ވިކިޕީޑިއާ dvwiki https://dv.wikipedia.org/wiki/%DE%89%DE%A6%DE%87%DE%A8_%DE%9E%DE%A6%DE%8A%DE%B0%DE%99%DE%A7 MediaWiki 1.46.0-wmf.24 first-letter މީޑިއާ ޚާއްސަ ޚިޔާލު މެމްބަރު މެމްބަރުގެ ވާހަކަ ވިކިޕީޑިއާ ވިކިޕީޑިއާ ޚިޔާލު ފައިލު ފައިލުގެ ޚިޔާލު މީޑިއާވިކީ މިޑިއާވިކީ ޚިޔާލު ފަންވަތް ފަންވަތުގެ ޚިޔާލު އެހީ އެހީގެ ޚިޔާލު ޤިސްމު ޤިސްމުގެ ޚިޔާލު ނެރު ނެރު ޚިޔާލު TimedText TimedText talk މޮޑިއުލް މޮޑިއުލް ޚިޔާލު Event Event talk މޫސާ ފަތުޙީ 0 1971 137596 137498 2026-04-24T11:55:56Z Memberuser 25611 137596 wikitext text/x-wiki {{Infobox officeholder | name = ފަޟީލަތުލްއުސްތާޛުއްޝައިޚުލްމަރްޙޫމު މޫސާ ފަތުޙީ | office = އިސްލާމީ ކަންތައްތަކާ ބެހޭ އެންމެ މަތީ މަޖިލީހުގެ މުސްތަޝާރު | term_start = 11 ނޮވެންބަރު 1998 | term_end = 17 ނޮވެންބަރު 2003 | president = [[މައުމޫން ޢަބްދުލް ޤައްޔޫމް|މައުމޫން ޢަބްދުލްޤައްޔޫމް]] | birth_place = [[ނައިފަރު (ޅ. އަތޮޅު)|ޅ. ނައިފަރު]]، [[ދިވެހިރާއްޖެ]] | alma_mater = [[އަލްއަޒުހަރު ޔުނިވަރސިޓީ|އަލްއަޒްހަރު ޔުނިވަރސިޓީ]]، [[މިޞްރު]] | image = Fattey.JPG | caption = މޫސާ ފަތުޙީ | office1 = އިސްލާމީ ކަންތައްތަކާ ބެހޭ އެންމެ މަތީ މަޖިލީހުގެ ރައީސް | termstart1 = 6 ނޮވެންބަރު 1996 | termend1 = 11 ނޮވެންބަރު 1998 | successor1 = [[މުޙައްމަދު ރަޝީދު އިބްރާހީމް]] | president1 = [[މައުމޫން ޢަބްދުލް ޤައްޔޫމް|މައުމޫން ޢަބްދުލްޤައްޔޫމް]] | office2 = ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު | termstart2 = 6 އޮކްޓޫބަރު 1980 | termend2 = 6 ނޮވެންބަރު 1996 | president2 = [[މައުމޫން ޢަބްދުލް ޤައްޔޫމް|މައުމޫން ޢަބްދުލްޤައްޔޫމް]] | office3 = މިނިސްޓަރ އޮފް ޖަސްޓިސް | termstart3 = 11 ނޮވެންބަރު 1968 | termend3 = 6 އޮކްޓޫބަރު 1980 | succeeded3 = | predecessor3 = | president3 = [[އިބްރާހީމް ނާޞިރު]]<br/>[[މައުމޫން ޢަބްދުލް ޤައްޔޫމް|މައުމޫން ޢަބްދުލްޤައްޔޫމް]] | office4 = ވަޒީރުލްއަޢުޡަމުގެ ނާއިބު | termstart4 = 19 ޖޫން 1967 | termend4 = 11 ނޮވެންބަރު 1968 | birth_date = 28 ސެޕްޓެންބަރު 1929 | succeeded2 = [[މުޙައްމަދު ރަޝީދު އިބްރާހީމް]] | education = [[މަދަރުސަތުލް އިފްތިތާޙް|މަދްރަސަތުލްއިފްތިތާޙު]]، [[ނައިފަރު (ޅ. އަތޮޅު)|ޅ. ނައިފަރު]]<br/>[[މަޖީދިއްޔާ ސްކޫލް|މަދްރަސަތުލްމަޖީދިއްޔާ]]، [[މާލެ]] | death_date = 10 ޖުލައި 2007 (77 އަހަރުފުޅުގައި) | death_place = މައުންޓް އެލިޒަބަތު ހޮސްޕިޓަލް، [[ސިންގަޕޫރު]] | awards = ޅެންވެރިކަމުގެ ރޮނގުން ޢާންމު ޚިދުމަތުގެ ޝަރަފުވެރިކަމުގެ އިނާމު - 1983<br/>މިނިވަން 25 ގެ ޢާންމު ޚިދުމަތުގެ އިނާމު - 1990 }} '''ފަޟީލަތުލްއުސްތާޛުއްޝައިޚުލްމަރްޙޫމު''' '''މޫސާ ފަތުޙީ އަލްއަޒްހަރީ'''އަކީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުކަން ކުރެއްވައިފައިވާ ބޭފުޅެކެވެ. == އަމިއްލަ ދިރިއުޅުއްވުން == ފަޟީލަތުލްއުސްތާޛުއްޝައިޚުލްމަރްޙޫމު މޫސާ ފަތުޙީ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 1929ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ 28ވަނަ ދުވަހު [[ފާދިއްޕޮޅު]] [[ނައިފަރު (ޅ. އަތޮޅު)|ނައިފަރު]]ގައެވެ. ބައްޕާފުޅަކީ ޤާސިމް ޢަލީއެވެ. މަންމާފުޅަކީ ސަންފާ ޢަލީއެވެ. އެ މަނިކުފާނު ފުރަތަމަ ކައިވެނިފުޅު ބައްލަވައިގަތީ ޖަމީލާ ޙުސައިނާއެވެ. ޖަމީލާ ޙުސައިން ނިޔާވުމުން ދެން ކައިވެނިފުޅު ބައްލަވައިގަތީ އާމިނަތު މުޙައްމަދު ދީދީއާއެވެ. ދެ ކައިވެނިފުޅުކުރެއްވި ނަމަވެސް އުފަން ދަރިއެއް މޫސާ ފަތުޙީއަށް ލިބިވަޑައިގެންފައި ނުވެއެވެ. އަވަހާރަވީ އިރު ވަރަށް ފަހުން ކައިވެނި ބައްލަވައިގަތް [[އައްޑުއަތޮޅު|އައްޑު]]އަށް އުފަން އަނބިކަނބަލަކު ދުނިޔޭގައި އިންނެވިއެވެ. މޫސާ ފަތުޙީއާ އެއްބަނޑު އެއްބަފާ 3 ބޭފުޅުން ތިއްބަވައެވެ. އެއީ ޢަލީ ފަތުޙީ، އާދަމް ފަތުޙީ، އިސްމާޢީލް ފަތުޙީއެވެ. މީގެތެރެއިން އިސްމާޢީލް ފަތުޙީއަކީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފިނޭންސްގެ މަޤާމު މީގެކުރީން އަދާކުރައްވައިފައިވާ ބޭފުޅެކެވެ. == ތަޢުލީމު ޙާޞިލުކުރެއްވުން == ފަޟީލަތުލްއުސްތާޛުއްޝައިޚުލްމަރްޙޫމު މޫސާ ފަތުޙީ އެންމެ ފުރަތަމަ ތަޢުލީމު ޙާޞިލުކުރެއްވީ [[ނައިފަރު (ޅ. އަތޮޅު)|ނައިފަރު]] [[މަދަރުސަތުލް އިފްތިތާޙް|މަދްރަސަތުލްއިފްތިތާޙު]]ންނެވެ. އެއަށްފަހު [[މަޖީދިއްޔާ ސްކޫލް|މަދްރަސަތުލްމަޖީދިއްޔާ]]އިން ވެސް ކިޔަވާ ވިދާޅުވިއެވެ. މީގެއިތުރުން [[މިޞްރު]]ގެ [[އަލްއަޒުހަރު ޔުނިވަރސިޓީ|އަލްއަޒްހަރު ޔުނިވަރސިޓީ]]ގައި ޝަރީޢަތާ ޤާނޫނުގެ ރޮނގުން މަތީ ތަޢުލީމު ޙާޞިލުކުރެއްވިއެވެ. އެ މަނިކުފާނު ވަނީ [[އަލްއަޒުހަރު ޔުނިވަރސިޓީ|އަލްއަޒްހަރު]]ގެ ޝަރީޢާ އިސްލާމިއްޔާ ފެކަލްޓީއިން ބީއޭ ފާސް ހޯއްދަވައިފައެވެ. އަދި ކިޔަވައިދެއްވުމުގެ ރޮނގުން [[މިޞްރު]]ގައި (ހަޔަރ ޑިޕްލޮމާއެއް) މަތީ ފާހެއް ހޯއްދަވައިފައިވެއެވެ. ތަޢުލީމު ޙާޞިލުކުރެއްވުމަށް ޓަކައި [[މިޞްރު|މިޞްރަށް]] ވަޑައިގަތީ ޢުމުރުފުޅުން 21 އަހަރުފުޅުގައި 1950ވަނަ އަހަރު އެވެ. 16 އަހަރު [[މިޞްރު]]ގައި ތަޢުލީމު ޙާޞިލުކުރެއްވުމަށް ހޭދަކުރެއްވިއެވެ. އެނބުރި ރާއްޖެ ވަޑައިގަތީ 1966ވަނަ އަހަރުއެވެ. == ޚިދުމަތް == ފަޟީލަތުލްއުސްތާޛުއްޝައިޚުލްމަރްޙޫމު މޫސާ ފަތުޙީ ވަނީ ދިވެހި ސަރުކާރުގައި 60 އަހަރަށް ވުރެ ގިނަ ދުވަހުގެ މުއްދަތަށް ޚިދުމަތްކުރައްވައިފައެވެ. ރާއްޖޭގައި ދީނީ ޝިޢާރު ފާޅުކުރުމާއި، ޝަރުޢީ އަދި ޤާނޫނީ ދާއިރާގައްޔާއި، އަދަބިއްޔާތާއި، ހިސާބު ޢިލްމުގެ ދާއިރާއަށް ވަރަށް ގިނަ ޢިލްމީ ޚިދުމަތްތަކެއް އެ މަނިކުފާނު ވަނީ ކޮށްދެއްވައިފައެވެ. އެންމެ ބޮޑު ޚިދުމަތްތަކެއް ކުރެއްވީ ޝަރުޢީ އަދި ޤާނޫނީ ދާއިރާގައެވެ. މޫސާ ފަތުޙީ އަވަހާރަވީ އިރު ހުންނެވީ ދިވެހި ދައުލަތަށް ގިނަ ދުވަހު ޚިދުމަތްކުރެއްވި އިއްޒަތްތެރިއެއްގެ މަޤާމުގައެވެ. އެ މަނިކުފާނު އަދާކުރެއްވި ސަރުކާރުގެ ވަޒީފާތަކާއި އެހެނިހެން ވަޒީފާތައް ތިރީގައި އެ ވަނީއެވެ. * ވުޒާރަތުލްމަޢާރިފުގެ މުދައްރިސްކަން - ފުރަތަމަ އަދާކުރެއްވި ސަރުކާރު ވަޒީފާ * ވަޒީރުލްއަޢުޡަމުގެ އޮފީހުގެ ޚާއްޞަ ވަކީލުކަން (10 އޮގަސްޓު 1966 - 19 ޖޫން 1967) * ވަޒީރުލްއަޢުޡަމުގެ ނާއިބުކަން (19 ޖޫން 1967 - 11 ނޮވެންބަރު 1968) * މިނިސްޓަރ އޮފް ޖަސްޓިސްކަން (11 ނޮވެންބަރު 1968 - 6 އޮކްޓޫބަރު 1980) * އުއްތަމަ ފަނޑިޔާރުކަން (6 އޮކްޓޫބަރު 1980 - 6 ނޮވެންބަރު 1996) * އިސްލާމީ ކަންތައްތަކާ ބެހޭ އެންމެ މަތީ މަޖިލީހުގެ ރައީސްކަން (6 ނޮވެންބަރު 1996 - 11 ނޮވެންބަރު 1998) * އިސްލާމީ ކަންތައްތަކާ ބެހޭ އެންމެ މަތީ މަޖިލީހުގެ މުސްތަޝާރުކަން (11 ނޮވެންބަރު 1998 - 17 ނޮވެންބަރު 2003) * ދައުލަތަށް ގިނަ ދުވަހު ޚިދުމަތްކުރެއްވި ޢިއްޒަތްތެރިޔާކަން (17 ނޮވެންބަރު 2003 - 10 ޖުލައި 2007) * [[ރައްޔިތުންގެ މަޖިލިސް|ރައްޔިތުންގެ މަޖިލީހުގެ]] ރައީސުލްޖުމްހޫރިއްޔާގެ މެންބަރުކަން * ރައީސުލްޖުމްހޫރިއްޔާގެ މަޝްވަރާ މަޖިލީހުގެ މެންބަރުކަން * މަޢުހަދުގެ އުސްތާޛުކަން * [[މަޖީދިއްޔާ ސްކޫލް|މަޖީދިއްޔާ ސްކޫލު]]ގެ މުދައްރިސްކަން * [[އަމީނިއްޔާ ސުކޫލް|އަމީނިއްޔާ ސްކޫލު]]ގެ މުދައްރިސްކަން ފަޟީލަތުލްއުސްތާޛުއްޝައިޚުލްމަރްޙޫމު މޫސާ ފަތުޙީއަށް ފުރަތަމަ ޕެންޝަން ލިބިވަޑައިގަތީ 1967 ޖުލައި 10ވަނަ ދުވަހުއެވެ. ދެވަނަ ޕެންޝަން ލިބިވަޑައިގަތީ 1987 ޖުލައި 10ވަނަ ދުވަހުއެވެ. އެހެންކަމަށްވާ ނަމަ އަވަހާރަވީ ތިންވަނަ ޕެންޝަން ހަމަވި ދުވަސްކަމުގައިވާ 2007 ޖުލައި 10ވަނަ ދުވަހުއެވެ. == އަދަބިއްޔާތުގައި == {{adhabiyyaath}}އަދަބިއްޔާތާއި ލިޔުންތެރިކަމާއި ޅެންވެރިކަމަށް ބަލާ އިރު ފަޟީލަތުލްއުސްތާޛުއްޝައިޚުލްމަރްޙޫމު މޫސާ ފަތުޙީއަކީ ފާހަގަކޮށްލެވޭ ބޭފުޅެކެވެ. މޫސާ ފަތުޙީއާ ބެހޭ ގޮތުން ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުގެ ކުރީގެ ރައީސް [[ޢައްބާސް އިބްރާހީމް|އަލްފާޟިލް ޢައްބާސް އިބްރާހީމް (ނޢޢވ)]] ލިޔުއްވައިފައިވެއެވެ. "ފަތުޙީގެ ޢިލްމީ ޚަޒާނާގެ މުއްސަނދިކަމާ ތަނަވަސްކަން ހުރުމާ އެކު ހެއްދެވި ގިނަ ޅެންތަކަކީ ވަރަށް ފެންވަރު ރަނގަޅު ޅެންތަކެކެވެ. އެ މަނިކުފާނު ލޯބިކުރެއްވީ ބައިވަރަކަށް ވުރެ ބޮޑަށް ފެންވަރަށެވެ." ދިވެހިބަހުގެ ކުޅަދާނަ އަދީބު [[ޢަބްދުﷲ ޞާދިޤު|އަލްފާޟިލް ޢަބްދުﷲ ޞާދިޤު (ނޢޢވ)]] ވިދާޅުވެފައިވެއެވެ. " [[މުޙައްމަދު ޖަމީލު ދީދީ|މުޙައްމަދު ޖަމީލު]] އަވަހާރަވުމަށް ފަހު އަޅުގަނޑުމެން ބަހާއި އަދަބިއްޔާތާ މެދު އަރާ އޮޅުން ފިލުވުމަށް ބޭނުންކުރި ދިވެހި ޑިކްޝަނަރީ އަކީ މޫސާ ފަތުޙީ. މޫސާ ފަތުޙީ ނެތިދިޔަ ކަމުގައި ވިޔަސް އަދަބިއްޔާތުގައި އޭނާގެ ހަރުމުދާ އެބަހުރި." ފަޟީލަތުލްއުސްތާޛުއްޝައިޚުލްމަރްޙޫމު މޫސާ ފަތުޙީ ލިޔުއްވި ފޮތްތަކުގެ ތެރޭގައި [ޤާނޫނަށް މަގެއް]، [މުޢާމަލާތަށް މަގެއް]، [ފަސޭހަ ހިސާބު] ހިމެނެއެވެ. == ލިބިވަޑައިގެންނެވި އިނާމުތައް == ފަޟީލަތުލްއުސްތާޛުއްޝައިޚުލްމަރްޙޫމު މޫސާ ފަތުޙީއަށް