ވިކިޕީޑިއާ dvwiki https://dv.wikipedia.org/wiki/%DE%89%DE%A6%DE%87%DE%A8_%DE%9E%DE%A6%DE%8A%DE%B0%DE%99%DE%A7 MediaWiki 1.46.0-wmf.24 first-letter މީޑިއާ ޚާއްސަ ޚިޔާލު މެމްބަރު މެމްބަރުގެ ވާހަކަ ވިކިޕީޑިއާ ވިކިޕީޑިއާ ޚިޔާލު ފައިލު ފައިލުގެ ޚިޔާލު މީޑިއާވިކީ މިޑިއާވިކީ ޚިޔާލު ފަންވަތް ފަންވަތުގެ ޚިޔާލު އެހީ އެހީގެ ޚިޔާލު ޤިސްމު ޤިސްމުގެ ޚިޔާލު ނެރު ނެރު ޚިޔާލު TimedText TimedText talk މޮޑިއުލް މޮޑިއުލް ޚިޔާލު Event Event talk މައުމޫން ޢަބްދުލް ޤައްޔޫމް 0 3176 137635 137634 2026-04-27T18:38:16Z Memberuser 25611 137635 wikitext text/x-wiki {{Infobox officeholder | name = މައުމޫން ޢަބްދުލްޤައްޔޫމް | office = [[ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ]] | image = Maumoon Abdul Gayoom portrait 2013.jpg | caption = މައުމޫން ޢަބްދުލްޤައްޔޫމް، 2013 | term_start = 11 ނޮވެންބަރު 1978 | term_end = 11 ނޮވެންބަރު 2008 | predecessor = [[އިބްރާހީމް ނާޞިރު]] | office1 = މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ | president1 = ހަމަ [[މައުމޫން ޢަބްދުލް ޤައްޔޫމް|މައުމޫން ޢަބްދުލްޤައްޔޫމް]] | succeeded1 = އިސްމާޢީލް ފަތުޙީ | predecessor1 = މުޙައްމަދު ނޫރައްދީން | termstart1 = 5 ޖަނަވަރީ 1989 | termend1 = 1 ސެޕްޓެންބަރު 2004 | office2 = މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރު | termstart2 = 1 ޖުލައި 1981 | termend2 = 31 އޮގަސްޓު 2004 | predecessor2 = މަޤާމު އުފެއްދެވުން | president2 = ހަމަ [[މައުމޫން ޢަބްދުލް ޤައްޔޫމް|މައުމޫން ޢަބްދުލްޤައްޔޫމް]] | office4 = މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިޔުރިޓީ | president4 = ހަމަ [[މައުމޫން ޢަބްދުލް ޤައްޔޫމް|މައުމޫން ޢަބްދުލްޤައްޔޫމް]] | termstart4 = 11 ނޮވެންބަރު 1978 | termend4 = 11 ނޮވެންބަރު 1993 | predecessor4 = [[ޢަބްދުލްޙަންނާން ޙަލީމް ދޮށިމޭނާ ކިލެގެފާނު]] | succeeded4 = [[ލެފްޓިނަންޓް ޖެނެރަލް (ރިޓަޔަރޑް) ޢަބްދުއްސައްތާރު އާދަމް]] | office5 = މިނިސްޓަރ އޮފް ޓްރާންސްޕޯޓް | termstart5 = 29 މާރިޗު 1977 | termend5 = 11 ނޮވެންބަރު 1978 | president5 = [[އިބްރާހީމް ނާޞިރު]] | office6 = [[އެކުވެރި ދައުލަތްތައް|އެކުވެރި ދައުލަތްތަކުގެ ޖަމްޢިއްޔާ]]އަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވައިފައި ހުންނަވާ ދާއިމީ މަންދޫބު | president6 = [[އިބްރާހީމް ނާޞިރު]] | termstart6 = 24 ސެޕްޓެންބަރު 1976 | termend6 = 28 މާރިޗު 1977 | predecessor6 = [[ޢަބްދުއްސައްތާރު މޫސާދީދީ]] | succeeded6 = [[ފަތުޙުﷲ ޖަމީލް]] | birth_date = {{Birth date and age|1937|12|29|df=yes}} | birth_place = [[މާލެ]]، [[ދިވެހިރާއްޖެ]] | children = {{flatlist| *ދުންޔާ މައުމޫން *ޔުމްނާ މައުމޫން *އަޙްމަދު ފާރިސް މައުމޫން *[[މުޙައްމަދު ޣައްސާން މައުމޫން]] }} | spouse = ނަސްރީނާ އިބްރާހީމް | education = [[މަޖީދިއްޔާ ސްކޫލް]] | alma_mater = [[އަލްއަޒުހަރު ޔުނިވަރސިޓީ|އަލްއަޒްހަރު ޔުނިވަރސިޓީ]]، [[މިޞްރު]]<br/>އެމެރިކަން ޔުނިވަރސިޓީ އިން ކައިރޯ | successor = [[މުޙައްމަދު ނަޝީދު]] | successor2 = މުޙައްމަދު ޖަލީލު | relations = [[ޢަބްދުﷲ ޙަމީދު]]<br/>[[ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް]] | parents = ބައްޕާފުޅު: [[ޢަބްދުލްޤައްޔޫމް އިބްރާހީމް]] | awards = ނިޝާން ޣާޒީގެ ޢިއްޒަތުގެ ވެރިކަން - 2013 | otherparty = [[ދިވެހި ރައްޔިތުންގެ ޕާޓީ]] (2005 - 2011)<br/>[[ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް]] (2011 - 2017)<br/>މޯލްޑިވްސް ރިފޯމް މޫވްމެންޓް (2019 - 2025) | party = މިނިވަން (1978 - 2005)، (2017 - 2019)، (2025އިން ފެށިގެން) | signature = Maumoon Abdul Gayoom signature.svg }} '''ނިޝާން ޣާޒީގެ ޢިއްޒަތުގެ ވެރިޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް''' ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ މީލާދީ ސަނަތުން 29 ޑިސެންބަރު 1937 (ހިޖުރީ ސަނަތުން 26 ޝައްވާލު 1356) ވީ ބުދަ ދުވަހު މައްޗަންގޮޅީ ކާމިނީގޭގައެވެ. ތުއްޕުޅު އިރުގެ ޙަޔާތްޕުޅު ހޭދަކުރެއްވީ މަންމާފުޅާއި ބައްޕާފުޅުގެ އޯގާތެރި ބެއްލެވުމުގެ ދަށުގައި މއ. ކާމިނީގޭގައެވެ. އެ މަނިކުފާނުގެ އަޞްލު ނަންފުޅަކީ ޢަބްދުﷲ މައުމޫން ޚައިރީއެވެ. ގޭތެރޭގެ ނަންފުޅެއްގެ ގޮތުން މަޝްހޫރުވެފައިވަނީ ޅަ ސީދީ އެވެ. ނަމަވެސް މަދްރަސީ ދައުރުގައި ކިޔައި އުޅުނީ ޢަބްދުﷲ މައުމޫންކަމަށް [ރައީސްގެ ތިންވަނަ ފަސް އަހަރުގެ ކުލަގަދަ ޚިދުމަތްތައް (1993)] މި ފޮތުން ހާމަވެއެވެ. (މޫންލައިޓް، 1978) ޢަބްދުﷲ މައުމޫން ޚައިރީ ގެ ނަންފުޅު މައުމޫން ޢަބްދުލްޤައްޔޫމަށް ބަދަލުވިކަމަށްވަނީ އެ މަނިކުފާނު ތަޢުލީމު ޙާޞިލުކުރެއްވުމަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް ޕާސްޕޯޓް ހެއްދެވުމުގައި އިސްވެ އުޅުއްވި ބޭފުޅަކަށް އެރި އޮޅުމެއްގެ ސަބަބުންނެވެ. ޢާއްމުކޮށް ކިޔައި އުޅުނީ [މައުމޫން] ކަމަށްވުމުން ފުރިހަމަ ނަންފުޅު ފޯމުގައި ލިޔުނު މީހަކު [މައުމޫން] މި ނަންފުޅާ ގުޅުވައިގެން ބައްޕާފުޅުގެ ނަންފުޅު އިތުރުކުރައްވައި [މައުމޫން ޢަބްދުލްޤައްޔޫމް]ގެ ގޮތުގައި ޕާސްޕޯޓް ހެއްދެވީއެވެ. 197 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 11ވަނަ ދުވަހުން ފެށިގެން 2008 ނޮވެންބަރު 11ވަނަ ދުވަހާ ހަމައަށް [[ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ]]ކަން ކުރައްވައިފައިވަނީ އެ މަނިކުފާނެވެ. [[ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ|ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމާ]] އެ މަނިކުފާނު ޙަވާލުވެވަޑައިގެންނެވީ 1978 ނޮވެންބަރު 11ވަނަ ދުވަހު އޭރުގެ ރައީސް [[އިބްރާހީމް ނާޞިރު|އިބްރާހީމް ނާޞިރު (ނޣޢވ)]] އަށް ފަހުގައެވެ. މައުމޫން އެންމެފަހުން ރައީސުލްޖުމްހޫރިއްޔާކަމަށް އިންތިޚާބުވެވަޑައިގަތީ 2003ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި %90.02 ގެ އަޣުލަބިއްޔަތަކުންނެވެ. ==ޢާއިލާ== '''މައުމޫން ޢަބްދުލްޤައްޔޫމް'''ގެ ބައްޕާފުޅަކީ އިބްރާހީމް މާފަތް ތަކުރުފާނުގެ [[ޢަބްދުލްޤައްޔޫމް އިބްރާހީމް|ފަޟީލަތުއްޝައިޚުލްމަރްޙޫމު ޢަބްދުލްޤައްޔޫމް އިބްރާހީމް (މާފަތްގޭ ދޮން ސީދީ)]] އެވެ. އަދި މަންމާފުޅަކީ ބޮއިގަސްދޮށުގޭ މޫސާ ކަލޭފާނުގެ ކަތްދައިދީ (ޚަދީޖާ މޫސާ) އެވެ. މައުމޫނާ އެއްބަފާ 25 ބޭފުޅުން ތިބެއެވެ. މައުމޫނަކީ ޢާއިލާގެ 10ވަނަ ބޭފުޅާއެވެ. [[މިޞްރު]]ގެ [[ޤާހިރާ]]ގައި ތަޢުލީމު ޙާޞިލުކުރައްވަން އުޅުއްވި ދުވަސްވަރު، 1954ވަނަ އަހަރު މައުމޫންގެ މަންމާފުޅު އަވަހާރަވިއެވެ. ބައްޕާފުޅު އަވަހާރަވީ 1982 ގައި ޢުމުރުފުޅުން 87 އަހަރުގައެވެ. [[ޢަބްދުލްޤައްޔޫމް އިބްރާހީމް|ޢަބްދުލްޤައްޔޫމް އިބްރާހީމަށް]] އޭނާގެ ދަރިފުޅު މައުމޫން ވެރިކަމާ ޙަވާލުވުމާއި، މައުމޫންގެ ފުރަތަމަ ދައުރުގެ މަންޒަރުތައް ދެކިވަޑައިގަތުމުގެ އުފާ ލިބިވަޑައިގެންފައިވެއެވެ. 1965ވަނަ އަހަރު މައުމޫން ޢަބްދުލްޤައްޔޫމާއި ނަސްރީނާއާ ފުރަތަމަ ފަހަރަށް ބައްދަލުވިއެވެ. އޭރު ނަސްރީނާއަކީ [[ދިވެހިރާއްޖެ]]އިން [[ޤާހިރާ]]އަށް ތަޢުލީމު ޙާޞިލުކުރުމަށް ގޮސް ހުރި ދަރިވަރެކެވެ. އެ ކަމަނާގެ ޢުމުރުފުޅުން އޭރު 15 އަހަރުފުޅެވެ. އަދި މައުމޫންގެ ޢުމުރުފުޅުން 27 އަހަރުފުޅެވެ. އޭގެ 4 އަހަރުފަހުން 1969 ޖުލައި 14ވަނަ ދުވަހު [[މިޞްރު]]ގެ [[ޤާހިރާ]]ގައި މައުމޫނާއި ނަސްރީނާ ކައިވެނި ބައްލަވައިގަތެވެ. ކައިވެންޏަށް މާ ގިނަ ދުވަސްތަކެއްނުވެ [[ނައިޖީރިއާ]]ގެ އަޙްމަދު ބެއްލޯ ޔުނިވަރސިޓީގައި އިސްލާމިކް ސްޓަޑީޒް ލެކްޗަރަރއެއްގެ މަޤާމު މައުމޫން އަދާކުރެއްވިއެވެ. 1970ވަނަ އަހަރު މި ދެމަފިރީންނަށް އެއްމާބަނޑު ދެ އަންހެން ބޭފުޅުން ލިބިވަޑައިގަތެވެ. އެއީ ދުންޔާ މައުމޫނާއި ޔުމްނާ މައުމޫނެވެ. ދެވަނަ ފަހަރަށް ނަސްރީނާ ބަލިވެ އިންނެވުމުން މައުމޫން، އެ ކަމަނާ [[މާލެ]]އަށް ފޮނުއްވިއެވެ. މި ދެމަފިރީންގެ ފުރަތަމަ ފިރިހެން ބޭފުޅާކަމަށްވާ އަޙްމަދު ފާރިސް މައުމޫން އުފަންވީ 1971 މާރިޗު 31ވަނަ ދުވަހު [[މާލެ|މާލޭ]]ގައެވެ. އޭގެ 9 އަހަރު ފަހުން ހަގު ދަރިކަލުން [[މުޙައްމަދު ޣައްސާން މައުމޫން]] އުފަންވީ 1980 ޖޫން 12ވަނަ ދުވަހުއެވެ.{{familytree/start|style=font-size:100%;line-height:100%;}} {{familytree | | |IBRAH|y|UNKN1| |MOODI|y|MARDI| | IBRAH=އިބްރާހީމް މާފަތް ތަކުރުފާނު|UNKN1=ގަލޮޅު ސިއްތި|MOODI='''މޫސާ ދީދީ'''|MARDI=މަރްޔަމް ދީދީ}} {{familytree | | | | | |!| | | | | | | |!| | | | | }} {{familytree | | | | |ABDIB|~|~|y|~|~|KHAMO| | | | ABDIB=[[ޢަބްދުލްޤައްޔޫމް އިބްރާހީމް]]|KHAMO='''ޚަދީޖާ މޫސާ'''}} {{familytree | | | | | | | | | |!| | | | | | | | | }} {{familytree | | | | | | | | |MAUGA| | | | | | | | MAUGA=މައުމޫން އަބްދުލްޤައްޔޫމް}} {{familytree/end}} ==ތަޢުލީމު ޙާޞިލުކުރެއްވުން== މައުމޫން ޢަބްދުލްޤައްޔޫމް ޅަފަތުގެ ތަޢުލީމު ޙާޞިލުކުރެއްވީ އެ މަނިކުފާނުގެ ޢިލްމުވެރި ބައްޕާފުޅު [[ޢަބްދުލްޤައްޔޫމް އިބްރާހީމް|ފަޟީލަތުއްޝައިޚުލްމަރްޙޫމު ޢަބްދުލްޤައްޔޫމް އިބްރާހީމް]]ގެ އަރިހުންނެވެ. އެއަށްފަހު [[މަޖީދިއްޔާ ސްކޫލް|މަދްރަސަތުލްމަޖީދިއްޔާ]]އިން ތަޢުލީމު ޙާޞިލުކުރެއްވުމަށް ފަހު [[އޮޅުދޫކަރަ|ސިލޯނަށް]] ވަޑައިގެން ކުޑަ ދުވަސްކޮޅަކު ކިޔަވައިވިދާޅުވިއެވެ. އޭގެފަހުގައި [[މިޞްރު|މިޞްރަށް]] ވަޑައިގެން [[އަލްއަޒުހަރު ޔުނިވަރސިޓީ|ޖާމިޢުލްއަޒްހަރުން]] މަތީ ތަޢުލީމު ޙާޞިލުކުރެއްވިއެވެ. އެ ޔުނިވަރސިޓީގެ ކުއްލިއްޔަތުއްޝަރީޢާ ވަލްޤާނޫނުގައި އިސްލާމީ ޝަރީޢާއާއި ޤާނޫނުގެ ރޮނގުން ފުރަތަމަ ޑިގްރީއާއި މާސްޓަރސް ޑިގްރީ ފުރިހަމަ ކުރެއްވިއެވެ. އަދި އެ ދާއިރާއިން ޕީއެޗްޑީ ޙާޞިލުކުރެއްވުމަށް ޓަކައި ތީސީސް ލިޔުއްވާނެ ދާއިރާ ކަނޑައަޅުއްވައި ޕްލޭން ހައްދަވައި އެ ޕްލޭން ޔުނިވަރސިޓީއަށް ހުށަހެޅުއްވިއެވެ. މި ޕްލޭން [[އަލްއަޒުހަރު ޔުނިވަރސިޓީ|އަޒްހަރުން]] ޤަބޫލުކުރައްވައި ޕީއެޗްޑީ ދަރިވަރެއްގެ ގޮތުގައި ރަޖިސްޓްރީކުރެއްވިއެވެ. ނަމަވެސް ދިމާވި ކަމަކާ ހުރެ އެ ކަން ކުރިޔަށް ގެންދެވޭ ގޮތެއްނުވިއެވެ. މީގެއިތުރުން މައުމޫން ވަނީ [[ޤާހިރާ]]ގައި ހުންނަ އެމެރިކަން ޔުނިވަރސިޓީ އޮފް ކައިރޯއިން ވެސް ތަޢުލީމު ޙާޞިލުކުރައްވައިފައެވެ. ==ޚިދުމަތް== 1969ވަނަ އަހަރުން ފެށިގެން 1971ވަނަ އަހަރާ ހަމައަށް މައުމޫން ހުންނެވީ [[ނައިޖީރިއާ]]ގެ އަޙްމަދު ބެއްލޯ ޔުނިވަރސިޓީގެ ޢަބްދުﷲ ބަޔޭރޯ ކޮލެޖުގައި އިސްލާމިކް ސްޓަޑީޒްގެ ލެކްޗަރަރއެއްގެ މަޤާމުގައެވެ. އެ ޔުނިވަރސިޓީގައި މަސައްކަތްކުރެއްވުމަށް ފަހު 1971ވަނަ އަހަރުގެ ކުރީކޮޅު މައުމޫން ރާއްޖެ ވަޑައިގަތެވެ. ރާއްޖެ ވަޑައިގަތުމަށް ފަހު 1971އިން 1972އަށް [[މާލެ|މާލޭ]] [[އަމީނިއްޔާ ސުކޫލް|އަމީނިއްޔާ ސްކޫލް]]ގައި އިނގިރޭސިބަހާއި، ހިސާބާއި، އިސްލާމް މާއްދާ ކިޔަވައިދެއްވިއެވެ. 1972ވަނަ އަހަރު ސަރުކާރުގެ ޝިޕިންގ ޑިޕާޓްމަންޓަށް ބަދަލުކުރެވި އެ ޑިޕާޓްމަންޓުގައި މެނޭޖަރެއްގެ މަޤާމު އަދާކުރެއްވިއެވެ. 1974ވަނަ އަހަރު، ސަރުކާރުގެ ޓެލެކޮމިއުނިކޭޝަންސް ޑިޕާޓްމަންޓުގެ އަންޑަރސެކްރެޓަރީގެ މަޤާމަށް މައުމޫން ޢަބްދުލްޤައްޔޫމް ޢައްޔަންކުރެއްވިއެވެ. އަދި އޭގެ ފަހުން އެ ތަނުގެ ޑިރެކްޓަރުކަން ކުރެއްވިއެވެ. ހަމަ އެ އަހަރުގެ ފަހުކޮޅު، ބޮޑުވަޒީރު [[އަޙްމަދު ޒަކީ]]ގެ އޮފީހުގެ ސްޕެޝަލް އަންޑަރސެކްރެޓަރީގެ މަޤާމަށް ޢައްޔަންކުރެއްވިއެވެ. 1975ވަނަ އަހަރުގެ މާރިޗު މަހު [[އަޙްމަދު ޒަކީ]] މަޤާމުން ވަކިކުރައްވައި، ބޮޑުވަޒީރުގެ މަޤާމު އުވައިލެއްވުމާ ގުޅިގެން މައުމޫންގެ އެ މަޤާމު ނިމުމަކަށް އައެވެ. އެއަށްފަހު [[ކޮޅުނބު]]ގައި ދުވަސްކޮޅަކު އުޅުއްވުމަށް ފަހު އެނބުރި ރާއްޖެ ވަޑައިގަތުމުން، އޭނާ ޢައްޔަންކުރެއްވީ [[އޮޅުދޫކަރަ|ސްރީލަންކާ]]ގައި ހުންނަވާ ދިވެހި ސަފީރުގެ ނާއިބުގެ މަޤާމަށެވެ. 1975ވަނަ އަހަރު ޑިޕާޓްމަންޓް އޮފް އެކްސްޓަރނަލް އެފެއާޒްގެ އަންޑަރސެކްރެޓަރީގެ މަޤާމަށް ވެސް މައުމޫން ޢަބްދުލްޤައްޔޫމް ޢައްޔަންކުރައްވައިފައިވެއެވެ. 