ވިކިޕީޑިއާ
dvwiki
https://dv.wikipedia.org/wiki/%DE%89%DE%A6%DE%87%DE%A8_%DE%9E%DE%A6%DE%8A%DE%B0%DE%99%DE%A7
MediaWiki 1.46.0-wmf.26
first-letter
މީޑިއާ
ޚާއްސަ
ޚިޔާލު
މެމްބަރު
މެމްބަރުގެ ވާހަކަ
ވިކިޕީޑިއާ
ވިކިޕީޑިއާ ޚިޔާލު
ފައިލު
ފައިލުގެ ޚިޔާލު
މީޑިއާވިކީ
މިޑިއާވިކީ ޚިޔާލު
ފަންވަތް
ފަންވަތުގެ ޚިޔާލު
އެހީ
އެހީގެ ޚިޔާލު
ޤިސްމު
ޤިސްމުގެ ޚިޔާލު
ނެރު
ނެރު ޚިޔާލު
TimedText
TimedText talk
މޮޑިއުލް
މޮޑިއުލް ޚިޔާލު
Event
Event talk
މައުމޫން ޢަބްދުލް ޤައްޔޫމް
0
3176
137651
137635
2026-04-29T13:16:52Z
Memberuser
25611
137651
wikitext
text/x-wiki
{{Infobox officeholder
| name = މައުމޫން ޢަބްދުލްޤައްޔޫމް
| office = [[ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ]]
| image = Maumoon Abdul Gayoom portrait 2013.jpg
| caption = މައުމޫން ޢަބްދުލްޤައްޔޫމް، 2013
| term_start = 11 ނޮވެންބަރު 1978
| term_end = 11 ނޮވެންބަރު 2008
| predecessor = [[އިބްރާހީމް ނާޞިރު]]
| office1 = މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
| president1 = ހަމަ [[މައުމޫން ޢަބްދުލް ޤައްޔޫމް|މައުމޫން ޢަބްދުލްޤައްޔޫމް]]
| succeeded1 = އިސްމާޢީލް ފަތުޙީ
| predecessor1 = މުޙައްމަދު ނޫރައްދީން
| termstart1 = 5 ޖަނަވަރީ 1989
| termend1 = 1 ސެޕްޓެންބަރު 2004
| office2 = މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރު
| termstart2 = 1 ޖުލައި 1981
| termend2 = 31 އޮގަސްޓު 2004
| predecessor2 = މަޤާމު އުފެއްދެވުން
| president2 = ހަމަ [[މައުމޫން ޢަބްދުލް ޤައްޔޫމް|މައުމޫން ޢަބްދުލްޤައްޔޫމް]]
| office4 = މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިޔުރިޓީ
| president4 = ހަމަ [[މައުމޫން ޢަބްދުލް ޤައްޔޫމް|މައުމޫން ޢަބްދުލްޤައްޔޫމް]]
| termstart4 = 11 ނޮވެންބަރު 1978
| termend4 = 11 ނޮވެންބަރު 1993
| predecessor4 = [[ޢަބްދުލްޙަންނާން ޙަލީމް ދޮށިމޭނާ ކިލެގެފާނު]]
| succeeded4 = [[ލެފްޓިނަންޓް ޖެނެރަލް (ރިޓަޔަރޑް) ޢަބްދުއްސައްތާރު އާދަމް]]
| office5 = މިނިސްޓަރ އޮފް ޓްރާންސްޕޯޓް
| termstart5 = 29 މާރިޗު 1977
| termend5 = 11 ނޮވެންބަރު 1978
| president5 = [[އިބްރާހީމް ނާޞިރު]]
| office6 = [[އެކުވެރި ދައުލަތްތައް|އެކުވެރި ދައުލަތްތަކުގެ ޖަމްޢިއްޔާ]]އަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވައިފައި ހުންނަވާ ދާއިމީ މަންދޫބު
| president6 = [[އިބްރާހީމް ނާޞިރު]]
| termstart6 = 24 ސެޕްޓެންބަރު 1976
| termend6 = 28 މާރިޗު 1977
| predecessor6 = [[ޢަބްދުއްސައްތާރު މޫސާދީދީ]]
| succeeded6 = [[ފަތުޙުﷲ ޖަމީލް]]
| birth_date = {{Birth date and age|1937|12|29|df=yes}}
| birth_place = [[މާލެ]]، [[ދިވެހިރާއްޖެ]]
| children = {{flatlist|
*ދުންޔާ މައުމޫން
*ޔުމްނާ މައުމޫން
*އަޙްމަދު ފާރިސް މައުމޫން
*[[މުޙައްމަދު ޣައްސާން މައުމޫން]]
}}
| spouse = ނަސްރީނާ އިބްރާހީމް
| education = [[މަޖީދިއްޔާ ސްކޫލް]]
| alma_mater = [[އަލްއަޒުހަރު ޔުނިވަރސިޓީ|އަލްއަޒްހަރު ޔުނިވަރސިޓީ]]، [[މިޞްރު]]<br/>އެމެރިކަން ޔުނިވަރސިޓީ އިން ކައިރޯ
| successor = [[މުޙައްމަދު ނަޝީދު]]
| successor2 = މުޙައްމަދު ޖަލީލު
| relations = [[ޢަބްދުﷲ ޙަމީދު]]<br/>[[ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް]]
| parents = ބައްޕާފުޅު: [[ޢަބްދުލްޤައްޔޫމް އިބްރާހީމް]]
| awards = ނިޝާން ޣާޒީގެ ޢިއްޒަތުގެ ވެރިކަން - 2013
| otherparty = [[ދިވެހި ރައްޔިތުންގެ ޕާޓީ]] (2005 - 2011)<br/>[[ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް]] (2011 - 2017)<br/>މޯލްޑިވްސް ރިފޯމް މޫވްމެންޓް (2019 - 2025)
| party = މިނިވަން (1978 - 2005)، (2017 - 2019)، (2025އިން ފެށިގެން)
| signature = Maumoon Abdul Gayoom signature.svg
| honorific_suffix = ނިޝާން ޣާޒީގެ ޢިއްޒަތުގެ ވެރިޔާ
}}
'''ނިޝާން ޣާޒީގެ ޢިއްޒަތުގެ ވެރިޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް''' ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ މީލާދީ ސަނަތުން 29 ޑިސެންބަރު 1937 (ހިޖުރީ ސަނަތުން 26 ޝައްވާލު 1356) ވީ ބުދަ ދުވަހު މައްޗަންގޮޅީ ކާމިނީގޭގައެވެ. ތުއްޕުޅު އިރުގެ ޙަޔާތްޕުޅު ހޭދަކުރެއްވީ މަންމާފުޅާއި ބައްޕާފުޅުގެ އޯގާތެރި ބެއްލެވުމުގެ ދަށުގައި މއ. ކާމިނީގޭގައެވެ. އެ މަނިކުފާނުގެ އަޞްލު ނަންފުޅަކީ ޢަބްދުﷲ މައުމޫން ޚައިރީއެވެ. ގޭތެރޭގެ ނަންފުޅެއްގެ ގޮތުން މަޝްހޫރުވެފައިވަނީ ޅަ ސީދީ އެވެ. ނަމަވެސް މަދްރަސީ ދައުރުގައި ކިޔައި އުޅުނީ ޢަބްދުﷲ މައުމޫންކަމަށް [ރައީސްގެ ތިންވަނަ ފަސް އަހަރުގެ ކުލަގަދަ ޚިދުމަތްތައް (1993)] މި ފޮތުން ހާމަވެއެވެ. (މޫންލައިޓް، 1978)
ޢަބްދުﷲ މައުމޫން ޚައިރީ ގެ ނަންފުޅު މައުމޫން ޢަބްދުލްޤައްޔޫމަށް ބަދަލުވިކަމަށްވަނީ އެ މަނިކުފާނު ތަޢުލީމު ޙާޞިލުކުރެއްވުމަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް ޕާސްޕޯޓް ހެއްދެވުމުގައި އިސްވެ އުޅުއްވި ބޭފުޅަކަށް އެރި އޮޅުމެއްގެ ސަބަބުންނެވެ. ޢާއްމުކޮށް ކިޔައި އުޅުނީ [މައުމޫން] ކަމަށްވުމުން ފުރިހަމަ ނަންފުޅު ފޯމުގައި ލިޔުނު މީހަކު [މައުމޫން] މި ނަންފުޅާ ގުޅުވައިގެން ބައްޕާފުޅުގެ ނަންފުޅު އިތުރުކުރައްވައި [މައުމޫން ޢަބްދުލްޤައްޔޫމް]ގެ ގޮތުގައި ޕާސްޕޯޓް ހެއްދެވީއެވެ.
197 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 11ވަނަ ދުވަހުން ފެށިގެން 2008 ނޮވެންބަރު 11ވަނަ ދުވަހާ ހަމައަށް [[ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ]]ކަން ކުރައްވައިފައިވަނީ އެ މަނިކުފާނެވެ. [[ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ|ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމާ]] އެ މަނިކުފާނު ޙަވާލުވެވަޑައިގެންނެވީ 1978 ނޮވެންބަރު 11ވަނަ ދުވަހު އޭރުގެ ރައީސް [[އިބްރާހީމް ނާޞިރު|އިބްރާހީމް ނާޞިރު (ނޣޢވ)]] އަށް ފަހުގައެވެ. މައުމޫން އެންމެފަހުން ރައީސުލްޖުމްހޫރިއްޔާކަމަށް އިންތިޚާބުވެވަޑައިގަތީ 2003ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި %90.02 ގެ އަޣުލަބިއްޔަތަކުންނެވެ.
==ޢާއިލާ==
'''މައުމޫން ޢަބްދުލްޤައްޔޫމް'''ގެ ބައްޕާފުޅަކީ އިބްރާހީމް މާފަތް ތަކުރުފާނުގެ [[ޢަބްދުލްޤައްޔޫމް އިބްރާހީމް|ފަޟީލަތުއްޝައިޚުލްމަރްޙޫމު ޢަބްދުލްޤައްޔޫމް އިބްރާހީމް (މާފަތްގޭ ދޮން ސީދީ)]] އެވެ. އަދި މަންމާފުޅަކީ ބޮއިގަސްދޮށުގޭ މޫސާ ކަލޭފާނުގެ ކަތްދައިދީ (ޚަދީޖާ މޫސާ) އެވެ. މައުމޫނާ އެއްބަފާ 25 ބޭފުޅުން ތިބެއެވެ. މައުމޫނަކީ ޢާއިލާގެ 10ވަނަ ބޭފުޅާއެވެ. [[މިޞްރު]]ގެ [[ޤާހިރާ]]ގައި ތަޢުލީމު ޙާޞިލުކުރައްވަން އުޅުއްވި ދުވަސްވަރު، 1954ވަނަ އަހަރު މައުމޫންގެ މަންމާފުޅު އަވަހާރަވިއެވެ. ބައްޕާފުޅު އަވަހާރަވީ 1982 ގައި ޢުމުރުފުޅުން 87 އަހަރުގައެވެ. [[ޢަބްދުލްޤައްޔޫމް އިބްރާހީމް|ޢަބްދުލްޤައްޔޫމް އިބްރާހީމަށް]] އޭނާގެ ދަރިފުޅު މައުމޫން ވެރިކަމާ ޙަވާލުވުމާއި، މައުމޫންގެ ފުރަތަމަ ދައުރުގެ މަންޒަރުތައް ދެކިވަޑައިގަތުމުގެ އުފާ ލިބިވަޑައިގެންފައިވެއެވެ.
1965ވަނަ އަހަރު މައުމޫން ޢަބްދުލްޤައްޔޫމާއި ނަސްރީނާއާ ފުރަތަމަ ފަހަރަށް ބައްދަލުވިއެވެ. އޭރު ނަސްރީނާއަކީ [[ދިވެހިރާއްޖެ]]އިން [[ޤާހިރާ]]އަށް ތަޢުލީމު ޙާޞިލުކުރުމަށް ގޮސް ހުރި ދަރިވަރެކެވެ. އެ ކަމަނާގެ ޢުމުރުފުޅުން އޭރު 15 އަހަރުފުޅެވެ. އަދި މައުމޫންގެ ޢުމުރުފުޅުން 27 އަހަރުފުޅެވެ. އޭގެ 4 އަހަރުފަހުން 1969 ޖުލައި 14ވަނަ ދުވަހު [[މިޞްރު]]ގެ [[ޤާހިރާ]]ގައި މައުމޫނާއި ނަސްރީނާ ކައިވެނި ބައްލަވައިގަތެވެ. ކައިވެންޏަށް މާ ގިނަ ދުވަސްތަކެއްނުވެ [[ނައިޖީރިއާ]]ގެ އަޙްމަދު ބެއްލޯ ޔުނިވަރސިޓީގައި އިސްލާމިކް ސްޓަޑީޒް ލެކްޗަރަރއެއްގެ މަޤާމު މައުމޫން އަދާކުރެއްވިއެވެ.
