ވިކިޕީޑިއާ
dvwiki
https://dv.wikipedia.org/wiki/%DE%89%DE%A6%DE%87%DE%A8_%DE%9E%DE%A6%DE%8A%DE%B0%DE%99%DE%A7
MediaWiki 1.46.0-wmf.24
first-letter
މީޑިއާ
ޚާއްސަ
ޚިޔާލު
މެމްބަރު
މެމްބަރުގެ ވާހަކަ
ވިކިޕީޑިއާ
ވިކިޕީޑިއާ ޚިޔާލު
ފައިލު
ފައިލުގެ ޚިޔާލު
މީޑިއާވިކީ
މިޑިއާވިކީ ޚިޔާލު
ފަންވަތް
ފަންވަތުގެ ޚިޔާލު
އެހީ
އެހީގެ ޚިޔާލު
ޤިސްމު
ޤިސްމުގެ ޚިޔާލު
ނެރު
ނެރު ޚިޔާލު
TimedText
TimedText talk
މޮޑިއުލް
މޮޑިއުލް ޚިޔާލު
Event
Event talk
ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ
0
1839
137601
137225
2026-04-24T12:25:54Z
Memberuser
25611
137601
wikitext
text/x-wiki
[[Image:MDPLOGO.PNG|thumb|ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ]]ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) (އިނގިރޭސި: [[:en:Maldivian_Democratic_Party|Maldivian Democratic Party]]) އަކީ [[ދިވެހިރާއްޖެ|ދިވެހިރާއްޖޭ]]ގައި ޙަރަކާތްތެރިވާ ސިޔާސީ ޕާޓީއެކެވެ. އެމްޑީޕީ އުފެދުނީ 2005ވަނަ އަހަރުގައެވެ. މިހައިތަނަށް ދެ ފަހަރެއްގެ މަތީން އެމްޑީޕީން [[ދިވެހިރާއްޖެ|ދިވެހިރާއްޖޭ]]ގެ ވެރިކަމަށް އައިސްފައިވެއެވެ.
އެމްޑީޕީ އެންމެ ފުރަތަމަ ޤާއިމުކުރެވުނީ [[އޮޅުދޫކަރަ|ސިލޯނު]]ގެ [[ކޮޅުނބު]]ގައި އަރުވައިލެވިގެން ތިބެ، ނޮވެންބަރު 2003 ގައެވެ. ސިޔާސީ ޕާޓީ ހިންގުން ރައީސް [[މައުމޫން ޢަބްދުލް ޤައްޔޫމް|އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް]]ގެ ސަރުކާރުން މަނާކޮށްފައި އޮތް ނަމަވެސް، އެމްޑީޕީން ދިޔައީ ޕާޓީ އުފެއްދުމަށް ބޭނުންވާ 42 މީހުންގެ ސޮއި ހޯދުމާއެކު، މުޅި ދިވެހިރާއްޖޭގައި އިންތިޒާމުވަމުންނެވެ.
ޖަނަވަރީ 2005 ގައި ބޭއްވުނު [[ރައްޔިތުންގެ މަޖިލިސް|ރައްޔިތުންގެ މަޖިލީހުގެ]] އިންތިޚާބުގައި އެމްޑީޕީއަށް ތާޢީދުކުރާ ފަރާތްތަކުން އެ ކަން ޢާންމުކޮށް އިޢުލާންކޮށް ފުރަތަމަ ފަހަރަށް އެމްޑީޕީއަށް ނިސްބަތްވާ ކެންޑިޑޭޓުން [[ރައްޔިތުންގެ މަޖިލިސް|ރައްޔިތުންގެ މަޖިލީހުގެ]] އިންތިޚާބުގައި ވާދަކުރިއެވެ. މިއާއެކު ޖޫން 2005 ގައި ޤާނޫނީ އޮނިގަނޑަށް ބަދަލު ގެނެސް، ދިވެހިރާއްޖޭގައި ސިޔާސީ ޕާޓީތައް ރަޖިސްޓަރީ ކުރުމަށް ޤާނޫނީ ބާރު ލިބި، ފުރަތަމަ ފަހަރަށް ހުއްދަ ލިބިގެންދިޔައެވެ. އެމްޑީޕީ ރަޖިސްޓްރީ ކޮށްފައިވަނީ 26 ޖޫން 2005 ގައެވެ.
ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ގިނަ ޕާޓީ އެކުލެވޭ ވާދަވެރި ރިޔާސީ އިންތިޚާބެއް ބޭއްވީ 2008ވަނަ އަހަރުގެ އޮކްޓޫބަރު މަހުއެވެ. އެ އިންތިޚާބުގެ ފުރަތަމަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް 50 އިންސައްތަ ވޯޓު ކާމިޔާބުކުރެވިފައިނުވުމާ އެކު، އިދިކޮޅު ފަރާތްތަކުން އެމްޑީޕީގެ ކެންޑިޑޭޓުގެ ގޮތުގައި ނުކުންނެވި [[މުޙައްމަދު ނަޝީދު|މުޙައްމަދު ނަޝީދަށް]] ތާޢީދުކުރެއްވިއެވެ. ދިވެހިރާއްޖޭގެ އެންމެ ފުރަތަމަ ފަހަރަށް ޑެމޮކްރެޓިކް ހަމަތަކުގެ މަތިން އިންތިޚާބުވެވަޑައިގަތް ރައީސްގެގޮތުގައި އެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު 54 އިންސައްތައިން ކާމިޔާބުކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓް [[މުޙައްމަދު ނަޝީދު|ރައީސް މުޙައްމަދު ނަޝީދެވެ]]. 2013ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވެސް އެމްޑީޕީން ވާދަކުރިއެވެ. ނަމަވެސް އެ އިންތިޚާބު ކާމިޔާބުކޮށްފައިވަނީ [[ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް|ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)]] ގެ ފަރާތުން ވާދަކުރެއްވި [[ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް|ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމެވެ]]. 2018ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އެމްޑީޕީއާއި ގުޅިފައިވާ ޕާޓީތަކުގެ ކޯލިޝަނުގެ ކެންޑިޑޭޓްގެ ގޮތުގައި އެމްޑީޕީގެ [[އިބްރާހީމް މުޙައްމަދު ޞާލިޙް]] ވާދަކުރައްވައި އެ އިންތިޚާބު ކާމިޔާބުކުރެއްވިއެވެ.
އެމްޑީޕީގެ މިހާރުގެ ރައީސަކީ [[ދިވެހިރާއްޖެ|ދިވެހިރާއްޖޭ]]ގެ ކުރީގެ ފޮރިން މިނިސްޓަރު [[ޢަބްދުﷲ ޝާހިދު|ޢަބްދުﷲ ޝާހިދެވެ.]] ޗެއަރޕާސަނަކީ [[ދިވެހިރާއްޖެ|ދިވެހިރާއްޖޭ]]ގެ ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޟް އިސްމާޢީލެވެ.
== އިންތިޚާބުތައް ==
=== <u>ރިޔާސީ އިންތިޚާބު</u> ===
{| class="wikitable" style="text-align:center"
! rowspan="2" |'''އިންތިޚާބު'''
! rowspan="2" |ޕާޓީގެ ކެންޑިޑޭޓު
! rowspan="2" |ރަނިންގ މޭޓު
!'''ލިބުނު ވޯޓުގެ ޢަދަދު'''
!'''%'''
!'''ލިބުނު ވޯޓުގެ ޢަދަދު'''
!'''%'''
! rowspan="2" |'''ނަތީޖާ'''
|-
! colspan="2" |ފުރަތަމަ ބުރު
! colspan="2" |ދެވަނަ ބުރު
|-
!2008ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު
| rowspan="3" |[[މުޙައްމަދު ނަޝީދު]]
|[[ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކު]]
|44,293
|24.91%
|97,222
|53.65%
|'''ކާމިޔާބު''' {{Y}}
|-
! rowspan="2" |2013ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު
| rowspan="2" |[[މުސްޠަފާ ލުޠުފީ]]
|<s>95,224</s>
|<s>45.45%</s>
| colspan="2" | --------
|'''އިންތިޚާބު ބާޠިލުކޮށްފައި''' {{Nay}}
|-
|96,764
|46.93%
|105,181
|48.61%
|'''ނާކާމިޔާބު''' {{Nay}}
|-
!2018ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު
| rowspan="2" |[[އިބްރާހީމް މުޙައްމަދު ޞާލިޙް]]
|ފައިޞަލް ނަސީމް
|134,616
|58.34%
| colspan="2" | --------
|'''ކާމިޔާބު''' {{Y}}
|-
!2023ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު
|[[މުޙައްމަދު އަސްލަމް]]
|85,989
|39.12%
|109,548
|45.94%
|'''ނާކާމިޔާބު''' {{Nay}}
|}
=== <u>[[ރައްޔިތުންގެ މަޖިލިސް|ރައްޔިތުންގެ މަޖިލީހުގެ]] އިންތިޚާބު</u> ===

!'''އަހަރު'''
!ޕާޓީގެ ލީޑަރު
!ލިބުނު ވޯޓުގެ ޢަދަދު
!%
!ކާމިޔާބުކުރި ގޮނޑީގެ ޢަދަދު
!+/–
|-
!2005
| -
|68,931
|31.10%
|42 ގޮނޑީގެ ތެރެއިން 18 ގޮނޑި
|ވާދަކުރީ އަލަށް
|-
!2009
| rowspan="3" |[[މުޙައްމަދު ނަޝީދު]]
|51,184
|30.81%
|77 ގޮނޑީގެ ތެރެއިން 26 ގޮނޑި
|{{increase}} 15
|-
!2014
|75,670
|40.78%
|85 ގޮނޑީގެ ތެރެއިން 26 ގޮނޑި
|{{steady}} 0
|-
!2019
|96,354
|45.83%
|87 ގޮނޑީގެ ތެރެއިން 65 ގޮނޑި
|{{increase}} 39
|-
!2024
|[[ޢަބްދުﷲ ޝާހިދު]]
|64,650
|30.73%
|93 ގޮނޑީގެ ތެރެއިން 12 ގޮނޑި
|{{decrease}} 53
|}
== ޕާޓީގެ ލީޑަރުން ==
=== <u>ޕާޓީގެ ރައީސްކަން ކުރެއްވި ބޭފުޅުން</u> ===
{| class="wikitable sortable" style="text-align:center;"
! colspan="2" width="100px" |ނަން
! width="100px" |މުއްދަތު
|-
|[[ފައިލު:Mr Ibrahim Ismail.jpg|75x75px]]
|އިބްރާހީމް އިސްމާޢީލް
|20 ޑިސެންބަރު 2005 - 30 އެޕްރީލް 2006
|-
|[[ފައިލު:Dr. Munavvar.jpg|100x100px]]
|[[މުޙައްމަދު މުނައްވަރު|ޑރ. މުޙައްމަދު މުނައްވަރު]]
|2 ޖޫން 2007 - 30 އެޕްރީލް 2008
|-
|[[ފައިލު:Ibrahim Didi 2011 (cropped).jpg|92x92px]]
|ޑރ. އިބްރާހީމް ދީދީ
|10 މޭ 2011 - 30 އެޕްރީލް 2012
|-
|[[ފައިލު:Mohamed Nasheed portrait.jpg|102x102px]]
|[[މުޙައްމަދު ނަޝީދު]]
|1 އެޕްރީލް 2014 - 21 ޖޫން 2023
|-
|[[ފައިލު:Abdulla Shahid Foreign Minister of the Maldives in 2023 (cropped).jpg|100x100px]]
|[[ޢަބްދުﷲ ޝާހިދު]]
|20 ފެބުރުވަރީ 2024އިން ފެށިގެން
|}
=== <u>ޗެއަރޕާސަންކަން ކުރެއްވި ބޭފުޅުން</u> ===
{| class="wikitable sortable" style="text-align:center;"
! colspan="2" width="100px" |ނަން
! width="100px" |މުއްދަތު
|-
|[[ފައިލު:Mohamed Nasheed portrait.jpg|102x102px]]
|[[މުޙައްމަދު ނަޝީދު]]
|26 ޖޫން 2005 - 20 ފެބުރުވަރީ 2008
|-
|
|މާރިޔާ އަޙްމަދު ދީދީ
|12 މޭ 2008 - 19 މޭ 2011
|-
|[[ފައިލު:Reekko Moosa Manik.jpg|104x104px]]
|[[ރީކޯ މޫސާ މަނިކު]]
|19 ޖޫން 2011 - 1 އެޕްރީލް 2014
|-
|[[ފައިލު:Ali Waheed portrait 2018.jpg|112x112px]]
|ޢަލީ ވަޙީދު
|30 އޮގަސްޓު 2014 - 28 ނޮވެންބަރު 2016
|-
|[[ފައިލު:Hassan Latheef.jpg|75x75px]]
|ޙަސަން ލަޠީފު
|12 ފެބުރުވަރީ 2017 - 11 ފެބުރުވަރީ 2022
|-
|[[ފައިލު:Fayyaz Ismail.jpg|112x112px]]
|ފައްޔާޟް އިސްމާޢީލް
|23 މޭ 2022 - 23 ނޮވެންބަރު 2025
|-
|
|ޢަބްދުލްޣަފޫރު މޫސާ
|8 ޑިސެންބަރު 2025 އިން ފެށިގެން (ވަގުތީ ގޮތުން)
|}
[[ޤިސްމު:ސިޔާސީ ޕާޓީ]]
5b4sgpn50cgrw000tbdh9l3044mumop
މުޙައްމަދު ރަޝީދު އިބްރާހީމް
0
1964
137603
137501
2026-04-24T12:37:52Z
Memberuser
25611
137603
wikitext
text/x-wiki
{{Infobox officeholder
| name = މުޙައްމަދު ރަޝީދު އިބްރާހީމް
| office = [[އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލިސް|އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލީހުގެ]] ރައީސް
| image = Mohamed Rasheed Ibrahim portrait 2012.jpg
| caption = މުޙައްމަދު ރަޝީދު އިބްރާހީމް
| deputy = [[ޢަބްދުއްސައްތާރު ޢަބްދުއްރަޙްމާން]]
| term_start = 3 އޮގަސްޓު 2016
| president = [[ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް]]<br/>[[އިބްރާހީމް މުޙައްމަދު ޞާލިޙް]]<br/>[[މުޙައްމަދު މުޢިއްޒު]]
| office1 = ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު
| termstart1 = 1996
| termend1 = 2008
| president2 = [[މައުމޫން ޢަބްދުލް ޤައްޔޫމް|މައުމޫން ޢަބްދުލްޤައްޔޫމް]]
| president1 = [[މައުމޫން ޢަބްދުލް ޤައްޔޫމް|މައުމޫން ޢަބްދުލްޤައްޔޫމް]]
| office2 = މިނިސްޓަރ އޮފް ޖަސްޓިސް {{!}} މިނިސްޓަރ އޮފް ޖަސްޓިސް އެންޑް އިސްލާމިކް އެފެއާޒް
| termend2 = 1996
| termstart2 = 1989
| birth_date = {{Birth date and age|1942|9|25|df=yes}}
| birth_place = [[ފުވައްމުލައް]]، [[ދިވެހިރާއްޖެ]]
| alma_mater = [[އަލްއަޒުހަރު ޔުނިވަރސިޓީ]]<br/>[[ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ]]
| awards = ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން - 2008
| predecessor1 = [[މޫސާ ފަތުޙީ]]
| successor1 = [[އަލްއުސްތާޛު ޢަބްދުﷲ ސަޢީދު]] (އިންތިޤާލީ މަރުޙަލާގައި)<br/>[[އަޙްމަދު ފާއިޒު ޙުސައިން]]
| predecessor = (މަޤާމު އުފެއްދެވުން)
}}
ފަޟީލަތުލްއުސްތާޛުއްޝައިޚް ޑރ. މުޙައްމަދު ރަޝީދު އިބްރާހީމް ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 1942ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ 25ވަނަ ދުވަހުއެވެ. ބައްޕާފުޅަކީ [[ފުވައްމުލައް (ޏ. އަތޮޅު)|ޏ. ފުވައްމުލަކު]] ދަނޑިމަގު މައިގޭ އިބްރާހީމް ޙުސައިނެވެ. މަންމާފުޅަކީ ހަމަ އެ ރަށު ދިގުފީނި ޢާއިޝަތު މުޙައްމަދު ދީދީއެވެ.
ފަޟީލަތުލްއުސްތާޛުއްޝައިޚް ޑރ. މުޙައްމަދު ރަޝީދު އިބްރާހީމް ފަށާ ތަޢުލީމް ޙާޞިލްކުރެއްވީ ރާއްޖެއިންނެވެ. އެ މަނިކުފާނަކީ ޤުރްއާން ހިތުދަސް ޙާފިޡެކެވެ. ޙާފިޡުކަމުގެ ސަނަދު ޙާޞިލުކުރެއްވީ 1961ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 3ވަނަ ދުވަހުއެވެ.
ފަޟީލަތުލްއުސްތާޛުއްޝައިޚް ޑރ. މުޙައްމަދު ރަޝީދު އިބްރާހީމް ވަނީ 1963ވަނަ އަހަރު [[މިޞްރު]]ގެ[[އަލްއަޒުހަރު ޔުނިވަރސިޓީ|އަލްއަޒްހަރު ޔުނިވަރސިޓީ]]ގައި ޝަހާދާ އިބްތިދާއިއްޔާ ހާސިލުކުރައްވައިފައެވެ. ހަމަ އެ ޔުނިވަރސިޓީގައި 1967ވަނަ އަހަރު ޝަހާދާ ޘާނަވިއްޔާ ފުރިހަމަކުރައްވައިފައިވެއެވެ. 1971ވަނަ އަހަރު [[އަލްއަޒުހަރު ޔުނިވަރސިޓީ|އަލްއަޒްހަރު ޔުނިވަރސިޓީ]]ގެ ކުއްލިއްޔަތުއްޝަރީޢާ ވަލްޤާނޫނުން ޑިޕްލޮމާ ޙާޞިލުކުރެއްވިއެވެ. މީގެއިތުރުން 1973ވަނަ އަހަރު [[އަލްއަޒުހަރު ޔުނިވަރސިޓީ|އަލްއަޒްހަރު ޔުނިވަރސިޓީ]]ގައި ފިޤްހުލްމުޤާރަންއިން މާސްޓަރސް ޑިގްރީ ހައްދަވައިފައިވެއެވެ. އަދި 1974ވަނަ އަހަރު ތަޢުލީމީ ދާއިރާއިން ވެސް ޑިޕްލޮމާއެއް ޙާޞިލުކުރައްވައިފައިވެއެވެ. އަލްއަޒްހަރު ޔުނިވަރސިޓީއަށް ވަޑައިގެންނެވުމުގެ ކުރީގައި އިންޑިއާގެ ވެއްލޫރުގެ ޖާމިޢަތުލް ބާޤިޔާތުއް ޞާލިޙާތު (ބީއެސްއޭ ކޮލެޖު) ގައި ކިޔަވައި ވިދާޅުވެފައިވެއެވެ.
ފަޟީލަތުލްއުސްތާޛުއްޝައިޚް ޑރ. މުޙައްމަދު ރަޝީދު އިބްރާހީމް ޕީއެޗްޑީ ޙާޞިލުކުރެއްވީ ފިޤްހާއި އުޞޫލުލްފިޤްހުގެ ރޮނގުން 2021ވަނަ އަހަރު [[ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ]]ގައެވެ. ޑރ. މުޙައްމަދު ރަޝީދު އިބްރާހީމް ޕީއެޗްޑީ ތީސީސް ލިޔުއްވައިފައި ވަނީ "ރާއްޖޭގައި ޢާއިލީ މައްސަލަތަކާއި އޭގެ ޙައްލު، އިސްލާމީ ޝަރީޢަތުގެ އަލީގައި" މި މައުޟޫޢަށެވެ.
ފަޟީލަތުލްއުސްތާޛުއްޝައިޚް ޑރ. މުޙައްމަދު ރަޝީދު އިބްރާހީމް އެންމެ ފުރަތަމަ ވަޒީފާއަކާ ގުޅިވަޑައިގަތީ 1974ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 17ވަނަ ދުވަހު [[ސައޫދީ އަރަބިއްޔާ|ސަޢޫދީ ޢަރަބިއްޔާ]]ގެ ދަންމާމުގެ އަބޫ ޢުބައިދާ މަދަރުސާގެ މުދައްރިސެއްގެ މަޤާމާއެވެ. އޭގެ ފަހުން 1977ވަނަ އަހަރުން ފެށިގެން 1985ވަނަ އަހަރުގެ ނިޔަލަށް ޖާމިޢަތުލްއިމާމު މުޙައްމަދު ބިން ސުޢޫދުލްއިސްލާމިއްޔާ (އިމާމު މުޙައްމަދު ބިން ސުޢޫދު އިސްލާމިކް ޔުނިވަރސިޓީ) ގެ މުދައްރިސްކަމާއި ލެކްޗަރަރެއްގެ މަޤާމު އަދާކުރެއްވިއެވެ. އެއަށްފަހު ރާއްޖެ ވަޑައިގެން 1981ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މުސްތަޝާރެއްގެ ވަޒީފާއާ ގުޅިވަޑައިގެންނެވިއެވެ. އަދި އެ އޮފީހުގެ ޚާއްޞަ ވަކީލެއްގެ މަޤާމު ވެސް ފުރުއްވައިފައިވެއެވެ. މީގެއިތުރުން އަލްމަދްރަސަތުލްޢަރަބިއްޔަތުލްއިސްލާމިއްޔާގެ ފުރަތަމަ ނާޡިރުކަމާއި، ޖަސްޓިސް މިނިސްޓަރުގެ ނާއިބުކަން ވެސް ފުރުއްވައިފައިވެއެވެ.
ފަޟީލަތުލްއުސްތާޛުއްޝައިޚް ޑރ. މުޙައްމަދު ރަޝީދު އިބްރާހީމް ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުގެ މަޤާމު 12 އަހަރު އަދާކުރައްވައިފައިވާ އިރު، ޖަސްޓިސް މިނިސްޓަރު ކަމުގެ މަޤާމު 1989ވަނަ އަހަރުން ފެށިގެން 1993 ގެ ނިޔަލަށް އަދި ޖަސްޓިސް އެންޑް އިސްލާމިކް އެފެއާޒް މިނިސްޓަރުކަން 1993 އިން 1996 އަށް އަދާކުރެއްވިއެވެ. އަދި ޖުޑީޝަލް ސަރވިސަސް ކޮމިޝަންގެ ރައީސްކަމުގެ މަޤާމާއި، ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ މުސްތަޝާރެއްގެ މަޤާމާއި ރައްޔިތުންގެ މަޖިލީހާއި ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ މެންބަރުކަމާއި، ޝަރުޢީ އަދި ޤާނޫނީ ކަންކަމުގައި ރައީސުލްޖުމްހޫރިއްޔާއަށް ލަފާ ދޭ ޚާއްޞަ ކޮމިޓީގެ ރައީސްކަމާއި، ކީރިތީ ޤުރްއާން ދިވެހިބަހަށް ތަރުޖަމާކުރެއްވެވި ކޮމިޓީގެ މެންބަރުކަމާއި ރައީސްކަން ކުރައްވައިފައިވެއެވެ.
[[ފައިލު:A delegation of Government of Maldives, led by the Chief Justice, Mr. Justice Mohamed Rasheed Ibrahim, calls on the Union Minister of Law and Justice, Shri H.R. Bhardwaj, in New Delhi on August 31, 2006.jpg|thumb|253x253px|ފަޟީލަތުލްއުސްތާޛުއްޝައިޚު ޑރ. މުޙައްމަދު ރަޝީދު އިބްރާހީމް (ކަނާތުގައި) އިންޑިއާގެ މިނިސްޓަރ އޮފް ލޯ އެންޑް ޖަސްޓިސް އެޗް.އާރު. ބަދަރުވާޖު (ވާތުގައި) އާ ބައްދަލުކުރައްވަނީ (ނިއުދިއްލީ، 2006)]]
ފަޟީލަތުލްއުސްތާޛުއްޝައިޚް ޑރ. މުޙައްމަދު ރަޝީދު އިބްރާހީމް ވަނީ 40 އަހަރަށް ވުރެ ގިނަ ދުވަހު ދިވެހި ދައުލަތަށް ޚިދުމަތްކުރައްވައިފައެވެ. ޑރ. މުޙައްމަދު ރަޝީދު އިބްރާހީމަށް ވަނީ ދައުލަތަށް ގިނަ ދުވަހު ޚިދުމަތްކުރެއްވި ޢިއްޒަތްތެރިއެއްގެ ލަޤަބު ދިވެހި ދައުލަތުން އަރުވައިފައެވެ. އަދި ދިވެހި ދައުލަތުގެ މަތިވެރި ޢިއްޒަތް (ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން) 2008ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 10ވަނަ ދުވަހު ޑރ. މުޙައްމަދު ރަޝީދު އިބްރާހީމަށް އަރުވައިފައިވެއެވެ.
ފަޟީލަތުލްއުސްތާޛުއްޝައިޚް ޑރ. މުޙައްމަދު ރަޝީދު އިބްރާހީމް މިހާރު ހުންނެވީ ދިވެހިރާއްޖޭގެ [[އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލިސް|އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލީހުގެ]] ރައީސްގެ މަޤާމުގައެވެ. އެ މަޖިލީހުގެ ރައީސްކަމުގެ މަޤާމާއި، މެންބަރުކަމުގެ މަޤާމަށް ޑރ. މުޙައްމަދު ރަޝީދު އިބްރާހީމް ޢައްޔަންކުރެއްވީ 2016ވަނަ އަހަރުގެ އޮގަސްޓް މަހުގެ 3ވަނަ ދުވަހުއެވެ.
[[ޤިސްމު:ޙަޔާތުނާމާ]]
[[ޤިސްމު:Qazis of the Maldives]]
[[ޤިސްމު:ޕީއެޗްޑީ ހަދާފައިވާ ދިވެހިން]]
[[ޤިސްމު:ދިވެހިރާއްޖޭގެ ދީނީ ޢިލްމުވެރީން]]
sjq33c3pt4r01tjzzszovnzghplfrj9
މޫސާ ފަތުޙީ
0
1971
137610
137596
2026-04-25T06:35:30Z
Memberuser
25611
137610
wikitext
text/x-wiki
{{Infobox officeholder
| name = ފަޟީލަތުލްއުސްތާޛުއްޝައިޚުލްމަރްޙޫމު މޫސާ ފަތުޙީ
| office = އިސްލާމީ ކަންތައްތަކާ ބެހޭ އެންމެ މަތީ މަޖިލީހުގެ މުސްތަޝާރު
| term_start = 11 ނޮވެންބަރު 1998
| term_end = 17 ނޮވެންބަރު 2003
| president = [[މައުމޫން ޢަބްދުލް ޤައްޔޫމް|މައުމޫން ޢަބްދުލްޤައްޔޫމް]]
| birth_place = [[ނައިފަރު (ޅ. އަތޮޅު)|ޅ. ނައިފަރު]]، [[ދިވެހިރާއްޖެ]]
| alma_mater = [[އަލްއަޒުހަރު ޔުނިވަރސިޓީ|އަލްއަޒްހަރު ޔުނިވަރސިޓީ]]، [[މިޞްރު]]
| image = Fattey.JPG
| caption = މޫސާ ފަތުޙީ
| office1 = އިސްލާމީ ކަންތައްތަކާ ބެހޭ އެންމެ މަތީ މަޖިލީހުގެ ރައީސް
| termstart1 = 6 ނޮވެންބަރު 1996
| termend1 = 11 ނޮވެންބަރު 1998
| successor1 = [[މުޙައްމަދު ރަޝީދު އިބްރާހީމް]]
| president1 = [[މައުމޫން ޢަބްދުލް ޤައްޔޫމް|މައުމޫން ޢަބްދުލްޤައްޔޫމް]]
| office2 = ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު
| termstart2 = 6 އޮކްޓޫބަރު 1980
| termend2 = 6 ނޮވެންބަރު 1996
| president2 = [[މައުމޫން ޢަބްދުލް ޤައްޔޫމް|މައުމޫން ޢަބްދުލްޤައްޔޫމް]]
| office3 = މިނިސްޓަރ އޮފް ޖަސްޓިސް
| termstart3 = 11 ނޮވެންބަރު 1968
| termend3 = 6 އޮކްޓޫބަރު 1980
| succeeded3 =
| predecessor3 =
| president3 = [[އިބްރާހީމް ނާޞިރު]]<br/>[[މައުމޫން ޢަބްދުލް ޤައްޔޫމް|މައުމޫން ޢަބްދުލްޤައްޔޫމް]]
| office4 = ވަޒީރުލްއަޢުޡަމުގެ ނާއިބު
| termstart4 = 19 ޖޫން 1967
| termend4 = 11 ނޮވެންބަރު 1968
| birth_date = 28 ސެޕްޓެންބަރު 1929
| succeeded2 = [[މުޙައްމަދު ރަޝީދު އިބްރާހީމް]]
| education = [[މަދަރުސަތުލް އިފްތިތާޙް|މަދްރަސަތުލްއިފްތިތާޙު]]، [[ނައިފަރު (ޅ. އަތޮޅު)|ޅ. ނައިފަރު]]<br/>[[މަޖީދިއްޔާ ސްކޫލް|މަދްރަސަތުލްމަޖީދިއްޔާ]]، [[މާލެ]]
| death_date = 10 ޖުލައި 2007 (77 އަހަރުފުޅުގައި)
| death_place = މައުންޓް އެލިޒަބަތު ހޮސްޕިޓަލް، [[ސިންގަޕޫރު]]
| awards = ޅެންވެރިކަމުގެ ރޮނގުން ޢާންމު ޚިދުމަތުގެ ޝަރަފުވެރިކަމުގެ އިނާމު - 1983<br/>މިނިވަން 25 ގެ ޢާންމު ޚިދުމަތުގެ އިނާމު - 1990
| parents = ބައްޕާފުޅު: ޤާސިމް ޢަލީ<br/>މަންމާފުޅު: ސަންފާ ޢަލީ
}}
'''ފަޟީލަތުލްއުސްތާޛުއްޝައިޚުލްމަރްޙޫމު''' '''މޫސާ ފަތުޙީ އަލްއަޒްހަރީ'''އަކީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުކަން ކުރެއްވައިފައިވާ ބޭފުޅެކެވެ.
== އަމިއްލަ ދިރިއުޅުއްވުން ==
ފަޟީލަތުލްއުސްތާޛުއްޝައިޚުލްމަރްޙޫމު މޫސާ ފަތުޙީ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 1929ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ 28ވަނަ ދުވަހު [[ފާދިއްޕޮޅު]] [[ނައިފަރު (ޅ. އަތޮޅު)|ނައިފަރު]]ގައެވެ. ބައްޕާފުޅަކީ ޤާސިމް ޢަލީއެވެ. މަންމާފުޅަކީ ސަންފާ ޢަލީއެވެ.
އެ މަނިކުފާނު ފުރަތަމަ ކައިވެނިފުޅު ބައްލަވައިގަތީ ޖަމީލާ ޙުސައިނާއެވެ. ޖަމީލާ ޙުސައިން ނިޔާވުމުން ދެން ކައިވެނިފުޅު ބައްލަވައިގަތީ އާމިނަތު މުޙައްމަދު ދީދީއާއެވެ. ދެ ކައިވެނިފުޅުކުރެއްވި ނަމަވެސް އުފަން ދަރިއެއް މޫސާ ފަތުޙީއަށް ލިބިވަޑައިގެންފައި ނުވެއެވެ. އަވަހާރަވީ އިރު ވަރަށް ފަހުން ކައިވެނި ބައްލަވައިގަތް [[އައްޑުއަތޮޅު|އައްޑު]]އަށް އުފަން އަނބިކަނބަލަކު ދުނިޔޭގައި އިންނެވިއެވެ. މޫސާ ފަތުޙީއާ އެއްބަނޑު އެއްބަފާ 3 ބޭފުޅުން ތިއްބަވައެވެ. އެއީ ޢަލީ ފަތުޙީ، އާދަމް ފަތުޙީ، އިސްމާޢީލް ފަތުޙީއެވެ. މީގެތެރެއިން އިސްމާޢީލް ފަތުޙީއަކީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފިނޭންސްގެ މަޤާމު މީގެކުރީން އަދާކުރައްވައިފައިވާ ބޭފުޅެކެވެ.
