ވިކިޕީޑިއާ
dvwiki
https://dv.wikipedia.org/wiki/%DE%89%DE%A6%DE%87%DE%A8_%DE%9E%DE%A6%DE%8A%DE%B0%DE%99%DE%A7
MediaWiki 1.46.0-wmf.26
first-letter
މީޑިއާ
ޚާއްސަ
ޚިޔާލު
މެމްބަރު
މެމްބަރުގެ ވާހަކަ
ވިކިޕީޑިއާ
ވިކިޕީޑިއާ ޚިޔާލު
ފައިލު
ފައިލުގެ ޚިޔާލު
މީޑިއާވިކީ
މިޑިއާވިކީ ޚިޔާލު
ފަންވަތް
ފަންވަތުގެ ޚިޔާލު
އެހީ
އެހީގެ ޚިޔާލު
ޤިސްމު
ޤިސްމުގެ ޚިޔާލު
ނެރު
ނެރު ޚިޔާލު
TimedText
TimedText talk
މޮޑިއުލް
މޮޑިއުލް ޚިޔާލު
Event
Event talk
އަޙްމަދު ޢަބްދުﷲ ދީދީ
0
9597
137667
137484
2026-04-30T14:11:00Z
Memberuser
25611
137667
wikitext
text/x-wiki
{{Infobox officeholder
| name = އަޙްމަދު ޢަބްދުﷲ ދީދީ
| native_name_lang = dv
| image = Ahmed Abdulla Didi (cropped).jpg
| office = ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު
| term_start = 28 ޖޫން 2018
| term_end = 18 ނޮވެންބަރު 2019
| nominator = [[ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް]]
| predecessor = [[އަލްއުސްތާޛު ޢަބްދުﷲ ސަޢީދު]]
| successor = [[އަޙްމަދު މުޢުތަޞިމް ޢަދުނާން]]
| birth_date = {{Birth date and age|1966|10|1|df=yes}}
| birth_place = [[ހިތަދޫ (އައްޑުއަތޮޅު)|ސ. ހިތަދޫ]]، [[ދިވެހިރާއްޖެ]]
| death_date =
| death_place =
| spouse =
| children =
| education = ދާރުލްޢުލޫމް މާޓްލީވާލާ، [[އިންޑިޔާ|އިންޑިއާ]]
މަޢުހަދުއްދިރާސާތިލްއިސްލާމިއްޔާ [[ދިވެހިރާއްޖެ]]
| signature =
| office1 = [[ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު]]ގެ ފަނޑިޔާރު
| termend1 = 27 ޖޫން 2018
| termstart1 = 10 އޮގަސްޓު 2010
| president1 = [[މުޙައްމަދު ނަޝީދު]]
[[ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކު]]
[[ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް]]
| office2 = އެޓަރނީ ޖެނެރަލްގެ ނާއިބު
| termstart2 = 22 އޮކްޓޫބަރު 2008
| termend2 = 2 ފެބުރުވަރީ 2009
| alma_mater = [[އަލްއަޒުހަރު ޔުނިވަރސިޓީ|އަލްއަޒްހަރު ޔުނިވަރސިޓީ]]، [[މިޞްރު]]
| caption = ޑރ. އަޙްމަދު ޢަބްދުﷲ ދީދީ

ޑރ. އަޙްމަދު ޢަބްދުﷲ ދީދީ އަކީ [[މިޞްރު]]ގެ [[އަލްއަޒުހަރު ޔުނިވަރސިޓީ|އަލްއަޒްހަރު ޔުނިވަރސިޓީ]] އިން ޤާނޫނީ ދާއިރާ (ސިޔާސާ ޝަރްޢިއްޔާ) އިން ޑރ އޮފް ފިލޯސަފީ ޙާޞިލް ކުރައްވާފައިވާ ބޭފުޅެކެވެ. މިއީ އައްޑޫ އަށް އުފަން ބޭފުޅެކެވެ. މިއީ ޤުރްއާން ހިތުދަސް ޙާފިޡެއް ވެސް މެއެވެ.
ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 1966 އޮކްޓޫބަރު 1ވަނަ ދުވަހު [[އައްޑުއަތޮޅު|ސ.]] [[ހިތަދޫ (އައްޑުއަތޮޅު)|ހިތަދޫ]]ގައެވެ. އިބްތިދާއީ ތަޢުލީމު [[އައްޑުއަތޮޅު|ސ.]] [[ހިތަދޫ (އައްޑުއަތޮޅު)|ހިތަދޫ]] ނޫރާނީ ސްކޫލުގައި ފުރިހަމަ ކުރެއްވުމަށްފަހު [[އިންޑިޔާ|އިންޑިއާ]]ގެ ދާރުލްޢުލޫމް މާޓްލީވާލާގައި ޢުމުރުފުޅުން 13 އަހަރުފުޅުގައި ޤުރްއާން ހިތުދަސްކުރެއްވިއެވެ. އިޢުދާދީ ތަޢުލީމު [[މާލެ|މާލޭ]]ގެ މައުޙަދުއްދިރާސާތިލްއިސްލާމިއްޔާގައި ފުރިހަމަކުރެއްވުމަށް ފަހު ޘާނަވީ ތަޢުލީމު [[މިޞްރު]]ގެ [[ޤާހިރާ]]ގެ ސެކަންޑަރީ އިންސްޓިޓިއުޓެއްގައި ފުރިހަމަކުރެއްވިއެވެ.
ޑރ. އަޙްމަދު ޢަބްދުﷲ ދީދީ ވަނީ [[މިޞްރު]]ގެ [[ޤާހިރާ]]ގައި ހުންނަ [[އަލްއަޒުހަރު ޔުނިވަރސިޓީ|އަލްއަޒްހަރު ޔުނިވަރސިޓީ]]ގެ ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯ ގައި އިސްލާމީ ޝަރީޢާ އާއި، ޕޮޒިޓިވް ލޯ (ވަޟްޢީ ޤާނޫނު) މި ދެ ދާއިރާއިން އޮނާރސް ޑިގްރީ ޙާޞިލުކުރައްވައިފައެވެ. އޭގެ ފަހުން ހަމަ އެފެކަލްޓީގައި 2 އަހަރު ދުވަހުގެ މުއްދަތަށް ޕަބްލިކް ލޯޑިޕާޓްމެންޓެއްގައި ޕޮސްޓް ގްރެޖުއޭޓް ކޯރސްވޯރކް ޕްރޮގްރާމް ފުރިހަމަކުރެއްވިއެވެ.
ޑރ. އަޙްމަދު ޢަބްދުﷲ ދީދީ މާސްޓާރސް ޑިގްރީ ޙާޞިލުކުރެއްވުމަށް ލިޔުއްވި 527 ޞަފްޙާގެ ތީސިސްގެ މައުޟޫޢަކީ '''"ދިވެހިރާއްޖޭގެ ޤާނޫނު ހެދުމުގެ ބާރު، އިސްލާމީ ސިޔާސީ ނިޒާމާއި، ކޮންޓެމްޕޮރަރީ ސިޔާސީ ނިޒާމުތަކާއި ކޮމްޕެއަރކޮށް"''' މި އެވެ. ކޮންސްޓިޓިއުޝަނަލް ލޯ އިން މާސްޓާރސް ޙާޞިލުކުރެއްވުމަށް ފަހު ޕަބްލިކް އިންޓަނޭޝަނަލް ލޯ އިން ޕީއެޗްޑީ ޙާޞިލުކުރެއްވިއެވެ. ޕީއެޗްޑީ ހެއްދެވުމަށް ލިޔުއްވި 500 ޞަފްޙާގެ ތީސިސްގެ މައުޟޫޢަކީ '''"އިސްލާމީ ފިޤްހާއި ޕަބްލިކް އިންޓަނޭޝަނަލް ލޯގައި ބައިނަލްއަޤްވާމީ މުޢާހަދާތައް ނިމިގެންދާ ގޮތްތައް"''' މި އެވެ. މި ތީސިސް އަށް ޑޮކްޓަރ އޮފް ލޯ އެވޯޑްކުރެވިފައިވަނީ ތަފާތު ޔުނިވަރސިޓީތަކާއެކު ތީސިސް އެކްސްޗޭންޖްކުރުމަށް ރިކަމަންޑް ކުރުމާ އެކު ފަސްޓް ކްލާސް އޮނާރސްގެ ދަރަޖައިންނެވެ.
ޑރ. އަޙްމަދު ޢަބްދުﷲ ދީދީ އަކީ 1996ވަނަ އަހަރުން ފެށިގެން ދިވެހިރާއްޖޭގެ ކޯޓުތަކުގައި ވަކާލާތުކުރެއްވުމުގެ ހުއްދަ ލިބިވަޑައިގެންފައިއިވާ ޤާނޫނީ ވަކީލެކެވެ. އަދި މެދު އިރުމަތީގެ ބާރ އެސޯސިއޭޝަންތަކުން ޤަބޫލުކުރާ އެޓާނީއެކެވެ. ޑރ. އަޙްމަދު ޢަބްދުﷲ ދީދީ ވަނީ އިޖިޕްޝަން ސޮސައިޓީ އޮފް އިންޓަނޭޝަނަލް ލޯ އަދި ދިވެހިރާއްޖޭގެ އިސްލާމީ ފިޤްހު އެކަޑަމީގެ މެންބަރުކަން ކުރައްވައިފައެވެ. މީގެއިތުރުން ކުއްލިއްޔަތުއްދިރާސާތިލްއިސްލާމިއްޔާއާއި މޯލްޑިވްސް ކޮލެޖް ފޮރ ހަޔަރ އެޑިޔުކޭޝަންގެ ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯގައި ކިޔަވައިދެއްވައިފައިވެއެވެ. އެ މަނިކުފާނަކީ ކޮމްޕެރޭޓިވް ލޯގެ ތަފާތު މައުޟޫތައް ދިރާސާ ކުރައްވާފައިވާ ޕަބްލިކް ލޯގެ ތަޖުރިބާކާރެކެވެ.
ޑރ. އަޙްމަދު ޢަބްދުﷲ ދީދީ ވަނީ 2008 އޮކްޓޫބަރު 22ވަނަ ދުވަހުން ފެށިގެން 2009 ފެބުރުވަރީ 2ވަނަ ދުވަހުގެ ނިޔަލަށް ދިވެހިރާއްޖޭގެ އެޓަރނީ ޖެނެރަލްގެ ނާއިބުކަން ކުރައްވައިފައެވެ. [[ރައްޔިތުންގެ މަޖިލިސް|ރައްޔިތުންގެ މަޖިލީހުގެ]] ކައުންސެލް ޖެނެރަލްކަމުގައި 2010ވަނަ އަހަރު ހުންނެވިއެވެ. 2010 އޮގަސްޓު 10ވަނަ ދުވަހުން ފެށިގެން 2018 ޖޫން 28ވަނަ ދުވަހުގެ ނިޔަލަށް [[ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު]]ގެ ފަނޑިޔާރުކަން ކުރައްވައިފައިވެއެވެ. މީގެއިތުރުން 2018 ޖޫން 28ވަނަ ދުވަހުން ފެށިގެން 2019ވަނަ ނޮވެންބަރު 18ވަނަ ދުވަހުގެ ނިޔަލަށް ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުކަން ކުރައްވައިފައިވެއެވެ.
[[ޤިސްމު:ޕީއެޗްޑީ ހަދާފައިވާ ދިވެހިން]]
[[ޤިސްމު:ޙަޔާތުނާމާ]]
[[ޤިސްމު:ދިވެހިރާއްޖޭގެ ދީނީ ޢިލްމުވެރީން]]
2ripn60bhkox90ivxeqrpwzdcl7n1ji
137668
137667
2026-04-30T14:11:54Z
Memberuser
25611
137668
wikitext
text/x-wiki
{{Infobox officeholder
| name = އަޙްމަދު ޢަބްދުﷲ ދީދީ
| native_name_lang = dv
| image = Ahmed Abdulla Didi (cropped).jpg
| office = ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު
| term_start = 28 ޖޫން 2018
| term_end = 18 ނޮވެންބަރު 2019
| nominator = [[ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް]]
| predecessor = [[އަލްއުސްތާޛު ޢަބްދުﷲ ސަޢީދު]]
| successor = [[އަޙްމަދު މުޢުތަޞިމް ޢަދުނާން]]
| birth_date = {{Birth date and age|1966|10|1|df=yes}}
| birth_place = [[ހިތަދޫ (އައްޑުއަތޮޅު)|ސ. ހިތަދޫ]]، [[ދިވެހިރާއްޖެ]]
| death_date =
| death_place =
| spouse =
| children =
| education = ދާރުލްޢުލޫމް މާޓްލީވާލާ، [[އިންޑިޔާ|އިންޑިއާ]]
މަޢުހަދުއްދިރާސާތިލްއިސްލާމިއްޔާ، [[ދިވެހިރާއްޖެ]]

eb0zh59d6sdoxua53koga1qrx2nr174
137669
137668
2026-04-30T14:12:10Z

ޑރ. އަޙްމަދު ޢަބްދުﷲ ދީދީ މާސްޓާރސް ޑިގްރީ ޙާޞިލުކުރެއްވުމަށް ލިޔުއްވި 527 ޞަފްޙާގެ ތީސިސްގެ މައުޟޫޢަކީ '''"ދިވެހިރާއްޖޭގެ ޤާނޫނު ހެދުމުގެ ބާރު، އިސްލާމީ ސިޔާސީ ނިޒާމާއި، ކޮންޓެމްޕޮރަރީ ސިޔާސީ ނިޒާމުތަކާއި ކޮމްޕެއަރކޮށް"''' މި އެވެ. ކޮންސްޓިޓިއުޝަނަލް ލޯ އިން މާސްޓާރސް ޙާޞިލުކުރެއްވުމަށް ފަހު ޕަބްލިކް އިންޓަނޭޝަނަލް ލޯ އިން ޕީއެޗްޑީ ޙާޞިލުކުރެއްވިއެވެ. ޕީއެޗްޑީ ހެއްދެވުމަށް ލިޔުއްވި 500 ޞަފްޙާގެ ތީސިސްގެ މައުޟޫޢަކީ '''"އިސްލާމީ ފިޤްހާއި ޕަބްލިކް އިންޓަނޭޝަނަލް ލޯގައި ބައިނަލްއަޤްވާމީ މުޢާހަދާތައް ނިމިގެންދާ ގޮތްތައް"''' މި އެވެ. މި ތީސިސް އަށް ޑޮކްޓަރ އޮފް ލޯ އެވޯޑްކުރެވިފައިވަނީ ތަފާތު ޔުނިވަރސިޓީތަކާ އެކު ތީސިސް އެކްސްޗޭންޖްކުރުމަށް ރިކަމަންޑް ކުރުމާ އެކު ފަސްޓް ކްލާސް އޮނާރސްގެ ދަރަޖައިންނެވެ.
ޑރ. އަޙްމަދު ޢަބްދުﷲ ދީދީ އަކީ 1996ވަނަ އަހަރުން ފެށިގެން ދިވެހިރާއްޖޭގެ ކޯޓުތަކުގައި ވަކާލާތުކުރެއްވުމުގެ ހުއްދަ ލިބިވަޑައިގެންފައިއިވާ ޤާނޫނީ ވަކީލެކެވެ. އަދި މެދު އިރުމަތީގެ ބާރ އެސޯސިއޭޝަންތަކުން ޤަބޫލުކުރާ އެޓާނީއެކެވެ. ޑރ. އަޙްމަދު ޢަބްދުﷲ ދީދީ ވަނީ އިޖިޕްޝަން ސޮސައިޓީ އޮފް އިންޓަނޭޝަނަލް ލޯ އަދި ދިވެހިރާއްޖޭގެ އިސްލާމީ ފިޤްހު އެކަޑަމީގެ މެންބަރުކަން ކުރައްވައިފައެވެ. މީގެއިތުރުން ކުއްލިއްޔަތުއްދިރާސާތިލްއިސްލާމިއްޔާއާއި މޯލްޑިވްސް ކޮލެޖް ފޮރ ހަޔަރ އެޑިޔުކޭޝަންގެ ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯގައި ކިޔަވައިދެއްވައިފައިވެއެވެ. އެ މަނިކުފާނަކީ ކޮމްޕެރޭޓިވް ލޯގެ ތަފާތު މައުޟޫތައް ދިރާސާ ކުރައްވާފައިވާ ޕަބްލިކް ލޯގެ ތަޖުރިބާކާރެކެވެ.
ޑރ. އަޙްމަދު ޢަބްދުﷲ ދީދީ ވަނީ 2008 އޮކްޓޫބަރު 22ވަނަ ދުވަހުން ފެށިގެން 2009 ފެބުރުވަރީ 2ވަނަ ދުވަހުގެ ނިޔަލަށް ދިވެހިރާއްޖޭގެ އެޓަރނީ ޖެނެރަލްގެ ނާއިބުކަން ކުރައްވައިފައެވެ. [[ރައްޔިތުންގެ މަޖިލިސް|ރައްޔިތުންގެ މަޖިލީހުގެ]] ކައުންސެލް ޖެނެރަލްކަމުގައި 2010ވަނަ އަހަރު ހުންނެވިއެވެ. 2010 އޮގަސްޓު 10ވަނަ ދުވަހުން ފެށިގެން 2018 ޖޫން 28ވަނަ ދުވަހުގެ ނިޔަލަށް [[ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު]]ގެ ފަނޑިޔާރުކަން ކުރައްވައިފައިވެއެވެ. މީގެއިތުރުން 2018 ޖޫން 28ވަނަ ދުވަހުން ފެށިގެން 2019ވަނަ ނޮވެންބަރު 18ވަނަ ދުވަހުގެ ނިޔަލަށް ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުކަން ކުރައްވައިފައިވެއެވެ.
[[ޤިސްމު:ޕީއެޗްޑީ ހަދާފައިވާ ދިވެހިން]]
[[ޤިސްމު:ޙަޔާތުނާމާ]]
[[ޤިސްމު:ދިވެހިރާއްޖޭގެ ދީނީ ޢިލްމުވެރީން]]
4iz0mpzsiq93on632pp0ugpoisfqduo
ސާޖިދާ މުހައްމަދު
0
15156
137674
132632
2026-05-01T09:43:20Z
Memberuser
25611
137674
wikitext
text/x-wiki
{{infobox
|header3 = '''ސާޖިދާ މުހައްމަދު'''

