ވިކިޕީޑިއާ
dvwiki
https://dv.wikipedia.org/wiki/%DE%89%DE%A6%DE%87%DE%A8_%DE%9E%DE%A6%DE%8A%DE%B0%DE%99%DE%A7
MediaWiki 1.46.0-wmf.26
first-letter
މީޑިއާ
ޚާއްސަ
ޚިޔާލު
މެމްބަރު
މެމްބަރުގެ ވާހަކަ
ވިކިޕީޑިއާ
ވިކިޕީޑިއާ ޚިޔާލު
ފައިލު
ފައިލުގެ ޚިޔާލު
މީޑިއާވިކީ
މިޑިއާވިކީ ޚިޔާލު
ފަންވަތް
ފަންވަތުގެ ޚިޔާލު
އެހީ
އެހީގެ ޚިޔާލު
ޤިސްމު
ޤިސްމުގެ ޚިޔާލު
ނެރު
ނެރު ޚިޔާލު
TimedText
TimedText talk
މޮޑިއުލް
މޮޑިއުލް ޚިޔާލު
Event
Event talk
މެއި
0
4937
137679
137676
2026-05-05T00:39:22Z
TrailGnome
28322
Removed offensive material
137679
wikitext
text/x-wiki
'''މެއި'''
== ޙާދިސާތައް ==
* [[މެއި 1]] - [[1964]] - [[ދިވެހިރާއްޖެ]]: މާލޭ އިންޓަނޭޝަނަލް އެއަރޕޯޓްގެ ރަންވޭ ހެދުމުގެ މަސައްކަތް ފެށުން. މިއީ ކުރިން އިގިރޭސިން ހަދާފައިވާ މެޓަލް ރަންވޭގެ ބަދަލުގައި ހެދުނު އާ ރަންވޭ ހަދަން ފެށުނު ދުވަސް
* [[މެއި 1]] - [[1969]] – [[ދިވެހިރާއްޖެ]]:- ސަރުކާރު މުއައްޒަފުންގެ ހެދުމަކީ ފިރިހެނުންނަށް ގަމީހާއި ފަޓްލޫން، އަންހެނުންނަށް ޕާކިސްތާން ހެދުން ކަމުގައި ހަމަޖެއްސުން
* [[މެއި 2]] - [[1970]] – [[ދިވެހިރާއްޖެ]]:- ހުކުރު ޢީދު އަދި ކޭތަ ނަމާދުގައި ދައުލަތުން ފާސްކުރައްވާފައިވާ ޚުތުބާ އެއް ނޫނީ ކިޔުން މަނާކުރުން
* [[މެއި 4]] - [[1961]] - [[ދިވެހިރާއްޖެ]]:- ކ.ވިލިގިލީ މީހުން ހުޅުލެއަށް ބަދަލުކޮށް ނިންމުން
* [[މެއި 7]] - [[1893]] -[[ދިވެހިރާއްޖެ]]:- [[ސުލްޠާން މުޙައްމަދު ޝަމްސުއްދީން (ތިންވަނަ)]] ފުރަތަމަ ފަހަރަށް ރަސްކަމަށް އިސްވުން. އެރަދުން ރަސްކަމަށް އިސްކުރެވުނީ އެދުވަހު ގުޅަކުޅޭ ފަސްގަނޑުގައި ހަނގުބޭކަލުން އެއްވެ ބޮޑު ފަތަފޮޅި ބެއްސެވުން ބޭއްވުމަށްފަހު އެކަން ނިމިގެންނެވެ. އެރަދުން ރަސްކަމަށް އިސްކުރެވުނީ އުމުރުން 13 އަހަރުގައެވެ.