1970ވަނަ އަހަރު މި ދެމަފިރީންނަށް އެއްމާބަނޑު ދެ އަންހެން ބޭފުޅުން ލިބިވަޑައިގަތެވެ. އެއީ ދުންޔާ މައުމޫނާއި ޔުމްނާ މައުމޫނެވެ. ދެވަނަ ފަހަރަށް ނަސްރީނާ ބަލިވެ އިންނެވުމުން މައުމޫން، އެ ކަމަނާ [[މާލެ]]އަށް ފޮނުއްވިއެވެ. މި ދެމަފިރީންގެ ފުރަތަމަ ފިރިހެން ބޭފުޅާކަމަށްވާ އަޙްމަދު ފާރިސް މައުމޫން އުފަންވީ 1971 މާރިޗު 31ވަނަ ދުވަހު [[މާލެ|މާލޭ]]ގައެވެ. އޭގެ 9 އަހަރު ފަހުން ހަގު ދަރިކަލުން [[މުޙައްމަދު ޣައްސާން މައުމޫން]] އުފަންވީ 1980 ޖޫން 12ވަނަ ދުވަހުއެވެ.{{familytree/start|style=font-size:100%;line-height:100%;}}
{{familytree | | |IBRAH|y|UNKN1| |MOODI|y|MARDI| | IBRAH=އިބްރާހީމް މާފަތް ތަކުރުފާނު|UNKN1=ގަލޮޅު ސިއްތި|MOODI='''މޫސާ ދީދީ'''|MARDI=މަރްޔަމް ދީދީ}}
{{familytree | | | | | |!| | | | | | | |!| | | | | }}
{{familytree | | | | |ABDIB|~|~|y|~|~|KHAMO| | | | ABDIB=[[ޢަބްދުލްޤައްޔޫމް އިބްރާހީމް]]|KHAMO='''ޚަދީޖާ މޫސާ'''}}
{{familytree | | | | | | | | | |!| | | | | | | | | }}
{{familytree | | | | | | | | |MAUGA| | | | | | | | MAUGA=މައުމޫން އަބްދުލްޤައްޔޫމް}}
{{familytree/end}}
==ތަޢުލީމު ޙާޞިލުކުރެއްވުން==
މައުމޫން ޢަބްދުލްޤައްޔޫމް ޅަފަތުގެ ތަޢުލީމު ޙާޞިލުކުރެއްވީ އެ މަނިކުފާނުގެ ޢިލްމުވެރި ބައްޕާފުޅު [[ޢަބްދުލްޤައްޔޫމް އިބްރާހީމް|ފަޟީލަތުއްޝައިޚުލްމަރްޙޫމު ޢަބްދުލްޤައްޔޫމް އިބްރާހީމް]]ގެ އަރިހުންނެވެ. އެއަށްފަހު [[މަޖީދިއްޔާ ސްކޫލް|މަދްރަސަތުލްމަޖީދިއްޔާ]]އިން ތަޢުލީމު ޙާޞިލުކުރެއްވުމަށް ފަހު [[އޮޅުދޫކަރަ|ސިލޯނަށް]] ވަޑައިގެން ކުޑަ ދުވަސްކޮޅަކު ކިޔަވައިވިދާޅުވިއެވެ. އޭގެފަހުގައި [[މިޞްރު|މިޞްރަށް]] ވަޑައިގެން [[އަލްއަޒުހަރު ޔުނިވަރސިޓީ|ޖާމިޢުލްއަޒްހަރުން]] މަތީ ތަޢުލީމު ޙާޞިލުކުރެއްވިއެވެ. އެ ޔުނިވަރސިޓީގެ ކުއްލިއްޔަތުއްޝަރީޢާ ވަލްޤާނޫނުގައި އިސްލާމީ ޝަރީޢާއާއި ޤާނޫނުގެ ރޮނގުން ފުރަތަމަ ޑިގްރީއާއި މާސްޓަރސް ޑިގްރީ ފުރިހަމަ ކުރެއްވިއެވެ. އަދި އެ ދާއިރާއިން ޕީއެޗްޑީ ޙާޞިލުކުރެއްވުމަށް ޓަކައި ތީސީސް ލިޔުއްވާނެ ދާއިރާ ކަނޑައަޅުއްވައި ޕްލޭން ހައްދަވައި އެ ޕްލޭން ޔުނިވަރސިޓީއަށް ހުށަހެޅުއްވިއެވެ. މި ޕްލޭން [[އަލްއަޒުހަރު ޔުނިވަރސިޓީ|އަޒްހަރުން]] ޤަބޫލުކުރައްވައި ޕީއެޗްޑީ ދަރިވަރެއްގެ ގޮތުގައި ރަޖިސްޓްރީކުރެއްވިއެވެ. ނަމަވެސް ދިމާވި ކަމަކާ ހުރެ އެ ކަން ކުރިޔަށް ގެންދެވޭ ގޮތެއްނުވިއެވެ.
މީގެއިތުރުން މައުމޫން ވަނީ [[ޤާހިރާ]]ގައި ހުންނަ އެމެރިކަން ޔުނިވަރސިޓީ އޮފް ކައިރޯއިން ވެސް ތަޢުލީމު ޙާޞިލުކުރައްވައިފައެވެ.
==ޚިދުމަތް==
1969ވަނަ އަހަރުން ފެށިގެން 1971ވަނަ އަހަރާ ހަމައަށް މައުމޫން ހުންނެވީ [[ނައިޖީރިއާ]]ގެ އަޙްމަދު ބެއްލޯ ޔުނިވަރސިޓީގެ ޢަބްދުﷲ ބަޔޭރޯ ކޮލެޖުގައި އިސްލާމިކް ސްޓަޑީޒްގެ ލެކްޗަރަރއެއްގެ މަޤާމުގައެވެ. އެ ޔުނިވަރސިޓީގައި މަސައްކަތްކުރެއްވުމަށް ފަހު 1971ވަނަ އަހަރުގެ ކުރީކޮޅު މައުމޫން ރާއްޖެ ވަޑައިގަތެވެ. ރާއްޖެ ވަޑައިގަތުމަށް ފަހު 1971އިން 1972އަށް [[މާލެ|މާލޭ]] [[އަމީނިއްޔާ ސުކޫލް|އަމީނިއްޔާ ސްކޫލް]]ގައި އިނގިރޭސިބަހާއި، ހިސާބާއި، އިސްލާމް މާއްދާ ކިޔަވައިދެއްވިއެވެ. 1972ވަނަ އަހަރު ސަރުކާރުގެ ޝިޕިންގ ޑިޕާޓްމަންޓަށް ބަދަލުކުރެވި އެ ޑިޕާޓްމަންޓުގައި މެނޭޖަރެއްގެ މަޤާމު އަދާކުރެއްވިއެވެ.
1974ވަނަ އަހަރު، ސަރުކާރުގެ ޓެލެކޮމިއުނިކޭޝަންސް ޑިޕާޓްމަންޓުގެ އަންޑަރސެކްރެޓަރީގެ މަޤާމަށް މައުމޫން ޢަބްދުލްޤައްޔޫމް ޢައްޔަންކުރެއްވިއެވެ. އަދި އޭގެ ފަހުން އެ ތަނުގެ ޑިރެކްޓަރުކަން ކުރެއްވިއެވެ. ހަމަ އެ އަހަރުގެ ފަހުކޮޅު، ބޮޑުވަޒީރު [[އަޙްމަދު ޒަކީ]]ގެ އޮފީހުގެ ސްޕެޝަލް އަންޑަރސެކްރެޓަރީގެ މަޤާމަށް ޢައްޔަންކުރެއްވިއެވެ. 1975ވަނަ އަހަރުގެ މާރިޗު މަހު [[އަޙްމަދު ޒަކީ]] މަޤާމުން ވަކިކުރައްވައި، ބޮޑުވަޒީރުގެ މަޤާމު އުވައިލެއްވުމާ ގުޅިގެން މައުމޫންގެ އެ މަޤާމު ނިމުމަކަށް އައެވެ. އެއަށްފަހު [[ކޮޅުނބު]]ގައި ދުވަސްކޮޅަކު އުޅުއްވުމަށް ފަހު އެނބުރި ރާއްޖެ ވަޑައިގަތުމުން، އޭނާ ޢައްޔަންކުރެއްވީ [[އޮޅުދޫކަރަ|ސްރީލަންކާ]]ގައި ހުންނަވާ ދިވެހި ސަފީރުގެ ނާއިބުގެ މަޤާމަށެވެ. 1975ވަނަ އަހަރު ޑިޕާޓްމަންޓް އޮފް އެކްސްޓަރނަލް އެފެއާޒްގެ އަންޑަރސެކްރެޓަރީގެ މަޤާމަށް ވެސް މައުމޫން ޢަބްދުލްޤައްޔޫމް ޢައްޔަންކުރައްވައިފައިވެއެވެ.
1976ވަނަ އަހަރު ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަން މިނިސްޓަރުގެ ނާއިބުކަމުގެ މަޤާމަށް މައުމޫން ޢަބްދުލްޤައްޔޫމް ޢައްޔަންކުރެއްވިއެވެ. އަދި ހަމަ އެ އަހަރުގެ ސެޕްޓެންބަރު 24 ގައި [[އެކުވެރި ދައުލަތްތައް|އދ.]] އަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވައިފައި ހުންނަވާ ދާއިމީ މަންދޫބަކަށް މައުމޫން ހަމަޖެއްސެވިއެވެ. އެ މަޤާމުގައި ހުންނެވުމަށް ފަހު އެނބުރި ރާއްޖެ ވަޑައިގަތީ 1977ވަނަ އަހަރުގެ މާރިޗު މަހުގައެވެ. އެއަށްފަހު 1978 ނޮވެންބަރު 11ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ މަޤާމާ ޙަވާލުވެވަޑައިގަތުމާ ހަމައަށް ހުންނެވީ މިނިސްޓަރ އޮފް ޓްރާންސްޕޯޓްގެ މަޤާމުގައެވެ.
=== ފުރުއްވި މަޤާމުތައް ===
* [[އެކުވެރި ދައުލަތްތައް|އދ.]] އަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވައިފައި ހުންނަވާ ދާއިމީ މަންދޫބުކަން
* [[އޮޅުދޫކަރަ|ސްރީލަންކާ]]ގައި ހުންނަ ދިވެހި ސަފީރުގެ އޮފީހުގެ ވެރިޔާކަން
* [[އަމީނިއްޔާ ސުކޫލް|އަމީނިއްޔާ ސްކޫލް]]ގެ މުދައްރިސްކަން
* [[އެކުވެރި ދައުލަތްތައް|އދ.]] ގައި ހުންނަވާ ދިވެހި ދައުލަތުގެ ވަކީލުކަން
* ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޚާއްޞަ ވަކީލުކަން
* މިނިސްޓަރ އޮފް ޓްރާންސްޕޯޓްކަން
* ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަން
* ސިފައިންނާއި ފުލުހުންގެ އެންމެ މަތީ ވެރިޔާކަން
* އެމްއެމްއޭގެ ގަވަރުނަރުކަން
* މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީކަން
* މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓެރަޜަރީކަން
== ވާދަކުރެއްވި ރިޔާސީ އިންތިޚާބުތައް ==
[[ފައިލު:MAG portrait 1985.png|thumb|މައުމޫން ޢަބްދުލްޤައްޔޫމް، (1985)]]
=== 1978 ގެ ރިޔާސީ އިންތިޚާބު ===
1978ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް މައުމޫން ޢަބްދުލްޤައްޔޫމްގެ ނަންފުޅާއި އޭރުގެ ރައީސް [[އިބްރާހީމް ނާޞިރު]]ގެ ނަންފުޅު [[ރައްޔިތުންގެ މަޖިލިސް|މަޖިލީހަށް]] ހުށަހެޅުނެވެ. މަޖިލީހުގައި ނެގުނު ވޯޓުގައި [[އިބްރާހީމް ނާޞިރު|ނާޞިރަށް]] 41 ވޯޓު ލިބިވަޑައިގެންނެވި އިރު މައުމޫނަށް ލިބިވަޑައިގަތީ 5 ވޯޓެވެ. ނަމަވެސް ޞިއްޙީ ސަބަބުތަކަށް ޓަކައި ރިޔާސީ ތިންވަނަ ދައުރަކަށް ކުރިމަތިނުލެއްވުމަށް ރައީސް [[އިބްރާހީމް ނާޞިރު|ނާޞިރު]] ނިންމެވިއެވެ. އެއަށްފަހު ރައްޔިތުންގެ މަޖިލީހުން ރައީސްކަމަށް ތިން ބޭފުޅެއްގެ ނަން ހުށަހެޅިއެވެ. އެއީ މިނިސްޓަރ އޮފް އެޑިޔުކޭޝަން އަދި ކުރީގެ ނާއިބު ރައީސް [[ޢަބްދުއްސައްތާރު މޫސާދީދީ]]އާއި، މިނިސްޓަރ އޮފް ހެލްތު [[މުއުމިނާ ޙަލީމް|މުއުމިނާ ޙަލީމާއި]] މިނިސްޓަރ އޮފް ޓްރާންސްޕޯޓް މައުމޫން ޢަބްދުލްޤައްޔޫމެވެ. އެ ބޭފުޅުންގެ ތެރެއިން ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން ހޮވި ބޭފުޅަކީ މައުމޫން ޢަބްދުލްޤައްޔޫމެވެ.
1978 ޖުލައި 28ވަނަ ދުވަހު ނެގުނު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުގައި މައުމޫން ޢަބްދުލްޤައްޔޫމް ވަނީ %92.96 ވޯޓު ހޯއްދަވައިފައެވެ. މިއާއެކު ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމަށް މައުމޫން އިންތިޚާބުވެވަޑައިގަތެވެ.
=== 1983، 1988، 1993، 1988 ގެ އަހަރުގެ ރިޔާސީ އިންތިޚާބުތައް ===
1983ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެ ކެންޑިޑޭޓަކަށް ވެސް ހޮވުނީ މައުމޫން ޢަބްދުލްޤައްޔޫމެވެ. 1983 ސެޕްޓެންބަރު 30ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ވޯޓުގައި 57,913 ވޯޓު (%95.62) ހޯއްދަވައިގެން ރިޔާސީ ދެވަނަ ދައުރަކަށް މައުމޫން ހޮވިވަޑައިގަތެވެ.
1988ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގައި މައުމޫން ވަނީ 69,373 ވޯޓު ހޯއްދަވައިފައެވެ. މިއީ ވޯޓުލީ މީހުންގެ %96.47 އެވެ. އޭނާއާ ދެކޮޅަށް ލިބިފައިވަނީ 2,537 ވޯޓެވެ.
1993ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް މައުމޫނާ އެކު އޭނާގެ ޅިޔަނު [[އިލްޔާސް އިބްރާހީމް]] ވާދަކުރެއްވިއެވެ. ނަމަވެސް މަޖިލީހުން ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ހޮވީ މައުމޫނެވެ. އެ ފަހަރުގެ ރިޔާސީ އިންތިޚާބުގައި %92.8 ވޯޓު ހޯއްދަވައި 1993 އޮކްޓޫބަރު 1ވަނަ ދުވަހު ރިޔާސީ ހަތަރުވަނަ ދައުރަކަށް އިންތިޚާބުވެވަޑައިގަތެވެ.
1998 އޮކްޓޫބަރު 16ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގައި، 86,504 ވޯޓު (%90.90) ހޯއްދަވައިގެން ފަސްވަނަ ދައުރަކަށް މައުމޫން އިންތިޚާބުވެވަޑައިގަތެވެ.
[[ފައިލު:President Maumoon Abdul Gayoom speaks at his 2003 election campaign.jpg|thumb|ރިޔާސީ ކެމްޕެއިނުގައި މައުމޫން ވާހަކަފުޅު ދައްކަވަނީ، (އޮކްޓޫބަރު 2003)]]
=== 2003 ގެ ރިޔާސީ އިންތިޚާބު ===
ރައްޔިތުންގެ މަޖިލީހުގެ ހުރިހާ މެންބަރުން (50 މެންބަރުން) ގެ ވޯޓާ އެކު، ރިޔާސީ އިންތިޚާބުގައި ވާދަކުރާނެ ކެންޑިޑޭޓަކަށް މައުމޫން ޢަބްދުލްޤައްޔޫމް ހޮވުނެވެ. އެ އިންތިޚާބުގައި 102,909 ވޯޓު (%90.28) ކާމިޔާބުކުރައްވައިގެން، ރިޔާސީ ހަވަނަ ދައުރެއް މައުމޫން ކަށަވަރުކުރެއްވިއެވެ.
