ވިކިޕީޑިއާ
dvwiki
https://dv.wikipedia.org/wiki/%DE%89%DE%A6%DE%87%DE%A8_%DE%9E%DE%A6%DE%8A%DE%B0%DE%99%DE%A7
MediaWiki 1.47.0-wmf.2
first-letter
މީޑިއާ
ޚާއްސަ
ޚިޔާލު
މެމްބަރު
މެމްބަރުގެ ވާހަކަ
ވިކިޕީޑިއާ
ވިކިޕީޑިއާ ޚިޔާލު
ފައިލު
ފައިލުގެ ޚިޔާލު
މީޑިއާވިކީ
މިޑިއާވިކީ ޚިޔާލު
ފަންވަތް
ފަންވަތުގެ ޚިޔާލު
އެހީ
އެހީގެ ޚިޔާލު
ޤިސްމު
ޤިސްމުގެ ޚިޔާލު
ނެރު
ނެރު ޚިޔާލު
TimedText
TimedText talk
މޮޑިއުލް
މޮޑިއުލް ޚިޔާލު
Event
Event talk
މުޙައްމަދު ނަޝީދު
0
4346
137690
137623
2026-05-15T05:02:41Z
Memberuser
25611
137690
wikitext
text/x-wiki
{{Infobox officeholder
| name = މުޙައްމަދު ނަޝީދު
| image = President Mohamed Nasheed 2022.jpg
| caption = މުޙައްމަދު ނަޝީދު، 2022
| office1 = [[ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ|ދިވެހިރާއްޖެގެ ހަތަރުވަނަ ރައީސުލްޖުމްހޫރިއްޔާ]]
| vice_president1 = [[ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކު]]
| term_start1 = 11 ނޮވެންބަރު 2008
| term_end1 = 7 ފެބުރުވަރީ 2012
| predecessor1 = [[މައުމޫން ޢަބްދުލް ޤައްޔޫމް]]
| successor1 = [[ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކު]]
| office2 = 19ވަނަ [[ރައްޔިތުންގެ މަޖިލިސް|ރައްޔިތުންގެ މަޖިލީހުގެ]] ރައީސް
| president2 = [[އިބްރާހީމް މުޙައްމަދު ޞާލިޙް]]
| deputy2 = އީވާ ޢަބްދުﷲ
| term_start2 = 29 މޭ 2019
| term_end2 = 13 ނޮވެންބަރު 2023
| predecessor2 = [[ޤާސިމް އިބްރާހީމް]]
| successor2 = [[މުޙައްމަދު އަސްލަމް]]
| office3 = [[ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ]]ގެ ރައީސް
| vice_president3 = މުޙައްމަދު ޝިފާޒު
| term_start3 = 30 އޮގަސްޓު 2014
| term_end3 = 21 ޖޫން 2023
| predecessor3 = އިބްރާހީމް ދީދީ
| successor3 = [[އިބްރާހީމް މުޙައްމަދު ޞާލިޙް]]
| office4 = [[ރައްޔިތުންގެ މަޖިލިސް|ރައްޔިތުންގެ މަޖިލީހުގެ]] މެންބަރު
| constituency4 = މައްޗަންގޮޅި މެދު ދާއިރާ
| term_start4 = 28 މޭ 2019
| term_end4 = 28 މޭ 2024
| predecessor4 = ދާއިރާ އުފެއްދެވުން
| successor4 = އަޙްމަދު ޟަމީރު
| birth_date = {{Birth date and age|1967|05|17|df=y}}
| birth_place = [[މާލެ]]، [[ދިވެހިރާއްޖެ]]
| death_date =
| death_place =
| party = [[ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ]] (2003–2023 ، 2025 އިން ފެށިގެން)
| other_party = ދަ ޑިމޮކްރެޓްސް (2023 - 2025)
| spouse = ލައިލާ ޢަލީ ޢަބްދުﷲ (1994 - 2021)
ޔުމްނާ ރުޝްދީ (2024 - )
| children = 2
| signature = Signature of Mohamed Nasheed.png
| alma_mater = ލިވަރޕޫލް ޔުނިވަރސިޓީ، [[އިނގިރޭސިވިލާތް]]
| nickname = އަންނި
| education = [[މަޖީދިއްޔާ ސްކޫލް]] (1971 - 1981)
އޯވަރސީޒް ސްކޫލް، [[ކޮޅުނބު]]
ޑައުންޓްސީޒް ސްކޫލް، [[އިނގިރޭސިވިލާތް]]
| parents = ބައްޕާފުޅު: ޢަބްދުއްސައްތާރު ޢުމަރު
މަންމާފުޅު: ޢާބިދާ މުޙައްމަދު

މުޙައްމަދު ނަޝީދު ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 1967ވަނަ އަހަރު މޭ މަހު 17ވަނަ ދުވަހު [[މާލެ|މާލޭ]]ގައެވެ.
1971އިން 1981އަށް [[މަޖީދިއްޔާ ސްކޫލް]]ގައި ތަޢުލީމު ޙާޞިލުކުރެއްވުމަށް ފަހު، އިތުރަށް ތަޢުލީމް ޙާޞިލުކުރެއްވުމަށް ރާއްޖެއިންބޭރަށް ވަޑައިގެންނެވިއެވެ. [[އޮޅުދޫކަރަ|ސްރީލަންކާ]]ގެ [[ކޮޅުނބު|ކޮލަމްބޯ]]ގައި ހުންނަ އޯވަރސީޒް ސްކޫލްގައި ކިޔަވައި ވިދާޅުވުމަށް ފަހު އޭ-ލެވެލް ފުރިހަމަކުރެއްވުމަށް [[އިނގިރޭސިވިލާތް|އިނގިރޭސިވިލާތު]]ގެ ޑައުންޓްސީޒް ސްކޫލަށް ވަޑައިގެންނެވިއެވެ. އަދި، 1989ވަނަ އަހަރު ލިވަރޕޫލް ޔުނިވަރސިޓީން ބެޗަލަރ އޮފް އާޓްސް އިން މެރިޓައިމް ސްޓަޑީޒް ފުރިހަމަކުރެއްވިއެވެ.
ތަޢުލީމު ޙާޞިލުކުރެއްވުމަށް ފަހު މާލެ ވަޑައިގެން 1990ވަނަ އަހަރު "ސަންގު" ގެ ނަމުގައި ސިޔާސީ މަޖައްލާއެއް ނެރުއްވިއެވެ. "ސަންގު" މަޖައްލާއަށް އަހަރުވީތަނާ، ސަރުކާރުން އެ މަޖައްލާ ނެރުން މަނާކުރައްވައި، ނަޝީދު ހައްޔަރުކުރެއްވިއެވެ.
1991ވަނަ އަހަރު، ނަޝީދަކީ "ޕްރިޒަނަރ އޮފް ކޮންޝަންސް" އެއްގެ ގޮތުގައި އެމްނެސްޓީ އިންޓަރނޭޝަނަލްއިން ކަނޑައެޅިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މާލޭ މެންބަރެއްގެ ގޮތުގައި 1992ވަނަ އަހަރު ހޮވިވަޑައިގެންނެވިއެވެ. އެހެންނަމަވެސް، ވައްކަމުގެ ތުހުމަތުގައި ޖަލަށްލުމަށް ޙުކުމްކުރުމުން މަޖިލިސް ގޮނޑި ގެއްލުނެވެ. އެގޮތުން، 18 މަސް ދުވަހު ޖަލުގައި ހޭދަކުރެއްވިއެވެ.
އަމިއްލަފުޅަށް ޤައުމުން ބޭރުގައި އަރުވައިލެވިގެން ހުންނެވުމަށްފަހު 2004ވަނަ އަހަރު ދިވެހިރާއްޖޭގެ ފުރަތަމަ އިދިކޮޅު ޕާޓީ، [[ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ|ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)]] [[އޮޅުދޫކަރަ|ސްރީލަންކާ]]ގައި އުފެއްދުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
2004ވަނަ އަހަރު [[އިނގިރޭސިވިލާތް|އިނގިރޭސި]] ސަރުކާރުން ނަޝީދަށް އެ ޤައުމުގެ ޙިމާޔަތްދެއްވިއެވެ.