== ތަޢުލީމު ޙާޞިލުކުރެއްވުން ==
ފަޟީލަތުލްއުސްތާޛުއްޝައިޚުލްމަރްޙޫމު މޫސާ ފަތުޙީ އެންމެ ފުރަތަމަ ތަޢުލީމު ޙާޞިލުކުރެއްވީ [[ނައިފަރު (ޅ. އަތޮޅު)|ނައިފަރު]] [[މަދަރުސަތުލް އިފްތިތާޙް|މަދްރަސަތުލްއިފްތިތާޙު]]ންނެވެ. އެއަށްފަހު [[މަޖީދިއްޔާ ސްކޫލް|މަދްރަސަތުލްމަޖީދިއްޔާ]]އިން ވެސް ކިޔަވާ ވިދާޅުވިއެވެ. މީގެއިތުރުން [[މިޞްރު]]ގެ [[އަލްއަޒުހަރު ޔުނިވަރސިޓީ|އަލްއަޒްހަރު ޔުނިވަރސިޓީ]]ގައި ޝަރީޢަތާ ޤާނޫނުގެ ރޮނގުން މަތީ ތަޢުލީމު ޙާޞިލުކުރެއްވިއެވެ. އެ މަނިކުފާނު ވަނީ [[އަލްއަޒުހަރު ޔުނިވަރސިޓީ|އަލްއަޒްހަރު]]ގެ ޝަރީޢާ އިސްލާމިއްޔާ ފެކަލްޓީއިން ބީއޭ ފާސް ހޯއްދަވައިފައެވެ. އަދި ކިޔަވައިދެއްވުމުގެ ރޮނގުން [[މިޞްރު]]ގައި (ހަޔަރ ޑިޕްލޮމާއެއް) މަތީ ފާހެއް ހޯއްދަވައިފައިވެއެވެ. ތަޢުލީމު ޙާޞިލުކުރެއްވުމަށް ޓަކައި [[މިޞްރު|މިޞްރަށް]] ވަޑައިގަތީ ޢުމުރުފުޅުން 21 އަހަރުފުޅުގައި 1950ވަނަ އަހަރު އެވެ. 16 އަހަރު [[މިޞްރު]]ގައި ތަޢުލީމު ޙާޞިލުކުރެއްވުމަށް ހޭދަކުރެއްވިއެވެ. އެނބުރި ރާއްޖެ ވަޑައިގަތީ 1966ވަނަ އަހަރުއެވެ.
== ޚިދުމަތް ==
ފަޟީލަތުލްއުސްތާޛުއްޝައިޚުލްމަރްޙޫމު މޫސާ ފަތުޙީ ވަނީ ދިވެހި ސަރުކާރުގައި 60 އަހަރަށް ވުރެ ގިނަ ދުވަހުގެ މުއްދަތަށް ޚިދުމަތްކުރައްވައިފައެވެ. ރާއްޖޭގައި ދީނީ ޝިޢާރު ފާޅުކުރުމާއި، ޝަރުޢީ އަދި ޤާނޫނީ ދާއިރާގައްޔާއި، އަދަބިއްޔާތާއި، ހިސާބު ޢިލްމުގެ ދާއިރާއަށް ވަރަށް ގިނަ ޢިލްމީ ޚިދުމަތްތަކެއް އެ މަނިކުފާނު ވަނީ ކޮށްދެއްވައިފައެވެ. އެންމެ ބޮޑު ޚިދުމަތްތަކެއް ކުރެއްވީ ޝަރުޢީ އަދި ޤާނޫނީ ދާއިރާގައެވެ.
މޫސާ ފަތުޙީ އަވަހާރަވީ އިރު ހުންނެވީ ދިވެހި ދައުލަތަށް ގިނަ ދުވަހު ޚިދުމަތްކުރެއްވި އިއްޒަތްތެރިއެއްގެ މަޤާމުގައެވެ. އެ މަނިކުފާނު އަދާކުރެއްވި ސަރުކާރުގެ ވަޒީފާތަކާއި އެހެނިހެން ވަޒީފާތައް ތިރީގައި އެ ވަނީއެވެ.
* ވުޒާރަތުލްމަޢާރިފުގެ މުދައްރިސްކަން - ފުރަތަމަ އަދާކުރެއްވި ސަރުކާރު ވަޒީފާ
* ވަޒީރުލްއަޢުޡަމުގެ އޮފީހުގެ ޚާއްޞަ ވަކީލުކަން (10 އޮގަސްޓު 1966 - 19 ޖޫން 1967)
* ވަޒީރުލްއަޢުޡަމުގެ ނާއިބުކަން (19 ޖޫން 1967 - 11 ނޮވެންބަރު 1968)
* މިނިސްޓަރ އޮފް ޖަސްޓިސްކަން (11 ނޮވެންބަރު 1968 - 6 އޮކްޓޫބަރު 1980)
* އުއްތަމަ ފަނޑިޔާރުކަން (6 އޮކްޓޫބަރު 1980 - 6 ނޮވެންބަރު 1996)
* އިސްލާމީ ކަންތައްތަކާ ބެހޭ އެންމެ މަތީ މަޖިލީހުގެ ރައީސްކަން (6 ނޮވެންބަރު 1996 - 11 ނޮވެންބަރު 1998)
* އިސްލާމީ ކަންތައްތަކާ ބެހޭ އެންމެ މަތީ މަޖިލީހުގެ މުސްތަޝާރުކަން (11 ނޮވެންބަރު 1998 - 17 ނޮވެންބަރު 2003)
* ދައުލަތަށް ގިނަ ދުވަހު ޚިދުމަތްކުރެއްވި ޢިއްޒަތްތެރިޔާކަން (17 ނޮވެންބަރު 2003 - 10 ޖުލައި 2007)
* [[ރައްޔިތުންގެ މަޖިލިސް|ރައްޔިތުންގެ މަޖިލީހުގެ]] ރައީސުލްޖުމްހޫރިއްޔާގެ މެންބަރުކަން
* ރައީސުލްޖުމްހޫރިއްޔާގެ މަޝްވަރާ މަޖިލީހުގެ މެންބަރުކަން
* މަޢުހަދުގެ އުސްތާޛުކަން
* [[މަޖީދިއްޔާ ސްކޫލް|މަޖީދިއްޔާ ސްކޫލު]]ގެ މުދައްރިސްކަން
* [[އަމީނިއްޔާ ސުކޫލް|އަމީނިއްޔާ ސްކޫލު]]ގެ މުދައްރިސްކަން
ފަޟީލަތުލްއުސްތާޛުއްޝައިޚުލްމަރްޙޫމު މޫސާ ފަތުޙީއަށް ފުރަތަމަ ޕެންޝަން ލިބިވަޑައިގަތީ 1967 ޖުލައި 10ވަނަ ދުވަހުއެވެ. ދެވަނަ ޕެންޝަން ލިބިވަޑައިގަތީ 1987 ޖުލައި 10ވަނަ ދުވަހުއެވެ. އެހެންކަމަށްވާ ނަމަ އަވަހާރަވީ ތިންވަނަ ޕެންޝަން ހަމަވި ދުވަސްކަމުގައިވާ 2007 ޖުލައި 10ވަނަ ދުވަހުއެވެ.
== އަދަބިއްޔާތުގައި ==
{{adhabiyyaath}}އަދަބިއްޔާތާއި ލިޔުންތެރިކަމާއި ޅެންވެރިކަމަށް ބަލާ އިރު ފަޟީލަތުލްއުސްތާޛުއްޝައިޚުލްމަރްޙޫމު މޫސާ ފަތުޙީއަކީ ފާހަގަކޮށްލެވޭ ބޭފުޅެކެވެ. މޫސާ ފަތުޙީއާ ބެހޭ ގޮތުން ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުގެ ކުރީގެ ރައީސް [[ޢައްބާސް އިބްރާހީމް|އަލްފާޟިލް ޢައްބާސް އިބްރާހީމް (ނޢޢވ)]] ލިޔުއްވައިފައިވެއެވެ. "ފަތުޙީގެ ޢިލްމީ ޚަޒާނާގެ މުއްސަނދިކަމާ ތަނަވަސްކަން ހުރުމާ އެކު ހެއްދެވި ގިނަ ޅެންތަކަކީ ވަރަށް ފެންވަރު ރަނގަޅު ޅެންތަކެކެވެ. އެ މަނިކުފާނު ލޯބިކުރެއްވީ ބައިވަރަކަށް ވުރެ ބޮޑަށް ފެންވަރަށެވެ." ދިވެހިބަހުގެ ކުޅަދާނަ އަދީބު [[ޢަބްދުﷲ ޞާދިޤު|އަލްފާޟިލް ޢަބްދުﷲ ޞާދިޤު (ނޢޢވ)]] ވިދާޅުވެފައިވެއެވެ. " [[މުޙައްމަދު ޖަމީލު ދީދީ|މުޙައްމަދު ޖަމީލު]] އަވަހާރަވުމަށް ފަހު އަޅުގަނޑުމެން ބަހާއި އަދަބިއްޔާތާ މެދު އަރާ އޮޅުން ފިލުވުމަށް ބޭނުންކުރި ދިވެހި ޑިކްޝަނަރީ އަކީ މޫސާ ފަތުޙީ. މޫސާ ފަތުޙީ ނެތިދިޔަ ކަމުގައި ވިޔަސް އަދަބިއްޔާތުގައި އޭނާގެ ހަރުމުދާ އެބަހުރި."
ފަޟީލަތުލްއުސްތާޛުއްޝައިޚުލްމަރްޙޫމު މޫސާ ފަތުޙީ ލިޔުއްވި ފޮތްތަކުގެ ތެރޭގައި [ޤާނޫނަށް މަގެއް]، [މުޢާމަލާތަށް މަގެއް]، [ފަސޭހަ ހިސާބު] ހިމެނެއެވެ.
== ލިބިވަޑައިގެންނެވި އިނާމުތައް ==
ފަޟީލަތުލްއުސްތާޛުއްޝައިޚުލްމަރްޙޫމު މޫސާ ފަތުޙީއަށް ޅެންވެރިކަމުގެ ރޮނގުން ޢާންމު ޚިދުމަތުގެ ޝަރަފުވެރިކަމުގެ އިނާމު 1983ވަނަ އަހަރު އަރުވައިފައިވެއެވެ. އަދި ދިވެހިރާއްޖޭގެ މިނިވަންކަމަށް 25 އަހަރު ފުރުމާ ގުޅިގެން ދެއްވި މިނިވަން 25 ގެ ޢާންމު ޚިދުމަތުގެ އިނާމު 1990ވަނަ އަހަރު އެ މަނިކުފާނުގެ ހަނދާނުގައި އަރުވައިފައިވެއެވެ. މި އިނާމަކީ ރާއްޖޭގެ ތަރައްޤީއަށް ފާހަގަކޮށްލެވޭ ފަދަ އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވައިފައިވާ ބޭފުޅުންނަށް، އެ ކަމުގެ އަގުވަޒަންކުރެއްވުމުގެ ގޮތުން ސަރުކާރުން ދެއްވި އިނާމެކެވެ.
== އަވަހާރަވުން ==
ފަޟީލަތުލްއުސްތާޛުއްޝައިޚުލްމަރްޙޫމު މޫސާ ފަތުޙީ އަވަހާރަވީ 2007 ޖުލައި 10ވަނަ ދުވަހުގެ ހެނދުނު 11:25 ގައި [[ސިންގަޕޫރު]]ގެ މައުންޓް އެލިޒަބަތު ހޮސްޕިޓަލުގައި ޢުމުރުފުޅުން 77 އަހަރުފުޅުގައެވެ. އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވާތާ ދުވަސްތަކެއް ވުމަށްފަހުގައެވެ. އެ މަނިކުފާނު އަވަހާރަވުމާ ގުޅިގެން ދިވެހި ޤައުމީ ދިދަ 3 ދުވަހުގެ މުއްދަތަށް ބައިދަނޑިއަށް ތިރިކޮށްފައިވެއެވެ.
== މަރުޖިޢުތައް ==
* ހަނދާނާއި ތާރީޚުގެ ތެރެއިން - 1ވަނަ ބައި - އަޙްމަދު ނަޖީބު - 2006
{{Dhivehi Adheebun}}
[[ޤިސްމު:ޙަޔާތުނާމާ]]
[[ޤިސްމު:Qazis of the Maldives]]
[[ޤިސްމު:ދިވެހިރާއްޖޭގެ ދީނީ ޢިލްމުވެރީން]]
dfgz7h44gou8p002gnjuqeulwqy7og9
މައުމޫން ޢަބްދުލް ޤައްޔޫމް
0
3176
137611
136741
2026-04-25T07:18:07Z
Memberuser
25611
137611
wikitext
text/x-wiki
{{Infobox officeholder
| name = މައުމޫން ޢަބްދުލްޤައްޔޫމް
| office = [[ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ]]
| image = Maumoon Abdul Gayoom portrait 2013.jpg
| caption = މައުމޫން ޢަބްދުލްޤައްޔޫމް، 2013
| term_start = 11 ނޮވެންބަރު 1978
| term_end = 11 ނޮވެންބަރު 2008
| predecessor = [[އިބްރާހީމް ނާޞިރު]]
| office1 = މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
| president1 = ހަމަ [[މައުމޫން ޢަބްދުލް ޤައްޔޫމް|މައުމޫން ޢަބްދުލްޤައްޔޫމް]]
| succeeded1 = އިސްމާޢީލް ފަތުޙީ
| predecessor1 = މުޙައްމަދު ނޫރައްދީން
| termstart1 = 5 ޖަނަވަރީ 1989
| termend1 = 1 ސެޕްޓެންބަރު 2004
| office2 = މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރު
| termstart2 = 1 ޖުލައި 1981
| termend2 = 31 އޮގަސްޓު 2004
| predecessor2 = މަޤާމު އުފެއްދެވުން
| president2 = ހަމަ [[މައުމޫން ޢަބްދުލް ޤައްޔޫމް|މައުމޫން ޢަބްދުލްޤައްޔޫމް]]
| office4 = މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިޔުރިޓީ
| president4 = ހަމަ [[މައުމޫން ޢަބްދުލް ޤައްޔޫމް|މައުމޫން ޢަބްދުލްޤައްޔޫމް]]
| termstart4 = 11 ނޮވެންބަރު 1978
| termend4 = 11 ނޮވެންބަރު 1993
| predecessor4 = [[ޢަބްދުލްޙަންނާން ޙަލީމް ދޮށިމޭނާ ކިލެގެފާނު]]
| succeeded4 = [[ލެފްޓިނަންޓް ޖެނެރަލް (ރިޓަޔަރޑް) ޢަބްދުއްސައްތާރު އާދަމް]]
| office5 = މިނިސްޓަރ އޮފް ޓްރާންސްޕޯޓް
| termstart5 = 29 މާރިޗު 1977
| termend5 = 11 ނޮވެންބަރު 1978
| president5 = [[އިބްރާހީމް ނާޞިރު]]
| office6 = [[އެކުވެރި ދައުލަތްތައް|އެކުވެރި ދައުލަތްތަކުގެ ޖަމްޢިއްޔާ]]އަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވައިފައި ހުންނަވާ ދާއިމީ މަންދޫބު
| president6 = [[އިބްރާހީމް ނާޞިރު]]
| termstart6 = 24 ސެޕްޓެންބަރު 1976
| termend6 = 28 މާރިޗު 1977
| predecessor6 = [[ޢަބްދުއްސައްތާރު މޫސާދީދީ]]
| succeeded6 = [[ފަތުޙުﷲ ޖަމީލް]]
| birth_date = {{Birth date and age|1937|12|29|df=yes}}
| birth_place = [[މާލެ]]، [[ދިވެހިރާއްޖެ]]
| children = {{flatlist|
*ދުންޔާ މައުމޫން
*ޔުމްނާ މައުމޫން
*އަޙްމަދު ފާރިސް މައުމޫން
*[[މުޙައްމަދު ޣައްސާން މައުމޫން]]
}}
| spouse = ނަސްރީނާ އިބްރާހީމް
| education = [[މަޖީދިއްޔާ ސްކޫލް]]
| alma_mater = [[އަލްއަޒުހަރު ޔުނިވަރސިޓީ|އަލްއަޒްހަރު ޔުނިވަރސިޓީ]]، [[މިޞްރު]]<br/>އެމެރިކަން ޔުނިވަރސިޓީ އިން ކައިރޯ
| successor = [[މުޙައްމަދު ނަޝީދު]]
| successor2 = މުޙައްމަދު ޖަލީލު
| relations = [[ޢަބްދުﷲ ޙަމީދު]]<br/>[[ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް]]
| parents = ބައްޕާފުޅު: [[ޢަބްދުލްޤައްޔޫމް އިބްރާހީމް]]
| awards = ނިޝާން ޣާޒީގެ ޢިއްޒަތުގެ ވެރިކަން - 2013
| otherparty = [[ދިވެހި ރައްޔިތުންގެ ޕާޓީ]] (2005 - 2011)<br/>[[ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް]] (2011 - 2017)<br/>މޯލްޑިވްސް ރިފޯމް މޫވްމެންޓް (2019 - 2025)
| party = މިނިވަން (1978 - 2005)، (2017 - 2019)، (2025އިން ފެށިގެން)
| signature = Maumoon Abdul Gayoom signature.svg
}}
'''ނިޝާން ޣާޒީގެ ޢިއްޒަތުގެ ވެރިޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް''' ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ މީލާދީ ސަނަތުން 29 ޑިސެންބަރު 1937 (ހިޖުރީ ސަނަތުން 26 ޝައްވާލު 1356) ވީ ބުދަ ދުވަހުގައެވެ. 197 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 11ވަނަ ދުވަހުން ފެށިގެން 2008 ނޮވެންބަރު 11ވަނަ ދުވަހާ ހަމައަށް [[ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ]]ކަން ކުރައްވައިފައިވަނީ އެ މަނިކުފާނެވެ. ދިވެހިރާއްޖޭގެ ވެރިކަމާއި އެމަނިކުފާނު ހަވާލުވެވަޑައިގެންނެވީ 11 ނޮވެމްބަރ 1978 ގައި ރައީސް '''އިބްރާހިމް ނާސިރު''' އަށް ފަހު ގައެވެ. އެންމެ ފަހުން އެ މަނިކުފާނު ރައީސް ކަމަށް ހޮވިފައިވަނީ 2003ވަނަ އަހަރުގެ އޮކްޓޯބަރ މަހުގެ ތެރޭގައި ދިވެހިރާއްޖޭގެ %90.02 އަޤްލަބިއްޔަތަކުންނެވެ. މިގޮތުން ރައއްޔިތުންގެ މެދުގައި ވޯޓު ނެގެނީ ކޮންމެ މީހުން ދިރިއުޅޭ ރަށެއްގައި އެމަނިކުފާނު ރައީސްކަމުގައި ދެމިހުރުމަށް ފެންނަ ނުވަތަ ނުފެންނަ ވޯޓަކުންނެވެ.
ރައީސް މައުމޫން ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 1937 ވަނަ އަހަރު ޑިސެންބަރު މަހު 29 ވަނަ ދުވަހު އެވެ. މައްޗަންގޮޅީ ކާމިނީގޭގައެވެ. ޅަފަތުގެ ދުވަސްވަރާއި ތުއްޕުޅުއިރުގެ ޙަޔާތްޕުޅު ހޭދަކުރެއްވީ މަންމާފުޅާއި ބައްޕާފުޅުގެ އޯގާތެރި ބެއްލެވުމުގެ ދަށުގައި މއ. ކާމިނީގޭގައެވެ. އެ މަނިކުފާނުގެ އަޞްލު ނަންފުޅަކީ ޢަބްދުﷲ މައުމޫން ޚައިރީ އެވެ. ގޭތެރޭގެ ނަންފުޅެއްގެ ގޮތުން މަޝްހޫރުވެފައިވަނީ ޅަސީދީ އެވެ. ނަމަވެސް މަދްރަސީ ދައުރުގައި ކިޔައި އުޅުނީ ޢަބްދުﷲ މައުމޫން ކަމަށް [ރައީސް ގެ ތިންވަނަ ފަސް އަހަރުގެ ކުލަގަދަ ޚިދުމަތްތައް] (1993) މި ފޮތުން ހާމަވެއެވެ. (މޫންލައިޓް، 1978)
==ކުރީގެ ހަޔާތްފުޅު==
'''މައުމޫން އަބްދުލް ޤައްޔޫމް'''ގެ ބައްޕާ ފުޅަކީ އަބްދުލް ޤައްޔޫމް އިބްރާހިމް (މާފަތްގޭ ދޮންސީދި) އެވެ. އަދި މަންމާ ފުޅަކީ ޚަދީޖާ މޫސާ އެވެ. އަބްދުލް ޤައްޔޫމު އިބްރާހިމްގެ މުޅި ޖުމްލަ 8 އަނބިން ތިއްބެވެ. މިގޮތުން މައުމޫނު އާއި އެއްބަފާ 25 ބޭފުޅުން ތިބެއެވެ. މައުމޫނު އަކީ އާއިލާގެ 10 ވަނަ ބޭފުޅާއެވެ. [[މިސްރު]] ގެ [[ކެއިރޯ]] ގައި ތަޢުލީމު ހާސިލް ކުރައްވަން އުޅުއްވި ދުވަސްވަރު، 1954 ވަނަ އަހަރު މައުމޫނުގެ މަންމާ ފުޅު ދެމިއޮތުމުގެ ޢާލަމަށް ދަތުރު ކުރެއްވިއެވެ. އަދި ބައްޕާފުޅު އަވަހާރަ ވީ 1982 ގައި އުމުރުފުޅުން 87 އަހަރުގައެވެ. އަބްދުލް ޤައްޔޫމް އިބްރާހިމަށް އޭނާގެ ދަރިފުޅު މައުމޫނު ވެރިކަމާއި ހަވާލުވުމާއި، އޭނާގެ ފުރަތަމަ ދައުރުގެ މަންޒަރުތައް ފެނިލުމުގެ އުފާވަނީ ލިބިފައެވެ.
1965 ގައި މައުމޫނު އާއި ނަސްރީނާ ފުރަތަމަ ބައްދަލުވިއެވެ. އޭރު ނަސްރީނާ އެއީ [[ދިވެހިރާއްޖެ]] އިން [[ކެއިރޯ]] އަށް ތައުލީމު ހާސިލް ކުރަން އައި ދަރިވަރެކެވެ. އެކަމަނާގެ އުމުރަކީ އޭރު 15 އަހަރެވެ. އަދި މައުމޫނުގެ އުމުރުން 27 އަހަރުފުޅެވެ. އޭގެ 4 އަހަރުފަހުން 14 ޖުލއި 1969 ގައި މި ދެމީހުން [[ކެއިރޯ]]ގައި ކައިވެނިކުރިއެވެ. ކައިވެންޏަށް މާގިނަ ދުވަސްތަކެއް ނުވެ [[ނައިޖީރިޔާ]] ގެ [[ކާނޯ]] ގައި ހުންނަ [[އަހުމަދު ބެލޯ ޔުނިވާރސިޓީ]] އާއި ގުޅި އެތާނގައި އިސްލާމިކް ސްޓަޑީސް ލެކްޗަރަރ އެއްގެ މަޤާމް ފުރުއްވިއެވެ. 20 މާރޗް 1970 ވަނަ އަހަރު އުމުރުފުޅުން އެންމެ 20 އަހަރުގައި މިދެމަފިރިންނަށް އެއްލިނބުލެއްގެ ދެ ކުދިން ލިބުނެވެ. އެއީ ދުންޔާ މައުމޫން އާއި ޔުމްނާ މައުމޫން އެވެ. ދެވަނަ ފަހަރަށް ނަސްރީނާ ބަލިވެ އިނުމުން މައުމޫން ނަސްރީނާ [[މާލެ]] ފޮނުވާލުމަށް ގަސްތު ކުރިއެވެ. އަދި މިދެމަފިރިންގެ ފުރަތަމަ ފިރިހެން ދަރިފުޅު ފާރިޝް އުފަންވީ 31 މާރޗް 1971 ގައި މާލޭގައެވެ. އޭގެ 9 އަހަރުފަހުން މައުމޫނު ރާއްޖޭގެ ވެރިކަމާއި ހަވާލުވުމަށް ފަހު ޤައްސާން އަބްދުލް ޤައްޔޫމް އުފަން ވީ 12 ޖޫން 1980 ގައެވެ.
މައުމޫންގެ ބައްޕާފުޅަކީ އިބްރާހީމް މާފަތް ތަކުރުފާނުގެ އައްޝައިޚު ޢަބްދުލްޤައްޔޫމް ސީދީ އެވެ. މަންމާފުޅަކީ، ބޮއިގަސްދޮށުގޭ މޫސާ ކަލޭފާނުގެ ކަތްދައިދީ (ޚަދީޖާ މޫސާ) އެވެ. (މުޙައްމަދު ނަޞީރު، 2009)
ޢަބްދުﷲ މައުމޫން ޚައިރީ ގެ ނަންފުޅު މައުމޫން ޢަބްދުލްޤައްޔޫމަށް ބަދަލުވި ކަމަށް މަޢުލޫމާތު ލިބިފައިވަނީ އެ މަނިކުފާނު ތަޢުލީމު ޙާޞިލުކުރެއްވުމަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް ޕާސްޕޯޓް ހެއްދެވުމުގައި އިސްވެ އުޅުއްވި ބޭފުޅަކަށް އެރި އޮޅުމެއްގެ ސަބަބުންނެވެ. ޢާއްމުކޮށް ކިޔައި އުޅުނީ [މައުމޫން] ކަމަށް ވުމުން ފުރިހަމަ ނަންފުޅު ފޯމުގައި ލިޔުނު މީހަކު [މައުމޫން] މި ނަންފުޅާ ގުޅުވައިގެން ބައްޕާފުޅުގެ ނަންފުޅު އިތުރުކުރައްވައި [މައުމޫން ޢަބްދުލްޤައްޔޫމް]ގެ ގޮތުގައި ޕާސްޕޯޓް ހެއްދެވީއެވެ.
==އާއިލާ==
{{familytree/start|style=font-size:100%;line-height:100%;}}
{{familytree | | |IBRAH|y|UNKN1| |MOODI|y|MARDI| | IBRAH='''އިބްރާހިމް'''|UNKN1=ގަލޮޅު ސިއްތި|MOODI='''މޫސާ ދީދީ'''|MARDI='''މަރިޔަމް ދީދީ'''}}
{{familytree | | | | | |!| | | | | | | |!| | | | | }}
{{familytree | | | | |ABDIB|~|~|y|~|~|KHAMO| | | | ABDIB=[[ޢަބްދުލްޤައްޔޫމް އިބްރާހީމް]]|KHAMO='''ޚަދީޖާ މޫސާ'''}}
{{familytree | | | | | | | | | |!| | | | | | | | | }}
{{familytree | | | | | | | | |MAUGA| | | | | | | | MAUGA=މައުމޫން އަބްދުލްޤައްޔޫމް}}
{{familytree/end}}
ރައީސް މައުމޫން އަބްދުލް ޤައްޔޫމް އަކީ ޚަދީޖާ ދީދީ (ޚަދީޖާ މޫސާ) ގެ ފިރިހެން ދަރިއެވެ. ޚަދީޖާ އަކީ މަރިޔަމް ދީދީ ގެ އަހެން ދަރިއެކެވެ. ބައްޕަ އަކީ ޢަބުދުލް ގައްޔޫމް އިބްރާހީމް އެވެ. މަންމައަކީ ޚަދީޖާ މޫސާ ކައްދައިދީ އެވެ. ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 29 ޑިސެމްބަރު 1937 ގައެވެ.
{{section-stub}}
==ތަޢުލީމީ ދާއިރާ==
މައުމޫން އަބްދުލް ޤައްޔޫމް ތައުލީމު ހާސިލް ކުރެއްވީ [[މިޞްރު]]ގެ [[އަލް އަޒްހަރު ޔުނިވާރސިޓީ]] އިންނެވެ. މިމަނިކުފާނު މިސްރަށް ވަޑައިގެންނެވީ އެންމެ 12 އަހރު ފުޅުގައި 1950 ވަނަ އަހަރުއެވެ. އަދި ފެކަލްޓީ އޮފް ޝަރިޔާ އެންޑް ލޯ ހެއްދެވުމަށް އަރަބި ބަސް ދަސްކުރެއްވުމުގައި 6 މަސް ދުވަސް ހޭދަ ކުރެއްވިއެވެ.
މައުމޫނު ޢަބްދުލް ޤައްޔޫމް ވަނީ އަޒްހަރު ޔުނިވަސިޓީގައި ޝަރީޢަތާއި ގާނޫނުން ޑިގްރީ ނަންގަވާފައެވެ. ޢަރަބި، އަދި އިގިރޭސި ދެނެވަޑައިގަންނަވައެވެ.
ރައީސް މައުމޫންގެ ތަޢުލީމުގެ ބިންގާ އަޅުއްވައި ޅަފަތުގެ ތަޢުލީމު ޙާޞިލުކުރެއްވީ އެ މަނިކުފާނުގެ ޢިލްމުވެރި ބައްޕާފުޅުގެ އަރިހުންނެވެ. އެޔަށްފަހު މަދްރަސަތުމް މަޖީދިއްޔާއިން ތަޢުލީމު ޙާޞިލުކުރައްވަން އުޅުއްވުމަށްފަހު ސިލޯނަށް ވަޑައިގެން ކުޑަ ދުވަސްކޮޅަކު ކިޔަވައި ވިދާޅުވިއެވެ. އެޔަށްފަހު މިޞްރަށް ވަޑައިގެން އަލްޖާމިޢުލްއަޒްހަރުން މަތީ ތަޢުލީމު ޙާޞިލުކުރެއްވިއެވެ. އެ ޔުނިވަރސިޓީގެ [ކުއްލިއްޔަތުއްޝަރީޢާ ވަލްޤާނޫން] ގައި އިސްލާމީ ޝަރީޢާ އާއި ޤާނޫންގެ ރޮނގުން ފުރަތަމަ ޑިގްރީއާއި މާސްޓަރސް ޑިގްރީ ފުރިހަމަ ކުރެއްވި އެވެ. އަދި އެ ދާއިރާއިން ޕީއެޗްޑީ ޙާޞިލުކުރެއްވުމަށްޓަކައި ތީސިސް ލިޔުއްވާނެ ދާއިރާ ކަނޑައަޅުއްވައި ޕްލޭން ހައްދަވައި އެޕްލޭން ޔުނިވަރސިޓީއަށް ހުށަހެޅުއްވިއެވެ. މި ޕްލޭން އަޒުހަރުން ޤަބޫލުކުރައްވައި ޕީއެޗްޑީ ދަރިވަރެއްގެ ގޮތުގައި ރަޖިސްޓްރީކުރެއްވި އެވެ. މިހާތަނުން ކޮންމެވެސް ސިޔާސީ ނުވަތަ ޑިޕްލޮމެޓިކް މައްސަލައަކާހުރެ އެކަން ކުރިޔަށް ގެންދެވޭ ގޮތެއް ނުވިއެވެ.
މިޞްރުގައި ހުންނެވި ދުވަސްވަރު [އެމެރިކަން ކޮލެޖް] ގައި އިނގިރޭސިބަސް ކިޔަވައި ވިދާޅުވުމުގެ ސަބަބުން އެހެނިހެން ދީނީ ޢިލްމުވެރިންނާ ޚިލާފަށް، މައުމޫނަކީ އިނގިރޭސިބަހުންވެސް ފަސޭހަފުޅުކަމާއެކު މުޢާމަލާތުކުރައްވަން ދެނެވަޑައިގަންނަވާ ބޭފުޅެކެވެ.
==ސިޔާސީ ދާއިރާ އާއި ހަޔާތްޕުޅު==
މައުމޫނު އަބްދުލް ގައްޔޫމް ވެރިކަމާ ހަވާލުވެ ވަޑައިގަތީ 11 ނޮވެމްބަރު 1978 ގައެވެ.ރާއްޖޭގެ ދެވަނަ ޖުމުހޫރިއްޔާގެ ރައީސްކަން ދޫކޮށްލުމާއި ގުޅިގެން މައުމޫނު ޢަބްދުލް ޤައްޔޫމް އަށް ސިޔާސީ ދާއިރާއިން ޖާގަ ލިބިވަޑައިގަތީ 1978 ވަނަ އަހަރު ރައްޔިތުންމަޖުލީހުގެ 92.9 އިންސައްތަ އިންނެވެ. އެއަށްފަހު ރައްޔިތުންގެ ވޯޓް ކާމިޔާބުކުރައްވައި 11 ނޮވެމްބަރު 1978 ގައި ދިވެހިރާއްޖޭގެ ރައީސް ކަމުގެ ހުވާކުރެއްވި އެވެ. ރައީސްކަމާއި ހަވާލުވެ ވަޑައިގަތުމަށްފަހު އެންމެ އިސްކަމެއް ދެއްވީ ތައުލީމް ކުރިއެރުވުމަށެވެ.
== ފުރުއްވި މަގާމްތައް ==
* އ.ދ އަށް ކަނޑައަޅާފައިވާ ދާއިމީ މަންދޫބުކަން
* ސްރީލަންކާގައި ހުންނަ ސަފީރުގެ އޮފީހުގެ ވެރިޔާކަން
* އަމީނިއްޔާ ސްކޫލްގެ ޓީޗަރުކަން
* އ.ދ ގައި ހުންނަވާ ދިވެހި ދައުލަތުގެ ވަކީލުކަން
* ރައީސް އޮފީހުގެ ޚާއްޞަ ވަކީލްކަން
* 29 މާރޗް 1977 - މިނިސްޓަރ އޮފް ޓްރާންސްޕޯޓްކަން
* 11 ނޮވެމްބަރު 1978 - 11 ނޮވެމްބަރު 2008 - ދިވެހިރާއްޖޭގެ ރައީސްކަން
* 11 ނޮވެމްބަރ 1978 - 11 ނޮވެމްބަރު 2008 - ސިފައިންނާއި ފުލުހުންގެ އެންމެ މަތީ ވެރިޔާކަން
* 11 ނޮވެމްބަރު 1993 - މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީކަން
* 11 ނޮވެމްބަރު 1993 - މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓެރަޒަރީކަން
* 1 ޖުލައި 1981 - އެމްއެމްއޭގެ ގަވަރުނަރުކަން
==ފާހަނގަ ކުރެވޭ ދަތުރުތަކާއި ބައިވެރިވެ ވަޑައިގައިގަތް ބައްދަލުވުން==
* މައުމޫނު އަބްދުލް ޤައްޔޫމް ރައީސް ކަމާއި ހަވާލުވެވަޑައިގަތުމަށް ފަހު ކުރެއްވި ފުރަތަމަ ދަތުރަކީ [[ލީބިޔާ]] އަށް ކުރެއްވި ދަތުރުފުޅެވެ. މިދަތުރު ފުޅު ކުރެއވީ އެޤައުމުގައި ބޭއްވުނު 10 ވަނަ [[ސެޕްޓެމްބަރ ރިވޮލިއުޝަން]] ފާހަނގަ ކުރުމުގެ ޙަފްލާގައި ބައިވެރިވެ ވަޑައިގަތުމެވެ.