=== 2008 ގެ ރިޔާސީ އިންތިޚާބު ===
2008ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބަކީ ދިވެހިރާއްޖޭގައި މިހާރު ޢަމަލުކުރެވެމުންދާ ފެހި ޤާނޫނުއަސާސީގެ ދަށުން ބޭއްވި ފުރަތަމަ ރިޔާސީ އިންތިޚާބެވެ. އަދި އެއީ ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވި ގިނަ ޕާޓީ އެކުލެވޭ ވާދަވެރި ރިޔާސީ އިންތިޚާބު ވެސްމެއެވެ.
2007ވަނަ އަހަރުގެ އޮގަސްޓު މަހު، [[ހައްދުންމަތި|ހައްދުންމައްޗަށް]] ކުރެއްވި ދަތުރުފުޅެއްގެ ތެރެއިން، 2008ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި [[ދިވެހި ރައްޔިތުންގެ ޕާޓީ|ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ)]] ގެ ފަރާތުން ވާދަކުރައްވާނެކަން މައުމޫން އިޢުލާނުކުރެއްވިއެވެ. ޑީއާރުޕީގެ އަސާސީ ޤަވާޢިދު ބުނާގޮތުން، ޕާޓީގެ ލީޑަރަކީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓްކަމަށް ވާތީ، މައުމޫނަކީ އޭރު ވެސް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓެވެ.
އާ ޤާނޫނުއަސާސީގައި ރައީސުލްޖުމްހޫރިއްޔާކަން ކުރެއްވޭނީ ގިނަވެގެން ދެ ދައުރުގައި ކަމަށް ބަޔާންކޮށްފައި އޮތުމާ އެކު، ހަތްވަނަ ދައުރަކަށް މައުމޫން ކުރިމަތިލެއްވުމުން އެ މައްސަލަ [[ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު|ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް]] ހުށަހެޅުނެވެ. އެ މައްސަލައިގައި ސުޕްރީމް ކޯޓުން ނިންމައިފައިވަނީ ދައުރުގެ ޙުދޫދުތައް ހިނގާނީ އައު ޤާނޫނުއަސާސީގެ ދަށުން ފުރިހަމަކުރާ ދައުރުތަކަށް އެކަނި ކަމަށެވެ. އަދި މައުމޫން ޢަބްދުލްޤައްޔޫމަކީ ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމަށް ޝަރުޠު ފުރިހަމަވާ މީހެއްކަމަށެވެ.
2008 ގެ ރިޔާސީ އިންތިޚާބުގައި މައުމޫންގެ ރަނިންގ މޭޓެއްގެ ގޮތުގައި އިޚްތިޔާރުކުރެއްވީ އޭރުގެ މިނިސްޓަރ އޮފް އެޓޯލްސް ޑިވެލޮޕްމަންޓް [[އަޙްމަދު ތަސްމީން ޢަލީ]]އެވެ.
2008 އޮކްޓޫބަރު 8ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި މައުމޫން ޢަބްދުލްޤައްޔޫމް ހިމެނޭ ގޮތުން ޖުމުލަ 6 ކެންޑިޑޭޓުން ވާދަކުރެއްވިއެވެ. މައުމޫނާ އެކު ދެން ވާދަކުރެއްވީ [[ޤާސިމް އިބްރާހީމް]]، [[ޙަސަން ސަޢީދު|ޑރ. ޙަސަން ސަޢީދު]]، [[މުޙައްމަދު ނަޝީދު]]، [[އިބްރާހިމް އިސްމާޢިލް|އިބްރާހިމް އިސްމާޢީލް]]، [[ޢުމަރު ނަސީރު|ޢުމަރު ނަޞީރު]]، މި 5 ބޭފޫޅުންނެވެ. އިންތިޚާބުގެ ފުރަތަމަ ބުރުގައި 71,731 ވޯޓާ އެކު ވޯޓުލީ މީހުންގެ %40.63 ހޯއްދަވައި ފުރަތަމަ ބުރު ކާމިޔާބުކުރެއްވީ މައުމޫނެވެ. ނަމަވެސް އެއްވެސް ކެންޑިޑޭޓަކަށް %50 ވޯޓު ލިބިފައިނުވާތީ އިންތިޚާބުގެ ދެވަނަ ބުރު ބާއްވައިފައިވެއެވެ.
2008 ގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު ބޭއްވީ 2008 އޮކްޓޫބަރު 28ވަނަ ދުވަހުއެވެ. ދެވަނަ ބުރުގައި ވާދަކުރެއްވީ ފުރަތަމަ ބުރުން އެންމެ ގިނަ ވޯޓު ލިބިވަޑައިގެންނެވި ދެ ކެންޑިޑޭޓުންކަމަށްވާ މައުމޫން ޢަބްދުލްޤައްޔޫމާއި [[މުޙައްމަދު ނަޝީދު|މުޙައްމަދު ނަޝީދެވެ]]. ދެވަނަ ބުރުގައި 97,222 ވޯޓު (%54.21) ހޯއްދަވައި އިންތިޚާބު ކާމިޔާބުކުރެއްވީ [[ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ]]ގެ ކެންޑިޑޭޓު މުޙައްމަދު ނަޝީދެވެ. 82,121 ވޯޓު (%45.79) އާ އެކު މައުމޫނަށް ކުރިމަތިވެވަޑައިގެންނެވީ ނާކާމިޔާބީއާއެވެ.
== ރިޔާސީ ދައުރު (1978 - 2008) ==
[[ފައިލު:Maumoon Abdul Gayoom presidential portrait (cropped).jpg|thumb|މައުމޫން ޢަބްދުލްޤައްޔޫމް، (1980 ގެ އަހަރުތަކުގެ ތެރޭގައި)]]
އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް، ދިވެހިރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ ދެވަނަ ރައީސްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާކުރެއްވީ 11 ނޮވެންބަރު 1978 (10 ޛުލްޙިއްޖާ 1398) ވީ ހޮނިހިރު ވިލޭރޭގެ މެންދަމު 00:00 ގައެވެ. އެ މަނިކުފާނަށް ހުވާ ލައިދެއްވީ ދިވެހިރާއްޖޭގެ އޭރުގެ އުއްތަމަ ފަނޑިޔާރު [[މޫސާ ފަތުޙީ|ފަޟީލަތުލްއުސްތާޛުއްޝައިޚުލްމަރްޙޫމު މޫސާ ފަތުޙީ އަލްއަޒްހަރީ]]އެވެ. އޭގެފަހުން ވިދިވިދިގެން 5 އަހަރުގެ 6 ދައުރަށް، ރައްޔިތުންގެ ވަރަށް ތަނަވަސް އަޣުލަބިއްޔަތަކުން މައުމޫން ވަނީ ހޮވިވަޑައިގެންފައެވެ. އަދި އެ މަނިކުފާނު ވަނީ ދިވެހި ޤައުމަށާއި ރައްޔިތުންނަށް ވަރަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވައިފައެވެ.
ރައީސް މައުމޫންގެ ޒަޢާމަތު ވެގެންދިޔައީ ދިވެހިރާއްޖެއަށް ތަފާތު ރޮނގުރޮނގުން ކުރިއެރުމާއި ތަރައްޤީ ލިބުނު އަހަރުތަކަކަށެވެ. އެ މަނިކުފާނު ވެރިކަމާ ޙަވާލުވީ އަހަރު، 1978 ގައި، ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތް، ބޮލަކަށް ޖެހޭ މިންވަރަކީ 180 އެމެރިކާ ޑޮލަރަށް ވުރެ މަދު ޢަދަދެކެވެ. ނަމަވެސް އެ މަނިކުފާނުގެ ވެރިކަން ނިމުނު އިރު، 2008 ގައި، އެ ޢަދަދު ވަނީ 4500 އެމެރިކާ ޑޮލަރަށް އިތުރުވެފައެވެ.
މައުމޫން ޢަބްދުލްޤައްޔޫމް ރައީސުލްޖުމްހޫރިއްޔާކަމާ ޢަވާލުވެވަޑައިގެންނެވި އިރު ރާއްޖޭގައި ހުރީ ސަރުކާރުގެ އެންމެ 4 ސްކޫލެވެ. ލިޔަންކިޔަން ދަންނަ މީހުންނަށް ވުރެ، ލިޔަންކިޔަން ނުދަންނަ މީހުން ގިނައެވެ. 2008 ގައި އެމަނިކުފާނު ވެރިކަމުން ވަކިވެވަޑައިގެންނެވި އިރު، ސަރުކާރުގެ 221 ސްކޫލް ހިނގަމުންދިޔައެވެ. 1978 ގައި، 65 ޔުނިވަރސިޓީ ގްރެޖުއޭޓުން ތިބި އިރު، އެ މަނިކުފާނުގެ ރިޔާސަތުގައި އެ ޢަދަދު 4000 އަށް އިތުރުވެފައިވެއެވެ. ލިޔަންކިޔަން ދަންނަ މީހުންގެ ނިސްބަތް އޮތީ ހުޅަނގުގެ ޤައުމުތަކާ ފައިހަމަކުރެވޭ މިންވަރުގައެވެ. 99 އިންސައްތައާ ގާތްކުރާ ޢަދަދެއްގައެވެ. ޞިއްޙީ ދާއިރާއަށް ބަލާ އިރު، ރައީސް މައުމޫންގެ ރިޔާސަތު ފެށުނު އިރު ތިބީ 23 ޑޮކްޓަރުންނާއި 74 ނަރުހުންނެވެ. 2008 ނިމުނު އިރު، 600 ޑޮކްޓަރުންނާއި، 1300 ނަރުހުންނާއި، 800 ކޮމިއުނިޓީ ހެލްތް ވޯރކަރުން ޚިދުމަތުގައި ތިއްބެވިއެވެ. ވެރިކަމާ ޙަވާލުވެވަޑައިގެންނެވިއިރު ރާއްޖޭގައި ހުރީ ހަމަ އެންމެ ހޮސްޕިޓަލެކެވެ. އެ މަނިކުފާނުގެ ޒަޢާމަތު ނިމުނު އިރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 22 ހޮސްޕިޓަލް ޤާއިމުވެފައި ހުއްޓެވެ. 1978 ގައި ރާއްޖޭގައި އޮތީ އެންމެ 15 ރިޒޯޓެވެ. އެ އަހަރު ރާއްޖެ އައީ 15,000 ފަތުރުވެރީންނެވެ. 2008 ގައި ރާއްޖޭގައި ހުރި ރިޒޯޓުގެ އަދަދު 100 އާ ގާތްކުރާ ޢަދަދަކަށް އިތުރުވިއިރު، އެ އަހަރު 600,000 އަށް ވުރެ ގިނަ ފަތުރުވެރީން ރާއްޖެއަށް ޒިޔާރަތްކުރިއެވެ.
ދިވެހިރާއްޖޭގެ އިސްލާމީ ވަޙްދަތު ދެމެހެއްޓެވުމަށް ޓަކައި ވެސް ރައީސް މައުމޫން ވަނީ އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވައިފައެވެ. ރާއްޖޭގައި އިސްލާމީ ތަޢުލީމާއި ތަފާތު އިސްލާމީ ފަންނުތައް ކިޔަވައިދެއްވުމަށް ޓަކައި އުފެއްދެވި މަރުކަޒު [މަޢުހަދުއްދިރާސާތިލްއިސްލާމިއްޔާ] ހުޅުވުނީ ހިޖުރީ 15ވަނަ ޤަރުނުގެ މުނާސަބަތުގައި ހިޖުރީ އާ އަހަރުގެ ފުރަތަމަ ދުވަހުއެވެ. އެއީ، 1980ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 9ވަނަ ދުވަހުއެވެ. އޭގެފަހުން ޢަރަބި ތަޢުލީމު ދޭ ދެވަނަ މަދަރުސާ [<nowiki/>[[ޢަރަބިއްޔާ ސްކޫލު|އަލްމަދްރަސަތުލްޢަރަބިއްޔަތުލްއިސްލާމިއްޔާ (ޢަރަބިއްޔާ ސްކޫލް)]]] ހުޅުވިގެންދިޔައެވެ. ރާއްޖެއިން ލިޔަންކިޔަން ނުދަތުން މުޅިން ފިލުވައިލެއްވުމަށް ޓަކައި 1980 ޖަނަވަރީ 1 ގައި ފެށްޓެވި އަސާސީ ތަޢުލީމުގެ މަޝްރޫޢަކީ، އެ މަނިކުފާނު ހިންގެވި މަޝްރޫޢުތަކުގެ ތެރެއިން ވަރަށް ކާމިޔާބު މަޝްރޫޢެކެވެ.
ރާއްޖޭގެ ރައްޔިތުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކުރެއްވުމަށް ޓަކައި ރަމަޟާން މަހަށް ޚާއްޞަ ކުރައްވައިގެން، ހިޖުރައިން 1400ވަނަ އަހަރުގެ ރަމަޟާން މަހުގެ 1ވަނަ ދުވަހުގެ ރެއިން ފެށިގެން، ރައީސުލްޖުމްހޫރިއްޔާގެ ރަސްމީގެ، އޭރުގެ މުލީއާގޭގައި ރައީސް މައުމޫން ފެށްޓެވި ޤުރްއާން ކިޔެވުމާއި ދީނީ މައުޟޫޢަށް ވާހަކަ ދެއްކުމުގެ ޕްރޮގްރާމަކީ މިގޮތުން ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލެވޭ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް މެދުކެނޑުމެއްނެތި ކުރިއަށް ގެންދެވިއެވެ. އޭރު ރާއްޖޭގައި ދީނީ ޢިލްމުވެރިން މަދުކަމާ އެކު، އެ ޕްރޮގްރާމްގައި ގިނަ ތަޤްރީރުތަކެއް ކުރެއްވީ ޚުދު އެ މަނިކުފާނެވެ. އަދި ރާއްޖެއިން ބޭރުގެ ވާޢިޡުންނާއި ޤާރީން ގެންނަވައި، މި ޕްރޮގްރާމް މުއްސަނދިކުރެއްވިއެވެ.
އެ މަނިކުފާނުގެ މަސައްކަތްޕުޅުތަކުގެ ތެރެއިން، ރާއްޖޭގެ ކޮންމެ ރަށެއްގައި މިސްކިތް ބިނާކުރައްވައި، ކީރިތި ޤުރްއާން ތަޖުވީދު މަގުން ކިޔެވުމުގެ ފަންނު ދިރުވުމަށް ޚިދުމަތްކުރެއްވުމާއި، ދީނީ ހޭލުންތެރިކަން އިތުރުކުރެއްވުމަށް މީޑިއާ މެދުވެރިކުރައްވައި ތަފާތު ޕްރޮގްރާމްތައް އަމިއްލަފުޅަށް ކުރިއަށް ގެންދެވިކަން އެއީ ވެސް ފާހަގަކޮށްލެވޭ ކަންކަމެވެ. އަދި އެ މަނިކުފާނުގެ ވެރިކަމުގައި ކީރިތި ޤުރްއާނުގެ ޢިލްމު ފެތުރުއްވުމަށް ހުޅުއްވި ކީރިތި ޤުރްއާނާ ބެހޭ މަރުކަޒަކީ ވެސް އެ މަނިކުފާނު ދީނީ ރޮނގުން ކުރެއްވި މަތިވެރި ޚިދުމަތެކެވެ. ރައީސް މައުމޫނަކީ، ދީނީ އަދި ޢިލްމީ ގިނަ ފޮތްތަކެއް ލިޔުއްވައި ޝާއިޢުކުރެއްވުމުގެ އިތުރުން [ދީނުގެ މަގު]ގެ ނަމުގައި ދީނީ ހަފްތާ މަޖައްލާއެއް ވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވަމުން ގެންދެވި ޢިލްމުވެރިއެކެވެ. އޭގެއިތުރުން، ވެރިކަމުގެ މަސްއޫލިއްޔަތު އުފުއްލަވަމުން ވެސް އެ މަނިކުފާނު ގެންދެވީ މެދުނުކެނޑި މުދައްރިސެއްގެ ދައުރު އަދާކުރައްވަމުންނެވެ. އިސްލާމީ ޝަރީޢަތާއި އުޞޫލުލްފިޤްހުގެ ޢިލްމުގެ ފިލާވަޅުތައް ކުއްލިއްޔަތުއްދިރާސާތިލްއިސްލާމިއްޔާގެ ދަރިވަރުންނަށް ޤަވާޢިދުން ނަންގަވައިދެއްވަމުން ގެންދެވިއެވެ.
ރާއްޖޭގެ އެންމެ ބޮޑު އާބާދީއެއް އޮތީ މާލޭ ސަރަޙައްދުގައި ކަމަށްވުމާ އެކު، މާލޭ ސަރަޙައްދަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުކުރެއްވުމަށް ރައީސް މައުމޫންގެ ޒަޢާމަތުގައި ދެއްވި އަހަންމިއްޔަތުކަން ވެސް އެއީ އެމަނިކުފާނުގެ ޚިދުމަތްތަކުގެ ތެރެއިން ފާހަގަކުރެވޭ މުހިންމު ޚިދުމަތެކެވެ. ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމާ އެމަނިކުފާނު ޙަވާލުވެވަޑައިގަތުމަށް ފަހު، އެންމެ ބޮޑު އިސްކަމެއް ދެއްވި އެއްކަމަކީ، މާލެއިން ހިއްކެންހުރި ސަރަޙައްދުތައް ހިއްކުމަށް ކުރެއްވި މަސައްކަތްޕުޅުތަކެވެ. މިގޮތުން ހިއްކި ސަރަޙައްދުން އެތައް ބަޔަކަށް ގޯތި ދެއްވައި، ޞިނާޢީ އެކި މަޝްރޫޢުތަކަށް ބިން ޚާއްޞަކުރެއްވިއެވެ. މީގެއިތުރުން، ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުކުރެއްވުމަށް އެމަނިކުފާނު ފެށްޓެވި އެންމެ އަގުބޮޑު އެއް މަޝްރޫޢަކީ [[ހުޅުމާލެ|ހުޅުމާލޭ]] މަޝްރޫޢެވެ. 1997ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 16ވަނަ ދުވަހު އެ މަނިކުފާނު އިފްތިތާޙުކޮށްދެއްވި މި މަޝްރޫޢު ވެގެންދިޔައީ، ދިވެހިންގެ އެތައް ބަޔަކަށް އެތައް ހިތްހަމަޖެހުމަކާއި، ފޮނި އުންމީދުތަކެއް ގެނެސްދިން މަޝްރޫޢަކަށެވެ. ހުޅުމާލޭގައި މީހުން ދިރިއުޅެން ފެށުން އިފްތިތާޙުވެގެންދިޔައީ، އޭގެ 6 އަހަރުފަހުން 2004ވަނަ އަހަރުގެ މޭ މަހުގެ 12ވަނަ ދުވަހުއެވެ. ރައީސް މައުމޫން ސިފަކުރައްވާފައިވާ ގޮތުން ނަމަ، އެ ދުވަހަކީ ރާއްޖޭގެ ގިނަ ބަޔަކު ދެކެމުން އައި ފިނިފެންމަލުގެ ހުވަފެން ޙަޤީޤަތަކަށްވެގެންދިޔަ ދުވަހެވެ.
ރައީސް މައުމޫންގެ މަސައްކަތްޕުޅުތަކުގެ ތެރެއިން އެންމެ އަލިގަދަކޮށް ފާހަގަވެގެންދިޔަ އެއް މަސައްކަތްޕުޅަކީ، ސަރަޙައްދީ އެއްބައިވަންތަކަމަށާއި، އިސްލާމީ އުންމަތުގެ ޙައްޤުތައް ޙިމާޔަތްކުރެއްވުމަށް ކުރެއްވި މަސައްކަތްޕުޅެވެ. ރައީސް މައުމޫނަކީ، ސަރަޙައްދީ ޖަމްޢިއްޔާ [<nowiki/>[[ސާރކް]]]ގެ އެއް ބާނީއެވެ. އޭގެއިތުރުން، އެ މަނިކުފާނަކީ، ބައިނަލްއަޤްވާމީ ބޮޑެތި ބައްދަލުވުންތަކުގައި [[ފަލަސްޠީނު]]ގެ މައްސަލައިގައި މެދުނުކެނޑި ވަކާލާތުކުރެއްވި ބޭފުޅެކެވެ.
1987 ގައި ރައީސް މައުމޫން މުޅި ދުނިޔޭގެ ސަމާލުކަން ހޯއްދެވީ، އެ އަހަރު ވެންކޫވަރގައި އޮތް ކޮމަންވެލްތް ސަމިޓުގައާއި، އަދި އެ އަހަރު [[އެކުވެރި ދައުލަތްތައް|އދ.]]ގެ ޢާންމު މަޖިލީހުގައި، ކަނޑުގެ ލޮނުގަނޑު އުފުލުމުގެ މައްސަލައާއި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން، ރާއްޖެއާއި އެހެނިހެން ކުދި ޖަޒީރާ ޤައުމުތަކަށް ހުރި ނުރައްކަލާ ބެހޭގޮތުން ބައިނަލްއަޤްވާމީ ސަމާލުކަން ހޯއްދެވުމާ ގުޅިގެންނެވެ. އެ ކަން ފާހަގަވެގެންދިޔައީ، ޤައުމެއްގެ އެންމެ އިސްވެރިޔަކު މި މައްސަލައާމެދު އެންމެ މަތީ ފެންވަރުގައި އެންމެ ފުރަތަމަ އަޑުއުފުއްލެވި ފަހަރު ކަމުގައެވެ.
ރައީސް މައުމޫންގެ ވެރިކަމުގެ ތެރޭގައި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް އެންމެ ބޮޑު ނުރައްކަލެއް ކުރިމަތިކުރުވި ކަމަކީ [[3 ނޮވެމްބަރ 1988|1988 ނޮވެންބަރު 3ވަނަ ދުވަހު ކުރިމަތިވި ޢުދުވާނީ ޙަމަލާއެވެ.]] އެ ޙަމަލާއިން، މާތްވެގެންވާ އިސްލާމްދީނާއި، ދިވެހި ޤައުމާއި ދިވެހި ރައްޔިތުން ސަލާމަތްކުރެއްވުމަށް އެ މަނިކުފާނު ކުރެއްވި މަސައްކަތްޕުޅުތައް ވެސް ފާހަގޮށްލެވެއެވެ. އެއީ، އިސްލާމްދީނާއި ޤައުމާއި ރައްޔިތުންގެ ދިފާޢުގައި އެ މަނިކުފާނު ވެވަޑައިގެންނެވި ވަރަށް މަތިވެރި ޤުރްބާނީއެކެވެ. މީގެއިތުރުން އެ މަނިކުފާނުގެ ވެރިކަމުގައި ދިމާވި ބޮޑެތި ކަންތައްތަކުގެ ތެރޭގައި 1987 އެޕްރީލް 11ވަނަ ދުވަހު ކުރިމަތިވި ބޮޑު ރާޅު އެރުމުގެ ހާދިސާއާއި، 2004 ޑިސެންބަރު 26ވަނަ ދުވަހުގެ ސުނާމީ ކާރިސާ ހިމެނެއެވެ.
==ފާހަގަކުރެވޭ ދަތުރުތަކާއި ބައިވެރިވެވަޑައިގައިގެންނެވި ބައްދަލުވުން==
[[ފައިލު:List of international presidential trips made by Maumoon Abdul Gayoom.svg|thumb|މައުމޫން ޢަބްދުލްޤައްޔޫމް ރައީސްކަމުގައި ހުންނަވައި ޒިޔާރަތްކުރެއްވި ޤައުމުތައް. (ޒިޔާރަތްކުރެއްވި ޤައުމުތައް ނޫ ކުލައިން، ދިވެހިރާއްޖެ ރަތް ކުލައިން)]]
[[ފައިލު:The President of Maldives, Mr. Maumoon Abdul Gayoom inspecting the Guard of Honour at the ceremonial reception, in New Delhi on February 11, 2008.jpg|thumb|މައުމޫން އިންޑިއާގައި، (2008)]]
މައުމޫން ޢަބްދުލްޤައްޔޫމް ވަނީ އެ މަނިކުފާނުގެ 30 އަހަރުގެ ރިޔާސަތުގައި ދުނިޔޭގެ 35 އަށް ވުރެ ގިނަ ޤައުމަށް ޒިޔާރަތްކުރައްވައިފައެވެ. ރައީސްކަމުގެ ހުވާކުރެއްވުމަށް ފަހު އެންމެ ފުރަތަމަ ކުރެއްވި ދަތުރުފުޅަކީ [[ލީބިޔާ]]ގެ "1 ސެޕްޓެމްބަރު އިންޤިލާބު" ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް އެ ޤައުމަށް ކުރެއްވި ދަތުރުފުޅެވެ. އެމަނިކުފާނަކީ [[ލީބިޔާ]]، [[ސެނެގާލް]]، [[ދެކުނު އެފްރިކާ]]އަށް ޒިޔާރަތްކުރެއްވި ދިވެހިރާއްޖޭގެ ފުރަތަމަ ރައީސެވެ. ވެރިކަން ނިމުނު އިރު، މައުމޫން ވަނީ އެކި ފަންތީގައި 16 ފަހަރަށް ވުރެ ގިނައިން [[އިންޑިޔާ|އިންޑިއާ]]ށް ޒިޔާރަތްކުރައްވައިފައެވެ. މިއީ ރާއްޖޭގެ ރައީސަކު އެހައިތަނަށް [[އިންޑިޔާ|އިންޑިއާ]]އަށް އެންމެ ގިނައިން ދަތުރުކުރެއްވުމުގެ ރެކޯޑެވެ.
* މައުމޫން ޢަބްދުލްޤައްޔޫމް ރައީސުލްޖުމްހޫރިއްޔާކަމާ ޙަވާލުވެވަޑައިގަތުމަށް ފަހު ކުރެއްވި ފުރަތަމަ ދަތުރުފުޅަކީ [[ލީބިޔާ]]އަށް ކުރެއްވި ދަތުރުފުޅެވެ. މި ދަތުރުފުޅުކުރެއްވީ އެ ޤައުމުގައި ބޭއްވުނު 10ވަނަ [[ސެޕްޓެމްބަރ ރިވޮލިއުޝަން]] ފާހަގަކުރުމުގެ ޙަފްލާގައި ބައިވެރިވެވަޑައިގަތުމަށެވެ.
* 1981 ގައި [[ސައޫދީ އަރަބިއްޔާ|ސަޢޫދީ ޢަރަބިއްޔާ]]ގައި ބޭއްވި 3ވަނަ އިސްލާމިކް ސަމިޓް ކޮންފެރެންސް އޮފް [[އޯރަގަނައިޒޭޝަން އޮފް ދަ އިސްލާމިކް ކޮންފެރެންސް|އޯގަނައިޒޭޝަން އޮފް ދަ އިސްލާމިކް ކޮންފެރެންސް]] ގައި ބައިވެރިވެވަޑައިގަތުމަށް މައުމޫން އެ ޤައުމަށް ވަޑައިގަތެވެ. އަދި އޭގެ ފަހުން އައި.އެސް.ސީގެ ހުރިހާ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަންނަވައެވެ. މީގެ ތެރޭގައި 1984 ގައި [[މޮރޮކޯ]] ގައި ބޭއްވި ބައްދަލުވުމާއި، 1987 ގައި [[ކުވެއިތު|ކުވައިތު]]ގައި ބޭއްވި ބައްދަލުވުމާއި, 1991 ގައި [[ސެނެގާލް]]ގައި ބޭއްވި ބައްދަލުވުމާއި، 1994 ގައި [[މޮރޮކޯ]]ގައި ބޭއްވި ބައްދަލުވުން އަދި 1997ގައި [[ޕާކިސްތާން|ޕާކިސްތާނު]]ގައި ބޭއްވުނު ބައްދަލުވުން ހިމެނެއެވެ.
* 1981 ގައި [[އޭޝިއާ]]ގެ ބައެއް ޤައުމުތަކަށް ސަރުކާރުގެ ދަތުރުފުޅެއް ކުރެއްވިއެވެ. މިގޮތުން މި ދަތުރުފުޅުގައި ވަޑައިގަތީ [[ސިންގަޕޫރު|ސިންގަޕޫރާއި]] [[މެލޭޝިޔާ]]އަށެވެ.
* 10 މޭ 1982 ގައި [[ލަންޑަން|ލަންޑަނަށް]] ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން މައުމޫން ކުރެއްވި ދަތުރުފުޅަކީ ހުޅަނގުގެ ޤައުމަކަށް މި މަނިކުފާނު ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ.
* އޮކްޓޫބަރު 1982 ގައި [[ފިޖީ]] ގައި ބޭއްވި '''ކޮމަންވެލްތު'''ގެ އިސްވެރީންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
1982ވަނަ އަހަރު [[އޮޅުދޫކަރަ|ސްރީލަންކާ]]އަށް ސަރުކާރުގެ ދަތުރުފުޅެއް ކުރެއްވިއެވެ. މި ދަތުރުފުޅުގެ ބޭނުންފުޅަކަށްވީ ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމެވެ.