1976ވަނަ އަހަރު ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަން މިނިސްޓަރުގެ ނާއިބުކަމުގެ މަޤާމަށް މައުމޫން ޢަބްދުލްޤައްޔޫމް ޢައްޔަންކުރެއްވިއެވެ. އަދި ހަމަ އެ އަހަރުގެ ސެޕްޓެންބަރު 24 ގައި [[އެކުވެރި ދައުލަތްތައް|އދ.]] އަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވައިފައި ހުންނަވާ ދާއިމީ މަންދޫބަކަށް މައުމޫން ހަމަޖެއްސެވިއެވެ. އެ މަޤާމުގައި ހުންނެވުމަށް ފަހު އެނބުރި ރާއްޖެ ވަޑައިގަތީ 1977ވަނަ އަހަރުގެ މާރިޗު މަހުގައެވެ. އެއަށްފަހު 1978 ނޮވެންބަރު 11ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ މަޤާމާ ޙަވާލުވެވަޑައިގަތުމާ ހަމައަށް ހުންނެވީ މިނިސްޓަރ އޮފް ޓްރާންސްޕޯޓްގެ މަޤާމުގައެވެ. === ފުރުއްވި މަޤާމުތައް === * [[އެކުވެރި ދައުލަތްތައް|އދ.]] އަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވައިފައި ހުންނަވާ ދާއިމީ މަންދޫބުކަން * [[އޮޅުދޫކަރަ|ސްރީލަންކާ]]ގައި ހުންނަ ދިވެހި ސަފީރުގެ އޮފީހުގެ ވެރިޔާކަން * [[އަމީނިއްޔާ ސުކޫލް|އަމީނިއްޔާ ސްކޫލް]]ގެ މުދައްރިސްކަން * [[އެކުވެރި ދައުލަތްތައް|އދ.]] ގައި ހުންނަވާ ދިވެހި ދައުލަތުގެ ވަކީލުކަން * ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޚާއްޞަ ވަކީލުކަން * މިނިސްޓަރ އޮފް ޓްރާންސްޕޯޓްކަން * ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަން * ސިފައިންނާއި ފުލުހުންގެ އެންމެ މަތީ ވެރިޔާކަން * އެމްއެމްއޭގެ ގަވަރުނަރުކަން * މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީކަން * މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓެރަޜަރީކަން == ވާދަކުރެއްވި ރިޔާސީ އިންތިޚާބުތައް == [[ފައިލު:MAG portrait 1985.png|thumb|މައުމޫން ޢަބްދުލްޤައްޔޫމް، (1985)]] === 1978 ގެ ރިޔާސީ އިންތިޚާބު === 1978ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް މައުމޫން ޢަބްދުލްޤައްޔޫމްގެ ނަންފުޅާއި އޭރުގެ ރައީސް [[އިބްރާހީމް ނާޞިރު]]ގެ ނަންފުޅު [[ރައްޔިތުންގެ މަޖިލިސް|މަޖިލީހަށް]] ހުށަހެޅުނެވެ. މަޖިލީހުގައި ނެގުނު ވޯޓުގައި [[އިބްރާހީމް ނާޞިރު|ނާޞިރަށް]] 41 ވޯޓު ލިބިވަޑައިގެންނެވި އިރު މައުމޫނަށް ލިބިވަޑައިގަތީ 5 ވޯޓެވެ. ނަމަވެސް ޞިއްޙީ ސަބަބުތަކަށް ޓަކައި ރިޔާސީ ތިންވަނަ ދައުރަކަށް ކުރިމަތިނުލެއްވުމަށް ރައީސް [[އިބްރާހީމް ނާޞިރު|ނާޞިރު]] ނިންމެވިއެވެ. އެއަށްފަހު ރައްޔިތުންގެ މަޖިލީހުން ރައީސްކަމަށް ތިން ބޭފުޅެއްގެ ނަން ހުށަހެޅިއެވެ. އެއީ މިނިސްޓަރ އޮފް އެޑިޔުކޭޝަން އަދި ކުރީގެ ނާއިބު ރައީސް [[ޢަބްދުއްސައްތާރު މޫސާދީދީ]]އާއި، މިނިސްޓަރ އޮފް ހެލްތު [[މުއުމިނާ ޙަލީމް|މުއުމިނާ ޙަލީމާއި]] މިނިސްޓަރ އޮފް ޓްރާންސްޕޯޓް މައުމޫން ޢަބްދުލްޤައްޔޫމެވެ. އެ ބޭފުޅުންގެ ތެރެއިން ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން ހޮވި ބޭފުޅަކީ މައުމޫން ޢަބްދުލްޤައްޔޫމެވެ. 1978 ޖުލައި 28ވަނަ ދުވަހު ނެގުނު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުގައި މައުމޫން ޢަބްދުލްޤައްޔޫމް ވަނީ %92.96 ވޯޓު ހޯއްދަވައިފައެވެ. މިއާއެކު ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމަށް މައުމޫން އިންތިޚާބުވެވަޑައިގަތެވެ. === 1983، 1988، 1993، 1988 ގެ އަހަރުގެ ރިޔާސީ އިންތިޚާބުތައް === 1983ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެ ކެންޑިޑޭޓަކަށް ވެސް ހޮވުނީ މައުމޫން ޢަބްދުލްޤައްޔޫމެވެ. 1983 ސެޕްޓެންބަރު 30ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ވޯޓުގައި 57,913 ވޯޓު (%95.62) ހޯއްދަވައިގެން ރިޔާސީ ދެވަނަ ދައުރަކަށް މައުމޫން ހޮވިވަޑައިގަތެވެ. 1988ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގައި މައުމޫން ވަނީ 69,373 ވޯޓު ހޯއްދަވައިފައެވެ. މިއީ ވޯޓުލީ މީހުންގެ %96.47 އެވެ. އޭނާއާ ދެކޮޅަށް ލިބިފައިވަނީ 2,537 ވޯޓެވެ. 1993ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް މައުމޫނާ އެކު އޭނާގެ ޅިޔަނު [[އިލްޔާސް އިބްރާހީމް]] ވާދަކުރެއްވިއެވެ. ނަމަވެސް މަޖިލީހުން ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ހޮވީ މައުމޫނެވެ. އެ ފަހަރުގެ ރިޔާސީ އިންތިޚާބުގައި %92.8 ވޯޓު ހޯއްދަވައި 1993 އޮކްޓޫބަރު 1ވަނަ ދުވަހު ރިޔާސީ ހަތަރުވަނަ ދައުރަކަށް އިންތިޚާބުވެވަޑައިގަތެވެ. 1998 އޮކްޓޫބަރު 16ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގައި، 86,504 ވޯޓު (%90.90) ހޯއްދަވައިގެން ފަސްވަނަ ދައުރަކަށް މައުމޫން އިންތިޚާބުވެވަޑައިގަތެވެ. [[ފައިލު:President Maumoon Abdul Gayoom speaks at his 2003 election campaign.jpg|thumb|ރިޔާސީ ކެމްޕެއިނުގައި މައުމޫން ވާހަކަފުޅު ދައްކަވަނީ، (އޮކްޓޫބަރު 2003)]] === 2003 ގެ ރިޔާސީ އިންތިޚާބު === ރައްޔިތުންގެ މަޖިލީހުގެ ހުރިހާ މެންބަރުން (50 މެންބަރުން) ގެ ވޯޓާ އެކު، ރިޔާސީ އިންތިޚާބުގައި ވާދަކުރާނެ ކެންޑިޑޭޓަކަށް މައުމޫން ޢަބްދުލްޤައްޔޫމް ހޮވުނެވެ. އެ އިންތިޚާބުގައި 102,909 ވޯޓު (%90.28) ކާމިޔާބުކުރައްވައިގެން، ރިޔާސީ ހަވަނަ ދައުރެއް މައުމޫން ކަށަވަރުކުރެއްވިއެވެ. === 2008 ގެ ރިޔާސީ އިންތިޚާބު === 2008ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބަކީ ދިވެހިރާއްޖޭގައި މިހާރު ޢަމަލުކުރެވެމުންދާ ފެހި ޤާނޫނުއަސާސީގެ ދަށުން ބޭއްވި ފުރަތަމަ ރިޔާސީ އިންތިޚާބެވެ. އަދި އެއީ ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވި ގިނަ ޕާޓީ އެކުލެވޭ ވާދަވެރި ރިޔާސީ އިންތިޚާބު ވެސްމެއެވެ. 2007ވަނަ އަހަރުގެ އޮގަސްޓު މަހު، [[ހައްދުންމަތި|ހައްދުންމައްޗަށް]] ކުރެއްވި ދަތުރުފުޅެއްގެ ތެރެއިން، 2008ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި [[ދިވެހި ރައްޔިތުންގެ ޕާޓީ|ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ)]] ގެ ފަރާތުން ވާދަކުރައްވާނެކަން މައުމޫން އިޢުލާނުކުރެއްވިއެވެ. ޑީއާރުޕީގެ އަސާސީ ޤަވާޢިދު ބުނާގޮތުން، ޕާޓީގެ ލީޑަރަކީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓްކަމަށް ވާތީ، މައުމޫނަކީ އޭރު ވެސް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓެވެ. އާ ޤާނޫނުއަސާސީގައި ރައީސުލްޖުމްހޫރިއްޔާކަން ކުރެއްވޭނީ ގިނަވެގެން ދެ ދައުރުގައި ކަމަށް ބަޔާންކޮށްފައި އޮތުމާ އެކު، ހަތްވަނަ ދައުރަކަށް މައުމޫން ކުރިމަތިލެއްވުމުން އެ މައްސަލަ [[ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު|ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް]] ހުށަހެޅުނެވެ. އެ މައްސަލައިގައި ސުޕްރީމް ކޯޓުން ނިންމައިފައިވަނީ ދައުރުގެ ޙުދޫދުތައް ހިނގާނީ އައު ޤާނޫނުއަސާސީގެ ދަށުން ފުރިހަމަކުރާ ދައުރުތަކަށް އެކަނި ކަމަށެވެ. އަދި މައުމޫން ޢަބްދުލްޤައްޔޫމަކީ ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމަށް ޝަރުޠު ފުރިހަމަވާ މީހެއްކަމަށެވެ. 2008 ގެ ރިޔާސީ އިންތިޚާބުގައި މައުމޫންގެ ރަނިންގ މޭޓެއްގެ ގޮތުގައި އިޚްތިޔާރުކުރެއްވީ އޭރުގެ މިނިސްޓަރ އޮފް އެޓޯލްސް ޑިވެލޮޕްމަންޓް [[އަޙްމަދު ތަސްމީން ޢަލީ]]އެވެ. 2008 އޮކްޓޫބަރު 8ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި މައުމޫން ޢަބްދުލްޤައްޔޫމް ހިމެނޭ ގޮތުން ޖުމުލަ 6 ކެންޑިޑޭޓުން ވާދަކުރެއްވިއެވެ. މައުމޫނާ އެކު ދެން ވާދަކުރެއްވީ [[ޤާސިމް އިބްރާހީމް]]، [[ޙަސަން ސަޢީދު|ޑރ. ޙަސަން ސަޢީދު]]، [[މުޙައްމަދު ނަޝީދު]]، [[އިބްރާހިމް އިސްމާޢިލް|އިބްރާހިމް އިސްމާޢީލް]]، [[ޢުމަރު ނަސީރު|ޢުމަރު ނަޞީރު]]، މި 5 ބޭފޫޅުންނެވެ. އިންތިޚާބުގެ ފުރަތަމަ ބުރުގައި 71,731 ވޯޓާ އެކު ވޯޓުލީ މީހުންގެ %40.63 ހޯއްދަވައި ފުރަތަމަ ބުރު ކާމިޔާބުކުރެއްވީ މައުމޫނެވެ. ނަމަވެސް އެއްވެސް ކެންޑިޑޭޓަކަށް %50 ވޯޓު ލިބިފައިނުވާތީ އިންތިޚާބުގެ ދެވަނަ ބުރު ބާއްވައިފައިވެއެވެ. 2008 ގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު ބޭއްވީ 2008 އޮކްޓޫބަރު 28ވަނަ ދުވަހުއެވެ. ދެވަނަ ބުރުގައި ވާދަކުރެއްވީ ފުރަތަމަ ބުރުން އެންމެ ގިނަ ވޯޓު ލިބިވަޑައިގެންނެވި ދެ ކެންޑިޑޭޓުންކަމަށްވާ މައުމޫން ޢަބްދުލްޤައްޔޫމާއި [[މުޙައްމަދު ނަޝީދު|މުޙައްމަދު ނަޝީދެވެ]]. ދެވަނަ ބުރުގައި 97,222 ވޯޓު (%54.21) ހޯއްދަވައި އިންތިޚާބު ކާމިޔާބުކުރެއްވީ [[ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ]]ގެ ކެންޑިޑޭޓު މުޙައްމަދު ނަޝީދެވެ. 82,121 ވޯޓު (%45.79) އާ އެކު މައުމޫނަށް ކުރިމަތިވެވަޑައިގެންނެވީ ނާކާމިޔާބީއާއެވެ. == ރިޔާސީ ދައުރު (1978 - 2008) == [[ފައިލު:Maumoon Abdul Gayoom presidential portrait (cropped).jpg|thumb|މައުމޫން ޢަބްދުލްޤައްޔޫމް، (1980 ގެ އަހަރުތަކުގެ ތެރޭގައި)]] އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް، ދިވެހިރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ ދެވަނަ ރައީސްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާކުރެއްވީ 11 ނޮވެންބަރު 1978 (10 ޛުލްޙިއްޖާ 1398) ވީ ހޮނިހިރު ވިލޭރޭގެ މެންދަމު 00:00 ގައެވެ. އެ މަނިކުފާނަށް ހުވާ ލައިދެއްވީ ދިވެހިރާއްޖޭގެ އޭރުގެ އުއްތަމަ ފަނޑިޔާރު [[މޫސާ ފަތުޙީ|ފަޟީލަތުލްއުސްތާޛުއްޝައިޚުލްމަރްޙޫމު މޫސާ ފަތުޙީ އަލްއަޒްހަރީ]]އެވެ. އޭގެފަހުން ވިދިވިދިގެން 5 އަހަރުގެ 6 ދައުރަށް، ރައްޔިތުންގެ ވަރަށް ތަނަވަސް އަޣުލަބިއްޔަތަކުން މައުމޫން ވަނީ ހޮވިވަޑައިގެންފައެވެ. އަދި އެ މަނިކުފާނު ވަނީ ދިވެހި ޤައުމަށާއި ރައްޔިތުންނަށް ވަރަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވައިފައެވެ. ރައީސް މައުމޫންގެ ޒަޢާމަތު ވެގެންދިޔައީ ދިވެހިރާއްޖެއަށް ތަފާތު ރޮނގުރޮނގުން ކުރިއެރުމާއި ތަރައްޤީ ލިބުނު އަހަރުތަކަކަށެވެ. އެ މަނިކުފާނު ވެރިކަމާ ޙަވާލުވީ އަހަރު، 1978 ގައި، ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތް، ބޮލަކަށް ޖެހޭ މިންވަރަކީ 180 އެމެރިކާ ޑޮލަރަށް ވުރެ މަދު ޢަދަދެކެވެ. ނަމަވެސް އެ މަނިކުފާނުގެ ވެރިކަން ނިމުނު އިރު، 2008 ގައި، އެ ޢަދަދު ވަނީ 4500 އެމެރިކާ ޑޮލަރަށް އިތުރުވެފައެވެ. މައުމޫން ޢަބްދުލްޤައްޔޫމް ރައީސުލްޖުމްހޫރިއްޔާކަމާ ޢަވާލުވެވަޑައިގެންނެވި އިރު ރާއްޖޭގައި ހުރީ ސަރުކާރުގެ އެންމެ 4 ސްކޫލެވެ. ލިޔަންކިޔަން ދަންނަ މީހުންނަށް ވުރެ، ލިޔަންކިޔަން ނުދަންނަ މީހުން ގިނައެވެ. 2008 ގައި އެމަނިކުފާނު ވެރިކަމުން ވަކިވެވަޑައިގެންނެވި އިރު، ސަރުކާރުގެ 221 ސްކޫލް ހިނގަމުންދިޔައެވެ. 1978 ގައި، 65 ޔުނިވަރސިޓީ ގްރެޖުއޭޓުން ތިބި އިރު، އެ މަނިކުފާނުގެ ރިޔާސަތުގައި އެ ޢަދަދު 4000 އަށް އިތުރުވެފައިވެއެވެ. ލިޔަންކިޔަން ދަންނަ މީހުންގެ ނިސްބަތް އޮތީ ހުޅަނގުގެ ޤައުމުތަކާ ފައިހަމަކުރެވޭ މިންވަރުގައެވެ. 99 އިންސައްތައާ ގާތްކުރާ ޢަދަދެއްގައެވެ. ޞިއްޙީ ދާއިރާއަށް ބަލާ އިރު، ރައީސް މައުމޫންގެ ރިޔާސަތު ފެށުނު އިރު ތިބީ 23 ޑޮކްޓަރުންނާއި 74 ނަރުހުންނެވެ. 2008 ނިމުނު އިރު، 600 ޑޮކްޓަރުންނާއި، 1300 ނަރުހުންނާއި، 800 ކޮމިއުނިޓީ ހެލްތް ވޯރކަރުން ޚިދުމަތުގައި ތިއްބެވިއެވެ. ވެރިކަމާ ޙަވާލުވެވަޑައިގެންނެވިއިރު ރާއްޖޭގައި ހުރީ ހަމަ އެންމެ ހޮސްޕިޓަލެކެވެ. އެ މަނިކުފާނުގެ ޒަޢާމަތު ނިމުނު އިރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 22 ހޮސްޕިޓަލް ޤާއިމުވެފައި ހުއްޓެވެ. 1978 ގައި ރާއްޖޭގައި އޮތީ އެންމެ 15 ރިޒޯޓެވެ. އެ އަހަރު ރާއްޖެ އައީ 15,000 ފަތުރުވެރީންނެވެ. 2008 ގައި ރާއްޖޭގައި ހުރި ރިޒޯޓުގެ އަދަދު 100 އާ ގާތްކުރާ ޢަދަދަކަށް އިތުރުވިއިރު، އެ އަހަރު 600,000 އަށް ވުރެ ގިނަ ފަތުރުވެރީން ރާއްޖެއަށް ޒިޔާރަތްކުރިއެވެ. ދިވެހިރާއްޖޭގެ އިސްލާމީ ވަޙްދަތު ދެމެހެއްޓެވުމަށް ޓަކައި ވެސް ރައީސް މައުމޫން ވަނީ އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވައިފައެވެ. ރާއްޖޭގައި އިސްލާމީ ތަޢުލީމާއި ތަފާތު އިސްލާމީ ފަންނުތައް ކިޔަވައިދެއްވުމަށް ޓަކައި އުފެއްދެވި މަރުކަޒު [މަޢުހަދުއްދިރާސާތިލްއިސްލާމިއްޔާ] ހުޅުވުނީ ހިޖުރީ 15ވަނަ ޤަރުނުގެ މުނާސަބަތުގައި ހިޖުރީ އާ އަހަރުގެ ފުރަތަމަ ދުވަހުއެވެ. އެއީ، 1980ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 9ވަނަ ދުވަހުއެވެ. އޭގެފަހުން ޢަރަބި ތަޢުލީމު ދޭ ދެވަނަ މަދަރުސާ [<nowiki/>[[ޢަރަބިއްޔާ ސްކޫލު|އަލްމަދްރަސަތުލްޢަރަބިއްޔަތުލްއިސްލާމިއްޔާ (ޢަރަބިއްޔާ ސްކޫލް)]]] ހުޅުވިގެންދިޔައެވެ. ރާއްޖެއިން ލިޔަންކިޔަން ނުދަތުން މުޅިން ފިލުވައިލެއްވުމަށް ޓަކައި 1980 ޖަނަވަރީ 1 ގައި ފެށްޓެވި އަސާސީ ތަޢުލީމުގެ މަޝްރޫޢަކީ، އެ މަނިކުފާނު ހިންގެވި މަޝްރޫޢުތަކުގެ ތެރެއިން ވަރަށް ކާމިޔާބު މަޝްރޫޢެކެވެ. ރާއްޖޭގެ ރައްޔިތުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކުރެއްވުމަށް ޓަކައި ރަމަޟާން މަހަށް ޚާއްޞަ ކުރައްވައިގެން، ހިޖުރައިން 1400ވަނަ އަހަރުގެ ރަމަޟާން މަހުގެ 1ވަނަ ދުވަހުގެ ރެއިން ފެށިގެން، ރައީސުލްޖުމްހޫރިއްޔާގެ ރަސްމީގެ، އޭރުގެ މުލީއާގޭގައި ރައީސް މައުމޫން ފެށްޓެވި ޤުރްއާން ކިޔެވުމާއި ދީނީ މައުޟޫޢަށް ވާހަކަ ދެއްކުމުގެ ޕްރޮގްރާމަކީ މިގޮތުން ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލެވޭ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް މެދުކެނޑުމެއްނެތި ކުރިއަށް ގެންދެވިއެވެ. އޭރު ރާއްޖޭގައި ދީނީ ޢިލްމުވެރިން މަދުކަމާ އެކު، އެ ޕްރޮގްރާމްގައި ގިނަ ތަޤްރީރުތަކެއް ކުރެއްވީ ޚުދު އެ މަނިކުފާނެވެ. އަދި ރާއްޖެއިން ބޭރުގެ ވާޢިޡުންނާއި ޤާރީން ގެންނަވައި، މި ޕްރޮގްރާމް މުއްސަނދިކުރެއްވިއެވެ. އެ މަނިކުފާނުގެ މަސައްކަތްޕުޅުތަކުގެ ތެރެއިން، ރާއްޖޭގެ ކޮންމެ ރަށެއްގައި މިސްކިތް ބިނާކުރައްވައި، ކީރިތި ޤުރްއާން ތަޖުވީދު މަގުން ކިޔެވުމުގެ ފަންނު ދިރުވުމަށް ޚިދުމަތްކުރެއްވުމާއި، ދީނީ ހޭލުންތެރިކަން އިތުރުކުރެއްވުމަށް މީޑިއާ މެދުވެރިކުރައްވައި ތަފާތު ޕްރޮގްރާމްތައް އަމިއްލަފުޅަށް ކުރިއަށް ގެންދެވިކަން އެއީ ވެސް ފާހަގަކޮށްލެވޭ ކަންކަމެވެ. އަދި އެ މަނިކުފާނުގެ ވެރިކަމުގައި ކީރިތި ޤުރްއާނުގެ ޢިލްމު ފެތުރުއްވުމަށް ހުޅުއްވި ކީރިތި ޤުރްއާނާ ބެހޭ މަރުކަޒަކީ ވެސް އެ މަނިކުފާނު ދީނީ ރޮނގުން ކުރެއްވި މަތިވެރި ޚިދުމަތެކެވެ. ރައީސް މައުމޫނަކީ، ދީނީ އަދި ޢިލްމީ ގިނަ ފޮތްތަކެއް ލިޔުއްވައި ޝާއިޢުކުރެއްވުމުގެ އިތުރުން [ދީނުގެ މަގު]ގެ ނަމުގައި ދީނީ ހަފްތާ މަޖައްލާއެއް ވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވަމުން ގެންދެވި ޢިލްމުވެރިއެކެވެ. އޭގެއިތުރުން، ވެރިކަމުގެ މަސްއޫލިއްޔަތު އުފުއްލަވަމުން ވެސް އެ މަނިކުފާނު ގެންދެވީ މެދުނުކެނޑި މުދައްރިސެއްގެ ދައުރު އަދާކުރައްވަމުންނެވެ. އިސްލާމީ ޝަރީޢަތާއި އުޞޫލުލްފިޤްހުގެ ޢިލްމުގެ ފިލާވަޅުތައް ކުއްލިއްޔަތުއްދިރާސާތިލްއިސްލާމިއްޔާގެ ދަރިވަރުންނަށް ޤަވާޢިދުން ނަންގަވައިދެއްވަމުން ގެންދެވިއެވެ. ރާއްޖޭގެ އެންމެ ބޮޑު އާބާދީއެއް އޮތީ މާލޭ ސަރަޙައްދުގައި ކަމަށްވުމާ އެކު، މާލޭ ސަރަޙައްދަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުކުރެއްވުމަށް ރައީސް މައުމޫންގެ ޒަޢާމަތުގައި ދެއްވި އަހަންމިއްޔަތުކަން ވެސް އެއީ އެމަނިކުފާނުގެ ޚިދުމަތްތަކުގެ ތެރެއިން ފާހަގަކުރެވޭ މުހިންމު ޚިދުމަތެކެވެ. ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމާ އެމަނިކުފާނު ޙަވާލުވެވަޑައިގަތުމަށް ފަހު، އެންމެ ބޮޑު އިސްކަމެއް ދެއްވި އެއްކަމަކީ، މާލެއިން ހިއްކެންހުރި ސަރަޙައްދުތައް ހިއްކުމަށް ކުރެއްވި މަސައްކަތްޕުޅުތަކެވެ. މިގޮތުން ހިއްކި ސަރަޙައްދުން އެތައް ބަޔަކަށް ގޯތި ދެއްވައި، ޞިނާޢީ އެކި މަޝްރޫޢުތަކަށް ބިން ޚާއްޞަކުރެއްވިއެވެ. މީގެއިތުރުން، ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުކުރެއްވުމަށް އެމަނިކުފާނު ފެށްޓެވި އެންމެ އަގުބޮޑު އެއް މަޝްރޫޢަކީ [[ހުޅުމާލެ|ހުޅުމާލޭ]] މަޝްރޫޢެވެ. 1997ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 16ވަނަ ދުވަހު އެ މަނިކުފާނު އިފްތިތާޙުކޮށްދެއްވި މި މަޝްރޫޢު ވެގެންދިޔައީ، ދިވެހިންގެ އެތައް ބަޔަކަށް އެތައް ހިތްހަމަޖެހުމަކާއި، ފޮނި އުންމީދުތަކެއް ގެނެސްދިން މަޝްރޫޢަކަށެވެ. ހުޅުމާލޭގައި މީހުން ދިރިއުޅެން ފެށުން އިފްތިތާޙުވެގެންދިޔައީ، އޭގެ 6 އަހަރުފަހުން 2004ވަނަ އަހަރުގެ މޭ މަހުގެ 12ވަނަ ދުވަހުއެވެ. ރައީސް މައުމޫން ސިފަކުރައްވާފައިވާ ގޮތުން ނަމަ، އެ ދުވަހަކީ ރާއްޖޭގެ ގިނަ ބަޔަކު ދެކެމުން އައި ފިނިފެންމަލުގެ ހުވަފެން ޙަޤީޤަތަކަށްވެގެންދިޔަ ދުވަހެވެ. ރައީސް މައުމޫންގެ މަސައްކަތްޕުޅުތަކުގެ ތެރެއިން އެންމެ އަލިގަދަކޮށް ފާހަގަވެގެންދިޔަ އެއް މަސައްކަތްޕުޅަކީ، ސަރަޙައްދީ އެއްބައިވަންތަކަމަށާއި، އިސްލާމީ އުންމަތުގެ ޙައްޤުތައް ޙިމާޔަތްކުރެއްވުމަށް ކުރެއްވި މަސައްކަތްޕުޅެވެ. ރައީސް މައުމޫނަކީ، ސަރަޙައްދީ ޖަމްޢިއްޔާ [<nowiki/>[[ސާރކް]]]ގެ އެއް ބާނީއެވެ. އޭގެއިތުރުން، އެ މަނިކުފާނަކީ، ބައިނަލްއަޤްވާމީ ބޮޑެތި ބައްދަލުވުންތަކުގައި [[ފަލަސްޠީނު]]ގެ މައްސަލައިގައި މެދުނުކެނޑި ވަކާލާތުކުރެއްވި ބޭފުޅެކެވެ. 1987 ގައި ރައީސް މައުމޫން މުޅި ދުނިޔޭގެ ސަމާލުކަން ހޯއްދެވީ، އެ އަހަރު ވެންކޫވަރގައި އޮތް ކޮމަންވެލްތް ސަމިޓުގައާއި، އަދި އެ އަހަރު [[އެކުވެރި ދައުލަތްތައް|އދ.]]ގެ ޢާންމު މަޖިލީހުގައި، ކަނޑުގެ ލޮނުގަނޑު އުފުލުމުގެ މައްސަލައާއި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން، ރާއްޖެއާއި އެހެނިހެން ކުދި ޖަޒީރާ ޤައުމުތަކަށް ހުރި ނުރައްކަލާ ބެހޭގޮތުން ބައިނަލްއަޤްވާމީ ސަމާލުކަން ހޯއްދެވުމާ ގުޅިގެންނެވެ. އެ ކަން ފާހަގަވެގެންދިޔައީ، ޤައުމެއްގެ އެންމެ އިސްވެރިޔަކު މި މައްސަލައާމެދު އެންމެ މަތީ ފެންވަރުގައި އެންމެ ފުރަތަމަ އަޑުއުފުއްލެވި ފަހަރު ކަމުގައެވެ. ރައީސް މައުމޫންގެ ވެރިކަމުގެ ތެރޭގައި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް އެންމެ ބޮޑު ނުރައްކަލެއް ކުރިމަތިކުރުވި ކަމަކީ [[3 ނޮވެމްބަރ 1988|1988 ނޮވެންބަރު 3ވަނަ ދުވަހު ކުރިމަތިވި ޢުދުވާނީ ޙަމަލާއެވެ.]] އެ ޙަމަލާއިން، މާތްވެގެންވާ އިސްލާމްދީނާއި، ދިވެހި ޤައުމާއި ދިވެހި ރައްޔިތުން ސަލާމަތްކުރެއްވުމަށް އެ މަނިކުފާނު ކުރެއްވި މަސައްކަތްޕުޅުތައް ވެސް ފާހަގޮށްލެވެއެވެ. އެއީ، އިސްލާމްދީނާއި ޤައުމާއި ރައްޔިތުންގެ ދިފާޢުގައި އެ މަނިކުފާނު ވެވަޑައިގެންނެވި ވަރަށް މަތިވެރި ޤުރްބާނީއެކެވެ. މީގެއިތުރުން އެ މަނިކުފާނުގެ ވެރިކަމުގައި ދިމާވި ބޮޑެތި ކަންތައްތަކުގެ ތެރޭގައި 1987 އެޕްރީލް 11ވަނަ ދުވަހު ކުރިމަތިވި ބޮޑު ރާޅު އެރުމުގެ ހާދިސާއާއި، 2004 ޑިސެންބަރު 26ވަނަ ދުވަހުގެ ސުނާމީ ކާރިސާ ހިމެނެއެވެ. ==ފާހަގަކުރެވޭ ދަތުރުތަކާއި ބައިވެރިވެވަޑައިގައިގެންނެވި ބައްދަލުވުން== [[ފައިލު:List of international presidential trips made by Maumoon Abdul Gayoom.svg|thumb|މައުމޫން ޢަބްދުލްޤައްޔޫމް ރައީސްކަމުގައި ހުންނަވައި ޒިޔާރަތްކުރެއްވި ޤައުމުތައް. (ޒިޔާރަތްކުރެއްވި ޤައުމުތައް ނޫ ކުލައިން، ދިވެހިރާއްޖެ ރަތް ކުލައިން)]] [[ފައިލު:The President of Maldives, Mr. Maumoon Abdul Gayoom inspecting the Guard of Honour at the ceremonial reception, in New Delhi on February 11, 2008.jpg|thumb|މައުމޫން އިންޑިއާގައި، (2008)]] މައުމޫން ޢަބްދުލްޤައްޔޫމް ވަނީ އެ މަނިކުފާނުގެ 30 އަހަރުގެ ރިޔާސަތުގައި ދުނިޔޭގެ 35 އަށް ވުރެ ގިނަ ޤައުމަށް ޒިޔާރަތްކުރައްވައިފައެވެ. ރައީސްކަމުގެ ހުވާކުރެއްވުމަށް ފަހު އެންމެ ފުރަތަމަ ކުރެއްވި ދަތުރުފުޅަކީ [[ލީބިޔާ]]ގެ "1 ސެޕްޓެމްބަރު އިންޤިލާބު" ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް އެ ޤައުމަށް ކުރެއްވި ދަތުރުފުޅެވެ. އެމަނިކުފާނަކީ [[ލީބިޔާ]]، [[ސެނެގާލް]]، [[ދެކުނު އެފްރިކާ]]އަށް ޒިޔާރަތްކުރެއްވި ދިވެހިރާއްޖޭގެ ފުރަތަމަ ރައީސެވެ. ވެރިކަން ނިމުނު އިރު، މައުމޫން ވަނީ އެކި ފަންތީގައި 16 ފަހަރަށް ވުރެ ގިނައިން [[އިންޑިޔާ|އިންޑިއާ]]ށް ޒިޔާރަތްކުރައްވައިފައެވެ. މިއީ ރާއްޖޭގެ ރައީސަކު އެހައިތަނަށް [[އިންޑިޔާ|އިންޑިއާ]]އަށް އެންމެ ގިނައިން ދަތުރުކުރެއްވުމުގެ ރެކޯޑެވެ. * މައުމޫން ޢަބްދުލްޤައްޔޫމް ރައީސުލްޖުމްހޫރިއްޔާކަމާ ޙަވާލުވެވަޑައިގަތުމަށް ފަހު ކުރެއްވި ފުރަތަމަ ދަތުރުފުޅަކީ [[ލީބިޔާ]]އަށް ކުރެއްވި ދަތުރުފުޅެވެ. މި ދަތުރުފުޅުކުރެއްވީ އެ ޤައުމުގައި ބޭއްވުނު 10ވަނަ [[ސެޕްޓެމްބަރ ރިވޮލިއުޝަން]] ފާހަގަކުރުމުގެ ޙަފްލާގައި ބައިވެރިވެވަޑައިގަތުމަށެވެ. * 1981 ގައި [[ސައޫދީ އަރަބިއްޔާ|ސަޢޫދީ ޢަރަބިއްޔާ]]ގައި ބޭއްވި 3ވަނަ އިސްލާމިކް ސަމިޓް ކޮންފެރެންސް އޮފް [[އޯރަގަނައިޒޭޝަން އޮފް ދަ އިސްލާމިކް ކޮންފެރެންސް|އޯގަނައިޒޭޝަން އޮފް ދަ އިސްލާމިކް ކޮންފެރެންސް]] ގައި ބައިވެރިވެވަޑައިގަތުމަށް މައުމޫން އެ ޤައުމަށް ވަޑައިގަތެވެ. އަދި އޭގެ ފަހުން އައި.އެސް.ސީގެ ހުރިހާ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަންނަވައެވެ. މީގެ ތެރޭގައި 1984 ގައި [[މޮރޮކޯ]] ގައި ބޭއްވި ބައްދަލުވުމާއި، 1987 ގައި [[ކުވެއިތު|ކުވައިތު]]ގައި ބޭއްވި ބައްދަލުވުމާއި, 1991 ގައި [[ސެނެގާލް]]ގައި ބޭއްވި ބައްދަލުވުމާއި، 1994 ގައި [[މޮރޮކޯ]]ގައި ބޭއްވި ބައްދަލުވުން އަދި 1997ގައި [[ޕާކިސްތާން|ޕާކިސްތާނު]]ގައި ބޭއްވުނު ބައްދަލުވުން ހިމެނެއެވެ. * 1981 ގައި [[އޭޝިއާ]]ގެ ބައެއް ޤައުމުތަކަށް ސަރުކާރުގެ ދަތުރުފުޅެއް ކުރެއްވިއެވެ. މިގޮތުން މި ދަތުރުފުޅުގައި ވަޑައިގަތީ [[ސިންގަޕޫރު|ސިންގަޕޫރާއި]] [[މެލޭޝިޔާ]]އަށެވެ. * 10 މޭ 1982 ގައި [[ލަންޑަން|ލަންޑަނަށް]] ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން މައުމޫން ކުރެއްވި ދަތުރުފުޅަކީ ހުޅަނގުގެ ޤައުމަކަށް މި މަނިކުފާނު ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ. * އޮކްޓޫބަރު 1982 ގައި [[ފިޖީ]] ގައި ބޭއްވި '''ކޮމަންވެލްތު'''ގެ އިސްވެރީންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ. 1982ވަނަ އަހަރު [[އޮޅުދޫކަރަ|ސްރީލަންކާ]]އަށް ސަރުކާރުގެ ދަތުރުފުޅެއް ކުރެއްވިއެވެ. މި ދަތުރުފުޅުގެ ބޭނުންފުޅަކަށްވީ ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމެވެ. == ރިޔާސީ ދައުރަށް ފަހު == [[ފައިލު:President Maumoon at the function held in memory of brother Hameed.jpg|thumb|[[ޢަބްދުﷲ ޙަމީދު|އަލްއުސްތާޛުލްމަރްޙޫމު ޢަބްދުﷲ ޙަމީދު]]ގެ ތައުބީނުގެ ޖަލްސާގައި މައުމޫން ވާހަކަފުޅު ދައްކަވަނީ، (2015)]] 2008 ނޮވެންބަރު 11ވަނަ ދުވަހު [[ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ]]ކަމުގެ ހުވާ [[މުޙައްމަދު ނަޝީދު]] ކުރެއްވުމާ ގުޅިގެން މައުމޫން ޢަބްދުލްޤައްޔޫމް ބަދަލުވެވަޑައިގަތީ މާލޭގައި ހުންނަ އެ މަނިކުފާނުގެ އަމިއްލަ ގެކޮޅަށެވެ. ހިލޭ ސާބަހަށް މަސައްކަތްކުރުމާއި، ދިވެހީންނަށް އިޖުތިމާޢީ އެކި ރޮނގުތަކުން ފައިދާކުރަނިވި ޚިދުމަތްތަކެއް ކުރެއްވުމުގެ މަޤްޞަދުގައި 2010 ޖަނަވަރީ 26ވަނަ ދުވަހު ރައީސް މައުމޫން ވަނީ [މައުމޫން ފައުންޑޭޝަން] ގެ ނަމުގައި ޖަމްޢިއްޔާއެއް އުފައްދަވައިފައެވެ. އަދި އެ ފައުންޑޭޝަންގެ މުއައްސިސްކަމާއި ޗެއަރމަން ކަމުގެ މަޤާމު މިއަދު ވެސް ގެންދަވަނީ ފުރުއްވަމުންނެވެ. ރައީސްކަމުން ވަކިވެވަޑައިގެންނެވި އިރު މައުމޫން ހުންނެވީ [[ދިވެހި ރައްޔިތުންގެ ޕާޓީ|ޑީއާރުޕީ]]ގައެވެ. ނަމަވެސް 2011ވަނަ އަހަރު އެ ޕާޓީން ވަކިވެވަޑައިގަތުމަށް ފަހު [[ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް|ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)]] ގެ ނަމުގައި އައު ޕާޓީއެއް އުފެއްދެވިއެވެ. ދިމާވި އެކި ސަބަބުތަކާ ހުރެ ޕީޕީއެމްގެ ތެރޭގައި އެކި މައްސަލަތައް ކުރިމަތިވިއެވެ. ޕާޓީގެ ލީޑަރޝިޕްގެ ތެރޭގައި ޖެހުނު މައްސަލަތަކަށް ފަހު ޕީޕީއެމުން ވަކިވެވަޑައިގެން "މޯލްޑިވްސް ރިފޯމް މޫވްމަންޓް" ގެ ނަމުގައި މައުމޫން އިސްވެ ހުރެ އައު ޕާޓީއެއް ވަނީ އުފައްދަވައިފައެވެ. ނަމަވެސް ސިޔާސީ ޕާޓީގެ ޤާނޫނު ލާޒިމުކުރާ ޢަދަދު ކަމަށްވާ 3,000 މެމްބަރުން އެ ޕާޓީ އަށް ހަމަކުރެވިފައި ނުވާތީ، 2025 ޖަނަވަރީ 29ވަނަ ދުވަހު އިލެކްޝަންސް ކޮމިޝަނުން ވަނީ ޕާޓީ އުވައިލައި، ސިޔާސީ ޕާޓީތަކުގެ ދަފުތަރުން އުނިކޮށްފައެވެ. == ލިޔުއްވައިފައިވާ ބައެއް ފޮތްތައް == * أُصُولُ الْفِقْه - އިސްލާމީ ފިޤްހުގެ މަޞްދަރުތަކާއި އެ މަޞްދަރުތަކުން ޙުކުމް ދެނެގަނެވޭނެ ހަމަތައް * އަހަރެމެންގެ ދީނަކީ މިއީ (ތަރުޖަމާ) * ހެޔޮކަމާއި ތަޤްވާގެ މައްސަރު * އިސްލާމްދީނަކީ ރީތިކަމުގެ ދީނެވެ. * އަންހެނަކު އިސްލާމީ ޤައުމެއްގެ އެންމެ މަތީ މަޤާމު އަދާކުރުމަކީ ޝަރްޢީ ގޮތުން ހުއްދަކަމެއްތޯ؟ * ޙައްޖާއި ޢުމްރާވުމުގައި ކިޔާ ބައެއް ދުޢާ މާނައާ އެކު * އަޙްކާމުލްޙައްޖު ވަލްޢުމްރާ (1ވަނަ ބައި އަދި 2ވަނަ ބައި) == އަގުވަޒަންކުރުންތަކާއި އިނާމުތައް == [[ފައިލު:Order of the Rule of Ghazi on President Maumoon Abdul Gayoom, 2013.jpg|thumb|ރައީސް މައުމޫނަށް ނިޝާން ޣާޒީގެ ޢިއްޒަތުގެ ވެރިކަން އަރުވަނީ، (2013)]] ރައީސް މައުމޫން ޢަބްދުލްޤައްޔޫމްގެ ޚިދުމަތްތަކުގެ އަގު ވަޒަންކޮށް، ބޭރުގެ ތިން ޔުނިވަރސިޓީއަކުން ވަނީ އޮނަރަރީ ޑޮކްޓަރޭޓްގެ ޝަރަފު އެމަނިކުފާނަށް އަރުވައިފައެވެ. 1988ވަނަ އަހަރު ޔުނެޕުން ވަނީ ރައީސް މައުމޫނަށް [ގްލޯބަލް 500]ގެ އިނާމު އަރުވާފައެވެ. އަދި، ތިމާވެށީގެ ރޮނގުން [[ޖަރުމަނުވިލާތް|ޖަރުމަނުވިލާތު]]ގެ [ޑީ.އާރު.ވީ] އިނާމާއި، [[އިޓަލީވިލާތް|އިޓަލީވިލާތު]]ގެ [މޭން އޮފް ސީ] އިނާމު ވެސް އެ މަނިކުފާނަށް ލިބިވަޑައިގެންފައިވެއެވެ. އޭގެއިތުރުން، [[އިންޑިޔާ|އިންޑިއާ]] [ޓެރީގެ ސަސްޓޭނަބަލް ޑިވެލޮޕްމަންޓް ލީޑަރޝިޕް އެވޯޑު] 2008ވަނަ އަހަރު އެ މަނިކުފާނަށް ވަނީ ލިބިވަޑައިގެންފައެވެ. ބޭރުގެ ޢިއްޒަތްތެރިންނަށް [[އިނގިރޭސިވިލާތް|އިނގިރޭސި]] ދައުލަތުން ދެއްވާ އެންމެ މަތީ ލަޤަބު [ޖީ.ސީ.އެމް.ޖީ] އަދި [[ދެކުނު ކޮރެއާ]]ގެ އެންމެ މަތީ ޝަރަފު [ގްރޭންޑް އޯޑަރ އޮފް މުގުންގާވާ] އާއި، [[އޮޅުދޫކަރަ|ސްރީލަންކާ]]ގެ އެންމެ މަތީ ޝަރަފު [މިތުރަ ވިބޫޝަނަ] ވެސް ރައީސް މައުމޫނަށް ވަނީ ލިބިވަޑައިގެންފައެވެ. އޭގެ އިތުރުން، ޑަބްލިޔޫ.އެޗް.އޯ.