* 1981 ގައި އެމަނިކުފާނު [[ސައޫދީ އަރަބިއްޔާ]] ގައި ބޭއްވުނު 3 ވަނަ އިސްލާމިކް ސަމިޓް ކޮންފެރެންސް އޮފް [[އޯރަގަނައިޒޭޝަން އޮފް ދަ އިސްލާމިކް ކޮންފެރެންސް]] ގައި ބައިވެރިވެވަޑައިގަތެވެ. އަދި އޭގެ ފަހުން އައި.އެސް.ސީގެ ހުރިހާ ބައްދަލުވުމެއްގައި ބައިވެރިވެވަޑައި ގަންނަވައެވެ. މީގެ ތެރޭގައި 1984 ގައި [[މޮރޮކޯ]] ގައި ބޭއްވުނު ބައްދަލުވުމާއި، 1987ގައި [[ކުވޭތު]] ގައި ބޭއްވުނު ބައްދަލުވުމާއި, 1991 ގައި [[ސެނެގާލް]] ގައި ބޭއްވުނު ބައްދަލުވުމާއި، 1994 ގައި [[މޮރޮކޯ]] ގައި ބޭއްވުނު ބައްދަލުވުން އަދި 1997ގައި [[ޕާކިސްތާން]] ގައި ބޭއްވުނު ބައްދަލުވުން ހިމެނެއެވެ.
* 1981 ގައި މިމަނިކުފާނު [[އޭޝިޔާ]] އެހެނިހެން ދިވެހިރާއްޖެއާއި އަވަށްޓެރި ޤައުމުތަކަށް ސަރުކާރުގެ ދަތުރުފުޅެއް ކުރެއްވިއެވެ. މިގޮތުން މިދަތުރުފުޅުގައި ވަޑައިގަތީ [[ސިންގަޕޫރު]] އަދި [[މެލޭޝިޔާ]] އަށެވެ.
* 10 މޭއި 1982ގައި [[ލަންޑަން]] އަށް ދިވެހި ރާއްޖޭގެ ރައީސްގެ ހައިސިއްޔަތުން މިމަނިކުފާނު ކުރެއްވި މި ދަތުރުފުޅަކީ ދެކުނުގެ ޤައުމަކަށް މި މަނިކުފާނު ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ.
* އޮކްޓޯބަރ 1982 ގައި [[ފިޖީ]] ގައި ބޭއްވުނު '''ކޮމަންވެލްތު'''ގެ އިސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައި ގެންނެވިއެވެ.
* 1982 ވަނަ އަހަރު ރައީސް [[އޮޅުދޫކަރަ]] އަށް ސަރުކާރުގެ ދަތުރުފުޅެއް ކުރެއްވިއެވެ. މިދަތުރުފުޅުގެ ބޭނުމަކީ ބުރޫ އަރާފައިވާ ދެ ޤައުމުގެ ގުޅުން ބަދަހި ކުރުމެވެ.
*
== ފާހަގަކުރެވޭ ޚިދުމަތްތައް ==
=== އަދަބީ ޚިދުމަތްތައް ===
މައުމޫންގެ އަދަބީ ޚިދުމަތުގެ ފެށުން ގުޅިފައިވަނީ މަދްރަސީ ދައުރާއެވެ. ސިލޯނުގައި ކިޔަވައިވިދާޅުވަމުން ގެންދެވިއިރުވެސް ތަފާތު އެކިއެކި އަދަބީ ޙަރަކާތްތަކުގައި ބައިވެރިވެވަޑައިގަތެވެ. މިޞްރުގައި ކިޔަވައިވިދާޅުވަން ހުންނެވިއިރު ދަރިވަރުން ނެރުއްވި މަޖައްލާއަށް ލިޔުއްވި އަދަބީ އިޖްތިމާޢީ ލިޔުއްވުންތަކަކީ ފާހަގަކޮށްލެވޭފަދަ މުހިއްމު ލިޔުއްވުންތަކެކެވެ.
{{ambox | text = މިލިޔުމުގައި ފަންވަތް ވެބްސައިޓްގައި ޢަބުދުލް ޢަޒީޒް ޖަމާލް އަބޫބަކުރު ލިޔެފައިވާ ބައެއް ހިމެނެއެވެ}}
ތަޢުލީމީ ދައުރު ނިންމަވައިލެއްވުމަށްފަހު މާލެވަޑައިގެންވެސް އަދަބީ ޙަރަކާތްތަކުގައި ބައިވެރިވެވަޑައިގަތީ ވަރަށް މުރާލިފުޅުކަމާއެކީގައެވެ. 70 ގެ އަހަރުތަކުގައި މަޝްހޫރުވި އަމާޒު މަޖައްލާއަށާއި ހަފުތާ ނޫހަށް ވަރަށް "ދީލަތި"ގޮތެއްގައި ލިޔުއްވަމުން ގެންދެވިއެވެ. އެ މަނިކުފާނުގެ ގިނަ ލިޔުއްވުންތައް ހުރީ ބަހާއި ބަހުގެ އަދަބިއްޔާތާއި އިޖްތިމާޢީ ދާއިރާގެ ތެރޭގައެވެ. އަދި ދީނީ ރޮނުންވެސް ތަފާތު ލިޔުއްވުންތައް ލިޔުއްވައިފައިވެއެވެ.
މައުމޫން ޢަބްދުލްޤައްޔޫމަކީ ވާހަކަދެއްކުންތެރިކަމުގެ އުސްލޫބަށް ބޮޑު އިންޤިލާބެއް ގެންނެވި މުޤައްރިރެކެވެ. މިހާރު އަޅުގަނޑުމެންނަށް މި ފާހަގަކުރެވޭ ގޮތަށް ސަލާމާއި ޙަމްދު ޞަލަވާތާއި މުޚާޠަބުކުރެއްވުމުގެ ފޯމެޓް ވާހަކަދެއްކުންތެރިކަމުގެތެރޭގައި ވައިގައި ހިއްޕުވައިލެއްވީ އެމަނިކުފާނެވެ.
އެ މަނިކުފާނަށް 11 ނޮވެމްބަރ 1978 ގައި ރައީސުލްޖުމްހޫރިއްޔާކަން ލިބިވަޑައިގަތުމާއެކު [ދިވެހިބަހާއި އަދަބަށް ޚިދުމަތްކުރާ މަޖްލިސް]ގެ ނަމުގައި ވަކި މުއައްސަސާއެއް އުފައްދަވައި އެއީ ދައުލަތުން ކުރައްވާ ޚާއްޞަ މަސައްކަތްޕުޅެއް ކަމުގައި ހަމަޖެއްސެވިއެވެ. އަދި [ދިވެހި ތާރީޚާއި ސަގާފަތަށް ޚިދުމަތްކުރާ މަޖްލިސް] ގެ ނަމުގައި އެހެން މުއައްސަސާއެއް އުފެއްދެވިއެވެ. ފަހުން މި ދެ މުއައްސަސާ އެއްކޮށްލައްވައި [ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު]ގެ ނަމަށް ބަދަލުކުރެއްވިއެވެ. މިދެންނެވި މަރުކަޒުން ނެރުއްވަން ފައްޓަވައިގެން ކުރިޔަށް ގެންދަވާ [ފަތްތޫރަ] މަޖައްލާއަށް [ފަހުބަސް] ގެ ނަމުގައި ލިޔުއްވި އަދަބީ ލިޔުންތަކަކީ މިއަދުގެ ދަރިވަރުން އަދަބީ މުތްތަކެއްކަމުގައި ބަލަމުން ގެންދާ މަޒުމޫނުތަކެކެވެ.
=== އަސާސީ ތައުލީމް===
މައުމޫންގެ ރައީސްކަމުގައި ސިޔާސަތަށް ގެންނެވި އެންމެ ބޮޑު ބަދަލަކީ [އިންސާނުންނަށް ފެނާއި ކާބޯތަކެތި ލިބުމަކީ އެބައިމީހުންގެ ޙައްޤެއް ކަމުގައި ވާ ފަދައި ތަޢުލީމު ލިބުމަކީވެސް އެބައި މީހުންގެ ޙައްޤެއް] ކަމުގައި ސަރުކާރުން ޤަބޫލުކުރެއްވުމެވެ.
މައުމޫންގެ ސަރުކާރުގެ ވަރަށް ކުރީކޮޅު ރާއްޖޭގެ މީހުންގެ ލިޔަންކިޔަން ދަތުމުގެ ނިސްބަސް ހޯއްދެވުމަށް ދިރާސާއެއް ކުރެއްވިއެވެ. މި ދިރާސާގެ ނަތީޖާއިން އެނގުނީ 1979 ގައި ރާއްޖޭގެ އޭރުގެ އާބާދީގެ %24.77 މީހުންނަށް ލިޔަންކިޔަން ނޭނގޭކަމެވެ. (ފުރަދާނަ، އޮކްޓޯބަރ 2003). އެހެންކަމުން ދިވެހި ޤައުމުން ލިޔަންކިޔަން ނުދަތުން މުޅިން ފޮހެލެއްވުމުގެ މަޤްޞަދުގައި 1 ޖެނުއަރީ 1980 ގައި [އަސާސީ ތަޢުލީމުގެ މަޝްރޫޢު] ސަރުކާރުން އިޢުލާންކުރެއްވިއެވެ. މި މަޝްރޫޢުގެ ދަށުން ޢަމަލީ މަސައްކަތް ފަށައިގަނެވުނީ 24 ފެބްރުއަރީ 1980 ގައި ޚުދު މައުމޫން އަސާސީ ތަޢުލީމުގެ ކްލާސްތަކަށް ކިޔަވައިދެއްވަން ފެއްޓެވުމުންނެވެ. މި ގޮތުގެ މަތީން ވަރަށް ފޯރިޔާއެކު މި މަޝްރޫޢު ދިޔައީ ކުރިޔަށެވެ. މި މަޝްރޫޢުގެ ސަބަބުން 1999 ގެ ނިޔަލަށް ރާއްޖޭގެ ލިޔަންކިޔަން ނުދަތުމުގެ ނިސްބަތް %1.06 އަށް ތިރިކުރެވުނެވެ.
===ރަސްމީ ތަޢުލީމް ފުޅާކުރެއްވުން ===
ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމާ މައުމޫން ޙަވާލުވެވަޑައިގަތްއިރުވެސް ރާއްޖޭގައި ނިޒާމީ ތަޢުލީމުވަނީ ތަޢާރުފުކުރެވިފައެވެ. މައިގަނޑު ގޮތެއްގައި ތަޢުލީމު ދެވެނީ މާލޭގައި އެކަންޏެވެ. ފަށާ ތަޢުލީމުދޭ މޮންޓެސޫރީ ސްކޫލުން ޖާގަލިބެނީ ނަސީބުގަދަ ކުއްޖަކަށެވެ. އޭރު މުޅި ރާއްޖޭގައިވެސް ސަރުކާރުގެ ޚަރަދުގައި ހިންގާ ހުރީ އެންމެ 4 ސްކޫލެވެ.
މައުމޫންގެ ވެރިކަމުގައި ފުރަތަމަ އެޅުއްވި ފިޔަވަޅަކީ ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ވަރަށް ކުއްލި ގޮތެއްގައި [ޕްރައިމަރީ ސްކޫލެއް] އުފައްދަވައި ހިންގަވާން ފެއްޓެވުމެވެ. ކޮންމެ ސްކޫލަކަށް އަތޮޅުން ހޯދާ 2 މުދައްރިސަކާއި ސަރުކާރުން ފޮނުވާ ޓީޗަރަކާއި ނާޒިރެއް ހަމަޖައްސަވައިގެންނެވެ. މިނިސްޓްރީ އޮފް ޕްރޮވިންޝަލް އެފެއަރޒްގެ ދަށުން ހިންގަވަން ފެއްޓެވި މި ސްކޫލްތައް ވަގުތީ ގޮތުން ހިންގަވަންފެއްޓެވީ ވަގުތީ ޢިމާރާތްތަކުގައެވެ. (ފަހުން ޖަޕާނު ސަރުކާރުގެ އެހީގައި ޢިމާރާތްކުރެވުނު [އަތޮޅު މަދަރުސާ]ގެ އާޢިމާރާތްތަކަށް މިތަންތަން ބަދަލުކުރެވުނެވެ.) ދެން އެޅުއްވި މުހިއްމު އަނެއް ފިޔަވަޅަކީ 10 އަހަރަށްވުރެ ދިގު މުއްދަތުގައި މެދު ނުކެނޑި ހިނގަމުން އައި އަމިއްލަ މަދްރަސާ މަކްތަބުފަދަ ތަންތަނަށް ސަރުކާރުން ދާއިމީ އެހީ ދެއްވަން ފެއްޓެވުމާއެކު، ޢުމުރު ހަމަވާ ހުރިހާ ކުދީންނަށް މޮންޓެސޫރީ ސްކޫލުން (މިހާރުގެ އިސްކަންދަރު ސްކޫލުން) ޖާގަ ހުޅުވައިލެއްވުމެވެ. (ފުރަދާނަ، ޖެނުއަރީ 2003). އަދި 2000 ވަނަ އަހަރުގެ ނިޔަލަށް މުޅިރާއްޖޭގެ ހުރިހާ ރަށަކަށް ފަށާތަޢުލީމާއި މެދުމަދުރަސީ ތަޢުލީމު ޢާއްމު ކުރެއްވިއެވެ. (އެޑިޔުކޭޝަން، 2008) . 2008 ވަނަ އަހަރު ނިމުނު އިރު ރާއްޖޭގައި ސީދާ ސަރުކާރުން ހިންގަވާ 221 ސްކޫލް ހުއްޓެވެ. (Statistical year book 2009) .
===ސާނަވީ ތަޢުލީމް މަތީ ސާނަވީ ތަޢުލީމް ފުޅާކުރެއްވުން ===
މައުމޫން ރައީސްކަމާ ޙަވާލުވެވަޑައިގެންނެވިއިރު ސާނަވީއަށް ކިޔަވައިދެނީ ހަމައެކަނި އަމީނިއްޔާ އާއި މަޖީދިއްޔާގައި ކަމަށް ވިޔަސް އެ މަނިކުފާނު ވެރިކަމުން ވަޑައިގެންނެވިއިރު، ރާއްޖޭގެ ހުރިހާ އަތޮޅަކަށް ވަނީ ސާނަވީ ތަޢުލީމު ތަޢާރަފުކުރައްވައިފައެވެ.
މަތީތަޢުލީމަށް މަގުފަހިކުރެއްވުމަށްޓަކައި 3 ޖުލައި 1979 ގައި ސައެންސް އެޑިޔުކޭޝަން ސެންޓަރ (މިހާރުގެ ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަން) އުފެއްދެވިއެވެ. އަދި އައްޑުއަތޮޅު ހިތަދޫގައި [މުޙިއްބުއްދީން ސްކޫލް] ގެނަމުގައި، ހދ. ކުޅުދުއްފުށީގައި [ޖަލާލުއްދީން ސްކޫލް] ގެ ނަމުގައި ފެންވަރު ރަނގަޅު ދެ ސާނަވީ ސްކޫލް ބިނާކުރައްވައި މި ދެ ސްކޫލްގައިވެސް ސާނަވީއާއި މަތީ ސާނަވީ ތަޢުލީމު ދޭން ފެއްޓެވިއެވެ.
===އަރަބި އިސްލާމީ ތަޢުލީމް ===
ރާއްޖޭގައި ދީނި ތަޢުލީމު ފުޅާކުރެއްވުމުގެ މަޤްޞަދުގައި [މަޢުހަދުއްދިރާސާތިލްއިސްލާމިއްޔާ]ގެ ނަމުގައި 9 ފެބްރުއަރީ 1980 ގައި ޢިލްމީ މަރުކަޒެއް ބިނާކުރައްވައި ޤުރްއާނުގެ ޢިލްމާއި ދީނީ ޢިލްމު ފަތުރުއްވަން ފެއްޓެވިއެވެ. މިއަދު މިތަން ވަނީ ކޮލެޖެއްގެ ފެންވަރަށް ތަރައްޤީކުރައްވައި [ކުއްލިއްޔަތުއްދިރާސާތިލްއިސްލާމިއްޔާ]ގެ ނަމަށް ބަދަލުކުރައްވައިފައެވެ. އަދި މައުހަދަށް ބޭނުވާ ކުދީން ހޯއްދެވުމަށްޓަކައި ފީޑަރ ސްކޫލެއްގެ ގޮތުން 8 ފެބްރުއަރީ 1987 ގައި [އަލްމަދްރަސަތުލްޢަރަބިއްޔަތުލްއިސްލާމިއްޔާ] ގެ ނަމުގައި ޢަރަބި ބަހުން ކިޔަވައިދޭ ފަށާތަޢުލީމުގެ މަދްރަސާއެއް ޤާއިމުކުރެއްވިއެވެ.
=== މަތީ ތައުލީމް ===
1978 ގައި ރައީސްކަމާ މައުމޫން ޙަވާލުވެވަޑައިގަތް އިރު، ޔުނިވަރސިޓީ ގުރެޖުއޭޓުންގެ ގޮތުގައި ރާއްޖޭގައި ތިއްބެވީ އެންމެ 65 ބޭފުޅުންނެވެ. އެހެންކަމުން މައުމޫންގެ ސަރުކާރުން ބޭރު ޤައުމުތަކުގެ އެހީ ހޯއްދަވައިގެންނާއި ދިވެހި ދައުލަތުގެ ބަޖެޓުން ޚަރަދުކުރައްވައިގެން ރާއްޖެއިން ބޭރުން މަތީ ތައުލީމް ޙާޞިލުކުރެއްވުމުގެ ފުރުޞަތު ހުޅުވައިލެއްވިއެވެ. ނަތީޖާއެއްގެ ގޮތުން ޔުނިވަރސިޓީ ގުރެޖުއޭޓުންގެ ޢަދަދު 2008 ނިމުނު އިރު 3000 އަށްވުރެ މައްޗަށް ވަނީ އަރައިފައެވެ. (ޑީ.އާރ.ޕީ. ގެ މެނި ފެސްޓޯ- 2008). މީގެ އިތުރުން ރާއްޖޭގައި ތިބެގެން މަތީ ތަޢުލީމު ޙާޞިލުކުރެވޭނެ މަގު ފަހިކުރުމަށްޓަކައި 1998 ވަނަ އަހަރު މޯލްޑިވްސް ކޮލެޖް އޮފް ހަޔަރއެޑިޔުކޭޝަން ސަރުކާރުން އުފެއްދެވިއެވެ.
=== ޞިއްހީ ޚިދުމަތް ===
މައުމޫން ރައީސް ކަމާ ޙަވާލުވެ ވަޑައިގަތް އިރު މުޅި ރާއްޖޭގައި ހުރީ އެންމެ ހޮސްޕިޓަލެކެވެ. މުޅި ރާއްޖޭގައި ޚިދުމަތްކުރައްވަނީ އެންމެ 7 ޑޮކްޓަރުންނެވެ. އޭރު ބައެއް އަތޮޅުތަކުގައި ހެލްތު ސެންޓަރ ޤާއިމުކުރެވިފައި ވިޔަސް އެއިން ކޮންމެ ތަނެއްގައި މަސައްކަތް ކުރައްވަނީ އެންމެ ހެލްތު އެސިސްޓެންޓެކެވެ. މިއަދު ކޮންމެ އަތޮޅެއްގައި ހޮސްޕިޓަލެއް އެބަހުއްޓެވެ. ކޮންމެ ރަށެއްގައި ޞިއްޙީ ޚިދުމަތްދޭނެ ހޮސްޕޓަލެއް ނުވަތަ ޞިއްޙީ މަރުކަޒެއް ނުވަތަ ހެލްތު ޕޯސްޓެއް އެބަހުއްޓެވެ. 2008 ނިމުނުއިރު ޞިއްޙީ ޚިދުމަތުގައި 550 ޑޮކްޓަރުންނާއި 1200 ނަރުހުންނާއި 800 ކޮމިޔުނިޓީ ހެލްތުވަރކަރުން ރާއްޖޭގެ ކަންކޮޅުތަކުގައި ޙަރަކާތްތެރިވެއެވެ.
ރައީސް މައުމޫން ޞިއްޙީ ދާއިރާއިން ކޮށްދެއްވި ޚިދުމަތުގެ ތަފްޞީލަށް ބަލައިލުމަކީ މިފަދަ ކުރު މަޒުމޫނެއްގައި ކުރެވޭނެ ކަމެއް ކަމަށް ނުވާތީ، މި ދާއިރާއިން ކޮށްދެއްވި މުހިއްމު ބައެއް ކަންކަން ފާހަގަކޮށްލުމުން ފުއްދައިލާނަމެވެ.
* ޅަފަތުގައި މަރުވާ ކުދީންގެ ނިސްބަތް ކޮންމެ 1000 އަކުން 120 އަށް އޮއްވައި އެ ޢަދަދު 10 އަށް ދަށްކުރެއްވުން.
* 5އަހަރުގެ ދަށުގެ ކުޑަކުދީން މަރުވާ ރޭޓް ކޮންމެ 1000 އަކުން 180 ގައި އޮއްވައި އެ ޢަދަދު ކޮންމެ އެއހާހަކުން 18 އަށް ތިރިކުރެއްވުން
މީހަކު ދިރިހުންނާނެ އެވްރެޖް ޢުމުރު 48 އަހަރުން 73 އަހަރަށް މަތިކުރެއްވުން
* ރާއްޖޭގައި ހުރި ހޮސްޕިޓަލުގެ ޢަދަދު 1 ން 22 އަށް އިތުރުކުރެއްވުން
* ރާއްޖޭގެ ހުރިހާ ކުޑަކުދީންނަށް ވެކްސިން ދިނުމުގެ މަޝްރޫޢު ކާމިޔާބުކަމާއެކު ހިންގެވުން.
* ރާއްޖެއިން ޖުޒާމްބަލި ނައްތައިލެއްވުން
* ޕޯލިޔޯ ނައްތައިލެއްވުން (1997 ގައި)
* މަލޭރިޔާ ނައްތައިލެއްވުން (1984 ގައި)
* ފައިލޭރިޔާ ނައްތައިލެއްވުން
* ޓީބީ (ކެއްސުންބަލި) މައިތިރިކުރެއްވުން. (މިހާރުގެ ނިސްބަތަކީ ކޮންމެ 1000 މީހަކުން 0.01 މީހުންނެވެ.)
=== މަސްވެރިކަމުގެ ޞިނާޢަތު ===
މައުމޫން ރައީސްކަމާ ޙަވާލުވެވަޑައިގަތް އިރު ލަންކާ ސަރުކާރުނަ ވަނީ ރާއްޖޭގެ ހިކިކަނޑުމަސް ގަތުން މުޅިން ހުއްޓައިލައިފައެވެ. މިކަމަށް ޙައްލެއް ހޯއްދެވުމުގެ ގޮތުން 22 އޭޕްރިލް 1979 ގައި ލަންކާ ސަރުކާރާ ވާހަކަދައްކަވައިގެން 27 އޭޕްރިލް 1979 ން ފެށިގެން އަލުން ހިކިކަނޑުމަސް ލަންކާ އަށް ގަންނަ ގޮތަށް ހަމަޖެހި އަދި އަދަށް ދާންދެންވެސް އެކަން ކުރިޔަށް އެބަދެއެވެ.
މަސވެރިންނަށް ލުއި ފަސޭހަކަން ހޯއްދަވައިދެއްވުމުގެ ގޮތުން 1980 ގައި ފެއްޓެވި އޮއިވާލި ކަނދުފަތި ހަރުކުރުމުގެ މަޝްރޫޢުގެ ދަށުން ރާއްޖޭގެ އެކި ސަރަޙައްދުގައި 272 ށްވުރެ ގިނަ ކަނދުފަތި ވަނީ ހަރުކޮށްދެއްވައިފައެވެ.
ޖޮއިންޓް ވެންޗަރ އުޞޫލުން ފެލިވަރުގައި ހިނގަމުންއައި ކޭނިންފެކްޓްރީ އަކީ ސައްތައިން ސައްތަ ސަރުކާރުގެ ކުންފުންޏެއް ކަމުގައި ހަމަޖެއްސެވިއެވެ.
1982 ން ފެށިގެން 2 ވަނަ ޖީލުގެ މަސްދޯނި ފަހަރު ސަރުކާރުގެ ޚަރަދުގައި ބަނދެ، ދިގުމުއްދަތުން އަގު އަދާކުރާ ގޮތަށް މަސްވެރީންނަށް ލިބޭ ގޮތް ހަމަޖެއްސެވިއެވެ.
މަސްވެރީންނަށް މުޖްތަމަޢުގައި ދެވޭ ޤަދަރު އިތުރުކޮށްދެއްވުމަށްޓަކައި 10 ޑިސެމްބަރ އަކީ މަސްވެރިންގެ ދުވަސް ކަމުގައި ކަނޑައަޅުއްވައި 1981 ންފެށިގެން މިދުވަސް ޤައުމީ ފެންވަރުގައި ފާހަގަކުރައްވަން ފެއްޓެވިއެވެ. މަސްވެރިކަމުގެ ޞިނާޢަތު ވާދަވެރި ވިޔަފާރީގެ އުޞޫލުން ހުޅުވައިލައްވައި ބޮޑެތި އިންވެސްޓްމަންޓްތައް ކުރުމުގެ ފުރުޞަތު ފަހިކޮށްދެއްވިއެވެ. (މިނިސްޓްރީ އޮފް ފިޝަރީޒް އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސް 2008)
=== ފަތުރުވެރިކަން ===
1972 ގައި ރާއްޖެއަށް ފަތުރުވެރިކަން ތަޢާރުފު ވީނަމަވެސް 1978 ގެ ނިޔަލަށް ފަތުރުވެރިކަމުން ދައުލަތަށް ލިބޭ އާމްދަނީއެއް ނެތެވެ. އެއީ ވަކި ބަޔެއްގެ ޖީބަށް ވަންނަ ފައިސާއެއް ކަމުގައި އޮތީވެފައެވެ. ފަންނީ އެއްވެސް ބަޔެއް މުޅި ދާއިރާގައިވެސް ނެތި، ކުރެވެމުން އައި މަސައްކަތް އެއީ ޤައުމީ އިޤްތިޞާތުގެ އެންމެ ވަރުގަދަ ތަނބުކަމުގައި ހެއްދެވިއެވެ. 1987 ގައި ފަތުރުވެރިކަމުގެ ދާއިރާއަށް މީހުން ތަމްރީނު ކުރުމަށްޓަކައި [ސްކޫލް އޮފް ހޮޓެލް އެންޑް ކޭޓަރިންގ] ގެނަމުގައި މަރުކަޒެއް ޤައިމުކުރެއްވި އެވެ. ވިސްނުންތެރިކަމާއި ރޭއްވެވުމާއެކު ތިމާވެއްޓާ ރައްޓެހި، ދެމެހެއްޓެނިވި ގޮތެއްގައި މިމަސައްކަތް ތަރައްޤީ ކުރައްވައި މުޅި ދުނިޔޭގެ ރަންވަނަތައް ޙާޞިލުކުރެއްވިއެވެ. (މިނިސްޓްރީ އޮފް ޓޫރިޒަމް 2008)
=== ރާއްޖެތެރެ ތަރައްގީ ކުރުމުގެ މަޝްރޫޢު ===
މައުމޫން ރައީސްކަމާ ޙަވާލުވެވަޑައިގަތްއިރު، ރަށްރަށުގެ މިސްކިތްތަކާއި ރަށު އޮފީސްތަކަކީ ސަރުކާރުން ޢިމާރާތް ކުރައްވާ ތަންތަނެއް ނޫނެވެ. އެއީ ރައްޔިތުން އަމިއްލަޔަށް އެމީހުންގެ ޚަރަދުގައި ބިނާކޮށްފައި ހުރި ދެރަވަރުގެ ތަންތަނެވެ. ފުރާޅުގައި ފަންލައި ބިތުގައި ގޯނިދަމައިފައި ނުވަތަ ރާނައި ސިމެންތި ނުޖަހައި ހުންނަނ އޮފީސްތައް ބައިވަރެވެ. މިސްކިތުގައި ބައްތިދިއްލައި ކުނާ އަޅައި ހެދުމަކީ ސަރުކާރަކާ ބެހޭ ކަމެއް ނޫނެވެ. ރަށު އޮފީސްތަކަކީ ސަރުކާރުގެ ތަނަތަނަށް ނުވާތީ އެތަންތާނގައި ޤައުމީ ދިދަ ނެގުމެއްވެސް ނޯވެއެވެ. ރަށު އޮފީހުގައި ތިއްބަވަނީ ކަތީބަކާއި ކުޑަކަތީބަކު އެކަންޏެވެ.
މިކަން މިހެން އޮއްވައި މިއަދު މިފެންނަ މިންވަރަށް ރަށު އޮފީސްތަކާއި މިސްކިތްތައް ރާއްޖެތެރެ ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން ތަރައްޤީކުރެއްވިއެވެ. މުވައްޒިފުން ލައްވައި ޤައުމީ ދިދަ ނަގައި ޒަމާނީކުރެއްވިއެވެ.
=== އެހެނިހެން ބައެއް ކަންކަން ===
ރައީސް މައުމޫންގެ ޒަޢާމަތުގައި ދިވެހި ޤައުމަށް ކުރެއްވި ޚިދުމަތްތައް ބަޔާންކުރުމަށް މަދު ޞަފުޙާތަކެއް ނުފުދެއެވެ. ބޭނުންވަނީ އެއްތަ ބައިވަރު ފޮތްތަކެކެވެ. އެހެންކަމުން އެ އުނދަގޫ މަސައްކަތްކުރުމަށް ޢުޛުރުވެރިވުމާއެކު އެ މަނިކުފާނުގެ މުހިއްމު އެހެން ބައެއް ޚިދުމަތްތައް ލިސްޓުކޮށްލުމުން ފުއްދައިލާނަމެވެ.
* މާލޭ ބިންހިއްކުމުގެ މަޝްރޫޢު
* މާލޭ މަގުހެދުމުގެ މަޝްރޫޢު
* ރަށްރަށުގެ ބަނދަރުހެދުމާއި ލަފައިފުރުމުގެ ދަތިކަން ޙައްލުކޮށްދެއްވުން
* އިސްލާމީ މަރުކަޒު ބިނާކުރުން
* އިލެކްޓްރިކް އަލިން ރާއްޖޭގެ ކަންކޮޅުތައް ދިއލައިލެއްވުން
* ރައީސް އޮފީހާއި ތީމުގެ ޒަމާނީ ފެންވަރަށް ޢިމާރާތްކުރުން
* އާސާރީ ތަރިކާ ޙމާޔަތްކުރެއްވުމުގެ ގޮތުން ހުކުރުމިސްކިތާއި ޢީދުމިސްކިތާއި މިފަދަ އެހެން މިސްކިތަތައް ދިގުމުއްދަތަކަށް ހުންނާނެ ގޮތަށް ސައެންޓިފިކް ގޮތުން ރައްކާތެރިކުރުން.
* ނޫސްވެރިކަން ތަރައްޤީކުރައްވައި ޒަމާނީކުރެއްވުން
* އިޖްތިމާޢީ ޚިދުމަތްތެރީންނަށް ހިތްވަރު ދެއްވުމަށްޓަކައި ޤައުމީ އިނާމް ތަޢާރުފުކުރެއްވުން.
* ސިފައިން ތަރައްޤީކުރައްވައި ޒަމާނީކުރެއްވުމާއެކު ފުލުހުންނަކީ މަދަނީ ބަޔެއްގެ ގޮތުގައި ހަމަޖެއްސެވުން.
* އަތޮޅުތަކަށް ވައިގެ ދަތުރުފަތުރުގެ ޚިދުމަތް ތަޢާރުފްކުރެއްވުމަށްޓަކައި ސަރަޙައްދީ ވައިގެ ބަނދަރުތައް ޤާއިމުކުރެއްވުން
* ސިފައިންނާއި ފުލުހުންގެ ޚިދުމަތް އަތޮޅުތަކަށް ފުޅާކުރެއްވުން.
* ޗާޕުގެ ޚިދުމަތް ތަރައްޤީކުރައްވައި ފުޅާކުރެއްވުން.
* އިންފޮރމޭޝަން ކޮމިޔުނިކޭޝަން ޓެކްނޮލޮޖީ ރާއްޖެއަށް ތަޢާރުފްކުރައްވައި ޢާއްމުކުރެއްވުން.
* މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އުފެއްދެވުން.
* މަލްޓިޕާޓީ ޑިމޮކްރެސީ ތަޢާރަފްކުރެއްވުން.
* ރަށުކޯޓުތައް އުފެއްދެވުން.
* ހައިކޯޓާއި ސުޕްރީމް ކޯޓް އުފެއްދެވުން.
