007ވަނަ އަހަރު، ދިވެހި އަދަބިއްޔާތަށް ޚިދުމަތް ކުރުމުގެ ދާއިރާއިން، ދިވެހިބަހުން ވާހަކަދެއްކުންތެރިކަމުގެ ރޮނގުން ހިތްވަރު ދިނުމުގެ އިނާމު އަރުވައިފައެވެ. އަދި 2022ވަނަ އަހަރު، ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ވެސް ލިބިވަޑައިގެންފައިވެއެވެ. b74y2k39r4c271wmobli2wcbj6v1afd 137589 137587 2026-04-16T19:16:23Z Memberuser 25611 137589 wikitext text/x-wiki {{Infobox officeholder | office = ދިވެހިބަހުގެ އެކެޑަމީގެ ރައީސް | term_start = 19 ޖަނަވަރީ 2026 | term_end = | name = ޙަސަން ޝާކިރު މުޙައްމަދު | president = [[މުޙައްމަދު މުޢިއްޒު]] | successor = | alma_mater = މަޢުހަދުއްދިރާސާތިލްއިސްލާމިއްޔާ | predecessor = [[އަޝްރަފް ޢަބްދުއްރަޙީމް]] | awards = ދިވެހި ޅެންވެރިކަމުގެ ރޮނގުން ޢާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު - 1998
ދިވެހި އަދަބިއްޔާތަށް ޚިދުމަތް ކުރުމުގެ ދާއިރާއިން؛ ދިވެހިބަހުން ވާހަކަދެއްކުންތެރިކަމުގެ ރޮނގުން ޢާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު - 2007
ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ޝަރަފުވެރިކަމުގެ ޤައުމީ އިނާމު - 2022 | office1 = މޯލްޑިވްސް މީޑިއާ ކައުންސިލުގެ މެންބަރު | termstart1 = 15 ޑިސެންބަރު 2024 | termend1 = 18 ސެޕްޓެންބަރު 2025 }} ޙަސަން ޝާކިރު މުޙައްމަދަކީ، ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން، ދިވެހިބަހުގެ ލިޔުންތެރިކަން ކުރިއެރުވުމުގެ ރޮނގުންނާއި، އަދަބިއްޔާތު ކުރިއެރުވުމަށް ގިނަގުނަ މަސައްކަތްޕުޅުތަކެއް ކޮށްދެއްވަމުން ގެންދަވާ ބޭފުޅެކެވެ. އަދަބިއްޔާތުގެ ދާއިރާއިން، ޙަސަން ޝާކިރު މުޙައްމަދުގެ އެންމެ ޚާއްޞަ އެއް ރޮނގަކީ، ޅެންވެރިކަމުގެ ރޮނގެވެ. ތަފާތު ރޮނގުރޮނގުން ޅެން ހައްދަވައެވެ. ފުރަތަމަ ޅެމެއް ހެއްދެވީ 1980ވަނަ އަހަރުއެވެ. އެންމެ ގިނައިން ހައްދަވައިފައިވަނީ ޤައުމީ ޅެމާއި މަދަޙައެވެ. ޝާކިރަކީ، އެހެން މީހުންނަށް ޅެންވެރިކަން ދަސްކޮށްދެއްވައި، އެ ރޮނގުން ގިނަ ކޯސްތައްވެސް ހިންގަވައިދެއްވައިފައިވާ ބޭފުޅެކެވެ. ޝާކިރަކީ ފޮތް ލިޔުއްވައި، ފޮތް ޝާއިޢުކުރުމުގައި އެހެން ބޭފުޅުންނަށް އެހީތެރިކަން ދެއްވަމުން ގެންދަވާ ބޭފުޅެއް ވެސް މެއެވެ. އަދި ވާހަކަދެއްކުންތެރިކަން އުނގަންނަވައިދެއްވައި، ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ވަރަށްގިނަ ބަޔަކު ތަމުރީނުކޮށްދެއްވައިފައިވާ ބޭފުޅެކެވެ. ދިވެހި ނާދީއާއި، ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުގެ ފަރާތުން ފޮނުއްވައިގެން، ބައެއް ރަށްރަށުގެ ވެރިންނަށާއި، ޢާންމު ފަރާތްތަކަށް ވާހަކަދައްކަން ދަސްކޮށްދެއްވުމުގެ ކުރު ކޯސްތައް ޝާކިރު ހިންގަވައިދެއްވައިފައި ވެއެވެ. އަދި ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި އެކި ރަށްރަށުގެ ވެރިންނަށާއި ޢާންމުންނަށް ޅެންވެރިކަމުގެ ހުނަރުވެރިކަން ދަސްކޮށްދެއްވުމުގައި ދެމިހުންނެވިއެވެ. ސަރުކާރާއި ޢާންމު ބައެއް ފަރާތްތަކުން ޝާއިޢު ކުރައްވާ ފޮތްތައް ބައްލަވައި ފާސްކޮށްދެއްވުމުގައި ޝާކިރު އެހީތެރިކަން ދެއްވައެވެ. އަދި ފޮތް އެކުލަވައިލައި ޝާއިޢުކުރަން ބޭނުންވާ އެކި ފަރާތްތަކުން އެދިވަޑައިގަތުމުން، ފޮތްތައް ޓައިޕްކުރުއްވައި، ލޭއައުޓް ހައްދުވައި، ޕްރޫފް ބައްލަވައި، ފާސްކޮށްދެއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވައެވެ. މިގޮތުން، ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާ މުއުމިނާ ޙަލީމްގެ "އިރުންޖެހޭ ވައި - ހުޅަނގުން ޖެހޭ ވައި" ވާހަކަ، ކުރީގެ މޫންލައިޓްތަކުން އެއްކުރައްވައި ފޮތަކަށް ހައްދަވައިދެއްވައިފައި ވެއެވެ. އަދި [[ޢަބްދުﷲ ޙަމީދު|ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ އަލްއުސްތާޛު އަލްމަރްޙޫމު ޢަބްދުﷲ ޙަމީދު]]، ދުނިޔޭގެ ބައެއް ޝަޚްޞިއްޔަތުންނާ ބެހޭގޮތުން މީގެ އެތައް އަހަރެއް ކުރިން ފެށިގެން އެކިއެކި ނޫސް މަޖައްލާތަކުގައި ލިޔުއްވައިފައިވާ ތަފާތު މަޒުމޫނުތައް އެއްކުރައްވައި، މިހާރު ވަނީ 200 ޞަފްޙާގެ ފޮތެއް އެކުލަވައިލައްވައިފައެވެ. އަދި އެމަނިކުފާނު ލިޔުއްވައިފައިވާ ވާހަކަތަކާއި ޅެންތައް އެއްކުރައްވައި، ދެ ފޮތެއް އެކުލަވައިލެއްވުމުގެ މަސައްކަތްވެސް ވަނީ ނިމުމަކާ ހަމަޔަށް ގެންދަވައިފައެވެ. ޝާކިރު މަސައްކަތް ކޮށްދެއްވައިގެން ނިންމަވައި ދެއްވައިފައިވާ އަދި މިހާތަނަށް ޝާއިޢުނުކޮށް ހުރި ފޮތްތަކުގެ ތެރޭގައި، އަލްފާޟިލް ނިޔަނދުރު މުޙައްމަދު މަނިކުގެ ޅެންފޮތާއި، އަލްފާޟިލް މާޔާ މުޙައްމަދު ޔޫސުފުގެ ޅެންފޮތް ހިމެނެއެވެ. މީގެއިތުރުން، މިހާތަނަށް އެކި ފަރާތްތަކުގެ 40 އަށްވުރެ ގިނަ ފޮތްތަކުގެ އަދަބީ ކުށްތައް ބައްލަވައި، ލަފަޔާއި އިރުޝާދުދެއްވައި، އެ ފޮތްތައް ފާސްކޮށްދެއްވުމުގައި ޝާކިރު މަސައްކަތް ކޮށްދެއްވައިފައިވެއެވެ. ބައެއް ސްކޫލްތަކާއި ބައެއް މުއައްސަސާތަކުން އިންތިޒާމުކޮށްގެން ބާއްވާ ވާހަކަދެއްކުމާއި، ބަޙުޘްކުރުމާއި، މަޒުމޫނު ލިޔުމާއި، ޅެން މުބާރާތްތަކުގެ ފަނޑިޔާރުކަން ވެސް ޝާކިރު ކޮށްދެއްވައެވެ. އެކި ފަރާތްތަކަށް ދިވެހިބަހުގެ ހަމަތައް ދަސްކޮށްދިނުމުގެ ފިލާވަޅުތައް ނަންގަވައިދެއްވައި، ބައެއް ސްކޫލްތަކުގެ ލަވަ ހައްދަވައިދެއްވައިފައިވެއެވެ. އޭގެ ތެރޭގައި، ޣާޒީ ސްކޫލާއި، [[މ.އަތޮޅު ތަޢުލީމީ މަރުކަޒު|މ.އަތޮޅު ތަޢުލީމީ މަރުކަޒާއި]]، ކ.އަތޮޅު ތަޢުލީމީ މަރުކަޒާއި، ފަލާޙް ޕްރީސްކޫލްގެ ލަވަ ހިމެނެއެވެ. ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ކުރެވޭ މަސައްކަތްތައް އިތުރުކުރުމަށާއި، މި ދާއިރާގެ މަސައްކަތްތައް ގިނަ ބަޔަކަށް ލިބޭނެގޮތް ހެއްދެވުމަށް 2010ވަނަ އަހަރު "ލިޔުންތެރިންގެ ގުޅުން" މި ނަމުގައި ޖަމްޢިއްޔާއެއް އުފެއްދެވުމުގެ މަސައްކަތުން ފެށިގެން މިހާތަނަށް އެ ޖަމުޢިއްޔާގެ ޙަރަކާތްތައް ހިންގެވުމުގައި އިސްކޮށް މަސައްކަތް ކުރެއްވި އެއް ބޭފުޅަކީވެސް ޝާކިރެވެ. މިގޮތުން، އެ ޖަމުޢިއްޔާގެ ވެބްސައިޓް (www.liyuntherin.org) ހިންގަވައި ބެލެހެއްޓެވުމުގައި އިސްކޮށް އުޅުއްވަމުން، އެ ޖަމްޢިއްޔާއިން ހިންގާ ޅެންވެރިޔާ (www.lhenveriyaa.com) ވެބްސައިޓް ހިންގަވައި ބެލެހެއްޓުމުގައި ވެސް ޝާކިރު އެހީތެރިކަން ދެއްވައެވެ. ޙަސަން ޝާކިރު މުޙައްމަދަކީ، މަޢުހަދުއްދިރާސާތިލްއިސްލާމިއްޔާގެ އިސް ދަރިވަރުންގެ ޖަމްޢިއްޔާއިން އިންތިޒާމު ކޮށްގެން ބޭއްވި "ޢާލިމުންގެ ޛިކުރާ" ޖަލްސާތައް ރާއްވަވައި އިންތިޒާމުކުރެއްވުމުގައްޔާއި، މަޢުހަދުގެ އިސް ދަރިވަރުންގެ ޖަމްޢިއްޔާގެ އަހަރީ ދުވަހާ ގުޅުވައިގެން ރާއްޖޭގެ ސްކޫލްތަކުގެ އިސް ދަރިވަރުންގެ ޖަމްޢިއްޔާތަކުގެ މެދުގައި ބޭއްވި ބަޙުޘް މުބާރާތްތައް ރާވައި އިންތިޒާމުކުރުމުގައި އިސް ދައުރެއް އަދާކުރައްވައިފައިވާ ބޭފުޅެކެވެ. އަމިއްލަފުޅު އިސްނެންގެވުމުގެ މަތިން މިހާތަނަށް ފަސް ފޮތެއް ލިޔުއްވައި ޝާއިޢު ކުރައްވައިފައިވެއެވެ. އޭގެތެރޭގައި، "ވީގޮތް" ނަމުގައި ސަމާސާ އަދަބުގެ ފޮތަކާއި، "އަޅުގަނޑު ދުށް ބައެއް ޝަޚްޞިއްޔަތުން" ގެ ނަމުގައި ލިޔުއްވައިފައިވާ ފޮތަކާއި، 3 ޅެންފޮތް