އަމިއްލަފުޅަށް އަރުވާލެވިގެން 18 މަސް ދުވަހު ޤައުމުން ބޭރުގައި އުޅުއްވުމަށްފަހު، 30 އެޕްރީލް 2005ގައި ނަޝީދު ރާއްޖެ ވަޑައިގެން، އޭރުގެ ސަރުކާރުގެ މަނާކުރެއްވުންތަކާ އެކުވެސް [[ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ|އެމްޑީޕީ]]ގެ ޙަރަކާތްތައް ރާއްޖޭގައި ފެއްޓެވިއެވެ.
2 ޖޫން 2005ގައި ސިޔާސީ ޕާޓީތައް ރާއްޖޭގައި ހުއްދަކުރެވުނެވެ. އަދި، 20 ޑިސެމްބަރ 2005ގައި [[ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ|އެމްޑީޕީ]]ގެ ޗެއަރޕާސަންގެ މަޤާމަާށް ނަޝީދު ހޮވިވަޑައިގެންނެވިއެވެ.
ޑިމޮކްރެޓިކް އިސްލާޙުތައް އަވަސްކުރުމަށް ސަރުކާރަށް ފިއްތުންތައް ކުރިމަތިކުރުވުމަށް 2005އިން 2008އަށް ޞުލްޙަވެރި މަދަނީ ކެމްޕެއިނެއް [[ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ|އެމްޑީޕީ]]ން ހިންގިއެވެ. މި ޙަރަކާތުގެ ތެރޭގައި އޮގަސްޓު 2005ވަނަ އަހަރު ނަޝީދު ހައްޔަރުކޮށް ޓެރަރިޒަމްގެ ދަޢުވާ ކުރެވުނެވެ. މި ދަޢުވާ ފަހުން ސަރުކާރުން ދޫކޮށްލެއްވިއެވެ.
[[ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ|އެމްޑީޕީ]]ގެ ރިޔާސީ ޓިކެޓް ކާމިޔާބުކުރެއްވުމަށް ފަހު، 2008ވަނަ އަހަރު ރާއްޖޭގައި ބޭއްވުނު ރިޔާސީ އިންތިޚާބު އޭނާ ކާމިޔާބުކުރެއްވިއެވެ.
ފަސް އަހަރުގެ ދައުރު ހަމަވުމުގެ ކުރިން، 7 ފެބްރުއަރީ 2012ގައި، ރައީސް ނަޝީދު މަޤާމުން އިސްތިޢުފާ ދެއްވިއެވެ. އިސްތިޢުފާ ދެއްވުމަށް ފަހު ވެސް ސިޔާސީ މަސްރަޙުގައި ރައީސް ނަޝީދު ޙަރަކާތްތެރިވެވަޑައިގަތެވެ. އެގޮތުން 2013ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވެސް އެ މަނިކުފާނު ވާދަކުރެއްވިއެވެ. ނަމަވެސް ކާމިޔާބުވެވަޑައިގެންފައި ނުވެއެވެ. 2019ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރައްވައި މައްޗަންގޮޅި މެދު ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވިއެވެ. އަދި 19ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމަށް ވެސް ހޮވިވަޑައިގަތެވެ.