{| class="wikitable" style="text-align:center; width:70%; margin: 1em auto 1em auto; "
|-
|ކުރިން ހުންނެވީ:<br />[[އިބްރާހީމް ނާޞިރު]]|| bgcolor="LightGray" | '''[[ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ]]'''<br />1978-2008|| ފަހުން ވަޑައިގަތީ:<br />'''[[މުޙައްމަދު ނަޝީދު]]'''
|}
==ރިފަރެންސް==
* [[ރޯއިސްޓަން އެލިސް]] ލިޔުއްވާފައިވާ [[އަ މޭން ފޯރ އޯލް އައިލެންޑްސް]] - ISBN 981-204-852-9
* ހަދާނާއި ތާރީޚްގެ ތެރެއިން - 1 ވަނަ ބައި - އަހުމަދު ނަޖީބް - 2006
==އިތުރު ފާލަންތައް==
*[https://web.archive.org/web/20041210094828/http://www.presidencymaldives.gov.mv/v3/ ދިވެހި ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާގެ ރަސްމީ ވެބްސައިޓް]
{{wikiquote|Maumoon Abdul Gayoom|މައުމޫނު އަބްދުލް ޤައްޔޫމް}}
{{commonscat|Maumoon Abdul Gayyoom}}
{{MaldivesPresidents}}
[[ޤިސްމު:ދިވެހި ސިޔާސީ ލީޑަރުން|Gayoom, Maumoon Abdul]]
[[ޤިސްމު:Knights Grand Cross of the Order of St Michael and St George|Gayoom, Maumoon Abdul]]
[[ޤިސްމު:1937 births|Gayoom, Maumoon Abdul]]
[[ޤިސްމު:Living people|Gayoom, Maumoon Abdul]]
[[ޤިސްމު:ޙަޔާތުނާމާ]]
[[ޤިސްމު:ދިވެހިރާއްޖޭގެ ދީނީ ޢިލްމުވެރީން]]
qzwv9mn5hat02yup47h9wlcg4qfvjwc
137613
137611
2026-04-25T08:41:50Z
Memberuser
25611
137613
wikitext
text/x-wiki
{{Infobox officeholder
| name = މައުމޫން ޢަބްދުލްޤައްޔޫމް
| office = [[ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ]]
| image = Maumoon Abdul Gayoom portrait 2013.jpg
| caption = މައުމޫން ޢަބްދުލްޤައްޔޫމް، 2013
| term_start = 11 ނޮވެންބަރު 1978
| term_end = 11 ނޮވެންބަރު 2008
| predecessor = [[އިބްރާހީމް ނާޞިރު]]
| office1 = މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
| president1 = ހަމަ [[މައުމޫން ޢަބްދުލް ޤައްޔޫމް|މައުމޫން ޢަބްދުލްޤައްޔޫމް]]
| succeeded1 = އިސްމާޢީލް ފަތުޙީ
| predecessor1 = މުޙައްމަދު ނޫރައްދީން
| termstart1 = 5 ޖަނަވަރީ 1989
| termend1 = 1 ސެޕްޓެންބަރު 2004
| office2 = މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރު
| termstart2 = 1 ޖުލައި 1981
| termend2 = 31 އޮގަސްޓު 2004
| predecessor2 = މަޤާމު އުފެއްދެވުން
| president2 = ހަމަ [[މައުމޫން ޢަބްދުލް ޤައްޔޫމް|މައުމޫން ޢަބްދުލްޤައްޔޫމް]]
| office4 = މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިޔުރިޓީ
| president4 = ހަމަ [[މައުމޫން ޢަބްދުލް ޤައްޔޫމް|މައުމޫން ޢަބްދުލްޤައްޔޫމް]]
| termstart4 = 11 ނޮވެންބަރު 1978
| termend4 = 11 ނޮވެންބަރު 1993
| predecessor4 = [[ޢަބްދުލްޙަންނާން ޙަލީމް ދޮށިމޭނާ ކިލެގެފާނު]]
| succeeded4 = [[ލެފްޓިނަންޓް ޖެނެރަލް (ރިޓަޔަރޑް) ޢަބްދުއްސައްތާރު އާދަމް]]
| office5 = މިނިސްޓަރ އޮފް ޓްރާންސްޕޯޓް
| termstart5 = 29 މާރިޗު 1977
| termend5 = 11 ނޮވެންބަރު 1978
| president5 = [[އިބްރާހީމް ނާޞިރު]]
| office6 = [[އެކުވެރި ދައުލަތްތައް|އެކުވެރި ދައުލަތްތަކުގެ ޖަމްޢިއްޔާ]]އަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވައިފައި ހުންނަވާ ދާއިމީ މަންދޫބު
| president6 = [[އިބްރާހީމް ނާޞިރު]]
| termstart6 = 24 ސެޕްޓެންބަރު 1976
| termend6 = 28 މާރިޗު 1977
| predecessor6 = [[ޢަބްދުއްސައްތާރު މޫސާދީދީ]]
| succeeded6 = [[ފަތުޙުﷲ ޖަމީލް]]
| birth_date = {{Birth date and age|1937|12|29|df=yes}}
| birth_place = [[މާލެ]]، [[ދިވެހިރާއްޖެ]]
| children = {{flatlist|
*ދުންޔާ މައުމޫން
*ޔުމްނާ މައުމޫން
*އަޙްމަދު ފާރިސް މައުމޫން
*[[މުޙައްމަދު ޣައްސާން މައުމޫން]]
}}
| spouse = ނަސްރީނާ އިބްރާހީމް
| education = [[މަޖީދިއްޔާ ސްކޫލް]]
| alma_mater = [[އަލްއަޒުހަރު ޔުނިވަރސިޓީ|އަލްއަޒްހަރު ޔުނިވަރސިޓީ]]، [[މިޞްރު]]<br/>އެމެރިކަން ޔުނިވަރސިޓީ އިން ކައިރޯ
| successor = [[މުޙައްމަދު ނަޝީދު]]
| successor2 = މުޙައްމަދު ޖަލީލު
| relations = [[ޢަބްދުﷲ ޙަމީދު]]<br/>[[ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް]]
| parents = ބައްޕާފުޅު: [[ޢަބްދުލްޤައްޔޫމް އިބްރާހީމް]]
| awards = ނިޝާން ޣާޒީގެ ޢިއްޒަތުގެ ވެރިކަން - 2013
| otherparty = [[ދިވެހި ރައްޔިތުންގެ ޕާޓީ]] (2005 - 2011)<br/>[[ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް]] (2011 - 2017)<br/>މޯލްޑިވްސް ރިފޯމް މޫވްމެންޓް (2019 - 2025)
| party = މިނިވަން (1978 - 2005)، (2017 - 2019)، (2025އިން ފެށިގެން)
| signature = Maumoon Abdul Gayoom signature.svg
}}
'''ނިޝާން ޣާޒީގެ ޢިއްޒަތުގެ ވެރިޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް''' ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ މީލާދީ ސަނަތުން 29 ޑިސެންބަރު 1937 (ހިޖުރީ ސަނަތުން 26 ޝައްވާލު 1356) ވީ ބުދަ ދުވަހު މައްޗަންގޮޅީ ކާމިނީގޭގައެވެ. ތުއްޕުޅު އިރުގެ ޙަޔާތްޕުޅު ހޭދަކުރެއްވީ މަންމާފުޅާއި ބައްޕާފުޅުގެ އޯގާތެރި ބެއްލެވުމުގެ ދަށުގައި މއ. ކާމިނީގޭގައެވެ. އެ މަނިކުފާނުގެ އަޞްލު ނަންފުޅަކީ ޢަބްދުﷲ މައުމޫން ޚައިރީއެވެ. ގޭތެރޭގެ ނަންފުޅެއްގެ ގޮތުން މަޝްހޫރުވެފައިވަނީ ޅަ ސީދީ އެވެ. ނަމަވެސް މަދްރަސީ ދައުރުގައި ކިޔައި އުޅުނީ ޢަބްދުﷲ މައުމޫންކަމަށް [ރައީސްގެ ތިންވަނަ ފަސް އަހަރުގެ ކުލަގަދަ ޚިދުމަތްތައް (1993)] މި ފޮތުން ހާމަވެއެވެ. (މޫންލައިޓް، 1978)
ޢަބްދުﷲ މައުމޫން ޚައިރީ ގެ ނަންފުޅު މައުމޫން ޢަބްދުލްޤައްޔޫމަށް ބަދަލުވިކަމަށްވަނީ އެ މަނިކުފާނު ތަޢުލީމު ޙާޞިލުކުރެއްވުމަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް ޕާސްޕޯޓް ހެއްދެވުމުގައި އިސްވެ އުޅުއްވި ބޭފުޅަކަށް އެރި އޮޅުމެއްގެ ސަބަބުންނެވެ. ޢާއްމުކޮށް ކިޔައި އުޅުނީ [މައުމޫން] ކަމަށްވުމުން ފުރިހަމަ ނަންފުޅު ފޯމުގައި ލިޔުނު މީހަކު [މައުމޫން] މި ނަންފުޅާ ގުޅުވައިގެން ބައްޕާފުޅުގެ ނަންފުޅު އިތުރުކުރައްވައި [މައުމޫން ޢަބްދުލްޤައްޔޫމް]ގެ ގޮތުގައި ޕާސްޕޯޓް ހެއްދެވީއެވެ.
197 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 11ވަނަ ދުވަހުން ފެށިގެން 2008 ނޮވެންބަރު 11ވަނަ ދުވަހާ ހަމައަށް [[ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ]]ކަން ކުރައްވައިފައިވަނީ އެ މަނިކުފާނެވެ. [[ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ|ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމާ]] އެ މަނިކުފާނު ޙަވާލުވެވަޑައިގެންނެވީ 1978 ނޮވެންބަރު 11ވަނަ ދުވަހު އޭރުގެ ރައީސް [[އިބްރާހީމް ނާޞިރު|އިބްރާހީމް ނާޞިރު (ނޣޢވ)]] އަށް ފަހުގައެވެ. މައުމޫން އެންމެފަހުން ރައީސުލްޖުމްހޫރިއްޔާކަމަށް އިންތިޚާބުވެވަޑައިގަތީ 2003ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި %90.02 ގެ އަޣުލަބިއްޔަތަކުންނެވެ.
==ކުރީގެ ޙަޔާތްފުޅު==
'''މައުމޫން ޢަބްދުލްޤައްޔޫމް'''ގެ ބައްޕާފުޅަކީ އިބްރާހީމް މާފަތް ތަކުރުފާނުގެ [[ޢަބްދުލްޤައްޔޫމް އިބްރާހީމް|ފަޟީލަތުއްޝައިޚުލްމަރްޙޫމު ޢަބްދުލްޤައްޔޫމް އިބްރާހީމް (މާފަތްގޭ ދޮން ސީދީ)]] އެވެ. އަދި މަންމާފުޅަކީ ބޮއިގަސްދޮށުގޭ މޫސާ ކަލޭފާނުގެ ކަތްދައިދީ (ޚަދީޖާ މޫސާ) އެވެ. މައުމޫނާ އެއްބަފާ 25 ބޭފުޅުން ތިބެއެވެ. މައުމޫނަކީ ޢާއިލާގެ 10ވަނަ ބޭފުޅާއެވެ. [[މިޞްރު]]ގެ [[ޤާހިރާ]]ގައި ތަޢުލީމު ޙާޞިލުކުރައްވަން އުޅުއްވި ދުވަސްވަރު، 1954ވަނަ އަހަރު މައުމޫންގެ މަންމާފުޅު އަވަހާރަވިއެވެ. ބައްޕާފުޅު އަވަހާރަވީ 1982 ގައި ޢުމުރުފުޅުން 87 އަހަރުގައެވެ. [[ޢަބްދުލްޤައްޔޫމް އިބްރާހީމް|ޢަބްދުލްޤައްޔޫމް އިބްރާހީމަށް]] އޭނާގެ ދަރިފުޅު މައުމޫން ވެރިކަމާ ޙަވާލުވުމާއި، މައުމޫންގެ ފުރަތަމަ ދައުރުގެ މަންޒަރުތައް ދެކިވަޑައިގަތުމުގެ އުފާ ލިބިވަޑައިގެންފައިވެއެވެ.
1965ވަނަ އަހަރު މައުމޫން ޢަބްދުލްޤައްޔޫމާއި ނަސްރީނާއާ ފުރަތަމަ ފަހަރަށް ބައްދަލުވިއެވެ. އޭރު ނަސްރީނާއަކީ [[ދިވެހިރާއްޖެ]]އިން [[ޤާހިރާ]]އަށް ތަޢުލީމު ޙާޞިލުކުރުމަށް ގޮސް ހުރި ދަރިވަރެކެވެ. އެ ކަމަނާގެ ޢުމުރުފުޅުން އޭރު 15 އަހަރުފުޅެވެ. އަދި މައުމޫންގެ ޢުމުރުފުޅުން 27 އަހަރުފުޅެވެ. އޭގެ 4 އަހަރުފަހުން 1969 ޖުލައި 14ވަނަ ދުވަހު [[މިޞްރު]]ގެ [[ޤާހިރާ]]ގައި މައުމޫނާއި ނަސްރީނާ ކައިވެނި ބައްލަވައިގަތެވެ. ކައިވެންޏަށް މާ ގިނަ ދުވަސްތަކެއްނުވެ [[ނައިޖީރިއާ]]ގެ އަޙްމަދު ބެއްލޯ ޔުނިވަރސިޓީގައި އިސްލާމިކް ސްޓަޑީޒް ލެކްޗަރަރއެއްގެ މަޤާމު މައުމޫން އަދާކުރެއްވިއެވެ.
1970ވަނަ އަހަރު މި ދެމަފިރީންނަށް އެއްމާބަނޑު ދެ އަންހެން ބޭފުޅުން ލިބިވަޑައިގަތެވެ. އެއީ ދުންޔާ މައުމޫނާއި ޔުމްނާ މައުމޫނެވެ. ދެވަނަ ފަހަރަށް ނަސްރީނާ ބަލިވެ އިންނެވުމުން މައުމޫން، އެ ކަމަނާ [[މާލެ]]އަށް ފޮނުއްވިއެވެ. މި ދެމަފިރީންގެ ފުރަތަމަ ފިރިހެން ބޭފުޅާކަމަށްވާ އަޙްމަދު ފާރިސް މައުމޫން އުފަންވީ 1971 މާރިޗު 31ވަނަ ދުވަހު [[މާލެ|މާލޭ]]ގައެވެ. އޭގެ 9 އަހަރު ފަހުން ހަގު ދަރިކަލުން [[މުޙައްމަދު ޣައްސާން މައުމޫން]] އުފަންވީ 1980 ޖޫން 12ވަނަ ދުވަހުއެވެ.
==ޢާއިލާ==
{{familytree/start|style=font-size:100%;line-height:100%;}}
{{familytree | | |IBRAH|y|UNKN1| |MOODI|y|MARDI| | IBRAH=އިބްރާހީމް މާފަތް ތަކުރުފާނު|UNKN1=ގަލޮޅު ސިއްތި|MOODI='''މޫސާ ދީދީ'''|MARDI=މަރްޔަމް ދީދީ}}
{{familytree | | | | | |!| | | | | | | |!| | | | | }}
{{familytree | | | | |ABDIB|~|~|y|~|~|KHAMO| | | | ABDIB=[[ޢަބްދުލްޤައްޔޫމް އިބްރާހީމް]]|KHAMO='''ޚަދީޖާ މޫސާ'''}}
{{familytree | | | | | | | | | |!| | | | | | | | | }}
{{familytree | | | | | | | | |MAUGA| | | | | | | | MAUGA=މައުމޫން އަބްދުލްޤައްޔޫމް}}
{{familytree/end}}
==ތަޢުލީމު ޙާޞިލުކުރެއްވުން==
މައުމޫން ޢަބްދުލްޤައްޔޫމް ޅަފަތުގެ ތަޢުލީމު ޙާޞިލުކުރެއްވީ އެ މަނިކުފާނުގެ ޢިލްމުވެރި ބައްޕާފުޅު [[ޢަބްދުލްޤައްޔޫމް އިބްރާހީމް|ފަޟީލަތުއްޝައިޚުލްމަރްޙޫމު ޢަބްދުލްޤައްޔޫމް އިބްރާހީމް]]ގެ އަރިހުންނެވެ. އެއަށްފަހު [[މަޖީދިއްޔާ ސްކޫލް|މަދްރަސަތުލްމަޖީދިއްޔާ]]އިން ތަޢުލީމު ޙާޞިލުކުރެއްވުމަށް ފަހު [[އޮޅުދޫކަރަ|ސިލޯނަށް]] ވަޑައިގެން ކުޑަ ދުވަސްކޮޅަކު ކިޔަވައިވިދާޅުވިއެވެ. އޭގެފަހުގައި [[މިޞްރު|މިޞްރަށް]] ވަޑައިގެން [[އަލްއަޒުހަރު ޔުނިވަރސިޓީ|ޖާމިޢުލްއަޒްހަރުން]] މަތީ ތަޢުލީމު ޙާޞިލުކުރެއްވިއެވެ. އެ ޔުނިވަރސިޓީގެ ކުއްލިއްޔަތުއްޝަރީޢާ ވަލްޤާނޫނުގައި އިސްލާމީ ޝަރީޢާއާއި ޤާނޫނުގެ ރޮނގުން ފުރަތަމަ ޑިގްރީއާއި މާސްޓަރސް ޑިގްރީ ފުރިހަމަ ކުރެއްވިއެވެ. އަދި އެ ދާއިރާއިން ޕީއެޗްޑީ ޙާޞިލުކުރެއްވުމަށް ޓަކައި ތީސީސް ލިޔުއްވާނެ ދާއިރާ ކަނޑައަޅުއްވައި ޕްލޭން ހައްދަވައި އެ ޕްލޭން ޔުނިވަރސިޓީއަށް ހުށަހެޅުއްވިއެވެ. މި ޕްލޭން [[އަލްއަޒުހަރު ޔުނިވަރސިޓީ|އަޒްހަރުން]] ޤަބޫލުކުރައްވައި ޕީއެޗްޑީ ދަރިވަރެއްގެ ގޮތުގައި ރަޖިސްޓްރީކުރެއްވިއެވެ. ނަމަވެސް ދިމާވި ކަމަކާ ހުރެ އެ ކަން ކުރިޔަށް ގެންދެވޭ ގޮތެއްނުވިއެވެ.
މީގެއިތުރުން މައުމޫން ވަނީ [[ޤާހިރާ]]ގައި ހުންނަ އެމެރިކަން ޔުނިވަރސިޓީ އޮފް ކައިރޯއިން ވެސް ތަޢުލީމު ޙާޞިލުކުރައްވައިފައެވެ.
==ޚިދުމަތް==
1969ވަނަ އަހަރުން ފެށިގެން 1971ވަނަ އަހަރާ ހަމައަށް މައުމޫން ހުންނެވީ [[ނައިޖީރިއާ]]ގެ އަޙްމަދު ބެއްލޯ ޔުނިވަރސިޓީގެ ޢަބްދުﷲ ބަޔޭރޯ ކޮލެޖުގައި އިސްލާމިކް ސްޓަޑީޒްގެ ލެކްޗަރަރއެއްގެ މަޤާމުގައެވެ. އެ ޔުނިވަރސިޓީގައި މަސައްކަތްކުރެއްވުމަށް ފަހު 1971ވަނަ އަހަރުގެ ކުރީކޮޅު މައުމޫން ރާއްޖެ ވަޑައިގަތެވެ. ރާއްޖެ ވަޑައިގަތުމަށް ފަހު 1971އިން 1972އަށް [[މާލެ|މާލޭ]] [[އަމީނިއްޔާ ސުކޫލް|އަމީނިއްޔާ ސްކޫލް]]ގައި އިނގިރޭސިބަހާއި، ހިސާބާއި، އިސްލާމް މާއްދާ ކިޔަވައިދެއްވިއެވެ. 1972ވަނަ އަހަރު ސަރުކާރުގެ ޝިޕިންގ ޑިޕާޓްމަންޓަށް ބަދަލުކުރެވި އެ ޑިޕާޓްމަންޓުގައި މެނޭޖަރެއްގެ މަޤާމު އަދާކުރެއްވިއެވެ.
1974ވަނަ އަހަރު، ސަރުކާރުގެ ޓެލެކޮމިއުނިކޭޝަންސް ޑިޕާޓްމަންޓުގެ އަންޑަރސެކްރެޓަރީގެ މަޤާމަށް މައުމޫން ޢަބްދުލްޤައްޔޫމް ޢައްޔަންކުރެއްވިއެވެ. އަދި އޭގެ ފަހުން އެ ތަނުގެ ޑިރެކްޓަރުކަން ކުރެއްވިއެވެ. ހަމަ އެ އަހަރުގެ ފަހުކޮޅު، ބޮޑުވަޒީރު އަޙްމަދު ޒަކީގެ އޮފީހުގެ ސްޕެޝަލް އަންޑަރސެކްރެޓަރީގެ މަޤާމަށް އައްޔަންކުރެވުނެ
މައުމޫން ޢަބްދުލްޤައްޔޫމް [[ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ|ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމާ]] ޙަވާލުވެވަޑައިގެންނެވީ 1978 ނޮވެންބަރު 11ވަނަ ދުވަހުއެވެ. އޭރުގެ ރައީސް [[އިބްރާހީމް ނާޞިރު|އިބްރާހީމް ނާޞިރު (ނޣޢވ)]] ރައީސުލްޖުމްހޫރިއްޔާގެ މަޤާމު ދޫކޮށްލެއްވުމާ ގުޅިގެން މައުމޫނަށް އެ މަޤާމު ލިބިވަޑައިގަތީ [[ރައްޔިތުންގެ މަޖިލިސް|ރައްޔިތުންގެ މަޖިލީހުގެ]] %92.9 އިންނެވެ. 1978ވަނަ އަހަރުން ފެށިގެން

sw5oho6mgo813yy8kfu00rlewyoo12z
137614
137613
2026-04-25T08:48:17Z

1974ވަނަ އަހަރު، ސަރުކާރުގެ ޓެލެކޮމިއުނިކޭޝަންސް ޑިޕާޓްމަންޓުގެ އަންޑަރސެކްރެޓަރީގެ މަޤާމަށް މައުމޫން ޢަބްދުލްޤައްޔޫމް ޢައްޔަންކުރެއްވިއެވެ. އަދި އޭގެ ފަހުން އެ ތަނުގެ ޑިރެކްޓަރުކަން ކުރެއްވިއެވެ. ހަމަ އެ އަހަރުގެ ފަހުކޮޅު، ބޮޑުވަޒީރު [[އަޙްމަދު ޒަކީ]]ގެ އޮފީހުގެ ސްޕެޝަލް އަންޑަރސެކްރެޓަރީގެ މަޤާމަށް ޢައްޔަންކުރެއްވިއެވެ. 1975ވަނަ އަހަރުގެ މާރިޗު މަހު [[އަޙްމަދު ޒަކީ]] މަޤާމުން ވަކިކުރައްވައި، ބޮޑުވަޒީރުގެ މަޤާމު އުވައިލެއްވުމާ ގުޅިގެން މައުމޫންގެ އެ މަޤާމު ނިމުމަކަށް އައެވެ. އެއަށްފަހު [[ކޮޅުނބު]]ގައި ދުވަސްކޮޅަކު އުޅުއްވުމަށް ފަހު އެނބުރި ރާއްޖެ ވަޑައިގަތުމުން، އޭނާ ޢައްޔަންކުރެއްވީ [[އޮޅުދޫކަރަ|ސްރީލަންކާ]]ގައި ހުންނަވާ ދިވެހި ސަފީރުގެ ނާއިބުގެ މަޤާމަށެވެ. 1975ވަނަ އަހަރު ޑިޕާޓްމަންޓް އޮފް އެކްސްޓަރނަލް އެފެއާޒްގެ އަންޑަރސެކްރެޓަރީގެ މަޤާމަށް ވެސް މައުމޫން ޢަބްދުލްޤައްޔޫމް ޢައްޔަންކުރައްވައިފައިވެއެވެ.
1976ވަނަ އަހަރު ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަން މިނިސްޓަރުގެ ނާއިބުކަމުގެ މަޤާމަށް މައުމޫން ޢަބްދުލްޤައްޔޫމް ޢައްޔަންކުރެއްވިއެވެ. އަދި ހަމަ އެ އަހަރުގެ ސެޕްޓެންބަރު 24 ގައި [[އެކުވެރި ދައުލަތްތައް|އދ.]] އަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވައިފައި ހުންނަވާ ދާއިމީ މަންދޫބަކަށް މައުމޫން ހަމަޖެއްސެވިއެވެ.
އޭނާ އެނބުރި ރާއްޖެ ވަޑައިގަތީ 1977 ވަނަ އަހަރުގެ މާރިޗު މަހުގައެވެ. އެއަށްފަހު، ނޮވެންބަރު 1978 އާ ހަމައަށް ހުންނެވީ މިނިސްޓަރ އޮފް ޓްރާންސްޕޯޓްގެ މަޤާމުގައެވެ.

i3cjdzjk8ub21g2n5y5a1tpbd6716ix
137615
137614
2026-04-25T08:56:14Z

1976ވަނަ އަހަރު ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަން މިނިސްޓަރުގެ ނާއިބުކަމުގެ މަޤާމަށް މައުމޫން ޢަބްދުލްޤައްޔޫމް ޢައްޔަންކުރެއްވިއެވެ. އަދި ހަމަ އެ އަހަރުގެ ސެޕްޓެންބަރު 24 ގައި [[އެކުވެރި ދައުލަތްތައް|އދ.]] އަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވައިފައި ހުންނަވާ ދާއިމީ މަންދޫބަކަށް މައުމޫން ހަމަޖެއްސެވިއެވެ. އެ މަޤާމުގައި ހުންނެވުމަށް ފަހު އެނބުރި ރާއްޖެ ވަޑައިގަތީ 1977ވަނަ އަހަރުގެ މާރިޗު މަހުގައެވެ. އެއަށްފަހު 1978 ނޮވެންބަރު 11ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ މަޤާމާ ޙަވާލުވެވަޑައިގަތުމާ ހަމައަށް ހުންނެވީ މިނިސްޓަރ އޮފް ޓްރާންސްޕޯޓްގެ މަޤާމުގައެވެ.
== ރިޔާސީ އިންތިޚާބުތައް ==
1978ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް މައުމޫން ޢަބްދުލްޤައްޔޫމްގެ ނަންފުޅާއި އޭރުގެ ރައީސް [[އިބްރާހީމް ނާޞިރު]]ގެ ނަންފުޅު މަޖިލީހަށް ހުށަހެޅުނެވެ. މަޖިލީހުގައި ނެގުނު ވޯޓުގައި [[އިބްރާހީމް ނާޞިރު|ނާޞިރަށް]] 41 ވޯޓު ލިބިވަޑައިގެންނެވި އިރު މައުމޫނަށް ލިބިވަޑައިގަތީ 5 ވޯޓެވެ. ނަމަވެސް ޞިއްޙީ ސަބަބުތަކަށް ޓަކައި ރިޔާސީ ތިންވަނަ ދައުރަކަށް ކުރިމަތިނުލެއްވުމަށް ރައީސް [[އިބްރާހީމް ނާޞިރު|ނާޞިރު]] ނިންމެވިއެވެ. އެއަށްފަހު ރައްޔިތުންގެ މަޖިލީހުން ރައީސްކަމަށް ތިން ބޭފުޅެއްގެ ނަން ހުށަހެޅިއެވެ. އެއީ މިނިސްޓަރ އޮފް އެޑިޔުކޭޝަން އަދި ކުރީގެ ނާއިބު ރައީސް [[ޢަބްދުއްސައްތާރު މޫސާދީދީ]]އާއި، މިނިސްޓަރ އޮފް ހެލްތު މޫމިނާ ޙަލީމް އަދި މިނިސްޓަރ އޮފް ޓްރާންސްޕޯޓް ޤައްޔޫމެވެ. ޖުލައި 1978 ގައި، އޭރުގެ ޤާނޫނުއަސާސީން ލާޒިމްކުރާ ގޮތުގެ މަތިން، މަޖިލީހުން އިންތިޚާބަށް ހޮވި ހަމައެކަނި ކެންޑިޑޭޓަކީ ޤައްޔޫމެވެ.
ނަންފުޅު މަޖިލީހަށް ހުށަހެޅުނެއެވެ. އޭރުގެ ރައީސް އިބްރާހީމް ނާޞިރާއި ޤައްޔޫމްގެ ނަންފުޅު، އެކަކު ހޮވާ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ހުށަހެޅުނެވެ. އޭރު ނާޞިރަށް 41 ވޯޓު ލިބިވަޑައިގެންނެވިއިރު، ޤައްޔޫމަށް ލިބިވަޑައިގަތީ 5 ވޯޓެވެ.

at4yw1lbqw9s7dkmyio4h94fcr346vx
137616
137615
2026-04-25T08:58:02Z
Memberuser
25611
137616
wikitext
text/x-wiki
{{Infobox officeholder
| name = މައުމޫން ޢަބްދުލްޤައްޔޫމް
| office = [[ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ]]
| image = Maumoon Abdul Gayoom portrait 2013.jpg
| caption = މައުމޫން ޢަބްދުލްޤައްޔޫމް، 2013
| term_start = 11 ނޮވެންބަރު 1978
| term_end = 11 ނޮވެންބަރު 2008
| predecessor = [[އިބްރާހީމް ނާޞިރު]]
| office1 = މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
| president1 = ހަމަ [[މައުމޫން ޢަބްދުލް ޤައްޔޫމް|މައުމޫން ޢަބްދުލްޤައްޔޫމް]]
| succeeded1 = އިސްމާޢީލް ފަތުޙީ
| predecessor1 = މުޙައްމަދު ނޫރައްދީން
| termstart1 = 5 ޖަނަވަރީ 1989
| termend1 = 1 ސެޕްޓެންބަރު 2004
| office2 = މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރު
| termstart2 = 1 ޖުލައި 1981
| termend2 = 31 އޮގަސްޓު 2004
| predecessor2 = މަޤާމު އުފެއްދެވުން
| president2 = ހަމަ [[މައުމޫން ޢަބްދުލް ޤައްޔޫމް|މައުމޫން ޢަބްދުލްޤައްޔޫމް]]
| office4 = މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިޔުރިޓީ
| president4 = ހަމަ [[މައުމޫން ޢަބްދުލް ޤައްޔޫމް|މައުމޫން ޢަބްދުލްޤައްޔޫމް]]
| termstart4 = 11 ނޮވެންބަރު 1978
| termend4 = 11 ނޮވެންބަރު 1993
| predecessor4 = [[ޢަބްދުލްޙަންނާން ޙަލީމް ދޮށިމޭނާ ކިލެގެފާނު]]
| succeeded4 = [[ލެފްޓިނަންޓް ޖެނެރަލް (ރިޓަޔަރޑް) ޢަބްދުއްސައްތާރު އާދަމް]]
| office5 = މިނިސްޓަރ އޮފް ޓްރާންސްޕޯޓް
| termstart5 = 29 މާރިޗު 1977
| termend5 = 11 ނޮވެންބަރު 1978
| president5 = [[އިބްރާހީމް ނާޞިރު]]
| office6 = [[އެކުވެރި ދައުލަތްތައް|އެކުވެރި ދައުލަތްތަކުގެ ޖަމްޢިއްޔާ]]އަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވައިފައި ހުންނަވާ ދާއިމީ މަންދޫބު
| president6 = [[އިބްރާހީމް ނާޞިރު]]
| termstart6 = 24 ސެޕްޓެންބަރު 1976
| termend6 = 28 މާރިޗު 1977
| predecessor6 = [[ޢަބްދުއްސައްތާރު މޫސާދީދީ]]
| succeeded6 = [[ފަތުޙުﷲ ޖަމީލް]]
| birth_date = {{Birth date and age|1937|12|29|df=yes}}
| birth_place = [[މާލެ]]، [[ދިވެހިރާއްޖެ]]
| children = {{flatlist|
*ދުންޔާ މައުމޫން
*ޔުމްނާ މައުމޫން
*އަޙްމަދު ފާރިސް މައުމޫން
*[[މުޙައްމަދު ޣައްސާން މައުމޫން]]
}}
| spouse = ނަސްރީނާ އިބްރާހީމް
| education = [[މަޖީދިއްޔާ ސްކޫލް]]
| alma_mater = [[އަލްއަޒުހަރު ޔުނިވަރސިޓީ|އަލްއަޒްހަރު ޔުނިވަރސިޓީ]]، [[މިޞްރު]]<br/>އެމެރިކަން ޔުނިވަރސިޓީ އިން ކައިރޯ
| successor = [[މުޙައްމަދު ނަޝީދު]]
| successor2 = މުޙައްމަދު ޖަލީލު
| relations = [[ޢަބްދުﷲ ޙަމީދު]]<br/>[[ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް]]
| parents = ބައްޕާފުޅު: [[ޢަބްދުލްޤައްޔޫމް އިބްރާހީމް]]
| awards = ނިޝާން ޣާޒީގެ ޢިއްޒަތުގެ ވެރިކަން - 2013
| otherparty = [[ދިވެހި ރައްޔިތުންގެ ޕާޓީ]] (2005 - 2011)<br/>[[ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް]] (2011 - 2017)<br/>މޯލްޑިވްސް ރިފޯމް މޫވްމެންޓް (2019 - 2025)
| party = މިނިވަން (1978 - 2005)، (2017 - 2019)، (2025އިން ފެށިގެން)
| signature = Maumoon Abdul Gayoom signature.svg
}}
'''ނިޝާން ޣާޒީގެ ޢިއްޒަތުގެ ވެރިޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް''' ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ މީލާދީ ސަނަތުން 29 ޑިސެންބަރު 1937 (ހިޖުރީ ސަނަތުން 26 ޝައްވާލު 1356) ވީ ބުދަ ދުވަހު މައްޗަންގޮޅީ ކާމިނީގޭގައެވެ. ތުއްޕުޅު އިރުގެ ޙަޔާތްޕުޅު ހޭދަކުރެއްވީ މަންމާފުޅާއި ބައްޕާފުޅުގެ އޯގާތެރި ބެއްލެވުމުގެ ދަށުގައި މއ. ކާމިނީގޭގައެވެ. އެ މަނިކުފާނުގެ އަޞްލު ނަންފުޅަކީ ޢަބްދުﷲ މައުމޫން ޚައިރީއެވެ. ގޭތެރޭގެ ނަންފުޅެއްގެ ގޮތުން މަޝްހޫރުވެފައިވަނީ ޅަ ސީދީ އެވެ. ނަމަވެސް މަދްރަސީ ދައުރުގައި ކިޔައި އުޅުނީ ޢަބްދުﷲ މައުމޫންކަމަށް [ރައީސްގެ ތިންވަނަ ފަސް އަހަރުގެ ކުލަގަދަ ޚިދުމަތްތައް (1993)] މި ފޮތުން ހާމަވެއެވެ. (މޫންލައިޓް، 1978)
ޢަބްދުﷲ މައުމޫން ޚައިރީ ގެ ނަންފުޅު މައުމޫން ޢަބްދުލްޤައްޔޫމަށް ބަދަލުވިކަމަށްވަނީ އެ މަނިކުފާނު ތަޢުލީމު ޙާޞިލުކުރެއްވުމަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް ޕާސްޕޯޓް ހެއްދެވުމުގައި އިސްވެ އުޅުއްވި ބޭފުޅަކަށް އެރި އޮޅުމެއްގެ ސަބަބުންނެވެ. ޢާއްމުކޮށް ކިޔައި އުޅުނީ [މައުމޫން] ކަމަށްވުމުން ފުރިހަމަ ނަންފުޅު ފޯމުގައި ލިޔުނު މީހަކު [މައުމޫން] މި ނަންފުޅާ ގުޅުވައިގެން ބައްޕާފުޅުގެ ނަންފުޅު އިތުރުކުރައްވައި [މައުމޫން ޢަބްދުލްޤައްޔޫމް]ގެ ގޮތުގައި ޕާސްޕޯޓް ހެއްދެވީއެވެ.