ގެ [ހެލްތް ފޯރ އޯލް] ރަން މެޑަލާއި، [<nowiki/>[[އަލްއަޒުހަރު ޔުނިވަރސިޓީ|އަލްއަޒްހަރު]]ގެ ޝީލްޑް] ވެސް އެ މަނިކުފާނަށް ލިބިވަޑައިގެންފައިވެއެވެ. މީގެއިތުރުން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމުގައި ހުންނަވައިގެންނާއި އޭގެ ކުރިން ވެސް، ދިވެހި ޤައުމަށާއި، ދިވެހި ރައްޔިތުންނަށާއި، ދިވެހި ދައުލަތަށް ތަފާތު އެތައް ރޮނގަކުން އެ މަނިކުފާނު ކުރެއްވި ޚިދުމަތްތަކުގެ އަގުވަޒަންކުރައްވައި، 2013ވަނަ އަހަރު، ދިވެހި ދައުލަތުގެ އެންމެ މަތިވެރި ޢިއްޒަތް "ނިޝާން ޣާޒީގެ ޢިއްޒަތުގެ ވެރިކަން (ނ.ޣ.ޢ.ވ)" އެ މަނިކުފާނަށް ވަނީ އަރުވައިފައެވެ. {| class="wikitable" style="text-align:center; width:70%; margin: 1em auto 1em auto; " |- |ކުރިން ހުންނެވީ:<br />[[އިބްރާހީމް ނާޞިރު]]|| bgcolor="LightGray" | '''[[ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ]]'''<br />1978-2008|| ފަހުން ވަޑައިގަތީ:<br />'''[[މުޙައްމަދު ނަޝީދު]]''' |} ==ރިފަރެންސް== * [[ރޯއިސްޓަން އެލިސް]] ލިޔުއްވާފައިވާ [[އަ މޭން ފޯރ އޯލް އައިލެންޑްސް]] - ISBN 981-204-852-9 * ހަދާނާއި ތާރީޚްގެ ތެރެއިން - 1 ވަނަ ބައި - އަހުމަދު ނަޖީބް - 2006 ==އިތުރު ފާލަންތައް== *[https://web.archive.org/web/20041210094828/http://www.presidencymaldives.gov.mv/v3/ ދިވެހި ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާގެ ރަސްމީ ވެބްސައިޓް] {{wikiquote|Maumoon Abdul Gayoom|މައުމޫނު އަބްދުލް ޤައްޔޫމް}} {{commonscat|Maumoon Abdul Gayyoom}} {{MaldivesPresidents}} [[ޤިސްމު:ދިވެހި ސިޔާސީ ލީޑަރުން|Gayoom, Maumoon Abdul]] [[ޤިސްމު:Knights Grand Cross of the Order of St Michael and St George|Gayoom, Maumoon Abdul]] [[ޤިސްމު:1937 births|Gayoom, Maumoon Abdul]] [[ޤިސްމު:Living people|Gayoom, Maumoon Abdul]] [[ޤިސްމު:ޙަޔާތުނާމާ]] [[ޤިސްމު:ދިވެހިރާއްޖޭގެ ދީނީ ޢިލްމުވެރީން]] ckkn41cg3w0rideyplyfavcp8075frz މިޔަރު 0 6694 137643 136093 2026-04-28T06:28:01Z InternetArchiveBot 21776 Rescuing 1 sources and tagging 0 as dead.) #IABot (v2.0.9.5 137643 wikitext text/x-wiki މިޔަރު އަކީ ކަނޑުފަޅުގައި ދިރިއުޅޭ މަހެކެވެ. މިޔަރުގެ އަނގަ ހުންނަނީ ނިތްގަނޑުގެ ދަށްފަރާތު ގައެވެ. އަނގައިގައި ވަރަށް ތޫނު ދަތްތަކެއް ހުރެއެވެ. ކޮތަރީގެ ބަދަލުގައި މިޔަރުގައި ހުންނަނީ އުރަހަ އެވެ. ކަންފަތް ހުންނަނީ އެހެން މަސްމަހާ ޚިލާފަށް އުރަހައެއްގެ ސިފައިގައި ބަނޑުދަށް ފަރާތުގައެވެ. މިޔަރުގެ ވަރަށް ގިނަ ވައްތަރު ތައް ހުރެއެވެ. [[ފައިލް:Miyarust.JPG|500px|thumb|left|މިޔަރުގެ ބައިތައް ދައްކައިދޭ ކުރެހުމެއް]] == މިޔަރުގެ ބައިތައް == [[ފައިލް:Miyarust.JPG|250px|thumb|left|މިޔަރުގެ ބައިތައް ދައްކައިދޭ ކުރެހުމެއް]] === ކަށިގަނޑު === ===ނިގޫ=== === ދަތްތައް === == ތަރުތީބު ކުރެވިފައިވާ އޯޑަރުތައް == ތަފާތު 8 އޯޑަރަކަށް މިޔަރުގެ ވައްތަރުތައް ތަރުތީބު ކުރެވިފައި ވެއެވެ. 8 ބަޔަށް އޯޑަރު ކުރެވިފައިވާ ޖުމްލަ 320 އަށްވުރެ ގިނަ ވައްތަރުގެ މިޔަރު ފާހަގަ ކުރެވިފައި ވެއެވެ. === ހެކްސަންކިފޯރމްސް === ހެކްސަންކިފޯރމްސް({{en|Hexanchiformes}})އަކީ މިޔަރު ތަރުތީބު ކުރެވިފައިވާ އޯޑަރެކެވެ. === ސްކޯލިފޯރމްސް === [[ސްކޯލިފޯރމްސް]]({{en|Squaliformes}})އަކީ މިޔަރު ތަރުތީބު ކުރެވިފައިވާ އޯޑަރެކެވެ.މިއޯޑަރުގައި ތަފާތު 7 އާއިލާ އަކުން 80 ވައްތަރުގެ މިޔަރު ހިމެނެއެވެ. މިއޯޑަރުގެ މިޔަރުތަކުގެ ތެރެއިން ރާއްޖޭގައި އުޅޭކަމަށް ފާހަގަ ވެފައިވަނީ [[ކަށިނެތް މިޔަރު]] އެވެ. === ޕްރިސްޓިއޯފޯރިފޯރމްސް === ޕްރިސްޓިއޯފޯރިފޯރމްސް({{en|Pristiophoriformes}})އަކީ މިޔަރު ތަރުތީބު ކުރެވިފައިވާ އޯޑަރެކެވެ. === ސްކޯއަޓިނިފޯރމްސް === ސްކޯއަޓިނިފޯރމްސް({{en|Squatiniformes}})އަކީ މިޔަރު ތަރުތީބު ކުރެވިފައިވާ އޯޑަރެކެވެ. === ހެޓިރޮޑޮންޓިނިފޯރމްސް === ހެޓިރޮޑޮންޓިނިފޯރމްސް({{en|Heterodontiformes}})އަކީ މިޔަރު ތަރުތީބު ކުރެވިފައިވާ އޯޑަރެކެވެ. === އޮރެކްޓޮލޯބިފޯރމްސް === އޮރެކްޓޮލޯބިފޯރމްސް({{en|Orectolobiformes}})އަކީ މިޔަރު ތަރުތީބު ކުރެވިފައިވާ އޯޑަރެކެވެ. === ކާކަރިނިފޯރމްސް === ކާކަރިނިފޯރމްސް({{en|Carcharhiniformes}})އަކީ މިޔަރު ތަރުތީބު ކުރެވިފައިވާ އޯޑަރެކެވެ. === ލެމްނިފޯރމްސް === [[ލެމްނިފޯރމްސް]]({{en|Lamniformes}})އަކީ މިޔަރު ތަރުތީބު ކުރެވިފައިވާ އޯޑަރެކެވެ. މިއޯޑަރުގެ މިޔަރުތަކަށް އާންމު ނަމެއްގެ ގޮތުގައި މެކަރެލް މިޔަރު އޭ ކިޔައެވެ. ވަރަށް މަޝްހޫރު ބައެއް ބާވަތުގެ މިޔަރު މިއޯޑަރުގެ ތެރޭގައި ހިމެނެއެވެ. މިސާލަކަށް [[ފެމުނު މިޔަރު]] ފަދަ [[މިޔަރު]] ހިމެނެއެވެ. އަދި ވަރަށް މަދުން ފެންނަ ވައްތަރެއް ކަމަށްވާ [[ދަތްބިޔަ މިޔަރު]] ހިމެނެނީ ވެސް މި އޯޑަރުގެ ތެރޭގައެވެ. މި އޯޑަރުގެ މިޔަރުގެ ތެރެއިން ރާއްޖޭގެ ކަނޑުތަކުގައި އުޅޭކަމަށް މިހާތަނަށް ފާހަގަވެފައިވާ މިޔަރުތައް ތިރީގައި މިވަނީ އެވެ. * [[ފެމުނު މިޔަރު]] * [[ކަނޑި މިޔަރު]] * [[ލޯބޮޑު ކަނޑި މިޔަރު]] * [[ވޮށިމަސް މިޔަރު]] == ވައްތަރުތައް == ތިރީގައި މިވަނީ މިޔަރުގެ ބައެއް ވައްތަރު ތަކެވެ. === ނިދަން މިޔަރު === {{Main|ނިދަން މިޔަރު}} [[ފައިލް:Nshark.jpg|200px|thumb|left|ނިދަން މިޔަރު]] ނިދަން މިޔަރު އަކީ މިޔަރުގެ ބާވަތެކެވެ. މިއީ ރާއްޖޭގެ ފަރުފަޅު ތަކާއި، ވިލުވިލުގައި ގިނައިން އުޅޭ މިޔަރެކެވެ. އެހެން ކަމުން މިއީ ކަނޑު ފަޅު ފީނައި އުޅޭ މީހުންނަށް ގިނައިން ފެންނަ މިޔަރެކެވެ. މިއީ ވަރުގަދަ ބޯ ހަންގަނޑެއް އޮންނަ ބަރުހެލި މިޔަރެކެވެ. މިމިޔަރު ނިދައިފައި އޮންނައިރު އޮންނާނީ އެސޮރުގެ ބޯ ހަރުހަރަށް ވައްދައިގެންނެވެ. މިހެން ތިބޭއިރުވެސް ގޯނާކޮށްފިނަމަ ހަމަލާދޭކަމަށް ފާހަގަ ކުރެވިފައި ވެއެވެ. ނިދަން މިޔަރުގެ މަހަކީ ކެއުމަށް ރަގަޅު މަހެކެވެ. މިއީ ގާތްގަނޑަކަށް 3މީޓަރަށް ބޮޑުވާ މިޔަރެކެވެ. ނަމަވެސް އާންމު ގޮތެއްގައި ފެނިފައި ހުންނަ މިބާވަތުގެ މިޔަރުގެ ބޮޑު މިނަކީ 2.5 މީޓަރެވެ. މިބާވަތުގެ މިޔަރު ވިހާ ޅަމިޔަރުގައި ގާތްގަނޑަކަށް 40 ސެންޓިމީޓަރު ހުރެއެވެ. ނިދަން މިޔަރުގެ ކާނާ އަކީ ހިޔަލަ، އިހި، ކަކުނި، މުރަކަ، ބޯވަ، ބޯވަ ދިލަމަސް، އަދި ކުދިމަހެވެ. ނިދަން މިޔަރުގެ ކުލައަކީ މުށި ކުލައެވެ.ބަނޑުދަށް ފަރާތުގެ ކުލަ ބުރަކަށި މަތީގައި ހުންނަ މުށި ކުލައަށްވުރެ ފަނޑުވާނެއެވެ. އުރަހަ ތައް ހުންނާނީ އަޅި ކުލައެއްގައެވެ. މިބާވަތުގެ މިޔަރުގެ އުރަހަ އަކީ މިޔަރު އުރަހައިގެ ވިޔަފާރީގައި ބޭނުންކޮށް އުޅޭ އުރަހަ އެކެވެ. ނިދަން މިޔަރަށް ލިބިފައި އިންނަނީ ކުޑަ އަނގައެކެވެ. އަދި ދަތްތައް ހުންނަނީ ފުނާގެ ދަތްތައް ހުންނަ ގޮތަށް ހިމަ ދިގުކޮށް ކުދިކޮށެވެ. ނިދަން މިޔަރު ނިގޫފަތް ގަނޑު މިޔަރުގެ ސައިޒާއި އަޅާބަލާއިރު ކުޑަކަން ފާހަގަވާނެއެވެ. === ހިތަ މިޔަރު === {{Main|ހިތަ މިޔަރު}} [[ފައިލް:Leopard shark.jpg|200px|thumb|left|ހިތަ މިޔަރު]] ހިތަ މިޔަރު އަކީ ކަޅު ކުލައިގެ ތިކި ތަކެއް ގައިގައި ޖަހައިފައި ހުންނަ ރީދޫ ކުލައިގެ މިޔަރެކެވެ. މިމިޔަރު ފާހަގަވެގެންދަނީ މިޔަރުގެ ހަށިގަނޑުގައި ޖަހާފައި ހުންނަ ކަޅު ތިކި ނުވަތަ ފިތް ނުވަތަ ލައް ތަކުގެ ސަބަބުންނެވެ. އިންޑޯ ޕެސިފިކް ކަނޑުގެ ހިސާބު ތަކުގައި މިވައްތަރުގެ މިޔަރު ގިނަކަން ފާހަގަ ކުރެވެއެވެ. އާއްމު ގޮތެއްގައި މިވައްތަރުގެ މިޔަރު އުޅޭކަމަށް ފާހަގަވަނީ 30-5 މީޓަރާއި ދެމެދުގެ ފުންމިނުގައެވެ. === ފާނަ މިޔަރު === {{Main|ފާނަ މިޔަރު}} [[ފައިލް:Whitetip-reef-shark.jpg|200px|thumb|left|ފާނަ މިޔަރު]] ފާނަ މިޔަރު އަކީ މިޔަރުގެ ވައްތަރެކެވެ. ފާނަ މިޔަރަކީ އިންޑިޔާ ކަނޑު އަދި ޕެސިފިކް ކަނޑުގެ ތިލަ ހިސާބު ތަކުން އެންމެ އާއްމުކޮށް ފެންނަ މިޔަރުގެ ވައްތަރެވެ. ފާނަ މިޔަރުގެ ބުރަކަށީގެ ފުރަތަމަ ކޮތަރި ގަނޑުގެ ނިމޭ ކޮޅާއި، އަދި ނިގޫފަތް ކޮތަރިގަނޑު ނިމޭކޮޅު ހުންނަނީ ހުދުކުލައަށެވެ. އިގިރޭސި ބަހުން މިހެން ކިޔަނީ މިސަބަބާ ހުރެއެވެ. ފާނަ މިޔަރުގެ ހަށިގަނޑުގެ މަތީބައި ހުންނަ އަޅި-މުށި ކުލައަކަށެވެ. === ފެހުރިހި === {{Main|ފެހުރިހި}} [[ފައިލް:Whale shark Georgia aquarium.jpg|200px|thumb|left|ފެހުރިހި]] ފެހުރިހި އަކީ މިޔަރުގެ ވައްތަރެކެވެ. އެންމެ ބޮޑެތި މަހުގެ ވައްތަރުތަކުގެ ތެރޭގައި ފެހުރިހި ގުނާލެވެއެވެ. ބެލެވޭ ގޮތުގައި މިއީ މިޔަރުގެ ބާވަތްތަކުގެ ތެރެއިން އެންމެ ބޮޑު އަދި ކަނޑުގައި އުޅޭ އެންމެ ބޮޑު މަހެވެ. ފެހުރިހި 12 މީޓަރަށް ބޮޑުވާ ކަމަށް ވެއެވެ. މިއީ އިންސާނުންނަށް ނުރައްކާތެރި މިޔަރެއް ނޫން ކަމުން ފެތުންތެރިންނާއި، ފީނުންތެރިން މިބާވަތުގެ މިޔަރާއި ވަރަށް ގައިގޯޅި ވެއެވެ. މިއީ ރާއްޖޭގެ އެތެރެވަރީގެ ކަނޑުތަކުންނާއި ބޭރު ކަނޑުތަކުން ފެންނަ މިޔަރެކެވެ. ފެހުރިހި އަކީ ރާއްޖޭގައި ހިމާޔަތް ކުރެވިފައިވާ މިޔަރުގެ ބާވަތެކެވެ. ވުމާއެކު މިބާވަތް ހިފުމާއި، މެރުމާއި، ކަނޑުން ނެގުމަކީ މަނާކަމެކެވެ. މިގޮތަށް ހަމަޖައްސާފައިވާނީ ފެހުރިއްސަކީ މަދުން އުޅޭ މިޔަރަކަށްވެފައި، އެއީ ދުނިޔެއިން ނެތިގެން ހިގައިދާނޭ ކަމުގެ ބިރު ހީވެފައިވާ މިޔަރުގެ ބާވަތަކަށް ވާތީ އެވެ. މިމަސް އާދަވެގެން ކައި އުޅެނީ އަނގަޔަށް ކާނާ ފުރާނާ އުޞޫލުންނެވެ. މިގޮތަށް ވެސް ކައި އުޅެނީ ކުދިމަހާއި، ކަކުންޏާއި، ކަނޑުގެ މަތީގައި އުޅޭ ކުދިކުދި ސޫތްޕެވެ. ފެހުރިހި ކާނާ ކާން އުޅޭއިރު ފެނުންހިކޭ ހިސާބަށް އޭގެ ބޯކޮޅު ބާއްވައިގެން އޮވެ އޮއިމައްޗަށް ދަތުރުކޮށް އުޅެއެވެ. ފެހުރިހި އަކީ ތުންގަނޑު ކުރު، ނިގޫކޮޅަށް ހިމަ، ނިގުލުކަން ކަފިކަން ބޮޑު މިޔަރެކެވެ. މިޔަރުގެ ބުރަކަށިމަތީގެ ކުލައަކީ ގަދަ އަޅި ކުލައެވެ. ބަނޑުދަށްފަރާތް ހުންނަނީ ހުދު ނުވަތަ ރީދޫ ކުލައެއްގައެވެ. މުޅި މިޔަރުގައި ހުދު ނުވަތަ ރީދޫ ކުލައިގެ ލައްތަކާއި، ގަޅިތަކެއް ހުރެއެވެ. މިޔަރުގެ ދެއަރިމަތިން މަތީބައިގައި ދިގަށް ވާގޮތަށް ތިން ކުރަގަނޑު ހުރެއެވެ. === ހޮނޑު މިޔަރު === {{Main|ހޮނޑު މިޔަރު}} [[ފައިލް:Manazo.png|250px|thumb|left|ހޮނޑު މިޔަރު]] ހޮނޑު މިޔަރު އަކީ މިޔަރުގެ ބާވަތެކެވެ. މިއީ މިޔަރުގެ ބާވަތްތަކުގެ ތެރެއިން ކުޑަ މިޔަރެކެވެ. މިމިޔަރު އެންމެ ބޮޑުވަނީ ގާތްގަނޑަކަށް 1.2 މީޓަރަށެވެ. އަދި ޖިންސީ ގޮތުން މިމިޔަރުބޮޑުވަނީ ދިގުމިން 72-62 ސެންޓިމީޓަރަށް ދިގުވީމައެވެ. މިބާވަތުގެ މިޔަރު ވިހާ ޅަމިޔަރުގެ ދިގުމިނުގައި ގާތްގަނޑަކަށް 30 ސެންޓިމީޓަރު ހުރެއެވެ. އަދި ވިހާ ކޮންމެ ފަހަރަކު 22-1 އާއި ދެމެދުގެ އަދަދަކަށް ޅަމިޔަރު ވިހައެވެ. މިއީ ކަނޑުގެ އަޑީބައިގައި އުޅޭ މިޔަރެއް ކަމުން ރާއްޖޭގެ މަސްވެރިންނަށް މިމިޔަރު ފެނިފައި ނެތުމަކީ އެކަށީގެންވާ ކަމެކެވެ. ވުމާއެކު މިމިޔަރަށް އާންމުކޮށް ދިވެހިން ނަމެއް ކިޔައެއް ނޫޅެއެވެ. ވީމާ މިޔަރުގެ އާންމު ސިފަޔަށް ބަލާ އަދި މިޔަރަށް އިގިރޭސިން ދީފައިވާ ނަމަށް ބަލާ ހޮނޑު މިޔަރު މިނަން ކިޔުނީ އެވެ. === ދަތްބުޅި މިޔަރު === {{Main|ދަތްބުޅި މިޔަރު}} [[ފައިލް:Sngsh.jpg|250px|thumb|left|ދަތްބުޅި މިޔަރު]] ދަތްބުޅި މިޔަރު އަކީ މިޔަރުގެ ބާވަތެކެވެ. މިއީ ރާއްޖޭގައި ވަރަށްމަދުން އުޅޭ މިޔަރެކެވެ. މިބާވަތުގެ މިޔަރެއް ރާއްޖެއިން ފެނުނު ކަމަށް ރިކޯޑް ކުރެވިފައިވަނީ އެންމެ މިޔަރެކެވެ. އެއީ ރ. މަޑުއްވަރީ ދޯންޏެއް ހއ. އަތޮޅުގައި މިޔަރު މަސްވެރިކަން ކުރުމުގެ ތެރޭގައި ބޭނިފައިވާ މިޔަރެކެވެ. މިމިޔަރު ބޭނިފަރާތުން އެމިޔަރުގެ އަނގަ ހިއްކައި ރައްކާކޮށްފައިވަނިކޮށް މެރިން ރިސާޗް ސެކްޝަނުން ތަހްލީލުކޮށް އެއަނގަ އައިޑެންޓިފައި ކުރީއެވެ. ދަތްބުޅި މިޔަރަކީ މެދު އިސްކޮޅެއްގެ މިޔަރެކެވެ. މިބާވަތުގެ މިޔަރު ގާތްގަނޑަކަށް 2.4 މީޓަރަށް ބޮޑުވާ ކަމަށް ވެއެވެ. މިޔަރުގެ ތުންކޮޅު ހުންނަނީ ވަށްކޮށެވެ. މިޔަރުގެ ކުލައަކީ މައިގަނޑު ގޮތެއްގައި އަޅިކުލައެވެ. މިޔަރުގެ ބަނޑުދަށްފަރާތް ހުންނަނީ ހުދު ކުލައެއްގައެވެ. މިޔަރުގެ އަނގައިގައި ހުންނަ ދަތްތައް ހުންނަނީ ބުޅިކޮށެވެ. މިބާވަތުގެ މިޔަރަށް ކިޔާ ވަކި ޚާއްޞަ ނަމެއް ރިކޯޑް ކުރެވިފައިނެތީ މިއީ ރާއްޖެއިން މާގިނައިން ފެންނަ މިޔަރަކަށް ނުވާތީ އެވެ. ވީމާ މިމިޔަރުގައި ހުރި އެންމެ ޚާއްޞަ ސިފަކަމުގައިވާ '''ދަތްބުޅި ކަން''' ފާހަގަކޮށް ދަތްބުޅި މިޔަރު ކިޔާފައި ވަނީ އެވެ. === ކައްޓަފުޅި މިޔަރު === {{Main|ކައްޓަފުޅި މިޔަރު}} [[ފައިލް:Silvertip shark.jpg|250px|thumb|left|ކައްޓަފުޅި މިޔަރު]] ކައްޓަފުޅި މިޔަރު އަކީ މިޔަރުގެ ބާވަތެކެވެ. މިމިޔަރުގެ ސިފަ ހުންނަނީ ކައްޓަފުޅިޔާ އެއްގޮތަކަށެވެ. މިއީ ރާއްޖޭގެ ފަރުފަޅުތަކުގެ މަތީގައްޔާއި، ވިލުވިލުގައި އަދި ބޭރު ކަނޑުތަކުގައި އުޅޭ ބޮޑު ހަށިގަނޑެއް ލިބިފައިވާ ބިޔަ މިޔަރެކެވެ. މިމިޔަރު ގާތްގަނޑަކަށް 3 މީޓަރަށް ބޮޑުވާކަމަށް ވެއެވެ. ޖިންސީގޮތުން މިބާވަތް ބޮޑުވާކަމަށްވަނީ އޭގެ ދިގުމިން 1.6 މީޓަރާއި 2 މީޓަރާއި