* [[މެއި 7]] - [[1951]] - [[ދިވެހިރާއްޖެ]]:- ސަރ ޖޯން ކޮތަލާވަލާ މާލެ ވަޑައިގަތުން
* [[މެއި 7]] - [[1968]] – [[ދިވެހިރާއްޖެ]]:- ހުޅުލެ އާއި ގާދޫ ވެލީގެ ގޮތުން ގުޅުވާލެވުން
* [[މެއި 7]] - [[1978]] – [[ދިވެހިރާއްޖެ]]:- ދުނިޔޭގެ މޫސުމާ ބެހޭ ޖަމްއިއްޔާގައި ރާއްޖެ ބައިވެރިވުން
* [[މެއި 9]] - [[1969]] – [[ދިވެހިރާއްޖެ]]:- [[އަމީނިއްޔާ ސުކޫލް]]ގެ އާ އިމާރާތް [[އަލްއަމީރު އިބްރާހީމް ޢަލީ ދީދީ]] ހުޅުވައިދެއްވުން
* [[މެއި 9]] - [[2009]] – [[ދިވެހިރާއްޖެ]]:- ގިނަ ސިޔާސީ ޕާޓިތައް ބައިވެރިވެގެން ބޭއްވި ފުރަތަމަ ރައްޔިތުން މަޖުލީހުގެ އިންތިޚާބުގެ ވޯޓްލުން ބޭއްވުން
* [[މެއި 10]] - [[1961]] – [[ދިވެހިރާއްޖެ]] : [[އިސްކަންދަރު ސުކޫލް]] ހުޅުވުނެވެ. ފުރަތަމަ ސުކޫލްގެ ނަމަކީ ނާޞިރިއްޔާ މޮންޓެސޫރީ ސުކޫލެވެ. ފުރަތަމަ ޕްރިންސިޕަލަކީ ސިލޯނުގެ ބޭކަނބަލެއް ކަމުގައިވާ ވެން ކިއު ލަމްބާ އެވެ.
* [[މެއި 11]] - [[1948]] - [[ދިވެހިރާއްޖެ]]:- ގައުމީ އެކުވެރިކަމުގެ ކުންފުނި އުފެއްދުން. ކެޕިޓަލް އަކީ އެއްލައްކަ ރުފިޔާ. މިއީ ފުރަތަމަ އާންމުކޮށް ހުޅުވާލެވުނު ކުންފުނިއެވެ. ޙިއްޞާ އަކީ 10 ރުފިޔާ އެވެ.
* [[މެއި 12]] - [[1942]] - [[ދިވެހިރާއްޖެ]]:- އަންހެނުން އަޅަމުން އައި، ބޯވަޅު އެޅި ލިބާސް، ފޭލި އަދި ރުމާގެ ބަދަލުގައި އެހެން ހެދުމެއް އެޅުމުގެ ހުއްދަ ދައުލަތުން ދެއްވި. އޭގެ ނަތީޖާއެއްގެ ގޮތުން '''ނަންބަރު ހެދުން''' އުފެދިގެން ދިޔަ.
* [[މެއި 12]] - [[1981]] - [[ދިވެހިރާއްޖެ]]:- ލިޔަން ކިޔަން ނުދަންނަ މިޙުންނަށް ސަރުކާރުގެ ވަޒީފާ ނުދޭގޮތަށް ހަމަޖެއްސުން
* [[މެއި 13]] - [[1948]] - [[ދިވެހިރާއްޖެ]]:- މާލޭގެ މަގުތަކަށާއި ގެތަކަށް ނަންދެވި ސަރުކާރުގައި އެކަން ރަޖިސްޓްރީ ކުރަން ފެށުން
* [[މެއި 13]] - [[1964]] – [[ދިވެހިރާއްޖެ]]:- ލ.އަތޮޅު އޮފީސް، ލ.ދަނބިދޫ އިން ލ.ހިތަދޫ އަށް ބަދަލުކުރުން
* [[މެއި 13]] - [[2009]] – [[ދިވެހިރާއްޖެ]]:- ހުޅުމާލޭގައި ހުންނަ ލާލޭ އިންޓަނޭޝަނަލް ސްކޫލް ރަސްމީގޮތުން ހުޅުވުން. މިތަން ހުޅުވައިދެއްވީ ރައީސް މުޙައްމަދު ނަޝީދު
* [[މެއި 16]] - [[1903]] -[[ދިވެހިރާއްޖެ]]:- އެޗް އެމް އެސް ހައިފްލައިގައި [[އޮޅުދޫކަރަ]] ގައި ހުންނެވި ގަވަރުނަރުގެ ވަކީލް ލެފެޓިނެންޓް ގަވަރނަރ އީއެފް އިމްތާރން ރަސްކަން ބަދަލުވީގޮތް ތަހްގީގުކުރެއްވުމަށް މާލެ ވަޑައިގަތެވެ. އޭގެ ހައެއްކަ ދުވަސް ފަހުން ޙާޖީ ޢިމާދުއްދީން އެސްއެސް އިލާފީގައި މާލެ ވަޑައިގެން ބަނދަރުގައި އޮންނަވާފައި އެބުރި [[އޮޅުދޫކަރަ]] އަށް ވަޑައިގެންނެ ވިއެވެ.