ޅެންވެރިކަމުގެ ރޮނގުން ޢާންމު ޚިދުމަތުގެ ޝަރަފުވެރިކަމުގެ އިނާމު 1983ވަނަ އަހަރު އަރުވައިފައިވެއެވެ. އަދި ދިވެހިރާއްޖޭގެ މިނިވަންކަމަށް 25 އަހަރު ފުރުމާ ގުޅިގެން ދެއްވި މިނިވަން 25 ގެ ޢާންމު ޚިދުމަތުގެ އިނާމު 1990ވަނަ އަހަރު އެ މަނިކުފާނުގެ ހަނދާނުގައި އަރުވައިފައިވެއެވެ. މި އިނާމަކީ ރާއްޖޭގެ ތަރައްޤީއަށް ފާހަގަކޮށްލެވޭ ފަދަ އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވައިފައިވާ ބޭފުޅުންނަށް، އެ ކަމުގެ އަގުވަޒަންކުރެއްވުމުގެ ގޮތުން ސަރުކާރުން ދެއްވި އިނާމެކެވެ. == އަވަހާރަވުން == ފަޟީލަތުލްއުސްތާޛުއްޝައިޚުލްމަރްޙޫމު މޫސާ ފަތުޙީ އަވަހާރަވީ 2007 ޖުލައި 10ވަނަ ދުވަހުގެ ހެނދުނު 11:25 ގައި [[ސިންގަޕޫރު]]ގެ މައުންޓް އެލިޒަބަތު ހޮސްޕިޓަލުގައި ޢުމުރުފުޅުން 77 އަހަރުފުޅުގައެވެ. އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވާތާ ދުވަސްތަކެއް ވުމަށްފަހުގައެވެ. އެ މަނިކުފާނު އަވަހާރަވުމާ ގުޅިގެން ދިވެހި ޤައުމީ ދިދަ 3 ދުވަހުގެ މުއްދަތަށް ބައިދަނޑިއަށް ތިރިކޮށްފައިވެއެވެ. == މަރުޖިޢުތައް == * ހަނދާނާއި ތާރީޚުގެ ތެރެއިން - 1ވަނަ ބައި - އަޙްމަދު ނަޖީބު - 2006 {{Dhivehi Adheebun}} [[ޤިސްމު:ޙަޔާތުނާމާ]] [[ޤިސްމު:Qazis of the Maldives]] [[ޤިސްމު:ދިވެހިރާއްޖޭގެ ދީނީ ޢިލްމުވެރީން]] 0f18jca7fm77jzl0quosy6iyk6q4tyl ޢަބްދުލްމަޖީދު ޢަބްދުލްބާރީ 0 6003 137595 137486 2026-04-24T11:52:11Z Memberuser 25611 137595 wikitext text/x-wiki {{Infobox officeholder | death_date = 22 މޭ 2018 (55 އަހަރުގައި) | image = Majed.JPG | death_place = [[ކޮޅުނބު]], ސްރީލަންކާ | office = އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު (މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް) | term_start = 12 ނޮވެންބަރު 2008 | term_end = 12 ފެބުރުވަރީ 2012 | name = ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީ | president = [[މުޙައްމަދު ނަޝީދު]] | successor = [[މުޙައްމަދު ޝަހީމް ޢަލީ ސަޢީދު]] | otherparty = [[ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ]] (2013–2015) | party = [[ޢަދާލަތު ޕާޓީ]] (2005–2013; 2015–2018) | alma_mater = އިސްލާމިކް ޔުނިވަރސިޓީ އޮފް [[މަދީނާ]] | children = 5 | parents = ބައްޕާފުޅު: އައްޝައިޚު ޢަބްދުލްބާރީ | caption = ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީ }} ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީގެ ބައްޕާފުޅަކީ އައްޝައިޚު ޢަބްދުލްބާރީއެވެ. ޑރ. ޢަބްދުލްމަޖީދު ފުރަތަމަ ތަޢުލީމު ޙާޞިލުކުރެއްވީ، އެމަނިކުފާނުގެ އުފަން ރަށް [[އައްޑުއަތޮޅު|އައްޑު އަތޮޅު]] [[ހުޅުދޫ (އައްޑުއަތޮޅު)|ހުޅުދޫ]] މަދަރުސާއިންނާއި، އެ އަތޮޅު [[ފޭދޫ (އައްޑުއަތޮޅު)|ފޭދޫ]] ސްކޫލުންނެވެ. އެއަށްފަހު، [[މާލެ]] ވަޑައިގެން އީ.ޕީ.