[[File:Saajidha.png|thumb|right]]:Image
|header4 =  ދިވެހިރާއްޖޭގެ 7ވަނަ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން
|label5 = ރައިސްކަން ލިބިވަޑައިގެންނެވީ
||data5 = 17 ނޮވެމްބަރު 2023
|label6 ރައީސް= މުއިއްޒު
|data6 =
|label7 =ކުރިން ވެރިކަން ކުރެއްވީ
|data7 =[[އިބްރާހީމް މުހައްމަދު ސޯލިހު]]
|label8 =ފަހުން ވެރިކަން ކުރެއްވީ
|data8 =[[މުހައްމަދު މުއިއްޒު]]
|label9 =
|data9 =
|header10 = _________________________________
|label11 = ޤައުމު
|data11 =[[ދިވެހިރާއްޖެ]]
|label12 = އުފަންވީ
|data12 =[[މާލެ]] [[ދިވެހިރާއްޖެ]]
|label13 = އުފަންވީ ތާރީޚް
|label14 =
|data14 =
|data14
|label15 =
|data15
|label16 = ވަޅުލެވިފައިވަނީ
|data16 =
|label17 =ފިރިކަލުން
|data17 = [[މުހައްމަދު މުއިއްޒު]]
|label18 =ދަރިކަލުންނާއި ދަރިކަނބަލުން
|data18 =3

'''ސާޖިދާ މުހައްމަދު(އިނގިރޭސި:''' Sajidha Mohamed) އަކީ ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ގެ އަނބިކަނބަލުން ނެވެ. ސާޖިދާ އުފަންވެވަޑައިގަތިި 1978 ވަނަ އަހަރުަގެ އޮގަސްޓު މަހުގެ 6 ވަނަދުވަހު މާލޭ ބާބުލް އަވާލީގޭގައެވެ އެވެ. ސާޖިދާ އަދި ރައީސް މުއިއްޒުގެ ކައިވެނިން 3 ކުދިން ލިބިލެއްވި އެވެ.
h6ucztp98oo2ebmh3ngo6vbugqiejxg
ޑރ. ޢަލީ ޒާހިރު
0
15298
137661
137491
2026-04-30T13:06:23Z
Memberuser
25611
137661
wikitext
text/x-wiki
{{Infobox officeholder
| name = ޑރ. ޢަލީ ޒާހިރު
| office = [[ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ]]ގެ ވައިސް ޗާންސެލަރު
| image = Inauguration of Maldives Zakat House (36).jpg
| term_start = 19 ނޮވެންބަރު 2023
| president = [[މުޙައްމަދު މުޢިއްޒު]]
| alma_mater = އިސްލާމިކް ޔުނިވަރސިޓީ އޮފް މަދީނާ
އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ [[މެލޭޝިޔާ]]
| caption = ޑރ. ޢަލީ ޒާހިރު، (ކަނާތުގައި)
| awards = އިސްލާމްދީނަށް ހޭލުންތެރިކަން އިތުރުކުރުމާއި، ދީނަށް ޚިދުމަތް ކުރުމާއި، ދީނީ ޢިލްމު އުނގަންނައިދިނުމުގެ ދާއިރާއިން؛ ދީނީ ރޮނގުން ޚިދުމަތް ކުރުމާއި، ހޭލުންތެރިކަން އިތުރުކުރުމުގެ ރޮނގުން ހިތްވަރު ދިނުމުގެ ޤައުމީ އިނާމު - 2022
| termstart1 = 17 އޭޕްރީލް 2024
| termend1 =
| office1 = [[އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލިސް|އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލީހުގެ]] މެންބަރު
| predecessor = [[އިބްރާހީމް ޒަކަރިއްޔާ މޫސާ]]

ޑރ. ޢަލީ ޒާހިރަކީ [[މިލަދުންމަޑުލު ދެކުނުބުރި|ނ.]] [[މަނަދޫ (ނ. އަތޮޅު)|މަނަދޫ]]އަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅެކެވެ.
ޑރ. ޢަލީ ޒާހިރު ބެޗްލަރސް ޑިގުރީ ޙާޞިލުކުރެއްވީ [[ސައޫދީ އަރަބިއްޔާ|ސަޢޫދީ ޢަރަބިއްޔާ]]ގެ [[މަދީނާ]]ގެ އިސްލާމިކް ޔުނިވަރސިޓީން [[އިސްލާމް ދީން|އިސްލާމް ދީނާއި]] [[ޙަދީޘް]] ޢިލްމުގެ ދާއިރާއިންނެވެ. މާސްޓާރސް ޑިގުރީ ޙާޞިލުކުރެއްވީ [[މެލޭޝިޔާ]]ގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީންނެވެ. ޕީއެޗްޑީ ޙާޞިލުކުރެއްވީ އިސްލާމިކް ރިވީލްޑް ނޮލެޖް އެންޑް ހެރިޓޭޖް ([[ފިޤްހު]] އެންޑް އުޞޫލުލްފިޤްހު) ގެ ދާއިރާއިން [[މެލޭޝިޔާ]]ގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީންނެވެ.
ޑރ. ޢަލީ ޒާހިރު ވަނީ އަލްމަދްރަސަތުލްޢަރަބިއްޔަތުލްއިސްލާމިއްޔާގައި ކިޔަަވައިދެއްވައިފައެވެ. އަދި 2009ވަނަ އަހަރު [[ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ]]އާ ގުޅިވަޑައިގެން ކިޔަވައިދެއްވަން ފެއްޓެވިއެވެ. މީގެއިތުރުން ޑރ. ޢަލީ ޒާހިރު ވަނީ [[ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ]]ގެ ފެކަލްޓީ އޮފް ޝަރީޢާގެ ލޯގެ ޑީންކަމާއި އެސިސްޓަންޓް ޕްރޮފެސަރުކަން ކުރައްވައިފައެވެ. ޑރ. ޢަލީ ޒާހިރު މިހާރު ހުންނެވީ [[ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ]]ގެ ވައިސް ޗާންސެލަރުގެ މަޤާމުގައެވެ. އަދި އެ މަނިކުފާނަކީ [[އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލިސް|އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލީހުގެ]] މެންބަރެއް ވެސް މެއެވެ.
ޑރ. ޢަލީ ޒާހިރަކީ، ދީނީ ރޮނގުން ޢާންމުން ހޭލުންތެރިކުރުވުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަަވާ ބޭފުޅެކެވެ. މި ގޮތުން، ދީނީ ދަރުސްތަކާއި، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒާއި، އަމިއްލަ ޖަމްޢިއްޔާ ޖަމާޢަތްތަކާއި، ކައުންސިލްތަކާ ގުޅިގެން ރަށްރަށަށް ވަޑައިގެންވެސް ދީނީ ވާރކްޝޮޕްތަކާއި ފޯރަމްތައް ހިންގަވަމުން ގެންދަވައެވެ. އަދި ޓީވީއާއި ރޭޑިއޯ ޕުރޮގުރާމުތައް އުފައްދަވައި ހުށަހަޅުއްވައިދެއްވަމުން ގެންދަވައެވެ.
ޑރ. ޢަލީ ޒާހިރަކީ، ޢާއިލީ މައްސަލަތަކުގައްޔާއި، އަމިއްލަ މައްސަލަތަކުގައި، އިސްލާމިކް ކައުންސެލިންގގެ ޚިދުމަތް ފޯރުކޮށްދެއްވަމުން ގެންދަވާ، ޢާންމު ފަރުދުންގެ އެދުމުން ގޭގެއަށް ވަޑައިގެން ވެސް ދީނީ މަޢުލޫމާތު ފޯރުކޮށްދެއްވައި ސުވާލުތަކަށް ޖަވާބު ދެއްވާ ބޭފުޅެކެވެ. އަދި ސޯޝަލް މީޑިއާ މެދުވެރިކޮށްގެން ދީނީ މަޢުލޫމާތު ފެތުރުއްވުމާއި، ދީނީ ސުވާލުތަކަށް ޖަވާބު ދެއްވުމާއި، ވެބްސައިޓްތަކާއި، އޮންލައިން މަޖައްލާތަކުގައި ދީނީ މަޒުމޫނު ލިޔުއްވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. "މުސްލިމުންގެ ގުޅުން" ޖަމްޢިއްޔާއާ ގުޅިގެން [[މާލެ|މާލޭ]]ގެ ބައެއް މިސްކިތްތަކުގައި، ޙަދީޘް ކުލާސްތަކާއި، ތަފްސީރު ކުލާސްތައް ނަންގަވައިދެއްވާ ބޭފުޅެއް ވެސް މެއެވެ. މީގެއިތުރުން، 2019 އިން ފެށިގެން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ޝަރީޢާ އެޑްވައިޒަރީ ކޮމިޓީގެ މެންބަރެއްގެ ހައިސިއްޔަތުން ދީނީގޮތުން ޚިލާފު އުފެދޭ މައްސަލަތަކުގައި ދީނީ ރައުޔު ހިއްސާ ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. ޢަލީ ޒާހިރު ވަނީ، "ތުއްތު ކުދީންގެ ނަމާދު" ފޮތް މުރާޖަޢާ ކުރައްވައިފައެވެ.
ޑރ. ޢަލީ ޒާހިރު ވަނީ [[ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ]]ން ހިންގާ އިމާމުކަމުގެ ޑިޕްްލޮމާ ކޯހާއި، އިމާމުކަމުގެ ޑިގްރީ ކޯހުގައި ޢަޤީދާ މޮޑިއުލް، ޕާޓްޓައިމް ލެކްޗަރަރއެއްގެ ގޮތުން ކިޔަވައިދެއްވައިފައެވެ. އަދި ޢުޔޫން އިންސްޓިޓިއުޓްގެ ޑީންގެ ގޮތުގައި ހުންނަވައިގެން އެ އިންސްޓިޓިއުޓްގެ ދަރިވަރުންނަށް 2021ވަނަ އަހަރުން ފެށިގެން، އިސްލާމް ދީނާ ގުޅޭ މައިގަނޑު އަސާސްތަކާއި، އިސްލާމިކް ސްޓަޑީޒް ކިޔަވައިދެއްވައިފައިވެއެވެ.
ޝަރުޢީ ޢިލްމުގެ ދާއިރާއާ ގުޅުންހުރި ޤައުމީ އަދި ބައިނަލްއަޤްވާމީ ފެންވަރުގެ ވަރަށް ގިނަ ވާރކްޝޮޕްތަކާއި، ސެމިނަރުތަކާއި، ސިމްޕޯޒިއަމްތަކުގައި ޑރ. ޢަލީ ޒާހިރު ބައިވެރިވެވަޑައިގެން، ތަފާތު މައުޟޫޢުތަކަށް ޢިލްމީ ކަރުދާސްތައް ހުށަހަޅުއްވައިފައިވެއެވެ.
ޑރ. ޢަލީ ޒާހިރަކީ، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ ޝަރީޢާ ކޮމިޓީގެ ޗެއަރމަންކަމާއި، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ޒަކާތުގެ ކަންކަމާ ބެހޭ ޝަރީޢާ އެޑްވައިޒަރީ ކޮމިޓީގެ މެންބަރުކަމާއި، އެޗްޑީއެފްސީ އަމްނާގެ ޝަރީޢާ ކޮމިޓީ މެންބަރުކަން ވެސް ކުރައްވައިފައިވާ ބޭފުޅެކެވެ. އަދި އަމާނާ ތަކާފުލް މޯލްޑިވްސްގެ ޝަރީޢާ ކޮމިޓީގެ މެންބަރުކަން ވެސް ކުރައްވައިފައިވެއެވެ.
ޑރ. ޢަލީ ޒާހިރު ވަނީ [[ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ]]ގެ ކައުންސިލްގެ މެންބަރުކަމާއި، އެކެޑަމިކް ސެނެޓްގެ މެންބަރުކަމާއި، ހަޔަރ ޑިގްރީޒް ކޮމިޓީގެ މެންބަރުކަމާއި، ޕްރޮމޯޝަން ބޯޑުގެ މެންބަރުކަމާއި، ކޮމިޓީ އޮން ކޯސަސްގެ މެންބަރުކަން ވެސް ކުރައްވައިފައެވެ.
ޑރ. ޢަލީ ޒާހިރަށް 2022ވަނަ އަހަރު ވަނީ ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހިތްވަރުދިނުމުގެ ޤައުމީ އިނާމު އިސްލާމްދީނަށް ހޭލުންތެރިކަން އިތުރުކުރުމާއި، ދީނަށް ޚިދުމަތް ކުރުމާއި، ދީނީ ޢިލްމު އުނގަންނައިދިނުމުގެ ދާއިރާއިން؛ ދީނީ ރޮނގުން ޚިދުމަތް ކުރުމާއި، ހޭލުންތެރިކަން އިތުރުކުރުމުގެ ރޮނގުން ލިބިވަޑައިގެންފައެވެ.
[[ޤިސްމު:ޕީއެޗްޑީ ހަދާފައިވާ ދިވެހިން]]
[[ޤިސްމު:ޙަޔާތުނާމާ]]
[[ޤިސްމު:ދިވެހިރާއްޖޭގެ ދީނީ ޢިލްމުވެރީން]]
6rmfg4m0toteprrqoa1jg54011xj2p3
137662
137661
2026-04-30T13:07:22Z
Memberuser
25611
137662
wikitext
text/x-wiki
{{Infobox officeholder
| name = ޑރ. ޢަލީ ޒާހިރު
| office = [[ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ]]ގެ ވައިސް ޗާންސެލަރު
| image = Inauguration of Maldives Zakat House (36).jpg
| term_start = 19 ނޮވެންބަރު 2023
| president = [[މުޙައްމަދު މުޢިއްޒު]]
| alma_mater = އިސްލާމިކް ޔުނިވަރސިޓީ އޮފް މަދީނާ
އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ [[މެލޭޝިޔާ]]
| caption = ޑރ. ޢަލީ ޒާހިރު، (ކަނާތުގައި)
| awards = އިސްލާމްދީނަށް ހޭލުންތެރިކަން އިތުރުކުރުމާއި، ދީނަށް ޚިދުމަތް ކުރުމާއި، ދީނީ ޢިލްމު އުނގަންނައިދިނުމުގެ ދާއިރާއިން؛ ދީނީ ރޮނގުން ޚިދުމަތް ކުރުމާއި، ހޭލުންތެރިކަން އިތުރުކުރުމުގެ ރޮނގުން ހިތްވަރު ދިނުމުގެ ޤައުމީ އިނާމު - 2022
| termstart1 = 17 އެޕްރީލް 2024
| termend1 =
| office1 = [[އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލިސް|އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލީހުގެ]] މެންބަރު
| predecessor = [[އިބްރާހީމް ޒަކަރިއްޔާ މޫސާ]]