197 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 11ވަނަ ދުވަހުން ފެށިގެން 2008 ނޮވެންބަރު 11ވަނަ ދުވަހާ ހަމައަށް [[ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ]]ކަން ކުރައްވައިފައިވަނީ އެ މަނިކުފާނެވެ. [[ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ|ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމާ]] އެ މަނިކުފާނު ޙަވާލުވެވަޑައިގެންނެވީ 1978 ނޮވެންބަރު 11ވަނަ ދުވަހު އޭރުގެ ރައީސް [[އިބްރާހީމް ނާޞިރު|އިބްރާހީމް ނާޞިރު (ނޣޢވ)]] އަށް ފަހުގައެވެ. މައުމޫން އެންމެފަހުން ރައީސުލްޖުމްހޫރިއްޔާކަމަށް އިންތިޚާބުވެވަޑައިގަތީ 2003ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި %90.02 ގެ އަޣުލަބިއްޔަތަކުންނެވެ.
==ކުރީގެ ޙަޔާތްފުޅު==
'''މައުމޫން ޢަބްދުލްޤައްޔޫމް'''ގެ ބައްޕާފުޅަކީ އިބްރާހީމް މާފަތް ތަކުރުފާނުގެ [[ޢަބްދުލްޤައްޔޫމް އިބްރާހީމް|ފަޟީލަތުއްޝައިޚުލްމަރްޙޫމު ޢަބްދުލްޤައްޔޫމް އިބްރާހީމް (މާފަތްގޭ ދޮން ސީދީ)]] އެވެ. އަދި މަންމާފުޅަކީ ބޮއިގަސްދޮށުގޭ މޫސާ ކަލޭފާނުގެ ކަތްދައިދީ (ޚަދީޖާ މޫސާ) އެވެ. މައުމޫނާ އެއްބަފާ 25 ބޭފުޅުން ތިބެއެވެ. މައުމޫނަކީ ޢާއިލާގެ 10ވަނަ ބޭފުޅާއެވެ. [[މިޞްރު]]ގެ [[ޤާހިރާ]]ގައި ތަޢުލީމު ޙާޞިލުކުރައްވަން އުޅުއްވި ދުވަސްވަރު، 1954ވަނަ އަހަރު މައުމޫންގެ މަންމާފުޅު އަވަހާރަވިއެވެ. ބައްޕާފުޅު އަވަހާރަވީ 1982 ގައި ޢުމުރުފުޅުން 87 އަހަރުގައެވެ. [[ޢަބްދުލްޤައްޔޫމް އިބްރާހީމް|ޢަބްދުލްޤައްޔޫމް އިބްރާހީމަށް]] އޭނާގެ ދަރިފުޅު މައުމޫން ވެރިކަމާ ޙަވާލުވުމާއި، މައުމޫންގެ ފުރަތަމަ ދައުރުގެ މަންޒަރުތައް ދެކިވަޑައިގަތުމުގެ އުފާ ލިބިވަޑައިގެންފައިވެއެވެ.
1965ވަނަ އަހަރު މައުމޫން ޢަބްދުލްޤައްޔޫމާއި ނަސްރީނާއާ ފުރަތަމަ ފަހަރަށް ބައްދަލުވިއެވެ. އޭރު ނަސްރީނާއަކީ [[ދިވެހިރާއްޖެ]]އިން [[ޤާހިރާ]]އަށް ތަޢުލީމު ޙާޞިލުކުރުމަށް ގޮސް ހުރި ދަރިވަރެކެވެ. އެ ކަމަނާގެ ޢުމުރުފުޅުން އޭރު 15 އަހަރުފުޅެވެ. އަދި މައުމޫންގެ ޢުމުރުފުޅުން 27 އަހަރުފުޅެވެ. އޭގެ 4 އަހަރުފަހުން 1969 ޖުލައި 14ވަނަ ދުވަހު [[މިޞްރު]]ގެ [[ޤާހިރާ]]ގައި މައުމޫނާއި ނަސްރީނާ ކައިވެނި ބައްލަވައިގަތެވެ. ކައިވެންޏަށް މާ ގިނަ ދުވަސްތަކެއްނުވެ [[ނައިޖީރިއާ]]ގެ އަޙްމަދު ބެއްލޯ ޔުނިވަރސިޓީގައި އިސްލާމިކް ސްޓަޑީޒް ލެކްޗަރަރއެއްގެ މަޤާމު މައުމޫން އަދާކުރެއްވިއެވެ.
1970ވަނަ އަހަރު މި ދެމަފިރީންނަށް އެއްމާބަނޑު ދެ އަންހެން ބޭފުޅުން ލިބިވަޑައިގަތެވެ. އެއީ ދުންޔާ މައުމޫނާއި ޔުމްނާ މައުމޫނެވެ. ދެވަނަ ފަހަރަށް ނަސްރީނާ ބަލިވެ އިންނެވުމުން މައުމޫން، އެ ކަމަނާ [[މާލެ]]އަށް ފޮނުއްވިއެވެ. މި ދެމަފިރީންގެ ފުރަތަމަ ފިރިހެން ބޭފުޅާކަމަށްވާ އަޙްމަދު ފާރިސް މައުމޫން އުފަންވީ 1971 މާރިޗު 31ވަނަ ދުވަހު [[މާލެ|މާލޭ]]ގައެވެ. އޭގެ 9 އަހަރު ފަހުން ހަގު ދަރިކަލުން [[މުޙައްމަދު ޣައްސާން މައުމޫން]] އުފަންވީ 1980 ޖޫން 12ވަނަ ދުވަހުއެވެ.
==ޢާއިލާ==
{{familytree/start|style=font-size:100%;line-height:100%;}}
{{familytree | | |IBRAH|y|UNKN1| |MOODI|y|MARDI| | IBRAH=އިބްރާހީމް މާފަތް ތަކުރުފާނު|UNKN1=ގަލޮޅު ސިއްތި|MOODI='''މޫސާ ދީދީ'''|MARDI=މަރްޔަމް ދީދީ}}
{{familytree | | | | | |!| | | | | | | |!| | | | | }}
{{familytree | | | | |ABDIB|~|~|y|~|~|KHAMO| | | | ABDIB=[[ޢަބްދުލްޤައްޔޫމް އިބްރާހީމް]]|KHAMO='''ޚަދީޖާ މޫސާ'''}}
{{familytree | | | | | | | | | |!| | | | | | | | | }}
{{familytree | | | | | | | | |MAUGA| | | | | | | | MAUGA=މައުމޫން އަބްދުލްޤައްޔޫމް}}
{{familytree/end}}
==ތަޢުލީމު ޙާޞިލުކުރެއްވުން==
މައުމޫން ޢަބްދުލްޤައްޔޫމް ޅަފަތުގެ ތަޢުލީމު ޙާޞިލުކުރެއްވީ އެ މަނިކުފާނުގެ ޢިލްމުވެރި ބައްޕާފުޅު [[ޢަބްދުލްޤައްޔޫމް އިބްރާހީމް|ފަޟީލަތުއްޝައިޚުލްމަރްޙޫމު ޢަބްދުލްޤައްޔޫމް އިބްރާހީމް]]ގެ އަރިހުންނެވެ. އެއަށްފަހު [[މަޖީދިއްޔާ ސްކޫލް|މަދްރަސަތުލްމަޖީދިއްޔާ]]އިން ތަޢުލީމު ޙާޞިލުކުރެއްވުމަށް ފަހު [[އޮޅުދޫކަރަ|ސިލޯނަށް]] ވަޑައިގެން ކުޑަ ދުވަސްކޮޅަކު ކިޔަވައިވިދާޅުވިއެވެ. އޭގެފަހުގައި [[މިޞްރު|މިޞްރަށް]] ވަޑައިގެން [[އަލްއަޒުހަރު ޔުނިވަރސިޓީ|ޖާމިޢުލްއަޒްހަރުން]] މަތީ ތަޢުލީމު ޙާޞިލުކުރެއްވިއެވެ. އެ ޔުނިވަރސިޓީގެ ކުއްލިއްޔަތުއްޝަރީޢާ ވަލްޤާނޫނުގައި އިސްލާމީ ޝަރީޢާއާއި ޤާނޫނުގެ ރޮނގުން ފުރަތަމަ ޑިގްރީއާއި މާސްޓަރސް ޑިގްރީ ފުރިހަމަ ކުރެއްވިއެވެ. އަދި އެ ދާއިރާއިން ޕީއެޗްޑީ ޙާޞިލުކުރެއްވުމަށް ޓަކައި ތީސީސް ލިޔުއްވާނެ ދާއިރާ ކަނޑައަޅުއްވައި ޕްލޭން ހައްދަވައި އެ ޕްލޭން ޔުނިވަރސިޓީއަށް ހުށަހެޅުއްވިއެވެ. މި ޕްލޭން [[އަލްއަޒުހަރު ޔުނިވަރސިޓީ|އަޒްހަރުން]] ޤަބޫލުކުރައްވައި ޕީއެޗްޑީ ދަރިވަރެއްގެ ގޮތުގައި ރަޖިސްޓްރީކުރެއްވިއެވެ. ނަމަވެސް ދިމާވި ކަމަކާ ހުރެ އެ ކަން ކުރިޔަށް ގެންދެވޭ ގޮތެއްނުވިއެވެ.
މީގެއިތުރުން މައުމޫން ވަނީ [[ޤާހިރާ]]ގައި ހުންނަ އެމެރިކަން ޔުނިވަރސިޓީ އޮފް ކައިރޯއިން ވެސް ތަޢުލީމު ޙާޞިލުކުރައްވައިފައެވެ.
==ޚިދުމަތް==
1969ވަނަ އަހަރުން ފެށިގެން 1971ވަނަ އަހަރާ ހަމައަށް މައުމޫން ހުންނެވީ [[ނައިޖީރިއާ]]ގެ އަޙްމަދު ބެއްލޯ ޔުނިވަރސިޓީގެ ޢަބްދުﷲ ބަޔޭރޯ ކޮލެޖުގައި އިސްލާމިކް ސްޓަޑީޒްގެ ލެކްޗަރަރއެއްގެ މަޤާމުގައެވެ. އެ ޔުނިވަރސިޓީގައި މަސައްކަތްކުރެއްވުމަށް ފަހު 1971ވަނަ އަހަރުގެ ކުރީކޮޅު މައުމޫން ރާއްޖެ ވަޑައިގަތެވެ. ރާއްޖެ ވަޑައިގަތުމަށް ފަހު 1971އިން 1972އަށް [[މާލެ|މާލޭ]] [[އަމީނިއްޔާ ސުކޫލް|އަމީނިއްޔާ ސްކޫލް]]ގައި އިނގިރޭސިބަހާއި، ހިސާބާއި، އިސްލާމް މާއްދާ ކިޔަވައިދެއްވިއެވެ. 1972ވަނަ އަހަރު ސަރުކާރުގެ ޝިޕިންގ ޑިޕާޓްމަންޓަށް ބަދަލުކުރެވި އެ ޑިޕާޓްމަންޓުގައި މެނޭޖަރެއްގެ މަޤާމު އަދާކުރެއްވިއެވެ.
1974ވަނަ އަހަރު، ސަރުކާރުގެ ޓެލެކޮމިއުނިކޭޝަންސް ޑިޕާޓްމަންޓުގެ އަންޑަރސެކްރެޓަރީގެ މަޤާމަށް މައުމޫން ޢަބްދުލްޤައްޔޫމް ޢައްޔަންކުރެއްވިއެވެ. އަދި އޭގެ ފަހުން އެ ތަނުގެ ޑިރެކްޓަރުކަން ކުރެއްވިއެވެ. ހަމަ އެ އަހަރުގެ ފަހުކޮޅު، ބޮޑުވަޒީރު [[އަޙްމަދު ޒަކީ]]ގެ އޮފީހުގެ ސްޕެޝަލް އަންޑަރސެކްރެޓަރީގެ މަޤާމަށް ޢައްޔަންކުރެއްވިއެވެ. 1975ވަނަ އަހަރުގެ މާރިޗު މަހު [[އަޙްމަދު ޒަކީ]] މަޤާމުން ވަކިކުރައްވައި، ބޮޑުވަޒީރުގެ މަޤާމު އުވައިލެއްވުމާ ގުޅިގެން މައުމޫންގެ އެ މަޤާމު ނިމުމަކަށް އައެވެ. އެއަށްފަހު [[ކޮޅުނބު]]ގައި ދުވަސްކޮޅަކު އުޅުއްވުމަށް ފަހު އެނބުރި ރާއްޖެ ވަޑައިގަތުމުން، އޭނާ ޢައްޔަންކުރެއްވީ [[އޮޅުދޫކަރަ|ސްރީލަންކާ]]ގައި ހުންނަވާ ދިވެހި ސަފީރުގެ ނާއިބުގެ މަޤާމަށެވެ. 1975ވަނަ އަހަރު ޑިޕާޓްމަންޓް އޮފް އެކްސްޓަރނަލް އެފެއާޒްގެ އަންޑަރސެކްރެޓަރީގެ މަޤާމަށް ވެސް މައުމޫން ޢަބްދުލްޤައްޔޫމް ޢައްޔަންކުރައްވައިފައިވެއެވެ.
1976ވަނަ އަހަރު ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަން މިނިސްޓަރުގެ ނާއިބުކަމުގެ މަޤާމަށް މައުމޫން ޢަބްދުލްޤައްޔޫމް ޢައްޔަންކުރެއްވިއެވެ. އަދި ހަމަ އެ އަހަރުގެ ސެޕްޓެންބަރު 24 ގައި [[އެކުވެރި ދައުލަތްތައް|އދ.]] އަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވައިފައި ހުންނަވާ ދާއިމީ މަންދޫބަކަށް މައުމޫން ހަމަޖެއްސެވިއެވެ. އެ މަޤާމުގައި ހުންނެވުމަށް ފަހު އެނބުރި ރާއްޖެ ވަޑައިގަތީ 1977ވަނަ އަހަރުގެ މާރިޗު މަހުގައެވެ. އެއަށްފަހު 1978 ނޮވެންބަރު 11ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ މަޤާމާ ޙަވާލުވެވަޑައިގަތުމާ ހަމައަށް ހުންނެވީ މިނިސްޓަރ އޮފް ޓްރާންސްޕޯޓްގެ މަޤާމުގައެވެ.
== ރިޔާސީ އިންތިޚާބުތައް ==
1978ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް މައުމޫން ޢަބްދުލްޤައްޔޫމްގެ ނަންފުޅާއި އޭރުގެ ރައީސް [[އިބްރާހީމް ނާޞިރު]]ގެ ނަންފުޅު މަޖިލީހަށް ހުށަހެޅުނެވެ. މަޖިލީހުގައި ނެގުނު ވޯޓުގައި [[އިބްރާހީމް ނާޞިރު|ނާޞިރަށް]] 41 ވޯޓު ލިބިވަޑައިގެންނެވި އިރު މައުމޫނަށް ލިބިވަޑައިގަތީ 5 ވޯޓެވެ. ނަމަވެސް ޞިއްޙީ ސަބަބުތަކަށް ޓަކައި ރިޔާސީ ތިންވަނަ ދައުރަކަށް ކުރިމަތިނުލެއްވުމަށް ރައީސް [[އިބްރާހީމް ނާޞިރު|ނާޞިރު]] ނިންމެވިއެވެ. އެއަށްފަހު ރައްޔިތުންގެ މަޖިލީހުން ރައީސްކަމަށް ތިން ބޭފުޅެއްގެ ނަން ހުށަހެޅިއެވެ. އެއީ މިނިސްޓަރ އޮފް އެޑިޔުކޭޝަން އަދި ކުރީގެ ނާއިބު ރައީސް [[ޢަބްދުއްސައްތާރު މޫސާދީދީ]]އާއި، މިނިސްޓަރ އޮފް ހެލްތު މުއުމިނާ ޙަލީމާއި މިނިސްޓަރ އޮފް ޓްރާންސްޕޯޓް މައުމޫން ޢަބްދުލްޤައްޔޫމެވެ. އެ ބޭފުޅުންގެ ތެރެއިން ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން ހޮވި ބޭފުޅަކީ މައުމޫން ޢަބްދުލްޤައްޔޫމެވެ.
== ފުރުއްވި މަގާމްތައް ==
* އ.ދ އަށް ކަނޑައަޅާފައިވާ ދާއިމީ މަންދޫބުކަން
* ސްރީލަންކާގައި ހުންނަ ސަފީރުގެ އޮފީހުގެ ވެރިޔާކަން
* އަމީނިއްޔާ ސްކޫލްގެ ޓީޗަރުކަން
* އ.ދ ގައި ހުންނަވާ ދިވެހި ދައުލަތުގެ ވަކީލުކަން
* ރައީސް އޮފީހުގެ ޚާއްޞަ ވަކީލްކަން
* 29 މާރޗް 1977 - މިނިސްޓަރ އޮފް ޓްރާންސްޕޯޓްކަން
* 11 ނޮވެމްބަރު 1978 - 11 ނޮވެމްބަރު 2008 - ދިވެހިރާއްޖޭގެ ރައީސްކަން
* 11 ނޮވެމްބަރ 1978 - 11 ނޮވެމްބަރު 2008 - ސިފައިންނާއި ފުލުހުންގެ އެންމެ މަތީ ވެރިޔާކަން
* 11 ނޮވެމްބަރު 1993 - މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީކަން
* 11 ނޮވެމްބަރު 1993 - މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓެރަޒަރީކަން
* 1 ޖުލައި 1981 - އެމްއެމްއޭގެ ގަވަރުނަރުކަން
==ފާހަނގަ ކުރެވޭ ދަތުރުތަކާއި ބައިވެރިވެ ވަޑައިގައިގަތް ބައްދަލުވުން==
* މައުމޫނު އަބްދުލް ޤައްޔޫމް ރައީސް ކަމާއި ހަވާލުވެވަޑައިގަތުމަށް ފަހު ކުރެއްވި ފުރަތަމަ ދަތުރަކީ [[ލީބިޔާ]] އަށް ކުރެއްވި ދަތުރުފުޅެވެ. މިދަތުރު ފުޅު ކުރެއވީ އެޤައުމުގައި ބޭއްވުނު 10 ވަނަ [[ސެޕްޓެމްބަރ ރިވޮލިއުޝަން]] ފާހަނގަ ކުރުމުގެ ޙަފްލާގައި ބައިވެރިވެ ވަޑައިގަތުމެވެ.
* 1981 ގައި އެމަނިކުފާނު [[ސައޫދީ އަރަބިއްޔާ]] ގައި ބޭއްވުނު 3 ވަނަ އިސްލާމިކް ސަމިޓް ކޮންފެރެންސް އޮފް [[އޯރަގަނައިޒޭޝަން އޮފް ދަ އިސްލާމިކް ކޮންފެރެންސް]] ގައި ބައިވެރިވެވަޑައިގަތެވެ. އަދި އޭގެ ފަހުން އައި.އެސް.ސީގެ ހުރިހާ ބައްދަލުވުމެއްގައި ބައިވެރިވެވަޑައި ގަންނަވައެވެ. މީގެ ތެރޭގައި 1984 ގައި [[މޮރޮކޯ]] ގައި ބޭއްވުނު ބައްދަލުވުމާއި، 1987ގައި [[ކުވޭތު]] ގައި ބޭއްވުނު ބައްދަލުވުމާއި, 1991 ގައި [[ސެނެގާލް]] ގައި ބޭއްވުނު ބައްދަލުވުމާއި، 1994 ގައި [[މޮރޮކޯ]] ގައި ބޭއްވުނު ބައްދަލުވުން އަދި 1997ގައި [[ޕާކިސްތާން]] ގައި ބޭއްވުނު ބައްދަލުވުން ހިމެނެއެވެ.
* 1981 ގައި މިމަނިކުފާނު [[އޭޝިޔާ]] އެހެނިހެން ދިވެހިރާއްޖެއާއި އަވަށްޓެރި ޤައުމުތަކަށް ސަރުކާރުގެ ދަތުރުފުޅެއް ކުރެއްވިއެވެ. މިގޮތުން މިދަތުރުފުޅުގައި ވަޑައިގަތީ [[ސިންގަޕޫރު]] އަދި [[މެލޭޝިޔާ]] އަށެވެ.
* 10 މޭއި 1982ގައި [[ލަންޑަން]] އަށް ދިވެހި ރާއްޖޭގެ ރައީސްގެ ހައިސިއްޔަތުން މިމަނިކުފާނު ކުރެއްވި މި ދަތުރުފުޅަކީ ދެކުނުގެ ޤައުމަކަށް މި މަނިކުފާނު ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ.
* އޮކްޓޯބަރ 1982 ގައި [[ފިޖީ]] ގައި ބޭއްވުނު '''ކޮމަންވެލްތު'''ގެ އިސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައި ގެންނެވިއެވެ.
* 1982 ވަނަ އަހަރު ރައީސް [[އޮޅުދޫކަރަ]] އަށް ސަރުކާރުގެ ދަތުރުފުޅެއް ކުރެއްވިއެވެ. މިދަތުރުފުޅުގެ ބޭނުމަކީ ބުރޫ އަރާފައިވާ ދެ ޤައުމުގެ ގުޅުން ބަދަހި ކުރުމެވެ.
*
== ފާހަގަކުރެވޭ ޚިދުމަތްތައް ==
=== އަދަބީ ޚިދުމަތްތައް ===
މައުމޫންގެ އަދަބީ ޚިދުމަތުގެ ފެށުން ގުޅިފައިވަނީ މަދްރަސީ ދައުރާއެވެ. ސިލޯނުގައި ކިޔަވައިވިދާޅުވަމުން ގެންދެވިއިރުވެސް ތަފާތު އެކިއެކި އަދަބީ ޙަރަކާތްތަކުގައި ބައިވެރިވެވަޑައިގަތެވެ. މިޞްރުގައި ކިޔަވައިވިދާޅުވަން ހުންނެވިއިރު ދަރިވަރުން ނެރުއްވި މަޖައްލާއަށް ލިޔުއްވި އަދަބީ އިޖްތިމާޢީ ލިޔުއްވުންތަކަކީ ފާހަގަކޮށްލެވޭފަދަ މުހިއްމު ލިޔުއްވުންތަކެކެވެ.
{{ambox | text = މިލިޔުމުގައި ފަންވަތް ވެބްސައިޓްގައި ޢަބުދުލް ޢަޒީޒް ޖަމާލް އަބޫބަކުރު ލިޔެފައިވާ ބައެއް ހިމެނެއެވެ}}
ތަޢުލީމީ ދައުރު ނިންމަވައިލެއްވުމަށްފަހު މާލެވަޑައިގެންވެސް އަދަބީ ޙަރަކާތްތަކުގައި ބައިވެރިވެވަޑައިގަތީ ވަރަށް މުރާލިފުޅުކަމާއެކީގައެވެ. 70 ގެ އަހަރުތަކުގައި މަޝްހޫރުވި އަމާޒު މަޖައްލާއަށާއި ހަފުތާ ނޫހަށް ވަރަށް "ދީލަތި"ގޮތެއްގައި ލިޔުއްވަމުން ގެންދެވިއެވެ. އެ މަނިކުފާނުގެ ގިނަ ލިޔުއްވުންތައް ހުރީ ބަހާއި ބަހުގެ އަދަބިއްޔާތާއި އިޖްތިމާޢީ ދާއިރާގެ ތެރޭގައެވެ. އަދި ދީނީ ރޮނުންވެސް ތަފާތު ލިޔުއްވުންތައް ލިޔުއްވައިފައިވެއެވެ.
މައުމޫން ޢަބްދުލްޤައްޔޫމަކީ ވާހަކަދެއްކުންތެރިކަމުގެ އުސްލޫބަށް ބޮޑު އިންޤިލާބެއް ގެންނެވި މުޤައްރިރެކެވެ. މިހާރު އަޅުގަނޑުމެންނަށް މި ފާހަގަކުރެވޭ ގޮތަށް ސަލާމާއި ޙަމްދު ޞަލަވާތާއި މުޚާޠަބުކުރެއްވުމުގެ ފޯމެޓް ވާހަކަދެއްކުންތެރިކަމުގެތެރޭގައި ވައިގައި ހިއްޕުވައިލެއްވީ އެމަނިކުފާނެވެ.
އެ މަނިކުފާނަށް 11 ނޮވެމްބަރ 1978 ގައި ރައީސުލްޖުމްހޫރިއްޔާކަން ލިބިވަޑައިގަތުމާއެކު [ދިވެހިބަހާއި އަދަބަށް ޚިދުމަތްކުރާ މަޖްލިސް]ގެ ނަމުގައި ވަކި މުއައްސަސާއެއް އުފައްދަވައި އެއީ ދައުލަތުން ކުރައްވާ ޚާއްޞަ މަސައްކަތްޕުޅެއް ކަމުގައި ހަމަޖެއްސެވިއެވެ. އަދި [ދިވެހި ތާރީޚާއި ސަގާފަތަށް ޚިދުމަތްކުރާ މަޖްލިސް] ގެ ނަމުގައި އެހެން މުއައްސަސާއެއް އުފެއްދެވިއެވެ. ފަހުން މި ދެ މުއައްސަސާ އެއްކޮށްލައްވައި [ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު]ގެ ނަމަށް ބަދަލުކުރެއްވިއެވެ. މިދެންނެވި މަރުކަޒުން ނެރުއްވަން ފައްޓަވައިގެން ކުރިޔަށް ގެންދަވާ [ފަތްތޫރަ] މަޖައްލާއަށް [ފަހުބަސް] ގެ ނަމުގައި ލިޔުއްވި އަދަބީ ލިޔުންތަކަކީ މިއަދުގެ ދަރިވަރުން އަދަބީ މުތްތަކެއްކަމުގައި ބަލަމުން ގެންދާ މަޒުމޫނުތަކެކެވެ.
=== އަސާސީ ތައުލީމް===
މައުމޫންގެ ރައީސްކަމުގައި ސިޔާސަތަށް ގެންނެވި އެންމެ ބޮޑު ބަދަލަކީ [އިންސާނުންނަށް ފެނާއި ކާބޯތަކެތި ލިބުމަކީ އެބައިމީހުންގެ ޙައްޤެއް ކަމުގައި ވާ ފަދައި ތަޢުލީމު ލިބުމަކީވެސް އެބައި މީހުންގެ ޙައްޤެއް] ކަމުގައި ސަރުކާރުން ޤަބޫލުކުރެއްވުމެވެ.
މައުމޫންގެ ސަރުކާރުގެ ވަރަށް ކުރީކޮޅު ރާއްޖޭގެ މީހުންގެ ލިޔަންކިޔަން ދަތުމުގެ ނިސްބަސް ހޯއްދެވުމަށް ދިރާސާއެއް ކުރެއްވިއެވެ. މި ދިރާސާގެ ނަތީޖާއިން އެނގުނީ 1979 ގައި ރާއްޖޭގެ އޭރުގެ އާބާދީގެ %24.77 މީހުންނަށް ލިޔަންކިޔަން ނޭނގޭކަމެވެ. (ފުރަދާނަ، އޮކްޓޯބަރ 2003). އެހެންކަމުން ދިވެހި ޤައުމުން ލިޔަންކިޔަން ނުދަތުން މުޅިން ފޮހެލެއްވުމުގެ މަޤްޞަދުގައި 1 ޖެނުއަރީ 1980 ގައި [އަސާސީ ތަޢުލީމުގެ މަޝްރޫޢު] ސަރުކާރުން އިޢުލާންކުރެއްވިއެވެ. މި މަޝްރޫޢުގެ ދަށުން ޢަމަލީ މަސައްކަތް ފަށައިގަނެވުނީ 24 ފެބްރުއަރީ 1980 ގައި ޚުދު މައުމޫން އަސާސީ ތަޢުލީމުގެ ކްލާސްތަކަށް ކިޔަވައިދެއްވަން ފެއްޓެވުމުންނެވެ. މި ގޮތުގެ މަތީން ވަރަށް ފޯރިޔާއެކު މި މަޝްރޫޢު ދިޔައީ ކުރިޔަށެވެ. މި މަޝްރޫޢުގެ ސަބަބުން 1999 ގެ ނިޔަލަށް ރާއްޖޭގެ ލިޔަންކިޔަން ނުދަތުމުގެ ނިސްބަތް %1.06 އަށް ތިރިކުރެވުނެވެ.
===ރަސްމީ ތަޢުލީމް ފުޅާކުރެއްވުން ===
ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމާ މައުމޫން ޙަވާލުވެވަޑައިގަތްއިރުވެސް ރާއްޖޭގައި ނިޒާމީ ތަޢުލީމުވަނީ ތަޢާރުފުކުރެވިފައެވެ. މައިގަނޑު ގޮތެއްގައި ތަޢުލީމު ދެވެނީ މާލޭގައި އެކަންޏެވެ. ފަށާ ތަޢުލީމުދޭ މޮންޓެސޫރީ ސްކޫލުން ޖާގަލިބެނީ ނަސީބުގަދަ ކުއްޖަކަށެވެ. އޭރު މުޅި ރާއްޖޭގައިވެސް ސަރުކާރުގެ ޚަރަދުގައި ހިންގާ ހުރީ އެންމެ 4 ސްކޫލެވެ.
މައުމޫންގެ ވެރިކަމުގައި ފުރަތަމަ އެޅުއްވި ފިޔަވަޅަކީ ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ވަރަށް ކުއްލި ގޮތެއްގައި [ޕްރައިމަރީ ސްކޫލެއް] އުފައްދަވައި ހިންގަވާން ފެއްޓެވުމެވެ. ކޮންމެ ސްކޫލަކަށް އަތޮޅުން ހޯދާ 2 މުދައްރިސަކާއި ސަރުކާރުން ފޮނުވާ ޓީޗަރަކާއި ނާޒިރެއް ހަމަޖައްސަވައިގެންނެވެ. މިނިސްޓްރީ އޮފް ޕްރޮވިންޝަލް އެފެއަރޒްގެ ދަށުން ހިންގަވަން ފެއްޓެވި މި ސްކޫލްތައް ވަގުތީ ގޮތުން ހިންގަވަންފެއްޓެވީ ވަގުތީ ޢިމާރާތްތަކުގައެވެ. (ފަހުން ޖަޕާނު ސަރުކާރުގެ އެހީގައި ޢިމާރާތްކުރެވުނު [އަތޮޅު މަދަރުސާ]ގެ އާޢިމާރާތްތަކަށް މިތަންތަން ބަދަލުކުރެވުނެވެ.) ދެން އެޅުއްވި މުހިއްމު އަނެއް ފިޔަވަޅަކީ 10 އަހަރަށްވުރެ ދިގު މުއްދަތުގައި މެދު ނުކެނޑި ހިނގަމުން އައި އަމިއްލަ މަދްރަސާ މަކްތަބުފަދަ ތަންތަނަށް ސަރުކާރުން ދާއިމީ އެހީ ދެއްވަން ފެއްޓެވުމާއެކު، ޢުމުރު ހަމަވާ ހުރިހާ ކުދީންނަށް މޮންޓެސޫރީ ސްކޫލުން (މިހާރުގެ އިސްކަންދަރު ސްކޫލުން) ޖާގަ ހުޅުވައިލެއްވުމެވެ. (ފުރަދާނަ، ޖެނުއަރީ 2003). އަދި 2000 ވަނަ އަހަރުގެ ނިޔަލަށް މުޅިރާއްޖޭގެ ހުރިހާ ރަށަކަށް ފަށާތަޢުލީމާއި މެދުމަދުރަސީ ތަޢުލީމު ޢާއްމު ކުރެއްވިއެވެ. (އެޑިޔުކޭޝަން، 2008) . 2008 ވަނަ އަހަރު ނިމުނު އިރު ރާއްޖޭގައި ސީދާ ސަރުކާރުން ހިންގަވާ 221 ސްކޫލް ހުއްޓެވެ. (Statistical year book 2009) .