ހިމެނެއެވެ. އޭގެ އިތުރުން، ޝާކިރުގެ އެޑިޓަރުކަމުގެ ދަށުގައްޔާއި، ޝާކިރު އެހީތެރިވެދެއްވައިގެން ބައެއް ނޫސް މަޖައްލާ ނެރުއްވައިފައިވެއެވެ. ސަރުކާރުގެ ބައެއް މުއައްސަސާތަކާއި، ޢާންމު ބައެއް ފަރާތްތަކަށާއި ދަރިވަރުންނަށް އެކި މުނާސަބަތުތަކާ ގުޅޭގޮތުންނާއި، މުބާރާތްތަކަށް ލަވައާއި، ޅެމާއި، މަދަޙަ ހައްދަވައިދެއްވަމުން ގެންދަވާ ޝާކިރަކީ، ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާގެ ފޮތްތައް ޢާންމުންނަށް ފޯރުކޮށްދެއްވުމުގައި ވެސް މިސާލެކެވެ. ޙަސަން ޝާކިރު މުޙައްމަދަށް ވަނީ، ދިވެހި ޅެންވެރިކަމުގެ ރޮނގުން 1998ވަނަ އަހަރު، ޢާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމާއި 2007ވަނަ އަހަރު، ދިވެހި އަދަބިއްޔާތަށް ޚިދުމަތް ކުރުމުގެ ދާއިރާއިން، ދިވެހިބަހުން ވާހަކަދެއްކުންތެރިކަމުގެ ރޮނގުން ހިތްވަރު ދިނުމުގެ އިނާމު އަރުވައިފައެވެ. އަދި 2022ވަނަ އަހަރު، ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ވެސް ލިބިވަޑައިގެންފައިވެއެވެ. 2026 ޖަނަވަރީ 19ވަނަ ދުވަހުން ފެށިގެން ޙަސަން ޝާކިރު މުޙައްމަދު ހުންނެވީ ދިވެހިބަހުގެ އެކެޑަމީގެ ރައީސްގެ މަޤާމުގައެވެ. p4b0hygmhppyui8gbll55mnfawx4vg9 137590 137589 2026-04-16T19:48:58Z Memberuser 25611 137590 wikitext text/x-wiki {{Infobox officeholder | office = ދިވެހިބަހުގެ އެކެޑަމީގެ ރައީސް | term_start = 19 ޖަނަވަރީ 2026 | term_end = | name = ޙަސަން ޝާކިރު މުޙައްމަދު | president = [[މުޙައްމަދު މުޢިއްޒު]] | successor = | alma_mater = މަޢުހަދުއްދިރާސާތިލްއިސްލާމިއްޔާ | predecessor = [[އަޝްރަފް ޢަބްދުއްރަޙީމް]] | awards = ދިވެހި ޅެންވެރިކަމުގެ ރޮނގުން ޢާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު - 1998
ދިވެހި އަދަބިއްޔާތަށް ޚިދުމަތް ކުރުމުގެ ދާއިރާއިން؛ ދިވެހިބަހުން ވާހަކަދެއްކުންތެރިކަމުގެ ރޮނގުން ޢާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު - 2007
ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ޝަރަފުވެރިކަމުގެ ޤައުމީ އިނާމު - 2022 | office1 = މޯލްޑިވްސް މީޑިއާ ކައުންސިލުގެ މެންބަރު | termstart1 = 15 ޑިސެންބަރު 2024 | termend1 = 18 ސެޕްޓެންބަރު 2025 }} ޙަސަން ޝާކިރު މުޙައްމަދަކީ، ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން، ދިވެހިބަހުގެ ލިޔުންތެރިކަން ކުރިއެރުވުމުގެ ރޮނގުންނާއި، އަދަބިއްޔާތު ކުރިއެރުވުމަށް ގިނަގުނަ މަސައްކަތްޕުޅުތަކެއް ކޮށްދެއްވަމުން ގެންދަވާ ބޭފުޅެކެވެ. އަދަބިއްޔާތުގެ ދާއިރާއިން، ޙަސަން ޝާކިރު މުޙައްމަދުގެ އެންމެ ޚާއްޞަ އެއް ރޮނގަކީ، ޅެންވެރިކަމުގެ ރޮނގެވެ. ތަފާތު ރޮނގުރޮނގުން ޅެން ހައްދަވައެވެ. ފުރަތަމަ ޅެމެއް ހެއްދެވީ 1980ވަނަ އަހަރުއެވެ. އެންމެ ގިނައިން ހައްދަވައިފައިވަނީ ޤައުމީ ޅެމާއި މަދަޙައެވެ. ޝާކިރަކީ، އެހެން މީހުންނަށް ޅެންވެރިކަން ދަސްކޮށްދެއްވައި، އެ ރޮނގުން ގިނަ ކޯސްތައްވެސް ހިންގަވައިދެއްވައިފައިވާ ބޭފުޅެކެވެ. ޝާކިރަކީ ފޮތް ލިޔުއްވައި، ފޮތް ޝާއިޢުކުރުމުގައި އެހެން ބޭފުޅުންނަށް އެހީތެރިކަން ދެއްވަމުން ގެންދަވާ ބޭފުޅެއް ވެސް މެއެވެ. އަދި ވާހަކަދެއްކުންތެރިކަން އުނގަންނަވައިދެއްވައި، ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ވަރަށްގިނަ ބަޔަކު ތަމުރީނުކޮށްދެއްވައިފައިވާ ބޭފުޅެކެވެ. ދިވެހި ނާދީއާއި، ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުގެ ފަރާތުން ފޮނުއްވައިގެން، ބައެއް ރަށްރަށުގެ ވެރިންނަށާއި، ޢާންމު ފަރާތްތަކަށް ވާހަކަދައްކަން ދަސްކޮށްދެއްވުމުގެ ކުރު ކޯސްތައް ޝާކިރު ހިންގަވައިދެއްވައިފައި ވެއެވެ. އަދި ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި އެކި ރަށްރަށުގެ ވެރިންނަށާއި ޢާންމުންނަށް ޅެންވެރިކަމުގެ ހުނަރުވެރިކަން ދަސްކޮށްދެއްވުމުގައި ދެމިހުންނެވިއެވެ. ސަރުކާރާއި ޢާންމު ބައެއް ފަރާތްތަކުން ޝާއިޢު ކުރައްވާ ފޮތްތައް ބައްލަވައި ފާސްކޮށްދެއްވުމުގައި ޝާކިރު އެހީތެރިކަން ދެއްވައެވެ. އަދި ފޮތް އެކުލަވައިލައި ޝާއިޢުކުރަން ބޭނުންވާ އެކި ފަރާތްތަކުން އެދިވަޑައިގަތުމުން، ފޮތްތައް ޓައިޕްކުރުއްވައި، ލޭއައުޓް ހައްދުވައި، ޕްރޫފް ބައްލަވައި، ފާސްކޮށްދެއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވައެވެ. މިގޮތުން، ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާ މުއުމިނާ ޙަލީމްގެ "އިރުންޖެހޭ ވައި - ހުޅަނގުން ޖެހޭ ވައި" ވާހަކަ، ކުރީގެ މޫންލައިޓްތަކުން އެއްކުރައްވައި ފޮތަކަށް ހައްދަވައިދެއްވައިފައި ވެއެވެ. އަދި [[ޢަބްދުﷲ ޙަމީދު|ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ އަލްއުސްތާޛު އަލްމަރްޙޫމު