ޑރ. ޢަލީ ޒާހިރަކީ [[މިލަދުންމަޑުލު ދެކުނުބުރި|ނ.]] [[މަނަދޫ (ނ. އަތޮޅު)|މަނަދޫ]]އަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅެކެވެ.
ޑރ. ޢަލީ ޒާހިރު ބެޗްލަރސް ޑިގުރީ ޙާޞިލުކުރެއްވީ [[ސައޫދީ އަރަބިއްޔާ|ސަޢޫދީ ޢަރަބިއްޔާ]]ގެ [[މަދީނާ]]ގެ އިސްލާމިކް ޔުނިވަރސިޓީން [[އިސްލާމް ދީން|އިސްލާމް ދީނާއި]] [[ޙަދީޘް]] ޢިލްމުގެ ދާއިރާއިންނެވެ. މާސްޓާރސް ޑިގުރީ ޙާޞިލުކުރެއްވީ [[މެލޭޝިޔާ]]ގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީންނެވެ. ޕީއެޗްޑީ ޙާޞިލުކުރެއްވީ އިސްލާމިކް ރިވީލްޑް ނޮލެޖް އެންޑް ހެރިޓޭޖް ([[ފިޤްހު]] އެންޑް އުޞޫލުލްފިޤްހު) ގެ ދާއިރާއިން [[މެލޭޝިޔާ]]ގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީންނެވެ.
ޑރ. ޢަލީ ޒާހިރު ވަނީ [[ޢަރަބިއްޔާ ސްކޫލު|އަލްމަދްރަސަތުލްޢަރަބިއްޔަތުލްއިސްލާމިއްޔާ]]ގައި ކިޔަަވައިދެއްވައިފައެވެ. އަދި 2009ވަނަ އަހަރު [[ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ]]އާ ގުޅިވަޑައިގެން ކިޔަވައިދެއްވަން ފެއްޓެވިއެވެ. މީގެއިތުރުން ޑރ. ޢަލީ ޒާހިރު ވަނީ [[ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ]]ގެ ފެކަލްޓީ އޮފް ޝަރީޢާގެ ލޯގެ ޑީންކަމާއި އެސިސްޓަންޓް ޕްރޮފެސަރުކަން ކުރައްވައިފައެވެ. ޑރ. ޢަލީ ޒާހިރު މިހާރު ހުންނެވީ [[ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ]]ގެ ވައިސް ޗާންސެލަރުގެ މަޤާމުގައެވެ. އަދި އެ މަނިކުފާނަކީ [[އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލިސް|އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލީހުގެ]] މެންބަރެއް ވެސް މެއެވެ.
ޑރ. ޢަލީ ޒާހިރަކީ، ދީނީ ރޮނގުން ޢާންމުން ހޭލުންތެރިކުރުވުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަަވާ ބޭފުޅެކެވެ. މި ގޮތުން، ދީނީ ދަރުސްތަކާއި، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒާއި، އަމިއްލަ ޖަމްޢިއްޔާ ޖަމާޢަތްތަކާއި، ކައުންސިލްތަކާ ގުޅިގެން ރަށްރަށަށް ވަޑައިގެންވެސް ދީނީ ވާރކްޝޮޕްތަކާއި ފޯރަމްތައް ހިންގަވަމުން ގެންދަވައެވެ. އަދި ޓީވީއާއި ރޭޑިއޯ ޕުރޮގުރާމުތައް އުފައްދަވައި ހުށަހަޅުއްވައިދެއްވަމުން ގެންދަވައެވެ.
ޑރ. ޢަލީ ޒާހިރަކީ، ޢާއިލީ މައްސަލަތަކުގައްޔާއި، އަމިއްލަ މައްސަލަތަކުގައި، އިސްލާމިކް ކައުންސެލިންގގެ ޚިދުމަތް ފޯރުކޮށްދެއްވަމުން ގެންދަވާ، ޢާންމު ފަރުދުންގެ އެދުމުން ގޭގެއަށް ވަޑައިގެން ވެސް ދީނީ މަޢުލޫމާތު ފޯރުކޮށްދެއްވައި ސުވާލުތަކަށް ޖަވާބު ދެއްވާ ބޭފުޅެކެވެ. އަދި ސޯޝަލް މީޑިއާ މެދުވެރިކޮށްގެން ދީނީ މަޢުލޫމާތު ފެތުރުއްވުމާއި، ދީނީ ސުވާލުތަކަށް ޖަވާބު ދެއްވުމާއި، ވެބްސައިޓްތަކާއި، އޮންލައިން މަޖައްލާތަކުގައި ދީނީ މަޒުމޫނު ލިޔުއްވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. "މުސްލިމުންގެ ގުޅުން" ޖަމްޢިއްޔާއާ ގުޅިގެން [[މާލެ|މާލޭ]]ގެ ބައެއް މިސްކިތްތަކުގައި، ޙަދީޘް ކުލާސްތަކާއި، ތަފްސީރު ކުލާސްތައް ނަންގަވައިދެއްވާ ބޭފުޅެއް ވެސް މެއެވެ. މީގެއިތުރުން، 2019 އިން ފެށިގެން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ޝަރީޢާ އެޑްވައިޒަރީ ކޮމިޓީގެ މެންބަރެއްގެ ހައިސިއްޔަތުން ދީނީގޮތުން ޚިލާފު އުފެދޭ މައްސަލަތަކުގައި ދީނީ ރައުޔު ހިއްސާ ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. ޢަލީ ޒާހިރު ވަނީ، "ތުއްތު ކުދީންގެ ނަމާދު" ފޮތް މުރާޖަޢާ ކުރައްވައިފައެވެ.
ޑރ. ޢަލީ ޒާހިރު ވަނީ [[ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ]]ން ހިންގާ އިމާމުކަމުގެ ޑިޕްްލޮމާ ކޯހާއި، އިމާމުކަމުގެ ޑިގްރީ ކޯހުގައި ޢަޤީދާ މޮޑިއުލް، ޕާޓްޓައިމް ލެކްޗަރަރއެއްގެ ގޮތުން ކިޔަވައިދެއްވައިފައެވެ. އަދި ޢުޔޫން އިންސްޓިޓިއުޓްގެ ޑީންގެ ގޮތުގައި ހުންނަވައިގެން އެ އިންސްޓިޓިއުޓްގެ ދަރިވަރުންނަށް 2021ވަނަ އަހަރުން ފެށިގެން، އިސްލާމް ދީނާ ގުޅޭ މައިގަނޑު އަސާސްތަކާއި، އިސްލާމިކް ސްޓަޑީޒް ކިޔަވައިދެއްވައިފައިވެއެވެ.
ޝަރުޢީ ޢިލްމުގެ ދާއިރާއާ ގުޅުންހުރި ޤައުމީ އަދި ބައިނަލްއަޤްވާމީ ފެންވަރުގެ ވަރަށް ގިނަ ވާރކްޝޮޕްތަކާއި، ސެމިނަރުތަކާއި، ސިމްޕޯޒިއަމްތަކުގައި ޑރ. ޢަލީ ޒާހިރު ބައިވެރިވެވަޑައިގެން، ތަފާތު މައުޟޫޢުތަކަށް ޢިލްމީ ކަރުދާސްތައް ހުށަހަޅުއްވައިފައިވެއެވެ.
ޑރ. ޢަލީ ޒާހިރަކީ، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ ޝަރީޢާ ކޮމިޓީގެ ޗެއަރމަންކަމާއި، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ޒަކާތުގެ ކަންކަމާ ބެހޭ ޝަރީޢާ އެޑްވައިޒަރީ ކޮމިޓީގެ މެންބަރުކަމާއި، އެޗްޑީއެފްސީ އަމްނާގެ ޝަރީޢާ ކޮމިޓީ މެންބަރުކަން ވެސް ކުރައްވައިފައިވާ ބޭފުޅެކެވެ. އަދި އަމާނާ ތަކާފުލް މޯލްޑިވްސްގެ ޝަރީޢާ ކޮމިޓީގެ މެންބަރުކަން ވެސް ކުރައްވައިފައިވެއެވެ.
ޑރ. ޢަލީ ޒާހިރު ވަނީ [[ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ]]ގެ ކައުންސިލްގެ މެންބަރުކަމާއި، އެކެޑަމިކް ސެނެޓްގެ މެންބަރުކަމާއި، ހަޔަރ ޑިގްރީޒް ކޮމިޓީގެ މެންބަރުކަމާއި، ޕްރޮމޯޝަން ބޯޑުގެ މެންބަރުކަމާއި، ކޮމިޓީ އޮން ކޯސަސްގެ މެންބަރުކަން ވެސް ކުރައްވައިފައެވެ.
ޑރ. ޢަލީ ޒާހިރަށް 2022ވަނަ އަހަރު ވަނީ ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހިތްވަރުދިނުމުގެ ޤައުމީ އިނާމު އިސްލާމްދީނަށް ހޭލުންތެރިކަން އިތުރުކުރުމާއި، ދީނަށް ޚިދުމަތް ކުރުމާއި، ދީނީ ޢިލްމު އުނގަންނައިދިނުމުގެ ދާއިރާއިން؛ ދީނީ ރޮނގުން ޚިދުމަތް ކުރުމާއި، ހޭލުންތެރިކަން އިތުރުކުރުމުގެ ރޮނގުން ލިބިވަޑައިގެންފައެވެ.
[[ޤިސްމު:ޕީއެޗްޑީ ހަދާފައިވާ ދިވެހިން]]
[[ޤިސްމު:ޙަޔާތުނާމާ]]
[[ޤިސްމު:ދިވެހިރާއްޖޭގެ ދީނީ ޢިލްމުވެރީން]]
qkf5mm95serguu5jw68fgfxx9kvsyuk
އަލްއިމާމު އަބޫ ޙަނީފާ
0
15308
137655
132520
2026-04-30T12:53:15Z
Memberuser
25611
137655
wikitext
text/x-wiki
[[ފައިލު:أبو حنيفة النعمان.png|thumb|އަބޫ ޙަނީފާގެ ނަންފުޅު (ޢަރަބިބަހުން)]]
الْإِمَامُ أَبُو حَنِيفَة އަކީ އިސްލާމީ އުންމަތުގެ ވަރަށް ބޮޑު ޢިލްމުވެރި ބޭކަލެކެވެ. އެކަލޭގެފާނު އުފަންވެވަޑައިގަތީ عَبْدُ اللَّهِ بْنُ مَرْوَان ގެ ޚިލާފަތުގައި ހިޖުރައިން 80ވަނަ އަހަރު ކޫފާގައެވެ. އެކަލޭގެފާނުގެ ފުރިހަމަ ނަންފުޅަކީ النُّعْمَانُ بنُ ثَابِتِ بنِ المَرْزُبَان التَّيْمِيُّ، الكُوْفِيُّ (އައްނުޢުމާނު ބިން ޘާބިތު ބިން އަލްމަރްޒުބާން އައްތައިމީ އަލްކޫފީ) އެވެ. "أَبُو حَنِيفَة" އަކީ އެ ކަލޭގެފާނުގެ ކުންޔާއެވެ. އެކަލޭގެފާނަކީ ސުންނަތް ޖަމާޢަތުގެ ފިޤްހީ މަޛުހަބުތަކުގެ ތެރެއިން ޙަނަފީ މަޛްހަބުގެ އިމާމެވެ. الْإِمَامُ أَبُو حَنِيفَة އުޅުއްވީ ރަސޫލާ ﷺ ގެ ޞަޙާބީ ބޭކަލުންގެ ތެރެއިން ހަގު ޞަޙާބީ ބޭކަލުންގެ ޒަމާނުގައެވެ. أَنَسُ بْنُ مَالِك (رَضِيَ اللَّهُ عَنْه) ކޫފާއަށް ވަޑައިގެންނެވިއިރު الْإِمَامُ أَبُو حَنِيفَة އަނަސްގެފާނު ދެކެވަޑައިގެންނެވިއެވެ. ނަމަވެސް އަނަސްގެފާނުގެ އަރިހުން ޢިލްމު އުނގެނިވަޑައިގެންފައެއްނުވެއެވެ.
الْإِمَامُ أَبُو حَنِيفَة ތުއްޕުޅުއިރުގައި ޤުރްއާން ހިތްޕުޅުން ދަސްފުޅުކުރެއްވިއެވެ. ޢުމުރުފުޅުން 16 އަހަރުފުޅުގައި ޙައްޖުވެވަޑައިގެންނެވިއެވެ. ޢިލްމުތަކުގެ ތެރެއިން އެންމެ ފުރަތަމަ އެކަލޭގެފާނު ދަސްކުރައްވަން ފެއްޓެވީ ދީނުގެ އުޞޫލުތަކުގެ ޢިލްމެވެ. އަދި އެއަށްފަހު ފިޤްހު ޢިލްމު ހޯއްދެވިއެވެ. މިގޮތުން ފިޤްހު ޢިލްމު އުނގެނިވަޑައިގަތް ޢިލްމުވެރިންގެ ތެރެއިން حَمَّادُ بْنُ أَبِي سُلَيمَان (رَحِمَهُ اللَّه) ފާހަގަކޮށްލެވެއެވެ. ހިޖުރައިން 120ވަނަ އަހަރު حَمَّادُ بْنُ أَبِي سُلَيمَان އަވަހާރަވުމުން ފިޤްހު އުނގަންނައިދެއްވުމަށާއި ފަތުވާދެއްވަން الْإِمَامُ أَبُو حَنِيفَة ފެއްޓެވިއެވެ.
الْإِمَامُ أَبُو حَنِيفَة ވަރަށް ގިނަ ބޭކަލުންގެ އަރިހުން ޢިލްމު ޙާޞިލުކުރެއްވިއެވެ. އޭގެތެރޭގައި حَمَّادُ بْنُ أَبِي سُلَيمَان އާއި، إبْرَاهيم بن مُحمّدُ المُنتَشرُ الكُوفِيْ އާއި، إبْرَاهِيمُ بن يَزِيدُ النّخَعِي الكُوفِيْ އާއި، أَيُّوبُ السَّخْتِيَانِيْ البَصَرِيْ، (رَحِمَهُمُ اللَّه) ހިމެނިވަޑައިގަންނަވައެވެ. އަބޫ ޙަނީފާގެ ދަރިވަރުންގެ ތެރޭގައި الشَّيْخُ أَبُو يُوسُفُ يَعقُوبُ بن إِبْرَاهِيم އާއި مُحَمِّدُ بُن الحَسَنُ الشَّيْبَانِي (رَحِمَهُمُ اللَّه) ފާހަގަކޮށްލެވެއެވެ. الشَّيْخُ أَبُو يُوسُف އަކީ ޢައްބާސީ ދައުލަތުގެ ޤާޟީކަން ކުރެއްވި ބޭކަލެކެވެ. އެކަލޭގެފާނު ޤާޟީކަމަށް އައްޔަންކުރެއްވުމާ އެކު ޢައްބާސީ ދައުލަތުގެ މަޛްހަބަކީ ޙަނަފީ މަޛްހަބުކަމުގައި ވެގެންދިޔައެވެ. އަދި އެހެނިހެން ބައެއް ދައުލަތްތަކުގެ ވެސް ރަސްމީ މަޛްހަބުކަމުގައި ޙަނަފީ މަޛުހަބު ފަހުން ކަނޑައެޅުނެވެ.
އެކަލޭގެފާނު ކުރައްވައި އުޅުއްވި މަސައްކަތްޕުޅަކީ ވިޔަފާރިކުރެއްވުމެވެ. ކިޔަވައިވިދާޅުވާން އުޅުއްވިއިރު ވެސް ވިޔަފާރިކުރައްވަމުންގެންދެވިއެވެ. ކޫފާގައި އެ ކަލޭގެފާނުގެ ފަށުވި ފޭރާން ވިއްކާ ފިހާރައެއް ހުއްޓެވެ.
[[ފައިލު:جامع الإمام الأعظم.jpg|thumb|ބަޣުދާދުގައި ހުންނަ ޖާމިޢުލް އިމާމުލް އަޢުޡަމް އަބޫ ޙަނީފާ]]
ޢައްބާސީ ޚަލީފާ أَبُو جَعْفَر الْمَنْصُور، އިސްލާމީ އުއްމަތުގެ ޤާޟީއަކަށްވެވަޑައިގަތުމަށް الْإِمَامُ أَبُو حَنِيفَة އަށް ދެންނެވިއެވެ. އެ ކަލޭގެފާނު މި ކަމަށް އިންކާރުކުރެއްވުމުން ބަޣުދާދުގެ ޖަލަށް ލައްވައި އަދަބު ދެއްވިއެވެ. ދެން ވެސް އެ ކަލޭގެފާނު އެ ކަމަށް އިންކާރުކުރެއްވިއެވެ. الْإِمَامُ أَبُو حَنِيفَة އަވަހާރަވީ އެ ގޮތަށް ޖަލުގައި އޮންނަވައި ކަލޭގެފާނުގެ ޢުމުރުފުޅުން 70 އަހަރުފުޅުގައި ހިޖުރައިން 150ވަނަ އަހަރު ބަޣުދާދުގައެވެ. އެއީ [[އަލްއިމާމުއް ޝާފިޢީ|الْإِمَامُ الشَّافِعِي]] ދުނިޔޭގެ އަލިކަން ދެކެވަޑައިގެންނެވި އަހަރެވެ. الْإِمَامُ أَبُو حَنِيفَة ފަސްދާނުލެވިފައިވަނީ ބަޣްދާދުގެ ޚައިޒަރާން މަޤްބަރާގައެވެ. جامع الإمام الأعظم أبو حنيفة (ޖާމިޢުލްއިމާމުލްއަޢުޡަމް އަބޫ ޙަނީފާ) ކިޔާ މިސްކިތް ބިނާކުރެވިފައި ވަނީ މި ތަނުގައެވެ.
== މަރުޖިޢުތައް ==
https://mansooradam.blogspot.com/2020/05/blog-post_5.html
https://dhisalafiyyah.net/article/21195
[[ޤިސްމު:ހަތަރު މަޛުހަބުގެ އިމާމުން]]
8sjia7o9ommpb7sct0c6pg5ndcg7496
137656
137655
2026-04-30T12:53:31Z
Memberuser
25611
137656
wikitext
text/x-wiki
[[ފައިލު:أبو حنيفة النعمان.png|thumb|އަބޫ ޙަނީފާގެ ނަންފުޅު (ޢަރަބިބަހުން)]]
الْإِمَامُ أَبُو حَنِيفَة އަކީ އިސްލާމީ އުންމަތުގެ ވަރަށް ބޮޑު ޢިލްމުވެރި ބޭކަލެކެވެ. އެކަލޭގެފާނު އުފަންވެވަޑައިގަތީ عَبْدُ اللَّهِ بْنُ مَرْوَان ގެ ޚިލާފަތުގައި ހިޖުރައިން 80ވަނަ އަހަރު ކޫފާގައެވެ. އެކަލޭގެފާނުގެ ފުރިހަމަ ނަންފުޅަކީ النُّعْمَانُ بنُ ثَابِتِ بنِ المَرْزُبَان التَّيْمِيُّ، الكُوْفِيُّ (އައްނުޢުމާނު ބިން ޘާބިތު ބިން އަލްމަރްޒުބާން އައްތައިމީ އަލްކޫފީ) އެވެ. "أَبُو حَنِيفَة" އަކީ އެ ކަލޭގެފާނުގެ ކުންޔާއެވެ. އެކަލޭގެފާނަކީ ސުންނަތް ޖަމާޢަތުގެ ފިޤްހީ މަޛުހަބުތަކުގެ ތެރެއިން ޙަނަފީ މަޛްހަބުގެ އިމާމެވެ. الْإِمَامُ أَبُو حَنِيفَة އުޅުއްވީ ރަސޫލާ ﷺ ގެ ޞަޙާބީ ބޭކަލުންގެ ތެރެއިން ހަގު ޞަޙާބީ ބޭކަލުންގެ ޒަމާނުގައެވެ. أَنَسُ بْنُ مَالِك (رَضِيَ اللَّهُ عَنْه) ކޫފާއަށް ވަޑައިގެންނެވިއިރު الْإِمَامُ أَبُو حَنِيفَة އަނަސްގެފާނު ދެކެވަޑައިގެންނެވިއެވެ. ނަމަވެސް އަނަސްގެފާނުގެ އަރިހުން ޢިލްމު އުނގެނިވަޑައިގެންފައެއްނުވެއެވެ.
الْإِمَامُ أَبُو حَنِيفَة ތުއްޕުޅުއިރުގައި ޤުރްއާން ހިތްޕުޅުން ދަސްފުޅުކުރެއްވިއެވެ. ޢުމުރުފުޅުން 16 އަހަރުފުޅުގައި ޙައްޖުވެވަޑައިގެންނެވިއެވެ. ޢިލްމުތަކުގެ ތެރެއިން އެންމެ ފުރަތަމަ އެކަލޭގެފާނު ދަސްކުރައްވަން ފެއްޓެވީ ދީނުގެ އުޞޫލުތަކުގެ ޢިލްމެވެ. އަދި އެއަށްފަހު ފިޤްހު ޢިލްމު ހޯއްދެވިއެވެ. މިގޮތުން ފިޤްހު ޢިލްމު އުނގެނިވަޑައިގަތް ޢިލްމުވެރިންގެ ތެރެއިން حَمَّادُ بْنُ أَبِي سُلَيمَان (رَحِمَهُ اللَّه) ފާހަގަކޮށްލެވެއެވެ. ހިޖުރައިން 120ވަނަ އަހަރު حَمَّادُ بْنُ أَبِي سُلَيمَان އަވަހާރަވުމުން ފިޤްހު އުނގަންނައިދެއްވުމަށާއި ފަތުވާދެއްވަން الْإِمَامُ أَبُو حَنِيفَة ފެއްޓެވިއެވެ.
الْإِمَامُ أَبُو حَنِيفَة ވަރަށް ގިނަ ބޭކަލުންގެ އަރިހުން ޢިލްމު ޙާޞިލުކުރެއްވިއެވެ. އޭގެތެރޭގައި حَمَّادُ بْنُ أَبِي سُلَيمَان އާއި، إبْرَاهيم بن مُحمّدُ المُنتَشرُ الكُوفِيْ އާއި، إبْرَاهِيمُ بن يَزِيدُ النّخَعِي الكُوفِيْ އާއި، أَيُّوبُ السَّخْتِيَانِيْ البَصَرِيْ، (رَحِمَهُمُ اللَّه) ހިމެނިވަޑައިގަންނަވައެވެ. އަބޫ ޙަނީފާގެ ދަރިވަރުންގެ ތެރޭގައި الشَّيْخُ أَبُو يُوسُفُ يَعقُوبُ بن إِبْرَاهِيم އާއި مُحَمِّدُ بُن الحَسَنُ الشَّيْبَانِي (رَحِمَهُمُ اللَّه) ފާހަގަކޮށްލެވެއެވެ. الشَّيْخُ أَبُو يُوسُف އަކީ ޢައްބާސީ ދައުލަތުގެ ޤާޟީކަން ކުރެއްވި ބޭކަލެކެވެ. އެކަލޭގެފާނު ޤާޟީކަމަށް އައްޔަންކުރެއްވުމާ އެކު ޢައްބާސީ ދައުލަތުގެ މަޛްހަބަކީ ޙަނަފީ މަޛްހަބުކަމުގައި ވެގެންދިޔައެވެ. އަދި އެހެނިހެން ބައެއް ދައުލަތްތަކުގެ ވެސް ރަސްމީ މަޛްހަބުކަމުގައި ޙަނަފީ މަޛުހަބު ފަހުން ކަނޑައެޅުނެވެ.
އެކަލޭގެފާނު ކުރައްވައި އުޅުއްވި މަސައްކަތްޕުޅަކީ ވިޔަފާރިކުރެއްވުމެވެ. ކިޔަވައިވިދާޅުވާން އުޅުއްވިއިރު ވެސް ވިޔަފާރިކުރައްވަމުންގެންދެވިއެވެ. ކޫފާގައި އެ ކަލޭގެފާނުގެ ފަށުވި ފޭރާން ވިއްކާ ފިހާރައެއް ހުއްޓެވެ.
[[ފައިލު:جامع الإمام الأعظم.jpg|thumb|ބަޣުދާދުގައި ހުންނަ ޖާމިޢުލް އިމާމުލް އަޢުޡަމް އަބޫ ޙަނީފާ]]
ޢައްބާސީ ޚަލީފާ أَبُو جَعْفَر الْمَنْصُور، އިސްލާމީ އުއްމަތުގެ ޤާޟީއަކަށްވެވަޑައިގަތުމަށް الْإِمَامُ أَبُو حَنِيفَة އަށް ދެންނެވިއެވެ. އެ ކަލޭގެފާނު މި ކަމަށް އިންކާރުކުރެއްވުމުން ބަޣުދާދުގެ ޖަލަށް ލައްވައި އަދަބު ދެއްވިއެވެ. ދެން ވެސް އެ ކަލޭގެފާނު އެ ކަމަށް އިންކާރުކުރެއްވިއެވެ. الْإِمَامُ أَبُو حَنِيفَة އަވަހާރަވީ އެ ގޮތަށް ޖަލުގައި އޮންނަވައި ކަލޭގެފާނުގެ ޢުމުރުފުޅުން 70 އަހަރުފުޅުގައި ހިޖުރައިން 150ވަނަ އަހަރު ބަޣްދާދުގައެވެ. އެއީ [[އަލްއިމާމުއް ޝާފިޢީ|الْإِمَامُ الشَّافِعِي]] ދުނިޔޭގެ އަލިކަން ދެކެވަޑައިގެންނެވި އަހަރެވެ. الْإِمَامُ أَبُو حَنِيفَة ފަސްދާނުލެވިފައިވަނީ ބަޣްދާދުގެ ޚައިޒަރާން މަޤްބަރާގައެވެ. جامع الإمام الأعظم أبو حنيفة (ޖާމިޢުލްއިމާމުލްއަޢުޡަމް އަބޫ ޙަނީފާ) ކިޔާ މިސްކިތް ބިނާކުރެވިފައި ވަނީ މި ތަނުގައެވެ.
== މަރުޖިޢުތައް ==
https://mansooradam.blogspot.com/2020/05/blog-post_5.html
https://dhisalafiyyah.net/article/21195
[[ޤިސްމު:ހަތަރު މަޛުހަބުގެ އިމާމުން]]
3mh54lgge1vbx4kd0oq3mdv8ba7fr66
137660
137656
2026-04-30T12:58:29Z
Memberuser
25611
137660
wikitext
text/x-wiki
[[ފައިލު:أبو حنيفة النعمان.png|thumb|އަބޫ ޙަނީފާގެ ނަންފުޅު (ޢަރަބިބަހުން)]]
الْإِمَامُ أَبُو حَنِيفَة އަކީ އިސްލާމީ އުންމަތުގެ ވަރަށް ބޮޑު ޢިލްމުވެރި ބޭކަލެކެވެ. އެކަލޭގެފާނު ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ عَبْدُ اللَّهِ بْنُ مَرْوَان ގެ ޚިލާފަތުގައި ހިޖުރައިން 80ވަނަ އަހަރު ކޫފާގައެވެ. އެކަލޭގެފާނުގެ ފުރިހަމަ ނަންފުޅަކީ النُّعْمَانُ بنُ ثَابِتِ بنِ المَرْزُبَان التَّيْمِيُّ، الكُوْفِيُّ (އައްނުޢުމާނު ބިން ޘާބިތު ބިން އަލްމަރްޒުބާން އައްތައިމީ އަލްކޫފީ) އެވެ. "أَبُو حَنِيفَة" އަކީ އެ ކަލޭގެފާނުގެ ކުންޔާއެވެ. އެކަލޭގެފާނަކީ ސުންނަތް ޖަމާޢަތުގެ ފިޤްހީ މަޛުހަބުތަކުގެ ތެރެއިން ޙަނަފީ މަޛްހަބުގެ އިމާމެވެ. الْإِمَامُ أَبُو حَنِيفَة އުޅުއްވީ ރަސޫލާ ﷺ ގެ ޞަޙާބީ ބޭކަލުންގެ ތެރެއިން ހަގު ޞަޙާބީ ބޭކަލުންގެ ޒަމާނުގައެވެ. أَنَسُ بْنُ مَالِك (رَضِيَ اللَّهُ عَنْه) ކޫފާއަށް ވަޑައިގެންނެވިއިރު الْإِمَامُ أَبُو حَنِيفَة އަނަސްގެފާނު ދެކެވަޑައިގެންނެވިއެވެ. ނަމަވެސް އަނަސްގެފާނުގެ އަރިހުން ޢިލްމު އުނގެނިވަޑައިގެންފައެއްނުވެއެވެ.
الْإِمَامُ أَبُو حَنِيفَة ތުއްޕުޅުއިރުގައި ޤުރްއާން ހިތްޕުޅުން ދަސްފުޅުކުރެއްވިއެވެ. ޢުމުރުފުޅުން 16 އަހަރުފުޅުގައި ޙައްޖުވެވަޑައިގެންނެވިއެވެ. ޢިލްމުތަކުގެ ތެރެއިން އެންމެ ފުރަތަމަ އެކަލޭގެފާނު ދަސްކުރައްވަން ފެއްޓެވީ ދީނުގެ އުޞޫލުތަކުގެ ޢިލްމެވެ. އަދި އެއަށްފަހު ފިޤްހު ޢިލްމު ހޯއްދެވިއެވެ. މިގޮތުން ފިޤްހު ޢިލްމު އުނގެނިވަޑައިގަތް ޢިލްމުވެރިންގެ ތެރެއިން حَمَّادُ بْنُ أَبِي سُلَيمَان (رَحِمَهُ اللَّه) ފާހަގަކޮށްލެވެއެވެ. ހިޖުރައިން 120ވަނަ އަހަރު حَمَّادُ بْنُ أَبِي سُلَيمَان އަވަހާރަވުމުން ފިޤްހު އުނގަންނައިދެއްވުމަށާއި ފަތުވާދެއްވަން الْإِمَامُ أَبُو حَنِيفَة ފެއްޓެވިއެވެ.