===ސާނަވީ ތަޢުލީމް މަތީ ސާނަވީ ތަޢުލީމް ފުޅާކުރެއްވުން ===
މައުމޫން ރައީސްކަމާ ޙަވާލުވެވަޑައިގެންނެވިއިރު ސާނަވީއަށް ކިޔަވައިދެނީ ހަމައެކަނި އަމީނިއްޔާ އާއި މަޖީދިއްޔާގައި ކަމަށް ވިޔަސް އެ މަނިކުފާނު ވެރިކަމުން ވަޑައިގެންނެވިއިރު، ރާއްޖޭގެ ހުރިހާ އަތޮޅަކަށް ވަނީ ސާނަވީ ތަޢުލީމު ތަޢާރަފުކުރައްވައިފައެވެ.
މަތީތަޢުލީމަށް މަގުފަހިކުރެއްވުމަށްޓަކައި 3 ޖުލައި 1979 ގައި ސައެންސް އެޑިޔުކޭޝަން ސެންޓަރ (މިހާރުގެ ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަން) އުފެއްދެވިއެވެ. އަދި އައްޑުއަތޮޅު ހިތަދޫގައި [މުޙިއްބުއްދީން ސްކޫލް] ގެނަމުގައި، ހދ. ކުޅުދުއްފުށީގައި [ޖަލާލުއްދީން ސްކޫލް] ގެ ނަމުގައި ފެންވަރު ރަނގަޅު ދެ ސާނަވީ ސްކޫލް ބިނާކުރައްވައި މި ދެ ސްކޫލްގައިވެސް ސާނަވީއާއި މަތީ ސާނަވީ ތަޢުލީމު ދޭން ފެއްޓެވިއެވެ.
===އަރަބި އިސްލާމީ ތަޢުލީމް ===
ރާއްޖޭގައި ދީނި ތަޢުލީމު ފުޅާކުރެއްވުމުގެ މަޤްޞަދުގައި [މަޢުހަދުއްދިރާސާތިލްއިސްލާމިއްޔާ]ގެ ނަމުގައި 9 ފެބްރުއަރީ 1980 ގައި ޢިލްމީ މަރުކަޒެއް ބިނާކުރައްވައި ޤުރްއާނުގެ ޢިލްމާއި ދީނީ ޢިލްމު ފަތުރުއްވަން ފެއްޓެވިއެވެ. މިއަދު މިތަން ވަނީ ކޮލެޖެއްގެ ފެންވަރަށް ތަރައްޤީކުރައްވައި [ކުއްލިއްޔަތުއްދިރާސާތިލްއިސްލާމިއްޔާ]ގެ ނަމަށް ބަދަލުކުރައްވައިފައެވެ. އަދި މައުހަދަށް ބޭނުވާ ކުދީން ހޯއްދެވުމަށްޓަކައި ފީޑަރ ސްކޫލެއްގެ ގޮތުން 8 ފެބްރުއަރީ 1987 ގައި [އަލްމަދްރަސަތުލްޢަރަބިއްޔަތުލްއިސްލާމިއްޔާ] ގެ ނަމުގައި ޢަރަބި ބަހުން ކިޔަވައިދޭ ފަށާތަޢުލީމުގެ މަދްރަސާއެއް ޤާއިމުކުރެއްވިއެވެ.
=== މަތީ ތައުލީމް ===
1978 ގައި ރައީސްކަމާ މައުމޫން ޙަވާލުވެވަޑައިގަތް އިރު، ޔުނިވަރސިޓީ ގުރެޖުއޭޓުންގެ ގޮތުގައި ރާއްޖޭގައި ތިއްބެވީ އެންމެ 65 ބޭފުޅުންނެވެ. އެހެންކަމުން މައުމޫންގެ ސަރުކާރުން ބޭރު ޤައުމުތަކުގެ އެހީ ހޯއްދަވައިގެންނާއި ދިވެހި ދައުލަތުގެ ބަޖެޓުން ޚަރަދުކުރައްވައިގެން ރާއްޖެއިން ބޭރުން މަތީ ތައުލީމް ޙާޞިލުކުރެއްވުމުގެ ފުރުޞަތު ހުޅުވައިލެއްވިއެވެ. ނަތީޖާއެއްގެ ގޮތުން ޔުނިވަރސިޓީ ގުރެޖުއޭޓުންގެ ޢަދަދު 2008 ނިމުނު އިރު 3000 އަށްވުރެ މައްޗަށް ވަނީ އަރައިފައެވެ. (ޑީ.އާރ.ޕީ. ގެ މެނި ފެސްޓޯ- 2008). މީގެ އިތުރުން ރާއްޖޭގައި ތިބެގެން މަތީ ތަޢުލީމު ޙާޞިލުކުރެވޭނެ މަގު ފަހިކުރުމަށްޓަކައި 1998 ވަނަ އަހަރު މޯލްޑިވްސް ކޮލެޖް އޮފް ހަޔަރއެޑިޔުކޭޝަން ސަރުކާރުން އުފެއްދެވިއެވެ.
=== ޞިއްހީ ޚިދުމަތް ===
މައުމޫން ރައީސް ކަމާ ޙަވާލުވެ ވަޑައިގަތް އިރު މުޅި ރާއްޖޭގައި ހުރީ އެންމެ ހޮސްޕިޓަލެކެވެ. މުޅި ރާއްޖޭގައި ޚިދުމަތްކުރައްވަނީ އެންމެ 7 ޑޮކްޓަރުންނެވެ. އޭރު ބައެއް އަތޮޅުތަކުގައި ހެލްތު ސެންޓަރ ޤާއިމުކުރެވިފައި ވިޔަސް އެއިން ކޮންމެ ތަނެއްގައި މަސައްކަތް ކުރައްވަނީ އެންމެ ހެލްތު އެސިސްޓެންޓެކެވެ. މިއަދު ކޮންމެ އަތޮޅެއްގައި ހޮސްޕިޓަލެއް އެބަހުއްޓެވެ. ކޮންމެ ރަށެއްގައި ޞިއްޙީ ޚިދުމަތްދޭނެ ހޮސްޕޓަލެއް ނުވަތަ ޞިއްޙީ މަރުކަޒެއް ނުވަތަ ހެލްތު ޕޯސްޓެއް އެބަހުއްޓެވެ. 2008 ނިމުނުއިރު ޞިއްޙީ ޚިދުމަތުގައި 550 ޑޮކްޓަރުންނާއި 1200 ނަރުހުންނާއި 800 ކޮމިޔުނިޓީ ހެލްތުވަރކަރުން ރާއްޖޭގެ ކަންކޮޅުތަކުގައި ޙަރަކާތްތެރިވެއެވެ.
ރައީސް މައުމޫން ޞިއްޙީ ދާއިރާއިން ކޮށްދެއްވި ޚިދުމަތުގެ ތަފްޞީލަށް ބަލައިލުމަކީ މިފަދަ ކުރު މަޒުމޫނެއްގައި ކުރެވޭނެ ކަމެއް ކަމަށް ނުވާތީ، މި ދާއިރާއިން ކޮށްދެއްވި މުހިއްމު ބައެއް ކަންކަން ފާހަގަކޮށްލުމުން ފުއްދައިލާނަމެވެ.
* ޅަފަތުގައި މަރުވާ ކުދީންގެ ނިސްބަތް ކޮންމެ 1000 އަކުން 120 އަށް އޮއްވައި އެ ޢަދަދު 10 އަށް ދަށްކުރެއްވުން.
* 5އަހަރުގެ ދަށުގެ ކުޑަކުދީން މަރުވާ ރޭޓް ކޮންމެ 1000 އަކުން 180 ގައި އޮއްވައި އެ ޢަދަދު ކޮންމެ އެއހާހަކުން 18 އަށް ތިރިކުރެއްވުން
މީހަކު ދިރިހުންނާނެ އެވްރެޖް ޢުމުރު 48 އަހަރުން 73 އަހަރަށް މަތިކުރެއްވުން
* ރާއްޖޭގައި ހުރި ހޮސްޕިޓަލުގެ ޢަދަދު 1 ން 22 އަށް އިތުރުކުރެއްވުން
* ރާއްޖޭގެ ހުރިހާ ކުޑަކުދީންނަށް ވެކްސިން ދިނުމުގެ މަޝްރޫޢު ކާމިޔާބުކަމާއެކު ހިންގެވުން.
* ރާއްޖެއިން ޖުޒާމްބަލި ނައްތައިލެއްވުން
* ޕޯލިޔޯ ނައްތައިލެއްވުން (1997 ގައި)
* މަލޭރިޔާ ނައްތައިލެއްވުން (1984 ގައި)
* ފައިލޭރިޔާ ނައްތައިލެއްވުން
* ޓީބީ (ކެއްސުންބަލި) މައިތިރިކުރެއްވުން. (މިހާރުގެ ނިސްބަތަކީ ކޮންމެ 1000 މީހަކުން 0.01 މީހުންނެވެ.)
=== މަސްވެރިކަމުގެ ޞިނާޢަތު ===
މައުމޫން ރައީސްކަމާ ޙަވާލުވެވަޑައިގަތް އިރު ލަންކާ ސަރުކާރުނަ ވަނީ ރާއްޖޭގެ ހިކިކަނޑުމަސް ގަތުން މުޅިން ހުއްޓައިލައިފައެވެ. މިކަމަށް ޙައްލެއް ހޯއްދެވުމުގެ ގޮތުން 22 އޭޕްރިލް 1979 ގައި ލަންކާ ސަރުކާރާ ވާހަކަދައްކަވައިގެން 27 އޭޕްރިލް 1979 ން ފެށިގެން އަލުން ހިކިކަނޑުމަސް ލަންކާ އަށް ގަންނަ ގޮތަށް ހަމަޖެހި އަދި އަދަށް ދާންދެންވެސް އެކަން ކުރިޔަށް އެބަދެއެވެ.
މަސވެރިންނަށް ލުއި ފަސޭހަކަން ހޯއްދަވައިދެއްވުމުގެ ގޮތުން 1980 ގައި ފެއްޓެވި އޮއިވާލި ކަނދުފަތި ހަރުކުރުމުގެ މަޝްރޫޢުގެ ދަށުން ރާއްޖޭގެ އެކި ސަރަޙައްދުގައި 272 ށްވުރެ ގިނަ ކަނދުފަތި ވަނީ ހަރުކޮށްދެއްވައިފައެވެ.
ޖޮއިންޓް ވެންޗަރ އުޞޫލުން ފެލިވަރުގައި ހިނގަމުންއައި ކޭނިންފެކްޓްރީ އަކީ ސައްތައިން ސައްތަ ސަރުކާރުގެ ކުންފުންޏެއް ކަމުގައި ހަމަޖެއްސެވިއެވެ.
1982 ން ފެށިގެން 2 ވަނަ ޖީލުގެ މަސްދޯނި ފަހަރު ސަރުކާރުގެ ޚަރަދުގައި ބަނދެ، ދިގުމުއްދަތުން އަގު އަދާކުރާ ގޮތަށް މަސްވެރީންނަށް ލިބޭ ގޮތް ހަމަޖެއްސެވިއެވެ.
މަސްވެރީންނަށް މުޖްތަމަޢުގައި ދެވޭ ޤަދަރު އިތުރުކޮށްދެއްވުމަށްޓަކައި 10 ޑިސެމްބަރ އަކީ މަސްވެރިންގެ ދުވަސް ކަމުގައި ކަނޑައަޅުއްވައި 1981 ންފެށިގެން މިދުވަސް ޤައުމީ ފެންވަރުގައި ފާހަގަކުރައްވަން ފެއްޓެވިއެވެ. މަސްވެރިކަމުގެ ޞިނާޢަތު ވާދަވެރި ވިޔަފާރީގެ އުޞޫލުން ހުޅުވައިލައްވައި ބޮޑެތި އިންވެސްޓްމަންޓްތައް ކުރުމުގެ ފުރުޞަތު ފަހިކޮށްދެއްވިއެވެ. (މިނިސްޓްރީ އޮފް ފިޝަރީޒް އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސް 2008)
=== ފަތުރުވެރިކަން ===
1972 ގައި ރާއްޖެއަށް ފަތުރުވެރިކަން ތަޢާރުފު ވީނަމަވެސް 1978 ގެ ނިޔަލަށް ފަތުރުވެރިކަމުން ދައުލަތަށް ލިބޭ އާމްދަނީއެއް ނެތެވެ. އެއީ ވަކި ބަޔެއްގެ ޖީބަށް ވަންނަ ފައިސާއެއް ކަމުގައި އޮތީވެފައެވެ. ފަންނީ އެއްވެސް ބަޔެއް މުޅި ދާއިރާގައިވެސް ނެތި، ކުރެވެމުން އައި މަސައްކަތް އެއީ ޤައުމީ އިޤްތިޞާތުގެ އެންމެ ވަރުގަދަ ތަނބުކަމުގައި ހެއްދެވިއެވެ. 1987 ގައި ފަތުރުވެރިކަމުގެ ދާއިރާއަށް މީހުން ތަމްރީނު ކުރުމަށްޓަކައި [ސްކޫލް އޮފް ހޮޓެލް އެންޑް ކޭޓަރިންގ] ގެނަމުގައި މަރުކަޒެއް ޤައިމުކުރެއްވި އެވެ. ވިސްނުންތެރިކަމާއި ރޭއްވެވުމާއެކު ތިމާވެއްޓާ ރައްޓެހި، ދެމެހެއްޓެނިވި ގޮތެއްގައި މިމަސައްކަތް ތަރައްޤީ ކުރައްވައި މުޅި ދުނިޔޭގެ ރަންވަނަތައް ޙާޞިލުކުރެއްވިއެވެ. (މިނިސްޓްރީ އޮފް ޓޫރިޒަމް 2008)
=== ރާއްޖެތެރެ ތަރައްގީ ކުރުމުގެ މަޝްރޫޢު ===
މައުމޫން ރައީސްކަމާ ޙަވާލުވެވަޑައިގަތްއިރު، ރަށްރަށުގެ މިސްކިތްތަކާއި ރަށު އޮފީސްތަކަކީ ސަރުކާރުން ޢިމާރާތް ކުރައްވާ ތަންތަނެއް ނޫނެވެ. އެއީ ރައްޔިތުން އަމިއްލަޔަށް އެމީހުންގެ ޚަރަދުގައި ބިނާކޮށްފައި ހުރި ދެރަވަރުގެ ތަންތަނެވެ. ފުރާޅުގައި ފަންލައި ބިތުގައި ގޯނިދަމައިފައި ނުވަތަ ރާނައި ސިމެންތި ނުޖަހައި ހުންނަނ އޮފީސްތައް ބައިވަރެވެ. މިސްކިތުގައި ބައްތިދިއްލައި ކުނާ އަޅައި ހެދުމަކީ ސަރުކާރަކާ ބެހޭ ކަމެއް ނޫނެވެ. ރަށު އޮފީސްތަކަކީ ސަރުކާރުގެ ތަނަތަނަށް ނުވާތީ އެތަންތާނގައި ޤައުމީ ދިދަ ނެގުމެއްވެސް ނޯވެއެވެ. ރަށު އޮފީހުގައި ތިއްބަވަނީ ކަތީބަކާއި ކުޑަކަތީބަކު އެކަންޏެވެ.
މިކަން މިހެން އޮއްވައި މިއަދު މިފެންނަ މިންވަރަށް ރަށު އޮފީސްތަކާއި މިސްކިތްތައް ރާއްޖެތެރެ ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން ތަރައްޤީކުރެއްވިއެވެ. މުވައްޒިފުން ލައްވައި ޤައުމީ ދިދަ ނަގައި ޒަމާނީކުރެއްވިއެވެ.
=== އެހެނިހެން ބައެއް ކަންކަން ===
ރައީސް މައުމޫންގެ ޒަޢާމަތުގައި ދިވެހި ޤައުމަށް ކުރެއްވި ޚިދުމަތްތައް ބަޔާންކުރުމަށް މަދު ޞަފުޙާތަކެއް ނުފުދެއެވެ. ބޭނުންވަނީ އެއްތަ ބައިވަރު ފޮތްތަކެކެވެ. އެހެންކަމުން އެ އުނދަގޫ މަސައްކަތްކުރުމަށް ޢުޛުރުވެރިވުމާއެކު އެ މަނިކުފާނުގެ މުހިއްމު އެހެން ބައެއް ޚިދުމަތްތައް ލިސްޓުކޮށްލުމުން ފުއްދައިލާނަމެވެ.
* މާލޭ ބިންހިއްކުމުގެ މަޝްރޫޢު
* މާލޭ މަގުހެދުމުގެ މަޝްރޫޢު
* ރަށްރަށުގެ ބަނދަރުހެދުމާއި ލަފައިފުރުމުގެ ދަތިކަން ޙައްލުކޮށްދެއްވުން
* އިސްލާމީ މަރުކަޒު ބިނާކުރުން
* އިލެކްޓްރިކް އަލިން ރާއްޖޭގެ ކަންކޮޅުތައް ދިއލައިލެއްވުން
* ރައީސް އޮފީހާއި ތީމުގެ ޒަމާނީ ފެންވަރަށް ޢިމާރާތްކުރުން
* އާސާރީ ތަރިކާ ޙމާޔަތްކުރެއްވުމުގެ ގޮތުން ހުކުރުމިސްކިތާއި ޢީދުމިސްކިތާއި މިފަދަ އެހެން މިސްކިތަތައް ދިގުމުއްދަތަކަށް ހުންނާނެ ގޮތަށް ސައެންޓިފިކް ގޮތުން ރައްކާތެރިކުރުން.
* ނޫސްވެރިކަން ތަރައްޤީކުރައްވައި ޒަމާނީކުރެއްވުން
* އިޖްތިމާޢީ ޚިދުމަތްތެރީންނަށް ހިތްވަރު ދެއްވުމަށްޓަކައި ޤައުމީ އިނާމް ތަޢާރުފުކުރެއްވުން.
* ސިފައިން ތަރައްޤީކުރައްވައި ޒަމާނީކުރެއްވުމާއެކު ފުލުހުންނަކީ މަދަނީ ބަޔެއްގެ ގޮތުގައި ހަމަޖެއްސެވުން.
* އަތޮޅުތަކަށް ވައިގެ ދަތުރުފަތުރުގެ ޚިދުމަތް ތަޢާރުފްކުރެއްވުމަށްޓަކައި ސަރަޙައްދީ ވައިގެ ބަނދަރުތައް ޤާއިމުކުރެއްވުން
* ސިފައިންނާއި ފުލުހުންގެ ޚިދުމަތް އަތޮޅުތަކަށް ފުޅާކުރެއްވުން.
* ޗާޕުގެ ޚިދުމަތް ތަރައްޤީކުރައްވައި ފުޅާކުރެއްވުން.
* އިންފޮރމޭޝަން ކޮމިޔުނިކޭޝަން ޓެކްނޮލޮޖީ ރާއްޖެއަށް ތަޢާރުފްކުރައްވައި ޢާއްމުކުރެއްވުން.
* މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އުފެއްދެވުން.
* މަލްޓިޕާޓީ ޑިމޮކްރެސީ ތަޢާރަފްކުރެއްވުން.
* ރަށުކޯޓުތައް އުފެއްދެވުން.
* ހައިކޯޓާއި ސުޕްރީމް ކޯޓް އުފެއްދެވުން.
{| class="wikitable" style="text-align:center; width:70%; margin: 1em auto 1em auto; "
|-
|ކުރިން ހުންނެވީ:<br />[[އިބްރާހީމް ނާޞިރު]]|| bgcolor="LightGray" | '''[[ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ]]'''<br />1978-2008|| ފަހުން ވަޑައިގަތީ:<br />'''[[މުޙައްމަދު ނަޝީދު]]'''
|}
==ރިފަރެންސް==
* [[ރޯއިސްޓަން އެލިސް]] ލިޔުއްވާފައިވާ [[އަ މޭން ފޯރ އޯލް އައިލެންޑްސް]] - ISBN 981-204-852-9
* ހަދާނާއި ތާރީޚްގެ ތެރެއިން - 1 ވަނަ ބައި - އަހުމަދު ނަޖީބް - 2006
==އިތުރު ފާލަންތައް==
*[https://web.archive.org/web/20041210094828/http://www.presidencymaldives.gov.mv/v3/ ދިވެހި ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާގެ ރަސްމީ ވެބްސައިޓް]
{{wikiquote|Maumoon Abdul Gayoom|މައުމޫނު އަބްދުލް ޤައްޔޫމް}}
{{commonscat|Maumoon Abdul Gayyoom}}
{{MaldivesPresidents}}
[[ޤިސްމު:ދިވެހި ސިޔާސީ ލީޑަރުން|Gayoom, Maumoon Abdul]]
[[ޤިސްމު:Knights Grand Cross of the Order of St Michael and St George|Gayoom, Maumoon Abdul]]
[[ޤިސްމު:1937 births|Gayoom, Maumoon Abdul]]
[[ޤިސްމު:Living people|Gayoom, Maumoon Abdul]]
[[ޤިސްމު:ޙަޔާތުނާމާ]]
[[ޤިސްމު:ދިވެހިރާއްޖޭގެ ދީނީ ޢިލްމުވެރީން]]
rtxyzo1fybkt9zrnx3rppyf7gi9skhf
ކީރިތި ޤުރުއާން
0
3633
137612
126684
2026-04-25T08:01:54Z
~2026-25114-36
28269
137612
wikitext
text/x-wiki
[[ފައިލް:Holy quran cover.gif|left|thumb|150 px|ކީރިތި ޤުރްއާނުގެ މުޞްޙަފެއްގެ ބަނޑޭރިގަނޑު]]
'''Quran is a made up piece of dog shit. Amen'''.
== ޤުރުއާނުގެ ތަޢާރުފު ==
"އެއީ ކީރިތި ރަސޫލާ ﷺ މައްޗަށް ޖިބުރީލުގެފާނު މެދުވެރި ކުރައްވައި މީސްތަކުންނަށް ތެދުމަގު ދެއްކެވުމަށްޓަކައި ﷲ ބާވައިލެއްވި، ކިޔެވުން އަޅުކަމެއްކަމުގައި ލައްވާފައިވާ އެކަލާނގެ ކަލާމްފުޅެވެ. އެ ފޮތް އަހަރެމެންނާއި ހަމައަށް އައިސްފައިވަނީ ތަވާތުރުގެ މަގުންނެވެ."<ref>އިސްލާމީ ތަރުބިއްޔަތު ދަރިވަރުންގެ ފޮތް - ގުރޭޑު 8</ref> އަދި އެ ޤުރުއާން ވަނީ ކީރިތި ރަސޫލާ ﷺ ގެ ރިސާލަތުގެ ތެދުކަން ހާމަކޮށްދޭ މުޢުޖިޒާތެއް ކަމުގައި ވެސްމެއެވެ.
އަލްޢައްލާމާ ނާޞިރް އައްސިޢުދީ ވިދާޅުވިއެވެ.<blockquote>އަހަރެމެން ބުނަނީ، ޤުރުއާނަކީ، ﷲ ބާވައިލެއްވި، އެކަލާނގެ ކަލާމްފުޅެވެ. އެއީ މަޚްލޫޤެއް ނޫނެވެ. ޤުރުއާން އައީ އެކަލާނގެ ޙަޟްރަތުންނެވެ. އަދި ޤުރުއާން (ފަހުޒަމާނުގައި) އެނބުރި ދިއުން ވަނީ އެކަލާނގެ ޙަޟްރަތަށެވެ.<ref group="ނޯޓު">އެބަހީ: ޤުރުއާނުން ބަސްފުޅު ވަޙީކުރެއްވީ އެކަލާނގެއެވެ. އަދި ޤުރުއާން (ފަހުޒަމާނުގައި) އެނބުރި ދިއުން ވަނީ އެކަލާނގެ ޙަޟްރަތަށެވެ. ބައްލަވާ: އަލްޢަޤީދަތުލް ވާސިޠިއްޔާގެ، ޝައިޚް އިބްނު ޢުޘައިމީންގެ ޝަރަޙަ، 1 / 382</ref> ޤުރްއާނުގެ ލަފްޡުތަކާއި އޭގެ މާނަޔާއެކު އެބަސްފުޅުތަކުން ޙައްޤުގޮތުގައި ބަސްވަޙީކުރެއްވީ ﷲ އެވެ. އެކަލާނގެ އެދިވޮޑިގެންފި ހިނދަކު އެދިވޮޑިގަތް ބަސްފުޅުތަކުން ބަސްވަޙީކުރެއްވުމުގައި އެކަލާނގެ ދެމިވޮޑިގެން ވެއެވެ. އަދި ވާނޭމެއެވެ. އަދި އެކަލާނގެ ބަސްފުޅުތަކަކީ އެ ހުސްވުމެއް ނުވާ އެއަށް ނިމުމެއް ނުވާ ބަސްފުޅުތަކެކެވެ.<ref>އައްސިޢުދީ، ޢަބްދުއްރަޙްމާން ބިން ނާޞިރް. سؤال وجواب في أهم المهمات</ref></blockquote>
== ޤުރުއާނުގެ ޙުއްޖިއްޔަތު ==
(ޤުރުއާނުން ނެގޭ ދަލީލު ޙުއްޖަތަކަށް ނުވަތަ ދަލީލަކަށް ވާގޮތް)
ޖިބުރީލު ގެފާނު މެދުވެރިކުރައްވައި އެ ޤުރުއާނު ބާވައިލެއްވީ ޢަރަބި ބަހުންނެވެ.
އަދި މިފަދަ ޤުރުއާނެއް ގެނައުމަށް ވަނީ، ޢަރަބީންނަށް ގޮންޖައްސަވާފައެވެ. އެމީހުންނަކީ ބަޔާނާއި ބަލާޣަތާއި ފަޞާޙަތުގެ އަހުލުވެރީން ކަމުގައިވާ ޙާލުވެސް އެމީހުންވަނީ މިކަމަށް ނުކުޅޭދޭކަން ހާމަ ވެފައެވެ. ހަމަ އެއާއެކު މުޅި އިންސާނީ އުއްމަތަށާއި ޖިންނީންނަށް ވެސް ވަނީ ގޮންޖައްސަވާފައެވެ. އަދި މިއަދާއި ހަމަޔަށްވެސް (15 ޤަރުނު ވީއިރުވެސް) އެ ކަން އޮތީ ހަމަ އެހެނެވެ. މިހެން ކަމުން މިއީ ޤުރުއާނަކީ ދަލީލެއް ކަމުގެ ހުއްޖަތެކެވެ.
== ޤުރުއާނުންނެގޭ ޙުކުމްތައް ބެހޭ ބައިތައް ==
{{Islam}}
=== ޤަޠްޢީ ޙުކުމްތައް ===
ކީރިތި ޤުރުއާނުގައި، ޙުކުމްތަކާ ގުޅޭ ބައެއް އާޔަތްތައް (ނަމާދާއި ޒަކާތާއި ރޯދަ ފަރުޟުކުރެއްވި އާޔަތްތަކާއި ވާރިޘުންނަށް ލިބޭ މިންވަރު ބަޔާންކޮށްދީފައިވާ އާޔަތްތަކާއި ތަރިކަމުދާ ބެހުމާ ގުޅޭ އާޔަތްތަކާއި، ޒިނޭއާއި ޤަޒުފާއި ޔަތީމުންގެ މުދާކެއުމާއި ޙައްޤަކާ ނުލައި މީހަކު މެރުން ޙަރާމުކުރެއްވި އާޔަތްތައް ފަދަ އާޔަތްތައް) އައިސްފައި ވަނީ އެއިން އިތުރު މާނައެއް ނުނެގޭ ފަދަ ޤަޠްޢީ (ކަނޑައެޅިގެން ބަޔާންވާ) ގޮތެއްގައެވެ.
=== ޡަންނީ ޙުކުމްތައް ===
ނަމަވެސް ޤުރުއާނުގެ ޙުކުމްތަކާ ގުޅޭ، ގިނަ އާޔަތްތަކުގައިވާ ޙުކުމްތަކަކީ އޭގެ މުރާދު ކަނޑައެޅިގެން ދޭހަނުވާ ޙުކުމްތަކެވެ. ނުވަތަ އެއްމާނަޔަށްވުރެ ގިނަ މާނަ ދޭހަވާ ޙުކުމްތަކެވެ. މުޖުތަހިދުން ބަޙުޘު ކޮށް ހޯދައިގެން ވަކި ގޮތެއް ނެރެންޖެހޭ ޙުކުމްތަކެވެ. މިސާލަކަށް ވުޟޫކުރާއިރު ބޮލުގައި ފެންފުހެންޖެހޭ ވަރު ކަނޑައެޅުމެވެ. އަދި އަންހެނާގެ ޢިއްދައްކީ ކޮބައިކަން ބަޔާންކުރުމެވެ.
ފުރަތަމަ ދެންނެވުނު ޤަޠްޢީ ހުކުމްތަކަކީ ކޮންމެ އިންސާނެއްގެ މައްޗަށް ކަނޑައެޅިގެން ވާޖިބު، އެއަށް ތަބާވާން ޖެހޭ، އަދި އެއާއި ދެކޮޅު ހަދައިފިނަމަ މިއްލަތުން ބޭރުވާނެ ޙުކުމްތަކެވެ. ނަމަވެސް މިއާޚިލާފަށް ދެވަނަ ވައްތަރުކަމުގައި ވާ، ޡަންނީ ޙުކުމްތަކަކީ އޭގައި ދަންނަބޭކަލުންގެ ވިސްނުންފުޅު ތަފާތުވެފައިވާ ޙުކުމްތަކެވެ. އަދި ވަކިމީހެއްގެ ވިސްނުން އަނެކާއާއި ތަފާތުވުމަކީ އަނެކާގެ ޚިޔާލު ދޮގުކޮށް ބާޠިލްކުރެވޭނެ ކަމެއްނޫނެވެ. އެއްވެސްމީހަކަށް އަނެކެއްގެ ވިސްނުމަކީ ގޯސް ބާޠީލު ވިސްނުމެކޭ ނުބުނެވޭނެއެވެ. އެއީ ކޮންމެ ބޭފުޅަކުވެސް އެބޭފުޅެއްގެ ވިސްނުންފުޅު ބިނާކުރައްވަނީ ޝަރުޢީ ދަލީލު ތަކުގެ އަލީގައި ކަމަށްވާތީއެވެ.
== އެހެން ސައިޓުތަކުން ==
* [http://www.presidencymaldives.gov.mv/quran/ ކީރިތި ޤުރުއާނުގެ ދިވެހި ތަރުޖަމާ - ރައީސުލްޖުމްހޫރިއްޔާގެ އޮފީސް]
== ނޯޓުތައް ==
{{reflist|group=ނޯޓު}}
== ރިފަރެންސް ==
{{reflist}}
{{Trans}}
mveu7lhhqgjq3znnnlo7a3zelghp545
137617
137612
2026-04-25T09:46:07Z
Lp0 on fire
28035
Reverted 1 edit by [[Special:Contributions/~2026-25114-36|~2026-25114-36]] ([[User talk:~2026-25114-36|talk]]) to last revision by EN-Jungwon (TwinkleGlobal)
137617
wikitext
text/x-wiki
[[ފައިލް:Holy quran cover.gif|left|thumb|150 px|ކީރިތި ޤުރްއާނުގެ މުޞްޙަފެއްގެ ބަނޑޭރިގަނޑު]]
'''ޤުރުއާނަކީ''' އިސްލާމީ ދުސްތޫރެވެ. މުސްލިމުން ގާތުގައި އެންމެ ޤަދަރު ދެވިގެންވާ ފޮތެވެ.
== ޤުރުއާނުގެ ތަޢާރުފު ==
"އެއީ ކީރިތި ރަސޫލާ ﷺ މައްޗަށް ޖިބުރީލުގެފާނު މެދުވެރި ކުރައްވައި މީސްތަކުންނަށް ތެދުމަގު ދެއްކެވުމަށްޓަކައި ﷲ ބާވައިލެއްވި، ކިޔެވުން އަޅުކަމެއްކަމުގައި ލައްވާފައިވާ އެކަލާނގެ ކަލާމްފުޅެވެ. އެ ފޮތް އަހަރެމެންނާއި ހަމައަށް އައިސްފައިވަނީ ތަވާތުރުގެ މަގުންނެވެ."<ref>އިސްލާމީ ތަރުބިއްޔަތު ދަރިވަރުންގެ ފޮތް - ގުރޭޑު 8</ref> އަދި އެ ޤުރުއާން ވަނީ ކީރިތި ރަސޫލާ ﷺ ގެ ރިސާލަތުގެ ތެދުކަން ހާމަކޮށްދޭ މުޢުޖިޒާތެއް ކަމުގައި ވެސްމެއެވެ.