{| class="wikitable" style="text-align:center; width:70%; margin: 1em auto 1em auto; "

|ކުރިން ހުންނެވީ:
'''[[މައުމޫން ޢަބްދުލް ޤައްޔޫމް]]''' ||bgcolor="LightGray"| '''[[ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ]]'''
2008-2012|| ފަހުން ވަޑައިގަތީ:
[[ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކު]]

[[ޤިސްމު:ޙަޔާތުނާމާ]]
8rcaldtzi250wzh42yg1g2inmk9vsn7
137691
137690
2026-05-15T05:05:01Z
Memberuser
25611
137691
wikitext
text/x-wiki
{{Infobox officeholder
| name = މުޙައްމަދު ނަޝީދު
| image = President Mohamed Nasheed 2022.jpg
| caption = މުޙައްމަދު ނަޝީދު، 2022
| office1 = [[ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ|ދިވެހިރާއްޖެގެ ހަތަރުވަނަ ރައީސުލްޖުމްހޫރިއްޔާ]]
| vice_president1 = [[ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކު]]
| term_start1 = 11 ނޮވެންބަރު 2008
| term_end1 = 7 ފެބުރުވަރީ 2012
| predecessor1 = [[މައުމޫން ޢަބްދުލް ޤައްޔޫމް]]
| successor1 = [[ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކު]]
| office2 = 19ވަނަ [[ރައްޔިތުންގެ މަޖިލިސް|ރައްޔިތުންގެ މަޖިލީހުގެ]] ރައީސް
| president2 = [[އިބްރާހީމް މުޙައްމަދު ޞާލިޙް]]
| deputy2 = އީވާ ޢަބްދުﷲ
| term_start2 = 29 މޭ 2019
| term_end2 = 13 ނޮވެންބަރު 2023
| predecessor2 = [[ޤާސިމް އިބްރާހީމް]]
| successor2 = [[މުޙައްމަދު އަސްލަމް]]
| office3 = [[ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ]]ގެ ރައީސް
| vice_president3 = މުޙައްމަދު ޝިފާޒު
| term_start3 = 30 އޮގަސްޓު 2014
| term_end3 = 21 ޖޫން 2023
| predecessor3 = އިބްރާހީމް ދީދީ
| successor3 = [[އިބްރާހީމް މުޙައްމަދު ޞާލިޙް]] (ވަގުތީ ގޮތުން)
[[ޢަބްދުﷲ ޝާހިދު]]
| office4 = [[ރައްޔިތުންގެ މަޖިލިސް|ރައްޔިތުންގެ މަޖިލީހުގެ]] މެންބަރު
| constituency4 = މައްޗަންގޮޅި މެދު ދާއިރާ
| term_start4 = 28 މޭ 2019
| term_end4 = 28 މޭ 2024
| predecessor4 = ދާއިރާ އުފެއްދެވުން
| successor4 = އަޙްމަދު ޟަމީރު
| birth_date = {{Birth date and age|1967|05|17|df=y}}
| birth_place = [[މާލެ]]، [[ދިވެހިރާއްޖެ]]
| death_date =
| death_place =
| party = [[ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ]] (2003–2023 ، 2025 އިން ފެށިގެން)
| other_party = ދަ ޑިމޮކްރެޓްސް (2023 - 2025)
| spouse = ލައިލާ ޢަލީ ޢަބްދުﷲ (1994 - 2021)
ޔުމްނާ ރުޝްދީ (2024 - )
| children = 2
| signature = Signature of Mohamed Nasheed.png
| alma_mater = ލިވަރޕޫލް ޔުނިވަރސިޓީ، [[އިނގިރޭސިވިލާތް]]
| nickname = އަންނި
| education = [[މަޖީދިއްޔާ ސްކޫލް]] (1971 - 1981)
އޯވަރސީޒް ސްކޫލް، [[ކޮޅުނބު]]
ޑައުންޓްސީޒް ސްކޫލް، [[އިނގިރޭސިވިލާތް]]
| parents = ބައްޕާފުޅު: ޢަބްދުއްސައްތާރު ޢުމަރު
މަންމާފުޅު: ޢާބިދާ މުޙައްމަދު

މުޙައްމަދު ނަޝީދު ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 1967ވަނަ އަހަރު މޭ މަހު 17ވަނަ ދުވަހު [[މާލެ|މާލޭ]]ގައެވެ.
1971އިން 1981އަށް [[މަޖީދިއްޔާ ސްކޫލް]]ގައި ތަޢުލީމު ޙާޞިލުކުރެއްވުމަށް ފަހު، އިތުރަށް ތަޢުލީމް ޙާޞިލުކުރެއްވުމަށް ރާއްޖެއިންބޭރަށް ވަޑައިގެންނެވިއެވެ. [[އޮޅުދޫކަރަ|ސްރީލަންކާ]]ގެ [[ކޮޅުނބު|ކޮލަމްބޯ]]ގައި ހުންނަ އޯވަރސީޒް ސްކޫލްގައި ކިޔަވައި ވިދާޅުވުމަށް ފަހު އޭ-ލެވެލް ފުރިހަމަކުރެއްވުމަށް [[އިނގިރޭސިވިލާތް|އިނގިރޭސިވިލާތު]]ގެ ޑައުންޓްސީޒް ސްކޫލަށް ވަޑައިގެންނެވިއެވެ. އަދި، 1989ވަނަ އަހަރު ލިވަރޕޫލް ޔުނިވަރސިޓީން ބެޗަލަރ އޮފް އާޓްސް އިން މެރިޓައިމް ސްޓަޑީޒް ފުރިހަމަކުރެއްވިއެވެ.