الْإِمَامُ أَبُو حَنِيفَة ވަރަށް ގިނަ ބޭކަލުންގެ އަރިހުން ޢިލްމު ޙާޞިލުކުރެއްވިއެވެ. އޭގެތެރޭގައި حَمَّادُ بْنُ أَبِي سُلَيمَان އާއި، إبْرَاهيم بن مُحمّدُ المُنتَشرُ الكُوفِيْ އާއި، إبْرَاهِيمُ بن يَزِيدُ النّخَعِي الكُوفِيْ އާއި، أَيُّوبُ السَّخْتِيَانِيْ البَصَرِيْ، (رَحِمَهُمُ اللَّه) ހިމެނިވަޑައިގަންނަވައެވެ. އަބޫ ޙަނީފާގެ ދަރިވަރުންގެ ތެރޭގައި الشَّيْخُ أَبُو يُوسُفُ يَعقُوبُ بن إِبْرَاهِيم އާއި مُحَمِّدُ بُن الحَسَنُ الشَّيْبَانِي (رَحِمَهُمُ اللَّه) ފާހަގަކޮށްލެވެއެވެ. الشَّيْخُ أَبُو يُوسُف އަކީ ޢައްބާސީ ދައުލަތުގެ ޤާޟީކަން ކުރެއްވި ބޭކަލެކެވެ. އެކަލޭގެފާނު ޤާޟީކަމަށް އައްޔަންކުރެއްވުމާ އެކު ޢައްބާސީ ދައުލަތުގެ މަޛްހަބަކީ ޙަނަފީ މަޛްހަބުކަމުގައި ވެގެންދިޔައެވެ. އަދި އެހެނިހެން ބައެއް ދައުލަތްތަކުގެ ވެސް ރަސްމީ މަޛްހަބުކަމުގައި ޙަނަފީ މަޛުހަބު ފަހުން ކަނޑައެޅުނެވެ.
އެކަލޭގެފާނު ކުރައްވައި އުޅުއްވި މަސައްކަތްޕުޅަކީ ވިޔަފާރިކުރެއްވުމެވެ. ކިޔަވައިވިދާޅުވާން އުޅުއްވިއިރު ވެސް ވިޔަފާރިކުރައްވަމުންގެންދެވިއެވެ. ކޫފާގައި އެ ކަލޭގެފާނުގެ ފަށުވި ފޭރާން ވިއްކާ ފިހާރައެއް ހުއްޓެވެ.
[[ފައިލު:جامع الإمام الأعظم.jpg|thumb|ބަޣުދާދުގައި ހުންނަ ޖާމިޢުލް އިމާމުލް އަޢުޡަމް އަބޫ ޙަނީފާ]]
ޢައްބާސީ ޚަލީފާ أَبُو جَعْفَر الْمَنْصُور، އިސްލާމީ އުއްމަތުގެ ޤާޟީއަކަށްވެވަޑައިގަތުމަށް الْإِمَامُ أَبُو حَنِيفَة އަށް ދެންނެވިއެވެ. އެ ކަލޭގެފާނު މި ކަމަށް އިންކާރުކުރެއްވުމުން ބަޣުދާދުގެ ޖަލަށް ލައްވައި އަދަބު ދެއްވިއެވެ. ދެން ވެސް އެ ކަލޭގެފާނު އެ ކަމަށް އިންކާރުކުރެއްވިއެވެ. الْإِمَامُ أَبُو حَنِيفَة އަވަހާރަވީ އެ ގޮތަށް ޖަލުގައި އޮންނަވައި ކަލޭގެފާނުގެ ޢުމުރުފުޅުން 70 އަހަރުފުޅުގައި ހިޖުރައިން 150ވަނަ އަހަރު ބަޣްދާދުގައެވެ. އެއީ [[އަލްއިމާމުއް ޝާފިޢީ|الْإِمَامُ الشَّافِعِي]] ދުނިޔޭގެ އަލިކަން ދެކެވަޑައިގެންނެވި އަހަރެވެ. الْإِمَامُ أَبُو حَنِيفَة ފަސްދާނުލެވިފައިވަނީ ބަޣްދާދުގެ ޚައިޒަރާން މަޤްބަރާގައެވެ. جامع الإمام الأعظم أبو حنيفة (ޖާމިޢުލްއިމާމުލްއަޢުޡަމް އަބޫ ޙަނީފާ) ކިޔާ މިސްކިތް ބިނާކުރެވިފައި ވަނީ މި ތަނުގައެވެ.
== މަރުޖިޢުތައް ==
https://mansooradam.blogspot.com/2020/05/blog-post_5.html
https://dhisalafiyyah.net/article/21195
[[ޤިސްމު:ހަތަރު މަޛުހަބުގެ އިމާމުން]]
s1l5tbqpqyjonscslxxijdbcw5wwex2
އަލްއިމާމު މާލިކު
0
15309
137658
135223
2026-04-30T12:56:44Z
Memberuser
25611
137658
wikitext
text/x-wiki
[[ފައިލު:مالك بن أنس.png|thumb|الْإِمَامُ مَالِك ގެ ނަންފުޅު (ޢަރަބިބަހުން)]]
[[ފައިލު:Muwatta El Imam Malik.jpg|thumb|الْإِمَامُ مَالِك ލިޔުއްވި المُوَطَّأ ގެ ޗާޕެއް]]
الْإِمَامُ مَالِك އަކީ އިސްލާމީ އުއްމަތުގެ ވަރަށް ބޮޑު ޢިލްމުވެރި ބޭކަލެކެވެ. އެ ކަލޭގެފާނު ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ ހިޖުރައިން 93ވަނަ އަހަރު އަލްމަދީނަތުލްމުނައްވަރާ (މަދީނާ) ގައެވެ. އެ ކަލޭގެފާނުގެ ނަންފުޅަކީ مَالِكُ بْنُ أَنَسِ (މާލިކު ބިން އަނަސް) އެވެ. އެ ކަލޭގެފާނުގެ ކުންޔާ އަކީ (أَبُو عَبْدِ اللَّهِ) އެވެ. އެ ކަލޭގެފާނަކީ ސުންނަތް ޖަމާޢަތުގެ ފިޤްހީ މަޛްހަބުތަކުގެ ތެރެއިން މާލިކީ މަޛްހަބުގެ އިމާމެވެ. الْإِمَامُ مَالِك މަޝްހޫރުވެވަޑައިގެންފައި ވަނީ إمام دار الهجرة (އިމާމު ދާރުލްހިޖުރާ) މި ނަމުންނެވެ. އެހެނީ ދާރުލްހިޖުރާ އަކީ މަދީނާއަށް ކިޔޭ ނަމަކަށްވެފައި الْإِمَامُ مَالِك އަކީ މަދީނާގެ ބޭކަލެކެވެ.
އެ ކަލޭގެފާނާ ބެހޭގޮތުން [[އަލްއިމާމުއް ޝާފިޢީ|الْإِمَامُ الشَّافِعِي]] ވިދާޅުވެފައިވެއެވެ. "ޢިލްމުވެރީންގެ ވާހަކަ ދެކެވޭ ނަމަ، (އެ ބޭކަލުންގެ ތެރެއިން) ތަރިއަކީ الْإِمَامُ مَالِك އެވެ." [[އިމާމު އަލްބުޚާރީ|الْإِمَامُ الْبُخَارِيّ]] ވިދާޅުވެފައިވެއެވެ. ހުރިހާ ސަނަދުތަކުގެ ތެރެއިން އެންމެ ޞައްޙަކަން ބޮޑީ "اِبْن عُمَر ގެ އަރިހުން نَافِعُ ގެ އަރިހުން مَالِكُ އެވެ." މި ސަނަދަށް [[އިމާމު އަލްބުޚާރީ|الْإِمَامُ الْبُخَارِيّ]] ދެއްވައިފައިވާ ނަމަކީ سِلْسِلَةُ الذَّهَبُ (ރަނުގެ ބޮޅުފަތި) އެވެ.
الْإِمَامُ مَالِك ތުއްޕުޅުއިރު ޤުރްއާން ހިތުދަސްކުރެއްވިއެވެ. އެއަށްފަހު ޙަދީޘް ޢިލްމު ކިޔަވައި ވިދާޅުވާން ފެއްޓެވިއެވެ. އެ ގޮތުން ابْنُ هُرْمُز ގެ އަރިހުން ހަތް އަހަރުވަންދެން ކިޔަވައި ވިދާޅުވިއެވެ. އަދި މާތް ޞަޙާބީ عَبْدُ اللَّهِ بْنِ عُمَر ގެ ދަރިވަރެއް ކަމުގައިވާ نَافِع ގެ އަރިހުންނާއި ޙަދީޘް ޢިލްމުވެރިޔާ مُحَمَّدُ بْنُ شِهَابٍ الزُّهْرِي ގެ އަރިހުން ޢިލްމު ޙާޞިލުކުރެއްވިއެވެ.
الْإِمَامُ مَالِك ގެ ޢުމުރުފުޅުން ސަތާރަ އަހަރުފުޅުގައި ކިޔަވައިދެއްވަން ފެއްޓެވިއެވެ. އެ ކަލޭގެފާނު ކަމެއްގައި ފަތުވާއެއް ދެއްވާ ނަމަ އެ ކަމާ މެދުގައި މަދީނާގެ ހަތްދިހަ ޢިލްމުވެރީންނާ މަޝްވަރާކުރެއްވުމަށްފަހުގައި މެނުވީ ފަތުވާއެއް ނުދެއްވައެވެ.
الْإِمَامُ مَالِك ގެ އެންމެ ބޮޑު މަސައްކަތްޕުޅަކީ އެ ކަލޭގެފާނު ލިޔުއްވި المُوَطَّأ އެވެ. މިއީ މަޝްހޫރު ޙަދީޘް ފޮތެކެވެ. މި ފޮތް ލިޔުއްވުމަށް ޓަކައި އެ ކަލޭގެފާނު ސާޅީސް އަހަރު ހޭދަކުރެއްވިކަމަށްވެއެވެ.
الْإِمَامُ مَالِك ގެ ދަރިވަރުންގެ ތެރޭގައި عَبْدُ الرَّحْمَنِ بْنِ الْقَاسِم އާއި، عَبْدُ اللَّهِ بْنِ وَهَب އާއި، أَشْهَبُ بْنُ عَبْدِ الْعَزِيزއާއި، عَلِيُّ بْنُ زِيَاد އާއި، عِيسَى بْنُ دِينَار އާއި، أَحْمَدُ بْنُ مُعَذَّل އާއި، الْإِمَامُ الشَّافِعِي ހިމެނެއެވެ.
الْإِمَامُ مَالِك އަވަހާރަވީ ހިޖުރައިން 179ވަނަ އަހަރުގެ ރަބީޢުލްއައްވަލު މަހުގައި މާތްވެގެންވާ މަދީނާގައެވެ. ފަސްދާނުލައިފައި ވަނީ އަލްބަޤީޢުގައެވެ.
[[ޤިސްމު:ހަތަރު މަޛުހަބުގެ އިމާމުން]]
sbt2hucr1fnh7cjsa89u1q6t8euqfgg
އަލްއިމާމުއް ޝާފިޢީ
0
15311
137657
132519
2026-04-30T12:55:01Z
Memberuser
25611
137657
wikitext
text/x-wiki
[[ފައިލު:محمد بن إدريس الشافعي.png|thumb|الْإِمَامُ الشَّافِعِي ގެ ނަންފުޅު (ޢަރަބިބަހުން)]]
الْإِمَامُ الشَّافِعِي އަކީ އިސްލާމީ އުންމަތުގެ ވަރަށް ބޮޑު ޢިލްމުވެރި ބޭކަލެކެވެ. އެ ކަލޭގެފާނު ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ ހިޖުރައިން 150ވަނަ އަހަރުގައެވެ. އެއީ [[އަލްއިމާމު އަބޫ ޙަނީފާ|الْإِمَامُ أَبُو حَنِيفَة]] އަވަހާރަވީ އަހަރެވެ. الْإِمَامُ الشَّافِعِي ގެފާނަކީ ކީރިތި ރަސޫލާ ﷺ ގެ ކާފާފުޅު عَبْدُ الْمُطَّلِب ގެފާނުގެ ދަރިކޮޅުން ވަޑައިގެންނެވި ބޭކަލެކެވެ. އެ ކަލޭގެފާނުގެ އަސްލު ނަންފުޅަކީ مُحَمَّدُ بْنُ إِدْرِيس (މުޙައްމަދު ބްނު އިދްރީސް) އެވެ. الْإِمَامُ الشَّافِعِي އަކީ ސުންނަތް ޖަމާޢަތުގެ ފިޤްހީ މަޛްހަބުތަކުގެ ތެރެއިން ޝާފިޢީ މަޛްހަބުގެ އިމާމެވެ.
الْإِمَامُ الشَّافِعِي ގެ ތުއްޕުޅުއިރު ބައްޕާފުޅު އަވަހާރަވުމުން އެ ކަލޭގެފާނުގެ މަންމާފުޅު އެ ކަލޭގެފާނާއިގެން މައްކާއަށް ވަޑައިގެން އެ ތާނގައި ވަޒަންވެރިވެވަޑައިގަތެވެ. الْإِمَامُ الشَّافِعِي ޢުމުރުފުޅުން ހަތް އަހަރުފުޅުގައި ކީރިތި ޤުރްއާން ހިތްޕުޅުން ދަސްފުޅުކުރެއްވިއެވެ. އަދި الْإِمَامُ مَالِك ލިޔުއްވި المُوَطَّأ ވެސް ހިތްޕުޅުން ދަސްފުޅުކުރެއްވިއެވެ. އަދި ޢަރަބިބަހާއި، ފިޤްހާއި، ޙަދީޘާއި، ދީނުގެ އެހެނިހެން ޢިލްމުތައް އުނގެނިވަޑައިގަތެވެ.
الْإِمَامُ الشَّافِعِي ވަރަށް ގިނަ ބޭފުޅުންގެ އަރިހުން ޢިލްމު ޙާޞިލުކުރެއްވިއެވެ. އޭގެތެރޭގައި [[އަލްއިމާމު މާލިކު|الْإِمَامُ مَالِك]] އާއި، إِبْرَاهِيمُ بْنُ سَعِيدٍ الأَنصَارِي އާއި، هِشَامُ بْنُ يُوسُف އާއި، وَكِيعُ بْنُ الْجَرَّاح ހިމެނިވަޑައިގަންނަވައެވެ.
الْإِمَامُ الشَّافِعِي އަރިހުން ޢިލްމު ޙާޞިލުކުރެއްވި ބޭފުޅުންގެ ތެރޭގައި الْإِمَامُ أَحْمَدُ بْنُ حَنبَل އާއި، الْحَسَنُ بْنُ مُحَمَّد އާއި، الْحُسَيْنُ الْكَرَابِيسِي އާއި، إِسْمَاعِيلُ بْنُ يَحْيَى الْمُزنِي ހިމެނިވަޑައިގަންނަވައެވެ.
الْإِمَامُ الشَّافِعِي އަވަހާރަވީ ހިޖުރައިން 204ވަނަ އަހަރު ވަނަ އަހަރުގެ ރަޖަބު މަހުގެ އެންމެ ފަހު ރޭ ކަމުގައިވި ހުކުރު ވިލޭރޭ ޤާހިރާގައެވެ. އަވަހާރަވީއިރު އެކަލޭގެފާނުގެ ޢުމުރުފުޅަކީ 54 އަހަރުފުޅެވެ.
[[ޤިސްމު:ހަތަރު މަޛުހަބުގެ އިމާމުން]]
e5t5oq4se3yq4wr87ae37cnwth8ngex
އަލްއިމާމު އަޙްމަދު ބްނު ޙަންބަލް
0
15312
137659
132522
2026-04-30T12:58:10Z
Memberuser
25611
137659
wikitext
text/x-wiki
[[ފައިލު:أحمد بن حنبل.PNG|thumb|الْإِمَامُ أَحْمَدُ بْنُ حَنبَل ގެ ނަންފުޅު (ޢަރަބިބަހުން)]]
الْإِمَامُ أَحْمَدُ بْنُ حَنبَل އަކީ އިސްލާމީ އުންމަތުގެ ވަރަށް ބޮޑު ޢިލްމުވެރި ބޭކަލެކެވެ. އެ ކަލޭގެފާނު ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ ހިޖުރައިން 164ވަނަ އަހަރު ބަޣްދާދުގައެވެ. އެ ކަލޭގެފާނަކީ ސުންނަތް ޖަމާޢަތުގެ ފިޤްހީ މަޛްހަބުތަކުގެ ތެރެއިން ޙަންބަލީ މަޛްހަބުގެ އިމާމެވެ. އެ ކަލޭގެފާނުގެ ތުއްޕުޅުއިރު ބައްޕާފުޅު އަވަހާރަވިއެވެ. މިހެންކަމުން އެ ކަލޭގެފާނު ބޮޑުފުޅުވީ ޔަތީމު ޙާލުކޮޅުގައެވެ.
الْإِمَامُ أَحْمَدُ ގެ ޢުމުރުފުޅުން ވަރަށް ކުރީކޮޅު ޤުރްއާން ހިތްޕުޅުން ދަސްފުޅުކުރެއްވިއެވެ. އަދި ޢުމުރުފުޅުން ފަނަރަ އަހަރުފުޅުގައި ޢިލްމު ޙާޞިލުކުރެއްވުމަށް ފެއްޓެވިއެވެ. އެ ކަލޭގެފާނު ވަރަށް ގިނަ ބޭފުޅުންގެ އަރިހުން ޢިލްމު އުނގެނިވަޑައިގަތެވެ. އޭގެތެރޭގައި ޤާޟީ الْإِمَامُ أَبُو يُوسُف އާއި، [[އަލްއިމާމުއް ޝާފިޢީ|الْإِمَامُ الشَّافِعِي]] އާއި، سُفْيَانُ بْنُ عُيَيْنَة އާއި، يَحْيَي بْنُ سَعِيدٍ الْقَطَّان އާއި، يَزِيدُ بْنُ هَارُون އާއި، يَحْيَي بْنُ مَعِين ހިމެނިވަޑައިގަންނަވައެވެ.
الْإِمَامُ أَحْمَدُ ގެ ދަރިވަރުންގެ ތެރޭގައި ދީނުގެ ބޮޑެތި ޢިލްމުވެރީން ހިމެނެއެވެ. އެގޮތުން [[އިމާމު އަލްބުޚާރީ|الْإِمَامُ الْبُخَارِي]] އާއި، الْإِمَامُ مُسْلِم އާއި، الْإِمَامُ أَبُو دَاوُد ފަދަ ބޭކަލުން ފާހަގަކޮށްލެވެއެވެ.
الْإِمَامُ أَحْمَدُ بْنُ حَنبَل ލިޔުއްވި ފޮތްތަކުގެ ތެރޭގައި [[މުސްނަދު އިމާމު އަޙުމަދު (ޙަދީޘް ފޮތް)|الْمُسْنَد]] ހިމެނެއެވެ. މި ފޮތް މަޝްހޫރުވެފައި ވަނީ مُسْنَدُ الْإِمَام أَحْمَد بْنُ حَنبَل ގެ ނަމުންނެވެ. މި ފޮތުގައި ތަކުރާރުވުމެއްނެތި ތިރީސް ހާސް ޙަދީޘްވެއެވެ. ތަކުރާރުވެގެން ސާޅީސް ހާސް ޙަދީޘްވާކަމަށް ޢިލްމުވެރިން ބަޔާންކުރައްވައެވެ.
[[ފައިލު:Musnad Imam Ahmad bin Hanbal.jpg|thumb|އެ ކަލޭގެފާނު ލިޔުއްވި مُسْنَد]]
الْإِمَامُ أَحْمَدُ بْنُ حَنبَل އަވަހާރަވީ ހިޖުރައިން 241ވަނަ އަހަރުގެ ރަބީޢުލްއައްވަލު މަހުގެ ހުކުރު ދުވަހެއްގައެވެ. އޭރު އެ ކަލޭގެފާނުގެ ޢުމުރުފުޅަކީ ހަތްދިހަ އަހަރުފުޅެވެ.
[[ޤިސްމު:ހަތަރު މަޛުހަބުގެ އިމާމުން]]
6vcmahp54gcg56zb02g4p5luq161107
އަލްޙާފިޡް އިބްނު ޙަޖަރު އަލްޢަސްޤަލާނީ
0
15319
137654
132635
2026-04-30T12:49:02Z
Memberuser
25611
137654
wikitext
text/x-wiki
[[ފައިލު:تخطيط كلمة ابن حجر.png|thumb|އިބްނު ޙަޖަރު رحمه الله ގެ ނަންފުޅު (ޢަރަބިބަހުން)]]
== ނަންފުޅާއި ކުންޔާ ==
އިބްނު ޙަޖަރު رحمه الله ގެ ފުރިހަމަ ނަންފުޅަކީ شهاب الدين أبو الفضل أحمد بن علي بن محمد بن محمد بن علي بن محمود الكناني العسقلاني ثم المصري (ޝިހާބުއްދީން އަބުލްފަޟްލު އަޙްމަދު ބިން ޢަލީ ބިން މުޙައްމަދު ބިން މުޙައްމަދު ބިން ޢަލީ ބިން މަޙްމޫދު އަލްކިނާނީ އަލްޢަސްޤަލާނީ އަލްމިޞްރީ) އެވެ. "އިބްނު ޙަޖަރު" އަކީ އެކަލޭގެފާނުގެ ކުންޔާއެވެ. އަދި އެ ނަންފުޅަކުން އެ ކަލޭގެފާނު މަޝްހޫރުވެވަޑައިގެންފައިވާ ނަންފުޅެވެ. އެކަލޭގެފާނަކީ މިޞްރުގެ ޤާހިރާއަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅެކެވެ. އިބްނު ޙަޖަރު އަލްޢަސްޤަލާނީ އޭ ކިޔެނީ އެ ކަލޭގެފާނުގެ ކާބަފައިން ޢަސްޤަލާނަށް ނިސްބަތްވާތީއެވެ.
== ދުނިޔޭގެ އަލިކަންދެކެވަޑައިގަތުން ==
އިބްނު ޙަޖަރު رحمه الله ދުނިޔޭގެ އަލިކަންދެކެވަޑައިގަތީ ހިޖުރައިން 773ވަނަ އަހަރުގެ ޝަޢުބާން މަހުގެ 22ވަނަ ދުވަހުއެވެ. އެ ކަލޭގެފާނުގެ ތުއްޕުޅުއިރު މަންމާފުޅާއި ބައްޕާފުޅު އަވަހާރަވުމުން ބޮޑުފުޅުވީ ޔަތީމު ޙާލުކޮޅުގައެވެ.
== އެ ކަލޭގެފާނުގެ އުސްތާޛުންނާއި ދަރިވަރުން ==
އިބްނު ޙަޖަރު رحمه الله ވަރަށް ގިނަ ޢިލްމުވެރީންގެ އަރިހުން ޢިލްމު އުނގެނިވަޑައިގަތެވެ. އެ ކަލޭގެފާނު ވަނީ، އެ ކަލޭގެފާނު ޢިލްމު ޙާޞިލުކުރެއްވި ޢިލްމުވެރިން ބަޔާންކުރައްވައި ފޮތެއް އެކުލަވާލައްވާފައެވެ. އެ ފޮތުގެ ނަމަކީ "المجمع المؤسس للمعجم المفهرس" (އަލްމުޖްމަޢުލްމުއައްސަސު ލިލްމުޢުޖަމިލްމުފަހްރަސް) އެވެ. އެކަލޭގެފާނުގެ މަޝްހޫރު ދަރިވަރެއްކަމުގައިވާ އަލްޙާފިޡް އައްސަޚާވީ رحمه الله ވިދާޅުވެފައިވާ ގޮތުގައި، ތަކުރާރުކުރުމެއްނެތި އިބްނު ޙަޖަރު رحمه الله ގެ ޝައިޚުންގެ ޢަދަދު 630 އަށް އަރައެވެ. އެ ކަލޭގެފާނުގެ އުސްތާޛުންގެ ތެރޭގައި އިބްރާހީމް ބުން އަޙްމަދު ބުން ޢަބްދުލްވާޙިދު އައްތަނޫޚީ، އަލްއިމާމް އަލްޙާފިޡް އަބުލްފަޟްލު އަލްޢިރާޤީ، އަލްޙާފިޡް ޢަލީ ބުން އަބީބަކުރު އަލްހައިޘަމީ، އަލްއިމާމް ޢުމަރު ބުން ރަސްލާން އަލްބުލްޤީނީ، އަލްއިމާމް އިބްނު މުލައްޤިން ޢުމަރު ބުން ޢަލީ ބުން އަޙްމަދު، އަލްއިމާމް މުޙައްމަދު ބުން އަބީބަކުރު ބުން ޢަބްދުލްޢަޒީޒު ބުން މުހައްމަދު އިބްނު ޖަމާޢާ ހިމެނެއެވެ. (رحمهم الله)
އިބްނު ޙަޖަރު رحمه الله ގެ އަރިހުން ވަރަށް ގިނަ ދަރިވަރުން ޢިލްމު ޙާޞިލުކުރެއްވިއެވެ. އަލްޙާފިޡް އައްސަޚާވީ رحمه الله ވަނީ އިބްނު ޙަޖަރު رحمه الله ގެ 626 ދަރިވަރުންގެ ނަން ގެންނަވައިފައިވެއެވެ. އެ ކަލޭގެފާނުގެ ދަރިވަރުންގެ ތެރޭގައި އަލްޙާފިޡް އަޙްމަދު ބުން އަބީބަކުރު އަލްބޫޞީރީ އައްޝާފިޢީ، އަލްޙާފިޡް މުޙައްމަދު ބުން ޢަބްދުއްރަޙްމާން އައްސަޚާވީ، މުޙައްމަދު ބުން ޢަބްދުލްވާޙިދު އިބްނު އަލްހުމާމް އަލްޙަނަފީ، ޢުމަރު ބުން މުޙައްމަދު އިބްނު ފަހްދު އަލްމައްކީ، އަލްޙާފިޡް ޤާސިމް ބުން ޤުޠުލޫބުޣާ އަބުލްޢަދުލް އަލްޙަނަފީ، ބުރްހާނުއްދީން އިބްރާހީމް ބުން ޢުމަރު އަލްބަޤާޢީ ހިމެނެއެވެ. (رحمهم الله)
== ލިޔުއްވި ފޮތްތައް ==
[[ފައިލު:Fathul Bari bisyarhi Shahih al-Bukhari Imam Khairul Annas.JPG|thumb|فتح الباري بشرح صحيح البخاري (ފަތުޙުލްބާރީ ބިޝަރަޙި ޞަޙީޙުލްބުޚާރީ)]]
އިބްނު ޙަޖަރު رحمه الله 273 ފޮތް ލިޔުއްވިކަމަށް އަލްޙާފިޡް އައްސަޚާވީ رحمه الله ބަޔާންކުރައްވައެވެ. އަދި އަލްއުސްތާޛު ޑރ. ޝާކިރު މަޙްމޫދު ޢަބްދުލްމުންޢިމް އަލްހައިތީ ލިޔުއްވި "ابن حجر العسقلاني مصنفاته ودراسة في منهجه وموارده في كتابه الإصابة" މި ފޮތުގައި އިބްނު ޙަޖަރު رحمه الله ގެ 282 ފޮތް ބަޔާންކުރައްވައިފައިވެއެވެ.
އެ ކަލޭގެފާނު ލިޔުއްވި ބައެއް ފޮތްތައް:
# فتح الباري بشرح صحيح البخاري (ފަތުޙުލްބާރީ ބިޝަރަޙި ޞަޙީޙުލްބުޚާރީ)
# تهذيب التهذيب (ތަހުޛީބުއްތަހުޛީބު)
# بلوغ المرام من أدلة الأحكام (ބުލޫޣުލްމަރާމް މިން އަދިއްލަތިލްއަޙްކާމް)
# الإصابة في تمييز الصحابة (އަލްއިޞާބާ ފީ ތަމްޔީޒިއްޞަޙާބާ)
# متن نخبة الفكر في مصطلح اهل الاثر(މަތުނު ނުޚްބަތުލްފިކްރު ފީ މުޞްޠަލަޙް އަހްލުލްއަޘަރު)
== އަވަހާރަވުން ==
[[ފައިލު:Tomb of al-hafidh Ibn Hajar Al-Asqalani (1). Cairo, Egypt © Fouad Gehad Marei (2009).jpg|thumb|އިބްނު ޙަޖަރު رحمه الله ގެ މަޤުބަރާ]]
އިބްނު ޙަޖަރު رحمه الله އެންމެ އިސް ޤާޟީކަމުން އަމިއްލައަށް ދުރުވެވަޑައިގެން ހުންނަވަނިކޮށް ހިޖުރައިން 852ވަނަ އަހަރު އަވަހާރަވުމުގެ އާލާސްކަންފުޅު ޖެހިވަޑައިގަތެވެ. އެއީ އެ އަހަރުގެ ޛުލްޤަޢިދާ މަހުގެ 11ވަނަ ދުވަހުއެވެ. އެ ކަލޭގެފާނު އަވަހާރަވީ ހިޖުރައިން 852ވަނަ އަހަރުގެ ޛުލްޙިއްޖާ މަހުގެ 28ވީ ހޮނިހިރު ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައެވެ. އެ ކަލޭގެފާނުގެ ޖަނާޒާގައި ފަންސާސް ހާހަށް ވުރެ ގިނަ މީހުން ބައިވެރިވިކަމަށްވެއެވެ.
އިބްނު ޙަޖަރު رحمه الله ގެ މައްޗަށް މައްކާ، ބައިތުލް މަޤްދިސް، ދިމިޝްޤު، ޙަލަބު އަދި މި ނޫންވެސް އިސްލާމީ އުންމަތުގެ ރަށްތަކުގައި ޣައިބަށް ކަށުނަމާދުކުރިއެވެ.
== މަރުޖިޢުތައް ==
[https://mawdoo3.com/%D8%A7%D8%A8%D9%86_%D8%AD%D8%AC%D8%B1_%D8%A7%D9%84%D8%B9%D8%B3%D9%82%D9%84%D8%A7%D9%86%D9%8A ابن_حجر_العسقلاني/https://mawdoo3.com]
https://dhisalafiyyah.net/article/5553
5f1hfbkithykr3qy8ofc8ewjkpykhen
ޔޫސުފް ޙުސައިން
0
16050
137663
137639
2026-04-30T13:15:32Z
Memberuser
25611
137663
wikitext
text/x-wiki
{{Infobox officeholder
| name = އައްޝައިޚް ޔޫސުފް ޙުސައިން
| office = [[ދިވެހިރާއްޖޭގެ ހައި ކޯޓު]]ގެ ފަނޑިޔާރު
| image = Opening of the Judicial Year 2024 (70).jpg
| term_start = 21 ސެޕްޓެންބަރު 2010
| president = [[މުޙައްމަދު ނަޝީދު]]
[[ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކު]]
[[ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް]]
| alma_mater = އިސްލާމިކް ޔުނިވަރސިޓީ އޮފް މަދީނާ
| caption = އައްޝައިޚް ޔޫސުފް ޙުސައިން، (ވާތުގައި)
| termstart1 = 18 ސެޕްޓެންބަރު 2008
| termend1 = 10 އޮގަސްޓު 2010
| office1 = އިންތިޤާލީ މަރުޙަލާގެ [[ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު|ސުޕްރީމް ކޯޓު]]ގެ ފަނޑިޔާރު
| term_end = 1 ފެބުރުވަރީ 2015
| president1 = [[މައުމޫން ޢަބްދުލް ޤައްޔޫމް]]
[[މުޙައްމަދު ނަޝީދު]]