== ރިޔާސީ ދައުރަށް ފަހު ==
[[ފައިލު:President Maumoon at the function held in memory of brother Hameed.jpg|thumb|[[ޢަބްދުﷲ ޙަމީދު|އަލްއުސްތާޛުލްމަރްޙޫމު ޢަބްދުﷲ ޙަމީދު]]ގެ ތައުބީނުގެ ޖަލްސާގައި މައުމޫން ވާހަކަފުޅު ދައްކަވަނީ، (2015)]]
2008 ނޮވެންބަރު 11ވަނަ ދުވަހު [[ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ]]ކަމުގެ ހުވާ [[މުޙައްމަދު ނަޝީދު]] ކުރެއްވުމާ ގުޅިގެން މައުމޫން ޢަބްދުލްޤައްޔޫމް ބަދަލުވެވަޑައިގަތީ މާލޭގައި ހުންނަ އެ މަނިކުފާނުގެ އަމިއްލަ ގެކޮޅަށެވެ.
ހިލޭ ސާބަހަށް މަސައްކަތްކުރުމާއި، ދިވެހީންނަށް އިޖުތިމާޢީ އެކި ރޮނގުތަކުން ފައިދާކުރަނިވި ޚިދުމަތްތަކެއް ކުރެއްވުމުގެ މަޤްޞަދުގައި 2010 ޖަނަވަރީ 26ވަނަ ދުވަހު ރައީސް މައުމޫން ވަނީ [މައުމޫން ފައުންޑޭޝަން] ގެ ނަމުގައި ޖަމްޢިއްޔާއެއް އުފައްދަވައިފައެވެ. އަދި އެ ފައުންޑޭޝަންގެ މުއައްސިސްކަމާއި ޗެއަރމަން ކަމުގެ މަޤާމު މިއަދު ވެސް ގެންދަވަނީ ފުރުއްވަމުންނެވެ.
ރައީސްކަމުން ވަކިވެވަޑައިގެންނެވި އިރު މައުމޫން ހުންނެވީ [[ދިވެހި ރައްޔިތުންގެ ޕާޓީ|ޑީއާރުޕީ]]ގައެވެ. ނަމަވެސް 2011ވަނަ އަހަރު އެ ޕާޓީން ވަކިވެވަޑައިގަތުމަށް ފަހު [[ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް|ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)]] ގެ ނަމުގައި އައު ޕާޓީއެއް އުފެއްދެވިއެވެ.
ދިމާވި އެކި ސަބަބުތަކާ ހުރެ ޕީޕީއެމްގެ ތެރޭގައި އެކި މައްސަލަތައް ކުރިމަތިވިއެވެ. ޕާޓީގެ ލީޑަރޝިޕްގެ ތެރޭގައި ޖެހުނު މައްސަލަތަކަށް ފަހު ޕީޕީއެމުން ވަކިވެވަޑައިގެން "މޯލްޑިވްސް ރިފޯމް މޫވްމަންޓް" ގެ ނަމުގައި މައުމޫން އިސްވެ ހުރެ އައު ޕާޓީއެއް ވަނީ އުފައްދަވައިފައެވެ. ނަމަވެސް ސިޔާސީ ޕާޓީގެ ޤާނޫނު ލާޒިމުކުރާ ޢަދަދު ކަމަށްވާ 3,000 މެމްބަރުން އެ ޕާޓީ އަށް ހަމަކުރެވިފައި ނުވާތީ، 2025 ޖަނަވަރީ 29ވަނަ ދުވަހު އިލެކްޝަންސް ކޮމިޝަނުން ވަނީ ޕާޓީ އުވައިލައި، ސިޔާސީ ޕާޓީތަކުގެ ދަފުތަރުން އުނިކޮށްފައެވެ.
== ލިޔުއްވައިފައިވާ ބައެއް ފޮތްތައް ==
* أُصُولُ الْفِقْه - އިސްލާމީ ފިޤްހުގެ މަޞްދަރުތަކާއި އެ މަޞްދަރުތަކުން ޙުކުމް ދެނެގަނެވޭނެ ހަމަތައް
* އަހަރެމެންގެ ދީނަކީ މިއީ (ތަރުޖަމާ)
* ހެޔޮކަމާއި ތަޤްވާގެ މައްސަރު
* އިސްލާމްދީނަކީ ރީތިކަމުގެ ދީނެވެ.
* އަންހެނަކު އިސްލާމީ ޤައުމެއްގެ އެންމެ މަތީ މަޤާމު އަދާކުރުމަކީ ޝަރްޢީ ގޮތުން ހުއްދަކަމެއްތޯ؟
* ޙައްޖާއި ޢުމްރާވުމުގައި ކިޔާ ބައެއް ދުޢާ މާނައާ އެކު
* އަޙްކާމުލްޙައްޖު ވަލްޢުމްރާ (1ވަނަ ބައި އަދި 2ވަނަ ބައި)
== އަގުވަޒަންކުރުންތަކާއި އިނާމުތައް ==
[[ފައިލު:Order of the Rule of Ghazi on President Maumoon Abdul Gayoom, 2013.jpg|thumb|ރައީސް މައުމޫނަށް ނިޝާން ޣާޒީގެ ޢިއްޒަތުގެ ވެރިކަން އަރުވަނީ، (2013)]]
ރައީސް މައުމޫން ޢަބްދުލްޤައްޔޫމްގެ ޚިދުމަތްތަކުގެ އަގު ވަޒަންކޮށް، ބޭރުގެ ތިން ޔުނިވަރސިޓީއަކުން ވަނީ އޮނަރަރީ ޑޮކްޓަރޭޓްގެ ޝަރަފު އެމަނިކުފާނަށް އަރުވައިފައެވެ. 1988ވަނަ އަހަރު ޔުނެޕުން ވަނީ ރައީސް މައުމޫނަށް [ގްލޯބަލް 500]ގެ އިނާމު އަރުވާފައެވެ. އަދި، ތިމާވެށީގެ ރޮނގުން [[ޖަރުމަނުވިލާތް|ޖަރުމަނުވިލާތު]]ގެ [ޑީ.އާރު.ވީ] އިނާމާއި، [[އިޓަލީވިލާތް|އިޓަލީވިލާތު]]ގެ [މޭން އޮފް ސީ] އިނާމު ވެސް އެ މަނިކުފާނަށް ލިބިވަޑައިގެންފައިވެއެވެ. އޭގެއިތުރުން، [[އިންޑިޔާ|އިންޑިއާ]] [ޓެރީގެ ސަސްޓޭނަބަލް ޑިވެލޮޕްމަންޓް ލީޑަރޝިޕް އެވޯޑު] 2008ވަނަ އަހަރު އެ މަނިކުފާނަށް ވަނީ ލިބިވަޑައިގެންފައެވެ.
ބޭރުގެ ޢިއްޒަތްތެރިންނަށް [[އިނގިރޭސިވިލާތް|އިނގިރޭސި]] ދައުލަތުން ދެއްވާ އެންމެ މަތީ ލަޤަބު [ޖީ.ސީ.އެމް.ޖީ] އަދި [[ދެކުނު ކޮރެއާ]]ގެ އެންމެ މަތީ ޝަރަފު [ގްރޭންޑް އޯޑަރ އޮފް މުގުންގާވާ] އާއި، [[އޮޅުދޫކަރަ|ސްރީލަންކާ]]ގެ އެންމެ މަތީ ޝަރަފު [މިތުރަ ވިބޫޝަނަ] ވެސް ރައީސް މައުމޫނަށް ވަނީ ލިބިވަޑައިގެންފައެވެ. އޭގެ އިތުރުން، ޑަބްލިޔޫ.އެޗް.އޯ.ގެ [ހެލްތް ފޯރ އޯލް] ރަން މެޑަލާއި، [<nowiki/>[[އަލްއަޒުހަރު ޔުނިވަރސިޓީ|އަލްއަޒްހަރު]]ގެ ޝީލްޑް] ވެސް އެ މަނިކުފާނަށް ލިބިވަޑައިގެންފައިވެއެވެ.
މީގެއިތުރުން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމުގައި ހުންނަވައިގެންނާއި އޭގެ ކުރިން ވެސް، ދިވެހި ޤައުމަށާއި، ދިވެހި ރައްޔިތުންނަށާއި، ދިވެހި ދައުލަތަށް ތަފާތު އެތައް ރޮނގަކުން އެ މަނިކުފާނު ކުރެއްވި ޚިދުމަތްތަކުގެ އަގުވަޒަންކުރައްވައި، 2013ވަނަ އަހަރު، ދިވެހި ދައުލަތުގެ އެންމެ މަތިވެރި ޢިއްޒަތް "ނިޝާން ޣާޒީގެ ޢިއްޒަތުގެ ވެރިކަން (ނ.ޣ.ޢ.ވ)" އެ މަނިކުފާނަށް ވަނީ އަރުވައިފައެވެ.
{| class="wikitable" style="text-align:center; width:70%; margin: 1em auto 1em auto; "
|-
|ކުރިން ހުންނެވީ:<br />[[އިބްރާހީމް ނާޞިރު]]|| bgcolor="LightGray" | '''[[ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ]]'''<br />1978-2008|| ފަހުން ވަޑައިގަތީ:<br />'''[[މުޙައްމަދު ނަޝީދު]]'''
|}
==ރިފަރެންސް==
* [[ރޯއިސްޓަން އެލިސް]] ލިޔުއްވާފައިވާ [[އަ މޭން ފޯރ އޯލް އައިލެންޑްސް]] - ISBN 981-204-852-9
* ހަދާނާއި ތާރީޚްގެ ތެރެއިން - 1 ވަނަ ބައި - އަހުމަދު ނަޖީބް - 2006
==އިތުރު ފާލަންތައް==
*[https://web.archive.org/web/20041210094828/http://www.presidencymaldives.gov.mv/v3/ ދިވެހި ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާގެ ރަސްމީ ވެބްސައިޓް]
{{wikiquote|Maumoon Abdul Gayoom|މައުމޫނު އަބްދުލް ޤައްޔޫމް}}
{{commonscat|Maumoon Abdul Gayyoom}}
{{MaldivesPresidents}}
[[ޤިސްމު:ދިވެހި ސިޔާސީ ލީޑަރުން|Gayoom, Maumoon Abdul]]
[[ޤިސްމު:Knights Grand Cross of the Order of St Michael and St George|Gayoom, Maumoon Abdul]]
[[ޤިސްމު:1937 births|Gayoom, Maumoon Abdul]]
[[ޤިސްމު:Living people|Gayoom, Maumoon Abdul]]
[[ޤިސްމު:ޙަޔާތުނާމާ]]
[[ޤިސްމު:ދިވެހިރާއްޖޭގެ ދީނީ ޢިލްމުވެރީން]]
ocitoeyod8tg0qjpoprnrhj8fm2100w
މުޙައްމަދު ޒާހިރު ޙުސައިން
0
5996
137650
136924
2026-04-29T13:14:15Z
Memberuser
25611
137650
wikitext
text/x-wiki
{{Infobox officeholder
| name = މުޙައްމަދު ޒާހިރު ޙުސައިން
| office = [[ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ]]ގެ ޗާންސެލަރު
| native_name_lang = dv
| image = Mohamed Zahir Hussain portrait.jpg
| caption = މުޙައްމަދު ޒާހިރު ޙުސައިން، 2019
| president2 = [[މައުމޫން ޢަބްދުލް ޤައްޔޫމް]]
| president1 = [[ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކު]]<br/>[[އިބްރާހީމް މުޙައްމަދު ޞާލިޙް]]<br/>[[ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް]]
| president = [[އިބްރާހީމް މުޙައްމަދު ޞާލިޙް]]<br/>[[މުޙައްމަދު މުޢިއްޒު]]
| term_start = 20 އޮގަސްޓު 2019
| term_end1 = 20 އޮގަސްޓު 2019
| term_start1 = 20 މާރިޗު 2012
| term_end2 = 30 މޭ 1990
| term_start2 = 23 ޖުލައި 1979
| predecessor2 = [[ޢަބްދުއްސައްތާރު މޫސާދީދީ]]
| succeeded1 = [[ޙަސަން ޙަމީދު]]
| succeeded2 = [[ޢަބްދުﷲ ޙަމީދު]]
| birth_place = [[މާލެ]]، [[ދިވެހިރާއްޖެ]]
| children = 3
| spouse = ނާއިލާ އިބްރާހީމް ކަލޭފާނު
| alma_mater = [[އަލްއަޒުހަރު ޔުނިވަރސިޓީ]]<br/>ޔުނިވަރސިޓީ ކެބަންގސާން [[މެލޭޝިޔާ]]
| awards = ނޫސްވެރިކަމުގެ ރޮނގުން ޢާންމު ޚިދުމަތުގެ ޝަރަފުވެރިކަމުގެ އިނާމު - 1989<br/>މިނިވަން 25 ގެ ޢާންމު ޚިދުމަތުގެ އިނާމު - 1990<br/>ސަރުކާރުން ދެއްވާ ޚާއްޞަ އިނާމު - 2001<br/>ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން - 2008<br/>ނޫސްވެރިކަމުގެ އަލިމަސް ގަލަން - 2018<br/>ލައިފްޓައިމް އެޗީވްމަންޓް އެވޯޑް (މޯލްޑިވްސް ސްޕޯޓްސް އެވޯޑް) - 2022<br/>ދިވެހިރާއްޖޭގެ ތަޢުލީމަށް ޚިދުމަތްކުރުމުގެ އެންމެ މަތިވެރި ޝަރަފު - 2024
| honorific_suffix = ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ
| office2 = މިނިސްޓަރ އޮފް އެޑިޔުކޭޝަން
| office1 = [[ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ]]ގެ ޗާންސެލަރު
| term_end = 1 ފެބުރުވަރީ 2026
}}
ޑރ. މުޙައްމަދު ޒާހިރު ޙުސައިނަކީ ދިވެހި ދައުލަތަށް ވަރަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވައިފައިވާ ބޭފުޅެކެވެ. އެންމެފަހުން އަދާކުރެއްވީ [[ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ]]ގެ ޗާންސެލަރުގެ މަޤާމެވެ. އެ މަޤާމުން އިސްތިޢުފާ ދެއްވީ 2026 ފެބުރުވަރީ 1ވަނަ ދުވަހުއެވެ.