ދެމެދަށެވެ. މިބާވަތުގެ މިޔަރު ވިހާ ކޮންމެ ފަހަރަކު 1އާއި 11 އާއި ދެމެދުގެ އަދަދަކަށް ޅަމިޔަރު ވިހައެވެ. މިއީ ރާއްޖެއިން ގިނައިން ރިކޯޑް ކުރެވިފައިވާ މިޔަރެއް ނޫނެވެ. === މޭދަތި މިޔަރު === {{Main|މޭދަތި މިޔަރު}} [[ފައިލް:Carcharhinus altimus.jpg|250px|thumb|left|މެންދަން މިޔަރު]] މޭދަތި މިޔަރު ނުވަތަ މެންދަން މިޔަރު އަކީ މިޔަރުގެ ބާވަތެކެވެ. މިއީ ދުނިޔޭގެ ވަރަށް ގިނަ ހިސާބުތަކުގެ ކަނޑު އަޑީގައި އުޅޭކަަަމަށް ރިކޯޑް ކުރެވިފައިވާ މިޔަރެކެވެ. މިމިޔަރު އުޅޭކަމަށް ބެލެވިފައިވަނީ 90 މީޓަރާއި 430 މީޓަރާއި ދެމެދުގެ ފުންމިނުގައެވެ. ނަމަވެސް ރާއްޖޭގައި މިބާވަތުގެ މިޔަރު ބޭނިފައި ހުންނަނީ ކަނޑުގެ މަތީބައިގައި ލޭނު އަޅައިގެންނެވެ. އެންމެ ޚާއްޞަ ގޮތެއްގައި ފާހަގަކުރެވެނީ މިބާވަތުގެ މިޔަރު ރޭގަނޑުގައި ބޭނޭ ކަމެވެ. ވުމާއެކު މިއީ ދުވާލުގެ ވަގުތު އަޑީގައި އުޅުމަށްފަހު ރޭގަނޑު ޝިކާރަކުރުމަށް ނިކުންނަ މިޔަރެއްކަމަށްވުމީ އެކަށީގެންވާ ކަމެކެވެ. === ވަށްބޯ މިޔަރު === {{Main|ވަށްބޯ މިޔަރު}} [[ފައިލް:Grasha.jpg|250px|thumb|left|ވަށްބޯ މިޔަރު]] ވަށްބޯ މިޔަރު އަކީ މިޔަރުގެ ބާވަތެކެވެ. މިއީ ރާއްޖޭގެ ފަރުފަޅުތަކުގެ ބޭރުގައި ގިނައިން އުޅޭ މިޔަރެކެވެ. މިބާވަތުގެ މިޔަރު އެކަހެރިކޮށްނާއި، ބައިބަޔަށް އުޅޭތަން ފެނެއެވެ. މިއީ މެދު އިސްކޮޅެއްގެ މިޔަރެކެވެ. މިޔަރުގެ ބޮލުގެ ކޮޅު ހުންނަނީ ވަރަށް ވަށްކޮށެވެ. މިބާވަތުގެ މިޔަރު އެންމެ ބޮޑުވާކަމަށް ވަނީ 1.9 މީޓަރަށެވެ. ވަށްބޯ މިޔަރުގެ ބުރަކަށިމަތީގެ ކުލައަކީ ގަދަ އަޅި ކުލައެވެ. ބަނޑުދަށް ފަރާތުގެ ކުލައަކީ ހުދުކުލަ އެވެ. މިޔަރުގެ ނިގޫފަތުގެ ކައިރިފަށް ހުންނަނީ ކަޅުކުލައެއްގައެވެ. ވަށްބޯ މިޔަރު ކައިއުޅެނީ ފަރުމަހުގެ ބާވަތްތަކާއި، ބޯވައެވެ. ވަށްބޯ މިޔަރު އަކީ ދިވެހިންނާއި، ބިދޭސީން ވައިފުޅި އަޅައިގެން ފަރުފަޅުތަކުގެ ބޭރަށްއެރި މިޔަރަށް ކާންދޭއިރު އެންމެ ގިނައިން އައިސްއުޅޭ މިޔަރެވެ. މިބާވަތުގެ މިޔަރަށް ކާންދޭން މާލެއަތޮޅު ދެކުނު ތިލަފަޅު، ގާތުފަޅު، ރަސްފަޅު، އަދި ފިނޮޅު ކަންދޮށަށް ވަރަށް ގިނައިން ޑައިވަރުން ގޮސްއުޅެއެވެ. ވަރަށް އޮޅުކޮށްގެން ވަށްބޯ މިޔަރަށް ކާންދީ އުޅޭކަމަށް ވެއެވެ. ނަމަވެސް މިބާވަތުގެ މިޔަރު ބައެއް ފަހަރު ޑައިވަރުންނަށް ވަރަށް ނުރައްކާތެރި ހަމަލާތައް ދީހަދާކަމަށް ވެއެވެ. އަދި ރުޅިގަދަވެގެން ހަމަލާދޭން އުޅޭއިރު ވަރަށްބާރަށް އެކިކޮޅުކޮޅަށް ދުވެހަދާކަމަށްވެއެވެ. ރާއްޖޭގައި ވެސް މިބާވަތުގެ މިޔަރު ޑައިވަރުންނަށް ކުދި ޙަމަލާތައް ދީފައި އެބަހުއްޓެވެ. === އޮއިވާލި މިޔަރު === {{Main|އޮއިވާލި މިޔަރު}} [[ފައިލް:Silky Shark 3.jpg|250px|thumb|left|އޮއިވާލި މިޔަރު]] އޮއިވާލި މިޔަރު އަކީ މިޔަރުގެ ބާވަތެކެވެ. މިއީ ހިމަތޮޅި މިޔަރެކެވެ. އޮއިވާލި މިޔަރު އަށް އައިނު މިޔަރު މިހެން ވެސް ކިޔައެވެ. މިއީ ރާއްޖޭގެ މަސްކަނޑު ތަކުން ވަަރަށް ގިނައިން ފެންނަ މިޔަރެކެވެ. މިބާވަތުގެ މިޔަރު ގިނައިން ފެނިފައި ހުރީ ކަނޑުމަހުގެ ބާވަތްތަކުގެ މަސް އައިންއާއެކުގައެވެ. އަދި ޚާއްޞަ ގޮތެއްގައި ކަނޑުގައި ހިގާ އޮއިވާލި އެތިގަނޑުގެ ދަށުގައި އަޅާފައި ހުންނަ އައިނުގެ ތެރެއިންނެވެ. މިގޮތުން އައިނުގެ ތެރޭގައި ނުވަތަ އޮއިވާލީގެ ކައިރީގައި އުޅޭއިރު މަސްއައިނުގައި އުޅޭ މަހަށް ވަރަށް ހަލުއި ހަމަލާތައް ދެއެވެ. އަދި މަސްބާނާ އައިނުގެ ތެރޭން މަސް އަތުލައިގެން ކައިއުޅޭކަން ފާހަގަ ކުރެވެއެވެ. === ތުންހިމަ މިޔަރު === {{Main|ތުންހިމަ މިޔަރު}} [[ފައިލް:Carcharhinus limbatus - Bahamas.jpg|250px|thumb|left|ތުންހިމަ މިޔަރު]] ތުންހިމަ މިޔަރު އަކީ މިޔަރުގެ ބާވަތެކެވެ. މިބާވަތުގެ މިޔަރު ރާއްޖޭގައި މިހާތަނަށް ރިކޯޑް ކުރެވިފައިވަނީ ލ. އަތޮޅުންނެވެ. މެރިން ރިސާޗް ސެކްޝަނުން ހިންގި ފަރުމަހުގެ ތަހްލީލު ޕްރޮގްރާމްގެ ދަށުން އެސަރަހައްދުގައި ކުރެވުނު ލޭނު މަސްވެރިކަމުގައި މިބާވަތުގެ 4 މިޔަރު ބޭނިފައި ވެއެވެ. މިއީ ހަރަކާތް ހަލުވި މިޔަރެކެވެ. މިބާވަތުގެ މިޔަރު ނަނުގައި ބާނާއިރު ވަރަށް ގަދަ ދައްކާކަމަށް ވެއެވެ. އަދި ބާނާފައި އޮންނައިރު ވެސް އާދަޔާ ޚިލާފަށް ތެޅިފޮޅޭކަމަށް ވެއެވެ. ތުންހިމަ މިޔަރު އަކީ ވަރަށް އާދައިގެ ހިމަތޮޅި މިޔަރެކެވެ. މިމިޔަރު 5-2 މީޓަރަށް ބޮޑުވާ ކަމަށްވެއެވެ. މިބާވަތުގެ މިޔަރު ވިހާ ކޮންމެ ފަހަރަކު 1-10 އާއި ދެމެދަށް ޅަމިޔަރު ވިހާކަމަށް ވެއެވެ. މިމިޔަރުގެ ކާނާއަކީ އައިން ހަދައިގެން އުޅޭ މަހާއި، ކަކުނި ފަދަ ސޫތްޕާއި، އަދި ބޯވަ ދިލަ މަހެވެ. މިމިޔަރުގެ ތުންކޮޅު ހުންނަނީ ހިމަކޮށް ދިގުކޮށެވެ. === ފީ މިޔަރު === {{Main|ފީ މިޔަރު}} [[ފައިލް:Oceanic Whitetip Shark.png|250px|thumb|left|ފީ މިޔަރު]] ފީ މިޔަރު ނުވަތަ ފީބޯ މިޔަރު އަކީ މިޔަރުގެ ބާވަތެކެވެ. މިއީ އަތޮޅުން ބޭރު މާކަނޑުތަކުގައި އުޅޭ މިޔަރެކެވެ. މިއީ ބޮޑު މިޔަރެކެވެ. ވަރަށް މަދުން ނޫނީ މިބާވަތުގެ މިޔަރު އަތޮޅު ތެރޭގެ ތިލަ ކަނޑުތަކުގައެއް ނޫޅެއެވެ. މިއީ ވަރަށް ބަރުހެލި މިޔަރެކެވެ. އައްޓަމަސް، ކަފިމަސް، އަދި ބައެއް ފަހަރު ފިޔަލަ ވެސް މިބާވަތުގެ މިޔަރާއި ގައިގޯޅިވެގެން އެކުގައި ދަތުރުކޮށް ހަދައެވެ. ފީ މިޔަރު ވިހާ ކޮންމެ ފަހަރަކު 1އާއި 15 އާއި ދެމެދު އަދަދަަކަށް ޅަމިޔަރު ވިހައެވެ. ފީ މިޔަރުގެ އާންމު ކާނާ އަކީ މަހެވެ. ޚާއްޞަ ގޮތެއްގައި ކަނޑުމަހުގެ ބާވަތްތަކާއި ހަނދީގެ ބާވަތްތަކެވެ. މީގެ އިތުރުން ކަކުނި ފާނޑުގެ ސޫތްޕާއި، ވެލާ ކަހަނބުވެސް ކައިއުޅެއެވެ. މިއީ ކަނޑުމަހުގެ މަސްވެރިން ބާނާ މަހަށް ހަމަލާދީ ހަދާ ނުރައްކާތެރި އެއާމެދު ސަމާލު ވާންޖެހޭ މިޔަރެކެވެ. === އުރަހަކަޅު މިޔަރު === {{Main|އުރަހަކަޅު މިޔަރު}} [[ފައިލް:Schwarzspitzen-Riffhai (Carcharhinus melanopterus).jpg|250px|thumb|left|އުރަހަކަޅު މިޔަރު]] އުރަހަކަޅު މިޔަރު އަކީ މިޔަރުގެ ބާވަތެކެވެ. މިއީ ރާއްޖޭގެ ފަރުފަޅުތަކުގެ ބޭރުމަތިންނާއި، ފަރުފަޅުތަކުގެ ތެރެއިން ގިނައިން ފެންނަ މިޔަރެކެވެ. މިބާވަތުގެ މިޔަރު އަތޮޅުން ބޭރު މާކަނޑުތަކުގައި ވެސް މަދުމަދުން އުޅޭކަމަށް ވެއެވެ. މިއީ މެދު އިސްކޮޅެއްގެ މިޔަރެކެވެ. މިމިޔަރު އެންމެ ބޮޑުވަނީ 1.8 މީޓަރަށެވެ. މިޔަރުގެ ތުން ކުރުވެފައި ބޮލު ކޮޅު ހުންނަނީ ވަރަށް ބޮޑަށް ވައްކޮށެވެ. އުރަހަކަޅު މިޔަރަކީ ގޯނާކޮށްފިނަމަ ބައެއް ފަހަރު އިންސާނުންނަށް ވެސް ނުރައްކާތެރި ހަމަލާދޭ މިޔަރެއްކަމަށްވަނީ ބެލެވިފައެވެ. ފަރުމަތީގައި ދަގަނޑު ޖަހައިގެން މަސްހިފަން އުޅޭ ފަރާތްތަކަށް މިބާވަތުގެ މިޔަރު ޙަމަލާ ދިނުމަކީ އެކަށީގެންވާ ކަމެކެވެ. މިއީ ގިނަމިޔަރާ ޚިލާފަށް ތަންކޮޅެއް މަޑުމައިތިރި އިސްކޮޅުން އެހާ ބޮޑު ނޫން މިޔަރެއްކަމުން މިއީ މާ ނުރައްކާތެރި މިޔަރެއް ކަމަށް ނުބެލެވެއެވެ. އުރަހަކަޅު މިޔަރު އަށް '''ފަޅު މިޔަރު''' އޭ ވެސް ކިޔައެވެ. === ދޮން މިޔަރު === {{Main|ދޮން މިޔަރު}} [[ފައިލް:Spottailshark.jpg|250px|thumb|left|ދޮން މިޔަރު]] ދޮން މިޔަރު އަކީ މިޔަރުގެ ބާވަތެކެވެ. މިއީ މެދު އިސްކޮޅެއްގެ މިޔަރެކެވެ. މިއީ ރާއްޖޭގެ ފަރުފަޅުތަކުގެ ބޭރުމަތީގައި އުޅޭ މިޔަރުގެ ބާވަތްތަކުގެ ތެރޭގައި ހިމެނޭ މިޔަރެކެވެ. މިމިޔަރު އަތޮޅުން ބޭރު މާކަނޑުތަކުގައި ވެސް އުޅޭކަމަށް ވެއެވެ. އަދި ބައެއް ފަހަރު ވަރަށް ތިލަ ހިސާބު ތަކުން ވެސް ފެންނަކަމަށް ވެއެވެ. މިބާވަތުގެ މިޔަރު ގާތްގަނޑަކަށް 140 މީޓަރުގެ އަޑިން ވެސް ހިފާފައިވާ ކަމަށްވެއެވެ. ދޮން މިޔަރު ވިހާ ފަހަރަކު ގާތްގަނޑަކަށް 3އާއި 6 އާއި ދެމެދުގެ އަދަދަކަށް ޅަމިޔަރު ވިހައެވެ. ވިހާ ޅަމިޔަރުގެ އިސްކޮޅަކީ ގާތްގަނޑަކަށް 45 ސެންޓި މީޓަރާއި، 60 ސެންޓި މީޓަރާއި ދެމެދު އެވެ. މިމިޔަރު އެންމެ ބޮޑުވަނީ ގާތްގަނޑަކަށް 1.6 މީޓަރަށެވެ. === ފެމުނު މިޔަރު === {{Main|ފެމުނު މިޔަރު}} [[ފައިލް:Great white aqurium.jpg|200px|thumb|left|ފެމުނު މިޔަރު]] ފެމުނު ނުވަތަ ފެމުނު މިޔަރު އަކީ މިޔަރުގެ ވައްތަރެކެވެ. މިއީ މިޔަރުގެ ބާވަތްތަކުގެ ތެރެއިން ރާއްޖޭގައި އުޅޭ އެންމެ ނުރައްކާތެރި މިޔަރެވެ. މިއީ މިޔަރު ތަކުގެ ތެރެއިން ވެސް އިސްކޮޅުން ދިގު ބޮޑު މިޔަރެކެވެ.ފެމުނުގެ ދިގުމިނުގައި އާއްމުކޮށް 20 ފޫޓް ހުރެއެވެ. އަދި ބަރުދަނުގައި ގާތްގަނޑަކަށް 2250ކިލޯ ހުންނަކަން ފާހަގަ ކުރެވެއެވެ. ފެމުނު މިޔަރު 7.4 މީޓަރަށް ބޮޑުވާކަމަށް ވެއެވެ. ފެމުނު މިޔަރަކީ އޭގެ ނުރައްކާތެރި ކަމުގެ ސަބަބުން ދިވެހި މަސްވެރިންގެ ތެރޭގައި ވަރަށް މަޝްހޫރު މިޔަރެކެވެ. === ހިކަނދިތުން މިޔަރު === {{Main|ހިކަނދިތުން މިޔަރު}} [[ފައިލް:Htmiyar.JPG|300px|thumb|left|ހިކަނދިތުން މިޔަރު]] ހިކަނދިތުން މިޔަރު އަކީ މިޔަރު ބާވަތެކެވެ. މިއީ އިސްކޮޅުން ކުޑަ ހިމަތޮޅި މިޔަރެކެވެ. މިއީ ހޫނު ކަނޑުތަކުގައި އުޅޭ މިޔަރެއް ކަމުން ރާއްޖޭގެ ކަނޑުތަކުގައި މިބާވަތުގެ މިޔަރު ގިނަ އަދަދަކަށް އުޅެއެވެ. މިއީ ތިލަފަޅު މަތީގައްޔާއި، ފުނުގައި ވެސް އުޅޭ މިޔަރެެއްކަމުން ދިވެހިންގެ މަސްވެރިކަމުގައި މިބާވަތުގެ މިޔަރު ފެންނަލެއް މަދެއް ނޫނެވެ. މިއީ އިންސާނުންނަށް ނުރައްކާތެރި މިޔަރެއް ނޫނެވެ. މިބާވަތުގެ މިޔަރު އަތޮޅުން ބޭރު މާކަނޑުތަކުގައި ގައްޔާއި، އެތެރެ ވަރީގެ ކަނޑުތަކުގައި ވެސް އުޅެއެވެ. އާންމުގޮތެއްގައި އުޅޭ ފުންމިނަކީ 80-7 މީޓަރާއި ދެމެދެވެ. ހިކަނދިތުން މިޔަރުގެ ހިމަވާނެއެވެ. މިޔަރުގެ ބުރަކަށިމަތީގެ ފުރަތަމަ އުރަހަ ކުޑަވެފައި އުރަހައިގެ ކޮޅު ވަށްވާނެއެވެ. މިޔަރުގެ ނިސްބަތުން ކަންފަތް ކުޑަވާނެއެވެ. މިޔަރުގެ ބުރަކަށިމަތީގެ ކުލައަކީ ކަޅުއަޅި ކުލައެވެ. ބަނޑުދަށްފަރާތް ހުންނަނީ ފަނޑު ހުދުކުލައަށެވެ. އުރަހަތަކުގެ ކައިރިފަށް ހުންނަނީ ފަނޑު ހުދުކުލައަށެވެ. ހިކަނދިތުން މިޔަރުގެ ކާނާއަކީ ކުދިމަހާއި، ކަކުނިފާޑުގެ ސޫތްޕެވެ. މިއީ ގާތްގަނޑަކަށް 95 ސެންޓި މީޓަރަށް ބޮޑުވާ މިޔަރެކެވެ. މިބާވަތުގެ މިޔަރު ޖިންސީ ގޮތުން ބޮޑުވާ ކަމަށްވަނީ 91-62 ސެންޓި މީޓަރާއި ދެމެދަށެވެ. މިބާވަތުގެ މިޔަރު ވިހާ ކޮންމެ ފަހަރަކު 4-2 އާއި ދެމެދުގެ އަދަދަކަށް ޅަމިޔަރު ވިހައެވެ. === ފަޅު ފެމުނު މިޔަރު === {{Main|ފަޅު ފެމުނު މިޔަރު}} [[ފައިލް:Sicklefin lemon shark.jpg|200px|thumb|left|ފަޅު ފެމުނު މިޔަރު]] ފަޅު ފެމުނު ނުވަތަ ފަޅު ފެމުނު މިޔަރު އަކީ މިޔަރުގެ ބާވަތެކެވެ. މިއީ ބަރު ބުރަހެލި މިޔަރެކެވެ. އަދި މިއީ ރާއްޖޭގައި މާގިނައިން އުޅޭ މިޔަރެއް ނޫނެވެ. މިއީ އޭގެ މަހާއި، އަނގަޔާއި، ބޮޑެތި އުރަހަ ތަކުގެ ބޭނުން ހިފޭ މިޔަރެކެވެ. މިބާވަތުގެ މިޔަރު އާންމު ގޮތެއްގައި އުޅެން ބޭނުންވަނީ ފުންވިލު ގައެވެ. އާންމު ގޮތެއްގައި އުޅެނީ 30 މީޓަރަށްވުރެ ތިލަ ހިސާބު ތަކުގައެވެ. މިއީ އަޑީގައި އުޅޭއިރު ބިރުގަންނަ ފާނޑަކަށް ފެންނަ މިޔަރެއް ކަމުން މަސްވެރިން މިބާވަތުގެ މިޔަރަށް ފަޅު ފެމުނު އޭ ކިޔައި އުޅެނީ ކަމަށް ގަބޫލު ކުރެވެއެވެ. މިއީ އަޑީގައި އުޅެނިކޮށް ގޯނާކޮށްފިނަމަ ޙަމަލާދީފާނެ މިޔަރެކެވެ. ފަޅު ފެމުނުގެ އުރަހަ އަކީ ރަަގަޅު އަގު ލިބޭ އުރަހަ އެކެވެ. === އަނދުން މިޔަރު === {{Main|އަނދުން މިޔަރު}} [[ފައިލް:Blue shark.jpg|200px|thumb|left|އަނދުން މިޔަރު]] އަނދުން މިޔަރު އަކީ މިޔަރުގެ ބާވަތެކެވެ. މިއީ ގިނައިން އަތޮޅުން ބޭރު މާކަނޑުތަކުގައި އުޅޭ މިޔަރެކެވެ. ނަމަވެސް މަދުމަދުން އެތެރެވަރީގެ ކަނޑުތަކަށް މިމިޔަރު އައިސްއުޅޭކަމަށް ވެއެވެ. މިއީ ހިމަތޮޅި ތުންދިގުކޮށް ހުންނަ މިޔަރެކެވެ. އަނދުން މިޔަރަކީ އާއްމު ގޮތެއްގައި މަޑުން ދަތުރުކޮށް އުޅޭ މިޔަރެއް ކަމަށްވިޔަސް ސިހޭފަދަ ކަމެއް ދިމާވުމުން އާދަޔާ ޚިލާފަށް ބާރަށް ދުވާކަމަށް ވެއެވެ. މިއީ އިންޑިޔާ ކަނޑުގެ ހޫނު ހިސާބުތަކާއި، ފިނި ކަނޑުތަކުގައި ގިނައިން އުޅޭ މިޔަރެކެވެ. މިސަރަހައްދުގައި މިބާވަތުގެ މިޔަރު އެންމެ ގިނައިން އުޅެނީ 220-80 މީޓަރާއި ދެމެދުގެ ފުންމިނުގައެވެ. ސަބަބަކީ އަނދުން މިޔަރު އުޅެން ބޭނުންވާ ފިނިހޫނު މިނަކީ 16-7 ސެންޓިގްރޭޑްއާއި ދެމެދުކަމަށްވާތީ އެވެ. އަނދުން މިޔަރު ވިހާ ކޮންމެ ފަހަރަކު 135-4 އާއި ދެމެދުގެ އަދަދަކަށް ޅަމިޔަރު ވިހާކަމަށް ވެއެވެ. މިބާވަތުގެ މިޔަރުގެ ކާނާއަކީ މަހާއި، ކުދި މިޔަރާއި، ބޯވަ ދިލަ މަހާއި، ކަނޑުގެ މަތީބައިގައި އުޅޭ ކަކުނި ފާނޑުގެ ސޫތްޕެވެ. މިބާވަތުގެ މިޔަރު ބައެއް ފަހަރު ކަނޑުމަތީގައި ޖައްސައިގެން ތިބޭ ދޫނިވެސް ކައިހަދާ ކަމަށްވެއެވެ. މިއީ ބައެއް ފަހަރު ކަނޑުފަޅު ފީނާ ހަދާމީހުންނަށް ހަމަލާދޭ މިޔަރެކެވެ. === ކާލިގަނޑު މިޔަރު === {{Main|ކާލިގަނޑު މިޔަރު}} [[ފައިލް:School of Hammerhead sharks.jpg|300px|thumb|left|ކާލިގަނޑު މިޔަރު]] ކާލިގަނޑު މިޔަރު އަކީ މިޔަރުގެ ބާވަތެކެވެ. މިއީ ރާއްޖޭގެ މަސްވެރިން ދަންނަ މިޔަރުގެ ބާވަތްތަކުގެ ތެރޭގައި މަޝްހޫރު މިޔަރެކެވެ. މިމިޔަރުގެ ބޯ ހުންނަނީ ކާލިގަނޑެއް ހެން ދެފަރާތަށް ނިކުމެފައެވެ. މިޔަރުގެ ދަތްތައް ހުންނަނީ ތިންކަނަށް ވާގޮތަށް ކައިރިފަށް ރާޅުކޮށެވެ. ބުރަކަށިމަތީގެ ފުރަތަމަ ކޮތަރި ބޮޑުވާނެއެވެ. މިއީ އެތެރެވަރީގެ ކަނޑުތަކު ގައްޔާއި، މާކަނޑުތަކުގައި އުޅޭ މިޔަރެކެވެ. މިމިޔަރުގެ ޅަ އެއްޗެހި ގިނައިން އުޅެނީ އެތެރެވަރީގެ ކަނޑުތަކުގައެވެ. މީގެ ބޮޑެތި މިޔަރު ދަތުރުކޮށް އުޅެނީ އެކަހެރިކޮށް ނުވަތަ ޖޯޑްޖޯޑަށެވެ. ނަމަވެސް ޅަމިޔަރު ބޮޑެތި އައިން ހަދައިގެން ކަނޑުގެ އެކިހިސާބުތަކުގައި އުޅޭކަމަށް ވެއެވެ. މިމިޔަރު ވިހާ ކޮންމެ ފަހަރަކު 31-15 އާއި ދެމެދުގެ އަދަދަކަށް ޅަމިޔަރު ވިހައެވެ. އަދި ވިހާ ޅަމިޔަރު ތަކުގެ ދިގުމިނުގައި ގާތްގަނޑަކަށް 50 ސެންޓިމީޓަރު ހުންނަކަމަށް ވެއެވެ. === އޮޅުފަތި މިޔަރު === {{Main|އޮޅުފަތި މިޔަރު}} [[ފައިލް:Whitetip-reef-shark.jpg|200px|thumb|left|އޮޅުފަތި މިޔަރު]] އޮޅުފަތި މިޔަރު އަކީ މިޔަރުގެ ބާވަތެެކެވެ. މިއީ ރާއްޖޭގެ ފަރުފަޅުތަކާއި، ކަނޑުތަކުގައި އެންމެ ގިނައިން އުޅޭ އެއްބާވަތުގެ މިޔަރެވެ. މިއީ ފަރުފަޅުތަކަށް މޫދަށް އެރި އުޅޭމީހުންނަށް ގިނައިން ފެންނަ މެދު އިސްކޮޅެއްގެ މިޔަރެކެވެ. މިޔަރުގެ ތުންކުރުވެފައި ކޮޅު ހުންނާނީ ވަރަށް ވަށްކޮށެވެ. މިމިޔަރުގެ ދަތްތައް ހުންނާނީ ކޮޅަށް އޫކޮށް ކައިރިފަށް އޮމާން ކޮށެވެ. 