އައްޝައިޚް ޔޫސުފް ޙުސައިނަކީ [[ސައޫދީ އަރަބިއްޔާ|ސަޢޫދީ ޢަރަބިއްޔާ]]ގެ [[މަދީނާ|އަލްމަދީނަތުލް މުނައްވަރާ]]ގައި ހުންނަ އަލްޖާމިޢަތުލްއިސްލާމިއްޔާ (މަދީނާ އިސްލާމިކް ޔުނިވަރސިޓީ) އިން 1994ވަނަ އަހަރު ޝަރީޢަތުގެ ރޮނގުން މަތީ ތަޢުލީމު ޙާޞިލުކުރައްވާފައި ބޭފުޅެކެވެ.
އައްޝައިޚް ޔޫސުފް ޙުސައިން ފުރުއްވައިފައިވާ މަޤާމުތަކުގެ ތެރޭގައި މިނިސްޓްރީ އޮފް ޖަސްޓިސް އެންޑް އިސްލާމިކް އެފެއާރޒްގެ ލީގަލް އޮފިސަރުކަމާއި، ކޯޓު ނަންބަރު 1 ގެ ޤާޟީކަމާއި، ޢާއިލާއާ ބެހޭ ކޯޓުގެ އިސް ޤާޟީކަމުގެ އިތުރުން އިންތިޤާލީ މަރުޙަލާގެ [[ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު|ސުޕްރީމް ކޯޓު]]ގެ ފަނޑިޔާރުކަމާއި، [[ދިވެހިރާއްޖޭގެ ހައި ކޯޓު]]ގެ ފަނޑިޔާރުކަން ހިމެނެއެވެ. އައްޝައިޚް ޔޫސުފް ޙުސައިން ފަނޑިޔާރުކަމުން ރިޓަޔަރކުރެއްވީ 2015 ފެބުރުވަރީ1ވަނަ ދުވަހުއެވެ. އޭރު ހުންނެވީ [[ދިވެހިރާއްޖޭގެ ހައި ކޯޓު|ހައި ކޯޓު]]ގެ ފަނޑިޔާރުކަމުގައެވެ.
އައްޝައިޚް ޔޫސުފް ޙުސައިން ދިވެހިރާއްޖޭގެ ޝަރުޢީ ދާއިރާއަށް ކުރެއްވި ޚިދުމަތްތަކުގެ އަގުވަޒަންކުރައްވައި، ތަކްރީމުކުރެއްވީ 2024 ޖަނަވަރީ 18ވަނަ ދުވަހު ބޭއްވި ޤަޟާއީ އަހަރު 2024 ފެށުމުގެ ރަސްމިއްޔާތުގައެވެ. ތަކްރީމުކުރުމުގެ ފަތްކޮޅާއި ޝަރަފުގެ މެޑަލް އެ މަނިކުފާނަށް އެރުވީ ދިވެހިރާއްޖޭގެ އޭރުގެ އުއްތަމަ ފަނޑިޔާރު [[އަޙްމަދު މުޢުތަޞިމް ޢަދުނާން|އަޙްމަދު މުޢުތަޞިމް ޢަދުނާން (ނޢޢވ)]] އެވެ.
[[ޤިސްމު:ދިވެހިރާއްޖޭގެ ދީނީ ޢިލްމުވެރީން]]
9kwitq3y21q1unu132r713gjcmh9po0
137664
137663
2026-04-30T13:16:06Z
Memberuser
25611
137664
wikitext
text/x-wiki
{{Infobox officeholder
| name = ޖަސްޓިސް (ރިޓަޔަރޑް) އައްޝައިޚް ޔޫސުފް ޙުސައިން
| office = [[ދިވެހިރާއްޖޭގެ ހައި ކޯޓު]]ގެ ފަނޑިޔާރު
| image = Opening of the Judicial Year 2024 (70).jpg
| term_start = 21 ސެޕްޓެންބަރު 2010
| president = [[މުޙައްމަދު ނަޝީދު]]
[[ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކު]]
[[ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް]]
| alma_mater = އިސްލާމިކް ޔުނިވަރސިޓީ އޮފް މަދީނާ
| caption = އައްޝައިޚް ޔޫސުފް ޙުސައިން، (ވާތުގައި)
| termstart1 = 18 ސެޕްޓެންބަރު 2008
| termend1 = 10 އޮގަސްޓު 2010
| office1 = އިންތިޤާލީ މަރުޙަލާގެ [[ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު|ސުޕްރީމް ކޯޓު]]ގެ ފަނޑިޔާރު
| term_end = 1 ފެބުރުވަރީ 2015
| president1 = [[މައުމޫން ޢަބްދުލް ޤައްޔޫމް]]
[[މުޙައްމަދު ނަޝީދު]]