ތަޢުލީމު ޙާޞިލުކުރެއްވުމަށް ފަހު މާލެ ވަޑައިގެން 1990ވަނަ އަހަރު "ސަންގު" ގެ ނަމުގައި ސިޔާސީ މަޖައްލާއެއް ނެރުއްވިއެވެ. "ސަންގު" މަޖައްލާއަށް އަހަރުވީތަނާ، ސަރުކާރުން އެ މަޖައްލާ ނެރުން މަނާކުރައްވައި، ނަޝީދު ހައްޔަރުކުރެއްވިއެވެ.
1991ވަނަ އަހަރު، ނަޝީދަކީ "ޕްރިޒަނަރ އޮފް ކޮންޝަންސް" އެއްގެ ގޮތުގައި އެމްނެސްޓީ އިންޓަރނޭޝަނަލްއިން ކަނޑައެޅިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މާލޭ މެންބަރެއްގެ ގޮތުގައި 1992ވަނަ އަހަރު ހޮވިވަޑައިގެންނެވިއެވެ. އެހެންނަމަވެސް، ވައްކަމުގެ ތުހުމަތުގައި ޖަލަށްލުމަށް ޙުކުމްކުރުމުން މަޖިލިސް ގޮނޑި ގެއްލުނެވެ. އެގޮތުން، 18 މަސް ދުވަހު ޖަލުގައި ހޭދަކުރެއްވިއެވެ.
އަމިއްލަފުޅަށް ޤައުމުން ބޭރުގައި އަރުވައިލެވިގެން ހުންނެވުމަށްފަހު 2004ވަނަ އަހަރު ދިވެހިރާއްޖޭގެ ފުރަތަމަ އިދިކޮޅު ޕާޓީ، [[ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ|ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)]] [[އޮޅުދޫކަރަ|ސްރީލަންކާ]]ގައި އުފެއްދުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
2004ވަނަ އަހަރު [[އިނގިރޭސިވިލާތް|އިނގިރޭސި]] ސަރުކާރުން ނަޝީދަށް އެ ޤައުމުގެ ޙިމާޔަތްދެއްވިއެވެ.
އަމިއްލަފުޅަށް އަރުވާލެވިގެން 18 މަސް ދުވަހު ޤައުމުން ބޭރުގައި އުޅުއްވުމަށްފަހު، 30 އެޕްރީލް 2005ގައި ނަޝީދު ރާއްޖެ ވަޑައިގެން، އޭރުގެ ސަރުކާރުގެ މަނާކުރެއްވުންތަކާ އެކުވެސް [[ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ|އެމްޑީޕީ]]ގެ ޙަރަކާތްތައް ރާއްޖޭގައި ފެއްޓެވިއެވެ.
2 ޖޫން 2005ގައި ސިޔާސީ ޕާޓީތައް ރާއްޖޭގައި ހުއްދަކުރެވުނެވެ. އަދި، 20 ޑިސެމްބަރ 2005ގައި [[ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ|އެމްޑީޕީ]]ގެ ޗެއަރޕާސަންގެ މަޤާމަާށް ނަޝީދު ހޮވިވަޑައިގެންނެވިއެވެ.
ޑިމޮކްރެޓިކް އިސްލާޙުތައް އަވަސްކުރުމަށް ސަރުކާރަށް ފިއްތުންތައް ކުރިމަތިކުރުވުމަށް 2005އިން 2008އަށް ޞުލްޙަވެރި މަދަނީ ކެމްޕެއިނެއް [[ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ|އެމްޑީޕީ]]ން ހިންގިއެވެ. މި ޙަރަކާތުގެ ތެރޭގައި އޮގަސްޓު 2005ވަނަ އަހަރު ނަޝީދު ހައްޔަރުކޮށް ޓެރަރިޒަމްގެ ދަޢުވާ ކުރެވުނެވެ. މި ދަޢުވާ ފަހުން ސަރުކާރުން ދޫކޮށްލެއްވިއެވެ.