2.1މީޓަރަށް މިމިޔަރު ބޮޑުވާކަމަށް ވެއެވެ. ނަމަވެސް ގިނައިން ފެނިފައި ހުންނަނީ 1.6 މީޓަރަށްވުރެ ކުދި މިޔަރެވެ. މިއީ ވަރަށް ތިލަ ހިސާބުތަކުގައި އުޅޭ މިޔަރެއް ކަމަށް ވިޔަސް ގާތްގަނޑަކަށް 330 މީޓަރުގެ ފުންމިނުގައި ވެސް މިމިޔަރު އުޅޭކަމަށް ވެއެވެ. މިމިޔަރު ވިހާ ކޮންމެ ފަހަރަކު 5-1އާއި ދެމެދުގެ ޢަދަދަކަށް ޅަމިޔަރު ވިހައެވެ. ވިހާ ޅަމިޔަރުގެ ދިގުމިނުގައި 62-50 ސެންޓިމީޓަރާއި ދެމެދުގެ ދިގުމިން ހުރެއެވެ. === މީދާ މިޔަރު === {{Main|މީދާ މިޔަރު}} [[ފައިލް:Sttsh.JPG|150px|thumb|left|މީދާ މިޔަރު]] މީދާ މިޔަރު އަކީ މިޔަރުގެ ވައްތަރެކެވެ. މިއީ އަތޮޅުން ބޭރުގައި މޫދުގެ އަޑީގައި 500-10 މީޓަރާއި ދެމެދުގެ ފުންމިނުގައެވެ. ބައެއް ލިޔުންތަކުގައި 13 މީޓަރާއި 420 މީޓަރާއި ދެމެދުގެ ފުންމިނުގައި ކަމަށް ވެސް ލިޔެފައި ހުރެއެވެ. މިބާވަތުގެ މިޔަރު އަތޮޅުގެ ބޭރު ފަރާތުން ފަރުތަކުގެ އަޑިއަށް ކެނޑިފައި ހުންނަ ހިސާބުގެ އަޑީގައި ދާއަޅައިގެން ކުރާ މަސްވެރި ކަމުގައި ހިފިފައި ހުރެއެވެ. މިބާވަތުގެ މިޔަރަށް މީދާ މިޔަރު އޭ ކިޔަނީ މިޔަރުގެ ސިފަ މީދަލާއި ވައްތަރު ކަމުންނެވެ. މިއީ ބިޔަ އަދި ބުރަހެލި ހަށިގަނޑެއް ލިބިފައިވާ މިޔަރެކެވެ. ތުންކޮޅު ހުންނަނީ އާދައިގެ ވަރަށް ދިގުވެފައި ކޮޅަށް އޫކޮށެވެ. ލޯވެސް އާދައިގެ ވަރަކަށް ބޮޑެވެ. އަނގައިގައި ހުންނަނީ ތޫނު ދިގު ދަތްތަކެކެވެ. މީދާ މިޔަރު އަކީ ދުނިޔޭގެ ހޫނު ކަނޑުތަކުގައި އުޅޭ މިޔަރެކެވެ. މީދާ މިޔަރު އަށް '''ތެޔޮ މިޔަރު''' އޭ ވެސް ކިޔައެވެ. މިހެން ކިޔަނީ މިޔަރުގެ މޭގަނޑު ބޮޑުވެފައި އެއިން ގިނަ އަދަދަކަށް ތެޔޮ ނެގޭތީ އެވެ. ދިވެހި މަސްވެރިން މިބާވަތުގެ މިޔަރުގެ މޭގަނޑުން ތެޔޮހާނައިގެން އޮޑި ދޯނި ފަހަރަށް އަޅާ ކަމަށް ވެއެވެ. ތެޔޮ މިޔަރު އެންމެ ބޮޑުވާނީ 3.6 މީޓަރަށެވެ. ތެޔޮ މިޔަރުގެ ކުލައަކީ އަޅި ކުލައެވެ. ބަނޑު ދަށްފަރާތުގައި ހުންނާނީ ފަނޑު ކުލައެކެވެ. ބައެއް ފަހަރު ތެޔޮ މިޔަރުގެ ހަށިގަނޑުގައި ލައްތަކެއް ހުރުމަކީ އެކަށީގެންވާ ކަމެކެވެ. މިއީ އާންމުކޮށް ދިވެހިން ކެއުމަށް ބޭނުންކުރާ މިޔަރެއް ނޫނެވެ. މިމިޔަރުގެ އާންމު ކާނާ އަކީ ކުދި މަހާއި، ބޯވަ ދިލަ މަހާއި، ޑިނގާ އެވެ. މީދާ މިޔަރުގެ އަނގައިގައި 4 ބަރިއަށް އެތުރި ފައި ހުންނަ ކުދި ދަތްތަކެއް ހުރެއެވެ. މިމިޔަރު އާއްމު ކޮށް ހުންނަނީ މަޑު އަޅި ކުލައަކަށެވެ. މީދާ މިޔަރު ކައި އުޅެނީ ކަށި ހުންނަ އެކި ފާނޑުގެ މަސްތަކެވެ. ދިވެހި ރާއްޖޭގެ ކަނޑުތަކުގައި ވެސް މިވައްތަރުގެ މިޔަރު އުޅޭކަން ފާހަގަ ކުރެވިފައި ވެއެވެ. === ކަނޑި މިޔަރު === {{Main|ކަނޑި މިޔަރު}} [[ފައިލް:Thresher shark.jpg|200px|thumb|left|ކަނޑި މިޔަރު]] ކަނޑި މިޔަރު އަކީ މިޔަރުގެ ވައްތަރެކެވެ. މިއީ އަތޮޅުން ބޭރު މާކަނޑުގައި އުޅޭ ބިޔަ މިޔަރެކެވެ. މިބާވަތުގެ މިޔަރު ދިވެހިން މަދުމަދުން ބާނާއުޅެއެވެ. ރާއްޖޭގައި ކުރާ ލޭނު މަސްވެރިކަމުގައި އަތޮޅުން ބޭރު ސަރަހައްދު ތަކުން ކަނޑި މިޔަރު ބޭނިފައި ހުރެއެވެ. ކަނޑި މިޔަރު ފާހަގަ ކުރެވިފައިވަނީ ކަނޑުގައި ވަރަށް ބާރަށް ދަތުރުކުރާ ވަރުގަދަ މިޔަރެއްގެ ގޮތުގައެވެ. މިބާވަތުގެ މިޔަރު އޭގެ ދިގު ނިގުލުގެ އެހީގައި އައިން ހަދައިގެން އުޅޭ ކުދިމަސް ލެވުމަށްފަހު ޖަހާބަލިކޮށްލައިގެން ކައިއުޅޭ ކަމަށްވެއެވެ. ލޭނު މަސްވެރިކަމުގައި މިބާތުގެ މިޔަރުގެ ނިގޫ ބުޅީގައި އެޅިގެން ބައެއް ފަހަރު ބޭނިފައި ހުރުމުން މިކަން އިތުރަށް ޔަގީން ކޮށްދެއެވެ. މިމިޔަރު އުޅޭކަމަށްވަނީ 336 މީޓަރަށްވުރެ ތިލައިގައެވެ. މިވައްތަރުގެ މިޔަރުގެ ނިގޫފަތުގެ މަތީބައި ހުންނަނީ ކަނޑިއެއްގެ ސިފަޔަށް ކަމަށްވާތީ މިވައްތަރުގެ މިޔަރަށް ކަނޑި މިޔަރު ކިޔަނީ އެވެ. ކަނޑި މިޔަރުގެ ނިގޫފަތުގެ މިބުނި ބައިގެ ދިގުމިން މުޅި މިޔަރުގެ ހަށިގަނޑުގެ ދިގުމިން ވަރު ވެއެވެ. ކަނޑި މިޔަރުގެ ލޯ އާދައިގެ ވަރަކަށް ބޮޑުވާނެއެވެ. މިޔަރުގެ ބުރަކަށި މަތީގައިވާ ފުރަތަމަ އުރަހަ ދެވަނަ އުރަހަ އަށްވުރެ މާބޮޑުތަން ބޮޑުވާނެއެވެ. ކަނޑި މިޔަރު ގާތްގަނޑަކަށް 5.5 މީޓަރަށް ބޮޑުވާކަމަށް ވެއެވެ. މިބާވަތުގެ މިޔަރު ވިހާ ކޮންމެ ފަހަރަކު 4-2 އާއި ދެމެދުގެ އަދަދަކަށް ޅަމިޔަރު ވިހައެވެ. ޅަ ކަނޑި މިޔަރު އަތޮޅުތަކާއި ކައިރީގައި އުޅޭކަން ފާހަގަ ކުރެވެއެވެ. === ލޯބޮޑު ކަނޑި މިޔަރު === {{Main|ލޯބޮޑު ކަނޑި މިޔަރު}} ލޯބޮޑު ކަނޑި މިޔަރު އަކީ ކަނޑި މިޔަރުގެ ބާވަތެކެވެ. މިބާވަތުގެ މިޔަރުގެ ބޮލުގެ ސިފައިން އެހެން ކަނޑި މިޔަރުގެ ބާވަތްތަކާއި ހުންނަ ތަފާތު ދެނެގަންނަން ފަސޭހަވާނެއެވެ. ލޯބޮޑު ކަނޑި މިޔަރު ރާއްޖޭގެ ކަނޑުތަކުގައި އުޅޭކަމަށް ރިކޯޑް ކުރެވިފައިވަނީ 1978 ވަނަ އަހަރު ރަޝިޔާގެ ތަހްލީލުކުރާ ބޯޓްފަހަރުން ދީފައިވާ މައުލޫމާތު ތަކުގެ މައްޗަށް ބިނާކޮށެވެ. މިއީ އަތޮޅުން ބޭރު މާކަނޑުގައި އުޅޭ ހަލުވި މިޔަރެކެވެ. މިކަނޑި މިޔަރަށް މަސްވެރިން ލޯބޮޑު ކަނޑިމިޔަރު ކިޔައި އުޅެނީ މިމިޔަރުގެ ލޯ އާދަޔާ ޚިލާފަށް ބޮޑުކަމުންނެވެ. އަދި މިލޯ ހުންނަނީ ވެސް އަބަދުވެސް މައްޗަށް ބަލާގޮތަށެވެ. މިއިން ދޭހަކޮށްދެނީ މިބާވަތުގެ މިޔަރު އޭގެ ކާނާ ޝިކާރަ ކުރުމުގައި އަބަދުވެސް ދަށުން ހަމަލާދޭ ކަމެވެ. މިމިޔަރުގެ މައިގަނޑު ކާނާ އަކީ މަހެވެ. މިއީ ގާތްގަނޑަކަށް 4.6 މީޓަރަށް ބޮޑުވާ ބިޔަ މިޔަރެކެވެ.މިވައްތަރުގެ މިޔަރުގެ ނިގޫފަތުގެ މަތީބައި ހުންނަނީ ކަނޑިއެއް ހެންނެވެ. ނިގޫފަތުގެ މިބުނި ބައިގެ ދިގުމިން މުޅި މިޔަރުގެ ހަށިގަނޑުގެ ދިގުމިން ވަރު ވެއެވެ. ލޯބޮޑު ކަނޑި މިޔަރުގެ ބުރަކަށި މަތީގައިވާ ފުރަތަމަ އުރަހަ ދެވަނަ އުރަހަ އަށްވުރެ މާބޮޑުތަން ބޮޑުވާނެއެވެ. މިބާވަތުގެ މިޔަރުގެ މަތީބައިގެ ކުލައަކީ އަޅި ނުވަތަ ދަނބު އަޅި ކުލައެވެ. ބަނޑު ދަށްފަރާތުގެ ކުލަ ހުންނަނީ ފަނޑުކޮށެވެ. މިއީ ހޫނު ކަނޑު ތަކުގައި އުޅޭ ވަރުގަދަ މިޔަރެކެވެ. === ވޮށިމަސް މިޔަރު === {{Main|ވޮށިމަސް މިޔަރު}} [[ފައިލް:Voshim.jpg|150px|thumb|left|ވޮށިމަސް މިޔަރު]] ވޮށިމަސް މިޔަރު އަކީ ވޮށިމަހާއި ގާތްކުރާ ސިފަޔަކަށް ހުންނަ ނުލަފާ މިޔަރެކެވެ. މިމިޔަރުގެ އަނގައިގެ ދަތްތައް ހުންނާނީ ދެބަރިއަކަށް އެތުރިފައެވެ. ވޮށިމަސް މިޔަރަކީ އާދަޔާ ޚިލާފަށް ބާރުމިނެއްގައި ދަތުރުކުރާ ކޮޅަށް އޫކޮށް ހުންނަ ތުންގަނޑެއް ލިބިފައިވާ މިޔަރެކެވެ.މިމިޔަރުގެ ބޮޑު މިނުގައި އާއްމުކޮށް ހުންނަނީ 2 މީޓަރެވެ. އެންމެ ބޮޑުވާނީ 4 މީޓަރަށެވެ. މިމިޔަރު ވިހާ ކޮންމެ ފަހަރަކު 16-2 އާއި ދެމެދުގެ މިންވަރަކަށް ޅަމިޔަރު ވިހައެވެ. ކާން ބޭނުންކުރާ މިޔަރު މަހުގެ ތެރެއިން އެންމެ މީރު މަހެއް ކަމުގައި ފާހަގަ ކުރެވިފައިވަނީ ވޮށިމަސް މިޔަރުގެ މަހެވެ. ވޮށިމަސް މިޔަރު ގިނައިން ހިފިފައި ހުންނަނީ ދަލުގައި ޖެހިގެންނާއި ލޭނު އަޅައިގެންނެވެ. ވޮށިމަސް މިޔަރުގެ ކާނާ އަކީ އައިން ހަދައިގެން އުޅޭ ލައްޓި ރާގޮނޑި ފަދަ މަސްމަހެވެ. އަދި ބައެއް ފަަހަރު ކަނޑު މަހުގެ ބާވަތްތަކާއި، ހިބަރުގެ ބާވަތްތަކަށް ހަމަލާދޭ ކަމަށް ވެއެވެ. ވޮށިމަސް މިޔަރުގެ ބުރަކަށިމަތީގެ ކުލައަކީ ނޫއަޅި ކުލައެވެ. ބަނޑުދަށް ފަރާތުގެ ކުލައަކީ ހުދުކުލައެވެ. ވޮށިމަސް މިޔަރުގެ އަނގަ ބޮޑުވެފައި ވަރަށް ވަރުގަދަ ދަތްތަކެއް އެގޮތް މިގޮތަށް ނުވަތަ ދެބަރިއަށް އެތުރިފައި ހުރެއެވެ. މިޔަރުގެ ބުރަކަށި މަތީގައިވާ ދެވަނަ އުރަހަ ފުރަތަމަ އުރަހައަށްވުރެ ވަރަށް ބޮޑު ތަން ކުޑައެވެ. މިމިޔަރުގެ ނިގޫފަތް ހުންނަނީ ހަނދުފަޅި ބުރަށް ކަފިކޮށެވެ. ކަންފަތުގެ އުރަހައިގެ ދިގުމިން ބޮލުގެ ދިގުމިނަށްވުރެ ކުރެވެ. === މަޑު މިޔަރު === {{Main|މަޑު މިޔަރު}} [[ފައިލް:Hexanchus griseus (Bluntnose sixgill shark).gif|250px|thumb|left|މަޑު މިޔަރު]] މަޑު މިޔަރު އަކީ ރާއްޖޭގެ މަސްވެރިން ދަންނަ މަޝްހޫރު މިޔަރެކެވެ. މިއީ އަތޮޅުން ބޭރުން އަޑިން ބާނާ މިޔަރެކެވެ. އާއްމުކޮށް އުޅެނީ 91 މީޓަރަށްވުރެ ފުނުގައެވެ. ނަމަވެސް 1875 މީޓަރު ފުނުގައި މަޑު މިޔަރު އުޅެދާނެއެވެ. މިބާވަތުގެ ޅަމިޔަރު އަތޮޅާއި ގާތުގައި އުޅެއެވެ. މިބާވަތުގެ މިޔަރުގެ މޭގަނޑުގެ ތެލަކީ ދިވެހިން އޮޑި ދޯނި ފަހަރަށް އެޅުމަށް ބޭނުންކުރާ އެއްޗެކެވެ. ވުމާއެކު މިއީ ދިވެހިން އޭގެ މައްޗަށް ޚާއްޞަ މަސްވެރިކަމެއް ކޮށްގެން އާދެ! މަޑު މިޔަރު ކެޔޮޅުކަން ކޮށްގެން ބާނާ ބާވަތެކެވެ. މަޑު މިޔަރަކީ ބިޔަ ބަރުހެލި ހަށިގަނޑެއް ލިބިފައިވާ މިޔަރެކެވެ. މިޔަރުގެ ލޯ ކުޑައެވެ. ބޯ ފަތިވެފައި އަނގަމަތި ވަށްވާނެއެވެ. މިމިޔަރުގެ ބުރަކަށި މަތީގައި ހުންނާނީ އެންމެ އުރަހަ އެކެވެ. މިޔަރުގެ ތިރީ ހިރުގަނޑުގައި 6 ބަރިއަށް އެތުރިފައިވާ ދަތްތަކެއް ހުރެއެވެ. މިބުނި ދަތްތަކުގެ އެތެރެ ކައިރިފަށް ހުންނާނީ ރާޅުކޮށެވެ. މަޑު މިޔަރުގެ ކުލައަކީ ގަދަ އަޅި ކުލައެވެ. މިބާވަތުގެ މިޔަރު ގާތްގަނޑަކަށް 4.8 މީޓަރަށް ބޮޑުވާކަމަށް ވެއެވެ. މަޑު މިޔަރު ވިހާ ކޮންމެ ފަހަރަކު ގާތްގަނޑަކަށް 22 އާއި 108 އާއި ދެމެދުގެ އަދަދަކަށް ޅަމިޔަރު ވިހައެވެ. މަޑު މިޔަރުގެ ކާނާ އަކީ އެހެނިހެން މަސްމަހާ މެއްސާއި، މަޑިޔާއި މިޔަރެވެ. === ތުންދިގު މަޑު މިޔަރު === {{Main|ތުންދިގު މަޑު މިޔަރު}} [[ފައިލް:Heptranchias perlo (Sharpnose sevengill shark).gif|250px|thumb|left|ތުންދިގު މަޑު މިޔަރު]] ތުންދިގު މަޑު މިޔަރު އަކީ މިޔަރުގެ ވައްތަރެކެވެ.މިއީ މަޑު މިޔަރުގެ ބާވަތެކެވެ. މިބާވަތުގެ މިޔަރެއް ރާއްޖެއިން ހަމައެކަނި ރިކޯޑް ކުރެވިފައިވަނީ 1983 ވަނަ އަހަރު ނޯވޭގެ ރިސާޗް ވެސެލް ޑރ ފްރީޖޮފް ނެންސަންގައި ރާއްޖޭގައި ކުރި ސާވޭއެއްގައި 22 އޮގަސްޓް 1983 ދުވަހު އ.އ ތޮއްޑޫ ކައިރިން 240 މީޓަރު އަޑިން ދަމާދާ އަޅައިގެން ކުރި މަސްވެރި ކަމުގައެވެ. މިޔަރު އާއްމުކޮށް އުޅެނީ 27 މީޓަރާއި 720 މީޓަރާއި ދެމެދުގެ ފުންމިނުގައެވެ. ނަމަވެސް ބައެއް ފަހަރު 1000 މީޓަރުގެ އަޑީގައި ވެސް އުޅޭކަމަށްވެއެވެ. މިއީ އަތޮޅުން ބޭރު މާކަނޑުގެ އަޑީގެ ވަރަށް ފުނުގައި އުޅޭ މިޔަރެއް ކަމުން މިބާވަތުގެ މިޔަރު ދިވެހިން ކޮށްއުޅޭ މަޑު މިޔަރުގެ ކެޔޮޅު ކަމުގައްޔާއި، ކަށި މިޔަރުގެ ކެޔޮޅު ކަމުގައި ބޭނިފައި ހުރުމަކީ އެކަށީގެންވާ ކަމެކެވެ. ތުންދިގު މަޑު މިޔަރުގެ ބޮލުގެ ދެއަރިމަތީގައި ކަރުގެ 7 ކެނޑުން ހުރެއެވެ. ބޮލާއި ތުންކޮޅު ހިމައެވެ. ތުންދިގު މަޑު މިޔަރު އަކީ ވަރަށް ބޮޑު ލޮލެއް އިންނަ މިޔަރެކެވެ. ބުރަކަށި މަތީގައި ހުންނާނީ އެންމެ އުރަހަ އެކެވެ. އަނގައިގައި ބޮޑެތި ފުނާ ދަތްތައް ކަހަލަ ދަތްތަކެއް ހުރެއެވެ. މިވައްތަރު މިޔަރުގެ އުރަހައިގެ ކޮޅާއި، ނިގޫފަތުގެ ކޮޅު ހުންނާނީ ކަޅު ކުލައިގައެވެ. ތުންދިގު މަޑު މިޔަރު 1.4 މީޓަރަށް ބޮޑުވާކަމަށް ވެއެވެ. މިބާވަތުގެ މިޔަރަކީ ރާއްޖެއިން ވަރަށް ނުފެންނަ މިޔަރެއް ކަމުން މިމިޔަރަށް ކިޔާ ވަކި ޚާއްޞަ ނަމެއް ރިކޯޑް ކުރެވިފައި ނެތުމާއެކު، މިއީ މަޑު މިޔަރުގެ ބާވަތަކަށް ވުމާއެކު މަހަށް ކިޔާ އިގިރޭސި ނަމާއި ގުޅުވައިގެން '''ތުންދިގު މަޑު މިޔަރު''' ކިޔާފައި ވަނީ އެވެ. ތުންދިގު މަޑު މިޔަރުގެ ނިގޫފަތްގަނޑު އޭގެ ހަށިގަނޑުގެ ތިންބައިކުޅަ އެއްބަޔާއި އެއްވަރެވެ. ތުންދިގު މަޑު މިޔަރު އެންމެ ދިގުވެގެން ވެސް ހުންނާނީ 137 ސެންޓިމީޓަރު އެވެ. އަންހެން މިޔަރުގެ ދިގު މިނުގައި 90 ސެންޓި މީޓަރު ހުންނަ އިރު ފިރިހެން މިޔަރުގެ ދިގުމިނުގައި 85 ސެންޓިމީޓަރު ހުރެއެވެ === ކަށިނެތް މިޔަރު === {{Main|ކަށިނެތް މިޔަރު}} [[ފައިލް:Dalatias licha.jpg|250px|thumb|left|ކަށިނެތް މިޔަރު]] ކަށިނެތް މިޔަރު އަކީ މިޔަރުގެ ވައްތަރެކެވެ. މިއީ ރާއްޖޭގައި ވަރަށް މަދުން އުޅޭ މިޔަރެކެވެ. މިބާވަތުގެ މިޔަރު އުޅެނީ އަތޮޅުން ބޭރު މާކަނޑުގެ ވަރަށް ފުނުގައެވެ. މިއީ އާންމުކޮށް މޫދުގެ އަޑިން 1800-50 މީޓަރާއި ދެމެދުގެ ފުންމިނުގައެވެ. ބައެއް ލިޔުން ތަކުގައި 37 މީޓަރުގެ އަޑިން 1800 މީޓަރާއި ދެމެދުގެ ފުންމިނުގައި ކަމަށް ލިޔެފައި ހުރެއެވެ. ނަމަވެސް އާޢްމުގޮތެއްގައި އުޅެނީ 200 މީޓަރަށްވުރެ ފުނުގައެވެ. މިބާވަތުގެ މިޔަރު އެންމެ ބޮޑުވަނީ 1.6 މީޓަރަށެވެ. މިމިޔަރުގެ ރިކޯޑެއް ރާއްޖޭގައި ގާއިމް ކުރެވިފައި ވަނީ ހަމައެކަނި ލ.