ޖަސްޓިސް (ރިޓަޔަރޑް) އައްޝައިޚް ޔޫސުފް ޙުސައިނަކީ [[ސައޫދީ އަރަބިއްޔާ|ސަޢޫދީ ޢަރަބިއްޔާ]]ގެ [[މަދީނާ|އަލްމަދީނަތުލް މުނައްވަރާ]]ގައި ހުންނަ އަލްޖާމިޢަތުލްއިސްލާމިއްޔާ (މަދީނާ އިސްލާމިކް ޔުނިވަރސިޓީ) އިން 1994ވަނަ އަހަރު ޝަރީޢަތުގެ ރޮނގުން މަތީ ތަޢުލީމު ޙާޞިލުކުރައްވާފައި ބޭފުޅެކެވެ.
އައްޝައިޚް ޔޫސުފް ޙުސައިން ފުރުއްވައިފައިވާ މަޤާމުތަކުގެ ތެރޭގައި މިނިސްޓްރީ އޮފް ޖަސްޓިސް އެންޑް އިސްލާމިކް އެފެއާރޒްގެ ލީގަލް އޮފިސަރުކަމާއި، ކޯޓު ނަންބަރު 1 ގެ ޤާޟީކަމާއި، ޢާއިލާއާ ބެހޭ ކޯޓުގެ އިސް ޤާޟީކަމުގެ އިތުރުން އިންތިޤާލީ މަރުޙަލާގެ [[ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު|ސުޕްރީމް ކޯޓު]]ގެ ފަނޑިޔާރުކަމާއި، [[ދިވެހިރާއްޖޭގެ ހައި ކޯޓު]]ގެ ފަނޑިޔާރުކަން ހިމެނެއެވެ. އައްޝައިޚް ޔޫސުފް ޙުސައިން ފަނޑިޔާރުކަމުން ރިޓަޔަރކުރެއްވީ 2015 ފެބުރުވަރީ1ވަނަ ދުވަހުއެވެ. އޭރު ހުންނެވީ [[ދިވެހިރާއްޖޭގެ ހައި ކޯޓު|ހައި ކޯޓު]]ގެ ފަނޑިޔާރުކަމުގައެވެ.
އައްޝައިޚް ޔޫސުފް ޙުސައިން ދިވެހިރާއްޖޭގެ ޝަރުޢީ ދާއިރާއަށް ކުރެއްވި ޚިދުމަތްތަކުގެ އަގުވަޒަންކުރައްވައި، ތަކްރީމުކުރެއްވީ 2024 ޖަނަވަރީ 18ވަނަ ދުވަހު ބޭއްވި ޤަޟާއީ އަހަރު 2024 ފެށުމުގެ ރަސްމިއްޔާތުގައެވެ. ތަކްރީމުކުރުމުގެ ފަތްކޮޅާއި ޝަރަފުގެ މެޑަލް އެ މަނިކުފާނަށް އެރުވީ ދިވެހިރާއްޖޭގެ އޭރުގެ އުއްތަމަ ފަނޑިޔާރު [[އަޙްމަދު މުޢުތަޞިމް ޢަދުނާން|އަޙްމަދު މުޢުތަޞިމް ޢަދުނާން (ނޢޢވ)]] އެވެ.
[[ޤިސްމު:ދިވެހިރާއްޖޭގެ ދީނީ ޢިލްމުވެރީން]]
h6yiyu8tb918sehobmmzbxr6os5w4na
ޢަބްދުލްޢަޒީޒް ޙުސައިން
0
16062
137672
136108
2026-05-01T09:40:06Z
Memberuser
25611
137672
wikitext
text/x-wiki
އައްޝައިޚް ޢަބްދުލްޢަޒީޒް ޙުސައިން ނުވަތަ މަޝްހޫރު ނަމުން ނަމަ (އަޒީބެ) އަކީ ދީނީ ތަޢުލީމު އުނގެނިވަޑައިގެން ހުންނެވި ބޭފުޅެކެވެ. ދިވެހިރާއްޖެއިން ތަޢުލީމު އުނގެނިވަޑައިގަތުމަށް ފަހު ދެން ވަޑައިގެންނެވީ [[ޕާކިސްތާން|ޕާކިސްތާނަށެވެ]]. [[ޕާކިސްތާން|ޕާކިސްތާނު]]ގެ ޖާމިޢާ ސަލަފިއްޔާގައި ކިޔަވައި ވިދާޅުވުމަށްފަހު [[ޕާކިސްތާން|ޕާކިސްތާނު]]ގެ ކަރާޗީގެ "ދާރުލްޙަދީޘް" ކިޔާ ތަނެއްގައި ޤުރްއާން ހިތުދަސްކުރެއްވިއެވެ. އެއަށްފަހު [[ސައޫދީ އަރަބިއްޔާ|ސަޢޫދީ ޢަރަބިއްޔާ]]ގެ ރިޔާޟުގައި ހުންނަ އިމާމު މުޙައްމަދު ބިން ސުޢޫދު އިސްލާމިކް ޔުނިވަރސިޓީގައި ތަޢުލީމު ޙާޞިލުކުރެއްވިއެވެ.
އައްޝައިޚް ޢަބްދުލްޢަޒީޒް ޙުސައިން ކިޔަވައި ވިދާޅުވެގެން ރާއްޖެ ވަޑައިގަތުމަށްފަހު އެންމެ ފުރަތަމަ ޚިދުމަތް ކުރެއްވީ އުފަން ރަށް، [[މާޅޮސްމަޑުލު ދެކުނުބުރި|ބ.]] [[ހިތާދޫ (ބ. އަތޮޅު)|ހިތާދޫ]] އުއްމުލް ޤުރާ ސެކަންޑަރީ ސްކޫލުގައެވެ. ދެން [[މާޅޮސްމަޑުލު ދެކުނުބުރި|ބ.]] [[ހިތާދޫ (ބ. އަތޮޅު)|ހިތާދޫ]] ސްކޫލުގައެވެ. މީގެއިތުރުން ދިވެހިރާއްޖޭގެ އަޑާއި، ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުގައި ވެސް ޚިދުމަތްކުރައްވައިފައިވެއެވެ. މިހާރު ހުންނެވީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ކުއްލިޔަތުލް ޤުރްއާން ވައްސުންނާގެ ލެކްޗަރަރއެއްގެ މަޤާމުގައެވެ. އަދި އެ ކުއްލިޔާގެ ޑީންކަން މީގެކުރިން އަދާކުރައްވައިފައިވެއެވެ. ހަމައެހެންމެ ވަރަށް ގިނަ ތަންތަނުގައި ކިޔަވައިދެއްވައިފައިވެއެވެ.
މީގެއިތުރުން އައްޝައިޚް ޢަބްދުލްޢަޒީޒް ޙުސައިނަކީ ދިވެހިރާއްޖޭގެ ރައްޔިތުން ޙައްޖާއި ޢުމްރާއަށް ގެންގޮސްދެއްވުމަށް ޓަކައި އަމިއްލަ ކުންފުންޏެއް ހައްދަވައިގެން އެ ޚިދުމަތް ވެސް ދެއްވަމުން ގެންދަވާ ބޭފުޅެކެވެ.
[[ޤިސްމު:ދިވެހިރާއްޖޭގެ ދީނީ ޢިލްމުވެރީން]]
qjbxe9mtwwwas0aofgt2zclch74jscv
137673
137672
2026-05-01T09:40:35Z
Memberuser
25611
137673
wikitext
text/x-wiki
އައްޝައިޚް ޢަބްދުލްޢަޒީޒް ޙުސައިން ނުވަތަ މަޝްހޫރު ނަމުން ނަމަ (އަޒީބެ) އަކީ ދީނީ ތަޢުލީމު އުނގެނިވަޑައިގެން ހުންނެވި ބޭފުޅެކެވެ. ދިވެހިރާއްޖެއިން ތަޢުލީމު އުނގެނިވަޑައިގަތުމަށް ފަހު ދެން ވަޑައިގެންނެވީ [[ޕާކިސްތާން|ޕާކިސްތާނަށެވެ]]. [[ޕާކިސްތާން|ޕާކިސްތާނު]]ގެ ޖާމިޢާ ސަލަފިއްޔާގައި ކިޔަވައި ވިދާޅުވުމަށްފަހު [[ޕާކިސްތާން|ޕާކިސްތާނު]]ގެ ކަރާޗީގެ "ދާރުލްޙަދީޘް" ކިޔާ ތަނެއްގައި ޤުރްއާން ހިތުދަސްކުރެއްވިއެވެ. އެއަށްފަހު [[ސައޫދީ އަރަބިއްޔާ|ސަޢޫދީ ޢަރަބިއްޔާ]]ގެ ރިޔާޟުގައި ހުންނަ އިމާމު މުޙައްމަދު ބިން ސުޢޫދު އިސްލާމިކް ޔުނިވަރސިޓީގައި ތަޢުލީމު ޙާޞިލުކުރެއްވިއެވެ.
އައްޝައިޚް ޢަބްދުލްޢަޒީޒް ޙުސައިން ކިޔަވައި ވިދާޅުވެގެން ރާއްޖެ ވަޑައިގަތުމަށްފަހު އެންމެ ފުރަތަމަ ޚިދުމަތް ކުރެއްވީ އުފަން ރަށް، [[މާޅޮސްމަޑުލު ދެކުނުބުރި|ބ.]] [[ހިތާދޫ (ބ. އަތޮޅު)|ހިތާދޫ]] އުއްމުލްޤުރާ ސެކަންޑަރީ ސްކޫލުގައެވެ. ދެން [[މާޅޮސްމަޑުލު ދެކުނުބުރި|ބ.]] [[ހިތާދޫ (ބ. އަތޮޅު)|ހިތާދޫ]] ސްކޫލުގައެވެ. މީގެއިތުރުން ދިވެހިރާއްޖޭގެ އަޑާއި، ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުގައި ވެސް ޚިދުމަތްކުރައްވައިފައިވެއެވެ. މިހާރު ހުންނެވީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ކުއްލިޔަތުލްޤުރްއާން ވައްސުންނާގެ ލެކްޗަރަރއެއްގެ މަޤާމުގައެވެ. އަދި އެ ކުއްލިޔާގެ ޑީންކަން މީގެކުރިން އަދާކުރައްވައިފައިވެއެވެ. ހަމައެހެންމެ ވަރަށް ގިނަ ތަންތަނުގައި ކިޔަވައިދެއްވައިފައިވެއެވެ.
މީގެއިތުރުން އައްޝައިޚް ޢަބްދުލްޢަޒީޒް ޙުސައިނަކީ ދިވެހިރާއްޖޭގެ ރައްޔިތުން ޙައްޖާއި ޢުމްރާއަށް ގެންގޮސްދެއްވުމަށް ޓަކައި އަމިއްލަ ކުންފުންޏެއް ހައްދަވައިގެން އެ ޚިދުމަތް ވެސް ދެއްވަމުން ގެންދަވާ ބޭފުޅެކެވެ.
[[ޤިސްމު:ދިވެހިރާއްޖޭގެ ދީނީ ޢިލްމުވެރީން]]
2pl2rxuwnq2nmnghy7l4vs8irj00qql
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ
0
16093
137671
136639
2026-05-01T06:14:59Z
Memberuser
25611
137671
wikitext
text/x-wiki
{| id="toc" style="float:left; width:210px; margin-left: 1em;"
| colspan="2" style="text-align: center;" |'''ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ'''