[[ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ|އެމްޑީޕީ]]ގެ ރިޔާސީ ޓިކެޓް ކާމިޔާބުކުރެއްވުމަށް ފަހު، 2008ވަނަ އަހަރު ރާއްޖޭގައި ބޭއްވުނު ރިޔާސީ އިންތިޚާބު އޭނާ ކާމިޔާބުކުރެއްވިއެވެ.
ފަސް އަހަރުގެ ދައުރު ހަމަވުމުގެ ކުރިން، 7 ފެބްރުއަރީ 2012ގައި، ރައީސް ނަޝީދު މަޤާމުން އިސްތިޢުފާ ދެއްވިއެވެ. އިސްތިޢުފާ ދެއްވުމަށް ފަހު ވެސް ސިޔާސީ މަސްރަޙުގައި ރައީސް ނަޝީދު ޙަރަކާތްތެރިވެވަޑައިގަތެވެ. އެގޮތުން 2013ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވެސް އެ މަނިކުފާނު ވާދަކުރެއްވިއެވެ. ނަމަވެސް ކާމިޔާބުވެވަޑައިގެންފައި ނުވެއެވެ. 2019ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރައްވައި މައްޗަންގޮޅި މެދު ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވިއެވެ. އަދި 19ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމަށް ވެސް ހޮވިވަޑައިގަތެވެ.
{| class="wikitable" style="text-align:center; width:70%; margin: 1em auto 1em auto; "

|ކުރިން ހުންނެވީ:
'''[[މައުމޫން ޢަބްދުލް ޤައްޔޫމް]]''' ||bgcolor="LightGray"| '''[[ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ]]'''
2008-2012|| ފަހުން ވަޑައިގަތީ:
[[ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކު]]

[[ޤިސްމު:ޙަޔާތުނާމާ]]
2gamm43pbrd05en5x5hqsy6q4kiav4g
މުޙައްމަދު މުޢިއްޒު
0
15158
137693
136620
2026-05-15T05:19:39Z
Memberuser
25611
137693
wikitext
text/x-wiki
== ތަޢާރަފު ==
'''ޑރ. މުޙައްމަދު މުޢިއްޒު (އިނގިރޭސި:''' [[:en:Mohamed_Muizzu|Mohamed_Muizzu]]) އަކީ ދިވެހިރާއްޖޭގެ 8ވަނަ ރައީސުލްޖުމްހޫރިއްޔާއެވެ. އަދި އެއީ ދިވެހިރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ ހަތްވަނަ ރައީސުލްޖުމްހޫރިއްޔާއެވެ. ޑރ. މުޙައްމަދު މުޢިއްޒު ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 1978 ޖޫން 15 ގައެވެ. އެ މަނިކުފާނުގެ ބައްޕާފުޅަކީ [[ޙުސައިން ޢަބްދުއްރަޙްމާން|ފަޟީލަތުއްޝައިޚު ޙުސައިން ޢަބްދުއްރަޙްމާނެވެ.]] މަންމާފުޅަކީ ޙުސްނާ އާދަމެވެ. ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުންނަކީ [[ސާޖިދާ މުހައްމަދު|ސާޖިދާ މުޙައްމަދެވެ.]] އެ ދެމަފިރިކަނބަލުންނަށް ތިން ކުދީން ލިބިވަޑައިގެންފައިވެއެވެ.