== ތަޢުލީމު ޙާޞިލުކުރެއްވުން ==
ޑރ. މުޙައްމަދު ޒާހިރު ޙުސައިން، އެންމެ ތުއްޕުޅުއިރު ކިޔަވައި ވިދާޅުވީ، އުފަން ރަށް، [[ފުވައްމުލައް (ޏ. އަތޮޅު)|ޏ. ފުވައްމުލަކު]] މަދްރަސަތުލްފައިދިއްޔާގައެވެ. އޭގެފަހުން، ތަޢުލީމު ޙާޞިލުކުރެއްވުމަށް [[މާލެ]] ވަޑައިގަތުމުގެ ފުރުޞަތު ލިބިވަޑައިގަތުމާ ގުޅިގެން، [[މާލެ]] ވަޑައިގެން ދާރުލްއިޤާމާގައި ކިޔަވައި ވިދާޅުވާން ފެށްޓެވީއެވެ. އެއީ، ޢުމުރުފުޅުން 12 އަހަރުފުޅުގައެވެ. ދާރުލްއިޤާމާ އުވައިލެއްވުމާ ގުޅިގެން، ފަހުން [[މަޖީދިއްޔާ ސްކޫލް|މަދްރަސަތުލްމަޖީދިއްޔާ]]ގައި 4 އަހަރެއްހައި ދުވަހު ކިޔަވައި ވިދާޅުވުމަށް ފަހު، އިތުރަށް ތަޢުލީމު ޙާޞިކުރެއްވުމަށް [[މިޞްރު|މިޞްރަށް]] ވަޑައިގަތީއެވެ. ފުރަތަމަ ޑިގްރީއާއި މާސްޓަރސް ޑިގްރީ ހެއްދެވީ، [[މިޞްރު]]ގެ [[އަލްއަޒުހަރު ޔުނިވަރސިޓީ|ޖާމިޢަތުލްއަޒްހަރު]] ގައެވެ. ޑރ. މުޙައްމަދު ޒާހިރު ޙުސައިން ޕީއެޗްޑީ ޙާޞިލުކުރެއްވީ، [[މެލޭޝިޔާ]]ގެ ޔުނިވަރސިޓީ ކެބަންގސާން [[މެލޭޝިޔާ]]ގައި، ތިއޯލޮޖީ އެންޑް ފިލޯސޮފީގެ ރޮނގުން 2001ވަނަ އަހަރުއެވެ. ތީސިސް ލިޔުއްވީ، އިބްނި ސީނާގެ ތިއަރީއާ ބެހޭގޮތުންނެވެ. ޕީ.އެޗް.ޑީ. ޙާޞިލުކުރެއްވުމާ ގުޅިގެން، ސަރުކާރުން ދެއްވާ ޚާއްޞަ އިނާމު، އެ އަހަރު އެ މަނިކުފާނަށް ވަނީ ލިބިވަޑައިގެންފައެވެ.
== ޚިދުމަތް ==
=== <u>ތަޢުލީމީ ދާއިރާ</u> ===
[[މިޞްރު]]ން ކިޔަވައި ވިދާޅުވުމަށްފަހު، ރާއްޖެއަށް ވަޑައިގެން، އެންމެ ފުރަތަމަ ޚިދުމަތް ފެށްޓެވީ، [[އަމީނިއްޔާ ސުކޫލް|އަމީނިއްޔާ ސްކޫލު]]ގެ އިސްލާމް މުދައްރިސެއްގެ މަޤާމުގައި 1970ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 26ވަނަ ދުވަހުއެވެ. އެ މަޤާމުގައި 1 އަހަރާއި 8 މަހެއްހާ ދުވަހު ޚިދުމަތްކުރެއްވި އިރު އެ މަނިކުފާނު ފާހަގަކުރެވިފައި ވަނީ، [[އަމީނިއްޔާ ސުކޫލް|އަމީނިއްޔާ ސްކޫލު]]ގެ ދަރިވަރުންގެ އިޙްތިރާމާއި ލޯބި ހޯއްދެވި ބޭފުޅެއްގެ ގޮތުގައެވެ. އެ މަނިކުފާނުގެ މިޒާޖުފުޅުގައި ހުންނަ ފާހަގަކޮށްލެވޭ މުހިންމު އެއް ސިފަޔަކީ، ހުރިހާ ޢުމުރުފުރައެއްގެ ބޭފުޅުންނާ ޙިކުމަތްތެރިކަމާ އެކުގައި މުޢާމަލާތުކުރެއްވުމުގެ މަތިވެރި ހުނަރެވެ. ޚާއްޞަކޮށް، ދަރިވަރުންގެ އެކިއެކި ސުވާލުތަކަށް ޖަވާބު ދެއްވުމުގައި ގެންގުޅުއްވި ހަރުދަނާ އުޞްލޫބެވެ. އިސްލާމް މުދައްރިސެއްގެ ހައިސިއްޔަތުން އެ ކުދީންނަށް ދީނީ ރޮނގުން ކަންކަން އޮޅުންފިލުއްވައި ދެއްވުމުގައި ވެސް އެ މަނިކުފާނަކީ، ނަމޫނާ މުދައްރިސެކެވެ. އެ މަނިކުފާނަކީ ކިޔަވައި ދެއްވުމުގައި ހަރުކަށިކަން އިސްކުރެއްވުމުގެ ބަދަލުގައި، އޯގާތެރިކަމާއެކު ދަރިވަރުންގެ އިޙުސާސްތަކަށް އިޙްތިރާމު ކުރައްވައި، އެއްވެސް ތަފާތުކުރެއްވުމެއް ނެތި، ދަރިވަރުންނާ ހަމަހަމަކަމާއެކު މުޢާމަލާތު ކުރެއްވި މުރައްބީއެކެވެ. [[އަމީނިއްޔާ ސުކޫލް|އަމީނިއްޔާ ސްކޫލު]]ގެމުދައްރިސެއްގެ ހައިސިއްޔަތުން، އެ މަދަރުސާގެ ދަރިވަރުންނަށް ދީނީ ރޮނގުން ޚިދުމަތް ކޮށްދެއްވުން އެއީ، އެ މަނިކުފާނުގެ ތަޢުލީމީ ޚިދުމަތުގެ ފެށުމެވެ.
[[އަމީނިއްޔާ ސުކޫލް|އަމީނިއްޔާ ސްކޫލު]]ގައި ޚިދުމަތްކުރައްވަމުން ގެންދަވަނިކޮށް، ސަރުކާރުން ޑރ. މުޙައްމަދު ޒާހިރު ޙުސައިން ބަދަލުކުރެއްވީ، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ވަކީލުކަމުގެ މަޤާމަށެވެ. އެއީ، 1972 އޮގަސްޓު 20ވަނަ ދުވަހުއެވެ. އެ ތާރީޚުން ފެށިގެން އެ މަނިކުފާނުގެ ޚިދުމަތް، ރާއްޖޭގެ ތަޢުލީމީ ދާއިރާގެ ކުރިއެރުމަށާއި ތަރައްޤީއަށް ލިބެމުން ދިޔައީ، ވަރަށް ފުޅާ ދާއިރާއެއްގައެވެ. އެއަށްފަހު، 1976 އޮކްޓޫބަރު 23ވަނަ ދުވަހު، ޑިޕާޓްމަންޓް އޮފް އެޑިޔުކޭޝަންގެ ނާއިބުކަމުގެ މަޤާމަށް އެ މަނިކުފާނު ޢައްޔަންކުރެއްވިއެވެ.
ޔުނެސްކޯއާއި، ޔުނިސެފާއި، ޔޫއެންޑީޕީ ގުޅިގެން ރާއްޖޭގައި ކޮމިއުނިޓީ ތަޢުލީމު ތަޢާރަފުކުރުމުގެ މަޝްރޫޢު، [[އިބްރާހީމް ނާޞިރު|ސުމުއްވުލްއަމީރު އަލްމަރްޙޫމު އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނު (ނޣޢވ)]] ގެ ރައީސްކަމުގެ ދައުރުގައި ފެށިގެންދިޔަ އިރު، އެކަމުގައި އެންމެ އިސްކޮށް ހުންނެވީ، ޑރ. މުޙައްމަދު ޒާހިރު ޙުސައިނެވެ. މަޝްރޫޢުގެ ދަށުން ރާއްޖޭގެ ތަޢުލީމީ މުސްތަޤުބަލަށް ޓަކައި ބިނާކުރަނިވި ފިޔަވަޅުތަކެއް އަޅުއްވަމުން ގެންދެވިއެވެ. ކޮމިއުނިޓީ ސްކޫލްތައް ބިނާކުރެއްވުމާއި، ޓީޗަރުން ތަމްރީނު ކުރެއްވުމާއި، ކިޔަވައިދޭނެ ޓެކްސްޓް ފޮތް ތައްޔާރުކުރެއްވުމަކީ ވެސް އެ މަޝްރޫޢުގެ ދަށުން ޙާޞިލުކުރެވުނު އަމާޒުތަކެވެ. އެގޮތުން، ފޮތް ތައްޔާރުކުރެއްވުމާއި، ޓީޗަރުން ތަމްރީނުކުރެއްވުމާއި، ހެޑްމާސްޓަރުން ތަމްރީނުކުރެއްވުން ފަދަ ކަންކަން އެންމެ ފުރަތަމަ ކުރައްވަމުން ގެންދެވީ، އެޑިޔުކޭޝަނަލް ޕްރޮޖެކްޓް އޮފީހުގެ ނަމުގައި އުފެއްދެވި އޮފީހުންނެވެ. ފަހުން އެ މަސައްކަތް ކުރެއްވީ، އެޑިޔުކޭޝަނަލް ޕްރޮޖެކްޓް އޮފީހާއި، ޓީޗަރުން ތަމްރީނުކުރެއްވުމަށް އުފެއްދެވި، މުދައްރިސުންގެ ތަޢުލީމީ މަރުކަޒުންނެވެ. އެންމެ ފުރަތަމަ ވެސް ފެށްޓެވީ ޓީޗަރުން ތަމްރީނު ކުރެއްވުމުގެ މަސައްކަތެވެ. އޭގެ އެންމެ ބޮޑު ސަބަބަކަށްވީ، ކޮމިއުނިޓީ ސްކޫލްތައް ބިނާކުރަމުން ގެންދާވަރަކަށް، އެ ތަންތާނގައި ކިޔަވައިދޭނެ މުދައްރިސުން ތަމްރީނު ނުކޮށް، އެ ސްކޫލްތައް ހިންގެން ނޯންނާނެތީއެވެ.
1978ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 11ވަނަ ދުވަހު، [[މައުމޫން ޢަބްދުލް ޤައްޔޫމް|ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް (ނޣޢވ)]]، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމާ ޙަވާލުވެވަޑައިގަތުމަށް ފަހުގައި ވެސް، މި ދެންނެވި މަޝްރޫޢު ހަލުވިކަމާއެކުގައި ކުރިއަށް ގެންދެވިއެވެ. އޭރު ޑރ. މުޙައްމަދު ޒާހިރު ޙުސައިން ހުންނެވީ، މިނިސްޓަރ އޮފް އެޑިޔުކޭޝަންގެ ނާއިބުކަމުގެ މަޤާމުގައެވެ. [[މައުމޫން ޢަބްދުލް ޤައްޔޫމް|ރައީސް މައުމޫން]]، ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމާ ޙަވާލުވެވަޑައިގެންނެވިތާ 8 މަހެއްހައި ދުވަސް ފަހުން ޑރ. މުޙައްމަދު ޒާހިރު ޙުސައިން، މިނިސްޓަރ އޮފް އެޑިޔުކޭޝަންގެ މަގާމަށް ޢައްޔަން ކުރެއްވީ، 1979ވަނަ އަހަރުގެ ޖުލައި މަހުގެ 23ވަނަ ދުވަހުއެވެ.
އޭރު އެންމެ ބޮޑު އިސްކަމެއް ދެއްވަމުން ގެންދެވީ ވެސް، ކޮމިއުނިޓީ ސްކޫލުތައް ޢިމާރާތްކުރުމުގެ މަސައްކަތަށެވެ. އެހެންކަމުން، އެ މަސައްކަތް ވީހައި ވެސް ހަލުވިކަމާއެކު ކުރިއަށް ގެންދެވުމަށް ޓަކައި ރާއްޖެތެރެ ރަނގަޅަށް ދެނެވަޑައިގަންނަވާ ހަރުދަނާ ބޭފުޅަކާ ޙަވާލުކުރެއްވުމަށް ޑރ. މުޙައްމަދު ޒާހިރު ޙުސައިން ނިންމެވިއެވެ. އެގޮތުން، އެ މަސައްކަތް ބެއްލެވުން ޙަވާލުކުރެއްވީ، އަލްއުސްތާޛު އަލްމަރްޙޫމް މުޙައްމަދު އިބްރާހީމް ލުޠުފީއާއެވެ. ލަސްތަކެއްނުވެ ދުވާފަރު ޔޮޓްދޯނީގެ ދަތުރުތައް އަތޮޅުތަކަށް ކުރަން ފެށިއްޖެއެވެ. ގިނަ ރަށްރަށުގައި ކޮމިއުނިޓީ ސްކޫލުތަކުގެ ބިންގާއެޅި، އެ ކަން ބާރަށް ހިނގައިގަތެވެ. މި ތަންތަނުގެ މަސައްކަތް ހިނގާ ނުހިނގާގޮތް ވެސް ބައްލަވައިލެއްވުމަށް ޑރ. މުޙައްމަދު ޒާހިރު ޙުސައިން ރަށްރަށަށް ދަތުރުފުޅުކުރައްވައި، މަސައްކަތް ހަލުވިކުރެއްވުމަށް އިރުޝާދު ދެއްވަމުން ގެންދެވިއެވެ. ފުރަތަމަ، ކޮމިއުނިޓީ ސްކޫލު ބިނާކުރައްވައި ހުޅުވިގެންދިޔައީ، [[މާޅޮސްމަޑުލު ދެކުނުބުރި|ބ. އަތޮޅު]] [[އޭދަފުށި (ބ. އަތޮޅު)|އޭދަފުށީ]]ގައެވެ. ދެވަނަ ސްކޫލް ހުޅުވުނީ، [[ތިލަދުންމަތީ ދެކުނުބުރި|ހދ. އަތޮޅު]] [[ކުޅުދުއްފުށި (ހދ. އަތޮޅު)|ކުޅުދުއްފުށީ]]ގައެވެ. ތިންވަނައަށް [[ކޮޅުމަޑުލު|ތ. އަތޮޅު]] [[ތިމަރަފުށި (ތ. އަތޮޅު)|ތިމަރަފުށީ]]ގައެވެ. ހަތަރުވަނައަށް [[ހުވަދުއަތޮޅު އުތުރުބުރި|ގއ. އަތޮޅު]] [[ވިލިނގިލި (ގއ. އަތޮޅު)|ވިލިނގިލީ]]ގައެވެ. އޭގެފަހުން، ހުރިހާ އަތޮޅެއްގައި ވެސް ކޮމިއުނިޓީ ސްކޫލުތައް ބިނާކުރައްވައި ނިންމެވިއެވެ.