| colspan="2" style="text-align:center; background:ffffff;" |[[ފައިލު:2nd session of the Islamic University of Maldives’ Convocation 2023 (39).jpg|center|240x240px|ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ދަސްވެނިވުން (2023)]]ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ދަސްވެނިވުން (2023)

|'''ކުރީގެ ނަންތައް'''
|މަޢުހަދުއްދިރާސާތިލްއިސްލާމިއްޔާ
ކުއްލިއްޔަތުއްދިރާސާތިލްއިސްލާމިއްޔާ

|'''ހިންގަން ފެށީ'''
|ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ނަމުގައި ހިންގަން ފެށީ 9 ޖުލައި 2015 ގައި
9 ނޮވެންބަރު 1980 - (މަޢުހަދުއްދިރާސާތިލްއިސްލާމިއްޔާގެ ނަމުގައި)
21 ފެބުރުވަރީ 2004 - (ކުއްލިއްޔަތުއްދިރާސާތިލްއިސްލާމިއްޔާގެ ނަމުގައި)

|'''ޗާންސެލަރު'''

|'''ވައިސް ޗާންސެލަރު'''
|[[ޑރ. ޢަލީ ޒާހިރު]]

|'''ކިޔަވައިދޭ ފެންވަރު'''
|ސެޓްފިކެޓް ލެވެލް، ބެޗްލަރސް ޑިގްރީ، މާސްޓަރސް ޑިގްރީ، ޕީއެޗްޑީ

|'''ކުލަތައް'''
|{{Color box|#118E38}} {{Color box|#CF990E}} {{Color box|#FFFFFF}}

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ފެށުމަކީ 1980ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 9ވަނަ ދުވަހު އުފެއްދެވި މަޢުހަދުއްދިރާސާތިލްއިސްލާމިއްޔާއާއި 2004ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 21ވަނަ ދުވަހު އުފެއްދެވި ކުއްލިއްޔަތުއްދިރާސާތިލްއިސްލާމިއްޔާއެވެ. ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ އުފެދުނީ 9 ޖުލައި 2015 (22 ރަމަޟާން 1436) ގައި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ބިލް ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤު ކުރެއްވުމާ ގުޅިގެން، ކުރީގެ ކުއްލިއްޔަތުއްދިރާސާތިލްއިސްލާމިއްޔާ، ދައުލަތުގެ ޔުނިވަރސިޓީއަކަށް ބަދަލުކުރެއްވުމުންނެވެ.
މިގެނެވުނުބަދަލާއެކު، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއަކީ، އުނގަންނައިދިނުމާއި ދިރާސާތައްކުރުމާއި އައު އުފެއްދުންތަކަށް ޚާއްޞަ މަސައްކަތްތަކެއް ކުރާ ތަޢުލީމީ އިދާރާއަކަށް ވެގެންދިއައެވެ. މި ބަދަލުގެ މައިގަނޑު މަޤްޞަދަކީ، މަތީފެންވަރުގެ ވިސްނުންތަކަށް ފުރުސަތު ތަނަވަސްކޮށްދީ އަދި އިސްލާމް ދީން ޝާމިލުވެގެންވާގޮތެއްގައި ތަފާތު، ނައްޞުތަކާއި، ނަޒަރިއްޔާތުގެ ތެރެއިން އިސްލާމް ދީން ރަނގަޅަށް ފަހުމުވެ އެ މާތް ދީނުގެ ތަޢުލީމާއި އިރުޝާދުގެ އަލީގައި އުފެއްދުންތެރި ބިނާކުރަނިވި މުސްލިމު ދަރިން ތަރުބިޔަތު ކުރުމެވެ.
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ ބިނާވެގެންވަނީ، ޙަރަކާތްތެރި، ފުޅާ ތަޞައްވުރާއި، ޢިލްމީ އަރުތަ ހާޞިލުކުރުމުގެ ވަރުގަދަ ޢަޒުމެއްގެ މައްޗަށެވެ. ޢިލްމީ ތަމްރީނާއި، ޢިލްމީ ދިރާސާތައް ކުރުމާއި، އިސްލާމީ ތަޢުލީމު ޢާންމުކުރުމުގެ އަމާޒަށް ވާޞިލުވުމުގެ މައްޗަށެވެ. ބަދަލުވަމުންދާ ދުނިޔޭގެ ތަފާތު މަސްރަޙުތަކުގައި ބޭނުންކުރެވޭނެ މަޢުލޫމާތުތައް ފޯރުކޮށްދިނުމުގެ މައްޗަށެވެ.
== ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ މަޤުޞަދު ==
(ހ) ދިވެހިރާއްޖޭގައި އިސްލާމީ މަތީ ތަޢުލީމު ފޯރުކޮށްދޭ ޚާއްޞަ ޔުނިވަރސިޓީއެއް ޤާއިމުކޮށް އެ ޔުނިވަރސިޓީ ހިނގާނެގޮތުގެ އިޖުރާއާތުތަކާއި އުސޫލުތައް ކަނޑައެޅުން؛
(ށ) ދީނީ އެއްބައިވަންތަކަމާއި، ޤައުމީ ވަޙްދަތުގެ ގިއުގަނޑުގެ ތެރޭގައި، ދިވެހިރާއްޖޭގެ އިސްލާމީ ތަޢުލީމާއި ޘަޤާފަތް ރައްކާތެރިކޮށް ދެމެހެއްޓުމަށާއި، ޤައުމުގެ ތަރައްޤީއަށާއި، ހޭލުންތެރިކަމަށް ބޭނުންވާ ތަޢުލީމާއި ތަމްރީނު ލިބިފައިވާ ތަހުޒީބު، ޒިންމާދާރު، އެއްބައިވަންތަ އަދި އެއްބައެއްވަންތަ ދިވެހި ދަރިންތަކެއް އުފެއްދުން؛
(ނ) ފަރުދުންނާއި ޤައުމު، ތަރައްޤީއާ ހަމައަށް ވާސިލުކޮށް ކުރިއެރުވުމަށްޓަކައި އިސްލާމީ ނަޒަރިއްޔާތުގެ ރޫޙާ އެއްގޮތަށް މަސައްކަތްކުރުން؛
(ރ) އިސްލާމީ ސައިންސާއި އަދި ޑިސިޕްލިންތަކުގެ އެކި ރޮނގުން ކުރިއަރައި ތަރައްޤީއަށް ވާސިލުވާނެ ގޮތްތައް ހޯދުން؛
(ބ) ޔުނިވަރސިޓީން ދަސްވެނިވާ ދަރިވަރުންނަކީ ޤައުމާއި މުސްލިމް އުންމަތް ބިނާކުރާނެ އުފެއްދުންތެރި އަދި ޤާބިލު ފަންނުވެރި ބައެއްގެ ގޮތުގައި ހެދުމަށް މަސައްކަތްކުރުން.
== ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ މަސްއޫލިއްޔަތު ==
(ހ) ޢާންމުކޮށް ޢިލްމާއި ހުނަރު، ޚާއްޞަކޮށް އިސްލާމީ ޢިލްމާއި މަޢުރިފާ އާއި ޘަޤާފަތް އިތުރުކޮށް ފުޅާކުރުން؛
(ށ) ދިވެހިރާއްޖެއަށް ބޭނުންވާ ޢާންމު ޢިލްމާއި ހުނަރުތަކާއި އިސްލާމީ ތަޢުލީމުގެ އެންމެހާ ދާއިރާތަކުން މަތީ ތަޢުލީމާއި ތަމްރީނު ދިނުން؛
(ނ) ޢިލްމީ ދިރާސާކުރުމާއި މިފަދަ ދިރާސާތައް ޤައުމީ އަދި ބައިނަލްއަޤުވާމީ މުޖުތަމަޢުގެ މަންފާއަށް ޓަކައި ޝާއިޢުކުރުން؛
(ރ) ޔުނިވަރސިޓީގައި ހިންގާ ކޯސްތަކާއި ލިބިދޭ ތަމްރީނާއި ތަޢުލީމާ ގުޅިގެން ދޭންޖެހޭ ބެޗެލަރސް، މާސްޓަރސް، އަދި ޑޮކްޓޯރަލް ޑިގްރީއާއި އެނޫންވެސް ސަނަދުތަކާއި އެވޯޑުތައް ދިނުން؛
(ބ) ރާއްޖެއާއި ރާއްޖޭން ބޭރުގެ ތަޢުލީމީ މަރުކަޒުތަކާއެކު އެއްބާރުލުމުގެ ގުޅުންތައް ޤާއިމުކުރުން؛
(ޅ) ޔުނިވަރސިޓީގެ މަޤުޞަދުތައް ޙާޞިލުކުރުމަށް ޓަކައި ޔުނިވަރސިޓީގެ ވަޞީލަތްތައް ތަރައްޤީކޮށް އިތުރު ވަޞީލަތްތައް ހޯދުން؛
(ކ) ޔުނިވަރސިޓީގެ އެންމެހާ ވަޞީލަތްތައް ޔުނިވަރސިޓީގެ މަރުކަޒުތަކުގެ މެދުގައި އިންޞާފުވެރިކަމާއެކު އެންމެ ހެޔޮގޮތުގައި ބޭނުންކުރުން؛
(އ) އިސްލާމީ އަދި ދިވެހި ތާރީޚާއި އާދަކާދަތަކާއި އަދަބުތައް ކުރިއަރުވައި ފެތުރުން؛
(ވ) އިސްލާމީ ޝަރީޢަތާއި ދިވެހިރާއްޖޭގެ ޤާނޫނުތަކާ ޚިލާފުނުވާގޮތަށް މަތީގައި ބަޔާންކޮށްފައިވާ މަޤުޞަދުތައް ޙާޞިލުކުރުމަށް ޓަކައި ކުރަންޖެހޭ ކޮންމެކަމެއް ކުރުން.
== ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ތަޞައްވުރާއި މުހިންމަތު ==
'''ތަޞައްވުރު:''' ޤައުމަށާއި އިސްލާމީ އުންމަތަށް ފައިދާހުރި ޢިލްމު ފޯރުކޮށްދިނުމުގައި އެންމެ ފާހަގަކޮށްލެވޭ ޔުނިވަރސިޓީ ކަމުގައިވުމެވެ.
'''މުހިންމަތު:''' އެންމެ މަތީ ފެންވަރަށް ކިޔަވައިދިނުމާއި، އުނގެނުމާއި، ޢިލްމީ ދިރާސާތައް ކުރުމާއި، އިޖުތިމާއީ ޚިދުމަތުގެ ތެރެއިން، ޤައުމަށާއި އިސްލާމީ އުންމަތަށް ފައިދާކުރާނެ، މަތިވެރި އިސްލާމީ ސިފަތައް ލިބިގެންވާ، ވަޒަން ހަމަ ޝަޚުޞިއްޔަތެއް ހުރި އުންމީދީ ދަރިވަރުން ތައްޔާރުކުރުމެވެ.
== ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ފަލްސަފާ ==
ޔުނިވަރސިޓީގެ ފަލްސަފާ ނެގިފައިވަނީ سورة العلق ގެ ފުރަތަމަ ފަސް އާޔަތުންނެވެ.
[ٱقْرَأْ بِٱسْمِ رَبِّكَ ٱلَّذِى خَلَقَ ﴿١﴾ خَلَقَ ٱلْإِنسَٰنَ مِنْ عَلَقٍ ﴿٢﴾ ٱقْرَأْ وَرَبُّكَ ٱلْأَكْرَمُ ﴿٣﴾ ٱلَّذِى عَلَّمَ بِٱلْقَلَمِ ﴿٤﴾ عَلَّمَ ٱلْإِنسَٰنَ مَا لَمْ يَعْلَمْ ﴿٥﴾] މާނައީ "ކަލޭގެފާނުގެ ވެރި ރަސްކަލާނގެ އިސްމުފުޅުން ކަލޭގެފާނު ކިޔަވައި ވިދާޅުވާށެވެ! އެކަލާނގެއީ (ހުރިހާ ތަކެއްޗެއް) ހެއްދެވި ރަސްކަލާނގެއެވެ. ގަނޑު ލޭކޮޅަކުން އެކަލާނގެ އިންސާނާ ހެއްދެވިއެވެ. ކަލޭގެފާނު ކިޔަވައި ވިދާޅުވާށެވެ! އަދި ކަލޭގެފާނުގެ ވެރި ރަސްކަލާނގެއީ އެންމެ ދީލަތިވަންތަ ރަސްކަލާނގެއެވެ. އެކަލާނގެއީ (ޤަލަމުން) ލިޔަން އުނގަންނައިދެއްވި ރަސްކަލާނގެއެވެ. އިންސާނާއަށް އޭނާ ނުދަންނަ ކަންތައް، އެކަލާނގެ އުނގަންނައި ދެއްވިއެވެ.
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ފަލްސަފާ ބިނާވެގެންވަނީ، ﷲއީ، ހުރިހާ ތަކެއްޗެއް ހެއްދެވި ޚާލިޤުވަންތަ ރަސްކަލާނގެކަމަށް އީމާންވުމުގެ މަތިވެރި ޢަޤީދާގެ މައްޗަށެވެ. އެހެންކަމުން ޔުނިވަރސިޓީން ދެވޭ ތަޢުލީމުގެ ތެރޭގައި ޝާމިލުވެގެންވަނީ ތައުޙީދުގެ ރޫޙެވެ. އެހެންވީމާ، ޢިލްމުގެ މަންހަޖާއި، ޢިލްމު ބޭނުންކުރުމުގެ ތަރަހައަކީ، ކީރިތި ޤުރްއާނާއި ސުންނަތެވެ.
މި ބިމުގައި ލެއްވި، މާތްﷲ މާތްކުރެއްވި، ޚަލީފަތުﷲ ގެ ޙައިޘިއްޔަތުން އަދާކުރަންޖެހޭ މަސްއޫލިއްޔަތަކީ، ޤައުމާއި އިސްލާމީ އުއްމަތް ބިނާކުރުމުގެ މުހިއްމު މަސްއޫލިއްޔަތެވެ.
== ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ އަސާސީ އަގުތައް ==
* ނަޒާހަތްތެރިކަން
* ފެންވަރާއި އަރުތަ
* ޤައުމަށާއި އުންމަތަށް ޚިދުމަތްކުރުން
* ދީންވެރިކަން
* ޒިންމާދާރުވުން
* އުޚުއްވަތްތެރިކަން
* ޢަދުލުވެރިކަން
== ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގައި ހުންނަ ކުއްލިއްޔާތަކާއި ސެންޓަރުތައް ==
* ކުއްލިޔާ އޮފް ޤުރްއާން އެންޑް ސުންނާ
* ކުއްލިޔާ އޮފް ޝަރީޢާ އެންޑް ލޯ
* ކުއްލިޔާ އޮފް އިސްލާމިކް ރިވީލްޑް ނޮލެޖް އެންޑް ހިއުމަން ސައިންސަސް
* ކުއްލިޔާ އޮފް އެޑިޔުކޭޝަން
* ކުއްލިޔާ އޮފް ޢަރަބިކް ލެންގުއޭޖް
* ކުއްލިޔާ އޮފް އިކޮނޮމިކްސް އެންޑް މެނޭޖްމަންޓް ސްޓަޑީޒް
* ސެންޓަރ ފޮރ ރިސަރޗް އެންޑް ޕަބްލިކޭޝަން
* ސެންޓަރ ފޮރ ޕޯސްޓްގްރެޖުއޭޓް ސްޓަޑީޒް
* ސެންޓަރ ފޮރ ކޮންޓިނިއުއިންގ އެޑިޔުކޭޝަން
0df8b2zqpn0ebpeyphaz9gl635brq2k
ޝުޢައިބު ޙުސައިން ޒަކަރިއްޔާ
0
16157
137665
137640
2026-04-30T13:22:24Z
Memberuser
25611
137665
wikitext
text/x-wiki
{{Infobox officeholder
| name = ޖަސްޓިސް (ރިޓަޔަރޑް) އައްޝައިޚު ޝުޢައިބު ޙުސައިން ޒަކަރިއްޔާ
| image = Opening of the Judicial Year 2024 (80).jpg
| caption = އައްޝައިޚް ޝުޢައިބު ޙުސައިން ޒަކަރިއްޔާ، (ވާތުގައި)
| office = [[ދިވެހިރާއްޖޭގެ ހައި ކޯޓު]]ގެ ފަނޑިޔާރު
| term_start = 26 މާރިޗު 2011
| term_start1 =
| term_start2 =
| term_end2 =
| predecessor4 =
| predecessor5 =
| residence =
| alma_mater = ޔުނިވަރސިޓީ އޮފް [[ޤަޠަރު]]
އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ [[މެލޭޝިޔާ]]
| term_end1 =
| president = [[މުޙައްމަދު ނަޝީދު]]
[[ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކު]]
[[ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް]]
[[އިބްރާހީމް މުޙައްމަދު ޞާލިޙް]]
| term_end = 22 ނޮވެންބަރު 2022
| death_date = 19 ޖަނަވަރީ 2025