އަތޮޅު އިސްދޫ މަސްވެރިޔަކު ބާނަފައިވާ މިޔަރެއްގެ އަނގަ ތަހްގީގުކޮށް އޭގެ މައްޗަށް ބަލައިގެންނެވެ. އެމިޔަރު ބޭނި މީހާވެސް މީގެ ކުރިން ނުދެކޭ މިޔަރެއް ކަމުން މަހުގެ އަނގަ ރައްކާކޮށްފައި ވަނިކޮށް މެރިން ރިސާޗް ސެކްޝަނުން ހޯދައި މިއީ ކޮންކަހަލަ މިޔަރެއްކަން ދެނެގަތީއެވެ. މިއީ [[ކަށި މިޔަރު]] އުޅޭ ސަރަހައްދު ތަކުގައި އުޅޭ ކަށި މިޔަރާއި ވަރަށް އެއްގޮތް މިޔަރެވެ. ނަމަވެސް އުރަހަ ކައިރީގައި އެއްވެސް ކައްޓެއް ނުހުރެއެވެ. މިޔަރުގެ ބުރަކަށި މަތީގައި ދެވަނަ އަށް ހުންނަ އުރަހަ ފުރަތަމަ އުރަހައަށްވުރެ ތަންކޮޅެއް ބޮޑުވާނެއެވެ. މިޔަރުގެ ތުން ބޮލެވެ. މަތީ ތަލީގައި ހުންނަނީ ކުދި ހިމަ ތިނޯސް ޒާތުގެ ދަތްތަކެކެވެ. ދަށު ތަލީގައި ހުންނަނީ ފުޅާ ދަތްތަކެކެވެ. މިމިޔަރު ބޭނި މީހުން މިމިޔަރަށް ކިޔާފައިވަނީ ކަށިނެތް މިޔަރު އެވެ. މިމިޔަރުގެ ޢާއްމު ކާނާއަކީ ކަނޑު އަޑީގައި އުޅޭ މަސްމަހާ މެއްސާއި، ކަކުނި ފާނޑުގެ ސޫތްޕާއި، ބޯވަ ދިލަ މަހެވެ. މިމިޔަރު އާއްމުކޮށް އުޅެނީ އެޓްލާންޓިކް ކަނޑާއި، މެދުތެރޭ ކަނޑުގެ ހުޅަގާއި، އިންޑިޔާ ކަނޑުގެ ހުޅަގު ސަރަހައްދު އަދި ޕެސިފިކް ކަނޑުގެ ހުޅަގު ސަރަހައްދުގައެވެ. ކަށިނެތް މިޔަރު ވިހާ ކޮންމެ ފަހަރަކު 20-10 މިޔަރު ވިހައެވެ. == އިތުރު ފާލަންތައް == <!-- Please ensure that links posted here conform to [[WP:LINKS]], [[WP:COI]], [[WP:SPAM]] and [[WP:NOT]]. Non-conforming links will be deleted --> {{Sisterlinks|މިޔަރު}} {{Wikispecies|Selachimorpha}} {{Wikibookspar|Dichotomous Key|Selachimorpha}} * [http://wiki.answers.com/Q/FAQ/2999 ވިކިޖަވާބު: މިޔަރާއި ބެހޭ ސުވާލުތަކާއި އޭގެ ޖަވާބު] * [http://www.sampla.org ސައުތު އެފްރިކަން މެރިން ޕްރިޑޭޓަރ ލެބް] ރިސާޗް އިންސްޓިޓިއުޓް * [http://www.sharks.org ޝާކް ރިސާޗް އިންސްޓިޓިއުޓް] * [http://www.geerg.ca Greenland Shark and Elasmobranch Education and Research Group] * [http://www.flmnh.ufl.edu/fish/Sharks/ISAF/ISAF.htm The International Shark Attack File] * [http://www.sharktrust.org/ Shark Trust Organization] * [http://www.elasmo-research.org ReefQuest Centre for Shark Research] * [https://web.archive.org/web/20180102171512/http://www.whaleshark.org/ ECOCEAN Whale Shark Photo-identification Library] * [http://www.elasmo-research.org/research/checklist_res.htm މިހާތަނަށް ހޯދިފައިވާ މިއަރުގެ ބާވަތްތައް] * [http://www.sharkattackfile.net ގލޯބަލް ޝާކް އެޓޭކް ފައިލް] * [https://web.archive.org/web/20160116093349/http://www.sharkresearchcommittee.com/ ޝާކް ރިސާޗް ކޮމިޓީ] * [http://www.elasmodiver.com Shark Pictures and Elasmobranch Field Guide] * [https://web.archive.org/web/20170503235532/http://www.morphbank.net/Browse/ByImage/?tsn=551500 މޯފްބޭންކް: މިއަރު ފޮޓޯތައް] * [http://www.oceanicdreams.com ވުލްފްގެންގ ލިއެންޑަރ ނަގާފައިވާ ފޮޓޯތައް] * [http://www.onewhale.com/sharks.htm މިއަރު ކާރޓޫނުތައް] [[ޤިސްމު:Fish]] d10py5lc115pw9f50k00rmcr6ij3iam އާދަމް ނަޞީރު އިބްރާހީމް 0 15329 137642 137530 2026-04-28T05:51:05Z InternetArchiveBot 21776 Rescuing 1 sources and tagging 0 as dead.) #IABot (v2.0.9.5 137642 wikitext text/x-wiki {{Infobox officeholder | name = އާދަމް ނަޞީރު އިބްރާހީމް | image = Adam Naseer Ibrahim portrait.jpg | alt = | caption = އާދަމް ނަޞީރު އިބްރާހީމް، 2023 | order = | office = ދިވެހިބަހާއި ޘަޤާފާތާއި ތަރިކައާ ބެހޭ ވަޒީރު | predecessor = ޔުމްނާ މައުމޫން | successor = ހީނާ ވަލީދު | term_start = 17 ނޮވެންބަރު 2023 | term_end = 14 އެޕްރީލް 2026 | birth_date = | birth_place = [[ތޮއްޑޫ (އއ. އަތޮޅު)]]، [[ދިވެހިރާއްޖެ]] | death_date = | death_place = | restingplace = | restingplacecoordinates = | birthname = | nationality = [[ދިވެހިރާއްޖެ]] | party = ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) | spouse = | relations = | children = | residence = | alma_mater = މަޢުހަދުއްދިރާސާތިލްއިސްލާމިއްޔާ | occupation = | profession = | committees = | portfolio = | signature = | signature_alt = | website = {{URL|https://adamnaseeribrahim.com/}} | footnotes = | president = [[މުޙައްމަދު މުޢިއްޒު]] }} އާދަމް ނަޞީރު އިބްރާހީމަކީ ބަހަވީ ފަންނުތަކާ، ޅެންވެރިކަމާ، ލިޔުންތެރިކަމާ، ވާހަކަދެއްކުންތެރިކަން އުނގަންނައިދެއްވުމުގައި ޤައުމީ ޚިދުމަތްތެރިއެކެވެ. ތާރީޚީ އަދަބީ އަދި ޘަޤާފީ ލިޔުންތަކާ ދިރާސާތައް ދަނީ ކުރައްވަމުނެވެ. އެމަނިކުފާނަކީ މަޝްހޫރު ޓީވީ ޕްރެޒެންޓަރެކެވެ. ފުލުހުންގެ ކޮންސަލްޓަންޓެއްގެ މަޤާމާ، ބަސްކޮމެޓީގެ މެންބަރުކަމުގެ މަޤާމު އަދާކުރެއްވިއެވެ. އަދި [[ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ]]ގެ ލެކްޗަރަރެއްގެ ގޮތުގައި ޚިދުމަތްކުރައްވައިފައިވެއެވެ. މީގެއިތުރުން [[މުޙައްމަދު މުޢިއްޒު|ޑރ. މުޙައްމަދު މުޢިއްޒު]]ގެ ސަރުކާރުގައި 2023ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 17ވަނަ ދުވަހުން ފެށިގެން 2026ވަނަ އަހަރުގެ އެޕްރީލް މަހުގެ 14ވަނަ ދުވަހާ ހަމައަށް ދިވެހިބަހާއި ޘަޤާފާތާއި ތަރިކައާ ބެހޭ ވަޒީރު (މިނިސްޓަރ އޮފް ދިވެހި ލެންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖް) ގެ މަޤާމު އަދާކުރައްވައިފައިވެއެވެ. އާދަމް ނަޞީރު އިބްރާހީމަކީ ދިވެހިރާއްޖޭގެ މަޝްހޫރު ޝާޢިރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. ޅެންވެރިކަމުގެ ދާއިރާއަށް އާދަމް ނަޞީރު ޢަމަލީގޮތުން ވެދެވަޑައިގަތީ، ދިވެހިބަހާއި ތާރީޚަށް ޚިދްމަތްކުރާ ޤައުމީ މަރްކަޒުން  1998ވަނަ އަހަރުގެ ފަހުކޮޅު ހިންގެވި ޅެންވެރިކަމުގެ ހުނަރުވެރިކަން ދަސްކޮށްދޭ ކޯސް ފުރިހަމަކުރެއްވި ހިސާބުން ފެށިގެންނެވެ. އާދަމް ނަޞީރަކީ، ތަފާތު އެތައް މައުޟޫޢަކަށް ޅެންހައްދަވާފައިވާ ބޭފުޅެކެވެ. މިގޮތުން، ދީނީޅެން، ޤައުމީޅެން، ކުޑަކުދިންނާ ގުޅޭ ޅެން، މަސްވެރިކަމާއި ފަތުރުވެރިކަމާ ގުޅޭ ޅެންތަކާއި، އެކިއެކި މުނާސަބަތުތަކާގުޅޭ ޅެންތައް އޭނާ ހައްދަވައިފައިވެއެވެ. އާދަމް ނަޞީރުގެ ޅެން ހިމެނޭ ޅެން ފޮތެއް [ނަޞީރުގެ ވިންދު – 1]ގެ ނަމުގައި 2011ވަނަ އަހަރު ވަނީ ނެރުއްވައިފައެވެ. އާދަމް ނަޞީރު މިހާތަނަށް ހައްދަވާފައިވާ ޅެންތަކުގެ ތެރެއިން ޢާންމުންގެ މަޤްބޫލުކަން އެންމެ ބޮޑަށް ލިބިގެންދިޔަ ޅެންތަކުގެ ތެރެއިން އެއް ޅެމަކީ، [ނަފްސު] އަލްބަމަށް ހެއްދެވި ޅެމެއް ކަމަށްވާ [ފަތިހު ފަރިވި މާތައް ހަވީރަށް މިލާހެން، ޒުވާންކަން މިލާ މޯޅިވާތަން ދެކޭށޭ] މި ޅެމެވެ. ޅެންވެރިކަމާއި އަދަބިއްޔާތަށް ޚިދްމަތް ކުރުމުގެ ރޮނގުން 2007ވަނަ އަހަރު ޒުވާނުންގެ ޤައުމީ އިނާމު އާދަމް ނަޞީރު ވަނީ، ޙާޞިލުކުރައްވައިފައެވެ. އަދި ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން؛ ދިވެހި ޅެންވެރިކަން ކުރިއެރުވުމުގެ ރޮނގުން 2012ވަނަ އަހަރު ހިތްވަރުދިނުމުގެ ޤައުމީ އިނާމު ވެސް އާދަމް ނަޞީރަށް ލިބިވަޑައިގެންފައިވެއެވެ. == މަރުޖިޢުތައް == https://web.archive.org/web/20240525092253/https://presidency.gov.mv/Government/Veriyaa/381?lid=61 https://presidency.gov.mv/NationalAwards/Winner/14 0d1avqq4j9b6x87zgtrz91j5gdh8fxj ޔޫސުފް ޙުސައިން 0 16050 137637 137600 2026-04-27T18:41:13Z Memberuser 25611 137637 wikitext text/x-wiki [[ފައިލު:Ibrahim Didi being sworn in as Fisheries Minister.jpg|thumb|އައްޝައިޚް ޔޫސުފް ޙުސައިން، (ކަނާތުގައި)]] އައްޝައިޚް ޔޫސުފް ޙުސައިނަކީ [[ސައޫދީ އަރަބިއްޔާ|ސަޢޫދީ ޢަރަބިއްޔާ]]ގެ [[މަދީނާ|އަލްމަދީނަތުލް މުނައްވަރާ]]ގައި ހުންނަ އަލްޖާމިޢަތުލްއިސްލާމިއްޔާ (މަދީނާ އިސްލާމިކް ޔުނިވަރސިޓީ) އިން 1994ވަނަ އަހަރު ޝަރީޢަތުގެ ރޮނގުން މަތީ ތަޢުލީމު ޙާޞިލުކުރައްވާފައި ބޭފުޅެކެވެ. އައްޝައިޚް ޔޫސުފް ޙުސައިން ފުރުއްވައިފައިވާ މަޤާމުތަކުގެ ތެރޭގައި މިނިސްޓްރީ އޮފް ޖަސްޓިސް އެންޑް އިސްލާމިކް އެފެއާރޒްގެ ލީގަލް އޮފިސަރުކަމާއި، ކޯޓު ނަންބަރު 1 ގެ ޤާޟީކަމާއި، ޢާއިލާއާ ބެހޭ ކޯޓުގެ އިސް ޤާޟީކަމުގެ އިތުރުން އިންތިޤާލީ މަރުޙަލާގެ [[ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު|ސުޕްރީމް ކޯޓު]]ގެ ފަނޑިޔާރުކަމާއި، [[ދިވެހިރާއްޖޭގެ ހައި ކޯޓު]]ގެ ފަނޑިޔާރުކަން ހިމެނެއެވެ. [[ޤިސްމު:ދިވެހިރާއްޖޭގެ ދީނީ ޢިލްމުވެރީން]] gsd0or8jzjfx9ylqt5t896y852ksc7z 137638 137637 2026-04-27T19:02:05Z Memberuser 25611 137638 wikitext text/x-wiki [[ފައިލު:Opening of the Judicial Year 2024 (70).jpg|thumb|276x276px|އައްޝައިޚް ޔޫސުފް ޙުސައިން، (ވާތުގައި)]] އައްޝައިޚް ޔޫސުފް ޙުސައިނަކީ [[ސައޫދީ އަރަބިއްޔާ|ސަޢޫދީ ޢަރަބިއްޔާ]]ގެ [[މަދީނާ|އަލްމަދީނަތުލް މުނައްވަރާ]]ގައި ހުންނަ އަލްޖާމިޢަތުލްއިސްލާމިއްޔާ (މަދީނާ އިސްލާމިކް ޔުނިވަރސިޓީ) އިން 1994ވަނަ އަހަރު ޝަރީޢަތުގެ ރޮނގުން މަތީ ތަޢުލީމު ޙާޞިލުކުރައްވާފައި ބޭފުޅެކެވެ. އައްޝައިޚް ޔޫސުފް ޙުސައިން ފުރުއްވައިފައިވާ މަޤާމުތަކުގެ ތެރޭގައި މިނިސްޓްރީ އޮފް ޖަސްޓިސް އެންޑް އިސްލާމިކް އެފެއާރޒްގެ ލީގަލް އޮފިސަރުކަމާއި، ކޯޓު ނަންބަރު 1 ގެ ޤާޟީކަމާއި، ޢާއިލާއާ ބެހޭ ކޯޓުގެ އިސް ޤާޟީކަމުގެ އިތުރުން އިންތިޤާލީ މަރުޙަލާގެ [[ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު|ސުޕްރީމް ކޯޓު]]ގެ ފަނޑިޔާރުކަމާއި، [[ދިވެހިރާއްޖޭގެ ހައި ކޯޓު]]ގެ ފަނޑިޔާރުކަން ހިމެނެއެވެ. އައްޝައިޚް ޔޫސުފް ޙުސައިން ފަނޑިޔާރުކަމުން ރިޓަޔަރކުރެއްވީ 2015 ފެބުރުވަރީ1ވަނަ ދުވަހުއެވެ. އޭރު ހުންނެވީ [[ދިވެހިރާއްޖޭގެ ހައި ކޯޓު|ހައި ކޯޓު]]ގެ ފަނޑިޔާރުކަމުގައެވެ. އައްޝައިޚް ޔޫސުފް ޙުސައިން ދިވެހިރާއްޖޭގެ ޝަރުޢީ ދާއިރާއަށް ކުރެއްވި ޚިދުމަތްތަކުގެ އަގުވަޒަންކުރައްވައި، ތަކްރީމުކުރެއްވީ 2024 ޖަނަވަރީ 18ވަނަ ދުވަހު ބޭއްވި ޤަޟާއީ އަހަރު 2024 ފެށުމުގެ ރަސްމިއްޔާތުގައެވެ. ތަކްރީމުކުރުމުގެ ފަތްކޮޅާއި ޝަރަފުގެ މެޑަލް އެ މަނިކުފާނަށް އެރުވީ ދިވެހިރާއްޖޭގެ އޭރުގެ އުއްތަމަ ފަނޑިޔާރު [[އަޙްމަދު މުޢުތަޞިމް ޢަދުނާން|އަޙްމަދު މުޢުތަޞިމް ޢަދުނާން (ނޢޢވ)]] އެވެ. [[ޤިސްމު:ދިވެހިރާއްޖޭގެ ދީނީ ޢިލްމުވެރީން]] 7tzfnu8d2btrdorh299j8bngdkw00ws 137639 137638 2026-04-27T19:06:54Z Memberuser 25611 137639 wikitext text/x-wiki [[ފައިލު:Opening of the Judicial Year 2024 (70).jpg|thumb|406x406px|އައްޝައިޚް ޔޫސުފް ޙުސައިން، (ވާތުގައި)]] އައްޝައިޚް ޔޫސުފް ޙުސައިނަކީ [[ސައޫދީ އަރަބިއްޔާ|ސަޢޫދީ ޢަރަބިއްޔާ]]ގެ [[މަދީނާ|އަލްމަދީނަތުލް މުނައްވަރާ]]ގައި ހުންނަ އަލްޖާމިޢަތުލްއިސްލާމިއްޔާ (މަދީނާ އިސްލާމިކް ޔުނިވަރސިޓީ) އިން 1994ވަނަ އަހަރު ޝަރީޢަތުގެ ރޮނގުން މަތީ ތަޢުލީމު ޙާޞިލުކުރައްވާފައި ބޭފުޅެކެވެ. އައްޝައިޚް ޔޫސުފް ޙުސައިން ފުރުއްވައިފައިވާ މަޤާމުތަކުގެ ތެރޭގައި މިނިސްޓްރީ އޮފް ޖަސްޓިސް އެންޑް އިސްލާމިކް އެފެއާރޒްގެ ލީގަލް އޮފިސަރުކަމާއި، ކޯޓު ނަންބަރު 1 ގެ ޤާޟީކަމާއި، ޢާއިލާއާ ބެހޭ ކޯޓުގެ އިސް ޤާޟީކަމުގެ އިތުރުން އިންތިޤާލީ މަރުޙަލާގެ [[ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު|ސުޕްރީމް ކޯޓު]]ގެ ފަނޑިޔާރުކަމާއި، [[ދިވެހިރާއްޖޭގެ ހައި ކޯޓު]]ގެ ފަނޑިޔާރުކަން ހިމެނެއެވެ. އައްޝައިޚް ޔޫސުފް ޙުސައިން ފަނޑިޔާރުކަމުން ރިޓަޔަރކުރެއްވީ 2015 ފެބުރުވަރީ1ވަނަ ދުވަހުއެވެ. އޭރު ހުންނެވީ [[ދިވެހިރާއްޖޭގެ ހައި ކޯޓު|ހައި ކޯޓު]]ގެ ފަނޑިޔާރުކަމުގައެވެ. އައްޝައިޚް ޔޫސުފް ޙުސައިން ދިވެހިރާއްޖޭގެ ޝަރުޢީ ދާއިރާއަށް ކުރެއްވި ޚިދުމަތްތަކުގެ އަގުވަޒަންކުރައްވައި، ތަކްރީމުކުރެއްވީ 2024 ޖަނަވަރީ 18ވަނަ ދުވަހު ބޭއްވި ޤަޟާއީ އަހަރު 2024 ފެށުމުގެ ރަސްމިއްޔާތުގައެވެ. ތަކްރީމުކުރުމުގެ ފަތްކޮޅާއި ޝަރަފުގެ މެޑަލް އެ މަނިކުފާނަށް އެރުވީ ދިވެހިރާއްޖޭގެ އޭރުގެ އުއްތަމަ ފަނޑިޔާރު [[އަޙްމަދު މުޢުތަޞިމް ޢަދުނާން|އަޙްމަދު މުޢުތަޞިމް ޢަދުނާން (ނޢޢވ)]] އެވެ. [[ޤިސްމު:ދިވެހިރާއްޖޭގެ ދީނީ ޢިލްމުވެރީން]] pr0brzv151c027jucstp1tj2r1cdm0k ޝުޢައިބު ޙުސައިން