== ތަޢުލީމު ޙާޞިލުކުރެއްވުން ==
{{Infobox officeholder
| name = ޑރ. މުޙައްމަދު މުޢިއްޒު
| native_name =
| image = Dr Muizzu in December 2023.jpg
| caption = މުޙައްމަދު މުޢިއްޒު، 2023
| office = [[ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ]]
| term_start = 17 ނޮވެންބަރު 2023
| office1 = މިނިސްޓަރ އޮފް ހައުސިންގ އެންޑް އިފްރާސްޓްރަކްޗަރ
| predecessor1 = ހަމަ [[މުޙައްމަދު މުޢިއްޒު]]
| successor1 = މުޙައްމަދު އަސްލަމް
| birth_date = {{Birth date and age|1953|1|3|df=yes}}
| birth_place = [[މާލެ]]، [[ދިވެހިރާއްޖެ]]
| death_date =
| death_place =
| party = [[ޖުމުހޫރީ ޕާޓީ]] (2023އިން ފެށިގެން)
| otherparty = {{plainlist|
[[ގައުމީ އިއްތިހާދު]] (2008–2013)
[[ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް]] (2013–2023)

| spouse = އިލްހާމް ޙުސައިން
| children = 3
| alma_mater = {{plainlist|
* އެމެރިކަން ޔުނިވަރސިޓީ އޮފް ބެއިރޫތު
* ސްޓެމްފަރޑް ޔުނިވަރސިޓީ

| signature = Mohamed Waheed Signature.svg
| website = {{URL|drwaheed.com}}
| office2 = މިނިސްޓަރ އޮފް ހައުސިންގ އެންޑް އެންވަޔަރަމަންޓް
| termend2 = 21 މޭ 2012
| termstart2 = 19 ފެބުރުވަރީ 2012
| president2 = [[ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކު]]
[[ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް]]
| predecessor2 = މުޙައްމަދު އަސްލަމް
| successor2 = ހަމަ [[މުޙައްމަދު މުޢިއްޒު]]
| termstart1 = 21 މޭ 2012
| termend1 = 17 ނޮވެންބަރު 2018
| term_end =
| vicepresident = [[ޙުސައިން މުޙައްމަދު ލަޠީފް]]

ޑރ. މުޙައްމަދު މުޢިއްޒު ތަޢުލީމު ޙާޞިލުކުރެއްވީ ދިވެހިރާއްޖޭގެ އެންމެ ދުވަސްވީ ސްކޫލް ކަމަށްވާ [[މަޖީދިއްޔާ ސްކޫލް|މަޖީދިއްޔާ ސްކޫލުންނެވެ.]] ބެޗްލަރސް ޑިގުރީއާއި މާސްޓަރސް ޑިގުރީ ޙާޞިލުކުރެއްވީ ސްޓްރަކްޗަރަލް އިންޖިނިއަރިންގގެ ދާއިރާއިން ޔުނިވަރސިޓީ އޮފް ލަންޑަނުންނެވެ. ޕީއެޗްޑީ ޙާޞިލުކުރެއްވީ ސިވިލް އިންޖިނިއަރިންގގެ ދާއިރާއިން 2009ވަނަ އަހަރު [[އިނގިރޭސިވިލާތް|އިނގިރޭސިވިލާތު]]ގެ ޔުނިވަރސިޓީ އޮފް ލީޑްސްގައެވެ.
== ޚިދުމަތް ==
ޑރ. މުޙައްމަދު މުޢިއްޒު ދިވެހި ސަރުކާރަށް ޚިދުމަތްކުރައްވަން ފެށްޓެވީ 1998ވަނަ އަހަރުގެ މާރިޗު މަހުގައެވެ. އަދާކުރެއްވި ފުރަތަމަ ވަޒީފާއަކީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް ޕަބްލިކް ވަރކްސްގެ ޕްލޭނިންގ ޓެކްނީޝަން ޓްރޭނީއެއްގެ މަޤާމެވެ. ސަރުކާރަށް ޚިދުމަތްކުރެއްވުމުގެ އިތުރުން، ރާއްޖޭގެ އަމިއްލަ ބައެއް ކުންފުނިތަކުގައި ވެސް އިސް މަޤާމުތަކެއްގައި ޚިދުމަތްކުރެއްވިއެވެ. އަދި ސިޔާސީ ބައެއް ޕާޓީތަކުގެ އިސް މަޤާމުތައް ވެސް ފުރުއްވައިފައިވެއެވެ.
== ސިޔާސީ ދާއިރާގައި ==
ޑރ. މުޢިއްޒުގެ ސިޔާސީ ޙަޔާތް ފެށުނީ 2012ވަނަ އަހަރު އެވެ. ކުރީގެ ރައީސް [[ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކު]]ގެ ސަރުކާރުގެ ހައުސިން އެންޑް އެންވަޔަރަމަންޓް މިނިސްޓަރުކަމަށް ޑރ. މުޢިއްޒު ޢައްޔަންކުރެއްވިއެވެ. އޭރު ޑރ. މުޢިއްޒަކީ [[ޢަދާލަތު ޕާޓީ]]ގެ މެންބަރެކެވެ. އަދި އޭގެ ފަހުން 2013ވަނަ އަހަރު އުފެދުނު ރައީސް [[ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް]]ގެ ސަރުކާރުގައި މިނިސްޓަރ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗަރގެ މަޤާމު އަދާކުރެއްއެވެ. އޭރު ޑރ. މުޢިއްޒު ހުންނެވީ މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ) ގެ މެންބަރެއްގެ ގޮތުގައެވެ. އެމްޑީއޭ އަކީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި [[ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑީވްސް|ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)]] ގެ ކޯލިޝަން ބައިވެރިއެކެވެ.