އެސް ސްކޫލުން ތައުލީމު ޙާޞިލުކުރެއްވިއެވެ. އިތުރަށް ތަޢުލީމު ޙާޞިލުކުރެއްވުމަށް [[ޕާކިސްތާން|ޕާކިސްތާނު]]ގެ ޖާމިޢާ ސަލަފިއްޔާއަށާއި، ޖާމިޢާ ތަޢުލީމާތަށް ވަޑައިގެންނެވީ 1979ވަނަ އަހަރުއެވެ. އޭރު ވެސް ޢަރަބި އިސްލާމީ ތަޢުލީމަށް ލޯބިކުރެއްވި ޑރ. ޢަބްދުލްމަޖީދު، [[ސައޫދީ އަރަބިއްޔާ|ސަޢޫދީ އަރަބިއްޔާ]]ގެ މަދީނާ އިސްލާމިކް ޔުނިވަރސިޓީއަށް ވަދެވަޑައިގަތީ 1982ވަނަ އަހަރުއެވެ. ޘާނަވީ ތަޢުލީމުން ފެށިގެން ޕީ.އެޗް.ޑީ.އާ ހަމަޔަށް ކިޔަވައިވިދާޅުވީ އެ ޔުނިވަރސިޓީގައެވެ. އެގޮތުން، އެ ޔުނިވަރސިޓީން ދަޢުވާ، އުޞޫލުއްދީން [ތިއޮލޮޖީ] އިން 1989ވަނަ އަހަރު ބެޗްލަރސް ޑިގްރީ ޙާޞިލުކުރެއްވިއެވެ. ބެޗްލަރސް ޑިގްރީގައި އެ މަނިކުފާނު ޑިސަރޓޭޝަން ލިޔުއްވައިފައިވަނީ [ރާއްޖެ އިސްލާމްވުން] މި މައުޟޫޢުގެ މައްޗަށެވެ. އޭގެފަހުން އެ ޔުނިވަރސިޓީގައި މާސްޓަރސް ހެއްދެވުމުގެ ފުރުޞަތު ވެސް ޑރ. ޢަބްދުލްމަޖީދަށް ލިބިވަޑައިގެންނެވިއެވެ. މާސްޓަރސް ހެއްދެވީ ތަފްސީރު، [އިންޓަރޕްރިޓޭޝަން އޮފް ޤުރްއާން] ޢުލޫމުލްޤުރްއާނުން 1993ވަނަ އަހަރުއެވެ. ޕީ.އެޗް.ޑީ ޙާޞިލުކުރެއްވީ 1997ވަނަ އަހަރުއެވެ. ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީއަކީ މަދީނާ ޔުނިވަރސިޓީން ޕީ.އެޗް.ޑީ ޙާޞިލުކުރެއްވި ފުރަތަމަ ދިވެހި ޢިލްމުވެރިޔާއެވެ. އެ މަނިކުފާނު ލިޔުއްވި ތީސީސް، [[ސައޫދީ އަރަބިއްޔާ|ސަޢޫދީ އަރަބިއްޔާ]]ގައި ވަނީ ތިން ފަހަރެއްގެ މަތިން ޗާޕުކޮށް، ލައިބްރަރީތަކުގައްޔާއި، ތަޢުލީމު ދޭ އެކިއެކި މަރުކަޒުތަކުގައި ބޭނުންކުރަމުންދާ ފޮތަކަށްވެފައެވެ. ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީ ރާއްޖެ ވަޑައިގަތުމުން ފުރަތަމަ ހަމަޖެއްސެވީ އިސްލާމީ ކަންތައްތަކާ ބެހޭ އެންމެ މަތީ މަޖިލީހުގެ ދީނީ ޝިޢާރުތަކާ ބެހޭ ބައިގެ ޑިރެކްޓަރުކަމުގެ މަޤާމަށެވެ. އެއީ 1999 ނޮވެންބަރު 1 ގައެވެ. ފުރަތަމަ މަސައްކަތްޕުޅު ކުރެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ އެންމެ މަތީ މަޖިލީހުގެ މުދީރުގެ މަޤާމުގައެވެ. އެއަށްފަހު، ކީރިތި ޤުރްއާނާ ބެހޭ މަރުކަޒު އުފެއްދެވުމާ ގުޅިގެން، އެ ތަނުގެ މުދީރަކަށް 2000ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 11ވަނަ ދުވަހު ޢައްޔަންކުރެއްވިއެވެ. މަޢުހަދުއްދިރާސާތިލްއިސްލާމިއްޔާގެ މުދައްރިސެއްގެ ގޮތުގައި ޚިދުމަތް ކުރައްވަން ފަށްޓަވައިފައިވަނީ 2001ވަނަ އަހަރުއެވެ. 2006ވަނަ އަހަރު އިސްލާމީ ކަންތައްތަކާ ބެހޭ އެންމެ މަތީ މަޖިލީހުގެ ދީނީ ހޭލުންތެރިކުރުމާ ބެހޭ ބައިގެ އެންމެ އިސް ބޭފުޅަކަށް ޑރ. ޢަބްދުލްމަޖީދު ހަމަޖެއްސެވިއެވެ. މިހާރު ޢަމަލުކުރަމުންގެންދާ [[ދިވެހިރާއްޖޭގެ ޤާނޫނު އަސާސީ|ޤާނޫނުއަސާސީ]]ގެ ދަށުން އަލަށް ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް އިންތިޚާބުވެވަޑައިގެންނެވި ރައީސް [[މުޙައްމަދު ނަޝީދު]]، 2008ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 11ވަނަ ދުވަހު އެކުލަވައިލެއްވި ކެބިނެޓްގެ އިސްލާމިކް މިނިސްޓަރަކީ ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީއެވެ. އޭގެފަހުން، [[ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ]]ގެ ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯގައި ސީނިއަރ ލެކްޗަރަރއެއްގެ ގޮތުގައި 6 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތްކުރައްވައިފައިވެއެވެ. އޭގެއިތުރުން، [[ވިލާ ކޮލެޖު]]ގެ ލެކްޗަރަރއެއްގެ ގޮތުގައި ވެސް 7 އަހަރު ޚިދުމަތް ކުރެއްވިއެވެ. [[ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ]]ގައި ފެށި މާސްޓަރ އޮފް ޝަރީޢާ ކޯހުގެ މުޤައްރަރު އެކުލަވައިލައްވައި، އެ ކޯހުގައި ކިޔަވައިދެއްވިއެވެ. އެމަނިކުފާނުގެ ފާހަގަކޮށްލެވޭ މަސައްކަތްޕުޅުތަކުގެ ތެރޭގައި، [[ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ|ޤައުމީ ޔުނިވަރސިޓީ]]އާއި، [[ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ|އިސްލާމީ ޔުނިވަރސިޓީ]]އާއި، [[ވިލާ ކޮލެޖު|ވިލާ ކޮލެޖާއި]]، ކީރިތި ޤުރްއާނާ ބެހޭ މަރުކަޒުގައި ކިޔެވި ދަރިވަރުންނަށް، އެ ދަރިވަރުންގެ ކިޔެވުމުގެ ދާއިރާގައި އެސައިންމަންޓް ހެދުން ފަދަ ބޭނުންތަކަށް ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދެއްވުމަކީ ވަރަށްބޮޑު އަހަންމިއްޔަތު ކަމެއް ދެއްވައިގެން ކުރެއްވި މަސައްކަތްޕުޅެކެވެ. ޑރ. ޢަބްދުލްމަޖީދަކީ، ތަފާތު އެކިއެކި މައުޟޫޢުތަކަށް ފޮތްތައް ލިޔުއްވާފައިވާ ބޭފުޅެކެވެ. އޭގެތެރެއިން 6 ފޮތެއް ވަނީ ޝާއިޢުކުރެވިފައެވެ. އޭރު ކޮންމެ ހުކުރު ދުވަހަކު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ޝާއިޢު ކުރެއްވި [ހިދާޔަތުގެ އަލި] މި ނޫހަށް ޢިލްމީ މަޒުމޫނުތައް ލިޔުއްވިއެވެ. އަދި ތަފާތު އެތައް މައުޟޫޢަކަށް ހުކުރު ޚުޠުބާ ވެސް ހައްދަވައިދެއްވިއެވެ. ދީނީ ހޭލުންތެރިކަން އިތުރުކުރެއްވުމުގެ ގޮތުން ޓީ.ވީ އާއި ރޭޑިޔޯ މެދުވެރިކޮށް ހޭލުންތެރިކުރުވުމުގެ ތަފާތު ޕުރޮގްރާމްތަކުގައި ޑރ. ޢަބްދުލްމަޖީދު ބައިވެރިވެވަޑައިގެންފައިވެއެވެ. ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީގެ ހަނދާނަށް 2019ވަނަ އަހަރު ވަނީ އިސްލާމްދީނަށް ހޭލުންތެރިކަން އިތުރުކުރުމާއި، ޚިދުމަތް ކުރުމާއި، ދީނީ ޢިލްމު އުނގަންނައިދިނުމުގެ ދާއިރާއިން؛ ޝަރަފުވެރިކަމުގެ ޤައުމީ އިނާމު އަރުވައިފައެވެ. ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީ އަވަހާރަވީ [[އޮޅުދޫކަރަ|ސްރީލަންކާ]]ގައި އޮތް ބައްދަލުވުމަކަށް ވަޑައިގެން އުޅުއްވަނިކޮށް ކުއްލި އާލާސްކަންފުޅެއް ޖެހިވަޑައިގެން، ފަރުވާދެމުން ގެންދަނިކޮށް 2018ވަނަ އަހަރުގެ މޭ މަހުގެ 22ވަނަ ދުވަހު ޢުމުރުފުޅުން 56 އަހަރުފުޅުގައެވެ. ފަސްދާނުލައިފައިވަނީ [[އޮޅުދޫކަރަ|ސްރީލަންކާ]]ގެ [[ކޮޅުނބު|ކޮލަމްބޯ]] 4 ގެ ޖާވައްތަ މުސްލިމް ސަހަރާގައެވެ. [[ޤިސްމު:ޕީއެޗްޑީ ހަދާފައިވާ ދިވެހިން]] [[ޤިސްމު:ޙަޔާތުނާމާ]] [[ޤިސްމު:ދިވެހިރާއްޖޭގެ ދީނީ ޢިލްމުވެރީން]] ljf47qugf6k45p246lzst4rofp1tj2g ޢަބްދުއްސައްތާރު ޢަބްދުއްރަޙްމާން 0 6005 137594 137487 2026-04-24T11:50:43Z Memberuser 25611 137594 wikitext text/x-wiki {{Infobox