އަލްޢައްލާމާ ނާޞިރް އައްސިޢުދީ ވިދާޅުވިއެވެ.<blockquote>އަހަރެމެން ބުނަނީ، ޤުރުއާނަކީ، ﷲ ބާވައިލެއްވި، އެކަލާނގެ ކަލާމްފުޅެވެ. އެއީ މަޚްލޫޤެއް ނޫނެވެ. ޤުރުއާން އައީ އެކަލާނގެ ޙަޟްރަތުންނެވެ. އަދި ޤުރުއާން (ފަހުޒަމާނުގައި) އެނބުރި ދިއުން ވަނީ އެކަލާނގެ ޙަޟްރަތަށެވެ.<ref group="ނޯޓު">އެބަހީ: ޤުރުއާނުން ބަސްފުޅު ވަޙީކުރެއްވީ އެކަލާނގެއެވެ. އަދި ޤުރުއާން (ފަހުޒަމާނުގައި) އެނބުރި ދިއުން ވަނީ އެކަލާނގެ ޙަޟްރަތަށެވެ. ބައްލަވާ: އަލްޢަޤީދަތުލް ވާސިޠިއްޔާގެ، ޝައިޚް އިބްނު ޢުޘައިމީންގެ ޝަރަޙަ، 1 / 382</ref> ޤުރްއާނުގެ ލަފްޡުތަކާއި އޭގެ މާނަޔާއެކު އެބަސްފުޅުތަކުން ޙައްޤުގޮތުގައި ބަސްވަޙީކުރެއްވީ ﷲ އެވެ. އެކަލާނގެ އެދިވޮޑިގެންފި ހިނދަކު އެދިވޮޑިގަތް ބަސްފުޅުތަކުން ބަސްވަޙީކުރެއްވުމުގައި އެކަލާނގެ ދެމިވޮޑިގެން ވެއެވެ. އަދި ވާނޭމެއެވެ. އަދި އެކަލާނގެ ބަސްފުޅުތަކަކީ އެ ހުސްވުމެއް ނުވާ އެއަށް ނިމުމެއް ނުވާ ބަސްފުޅުތަކެކެވެ.<ref>އައްސިޢުދީ، ޢަބްދުއްރަޙްމާން ބިން ނާޞިރް. سؤال وجواب في أهم المهمات</ref></blockquote>
== ޤުރުއާނުގެ ޙުއްޖިއްޔަތު ==
(ޤުރުއާނުން ނެގޭ ދަލީލު ޙުއްޖަތަކަށް ނުވަތަ ދަލީލަކަށް ވާގޮތް)
ޖިބުރީލު ގެފާނު މެދުވެރިކުރައްވައި އެ ޤުރުއާނު ބާވައިލެއްވީ ޢަރަބި ބަހުންނެވެ.
އަދި މިފަދަ ޤުރުއާނެއް ގެނައުމަށް ވަނީ، ޢަރަބީންނަށް ގޮންޖައްސަވާފައެވެ. އެމީހުންނަކީ ބަޔާނާއި ބަލާޣަތާއި ފަޞާޙަތުގެ އަހުލުވެރީން ކަމުގައިވާ ޙާލުވެސް އެމީހުންވަނީ މިކަމަށް ނުކުޅޭދޭކަން ހާމަ ވެފައެވެ. ހަމަ އެއާއެކު މުޅި އިންސާނީ އުއްމަތަށާއި ޖިންނީންނަށް ވެސް ވަނީ ގޮންޖައްސަވާފައެވެ. އަދި މިއަދާއި ހަމަޔަށްވެސް (15 ޤަރުނު ވީއިރުވެސް) އެ ކަން އޮތީ ހަމަ އެހެނެވެ. މިހެން ކަމުން މިއީ ޤުރުއާނަކީ ދަލީލެއް ކަމުގެ ހުއްޖަތެކެވެ.
== ޤުރުއާނުންނެގޭ ޙުކުމްތައް ބެހޭ ބައިތައް ==
{{Islam}}
=== ޤަޠްޢީ ޙުކުމްތައް ===
ކީރިތި ޤުރުއާނުގައި، ޙުކުމްތަކާ ގުޅޭ ބައެއް އާޔަތްތައް (ނަމާދާއި ޒަކާތާއި ރޯދަ ފަރުޟުކުރެއްވި އާޔަތްތަކާއި ވާރިޘުންނަށް ލިބޭ މިންވަރު ބަޔާންކޮށްދީފައިވާ އާޔަތްތަކާއި ތަރިކަމުދާ ބެހުމާ ގުޅޭ އާޔަތްތަކާއި، ޒިނޭއާއި ޤަޒުފާއި ޔަތީމުންގެ މުދާކެއުމާއި ޙައްޤަކާ ނުލައި މީހަކު މެރުން ޙަރާމުކުރެއްވި އާޔަތްތައް ފަދަ އާޔަތްތައް) އައިސްފައި ވަނީ އެއިން އިތުރު މާނައެއް ނުނެގޭ ފަދަ ޤަޠްޢީ (ކަނޑައެޅިގެން ބަޔާންވާ) ގޮތެއްގައެވެ.
=== ޡަންނީ ޙުކުމްތައް ===
ނަމަވެސް ޤުރުއާނުގެ ޙުކުމްތަކާ ގުޅޭ، ގިނަ އާޔަތްތަކުގައިވާ ޙުކުމްތަކަކީ އޭގެ މުރާދު ކަނޑައެޅިގެން ދޭހަނުވާ ޙުކުމްތަކެވެ. ނުވަތަ އެއްމާނަޔަށްވުރެ ގިނަ މާނަ ދޭހަވާ ޙުކުމްތަކެވެ. މުޖުތަހިދުން ބަޙުޘު ކޮށް ހޯދައިގެން ވަކި ގޮތެއް ނެރެންޖެހޭ ޙުކުމްތަކެވެ. މިސާލަކަށް ވުޟޫކުރާއިރު ބޮލުގައި ފެންފުހެންޖެހޭ ވަރު ކަނޑައެޅުމެވެ. އަދި އަންހެނާގެ ޢިއްދައްކީ ކޮބައިކަން ބަޔާންކުރުމެވެ.
ފުރަތަމަ ދެންނެވުނު ޤަޠްޢީ ހުކުމްތަކަކީ ކޮންމެ އިންސާނެއްގެ މައްޗަށް ކަނޑައެޅިގެން ވާޖިބު، އެއަށް ތަބާވާން ޖެހޭ، އަދި އެއާއި ދެކޮޅު ހަދައިފިނަމަ މިއްލަތުން ބޭރުވާނެ ޙުކުމްތަކެވެ. ނަމަވެސް މިއާޚިލާފަށް ދެވަނަ ވައްތަރުކަމުގައި ވާ، ޡަންނީ ޙުކުމްތަކަކީ އޭގައި ދަންނަބޭކަލުންގެ ވިސްނުންފުޅު ތަފާތުވެފައިވާ ޙުކުމްތަކެވެ. އަދި ވަކިމީހެއްގެ ވިސްނުން އަނެކާއާއި ތަފާތުވުމަކީ އަނެކާގެ ޚިޔާލު ދޮގުކޮށް ބާޠިލްކުރެވޭނެ ކަމެއްނޫނެވެ. އެއްވެސްމީހަކަށް އަނެކެއްގެ ވިސްނުމަކީ ގޯސް ބާޠީލު ވިސްނުމެކޭ ނުބުނެވޭނެއެވެ. އެއީ ކޮންމެ ބޭފުޅަކުވެސް އެބޭފުޅެއްގެ ވިސްނުންފުޅު ބިނާކުރައްވަނީ ޝަރުޢީ ދަލީލު ތަކުގެ އަލީގައި ކަމަށްވާތީއެވެ.
== އެހެން ސައިޓުތަކުން ==
* [http://www.presidencymaldives.gov.mv/quran/ ކީރިތި ޤުރުއާނުގެ ދިވެހި ތަރުޖަމާ - ރައީސުލްޖުމްހޫރިއްޔާގެ އޮފީސް]
== ނޯޓުތައް ==
{{reflist|group=ނޯޓު}}
== ރިފަރެންސް ==
{{reflist}}
{{Trans}}
hylegfb8v7k0s4h1zn8k9uc545hcxbm
ޢަބްދުލްމަޖީދު ޢަބްދުލްބާރީ
0
6003
137604
137595
2026-04-24T12:43:50Z
Memberuser
25611
137604
wikitext
text/x-wiki
{{Infobox officeholder
| death_date = 22 މޭ 2018 (55 އަހަރުގައި)
| image = Abdul Majeed Abdul Bari portrait.jpg
| death_place = [[ކޮޅުނބު]], ސްރީލަންކާ
| office = އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު (މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް)
| term_start = 12 ނޮވެންބަރު 2008
| term_end = 12 ފެބުރުވަރީ 2012
| name = ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީ
| president = [[މުޙައްމަދު ނަޝީދު]]
| successor = [[މުޙައްމަދު ޝަހީމް ޢަލީ ސަޢީދު]]
| otherparty = [[ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ]] (2013–2015)
| party = [[ޢަދާލަތު ޕާޓީ]] (2005–2013; 2015–2018)
| alma_mater = އިސްލާމިކް ޔުނިވަރސިޓީ އޮފް [[މަދީނާ]]
| children = 5
| parents = ބައްޕާފުޅު: އައްޝައިޚު ޢަބްދުލްބާރީ
| caption = ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީ
}}
ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީގެ ބައްޕާފުޅަކީ އައްޝައިޚު ޢަބްދުލްބާރީއެވެ. ޑރ. ޢަބްދުލްމަޖީދު ފުރަތަމަ ތަޢުލީމު ޙާޞިލުކުރެއްވީ، އެމަނިކުފާނުގެ އުފަން ރަށް [[އައްޑުއަތޮޅު|އައްޑު އަތޮޅު]] [[ހުޅުދޫ (އައްޑުއަތޮޅު)|ހުޅުދޫ]] މަދަރުސާއިންނާއި، އެ އަތޮޅު [[ފޭދޫ (އައްޑުއަތޮޅު)|ފޭދޫ]] ސްކޫލުންނެވެ. އެއަށްފަހު، [[މާލެ]] ވަޑައިގެން އީ.ޕީ.އެސް ސްކޫލުން ތައުލީމު ޙާޞިލުކުރެއްވިއެވެ. އިތުރަށް ތަޢުލީމު ޙާޞިލުކުރެއްވުމަށް [[ޕާކިސްތާން|ޕާކިސްތާނު]]ގެ ޖާމިޢާ ސަލަފިއްޔާއަށާއި، ޖާމިޢާ ތަޢުލީމާތަށް ވަޑައިގެންނެވީ 1979ވަނަ އަހަރުއެވެ. އޭރު ވެސް ޢަރަބި އިސްލާމީ ތަޢުލީމަށް ލޯބިކުރެއްވި ޑރ. ޢަބްދުލްމަޖީދު، [[ސައޫދީ އަރަބިއްޔާ|ސަޢޫދީ އަރަބިއްޔާ]]ގެ މަދީނާ އިސްލާމިކް ޔުނިވަރސިޓީއަށް ވަދެވަޑައިގަތީ 1982ވަނަ އަހަރުއެވެ. ޘާނަވީ ތަޢުލީމުން ފެށިގެން ޕީ.އެޗް.ޑީ.އާ ހަމަޔަށް ކިޔަވައިވިދާޅުވީ އެ ޔުނިވަރސިޓީގައެވެ. އެގޮތުން، އެ ޔުނިވަރސިޓީން ދަޢުވާ، އުޞޫލުއްދީން [ތިއޮލޮޖީ] އިން 1989ވަނަ އަހަރު ބެޗްލަރސް ޑިގްރީ ޙާޞިލުކުރެއްވިއެވެ. ބެޗްލަރސް ޑިގްރީގައި އެ މަނިކުފާނު ޑިސަރޓޭޝަން ލިޔުއްވައިފައިވަނީ [ރާއްޖެ އިސްލާމްވުން] މި މައުޟޫޢުގެ މައްޗަށެވެ. އޭގެފަހުން އެ ޔުނިވަރސިޓީގައި މާސްޓަރސް ހެއްދެވުމުގެ ފުރުޞަތު ވެސް ޑރ. ޢަބްދުލްމަޖީދަށް ލިބިވަޑައިގެންނެވިއެވެ. މާސްޓަރސް ހެއްދެވީ ތަފްސީރު، [އިންޓަރޕްރިޓޭޝަން އޮފް ޤުރްއާން] ޢުލޫމުލްޤުރްއާނުން 1993ވަނަ އަހަރުއެވެ. ޕީ.އެޗް.ޑީ ޙާޞިލުކުރެއްވީ 1997ވަނަ އަހަރުއެވެ.
ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީއަކީ މަދީނާ ޔުނިވަރސިޓީން ޕީ.އެޗް.ޑީ ޙާޞިލުކުރެއްވި ފުރަތަމަ ދިވެހި ޢިލްމުވެރިޔާއެވެ. އެ މަނިކުފާނު ލިޔުއްވި ތީސީސް، [[ސައޫދީ އަރަބިއްޔާ|ސަޢޫދީ އަރަބިއްޔާ]]ގައި ވަނީ ތިން ފަހަރެއްގެ މަތިން ޗާޕުކޮށް، ލައިބްރަރީތަކުގައްޔާއި، ތަޢުލީމު ދޭ އެކިއެކި މަރުކަޒުތަކުގައި ބޭނުންކުރަމުންދާ ފޮތަކަށްވެފައެވެ.
ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީ ރާއްޖެ ވަޑައިގަތުމުން ފުރަތަމަ ހަމަޖެއްސެވީ އިސްލާމީ ކަންތައްތަކާ ބެހޭ އެންމެ މަތީ މަޖިލީހުގެ ދީނީ ޝިޢާރުތަކާ ބެހޭ ބައިގެ ޑިރެކްޓަރުކަމުގެ މަޤާމަށެވެ. އެއީ 1999 ނޮވެންބަރު 1 ގައެވެ. ފުރަތަމަ މަސައްކަތްޕުޅު ކުރެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ އެންމެ މަތީ މަޖިލީހުގެ މުދީރުގެ މަޤާމުގައެވެ. އެއަށްފަހު، ކީރިތި ޤުރްއާނާ ބެހޭ މަރުކަޒު އުފެއްދެވުމާ ގުޅިގެން، އެ ތަނުގެ މުދީރަކަށް 2000ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 11ވަނަ ދުވަހު ޢައްޔަންކުރެއްވިއެވެ. މަޢުހަދުއްދިރާސާތިލްއިސްލާމިއްޔާގެ މުދައްރިސެއްގެ ގޮތުގައި ޚިދުމަތް ކުރައްވަން ފަށްޓަވައިފައިވަނީ 2001ވަނަ އަހަރުއެވެ. 2006ވަނަ އަހަރު އިސްލާމީ ކަންތައްތަކާ ބެހޭ އެންމެ މަތީ މަޖިލީހުގެ ދީނީ ހޭލުންތެރިކުރުމާ ބެހޭ ބައިގެ އެންމެ އިސް ބޭފުޅަކަށް ޑރ. ޢަބްދުލްމަޖީދު ހަމަޖެއްސެވިއެވެ.
މިހާރު ޢަމަލުކުރަމުންގެންދާ [[ދިވެހިރާއްޖޭގެ ޤާނޫނު އަސާސީ|ޤާނޫނުއަސާސީ]]ގެ ދަށުން އަލަށް ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް އިންތިޚާބުވެވަޑައިގެންނެވި ރައީސް [[މުޙައްމަދު ނަޝީދު]]، 2008ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 11ވަނަ ދުވަހު އެކުލަވައިލެއްވި ކެބިނެޓްގެ އިސްލާމިކް މިނިސްޓަރަކީ ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީއެވެ. އޭގެފަހުން، [[ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ]]ގެ ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯގައި ސީނިއަރ ލެކްޗަރަރއެއްގެ ގޮތުގައި 6 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތްކުރައްވައިފައިވެއެވެ. އޭގެއިތުރުން، [[ވިލާ ކޮލެޖު]]ގެ ލެކްޗަރަރއެއްގެ ގޮތުގައި ވެސް 7 އަހަރު ޚިދުމަތް ކުރެއްވިއެވެ.
[[ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ]]ގައި ފެށި މާސްޓަރ އޮފް ޝަރީޢާ ކޯހުގެ މުޤައްރަރު އެކުލަވައިލައްވައި، އެ ކޯހުގައި ކިޔަވައިދެއްވިއެވެ. އެމަނިކުފާނުގެ ފާހަގަކޮށްލެވޭ މަސައްކަތްޕުޅުތަކުގެ ތެރޭގައި، [[ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ|ޤައުމީ ޔުނިވަރސިޓީ]]އާއި، [[ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ|އިސްލާމީ ޔުނިވަރސިޓީ]]އާއި، [[ވިލާ ކޮލެޖު|ވިލާ ކޮލެޖާއި]]، ކީރިތި ޤުރްއާނާ ބެހޭ މަރުކަޒުގައި ކިޔެވި ދަރިވަރުންނަށް، އެ ދަރިވަރުންގެ ކިޔެވުމުގެ ދާއިރާގައި އެސައިންމަންޓް ހެދުން ފަދަ ބޭނުންތަކަށް ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދެއްވުމަކީ ވަރަށްބޮޑު އަހަންމިއްޔަތު ކަމެއް ދެއްވައިގެން ކުރެއްވި މަސައްކަތްޕުޅެކެވެ.
ޑރ. ޢަބްދުލްމަޖީދަކީ، ތަފާތު އެކިއެކި މައުޟޫޢުތަކަށް ފޮތްތައް ލިޔުއްވާފައިވާ ބޭފުޅެކެވެ. އޭގެތެރެއިން 6 ފޮތެއް ވަނީ ޝާއިޢުކުރެވިފައެވެ. އޭރު ކޮންމެ ހުކުރު ދުވަހަކު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ޝާއިޢު ކުރެއްވި [ހިދާޔަތުގެ އަލި] މި ނޫހަށް ޢިލްމީ މަޒުމޫނުތައް ލިޔުއްވިއެވެ. އަދި ތަފާތު އެތައް މައުޟޫޢަކަށް ހުކުރު ޚުޠުބާ ވެސް ހައްދަވައިދެއްވިއެވެ. ދީނީ ހޭލުންތެރިކަން އިތުރުކުރެއްވުމުގެ ގޮތުން ޓީ.ވީ އާއި ރޭޑިޔޯ މެދުވެރިކޮށް ހޭލުންތެރިކުރުވުމުގެ ތަފާތު ޕުރޮގްރާމްތަކުގައި ޑރ. ޢަބްދުލްމަޖީދު ބައިވެރިވެވަޑައިގެންފައިވެއެވެ.
ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީގެ ހަނދާނަށް 2019ވަނަ އަހަރު ވަނީ އިސްލާމްދީނަށް ހޭލުންތެރިކަން އިތުރުކުރުމާއި، ޚިދުމަތް ކުރުމާއި، ދީނީ ޢިލްމު އުނގަންނައިދިނުމުގެ ދާއިރާއިން؛ ޝަރަފުވެރިކަމުގެ ޤައުމީ އިނާމު އަރުވައިފައެވެ.
ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީ އަވަހާރަވީ [[އޮޅުދޫކަރަ|ސްރީލަންކާ]]ގައި އޮތް ބައްދަލުވުމަކަށް ވަޑައިގެން އުޅުއްވަނިކޮށް ކުއްލި އާލާސްކަންފުޅެއް ޖެހިވަޑައިގެން، ފަރުވާދެމުން ގެންދަނިކޮށް 2018ވަނަ އަހަރުގެ މޭ މަހުގެ 22ވަނަ ދުވަހު ޢުމުރުފުޅުން 56 އަހަރުފުޅުގައެވެ. ފަސްދާނުލައިފައިވަނީ [[އޮޅުދޫކަރަ|ސްރީލަންކާ]]ގެ [[ކޮޅުނބު|ކޮލަމްބޯ]] 4 ގެ ޖާވައްތަ މުސްލިމް ސަހަރާގައެވެ.
[[ޤިސްމު:ޕީއެޗްޑީ ހަދާފައިވާ ދިވެހިން]]
[[ޤިސްމު:ޙަޔާތުނާމާ]]
[[ޤިސްމު:ދިވެހިރާއްޖޭގެ ދީނީ ޢިލްމުވެރީން]]
ogh9za7hgrfx8hbjfnjnf5c3kdh7eez
137605
137604
2026-04-24T12:44:21Z
Memberuser
25611
137605
wikitext
text/x-wiki
{{Infobox officeholder
| death_date = 22 މޭ 2018 (55 އަހަރުގައި)
| image = Abdul Majeed Abdul Bari.jpg

cvv0wz45er5k61fbzqiunq35934vnfb
137606
137605
2026-04-24T12:49:04Z

[[ފައިލު:Abdul Majeed Abdul Bari signing letter of appointment.jpg|thumb|253x253px|ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީ، ވަޒީރުކަމުގެ ހުވައިގެ އިޤްރާރުގައި ސޮއިކުރައްވަނީ]]

mjrvl86kpfz4onq9v8ved3o3so4yz31
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ
0
11605
137602
137226
2026-04-24T12:28:57Z
Memberuser
25611
137602
wikitext
text/x-wiki
[[ފައިލު:Mdp logo.jpg|thumb|އެމްޑީޕީގެ ލޯގޯ]]
ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) (އިނގިރޭސި: [[:en:Maldivian_Democratic_Party|Maldivian Democratic Party]]) އަކީ [[ދިވެހިރާއްޖެ|ދިވެހިރާއްޖޭ]]ގައި ޙަރަކާތްތެރިވާ ސިޔާސީ ޕާޓީއެކެވެ. އެމްޑީޕީ އުފެދުނީ 2005ވަނަ އަހަރުގައެވެ. މިހައިތަނަށް ދެ ފަހަރެއްގެ މަތީން އެމްޑީޕީން [[ދިވެހިރާއްޖެ|ދިވެހިރާއްޖޭ]]ގެ ވެރިކަމަށް އައިސްފައިވެއެވެ.
އެމްޑީޕީ އެންމެ ފުރަތަމަ ޤާއިމުކުރެވުނީ [[އޮޅުދޫކަރަ|ސިލޯނު]]ގެ [[ކޮޅުނބު]]ގައި އަރުވައިލެވިގެން ތިބެ، ނޮވެންބަރު 2003 ގައެވެ. ސިޔާސީ ޕާޓީ ހިންގުން ރައީސް [[މައުމޫން ޢަބްދުލް ޤައްޔޫމް|އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް]]ގެ ސަރުކާރުން މަނާކޮށްފައި އޮތް ނަމަވެސް، އެމްޑީޕީން ދިޔައީ ޕާޓީ އުފެއްދުމަށް ބޭނުންވާ 42 މީހުންގެ ސޮއި ހޯދުމާއެކު، މުޅި ދިވެހިރާއްޖޭގައި އިންތިޒާމުވަމުންނެވެ.
ޖަނަވަރީ 2005 ގައި ބޭއްވުނު [[ރައްޔިތުންގެ މަޖިލިސް|ރައްޔިތުންގެ މަޖިލީހުގެ]] އިންތިޚާބުގައި އެމްޑީޕީއަށް ތާޢީދުކުރާ ފަރާތްތަކުން އެ ކަން ޢާންމުކޮށް އިޢުލާންކޮށް ފުރަތަމަ ފަހަރަށް އެމްޑީޕީއަށް ނިސްބަތްވާ ކެންޑިޑޭޓުން [[ރައްޔިތުންގެ މަޖިލިސް|ރައްޔިތުންގެ މަޖިލީހުގެ]] އިންތިޚާބުގައި ވާދަކުރިއެވެ. މިއާއެކު ޖޫން 2005 ގައި ޤާނޫނީ އޮނިގަނޑަށް ބަދަލު ގެނެސް، ދިވެހިރާއްޖޭގައި ސިޔާސީ ޕާޓީތައް ރަޖިސްޓަރީ ކުރުމަށް ޤާނޫނީ ބާރު ލިބި، ފުރަތަމަ ފަހަރަށް ހުއްދަ ލިބިގެންދިޔައެވެ. އެމްޑީޕީ ރަޖިސްޓްރީ ކޮށްފައިވަނީ 26 ޖޫން 2005 ގައެވެ.
ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ގިނަ ޕާޓީ އެކުލެވޭ ވާދަވެރި ރިޔާސީ އިންތިޚާބެއް ބޭއްވީ 2008ވަނަ އަހަރުގެ އޮކްޓޫބަރު މަހުއެވެ. އެ އިންތިޚާބުގެ ފުރަތަމަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް 50 އިންސައްތަ ވޯޓު ކާމިޔާބުކުރެވިފައިނުވުމާ އެކު، އިދިކޮޅު ފަރާތްތަކުން އެމްޑީޕީގެ ކެންޑިޑޭޓުގެ ގޮތުގައި ނުކުންނެވި [[މުޙައްމަދު ނަޝީދު|މުޙައްމަދު ނަޝީދަށް]] ތާޢީދުކުރެއްވިއެވެ. ދިވެހިރާއްޖޭގެ އެންމެ ފުރަތަމަ ފަހަރަށް ޑެމޮކްރެޓިކް ހަމަތަކުގެ މަތިން އިންތިޚާބުވެވަޑައިގަތް ރައީސްގެގޮތުގައި އެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު 54 އިންސައްތައިން ކާމިޔާބުކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓް [[މުޙައްމަދު ނަޝީދު|ރައީސް މުޙައްމަދު ނަޝީދެވެ]]. 2013ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވެސް އެމްޑީޕީން ވާދަކުރިއެވެ. ނަމަވެސް އެ އިންތިޚާބު ކާމިޔާބުކޮށްފައިވަނީ [[ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް|ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)]] ގެ ފަރާތުން ވާދަކުރެއްވި [[ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް|ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމެވެ]]. 2018ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އެމްޑީޕީއާއި ގުޅިފައިވާ ޕާޓީތަކުގެ ކޯލިޝަނުގެ ކެންޑިޑޭޓްގެ ގޮތުގައި އެމްޑީޕީގެ [[އިބްރާހީމް މުޙައްމަދު ޞާލިޙް]] ވާދަކުރައްވައި އެ އިންތިޚާބު ކާމިޔާބުކުރެއްވިއެވެ.
އެމްޑީޕީގެ މިހާރުގެ ރައީސަކީ [[ދިވެހިރާއްޖެ|ދިވެހިރާއްޖޭ]]ގެ ކުރީގެ ފޮރިން މިނިސްޓަރު [[ޢަބްދުﷲ ޝާހިދު|ޢަބްދުﷲ ޝާހިދެވެ.]] ޗެއަރޕާސަނަކީ [[ދިވެހިރާއްޖެ|ދިވެހިރާއްޖޭ]]ގެ ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޟް އިސްމާޢީލެވެ.
== އިންތިޚާބުތައް ==
=== <u>ރިޔާސީ އިންތިޚާބު</u> ===
{| class="wikitable"
! rowspan="2" |'''އިންތިޚާބު'''
! rowspan="2" |ޕާޓީގެ ކެންޑިޑޭޓު
! rowspan="2" |ރަނިންގ މޭޓު
!'''ލިބުނު ވޯޓުގެ ޢަދަދު'''
!'''%'''
!'''ލިބުނު ވޯޓުގެ ޢަދަދު'''
!'''%'''
! rowspan="2" |'''ނަތީޖާ'''
|-
! colspan="2" |ފުރަތަމަ ބުރު
! colspan="2" |ދެވަނަ ބުރު
|-
!2008ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު
| rowspan="3" |[[މުޙައްމަދު ނަޝީދު]]
|[[ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކު]]
|44,293
|24.91%
|97,222
|53.65%
|'''ކާމިޔާބު''' {{Y}}
|-
! rowspan="2" |2013ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު
| rowspan="2" |[[މުސްޠަފާ ލުޠުފީ]]
|<s>95,224</s>
|<s>45.45%</s>
| colspan="2" | --------
|'''އިންތިޚާބު ބާޠިލުކޮށްފައި''' {{Nay}}
|-
|96,764
|46.93%
|105,181
|48.61%
|'''ނާކާމިޔާބު''' {{Nay}}
|-
!2018ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު
| rowspan="2" |[[އިބްރާހީމް މުޙައްމަދު ޞާލިޙް]]
|ފައިޞަލް ނަސީމް
|134,616
|58.34%
| colspan="2" | --------
|'''ކާމިޔާބު''' {{Y}}
|-
!2023ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު
|[[މުޙައްމަދު އަސްލަމް]]
|85,989
|39.12%
|109,548
|45.94%
|'''ނާކާމިޔާބު''' {{Nay}}
|}
=== <u>[[ރައްޔިތުންގެ މަޖިލިސް|ރައްޔިތުންގެ މަޖިލީހުގެ]] އިންތިޚާބު</u> ===
{| class="wikitable"
!'''އަހަރު'''
!ޕާޓީގެ ލީޑަރު
!ލިބުނު ވޯޓުގެ ޢަދަދު
!%
!ކާމިޔާބުކުރި ގޮނޑީގެ ޢަދަދު
!+/–
|-
!2005
| -
|68,931
|31.10%
|42 ގޮނޑީގެ ތެރެއިން 18 ގޮނޑި
|ވާދަކުރީ އަލަށް
|-
!2009
| rowspan="3" |[[މުޙައްމަދު ނަޝީދު]]
|51,184
|30.81%
|77 ގޮނޑީގެ ތެރެއިން 26 ގޮނޑި
|{{increase}} 15
|-
!2014
|75,670
|40.78%
|85 ގޮނޑީގެ ތެރެއިން 26 ގޮނޑި
|{{steady}} 0
|-
!2019
|96,354
|45.83%
|87 ގޮނޑީގެ ތެރެއިން 65 ގޮނޑި
|{{increase}} 39
|-
!2024
|[[ޢަބްދުﷲ ޝާހިދު]]
|64,650
|30.73%
|93 ގޮނޑީގެ ތެރެއިން 12 ގޮނޑި
|{{decrease}} 53
|}
== ޕާޓީގެ ލީޑަރުން ==
=== <u>ޕާޓީގެ ރައީސްކަން ކުރެއްވި ބޭފުޅުން</u> ===
{| class="wikitable sortable"
! colspan="2" width="100px" |ނަން
! width="100px" |މުއްދަތު
|-
|[[ފައިލު:Mr_Ibrahim_Ismail.jpg|75x75px]]
|އިބްރާހީމް އިސްމާޢީލް
|20 ޑިސެންބަރު 2005 - 30 އެޕްރީލް 2006
|-
|[[ފައިލު:Dr._Munavvar.jpg|100x100px]]
|[[މުޙައްމަދު މުނައްވަރު|ޑރ. މުޙައްމަދު މުނައްވަރު]]
|2 ޖޫން 2007 - 30 އެޕްރީލް 2008
|-
|[[ފައިލު:Ibrahim_Didi_2011_(cropped).jpg|92x92px]]
|ޑރ. އިބްރާހީމް ދީދީ
|10 މޭ 2011 - 30 އެޕްރީލް 2012
|-
|[[ފައިލު:Mohamed_Nasheed_portrait.jpg|102x102px]]
|[[މުޙައްމަދު ނަޝީދު]]
|1 އެޕްރީލް 2014 - 21 ޖޫން 2023
|-
|[[ފައިލު:Abdulla_Shahid_Foreign_Minister_of_the_Maldives_in_2023_(cropped).jpg|100x100px]]
|[[ޢަބްދުﷲ ޝާހިދު]]
|20 ފެބުރުވަރީ 2024އިން ފެށިގެން
|}
=== <u>ޗެއަރޕާސަންކަން ކުރެއްވި ބޭފުޅުން</u> ===
{| class="wikitable sortable"
! colspan="2" width="100px" |ނަން
! width="100px" |މުއްދަތު
|-
|[[ފައިލު:Mohamed_Nasheed_portrait.jpg|102x102px]]
|[[މުޙައްމަދު ނަޝީދު]]
|26 ޖޫން 2005 - 20 ފެބުރުވަރީ 2008
|-
|
|މާރިޔާ އަޙްމަދު ދީދީ
|12 މޭ 2008 - 19 މޭ 2011
|-
|[[ފައިލު:Reekko_Moosa_Manik.jpg|104x104px]]
|[[ރީކޯ މޫސާ މަނިކު]]
|19 ޖޫން 2011 - 1 އެޕްރީލް 2014
|-
|[[ފައިލު:Ali_Waheed_portrait_2018.jpg|112x112px]]
|ޢަލީ ވަޙީދު
|30 އޮގަސްޓު 2014 - 28 ނޮވެންބަރު 2016
|-
|[[ފައިލު:Hassan_Latheef.jpg|75x75px]]
|ޙަސަން ލަޠީފު
|12 ފެބުރުވަރީ 2017 - 11 ފެބުރުވަރީ 2022
|-
|[[ފައިލު:Fayyaz_Ismail.jpg|112x112px]]
|ފައްޔާޟް އިސްމާޢީލް
|23 މޭ 2022 - 23 ނޮވެންބަރު 2025
|-
|
|ޢަބްދުލްޣަފޫރު މޫސާ
|8 ޑިސެންބަރު 2025 އިން ފެށިގެން (ވަގުތީ ގޮތުން)
|}
[[ޤިސްމު:ސިޔާސީ ޕާޓީ]]
191v2gwr56eurvtyzxcyiavy3z8ejwz
ޢަބްދުﷲ ރާފިޢު
0
15337
137607
137549
2026-04-24T12:58:59Z
Memberuser
25611
137607
wikitext
text/x-wiki
{{Infobox officeholder
| name = ޢަބްދުﷲ ރާފިޢު
| office = މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް
| predecessor = އަޙްމަދު މަޚްލޫފު
| president = [[މުޙައްމަދު މުޢިއްޒު]]
| term_start = 17 ނޮވެންބަރު 2023
| image = Abdulla Rafiu portrait 2026.jpg
| caption = ޢަބްދުﷲ ރާފިޢު، 2026
| native_name_lang = dv
| birth_place = [[އުކުޅަސް (އއ. އަތޮޅު)|އއ. އުކުޅަސް]]، [[ދިވެހިރާއްޖެ]]
}}
ޢަބްދުﷲ ރާފިޢަކީ ދިވެހިރާއްޖޭގެ މިހާރުގެ މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސްއެވެ.