ޢަބްދުﷲ ޙަމީދު]]، ދުނިޔޭގެ ބައެއް ޝަޚްޞިއްޔަތުންނާ ބެހޭގޮތުން މީގެ އެތައް އަހަރެއް ކުރިން ފެށިގެން އެކިއެކި ނޫސް މަޖައްލާތަކުގައި ލިޔުއްވައިފައިވާ ތަފާތު މަޒުމޫނުތައް އެއްކުރައްވައި، މިހާރު ވަނީ 200 ޞަފްޙާގެ ފޮތެއް އެކުލަވައިލައްވައިފައެވެ. އަދި އެމަނިކުފާނު ލިޔުއްވައިފައިވާ ވާހަކަތަކާއި ޅެންތައް އެއްކުރައްވައި، ދެ ފޮތެއް އެކުލަވައިލެއްވުމުގެ މަސައްކަތްވެސް ވަނީ ނިމުމަކާ ހަމަޔަށް ގެންދަވައިފައެވެ. ޝާކިރު މަސައްކަތް ކޮށްދެއްވައިގެން ނިންމަވައި ދެއްވައިފައިވާ އަދި މިހާތަނަށް ޝާއިޢުނުކޮށް ހުރި ފޮތްތަކުގެ ތެރޭގައި، އަލްފާޟިލް ނިޔަނދުރު މުޙައްމަދު މަނިކުގެ ޅެންފޮތާއި، އަލްފާޟިލް މާޔާ މުޙައްމަދު ޔޫސުފުގެ ޅެންފޮތް ހިމެނެއެވެ. މީގެއިތުރުން، މިހާތަނަށް އެކި ފަރާތްތަކުގެ 40 އަށްވުރެ ގިނަ ފޮތްތަކުގެ އަދަބީ ކުށްތައް ބައްލަވައި، ލަފަޔާއި އިރުޝާދުދެއްވައި، އެ ފޮތްތައް ފާސްކޮށްދެއްވުމުގައި ޝާކިރު މަސައްކަތް ކޮށްދެއްވައިފައިވެއެވެ. ބައެއް ސްކޫލްތަކާއި ބައެއް މުއައްސަސާތަކުން އިންތިޒާމުކޮށްގެން ބާއްވާ ވާހަކަދެއްކުމާއި، ބަޙުޘްކުރުމާއި، މަޒުމޫނު ލިޔުމާއި، ޅެން މުބާރާތްތަކުގެ ފަނޑިޔާރުކަން ވެސް ޝާކިރު ކޮށްދެއްވައެވެ. އެކި ފަރާތްތަކަށް ދިވެހިބަހުގެ ހަމަތައް ދަސްކޮށްދިނުމުގެ ފިލާވަޅުތައް ނަންގަވައިދެއްވައި، ބައެއް ސްކޫލްތަކުގެ ލަވަ ހައްދަވައިދެއްވައިފައިވެއެވެ. އޭގެ ތެރޭގައި، ޣާޒީ ސްކޫލާއި، [[މ.އަތޮޅު ތަޢުލީމީ މަރުކަޒު|މ.އަތޮޅު ތަޢުލީމީ މަރުކަޒާއި]]، ކ.އަތޮޅު ތަޢުލީމީ މަރުކަޒާއި، ފަލާޙް ޕްރީސްކޫލްގެ ލަވަ ހިމެނެއެވެ. ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ކުރެވޭ މަސައްކަތްތައް އިތުރުކުރުމަށާއި، މި ދާއިރާގެ މަސައްކަތްތައް ގިނަ ބަޔަކަށް ލިބޭނެގޮތް ހެއްދެވުމަށް 2010ވަނަ އަހަރު "ލިޔުންތެރިންގެ ގުޅުން" މި ނަމުގައި ޖަމްޢިއްޔާއެއް އުފެއްދެވުމުގެ މަސައްކަތުން ފެށިގެން މިހާތަނަށް އެ ޖަމުޢިއްޔާގެ ޙަރަކާތްތައް ހިންގެވުމުގައި އިސްކޮށް މަސައްކަތް ކުރެއްވި އެއް ބޭފުޅަކީވެސް ޝާކިރެވެ. މިގޮތުން، އެ ޖަމުޢިއްޔާގެ ވެބްސައިޓް (www.liyuntherin.org) ހިންގަވައި ބެލެހެއްޓެވުމުގައި އިސްކޮށް އުޅުއްވަމުން، އެ ޖަމްޢިއްޔާއިން ހިންގާ ޅެންވެރިޔާ (www.lhenveriyaa.com) ވެބްސައިޓް ހިންގަވައި ބެލެހެއްޓުމުގައި ވެސް