officeholder | name = ޑރ. ޢަބްދުއްސައްތާރު ޢަބްދުއްރަޙްމާން | office = [[ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ]]ގެ ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯގެ ޑީން | term_start = 19 ނޮވެންބަރު 2020 | predecessor = [[ޑރ. ޢަލީ ޒާހިރު]] | image = Satr.jpg | office1 = | termstart1 = 2012 | termend1 = 2018 | alma_mater = ޖާމިޢާ ސަލަފިއްޔާ، [[ޕާކިސްތާން]]<br/>އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ [[އިސްލާމްއާބާދު]] | office2 = [[އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލިސް|ދިވެހިރާއްޖޭގެ އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލީހުގެ]] ނާއިބު ރައީސް | termend2 = | termstart2 = 29 މާރިޗު 2023 | caption = ޑރ. ޢަބްދުއްސައްތާރު ޢަބްދުއްރަޙްމާން (ކަނާތުގައި) | awards = ސަރުކާރުން ދެއްވާ ޚާއްޞަ އިނާމު - 2004 }} ޑރ. ޢަބްދުއްސައްތާރު ޢަބްދުއްރަޙްމާނަކީ [[މާޅޮސްމަޑުލު ދެކުނުބުރި|ބ.]] [[ހިތާދޫ (ބ. އަތޮޅު)|ހިތާދޫ]]އަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅެކެވެ. ޑރ. ޢަބްދުއްސައްތާރު ޢަބްދުއްރަޙްމާން ޝަހާދާ ޘާނަވިއްޔާއާއި މަތީ ތަޢުލީމު ޙާޞިލުކުރެއްވީ [[ޕާކިސްތާން|ޕާކިސްތާނު]]ގެ އަލްޖާމިޢަތުއްސަލަފިއްޔާއިންނެވެ. 1989ވަނަ އަހަރު އަލްޖާމިޢަތުއްސަލަފިއްޔާއިން ބެޗްލަރ އޮފް އިސްލާމިކް ސްޓަޑީޒް އެންޑް ޢަރަބިކް ލެންގުއޭޖް ޙާޞިލުކުރައްވައިފައިވެއެވެ. 1995ވަނަ އަހަރު ތަފްސީރާއި ޙަދީޘުން މާސްޓާރސް ޙާޞިލުކުރައްވައިފައިވެއެވެ. ޕީއެޗްޑީ ޙާޞިލުކުރެއްވީ ތަފްސީރާއި ޢުލޫމުލްޤުރްއާނުން [[ޕާކިސްތާން|ޕާކިސްތާނު]]ގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ، [[އިސްލާމްއާބާދު]]ގައި 2001ވަނަ އަހަރުގައެވެ. ޑރ. ޢަބްދުއްސައްތާރު ޢަބްދުއްރަޙްމާން މިވަގުތު ހުންނެވީ [[ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ]]ގެ ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯގެ ޑީންގެ މަޤާމުގައެވެ. އެ ބޭފުޅާ ޢިލްމު ފެތުރުއްވުމުގެ މަސައްކަތް ފައްޓަވައިފައިވަނީ 1998ވަނަ އަހަރު [[އަމީނިއްޔާ ސުކޫލް|އަމީނިއްޔާ ސްކޫލު]]ގެ އިސްލާމް މުދައްރިސެއްގެ މަޤާމުންނެވެ. އެއަށްފަހު ކުއްލިޔަތުއްދިރާސާތިލްއިސްލާމިއްޔާ (2002- 2009)، [[ވިލާ ކޮލެޖް|ވިލާ ކޮލެޖު]] (2010 -2011)، ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒު (2007 -2013) އަދި [[ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ|ޤައުމީ ޔުނިވަރސިޓީ]]ގެ ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯ، (2001 – 2004) ގައި ޕާރޓް ޓައިމް ލެކްޗަރަރއަކަށް އުޅުއްވައިފައިވެއެވެ. މީގެ އިތުރުން 2004 އިން 2018 އަށް [[ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ|ޤައުމީ ޔުނިވަރސިޓީ]]ގެ ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯގައި ސީނިއަރ ލެކްޗަރަރއަކަށް އުޅުއްވުމަށްފަހު ހަމަ އެ ފެކަލްޓީގެ ޑީންގެ މަޤާމުގައި 2012ވަނަ އަހަރުން ފެށިގެން 2018ވަނަ އަހަރުގެ ނިޔަލަށް ހުންނެވިއެވެ. ޑރ. ޢަބްދުއްސައްތާރު ޢަބްދުއްރަޙްމާން އަދާކުރައްވައިފައިވާ އެހެނިހެން މަޤާމުތަކުގެ ތެރޭގައި ދިވެހިރާއްޖޭގެ އިސްލާމީ ފިޤްހު އެކަޑަމީގެ މެންބަރުކަން ކުރެއްވުމާއި އެމް.