ކޮމިއުނިޓީ ސްކޫލުތަކާ އެކުގައި، ކޮންމެ އަތޮޅެއްގައި، އަތޮޅު މަދަރުސާއެއް ވެސް ބިނާކުރައްވަން ފެށްޓެވިއެވެ. އެއީ، [[ޖަޕާނު]] ސަރުކާރުގެ ހިލޭ އެހީގެ ދަށުން ބިނާކުރެއްވި މަދަރުސާތަކެކެވެ. ހަމަ އެއާއެކުގައި، ރާއްޖޭގެ ރަށްރަށުގައި ހުރި އަމިއްލަ މީހުންނާއި ރައްޔިތުންގެ މަދަރުސާތައް ވެސް ސަރުކާރުން ހިންގަވާ މަދަރުސާތަކެއްގެ ގޮތުގައި ހަމަޖައްސަވައި ހިންގަވަން ފެށްޓެވިއެވެ. އަދި، [[މާލެ|މާލޭ]]ގައްޔާއި ރާއްޖެތެރޭގައި މެދުކެނޑުމެއްނެތި ހިނގަމުން އަންނަތާ ގިނަދުވަސްވީ ސްކޫލް މަދަރުސާތަކަށް ސަރުކާރުން މާލީ އެހީތެރިކަން ދެއްވަން ވެސް ފެށްޓެވިއެވެ. މީގެއިތުރުން، މެދު މަދުރަސީ ތަޢުލީމު ދޭނެ އިތުރު ސްކޫލްތައް ވެސް ބިނާކުރެއްވިއެވެ. އެއީ، ދިވެހި ސަރުކާރާއި ބޭރުގެ އެހީއާ އެކުގައެވެ. މިކަންކަން ހިންގެވުމުގައި ކަމާ ބެހޭ ލަފަޔާއި އިރުޝާދު ދެއްވުމުގައި، އެންމެ އިސް ދައުރެއް އަދާކުރެއްވީ، މިނިސްޓަރ އޮފް އެޑިޔުކޭޝަންގެ ހައިސިއްޔަތުން، ޑރ. މުޙައްމަދު ޒާހިރު ޙުސައިނެވެ.
އަތޮޅުތަކުގެ އިތުރުން، މާލޭގައި ވެސް މަތީ ޘާނަވީއަށް ކިޔަވައިދޭނެ ސްކޫލެއް، ސައިންސް އެޑިޔުކޭޝަން ސެންޓަރުގެ ނަމުގައި 1979ވަނަ އަހަރު ހުޅުވިގެންދިޔައެވެ. އެ ސެންޓަރު ހުޅުވި، ތަޢުލީމު ދޭން ފެށީ، ޑރ. މުޙައްމަދު ޒާހިރު ޙުސައިންގެ މިނިސްޓަރުކަމުގެ ދައުރުގައި، އެ މަނިކުފާނުގެ މޭސްތިރިކަމުގެ ދަށުންނެވެ. އޭރު އެ ސެންޓަރުގައި އިސްލާމް މާއްދާ ކިޔަވައިދެއްވި ބޭފުޅުންގެ ތެރޭގައި، އެ މަނިކުފާނު ހިމެނިވަޑައިގެންނެވިއެވެ. މީގެއިތުރުން، މެދު މަދުރަސީ ތަޢުލީމު ދޭނެ އިތުރު ސްކޫލުތައް ވެސް ބިނާކުރެއްވިއެވެ. އެއީ، ދިވެހި ސަރުކާރާއި ބޭރުގެ އެހީއާ އެކުގައެވެ.
ޑޮކްޓަރ މުޙައްމަދު ޒާހިރު ޙުސައިނަކީ، ރާއްޖޭގެ ތަޢުލީމީ މުޤައްރަރަށްވެސް އެކިފަހަރު މަތިން އިޞްލާޙީ ހެޔޮ ބަދަލުތަކެއް ގެނެސްދެއްވި ބޭފުޅެކެވެ. ޒަމާނާ އެކަށޭނަ އަދި ދިވެހިވަންތަ ނިޒާމަކަށް ކިޔަވައިދެވޭނެ ގޮތަކަށް މުޤައްރަރު އެކުލަވައިލެއްވުމުގައިވެސް އެ މަނިކުފާނު މުހިންމު ދައުރެއް އަދާކުރެއްވިއެވެ. އެ ވިސްނުންފުޅު ގެންގުޅުއްވަން ފެށްޓެވީ، ރާއްޖެއާ ގުޅޭ މާޙައުލަކަށް ތަޢުލީމު ބައްޓަންކުރެއްވުމުގެ މަގުސަދުގައެވެ. އެ މަނިކުފާނު ކިޔަވައި ވިދާޅުވެގެން ރާއްޖެ ވަޑައިގެންނެވިއިރު، ރާއްޖޭގައި އޮތީ ކޮލޯނިއަލް މޮޑެލްއަކަށް ކިޔަވައިދޭ މުޤައްރަރެކެވެ. އެހެންކަމުން، ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމްގެ މަޝްވަރާގެ މަތިން މުޤައްރަރު ބަދަލުކުރައްވައި، މިހާރު ސްކޫލްތަކުގައި ކިޔަވައިދެމުން މި އަންނަ މުޤައްރަރާ އެއްގޮތަށް މުޤައްރަރު އެކުލަވައިލެއްވުމުގައިވެސް ވަރަށް މުހިންމު މަސައްކަތްޕުޅުތަކެއް އެ މަނިކުފާނު ކުރެއްވިއެވެ. މި ދެންނެވި މުޤައްރަރު ފުރަތަމަ އެކުލަވައިލުމަށްޓަކައި ހދ. ކުޅުދުއްފުށީގައި "ކޮމިއުނިޓީ އެޑިޔުކޭޝަން ސެމިނާރ"ގެ ނަމުގައި 12 ޖަނަވަރީ 1980 ގައި ސެމިނާރެއް ބޭއްވެވިއެވެ.
ޑރ. މުޙައްމަދު ޒާހިރު ޙުސައިންގެ ތަޢުލީމީ ޚިދުމަތުގެ ތެރެއިން ފާހަގަކޮށްލެވޭ އަނެއްކަމަކީ، އެ މަނިކުފާނު އިސްވެ ހުންނަވައިގެން، ސަދަން ސެކަންޑަރީ އެޑިޔުކޭޝަނާއި، ނޮދަން ސެކަންޑަރީ އެޑިޔުކޭޝަން ތަޢާރަފުކުރައްވައި، [[އައްޑުއަތޮޅު|އައްޑު އަތޮޅުގައްޔާއި]]، [[ފުވައްމުލައް (ޏ. އަތޮޅު)|ފުވައްމުލަކުގައްޔާއި]]، [[މާޅޮސްމަޑުލު ދެކުނުބުރި|ބ. އަތޮޅު]] [[އޭދަފުށި (ބ. އަތޮޅު)|އޭދަފުށީ]]ގައި ގްރޭޑް 8 އުފައްދަވައިގެން ކިޔަވައިދެއްވަން ފެށްޓެވުމެވެ.[[ފައިލު:2nd_session_of_the_Islamic_University_of_Maldives’_Convocation_2023_(346).jpg|thumb|ޑރ. މުޙައްމަދު ޒާހިރު ޙުސައިން ([[ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ]]ގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި)]]ޑރ. މުޙައްމަދު ޒާހިރު ޙުސައިންގެ މިނިސްޓަރުކަމުގައި ދެން ހިންގެވި އެންމެ ބޮޑު އަނެއް މަޝްރޫޢަކީ، އަސާސީ ތަޢުލީމުގެ މަޝްރޫޢެވެ. 1980ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 1ވަނަ ދުވަހު [[މައުމޫން ޢަބްދުލް ޤައްޔޫމް|ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް]] ފަށްޓަވައި ދެއްވި އެ މަޝްރޫޢު ޢަމަލީ ގޮތުން ހިންގެވުމުގައި އެންމެ އިސް ބޭފުޅެއްގެ ގޮތުގައި ހުންނެވީ، ޑރ. މުޙައްމަދު ޒާހިރު ޙުސައިނެވެ. އަސާސީ ތަޢުލީމުގެ މަޝްރޫޢުގައި ހިމެނުނީ މައިގަނޑު ދެ ބަޔެކެވެ. އެއްބަޔަކީ، ލިޔަންކިޔަން ނުދަންނަ މީހުންނަށް ލިޔަންކިޔަން ދަސްކޮށްދިނުމާއި، ޢަރަބި ތާނަ އަކުރު އުނގަންނައިދީ ކިޔަން ދަސްކޮށްދިނުމެވެ. އަނެއް ބަޔަކީ، ކޮންމެ މުސްލިމަކު ވެސް ދެނެގަތުން ލާޒިމުވާ ކަންތައްތަކާއި، ހިސާބުގެ ހަތަރު މައިގަނޑު، އާދައިގެވަރަކަށް ދަސްކޮށްދިނުމެވެ. އެ މަޝްރޫޢު ފެށްޓެވި އިރު، މުޅި ރާއްޖޭގެ ރައްޔިތުންގެ ތެރެއިން ގާތްގަނޑަކަށް 100 އަކުން 37 މީހުންނަކީ، ލިޔަންކިޔަން ނުދަންނަ މީހުންނެވެ.
މި މަޝްރޫޢު ފުރަތަމަ ރޭއްވެވީ، 1980ވަނަ އަހަރުން ފެށިގެން 1985ވަނަ އަހަރުގެ ނިޔަލަށް 6 އަހަރު ދުވަހުގެ ތެރޭގައި ފުރިހަމަކުރުމަށް ކަމަށްވިޔަސް، މަޝްރޫޢު މުޅިން ނިންމަވައިލެއްވުނީ، 1990ވަނަ އަހަރުއެވެ. މަޝްރޫޢު ނިމުނު އިރު، ރާއްޖޭގައި ތިބި ލިޔަންކިޔަން ދަންނަ މީހުންގެ އިންސައްތައަކީ، 98 އެވެ. މި މަޝްރޫޢު ކާމިޔާބުކަމާ އެކު ނިމިގެންދިޔުމުގައި، ތަޢުލީމީ ވަޒީރުގެ ހައިސިއްޔަތުން ޑރ. މުޙައްމަދު ޒާހިރު ޙުސައިން ކުރެއްވި ގިނަގުނަ މަސައްކަތްޕުޅާއި، އެ މަނިކުފާނު ޢަމަލީ ގޮތުންނާއި، ފަންނީ ގޮތުން އަދާކުރެއްވި ދައުރު ހަނދާންކޮށްލަން ޖެހެއެވެ.
ޑރ. މުޙައްމަދު ޒާހިރު ޙުސައިނަކީ، ރާއްޖޭގައި [[ޢަރަބި]] ތަޢުލީމު އުނގަންނަވައި ދެއްވުމަށާއި، [[ޢަރަބި]] ތަޢުލީމު ފުޅާކުރެއްވުމަށް ވެސް ގިނަގުނަ މަސައްކަތްޕުޅުތަކެއް ކުރެއްވި ބޭފުޅެކެވެ. އެގޮތުން، އެންމެ ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލެވެނީ، އިސްލާމީ ތަޢުލީމު އުނގަންނަވައި ދެއްވުމަށް ޚާއްޞަ މަދަރުސާއެއްގެ ގޮތުގައި، "މަޢުހަދުއްދިރާސާތިލްއިސްލާމިއްޔާ" 9 ނޮވެންބަރު 1980 (1 މުޙައްރަމު 1401) ގައި ހުޅުވިގެންދިޔަ ދިޔުމެވެ. އެ ކަމުގެ ނަތީޖާއަކަށްވީ، ރާއްޖޭގައި [[ޢަރަބި|ޢަރަބިބަހަށް]] އިސްކަންދެވި، [[ޢަރަބި|ޢަރަބިބަހުން]] މަތީ ތަޢުލީމު ހާސިލުކުރުމުގެ ފުރުޞަތު، ދިވެހި އެތައް ދަރިވަރުންނަކަށް، ބޭރުގެ އިސްލާމީ ޔުނިވަރސިޓީތަކުން ލިބިގެންދިޔުމެވެ. ހަމައެއާއެކު، ޘާނަވީއަށް ކިޔަވައިދިނުމަށް ޓަކައި، "އަލްމަދްރަސަތުލްޢަރަބިއްޔަތުލްއިސްލާމިއްޔާ" އުފެދިގެން ދިޔުން ވެސް ފާހަގަކޮށްލަން ޖެހެއެވެ. މި ދެ މަދަރުސާ، ވުޖޫދަށް ގެންނެވުމުގައި، ޑރ. މުޙައްމަދު ޒާހިރު ޙުސައިން ދެއްވި އިސްކަން ވެސް ފާހަގަކޮށްލަން ޖެހެއެވެ.
މި ޒަމާނުގެ ރާގަށް ކީރިތި ޤުރްއާން އުނގަންނަވައި ދެއްވަން ފެށްޓެވުމުގައި، އެ މަނިކުފާނު ކުރެއްވި މަސައްކަތްޕުޅުތައް ވެސް ހަނދާންކޮށްލަން ޖެހެއެވެ. ރާއްޖެއިން ބޭރުން، [[ޕާކިސްތާން|ޕާކިސްތާނު]]ން ޤާރީއެއް ގެންނަވައިގެން، ތަޖުވީދުގެ ހަމަތަކާ އެއްގޮތަށް، ކީރިތި ޤުރްއާން އުނގަންނަވައި ދެއްވުމަށް އޭރު ހިންގެވި ކޯސްތަކާއި، ކުރެއްވި މަސައްކަތްތަކުގެ ނަތީޖާއަކަށްވީ، ރާއްޖެއިން ބޭރުގައި ބާއްވާ އެކިއެކި ޤުރްއާން މުބާރާތްތަކުގައި ބައިވެރިވުމުގެ ފުރުޞަތު، ދިވެހި ޤާރީންނަށް ލިބިގެންދިޔުމެވެ. އަދި، އެފަދަ މުބާރާތްތަކުން ދިވެހި ޤާރީން މަތީ ވަނަތައް ހޯދައިފައިވާކަމީ ވެސް ޝުކުރުވެރިކަމާ އެކު މިއަދު ފާހަގަކޮށްލަން ޖެހޭ ކަމެކެވެ.