ޝާކިރު އެހީތެރިކަން ދެއްވައެވެ. ޙަސަން ޝާކިރު މުޙައްމަދަކީ، މަޢުހަދުއްދިރާސާތިލްއިސްލާމިއްޔާގެ އިސް ދަރިވަރުންގެ ޖަމްޢިއްޔާއިން އިންތިޒާމު ކޮށްގެން ބޭއްވި "ޢާލިމުންގެ ޛިކުރާ" ޖަލްސާތައް ރާއްވަވައި އިންތިޒާމުކުރެއްވުމުގައްޔާއި، މަޢުހަދުގެ އިސް ދަރިވަރުންގެ ޖަމްޢިއްޔާގެ އަހަރީ ދުވަހާ ގުޅުވައިގެން ރާއްޖޭގެ ސްކޫލްތަކުގެ އިސް ދަރިވަރުންގެ ޖަމްޢިއްޔާތަކުގެ މެދުގައި ބޭއްވި ބަޙުޘް މުބާރާތްތައް ރާވައި އިންތިޒާމުކުރުމުގައި އިސް ދައުރެއް އަދާކުރައްވައިފައިވާ ބޭފުޅެކެވެ. އަމިއްލަފުޅު އިސްނެންގެވުމުގެ މަތިން މިހާތަނަށް ފަސް ފޮތެއް ލިޔުއްވައި ޝާއިޢު ކުރައްވައިފައިވެއެވެ. އޭގެތެރޭގައި، "ވީގޮތް" ނަމުގައި ސަމާސާ އަދަބުގެ ފޮތަކާއި، "އަޅުގަނޑު ދުށް ބައެއް ޝަޚްޞިއްޔަތުން" ގެ ނަމުގައި ލިޔުއްވައިފައިވާ ފޮތަކާއި، 3 ޅެންފޮތް ހިމެނެއެވެ. އޭގެ އިތުރުން، ޝާކިރުގެ އެޑިޓަރުކަމުގެ ދަށުގައްޔާއި، ޝާކިރު އެހީތެރިވެދެއްވައިގެން ބައެއް ނޫސް މަޖައްލާ ނެރުއްވައިފައިވެއެވެ. ސަރުކާރުގެ ބައެއް މުއައްސަސާތަކާއި، ޢާންމު ބައެއް ފަރާތްތަކަށާއި ދަރިވަރުންނަށް އެކި މުނާސަބަތުތަކާ ގުޅޭގޮތުންނާއި، މުބާރާތްތަކަށް ލަވައާއި، ޅެމާއި، މަދަޙަ ހައްދަވައިދެއްވަމުން ގެންދަވާ ޝާކިރަކީ، ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާގެ ފޮތްތައް ޢާންމުންނަށް ފޯރުކޮށްދެއްވުމުގައި ވެސް މިސާލެކެވެ. ޙަސަން ޝާކިރު މުޙައްމަދަށް ވަނީ، ދިވެހި ޅެންވެރިކަމުގެ ރޮނގުން 1998ވަނަ އަހަރު، ޢާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމާއި 2007ވަނަ އަހަރު، ދިވެހި އަދަބިއްޔާތަށް ޚިދުމަތް ކުރުމުގެ ދާއިރާއިން، ދިވެހިބަހުން ވާހަކަދެއްކުންތެރިކަމުގެ ރޮނގުން ހިތްވަރު ދިނުމުގެ އިނާމު އަރުވައިފައެވެ. އަދި 2022ވަނަ އަހަރު، ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ވެސް ލިބިވަޑައިގެންފައިވެއެވެ. 2026 ޖަނަވަރީ 19ވަނަ ދުވަހުން ފެށިގެން ޙަސަން ޝާކިރު މުޙައްމަދު ހުންނެވީ ދިވެހިބަހުގެ އެކެޑަމީގެ ރައީސްގެ މަޤާމުގައެވެ. ޝާކިރު އަދާކުރެއްވި އެހެނިހެން މަޤާމުތަކުގެ ތެރޭގައި މޯލްޑިވްސް މީޑިއާ ކައުންސިލުގެ މެންބަރުކަމާއި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ ޑިރެކްޓަރ ޖެނެރަލްގެ މަޤާމު ހިމެނެއެވެ. cle4yi95aaihyzxio0y05ju8vcgilhw