އޭ. ޝަރީޢާގެ ކޯހުގެ  ކޯރޑިނޭޓަރުކަމާއި، އެލް.އެލް.ބީ ކޯހުގެ ކޯރޑިނޭޓަރުކަމާއި، [[ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ|ޤައުމީ ޔުނިވަރސިޓީ]]ގެ ހަޔަރ ޑިގްރީސް ކޮމެޓީގެ މެންބަރުކަމާއި، [[ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ|ޤައުމީ ޔުނިވަރސިޓީ]]ގެ ޔުނިވަރސިޓީ ގްރާންޓްސް ކޮމެޓީގެ މެންބަރކަމާއި، އެކަޑެމިކް ސެނެޓުގެ މެންބަރުކަމާއި، މާސްޓަރ އޮފް އާރޓްސް އިން ޝަރީޢާގެ ނުވަ ދަރިވަރުންގެ އެމް.އޭ.ގެ ޑިޒަރޓޭޝަންގެ ސުޕަރވައިޒަރުކަން ކުރެއްވުން ފާހަގަކޮށްލެވެއެވެ. އަދި އެތައް ފަހަރަކު [[ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ|ޤައުމީ ޔުނިވަރސިޓީ]]ގެ ތެވެލި ކޮންފެރެންސްގައި ބައިވެރިވެވަޑައިގެންފައިވެއެވެ. ޑރ. ޢަބްދުއްސައްތާރު ލިޔުއްވައިފައިވާ ފޮތްތަކުގެ ތެރޭގައި تاريخ التشريع الإسلامي(އިސްލާމީ ޝަރީޢަތުގެ ތާރީޚު) ، القواعد الفقهية (އިސްލާމިކް ލީގަލް މެކްސިމްސް) ، الحدود (ޙައްދުތައް) ، الجنايات (އަނިޔާތައް) ، الأحوال الشخصية 1،2،3 ، وسائل الإثبات (މައްސަލަތައް ޘާބިތުކުރުމުގެ ވަސީލަތްތައް. ހަތަރު މަޛްހަބު ޝާމިލް ވާގޮތަށް) ހިމެނެއެވެ. ޑރ. ޢަބްދުއްސައްތާރު ޢަބްދުއްރަޙްމާނަކީ [[އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލިސް|ދިވެހިރާއްޖޭގެ އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލީހުގެ]] މިހާރުގެ ނާއިބު ރައީސެވެ. އެ މަޖިލީހަށް އެ މަނިކުފާނު ޢައްޔަން ކުރެވުނީ 2023ވަނަ އަހަރުގެ މާރިޗު މަހުގެ 29ވަނަ ދުވަހުއެވެ. ޑރ. ޢަބްދުއްސައްތާރު ޢަބްދުއްރަޙްމާން ޕީއެޗްޑީ ހާސިލުކުރައްވައިފައިވާތީ 2004ވަނަ އަހަރު ސަރުކާރުން ދެއްވާ ޚާއްޞަ އިނާމު ލިބިވަޑައިގެންފައިވެއެވެ. [[ޤިސްމު:ޕީއެޗްޑީ ހަދާފައިވާ ދިވެހިން]] [[ޤިސްމު:ޙަޔާތުނާމާ]] [[ޤިސްމު:ދިވެހިރާއްޖޭގެ ދީނީ ޢިލްމުވެރީން]] tb3c2cfl4rnc2328vegj7idhb46vkba މެމްބަރު:Maris Dreshmanis 2 16380 137593 2026-04-24T09:11:30Z Maris Dreshmanis 28261 Creating user page 137593 wikitext text/x-wiki {{#babel:lv|ru-4}} == Maris Dreshmanis == Open data researcher. Contributor to [[d:Wikidata:WikiProject Occupations|WikiProject Occupations]] on Wikidata. * '''[[d:User:Maris Dreshmanis|Wikidata contributions]]''' — 37,000+ edits * '''GSCO''' — Global Standard Classification of Occupations (140 national registries, 245,000+ entries) * '''[[d:Wikidata:WikiProject Occupations|WikiProject Occupations]]''' — coordinating occupation label enrichment in 21 languages [[Category:Wikipedians]] bhwbuqpk2yn05lbwnfuckwjwbrdzu54