ޖަސްޓިސް (ރިޓަޔަރޑް) އައްޝައިޚު ޝުޢައިބު ޙުސައިން ޒަކަރިއްޔާއަކީ، [[ޤަޠަރު]]ގެ ޤަޠަރު ޔުނިވަރސިޓީން ޝަރީޢަތާއި ޤާނޫނުގެ ރޮނގުން ފުރަތަމަ ޑިގްރީ 1997ވަނަ އަހަރު ޙާޞިލު ކުރެއްވުމަށް ފަހު، 2006ވަނަ އަހަރު [[މެލޭޝިޔާ]]ގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީން މާސްޓަރ އޮފް ކޮމްޕަރޭޓިވް ލޯވް ހައްދަވައިފައިވާ ބޭފުޅެކެވެ.
އައްޝައިޚު ޝުޢައިބު ޙުސައިން ޒަކަރިއްޔާ ފުރުއްވައިފައިވާ މަޤާމުތަކުގެ ތެރޭގައި މިނިސްޓްރީ އޮފް ޖަސްޓިސްގެ ލީގަލް އޮފިސަރުކަމާއި ޚާއްޞަ ޤާޟީކަމާއި، ޢާއިލާއާ ބެހޭ ކޯޓުގެ ޤާޟީކަމާއި، މަދަނީ ކޯޓާއި، ކުޑަކުދީންނާ ބެހޭ ކޯޓުގެ އިސް ޤާޟީކަން ހިމެނެއެވެ. މީގެ އިތުރުން [[މަޖީދިއްޔާ ސްކޫލް|މަޖީދިއްޔާ ސްކޫލު]]ގައި ކިޔަވައިދެއްވުމުގެ އިތުރުން ފެކަލްޓީ އޮފް އިސްލާމިކް ސްޓަޑީޒްއާއި، ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯގައި ލެކްޗަރަރއެއްގެ ގޮތުގައި މަސައްކަތް ކުރައްވައިފައިވެއެވެ. އަދި [[ދިވެހިރާއްޖޭގެ ހައި ކޯޓު]]ގެ ފަނޑިޔާރުކަން 2011 މާރިޗު 26ވަނަ ދުވަހުން ފެށިގެން 2022 ނޮވެންބަރު 22ވަނަ ދުވަހު ޝަރަފުވެރިކަމާއެކު ފަނޑިޔާރުކަމުން ރިޓަޔަރކުރެއްވުމާ ހަމަޔަށް އަދާކުރައްވައިފައިވެއެވެ.
އައްޝައިޚް ޝުޢައިބު ޙުސައިން ޒަކަރިއްޔާ ދިވެހިރާއްޖޭގެ ޝަރުޢީ ދާއިރާއަށް ކުރެއްވި ޚިދުމަތްތަކުގެ އަގުވަޒަންކުރައްވައި، ތަކްރީމުކުރެއްވީ 2024 ޖަނަވަރީ 18ވަނަ ދުވަހު ބޭއްވި ޤަޟާއީ އަހަރު 2024 ފެށުމުގެ ރަސްމިއްޔާތުގައެވެ. ތަކްރީމުކުރުމުގެ ފަތްކޮޅާއި ޝަރަފުގެ މެޑަލް އެ މަނިކުފާނަށް އެރުވީ ދިވެހިރާއްޖޭގެ އޭރުގެ އުއްތަމަ ފަނޑިޔާރު [[އަޙްމަދު މުޢުތަޞިމް ޢަދުނާން|އަޙްމަދު މުޢުތަޞިމް ޢަދުނާން (ނޢޢވ)]] އެވެ.
އައްޝައިޚު ޝުޢައިބު ޙުސައިން ޒަކަރިއްޔާ އަވަހާރަވީ 2025 ޖަނަވަރީ 19ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ.
[[ޤިސްމު:ދިވެހިރާއްޖޭގެ ދީނީ ޢިލްމުވެރީން]]
j60xkbxuqpry5iq0ltm5izomjljxey5
137666
137665
2026-04-30T13:57:19Z
Memberuser
25611
137666
wikitext
text/x-wiki
{{Infobox officeholder
| name = ޖަސްޓިސް (ރިޓަޔަރޑް) އައްޝައިޚު ޝުޢައިބު ޙުސައިން ޒަކަރިއްޔާ
| image = Opening of the Judicial Year 2024 (80).jpg
| caption = އައްޝައިޚް ޝުޢައިބު ޙުސައިން ޒަކަރިއްޔާ، (ވާތުގައި)
| office = [[ދިވެހިރާއްޖޭގެ ހައި ކޯޓު]]ގެ ފަނޑިޔާރު
| term_start = 26 މާރިޗު 2011
| term_start1 =
| term_start2 =
| term_end2 =
| predecessor4 =
| predecessor5 =
| residence =
| alma_mater = ޔުނިވަރސިޓީ އޮފް [[ޤަޠަރު]]
އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ [[މެލޭޝިޔާ]]
| term_end1 =
| president = [[މުޙައްމަދު ނަޝީދު]]
[[ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކު]]
[[ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް]]
[[އިބްރާހީމް މުޙައްމަދު ޞާލިޙް]]
| term_end = 22 ނޮވެންބަރު 2022
| death_date = 19 ޖަނަވަރީ 2025
| resting_place = މއ. އާސަހަރާ، [[މާލެ]]

ޖަސްޓިސް (ރިޓަޔަރޑް) އައްޝައިޚު ޝުޢައިބު ޙުސައިން ޒަކަރިއްޔާއަކީ، [[ޤަޠަރު]]ގެ ޤަޠަރު ޔުނިވަރސިޓީން ޝަރީޢަތާއި ޤާނޫނުގެ ރޮނގުން ފުރަތަމަ ޑިގްރީ 1997ވަނަ އަހަރު ޙާޞިލު ކުރެއްވުމަށް ފަހު، 2006ވަނަ އަހަރު [[މެލޭޝިޔާ]]ގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީން މާސްޓަރ އޮފް ކޮމްޕަރޭޓިވް ލޯވް ހައްދަވައިފައިވާ ބޭފުޅެކެވެ.
އައްޝައިޚު ޝުޢައިބު ޙުސައިން ޒަކަރިއްޔާ ފުރުއްވައިފައިވާ މަޤާމުތަކުގެ ތެރޭގައި މިނިސްޓްރީ އޮފް ޖަސްޓިސްގެ ލީގަލް އޮފިސަރުކަމާއި ޚާއްޞަ ޤާޟީކަމާއި، ޢާއިލާއާ ބެހޭ ކޯޓުގެ ޤާޟީކަމާއި، މަދަނީ ކޯޓާއި، ކުޑަކުދީންނާ ބެހޭ ކޯޓުގެ އިސް ޤާޟީކަން ހިމެނެއެވެ. މީގެ އިތުރުން [[މަޖީދިއްޔާ ސްކޫލް|މަޖީދިއްޔާ ސްކޫލު]]ގައި ކިޔަވައިދެއްވުމުގެ އިތުރުން ފެކަލްޓީ އޮފް އިސްލާމިކް ސްޓަޑީޒްއާއި، ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯގައި ލެކްޗަރަރއެއްގެ ގޮތުގައި މަސައްކަތް ކުރައްވައިފައިވެއެވެ. އަދި [[ދިވެހިރާއްޖޭގެ ހައި ކޯޓު]]ގެ ފަނޑިޔާރުކަން 2011 މާރިޗު 26ވަނަ ދުވަހުން ފެށިގެން 2022 ނޮވެންބަރު 22ވަނަ ދުވަހު ޝަރަފުވެރިކަމާއެކު ފަނޑިޔާރުކަމުން ރިޓަޔަރކުރެއްވުމާ ހަމަޔަށް އަދާކުރައްވައިފައިވެއެވެ.
އައްޝައިޚް ޝުޢައިބު ޙުސައިން ޒަކަރިއްޔާ ދިވެހިރާއްޖޭގެ ޝަރުޢީ ދާއިރާއަށް ކުރެއްވި ޚިދުމަތްތަކުގެ އަގުވަޒަންކުރައްވައި، ތަކްރީމުކުރެއްވީ 2024 ޖަނަވަރީ 18ވަނަ ދުވަހު ބޭއްވި ޤަޟާއީ އަހަރު 2024 ފެށުމުގެ ރަސްމިއްޔާތުގައެވެ. ތަކްރީމުކުރުމުގެ ފަތްކޮޅާއި ޝަރަފުގެ މެޑަލް އެ މަނިކުފާނަށް އެރުވީ ދިވެހިރާއްޖޭގެ އޭރުގެ އުއްތަމަ ފަނޑިޔާރު [[އަޙްމަދު މުޢުތަޞިމް ޢަދުނާން|އަޙްމަދު މުޢުތަޞިމް ޢަދުނާން (ނޢޢވ)]] އެވެ.
އައްޝައިޚު ޝުޢައިބު ޙުސައިން ޒަކަރިއްޔާ އަވަހާރަވީ 2025 ޖަނަވަރީ 19ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ. އަވަހާރަވީ އިރު ޢުމުރުފުޅަކީ 55 އަހަރުފުޅެވެ. އެ މަނިކުފާނުގެ މައްޗަށް ކަށުނަމާދުކުރީ އެ ދުވަހުގެ 23:00 ގައި [[މާލެ|މާލޭ]] މަސްޖިދުއްތަޢާވުނި (އާސަހަރާ މިސްކިތް) ގައެވެ. ފަސްދާނުލީ [[މާލެ|މާލޭ]] މއ. އާސަހަރާގައެވެ.
[[ޤިސްމު:ދިވެހިރާއްޖޭގެ ދީނީ ޢިލްމުވެރީން]]
hgzzl6b92ugsb14yrsjyw64r8jgwh70
137670
137666
2026-04-30T14:16:10Z
Memberuser
25611
137670
wikitext
text/x-wiki
{{Infobox officeholder
| name = ޖަސްޓިސް (ރިޓަޔަރޑް) އައްޝައިޚުލްމަރްޙޫމު ޝުޢައިބު ޙުސައިން ޒަކަރިއްޔާ
| image = Opening of the Judicial Year 2024 (80).jpg
| caption = އައްޝައިޚް ޝުޢައިބު ޙުސައިން ޒަކަރިއްޔާ، (ވާތުގައި)
| office = [[ދިވެހިރާއްޖޭގެ ހައި ކޯޓު]]ގެ ފަނޑިޔާރު
| term_start = 26 މާރިޗު 2011
| term_start1 =
| term_start2 =
| term_end2 =
| predecessor4 =
| predecessor5 =
| residence =
| alma_mater = ޔުނިވަރސިޓީ އޮފް [[ޤަޠަރު]]
އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ [[މެލޭޝިޔާ]]
| term_end1 =
| president = [[މުޙައްމަދު ނަޝީދު]]
[[ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކު]]
[[ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް]]
[[އިބްރާހީމް މުޙައްމަދު ޞާލިޙް]]
| term_end = 22 ނޮވެންބަރު 2022
| death_date = 19 ޖަނަވަރީ 2025
| resting_place = މއ. އާސަހަރާ، [[މާލެ]]

ޖަސްޓިސް (ރިޓަޔަރޑް) އައްޝައިޚުލްމަރްޙޫމު ޝުޢައިބު ޙުސައިން ޒަކަރިއްޔާއަކީ، [[ޤަޠަރު]]ގެ ޤަޠަރު ޔުނިވަރސިޓީން ޝަރީޢަތާއި ޤާނޫނުގެ ރޮނގުން ފުރަތަމަ ޑިގްރީ 1997ވަނަ އަހަރު ޙާޞިލު ކުރެއްވުމަށް ފަހު، 2006ވަނަ އަހަރު [[މެލޭޝިޔާ]]ގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީން މާސްޓަރ އޮފް ކޮމްޕަރޭޓިވް ލޯވް ހައްދަވައިފައިވާ ބޭފުޅެކެވެ.
އައްޝައިޚު ޝުޢައިބު ޙުސައިން ޒަކަރިއްޔާ ފުރުއްވައިފައިވާ މަޤާމުތަކުގެ ތެރޭގައި މިނިސްޓްރީ އޮފް ޖަސްޓިސްގެ ލީގަލް އޮފިސަރުކަމާއި ޚާއްޞަ ޤާޟީކަމާއި، ޢާއިލާއާ ބެހޭ ކޯޓުގެ ޤާޟީކަމާއި، މަދަނީ ކޯޓާއި، ކުޑަކުދީންނާ ބެހޭ ކޯޓުގެ އިސް ޤާޟީކަން ހިމެނެއެވެ. މީގެ އިތުރުން [[މަޖީދިއްޔާ ސްކޫލް|މަޖީދިއްޔާ ސްކޫލު]]ގައި ކިޔަވައިދެއްވުމުގެ އިތުރުން ފެކަލްޓީ އޮފް އިސްލާމިކް ސްޓަޑީޒްއާއި، ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯގައި ލެކްޗަރަރއެއްގެ ގޮތުގައި މަސައްކަތް ކުރައްވައިފައިވެއެވެ. އަދި [[ދިވެހިރާއްޖޭގެ ހައި ކޯޓު]]ގެ ފަނޑިޔާރުކަން 2011 މާރިޗު 26ވަނަ ދުވަހުން ފެށިގެން 2022 ނޮވެންބަރު 22ވަނަ ދުވަހު ޝަރަފުވެރިކަމާއެކު ފަނޑިޔާރުކަމުން ރިޓަޔަރކުރެއްވުމާ ހަމަޔަށް އަދާކުރައްވައިފައިވެއެވެ.
އައްޝައިޚް ޝުޢައިބު ޙުސައިން ޒަކަރިއްޔާ ދިވެހިރާއްޖޭގެ ޝަރުޢީ ދާއިރާއަށް ކުރެއްވި ޚިދުމަތްތަކުގެ އަގުވަޒަންކުރައްވައި، ތަކްރީމުކުރެއްވީ 2024 ޖަނަވަރީ 18ވަނަ ދުވަހު ބޭއްވި ޤަޟާއީ އަހަރު 2024 ފެށުމުގެ ރަސްމިއްޔާތުގައެވެ. ތަކްރީމުކުރުމުގެ ފަތްކޮޅާއި ޝަރަފުގެ މެޑަލް އެ މަނިކުފާނަށް އެރުވީ ދިވެހިރާއްޖޭގެ އޭރުގެ އުއްތަމަ ފަނޑިޔާރު [[އަޙްމަދު މުޢުތަޞިމް ޢަދުނާން|އަޙްމަދު މުޢުތަޞިމް ޢަދުނާން (ނޢޢވ)]] އެވެ.
އައްޝައިޚު ޝުޢައިބު ޙުސައިން ޒަކަރިއްޔާ އަވަހާރަވީ 2025 ޖަނަވަރީ 19ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ. އަވަހާރަވީ އިރު ޢުމުރުފުޅަކީ 55 އަހަރުފުޅެވެ. އެ މަނިކުފާނުގެ މައްޗަށް ކަށުނަމާދުކުރީ އެ ދުވަހުގެ 23:00 ގައި [[މާލެ|މާލޭ]] މަސްޖިދުއްތަޢާވުނި (އާސަހަރާ މިސްކިތް) ގައެވެ. ފަސްދާނުލީ [[މާލެ|މާލޭ]] މއ. އާސަހަރާގައެވެ.
[[ޤިސްމު:ދިވެހިރާއްޖޭގެ ދީނީ ޢިލްމުވެރީން]]
7x3wzfqv8v41bhnh3l8h3h1o123sdu0