=== <u>ކުޅިވަރުގެ ދާއިރާ</u> ===
ޑރ. މުޙައްމަދު ޒާހިރު ޙުސައިން، ރާއްޖޭގެ ތަޢުލީމީ ވަޒީރުކަން 10 އަހަރާއި 9 މަހަށް ވުރެ ދިގު މުއްދަތެއްގައި ކުރައްވައިފައިވެއެވެ. އޭގެފަހުން، އެ މަނިކުފާނު ޢައްޔަން ކުރެއްވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރެއްގެ މަޤާމަށެވެ. އަދި އެއަށްފަހު، މިނިސްޓަރ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ މަޤާމާއި، މިނިސްޓަރ އޮފް ޔޫތު ޑިވެލޮޕްމަންޓް އެންޑް ސްޕޯޓްސްގެ މަޤާމު ވެސް ފުރުއްވިއެވެ. އެ މަޤާމުގައި ހުންނަވައިގެން، ރާއްޖޭގެ ކުޅިވަރު ތަރައްޤީ ކުރެއްވުމަށް ވެސް ގިނަގުނަ މަސައްކަތްފުޅުތަކެއް އެ މަނިކުފާނު ކުރެއްވިއެވެ. އެންމެ ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލެވެނީ، ރާއްޖެ ކުޅިވަރުގެ ޒޯންތަކަކަށް ބައްސަވައިލައްވައި، ކުޅިވަރު ޒޯން ސްޓޭޑިއަމްތައް އެޅުމެވެ. މިގޮތުން، [[ކުޅުދުއްފުށި (ހދ. އަތޮޅު)|ކުޅުދުއްފުށި]] ޒޯން ސްޓޭޑިއަމާއި، [[އައްޑުއަތޮޅު|އައްޑޫ]] [[ހިތަދޫ (އައްޑުއަތޮޅު)|ހިތަދޫ]] ޒޯން ސްޓޭޑިއަމް ބިނާކުރެއްވުން ހިމެނެއެވެ. އަދި އަތޮޅުތަކުގައި ޒުވާނުންގެ މަރުކަޒުތައް އުފައްދައި ބޭނުންކުރަން ފެށުން ހިމެނެއެވެ. މާލޭގައި އެކި ކުޅިވަރުތައް ކުޅުމުގެ ޖާގަ މަދުކަމާ އެކު، ޖާގަ އިތުރުކުރައްވައި، ކުޅިވަރު ކޯޓުތައް ޤާއިމުކުރައްވައި، އެ ކޯޓުތަކުގެ ފެންވަރު ރަނގަޅުކުރެއްވުމަށް ކުރެއްވި މަސައްކަތްތަކެވެ. އެ މަނިކުފާނަކީ ވެސް ކުޅިވަރަށް ލޯބިކުރެއްވި ބޭފުޅެކެވެ. [[މިޞްރު]]ގައި ކިޔަވައި ވިދާޅުވާން އުޅުއްވި އިރު، ފުޓުބޯޅަ ކުޅުއްވިއެވެ. އަދި، [[މާލެ|މާލޭ]]ގައި ޓެނިސް ކުޅުއްވިއެވެ.
=== [[ރައްޔިތުންގެ މަޖިލިސް|<u>ރައްޔިތުންގެ މަޖިލީހުގައި</u>]] ===
ޑރ. މުޙައްމަދު ޒާހިރު ޙުސައިނަކީ، ރާއްޖޭގެ ދުސްތޫރީ ނިޒާމު ހަރުދަނާ ކުރެއްވުމުގައި [[ރައްޔިތުންގެ މަޖިލިސް|ރައްޔިތުންގެ މަޖިލީހުގައި]] ރައީސުލްޖުމްހޫރިއްޔާގެ މެންބަރެއްގެ ހައިސިއްޔަތުން ވެސް ޚިދުމަތްތަކެއް ކުރައްވައިފައިވާ ބޭފުޅެކެވެ. އަދި، އެ މަނިކުފާނު ވަނީ، ކީރިތި ޤުރްއާން ދިވެހިބަހަށް ތަރުޖަމާކުރެއްވި ކޮމިޓީގައި ވެސް ދިގު މުއްދަތެއްގައި ޚިދުމަތްކުރައްވައިފައެވެ.
=== <u>ނޫސްވެރިކަމާއި ލިޔުންތެރިކަމުގައި</u> ===
ރާއްޖޭގެ ނޫސްވެރިކަމަށް ޑރ. މުޙައްމަދު ޒާހިރު ޙުސައިން ކުރެއްވި ޚިދުމަތްތަކަކީ ވެސް، ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލަން ޖެހޭ ޚިދުމަތްތަކެކެވެ. "އަމާޒު"ގެ ނަމުގައި މަޖައްލާއެއް ނެރުއްވިއެވެ. އަދި "ހަވީރު" ނޫހުގެ ނަމުގައި ނޫހެއް ނެރުއްވަން ފެށްޓެވިއެވެ. އެ މަނިކުފާނުގެ ނޫސްވެރިކަމުގެ ޚިދުމަތް ފާހަގަކުރެވިފައި ވަނީ، ހަމައެކަނި ނޫސްތަކަށް ލިޔުއްވާ ޚަބަރުތަކާއި މަޒުމޫނުތަކުން އެކަންޏެއް ނޫނެވެ. ނުވަތަ ލިޔުންތެރިކަން ތަރައްޤީ ކުރެއްވުމުގެ ރޮނގުން އެކަންޏެއް ވެސް ނޫނެވެ. މީގެއިތުރުން، ނޫސް ޗާޕުކުރުމުގެ ފެންވަރު ރަނގަޅު ކުރެއްވުމަށާއި، ނޫހަށް ލިޔާ ލިޔުންތެރިން އުފެއްދެވުމަށާއި، މި ޒަމާނުގެ ނޫސްވެރިކަން ރާއްޖޭގައި ފުޅާކުރެއްވުމަށް ވެސް ވަނީ ގިނަގުނަ މަސައްކަތްޕުޅުތަކެއް ކުރައްވައިފައެވެ. އެ މަނިކުފާނަކީ، ހުކުރު ޚުޠުބާ ލިޔުއްވައި، މާލޭގައި ހުކުރު ނަމާދާއި ޢީދުނަމާދު އިމާމުވެ ކުރެއްވި އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި "ދީނުގެ މަގު" ނޫހަށް ވެސް އެކި މައުޟޫޢުތަކަށް މަޒުމޫނުތައް ލިޔުއްވި ބޭފުޅެކެވެ.
== ލިބިވަޑައިގެންނެވި އިނާމުތައް ==
[[ފައިލު:Mohamed_Zahir_Hussain_receiving_the_Highest_Honour_of_Service_to_the_Education_sector_by_Mohamed_Muizzu.jpg|thumb|ދިވެހިރާއްޖޭގެ ތަޢުލީމަށް ޚިދުމަތްކުރުމުގެ އެންމެ މަތިވެރި ޝަރަފު ޑރ. މުޙައްމަދު ޒާހިރު ޙުސައިނަށް އަރުވަނީ]]ޑރ. މުޙައްމަދު ޒާހިރު ޙުސައިން ނޫސްވެރިކަމުގެ ދާއިރާގައި ކުރެއްވި ޚިދުމަތްތަކުގެ އަގުވަޒަންކުރައްވައި 1989ވަނަ އަހަރު ޢާންމު ޚިދުމަތުގެ ޝަރަފުވެރިކަމުގެ އިނާމު އަރުވައިފައިވެއެވެ. ރާއްޖޭގެ ތަރައްްޤީއަށް ފާހަގަކޮށްލެވޭ ފަދަ އަގުހުރި ޚިދްމަތްތަކެއް ކޮށްދެއްވައިފައިވާ ބޭފުޅުންނަށް އެ ކަމުގެ އަގުވަޒަންކުރެއްވުމުގެ ގޮތުން ސަރުކާރުން ދެއްވި މިނިވަން 25 ގެ ޢާންމު ޚިދުމަތުގެ އިނާމު 1990ވަނަ އަހަރު ޑރ. މުޙައްމަދު ޒާހިރު ޙުސައިނަށް ލިބިވަޑައިގަތެވެ. މީގެއިތުރުން އެ މަނިކުފާނު ޕީއެޗްޑީ ޙާޞިލުކުރެއްވުމާ ގުޅިގެން 2001ވަނަ އަހަރު، ސަރުކާރުން ދެއްވާ ޚާއްޞަ އިނާމު ލިބިވަޑައިގަތެވެ. 2008ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 10ވަނަ ދުވަހު ދިވެހި ދައުލަތުގެ މަތިވެރި ޢިއްޒަތް (ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން) ޑރ. މުޙައްމަދު ޒާހިރު ޙުސައިނަށް އަރުވައިފައިވެއެވެ. އަދި އެ މަނިކުފާނަށް ވަނީ، ނޫސްވެރިކަމުގެ "އަލިމަސް ގަލަން" 2018ވަނަ އަހަރު ލިބިވަޑައިގެންފައެވެ. ކުޅިވަރަށް ކޮށްދެއްވި ޚިދުމަތްތަކުގެ އަގު ވަޒަން ކުރެއްވުމުގެ ގޮތުން، 2022 މާރިޗު 17ވަނަ ދުވަހު އެ މަނިކުފާނަށް ވަނީ "ލައިފް ޓައިމް އެޗީވްމަންޓް އެވޯޑު" ލިބިވަޑައިގެންފައެވެ. ރާއްޖޭގެ ތަޢުލީމީ ތަރައްޤީއަށާއި، ރާއްޖޭގައި ތަޢުލީމު ފުޅާކުރެއްވުމަށާއި، ތަޢުލީމީ ރޮނގުން ރާއްޖޭގެ ރައްޔިތުން ހޭލުންތެރި ކުރެއްވުމަށް އެ މަނިކުފާނު ކުރެއްވި ޚިދުމަތްތަކުގެ އަގުވަޒަންކުރައްވައި، ދިވެހިރާއްޖޭގެ ތަޢުލީމަށް ޚިދުމަތްކުރުމުގެ އެންމެ މަތިވެރި ޝަރަފު 2024ވަނަ އަހަރު އަރުވައިފައިވެއެވެ.
[[ޤިސްމު:ޕީއެޗްޑީ ހަދާފައިވާ ދިވެހިން]]
[[ޤިސްމު:ޙަޔާތުނާމާ]]
[[ޤިސްމު:ދިވެހިރާއްޖޭގެ ދީނީ ޢިލްމުވެރީން]]
p8hme1fj6p1ml0gvwcti4a1tosp5zey
މެމްބަރު:James500
2
14815
137652
130556
2026-04-29T20:37:17Z
James500
23821
Remove template
137652
wikitext
text/x-wiki
{{Userpage (rounded)}}
{{Babel|en}}
[[en:User:James500]]
inxel3kyug81j2yawg9p4tzp92wwjc6
ޖޭ.ޑީ. ވޭންސް
0
15727
137653
136600
2026-04-30T00:15:51Z
PublicDomainFan08
28294
137653
wikitext
text/x-wiki
<DIV style="font-family: Faruma">
{{އިންފޯބޮކްސް މަޤާމު
| ނަން = ޖޭ.ޑީ. ވޭންސް
| ތަޞްވީރު = March 2026 Official Vice Presidential Portrait of JD Vance.jpg
| ކެޕްޝަން = ޕޯޓްރެއިޓް، 2025
| ވަޒީފާ = އޮހައިއޯ އިން އެމެރިކާގެ ސެނެޓަރ
| ރައީސް = ޖޯ ބައިޑެން
| ކުރިން = ރޮބް ޕޯޓްމަން
| އުފަން ނަން = ޖޭމްސް ޑޮނަލްޑް ބައުމަން
| އުފަންދުވަސް = {{birth date and age|1984|8|2}}
| އުފަންތަން = މިޑިލްޓައުން، އޮހައިއޯ، އެމެރިކާ
| ދަރިން = 3
| ސޮއި = JD Vance Signature-01.svg
| ސޮއިސައިޒު = 100px
}}
'''ޖޭމްސް ޑޭވިޑް ވޭންސް''' (އުފަންވީ ޖޭމްސް ޑޮނަލްޑް ބޯމަން؛ އޮގަސްޓް 2، 1984) އަކީ އެމެރިކާގެ ސިޔާސީ ބޭފުޅެއް، ވަކީލެއް، ލިޔުންތެރިއެއް އަދި އެމެރިކާގެ މެރިން ކޯޕްސްގެ ވެޓެރަންއެކެވެ. ވޭންސް އަކީ 2023 ވަނަ އަހަރުން ފެށިގެން އޮހައިއޯ އިން އެމެރިކާގެ ޖޫނިއާ ސެނެޓަރުގެ މަގާމު އަދާކުރައްވާފައިވާ ބޭފުޅެކެވެ. ރިޕަބްލިކަން ޕާޓީގެ މެންބަރެއްގެ ގޮތުގައި ހުންނެވި އޭނާ އަކީ 2024 ވަނަ އަހަރު އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ނައިބު ރައީސް ކަމަށް އެ ޕާޓީން ކުރިމަތިލެއްވި ބޭފުޅެކެވެ.
މިޑިލްޓައުން ހައި ސްކޫލުން ގްރެޖުއޭޓު ވުމަށްފަހު، ވޭންސް ވަނީ 2003 އިން 2007 އަށް ކޮމްބަޓް ކޮރެސްޕޮންޑެންޓެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައި، އިރާގުގައި ހަ މަސް ދުވަހު މަސައްކަތް ކުރައްވާފައެވެ. އެއަށްފަހު އޭނާ ކިޔަވަމުން ދިޔައީ އޮހައިއޯ ސްޓޭޓް ޔުނިވާސިޓީގައެވެ. އަދި 2009 ވަނަ އަހަރު ޑިގްރީ ހާސިލް ކުރެއްވިއެވެ. ޔޭލް ލޯ ސްކޫލުން ޑިގްރީ ހާސިލް ކުރެއްވީ 2013 ވަނަ އަހަރު އެވެ. 2016 ވަނަ އަހަރު އޭނާގެ ބެސްޓްސެލިން ހަނދާނީ ފޮތް ހިލްބިލީ އެލެޖީ އަށް 2016 ވަނަ އަހަރުގެ އިންތިޚާބުގެ ތެރޭގައި ނޫސްވެރިންގެ ބޮޑު ސަމާލުކަމެއް ލިބި، 2020 ވަނަ އަހަރު ފީޗާ ފިލްމަކަށް ވެގެން ދިޔަ އެވެ. 2021 ވަނަ އަހަރު އޮހައިއޯގައި ބޭއްވި އެމެރިކާގެ ސެނެޓް އިންތިޚާބުގައި ރިޕަބްލިކަން ޕާޓީގެ ކެންޑިޑޭޓެއްގެ ގޮތުގައި ވޭންސް އިންތިޚާބީ ސިޔާސީ މައިދާނަށް ނުކުމެވަޑައިގެންނެވިއެވެ.
ފުރަތަމަ 2016 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ޑޮނަލްޑް ޓްރަމްޕްގެ ކެނޑިޑެސީއާ ދެކޮޅު ހެދި ވޭންސް ވަނީ އޭގެ ފަހުން ޓްރަމްޕްގެ ވަރުގަދަ ސަޕޯޓަރަކަށް ވެފައެވެ. ޖުލައި 2024 ގައި ޓްރަމްޕް ވަނީ ރިޕަބްލިކަން ޕާޓީގެ ނޭޝަނަލް ކޮންވެންޝަންގައި އޭނާގެ ރަނިންމޭޓަކަށް ވޭންސް ނަންގަވާފައެވެ. އޭނާ އަކީ ނައިބު ރައީސް ކަމަށް ކުރިމަތިލި ފުރަތަމަ މެރިން ވެޓެރުވެސްމެއެވެ.
14r0jy4g78xjkia2020nlfe61nwix3h