ޢަބްދުﷲ ރާފިޢު ވަނީ ސްޕޯޓްސް ފިޒިއޮތެރަޕީގެ ދާއިރާއިން އިންޑިއަން އިންސްޓިޓިއުޓް އޮފް ފިޒިކަލް މެޑިސިން އެންޑް ރިހެބިލިޓޭޝަންގައި މަތީ ތަޢުލީމު ޙާޞިލުކުރައްވައިފައެވެ.
ޢަބްދުﷲ ރާފިޢު ގެންދަވަނީ، އޮލިމްޕިކް ކުޅިވަރު މުބާރާތްތަކުގައި ދިވެހި ޤައުމީ ޓީމުގެ މެޑިކަލް ލީޑަރުގެ ޙައިސިއްޔަތުން 2019ވަނަ އަހަރުން ފެށިގެން ޚިދުމަތް ކުރައްވަމުންނެވެ. އެކި ކުޅިވަރުތަކުގައި ބައިވެރިވާ ކުޅުންތެރީންގެ ޞިއްޙީ ދުޅަހެޔޮކަން ހިފެހެއްޓުމަށް އެހީތެރިވެދެއްވުމުގެ މަސައްކަތް 2003ވަނަ އަހަރުން ފެށިގެން ވަނީ ފަށްޓަވައިފައެވެ.
ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަނުން 2018ވަނަ އަހަރު، ބަންގްލަދޭޝްގައި ބޭއްވި ސާފް ސުޒުކީ ކަޕް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދައި، [ރަން މެޑެލް] ހާސިލުކުރި ޤައުމީ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވި ޚާއްޞަ އިނާމު ޢަބްދުﷲ ރާފިޢަށް ވަނީ ލިބިވަޑައިގެންފައެވެ. އެ މުބާރާތުގައި ދިވެހި ޤައުމީ ފުޓްބޯޅަ ޓީމުގެ މެޑިކަލް އޮފިޝަލުގެ ގޮތުގައި ޢަބްދުﷲ ރާފިޢު ވަނީ ބައިވެރިވެވަޑައިގަންނަވައިފައެވެ.
lo094avbexwf9a0m8eupl35oau6g4uh
137608
137607
2026-04-24T13:02:03Z
Memberuser
25611
137608
wikitext
text/x-wiki
{{Infobox officeholder
| name = ޢަބްދުﷲ ރާފިޢު
| office = މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް
| predecessor = އަޙްމަދު މަޚްލޫފު
| president = [[މުޙައްމަދު މުޢިއްޒު]]
| term_start = 17 ނޮވެންބަރު 2023
| image = Abdulla Rafiu portrait 2026.jpg
| caption = ޢަބްދުﷲ ރާފިޢު، 2026
| native_name_lang = dv
| birth_place = [[އުކުޅަސް (އއ. އަތޮޅު)|އއ. އުކުޅަސް]]، [[ދިވެހިރާއްޖެ]]
| awards = މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު - 2019
}}
ޢަބްދުﷲ ރާފިޢަކީ ދިވެހިރާއްޖޭގެ މިހާރުގެ މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސްއެވެ.
ޢަބްދުﷲ ރާފިޢު ވަނީ ސްޕޯޓްސް ފިޒިއޮތެރަޕީގެ ދާއިރާއިން އިންޑިއަން އިންސްޓިޓިއުޓް އޮފް ފިޒިކަލް މެޑިސިން އެންޑް ރިހެބިލިޓޭޝަންގައި މަތީ ތަޢުލީމު ޙާޞިލުކުރައްވައިފައެވެ.
ޢަބްދުﷲ ރާފިޢު ގެންދަވަނީ، އޮލިމްޕިކް ކުޅިވަރު މުބާރާތްތަކުގައި ދިވެހި ޤައުމީ ޓީމުގެ މެޑިކަލް ލީޑަރުގެ ޙައިސިއްޔަތުން 2019ވަނަ އަހަރުން ފެށިގެން ޚިދުމަތް ކުރައްވަމުންނެވެ. އެކި ކުޅިވަރުތަކުގައި ބައިވެރިވާ ކުޅުންތެރީންގެ ޞިއްޙީ ދުޅަހެޔޮކަން ހިފެހެއްޓުމަށް އެހީތެރިވެދެއްވުމުގެ މަސައްކަތް 2003ވަނަ އަހަރުން ފެށިގެން ވަނީ ފަށްޓަވައިފައެވެ.
ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަނުން 2018ވަނަ އަހަރު، ބަންގްލަދޭޝްގައި ބޭއްވި ސާފް ސުޒުކީ ކަޕް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދައި، [ރަން މެޑެލް] ޙާޞިލުކުރި ޤައުމީ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންނަށް 2019ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ ދެއްވި މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު ޢަބްދުﷲ ރާފިޢަށް ވަނީ ލިބިވަޑައިގެންފައެވެ. އެ މުބާރާތުގައި ދިވެހި ޤައުމީ ފުޓްބޯޅަ ޓީމުގެ މެޑިކަލް އޮފިޝަލުގެ ގޮތުގައި ޢަބްދުﷲ ރާފިޢު ވަނީ ބައިވެރިވެވަޑައިގަންނަވައިފައެވެ.
rpbs1vvj8s8us4x0zhmmggpo7t50y30
އަޙްމަދު މުޢުތަޞިމް ޢަދުނާން
0
16041
137597
137054
2026-04-24T12:00:50Z
Memberuser
25611
137597
wikitext
text/x-wiki
{{Infobox officeholder
| name = އަޙްމަދު މުޢުތަޞިމް ޢަދުނާން
| native_name_lang = dv
| office = ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު
| term_start = 8 ޑިސެންބަރު 2019
| term_end = 21 ޖުލައި 2025
| nominator = [[އިބްރާހީމް މުޙައްމަދު ޞާލިޙް|އިބްރާހީމް މުޙައްމަދު ޞާލިޙު]]
| predecessor = [[އަޙްމަދު ޢަބްދުﷲ ދީދީ]]
| birth_date = {{Birth date and age|1965|02|09|df=yes}}
| birth_place = [[މާލެ]]، [[ދިވެހިރާއްޖެ]]
| death_date =
| death_place =
| spouse = ފާޠިމަތު އަޒްލިފާ (1989)
| children = 3
| image = Chief Justice Ahmed Muthasim Adnan (cropped).jpg
| caption = އަޙްމަދު މުޢުތަޞިމް ޢަދުނާން
| alma_mater = ޔުނިވަރސިޓީ އޮފް ކޮލަމްބޯ [[އޮޅުދޫކަރަ|ސްރީލަންކާ]]<br/>ޔުނިވަރސިޓީ އޮފް ބަކިންގހަމް، [[އިނގިރޭސިވިލާތް]]<br/>ޔުނިވަރސިޓީ އޮފް ގްލެސްގޯ، ސްކޮޓްލޭންޑް
| office1 = [[ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު]]ގެ ފަނޑިޔާރު
| termstart1 = 2010
| termend1 = 2014
| nominator1 = [[މުޙައްމަދު ނަޝީދު]]
| succeeded = [[ޢަބްދުލްޣަނީ މުޙައްމަދު]]
}}
ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޗީފް ޖަސްޓިސް (ރިޓަޔަރޑް) އަޙްމަދު މުޢުތަޞިމް ޢަދުނާން ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 1965ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 9ވަނަ ދުވަހު ދިވެހިރާއްޖޭގެ ވެރިރަށް [[މާލެ|މާލޭ]]ގައެވެ. ބައްޕާފުޅަކީ އެކިއެކި މަޤާމުތަކުގައި ދިވެހި ދައުލަތަށް ގިނަ ޚިދުމަތްތަކެއް ކުރެއްވި ބޭފުޅެއްކަމުގައިވާ [[އަދުނާން ޙުސައިން|ޢަދުނާން ޙުސައިނެވެ.]]
== ތަޢުލީމު ޙާޞިލުކުރެއްވުން ==
ޗީފް ޖަސްޓިސް (ރިޓަޔަރޑް) އަޙްމަދު މުޢުތަޞިމް ޢަދުނާން، ޤާނޫނީ ދާއިރާއިން މަތީ ތަޢުލީމު ޙާޞިލުކުރައްވަން ފެށްޓެވީ، [[އޮޅުދޫކަރަ|ސްރީލަންކާ]]ގެ ޔުނިވަރސިޓީ އޮފް ކޮލަމްބޯއިންނެވެ. ބެޗްލަރ އޮފް ލޯސް ޙާޞިލުކުރައްވައިފައި ވަނީ، [[އިނގިރޭސިވިލާތް|އިނގިރޭސިވިލާތު]]ގެ ޔުނިވަރސިޓީ އޮފް ބަކިންގހަމްއިންނެވެ. އޭގެފަހުން، ސްކޮޓްލޭންޑްގެ ޔުނިވަރސިޓީ އޮފް ގްލެސްގޯއިން މާސްޓަރ އޮފް ފިލޯސޮފީ ޙާޞިލުކުރައްވައިފައިވެއެވެ. އެ މަނިކުފާނަކީ، ދަ ހޭގް އެކެޑަމީ އޮފް އިންޓަރނޭޝަނަލް ލޯގައި ޕަބްލިކް އިންޓަރނޭޝަނަލް ލޯއިން ފެލޯޝިޕެއް ފުރިހަމަކުރައްވައިފައިވާ ބޭފުޅެއް ވެސް މެއެވެ.
== ޚިދުމަތް ==
ޗީފް ޖަސްޓިސް (ރިޓަޔަރޑް) އަޙްމަދު މުޢުތަޞިމް ޢަދުނާން، ދައުލަތުގެ ޚިދުމަތް ފެށްޓެވީ، 1983 ފެބުރުވަރީ 19ވަނަ ދުވަހު، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ސެކްރެޓެރީ ކަމުގެ މަޤާމުންނެވެ. އޭގެފަހުން، އެ މިނިސްޓްރީގެ އިނގިރޭސި ސެކްރެޓެރީކަމާއި، އެސިސްޓެންޓް އަންޑަރ ސެކްރެޓެރީކަމާއި، ޑެޕިއުޓީ ޑިރެކްޓަރކަމުގެ މަޤާމާއި، ޑިރެކްޓަރ، ލީގަލް އެފެއާޒް ކަމުގެ މަޤާމު އަދާކުރެއްވިއެވެ. އެންމެ ދިގު މުއްދަތަކަށް އެ މަނިކުފާނު ޚިދުމަތް ކުރެއްވީ، ޚާރިޖީ ދާއިރާގައެވެ. 1994ވަނަ އަހަރުން ފެށިގެން ދިގު މުއްދަތަކަށް މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ލީގަލް އަދި ކޮންސިއުލަރ ޑިޕާޓްމަންޓުގެ އިސްވެރިއެއްގެ ގޮތުގައި އެ ޑިޕާޓްމަންޓް ހިންގެވުމާ ހަވާލުވެވަޑައިގެން ހުންނެވީ ވެސް އެ މަނިކުފާނެވެ. އަޙްމަދު މުޢުތަޞިމް ޢަދުނާނަކީ، ޚާރިޖިއްޔާގައި ޤާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރައްވަން ފުރަތަމަ ފެށްޓެވި ބޭފުޅުންގެ ތެރެއިން ބޭފުޅެކެވެ. ރާއްޖޭގެ ޚާރިޖީ ވުޒާރާގައި ކުރެއްވި މުހިންމު މަސައްކަތްޕުޅުތަކުގެ ތެރޭގައި، ރާއްޖެއިން ބޭރުގައި އެކިއެކި ޤައުމުތަކުގައި ދިރިއުޅޭ ދިވެހީންނަށް ދިމާވާ ކަންތައްތަކުގައި، ޤާނޫނީގޮތުން ދެއްވަންޖެހޭ އެހީތެރިކަން ދެއްވުމާއި، ދިވެހިރާއްޖެ ބައިވެރިވާ ބައިނަލްއަޤްވާމީ މުޢާހަދާތަކުގައި ޚާރިޖިއްޔާއިން ކުރަންޖެހޭ މަސައްކަތްތައް ކުރައްވައި، ދެއްވަންޖެހޭ ލަފާ ދެއްވުމާއި، ބައިނަލްއަޤްވާމީ އެކިއެކި ފޯރަމްތަކުގައި ދިވެހިރާއްޖެ ތަމްސީލުކުރެއްވުން ހިމެނެއެވެ.
ޗީފް ޖަސްޓިސް (ރިޓަޔަރޑް) އަޙްމަދު މުޢުތަޞިމް ޢަދުނާނަކީ ޝަރީޢަތާއި ޤާނޫނީ ދާއިރާއިން މީހުން ބިނާކުރެއްވުމަށް ވެސް މުހިންމު މަސައްކަތްޕުޅުތަކެއް ކުރެއްވި ބޭފުޅެކެވެ. ސްކޫލްތަކުގައްޔާއި، ކޮލެޖްތަކުގައި ޤާނޫނު ކިޔަވައިދެއްވުމަށްޓަކައި ތަޢުލީމީ ޕްރޮގްރާމްތައް ފުޅާކުރެއްވުމުގެ މަސައްކަތްތަކުގައިވެސް އެ މަނިކުފާނު ވަނީ ވަރަށް އިސް އަދި މުހިންމު ދައުރެއް އަދާކުރައްވައިފައެވެ. ރާއްޖޭގައި ޤާނޫނީ ދާއިރާއިން މީހުން ބިނާކުރުމަށް ވަކި މަރުކަޒެއް ނެތް ދުވަސްވަރު، އޭ ލެވެލްގައި "ޤާނޫނު" މާއްދާއެއްގެ ގޮތުގައި ކިޔެވުމަށް ޝައުޤުވެރިވާ ދަރިވަރުން [[މަޖީދިއްޔާ ސްކޫލް|މަޖީދިއްޔާ ސްކޫލަށް]] ގެންދަވައިގެން، އޭ ލެވެލްއަށް ޚާއްޞަ ލޯ ކުލާސްތަކެއް، 1994ވަނަ އަހަރު ނަންގަވައިދެއްވަން ފެށްޓެވިއެވެ. މިއީ، އެ މަނިކުފާނު އަމިއްލަފުޅު އިސްނެންގެވުމެއްގެ މަތިން ކުރެއްވި މުހިންމު މަސައްކަތްޕުޅެކެވެ. އޭގެތެރެއިން ބައެއް ދަރިވަރުންނަކީ، ޤާނޫނީ ދާއިރާގައި މިހާރު ވެސް ޚިދުމަތް ކުރައްވަމުން ގެންދަވާ ބޭފުޅުންކަން ފާހަގަކޮށްލަންޖެހެއެވެ.
ޗީފް ޖަސްޓިސް (ރިޓަޔަރޑް) އަޙްމަދު މުޢުތަޞިމް ޢަދުނާނަކީ، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަން، މިހާރުގެ [[ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ]]ގެ ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯގެ ޑީންގެ މަޤާމު ވެސް އަދާކުރައްވައިފައިވާ ބޭފުޅެކެވެ. 2001 އެޕްރީލް 24ވަނަ ދުވަހުން ފެށިގެން 2005 ނޮވެންބަރު 2ވަނަ ދުވަހުގެ ނިޔަލަށް އެ މަޤާމު އަދާކުރެއްވިއެވެ. އެ ޔުނިވަރސިޓީގައި ފުރަތަމަފަހަރަށް ޝަރީޢާ އެންޑް ލޯގެ ޑިގްރީ ޕުރޮގުރާމުގެ ދަރިވަރުން ދަސްވެނިވީ، މުޢުތަޞިމްގެ ޑީންކަމުގެ ދައުރުގައިކަން ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލަންޖެހެއެވެ. އަދި މިއަދު ދިވެހިރާއްޖޭގައި ޚިދުމަތް ކުރައްވާ ބައެއް ވަކީލުންނާއި ފަނޑިޔާރުން، މެޖިސްޓްރޭޓުންނާއި ދަށު ކޯޓުގެ ޤާޟީން އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން ކުރެއްވި ބޭފުޅުން ހިމެނޭހެން، އެ ބޭފުޅުންނަކީ، އެ މަނިކުފާނުގެ ދަރިވަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނެވެ.
ޗީފް ޖަސްޓިސް (ރިޓަޔަރޑް) އަޙްމަދު މުޢުތަޞިމް ޢަދުނާނަކީ، ޤާނޫނީ ފަންނުގެ ރޮނގުން ވެސް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެކެވެ. 1992ވަނަ އަހަރު ރާއްޖޭގައި ފުރަތަމަ ފަހަރަށް ލޯ ފާރމެއް ރަޖިސްޓަރީ ކުރެއްވުމަށް އިސްނެންގެވީ، އެ މަނިކުފާނެވެ. އެއީ "ކްލިޕަރ އެންޑް ގެލިއޮން ލޯ އެސޯސިއޭޓްސް"ގެ ނަމުގައި ރަޖިސްޓަރީ ކުރެވުނު ފުރަތަމަ ލޯ ފާރމެވެ. އެ މަނިކުފާނުގެ ޤާނޫނީ ޚިދުމަތް ފުޅާވަމުން އައީ، މި ލޯ ފާރމުގެ ޚިދުމަތާ އެކުގައެވެ. އެ މަނިކުފާނަކީ، ޤާނޫނީ ދާއިރާއިން ރާއްޖެއިން ބޭރުން ތަމްރީނު ހޯއްދަވައިގެން، ރާއްޖޭގައި ވަކާލާތު ކުރައްވަން ފެށްޓެވި ފުރަތަމަ ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އިސް ވަކީލެކެވެ. އެ މަނިކުފާނުގެ ޤާނޫނީ މަސައްކަތްޕުޅު ޚާއްޞަވެފައި ވަނީ، ވިޔަފާރީގެ ޤާނޫނަށެވެ. ނުވަތަ ކޮމަރޝަލް ލޯއަށެވެ. އެހެންކަމުން، ރާއްޖެއާއި ރާއްޖެއިން ބޭރުގެ ގިނަ ކުންފުނިތަކަކަށް އެ މަނިކުފާނު ވަނީ ޤާނޫނީ ލަފާ ދެއްވައިފައެވެ. ރާއްޖޭގައި އެ ދުވަސްވަރު ހިންގައިފައިވާ ބޮޑެތި މަޝްރޫޢުތަކުގައި، ލީގަލް ކޮންސަލްޓަންޓެއްގެ ގޮތުގައި އެ މަނިކުފާނު ވަނީ މަސައްކަތް ކުރައްވައިފައެވެ. އަދި ދައުލަތުން ހިންގެވި ބޮޑެތި މަޝްރޫޢުތަކުން ފެށިގެން، އަމިއްލަ ފަރާތްތަކުން ބިނާކުރި ރިޒޯޓުތައް ބިނާކުރުމުގެ ޕްރޮޖެކްޓްތަކާ ހަމަޔަށް ޤާނޫނީ ޚިދުމަތް އެ މަނިކުފާނު ވަނީ ފުޅާކުރައްވައިފައެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް އެ މަނިކުފާނު ޢައްޔަންކުރެއްވުމާ ހަމަޔަށް މި ދެންނެވި ލޯ ފާރމްގެ ބައިވެރިއެއްގެ ގޮތުގައި އަދި އިސްބޭފުޅެއްގެ ގޮތުގައި އެ މަނިކުފާނު ހުންނެވިއެވެ.
ފަނޑިޔާރުކަމުގައި ޚިދުމަތްކުރައްވަން އެ މަނިކުފާނު ފެށްޓެވީ، 2010 އޮގަސްޓު 15ވަނަ ދުވަހުއެވެ. 2008ވަނަ އަހަރު ތަޞްދީޤުކުރެއްވި [[ގާނޫނު އަސާސީ|ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ]]ގެ ދަށުން އެކުލަވައިލެވުނު ދާއިމީ [[ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު|ސުޕްރީމް ކޯޓު]]ގެ ފަނޑިޔާރުންގެ ބެންޗަށް އަޙްމަދު މުޢުތަޞިމް ޢަދުނާންގެ ނަންފުޅު ހުށަހެޅުއްވީ، އޭރުގެ ރައީސުލްޖުމްހޫރިއްޔާ [[މުޙައްމަދު ނަޝީދު|މުޙައްމަދު ނަޝީދެވެ]]. [[ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު|ސުޕްރީމް ކޯޓު]]ގެ ފަނޑިޔާރެއްގެ ގޮތުގައި، 2014 ޑިސެންބަރު 14ވަނަ ދުވަހާ ހަމައަށް އެ މަނިކުފާނު ވަނީ ޚިދުމަތްކުރައްވައިފައެވެ. އޭގެފަހުން، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުގެ މަޤާމަށް އެ މަނިކުފާނުގެ ނަންފުޅު، އަލުން [[ރައްޔިތުންގެ މަޖިލިސް|ރައްޔިތުންގެ މަޖިލީހަށް]] ހުށަހެޅުއްވީ، އޭރުގެ ރައީސުލްޖުމްހޫރިއްޔާ [[އިބްރާހީމް މުޙައްމަދު ޞާލިޙް|އިބްރާހީމް މުޙައްމަދު ޞާލިޙެވެ]]. ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުކަމުގެ މަޤާމަށް އެ މަނިކުފާނު ޢައްޔަންކުރެއްވީ، 2019 ޑިސެންބަރު 8ވަނަ ދުވަހުއެވެ. 2008ވަނަ އަހަރު ޢަމަލުކުރަން ފެށި [[ގާނޫނު އަސާސީ|ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ]]ގެ ދަށުން އެންމެ ދިގު މުއްދަތަކަށް ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުކަން ކުރެއްވީ ވެސް އަޙްމަދު މުޢުތަޞިމް ޢަދުނާންކަން ފާހަގަކޮށްލަންޖެހެއެވެ. ޝަރަފުވެރިކަމާ އެކު އުއްތަމަ ފަނޑިޔާރުކަމުން ރިޓަޔަރވެވަޑައިގެންނެވީ 2025ވަނަ އަހަރުގެ ޖުލައި މަހުގެ 21ވަނަ ދުވަހުއެވެ.
ޗީފް ޖަސްޓިސް (ރިޓަޔަރޑް) އަޙްމަދު މުޢުތަޞިމް ޢަދުނާނަކީ، ދިވެހިރާއްޖޭގެ ލޯ ކޮމިޝަންގެ މެންބަރު ކަމާއި، 2003ވަނަ އަހަރު ފުރަތަމަ އުފެއްދެވި ހިއުމަން ރައިޓްސް ކޮމިޝަންގެ މެންބަރު ކަމާއި، ފޮރިން އިންވެސްޓްމަންޓް ބޯޑުގެ މެންބަރު ކަމާއި، މޯލްޑިވްސް ނޭޝަނަލް ޝިޕް މެނޭޖްމަންޓް ލިމިޓެޑުގެ ބޯޑުގެ ޑިރެކްޓަރުކަން ކުރައްވައިފައިވާ ބޭފުޅެކެވެ. އަދި އިލެކްޝަންސް ކޮމިޝަނަރަށް ލަފާދޭ ކޮމިޓީގެ މެންބަރުކަން ދެފަހަރެއްގެ މަތިން ކުރައްވައިފައިވާ ބޭފުޅެއް ވެސްމެއެވެ.
ޗީފް ޖަސްޓިސް (ރިޓަޔަރޑް) އަޙްމަދު މުޢުތަޞިމް ޢަދުނާން، ރާއްޖޭގެ ޝަރުޢީ އަދި ޤާނޫނީ ދާއިރާއަށް މީހުން ބިނާކުރެއްވުމަށާއި، ރާއްޖޭގެ ޝަރުޢީ ދާއިރާ ހަރުދަނާ ކުރެއްވުމަށާއި، ރާއްޖޭގެ ޚާރިޖީ ދާއިރާއާ ގުޅޭ ކަންކަމުގައި ޤާނޫނީގޮތުން ދެއްވަންޖެހޭ ލަފާ ދެއްވުމުގައި އިޚްލާޞްތެރިކަމާއެކުގައި ކޮށްދެއްވައިފައިވާ މަސައްކަތްޕުޅުތަކުގެ އަގު ވަޒަންކުރައްވައި، ދިވެހި ދައުލަތުގެ މަތިވެރި ޢިއްޒަތް (ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން) 2025 ޖުލައި 27ވަނަ ދުވަހު އަރުވައިފައިވެއެވެ.
== މަރުޖިޢު ==
https://presidency.gov.mv/NationalAwards/Winner/2778
[[ޤިސްމު:ޙަޔާތުނާމާ]]
390yd96adpumvtvpuz9r6nok1hkfayj
އަޙްމަދު ފާއިޒު ޙުސައިން
0
16049
137598
137488
2026-04-24T12:22:40Z
Memberuser
25611
137598
wikitext
text/x-wiki
{{Infobox officeholder
| name = އަޙްމަދު ފާއިޒު ޙުސައިން
| image = Chief Justice Faiz (cropped).jpg
| office = ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު
| term_start = 10 އޮގަސްޓު 2010
| term_end = 11 ޑިސެންބަރު 2014
| nominator = [[މުޙައްމަދު ނަޝީދު]]
| predecessor = [[މުޙައްމަދު ރަޝީދު އިބްރާހީމް]]<br/>[[އަލްއުސްތާޛު ޢަބްދުﷲ ސަޢީދު]] (އިންތިޤާލީ މަރުޙަލާގައި)
| successor = [[އަލްއުސްތާޛު ޢަބްދުﷲ ސަޢީދު]]
| death_date =
| death_place =
| spouse =
| children =
| signature =
| alma_mater = އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ [[އިސްލާމްއާބާދު]]، [[ޕާކިސްތާން]]
| office1 = އިންތިޤާލީ މަރުޙަލާގެ [[ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު|ސުޕްރީމް ކޯޓު]]ގެ ފަނޑިޔާރު
| termstart1 = 18 ސެޕްޓެންބަރު 2008
| termend1 = 10 އޮގަސްޓު 2010
| office2 = [[ދިވެހިރާއްޖޭގެ ހައި ކޯޓު]]ގެ ފަނޑިޔާރު
| termstart2 = 12 އޮގަސްޓު 2004
| termend2 = 18 ސެޕްޓެންބަރު 2008
| president2 = [[މައުމޫން ޢަބްދުލް ޤައްޔޫމް|މައުމޫން ޢަބްދުލްޤައްޔޫމް]]
| president1 = [[މައުމޫން ޢަބްދުލް ޤައްޔޫމް|މައުމޫން ޢަބްދުލްޤައްޔޫމް]]<br/>[[މުޙައްމަދު ނަޝީދު]]
| caption = އަޙްމަދު ފާއިޒު ޙުސައިން
}}
[[ފައިލު:Chief_Justice_Faiz.jpg|thumb|އަލްއުސްތާޛު އަޙްމަދު ފާއިޒު ޙުސައިން]]
ޗީފް ޖަސްޓިސް (ރިޓަޔަރޑް) އަލްއުސްތާޛު އަޙްމަދު ފާއިޒު ޙުސައިނަކީ [[ޕާކިސްތާން|ޕާކިސްތާނު]]ގެ [[އިސްލާމްއާބާދު]]ގައި ހުންނަ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އިން ޝަރީޢަތާއި ޤާނޫނުގެ ރޮނގުން މަތީ ތަޢުލީމު ޙާޞިލުކުރައްވައިފައިވާ ބޭފުޅެކެވެ.
ޗީފް ޖަސްޓިސް (ރިޓަޔަރޑް) އަލްއުސްތާޛު އަޙްމަދު ފާއިޒު ޙުސައިން ފުރުއްވައިފައިވާ މަޤާމުތަކުގެ ތެރޭގައި މަދަނީ ކޯޓުގެ ޤާޟީކަމާއި، [[ދިވެހިރާއްޖޭގެ ހައި ކޯޓު]]ގެ ފަނޑިޔާރުކަމާއި، [[ދިވެހިރާއްޖޭގެ ޤާނޫނު އަސާސީ|ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ]] 2008 ތަސްދީޤުކުރެވުނު ދުވަހުން ފެށިގެން އިންތިޤާލީ [[ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު|ސުޕްރީމް ކޯޓު]] އުފެދެންދެން ޢަދުލު އިންޞާފު ޤާއިމު ކުރުމުގެ އެންމެ އިސްފަރާތުގެ މަޤާމު ހިމެނެއެވެ. 2008 ސެޕްޓެންބަރު 18ވަނަ ދުވަހު އިންތިޤާލީ [[ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު|ސުޕްރީމް ކޯޓު]] އުފައްދަވައި އެ ކޯޓަށް ޢައްޔަންކުރެއްވި 5 ފަނޑިޔާރުންގެ ތެރޭގައި ވެސް އަލްއުސްތާޛު އަޙްމަދު ފާއިޒު ޙުސައިން ހިމެނިވަޑައިގަންނަވައެވެ. އަލްއުސްތާޛު އަޙްމަދު ފާއިޒު ޙުސައިން ވަނީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުކަން 2010 އޮގަސްޓު 10ވަނަ ދުވަހުން ފެށިގެން 2014 ޑިސެންބަރު 11ވަނަ ދުވަހުގެ ނިޔަލަށް އަދާކުރައްވައިފައެވެ.
[[ޤިސްމު:ދިވެހިރާއްޖޭގެ ދީނީ ޢިލްމުވެރީން]]
i4jlikdrx0k8uw30rkbbemjmosh08jt
137599
137598
2026-04-24T12:22:50Z

hf9kk4g338qu39otpyzrwma0tjp9ovs
ޔޫސުފް ޙުސައިން
0
16050
137600
136678
2026-04-24T12:24:49Z
Memberuser
25611
137600
wikitext
text/x-wiki
އައްޝައިޚް ޔޫސުފް ޙުސައިނަކީ [[ސައޫދީ އަރަބިއްޔާ|ސަޢޫދީ ޢަރަބިއްޔާ]]ގެ [[މަދީނާ|އަލްމަދީނަތުލް މުނައްވަރާ]]ގައި ހުންނަ އަލްޖާމިޢަތުލްއިސްލާމިއްޔާ (މަދީނާ އިސްލާމިކް ޔުނިވަރސިޓީ) އިން 1994ވަނަ އަހަރު ޝަރީޢަތުގެ ރޮނގުން މަތީ ތަޢުލީމު ޙާޞިލުކުރައްވާފައި ބޭފުޅެކެވެ.
އައްޝައިޚް ޔޫސުފް ޙުސައިން ފުރުއްވައިފައިވާ މަޤާމުތަކުގެ ތެރޭގައި މިނިސްޓްރީ އޮފް ޖަސްޓިސް އެންޑް އިސްލާމިކް އެފެއާރޒްގެ ލީގަލް އޮފިސަރުކަމާއި، ކޯޓު ނަންބަރު 1 ގެ ޤާޟީކަމާއި، ޢާއިލާއާ ބެހޭ ކޯޓުގެ އިސް ޤާޟީކަމުގެ އިތުރުން އިންތިޤާލީ މަރުޙަލާގެ [[ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު|ސުޕްރީމް ކޯޓު]]ގެ ފަނޑިޔާރުކަމާއި، [[ދިވެހިރާއްޖޭގެ ހައި ކޯޓު]]ގެ ފަނޑިޔާރުކަން ހިމެނެއެވެ.
[[ޤިސްމު:ދިވެހިރާއްޖޭގެ ދީނީ ޢިލްމުވެރީން]]
b7g6isd13by6k5mcwxfbkux1bld14ik
މެމްބަރު:Maris Dreshmanis
2
16380
137609
137593
2026-04-24T22:04:23Z
Maris Dreshmanis
28261
Update babel to lv|ru-4 (remove en-3, de-1)
137609
wikitext
text/x-wiki
{{#babel:lv|ru-4}}
== Maris Dreshmanis ==
Open data researcher. Contributor to [[d:Wikidata:WikiProject Occupations|WikiProject Occupations]] on Wikidata.
* '''[[d:User:Maris Dreshmanis|Wikidata contributions]]''' — 37,400+ edits
* '''GSCO''' — Global Standard Classification of Occupations (27 national registries + ESCO, 57,000+ occupation entries, 26,991 Wikidata items, 152,000+ multilingual labels across 53 languages)
* '''[[d:Wikidata:WikiProject Occupations|WikiProject Occupations]]''' — coordinating occupation label enrichment in 27 source languages
[[Category:Wikipedians]]
1tm661nfud90u9uzogktjy8qwfpriv4