ޒަކަރިއްޔާ 0 16157 137640 136830 2026-04-27T19:07:20Z Memberuser 25611 137640 wikitext text/x-wiki [[ފައިލު:Opening of the Judicial Year 2024 (80).jpg|thumb|390x390px|އައްޝައިޚު ޝުޢައިބު ޙުސައިން ޒަކަރިއްޔާ، (ވާތުގައި)]] ޖަސްޓިސް ރިޓަޔަރޑް އައްޝައިޚު ޝުޢައިބު ޙުސައިން ޒަކަރިއްޔާއަކީ، [[ޤަޠަރު]]ގެ ޤަޠަރު ޔުނިވަރސިޓީން ޝަރީޢަތާއި ޤާނޫނުގެ ރޮނގުން ފުރަތަމަ ޑިގްރީ 1997ވަނަ އަހަރު ޙާޞިލު ކުރެއްވުމަށް ފަހު، 2006ވަނަ އަހަރު [[މެލޭޝިޔާ]]ގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީން މާސްޓަރ އޮފް ކޮމްޕަރޭޓިވް ލޯވް ހައްދަވައިފައިވާ ބޭފުޅެކެވެ. އައްޝައިޚު ޝުޢައިބު ޙުސައިން ޒަކަރިއްޔާ ފުރުއްވައިފައިވާ މަޤާމުތަކުގެ ތެރޭގައި މިނިސްޓްރީ އޮފް ޖަސްޓިސްގެ ލީގަލް އޮފިސަރުކަމާއި ޚާއްޞަ ޤާޟީކަމާއި، ޢާއިލާއާ ބެހޭ ކޯޓުގެ ޤާޟީކަމާއި، މަދަނީ ކޯޓާއި، ކުޑަކުދީންނާ ބެހޭ ކޯޓުގެ އިސް ޤާޟީކަން ހިމެނެއެވެ. މީގެ އިތުރުން [[މަޖީދިއްޔާ ސްކޫލް|މަޖީދިއްޔާ ސްކޫލު]]ގައި ކިޔަވައިދެއްވުމުގެ އިތުރުން ފެކަލްޓީ އޮފް އިސްލާމިކް ސްޓަޑީޒްއާއި، ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯގައި ލެކްޗަރަރއެއްގެ ގޮތުގައި މަސައްކަތް ކުރައްވައިފައިވެއެވެ. އަދި [[ދިވެހިރާއްޖޭގެ ހައި ކޯޓު]]ގެ ފަނޑިޔާރުކަން 2011 މާރިޗު 26ވަނަ ދުވަހުން ފެށިގެން 2022 ނޮވެންބަރު 22ވަނަ ދުވަހު ޝަރަފުވެރިކަމާއެކު ފަނޑިޔާރުކަމުން ރިޓަޔަރކުރެއްވުމާ ހަމަޔަށް އަދާކުރައްވައިފައިވެއެވެ. އައްޝައިޚް ޝުޢައިބު ޙުސައިން ޒަކަރިއްޔާ ދިވެހިރާއްޖޭގެ ޝަރުޢީ ދާއިރާއަށް ކުރެއްވި ޚިދުމަތްތަކުގެ އަގުވަޒަންކުރައްވައި، ތަކްރީމުކުރެއްވީ 2024 ޖަނަވަރީ 18ވަނަ ދުވަހު ބޭއްވި ޤަޟާއީ އަހަރު 2024 ފެށުމުގެ ރަސްމިއްޔާތުގައެވެ. ތަކްރީމުކުރުމުގެ ފަތްކޮޅާއި ޝަރަފުގެ މެޑަލް އެ މަނިކުފާނަށް އެރުވީ ދިވެހިރާއްޖޭގެ އޭރުގެ އުއްތަމަ ފަނޑިޔާރު [[އަޙްމަދު މުޢުތަޞިމް ޢަދުނާން|އަޙްމަދު މުޢުތަޞިމް ޢަދުނާން (ނޢޢވ)]] އެވެ. އައްޝައިޚު ޝުޢައިބު ޙުސައިން ޒަކަރިއްޔާ އަވަހާރަވީ 2025 ޖަނަވަރީ 19ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ. [[ޤިސްމު:ދިވެހިރާއްޖޭގެ ދީނީ ޢިލްމުވެރީން]] bjiie02i2e0ecgqyt51tkqwwsatv7ui ޢަބްދުލްޣަނީ މުޙައްމަދު 0 16268 137636 137485 2026-04-27T18:40:18Z Memberuser 25611 137636 wikitext text/x-wiki {{Infobox officeholder | name = ޢަބްދުލްޣަނީ މުޙައްމަދު | native_name_lang = dv | image = Abdul Ghanee Mohamed | caption = ޢަބްދުލްޣަނީ މުޙައްމަދު، 2025 | office = ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު | president = [[މުޙައްމަދު މުޢިއްޒު]] | term_start = 6 އޮގަސްޓު 2025 | predecessor = [[އަޙްމަދު މުޢުތަޞިމް ޢަދުނާން]] | office1 = [[ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު]]ގެ ފަނޑިޔާރު | termstart1 = 28 ޖޫން 2018 | termend1 = 4 ޑިސެންބަރު 2019 | president1 = [[ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް]] | office2 = [[ދިވެހިރާއްޖޭގެ ހައި ކޯޓު]]ގެ ފަނޑިޔާރު | president2 = [[މައުމޫން ޢަބްދުލް ޤައްޔޫމް]]<br/>[[މުޙައްމަދު ނަޝީދު]]<br/>[[ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކު]]<br/>[[ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް]] | termend2 = 28 ޖޫން 2018 | termstart2 = 14 މާރިޗު 2004 | office3 = ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ރައީސް | termstart3 = 27 ޖުލައި 2009 | termend3 = 21 ޖަނަވަރީ 2010 | predecessor3 = ޙަސަން ޢަފީފު | succeeded3 = މުޖްތާޛު ފަހްމީ | office4 = މަދަނީ ކޯޓުގެ ޤާޟީ | termstart4 = 10 ޖުލައި 2000 | termend4 = 14 މާރިޗު 2004 | president4 = [[މައުމޫން ޢަބްދުލް ޤައްޔޫމް]] | alma_mater = [[އަލްއަޒުހަރު ޔުނިވަރސިޓީ|އަލްއަޒްހަރު ޔުނިވަރސިޓީ]]<br>[[ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ]] | education = މަޢުހަދުއްދިރާސާތިލްއިސްލާމިއްޔާ }} އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދަކީ ދިވެހިރާއްޖޭގެ މިހާރުގެ އުއްތަމަ ފަނޑިޔާރެވެ. އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދު ޘާނަވީ ތަޢުލީމު ޙާޞިލުކުރެއްވީ ކުރީގެ މަޢުހަދުއްދިރާސާތިލްއިސްލާމިއްޔާއިންނެވެ. އެއަށްފަހު [[މިޞްރު]]ގެ [[އަލްއަޒުހަރު ޔުނިވަރސިޓީ|އަލްއަޒްހަރު ޔުނިވަރސިޓީ]]ގައި 1999ވަނަ އަހަރު ޝަރީޢަތާއި ޤާނޫނުގެ ރޮނގުން ފުރަތަމަ ޑިގުރީ ޙާޞިލުކުރައްވައިފައެވެ. އަދި [[ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ]]ގައި 2023ވަނަ އަހަރު މާސްޓަރ އޮފް އިސްލާމިކް ޖުޑީޝަލް ސައިންސް އެންޑް ޝަރީޢާ ޕޮލިސީ ޙާޞިލުކުރައްވައި އެ ކޯހުގެ ބެސްޓް ސްޓޫޑެންޓް އެވޯޑް ޙާޞިލުކުރައްވައިފައިވެއެވެ. އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދު ވަނީ [[ދިވެހިރާއްޖޭގެ ހައި ކޯޓު]]ގެ ފަނޑިޔާރުކަން ކުރައްވައިފައެވެ. އެ މަޤާމަށް އެ މަނިކުފާނު ޢައްޔަންކުރެއްވީ 2004ވަނަ އަހަރުގެ މާރިޗު މަހުގެ 14ވަނަ ދުވަހުއެވެ. އަދި 2008، ސެޕްޓެންބަރު 21ވަނަ ދުވަހުން ފެށިގެން 2011 އެޕްރީލް 26ވަނަ ދުވަހާ ހަމައަށް، އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދު ވަނީ [[ދިވެހިރާއްޖޭގެ ހައި ކޯޓު|ހައި ކޯޓު]]ގެ އިސްފަނޑިޔާރުގެ މަޤާމު ފުރުއްވާފައެވެ. މީގެއިތުރުން [[ދިވެހިރާއްޖޭގެ ހައި ކޯޓު|ހައި ކޯޓު]]ގެ ދެކުނު ގޮފީގެ އިސްފަނޑިޔާރުކަމާއި މަދަނީ ކޯޓުގެ ޤާޟީކަން ވެސް ކުރައްވައިފައިވެއެވެ. މަދަނީ ކޯޓުގެ ޤާޟީކަމަށް އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދު އިސްކުރެއްވީ، 2000ވަނަ އަހަރުގެ ޖުލައި މަހުގެ 10ވަނަ ދުވަހުއެވެ. 2018ވަނަ އަހަރުގެ ޖޫން މަހުގެ 28ވަނަ ދުވަހު، [[ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު]]ގެ ފަނޑިޔާރުކަމުގެ މަޤާމަށް ޢައްޔަންކުރެއްވުމާ ހަމައަށް، ފަނޑިޔާރު އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދުހުންނެވީ ދިވެހިރާއްޖޭގެ ހައި ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމުގައެވެ. [[ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު|ސުޕްރީމް ކޯޓު]]ގެ ފަނޑިޔާރުކަން ކުރެއްވުމަށް ފަހު، ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ރައީސްކަމުގެ މަޤާމު ވެސް އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދު ފުރުއްވިއެވެ. އަދި ބައެއް ކޮލެޖު / ޔުނިވަރސިޓީތަކުގައި ޤާނޫނީ ރޮނގުން ކިޔަވައިދެއްވައިފައިވެއެވެ. މިގޮތުން [[ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ]]ގެ ކުއްލިއްޔާ އޮފް ޝަރީޢާ އެންޑް ލޯގެ ސީނިއަރ ލެކްޗަރަރކަމުގައި 2024 އޮކްޓޫބަރު 24 ގެ ނިޔަލަށް ހުންނެވިއެވެ. [[ފައިލު:2nd session of the Islamic University of Maldives’ Convocation 2023 (128).jpg|thumb|248x248px|އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދަށް މާސްޓަރސް ޑިގުރީގެ ސަނަދު އަރުވަނީ]] [[ފައިލު:2nd session of the Islamic University of Maldives’ Convocation 2023 (162).jpg|thumb|އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދު (ކަނާތުގައި)]] އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދު ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުކަމަށް ޢައްޔަންކުރެއްވީ 2025 އޮގަސްޓު 6 ވީ ބުދަ ދުވަހުއެވެ. d2rfwzqqrzt9dl8hz4en285vrg1ykdg 137641 137636 2026-04-27T19:09:31Z Memberuser 25611 137641 wikitext text/x-wiki {{Infobox officeholder | name = ޢަބްދުލްޣަނީ މުޙައްމަދު | native_name_lang = dv | image = Inauguration ceremony of the Judicial Year 2026 (35).jpg | caption = ޢަބްދުލްޣަނީ މުޙައްމަދު، 2026 | office = ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު | president = [[މުޙައްމަދު މުޢިއްޒު]] | term_start = 6 އޮގަސްޓު 2025 | predecessor = [[އަޙްމަދު މުޢުތަޞިމް ޢަދުނާން]] | office1 = [[ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު]]ގެ ފަނޑިޔާރު | termstart1 = 28 ޖޫން 2018 | termend1 = 4 ޑިސެންބަރު 2019 | president1 = [[ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް]] | office2 = [[ދިވެހިރާއްޖޭގެ ހައި ކޯޓު]]ގެ ފަނޑިޔާރު | president2 = [[މައުމޫން ޢަބްދުލް ޤައްޔޫމް]]<br/>[[މުޙައްމަދު ނަޝީދު]]<br/>[[ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކު]]<br/>[[ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް]] | termend2 = 28 ޖޫން 2018 | termstart2 = 14 މާރިޗު 2004 | office3 = ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ރައީސް | termstart3 = 27 ޖުލައި 2009 | termend3 = 21 ޖަނަވަރީ 2010 | predecessor3 = ޙަސަން ޢަފީފު | succeeded3 = މުޖްތާޛު ފަހްމީ | office4 = މަދަނީ ކޯޓުގެ ޤާޟީ | termstart4 = 10 ޖުލައި 2000 | termend4 = 14 މާރިޗު 2004 | president4 = [[މައުމޫން ޢަބްދުލް ޤައްޔޫމް]] | alma_mater = [[އަލްއަޒުހަރު ޔުނިވަރސިޓީ|އަލްއަޒްހަރު ޔުނިވަރސިޓީ]]<br>[[ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ]] | education = މަޢުހަދުއްދިރާސާތިލްއިސްލާމިއްޔާ }} އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދަކީ ދިވެހިރާއްޖޭގެ މިހާރުގެ އުއްތަމަ ފަނޑިޔާރެވެ. އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދު ޘާނަވީ ތަޢުލީމު ޙާޞިލުކުރެއްވީ ކުރީގެ މަޢުހަދުއްދިރާސާތިލްއިސްލާމިއްޔާއިންނެވެ. އެއަށްފަހު [[މިޞްރު]]ގެ [[އަލްއަޒުހަރު ޔުނިވަރސިޓީ|އަލްއަޒްހަރު ޔުނިވަރސިޓީ]]ގައި 1999ވަނަ އަހަރު ޝަރީޢަތާއި ޤާނޫނުގެ ރޮނގުން ފުރަތަމަ ޑިގުރީ ޙާޞިލުކުރައްވައިފައެވެ. އަދި [[ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ]]ގައި 2023ވަނަ އަހަރު މާސްޓަރ އޮފް އިސްލާމިކް ޖުޑީޝަލް ސައިންސް އެންޑް ޝަރީޢާ ޕޮލިސީ ޙާޞިލުކުރައްވައި އެ ކޯހުގެ ބެސްޓް ސްޓޫޑެންޓް އެވޯޑް ޙާޞިލުކުރައްވައިފައިވެއެވެ. އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދު ވަނީ [[ދިވެހިރާއްޖޭގެ ހައި ކޯޓު]]ގެ ފަނޑިޔާރުކަން ކުރައްވައިފައެވެ. އެ މަޤާމަށް އެ މަނިކުފާނު ޢައްޔަންކުރެއްވީ 2004ވަނަ އަހަރުގެ މާރިޗު މަހުގެ 14ވަނަ ދުވަހުއެވެ. އަދި 2008، ސެޕްޓެންބަރު 21ވަނަ ދުވަހުން ފެށިގެން 2011 އެޕްރީލް 26ވަނަ ދުވަހާ ހަމައަށް، އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދު ވަނީ [[ދިވެހިރާއްޖޭގެ ހައި ކޯޓު|ހައި ކޯޓު]]ގެ އިސްފަނޑިޔާރުގެ މަޤާމު ފުރުއްވާފައެވެ. މީގެއިތުރުން [[ދިވެހިރާއްޖޭގެ ހައި ކޯޓު|ހައި ކޯޓު]]ގެ ދެކުނު ގޮފީގެ އިސްފަނޑިޔާރުކަމާއި މަދަނީ ކޯޓުގެ ޤާޟީކަން ވެސް ކުރައްވައިފައިވެއެވެ. މަދަނީ ކޯޓުގެ ޤާޟީކަމަށް އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދު އިސްކުރެއްވީ، 2000ވަނަ އަހަރުގެ ޖުލައި މަހުގެ 10ވަނަ ދުވަހުއެވެ. 2018ވަނަ އަހަރުގެ ޖޫން މަހުގެ 28ވަނަ ދުވަހު، [[ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު]]ގެ ފަނޑިޔާރުކަމުގެ މަޤާމަށް ޢައްޔަންކުރެއްވުމާ ހަމައަށް، ފަނޑިޔާރު އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދުހުންނެވީ ދިވެހިރާއްޖޭގެ ހައި ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމުގައެވެ. [[ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު|ސުޕްރީމް ކޯޓު]]ގެ ފަނޑިޔާރުކަން ކުރެއްވުމަށް ފަހު، ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ރައީސްކަމުގެ މަޤާމު ވެސް އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދު ފުރުއްވިއެވެ. އަދި ބައެއް ކޮލެޖު / ޔުނިވަރސިޓީތަކުގައި ޤާނޫނީ ރޮނގުން ކިޔަވައިދެއްވައިފައިވެއެވެ. މިގޮތުން [[ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ]]ގެ ކުއްލިއްޔާ އޮފް ޝަރީޢާ އެންޑް ލޯގެ ސީނިއަރ ލެކްޗަރަރކަމުގައި 2024 އޮކްޓޫބަރު 24 ގެ ނިޔަލަށް ހުންނެވިއެވެ. [[ފައިލު:2nd session of the Islamic University of Maldives’ Convocation 2023 (128).jpg|thumb|248x248px|އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދަށް މާސްޓަރސް ޑިގުރީގެ ސަނަދު އަރުވަނީ]] [[ފައިލު:2nd session of the Islamic University of Maldives’ Convocation 2023 (162).jpg|thumb|އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދު (ކަނާތުގައި)]] އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދު ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުކަމަށް ޢައްޔަންކުރެއްވީ 2025 އޮގަސްޓު 6 ވީ ބުދަ ދުވަހުއެވެ. ppzpgv0xwhlarcffe7kx8kk26mbdat2