* [[މެއި 17]] - [[1967]] – [[ދިވެހިރާއްޖެ]]:- ދިވެހިރާއްޖެ އިންޓަގަވަމެންޓަލް މެރިޓައިމް ކޮންސަލްޓޭޓިވް އޮގަނައިޒޭޝަންގެ މެންބަރަކަށްވުން
* [[މެއި 20]] - [[1980]] - [[ދިވެހިރާއްޖެ]]:- މަސްޖިދުއް ސުލްޠާން ޢާދިލް ރައީސް ހުޅުވައިދެއްވުން
* [[މެއި 21]] - [[1958]] - [[ދިވެހިރާއްޖެ]]:- ތިލަދުންމަތި ދެބައިކުރެއްވުން
* [[މެއި 21]] - [[1959]] – [[ދިވެހިރާއްޖެ]] : ފިލްމް ދައްކާ ސިނަމާއެއްގެ ގޮތުގައި އޮލިމްޕަސް ހުޅުވުން. ފުރަތަމަ މިތަން ތައްޔާރު ކުރީ 35 މިލިމީޓަރުގެ ފިލްމް ދައްކާ ގޮތަށެވެ.
*[[މެއި 27]] - [[1969]] – [[ދިވެހިރާއްޖެ]]:- [[އަލްއަމީރު މުޙަންމަދު ފަރީދު ދީދީ]] ފުރައުއްތަވުން
* [[މެއި 30]] - [[1956]] - [[ދިވެހިރާއްޖެ]]:- [[މަޖީދިއްޔާ ސްކޫލް]]ގައި ބޯއީ ސްކައުޓް އުފެއްދުން
* [[މެއި 31]] - [[1951]] - [[ދިވެހިރާއްޖެ]]:- 12 ޞަފްޙާ ހިމެނޭ ކުޑަ [[ގާނޫނު އަސާސީ]] އަށް އިޞްލާހު ގެނެސް އަމަލުކުރަން ފެށުން! އެފަހަރު ގެނެވުނު އިސްލާހުތައް ތަޞްދީގު ކުރެއްވީ ވަލީ ކޮމިޓީގެ ރައީސް[[މުހައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު]]، އަދި ވަލީ ކޮމިޓީގެ މެންބަރު ޢަބުދުﷲ ފަހުމީދީދީ ނުވަތަ [[އަބްދުއްﷲ ޖަލާލުއްދީން]] އެވެ.
* [[މެއި 29]] - [[2014]] - [[ދިވެހިރާއްޖެ]]:- 19 ވަނަ ރައްޔިތުންގެ މަޖްލީހުގެ 85 މެމްބަރުން ހުވާކުރުން
== އުފަންވި މީހުން ==
== މަރުވި މީހުން ==
* [[މެއި 19]] - [[1558]] - [[ސުލްޠާން ޢަލީ (ހަވަނަ)|ޢަލި ރަސްގެފާނު]]، ދިވެހިރާއްޖޭގެ ރަދުން.
== ބަންދު ދުވަސްތަކާއި ފާހަގަ ކުރެވޭ ދުވަހެއްގެ ގޮތުގައި ==
{{months}}
[[ޤިސްމު:މެއި]]
crw4layjgzan8sa6otxuowm83ewwa4v