ރައީސް [[ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް]]ގެ ދައުރުގައި ޑރ. މުޢިއްޒުގެ ބެއްލެވުމުގެ ދަށުން ބޮޑެތި ގިނަ މަޝްރޫއުތަކެއް ކުރިއަށް ގެންދެވިއެވެ. އޭގެ ތެރޭގައި ރަސްފަންނު ތަރައްޤީކުރުމާއި، ސަލްޓަން ޕާކާއި ކިންގް ސަލްމާން މިސްކިތުގެ މަސައްކަތް ހިމެނެއެވެ. އަދި ރަށްރަށުގެ ބަނދަރު ތަރައްޤީކުރުމާއި، ޕާކްތަކާއި މިސްކިތްތައް ބިނާކުރުން ހިމެނެއެވެ. އަދި މާލޭގެ މަގު ހެދުމުގެ ގިނަ މަސައްކަތްތަކެއް ކުރެވުނެވެ.ހަމައެހެންމެ އެ ދައުރުގައި ހިންގުނު ތަރައްޤީގެ އެންމެ ބޮޑު މަޝްރޫޢު، [[ސިނަމާލެ ފާލަން|ސިނަމާލެ ބުރިޖު]]ގެ މަސައްކަތް ކުރިއަށް ދިޔައީ ޑރ. މުޢިއްޒުގެ ޚާއްޞަ ބެއްލެވުމުގެ ދަށުންނެވެ.
2018ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ފަހު، ޑރ. މުޢިއްޒު އެމްޑީއޭއިން ވަކިވެވަޑައިގެން [[ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑީވްސް|ޕީޕީއެމާ]] ގުޅިވަޑައިގަތެވެ. އަދި 2019ވަނަ އަހަރު އެ ޕާޓީގެ ނާއިބު ރައީސްގެ މަޤާމަށް އިންތިޚާބުވެވަޑައިގަތެވެ.
ވެރިކަންކުރާ [[މާލެ|މާލެ ސިޓީ]]ގެ ރައްޔިތުންގެ ސީދާ ވޯޓަކުން، [[މާލެ|މާލެ ސިޓީ]]އަށް އިންތިޚާބުކުރި ފުރަތަމަ މޭޔަރަކީ ޑރ. މުޙައްމަދު މުޢިއްޒެވެ. 17 މެއި 2021 އިން 17 ނޮވެމްބަރު 2023 އަށް މާލެ ސިޓީގެ މޭޔަރުކަމުގައި އެ މަނިކުފާނު ހޭދަކުރެއްވި 2 އަހަރާ 6 މަސްދުވަހުގެ ތެރޭގައި [[މާލެ|މާލެ ސިޓީ]] ފެހިކޮށް ޗާލުކޮށް، ރައްޔިތުން އެދޭ އަމާޒަށް ހެޔޮ ބަދަލުތަކެއް ގެނަސްދެއްވުމުގައި ގިނަ މަސައްކަތްތަކެއް ވަނީ ކުރައްވައިފައެވެ. އަދި މޭޔަރުކަމުގައި ހުންނަވައިގެން ސީދާ ރައްޔިތުންގެ ގޭގެއަށް ސިލްސިލާކޮށް ޒިޔާރަތްކުރައްވައި، ޙާލު ބައްލަވައި، އެކި ކަންކަމުގައި ސީދާ ރައްޔިތުންނާ މަޝްވަރާކުރެއްވުމުގައި އެމަނިކުފާނު ވަނީ ނަމޫނާ ދައްކަވައިފައެވެ. ލާމަރުކަޒީ ނިޒާމު ނަގަހައްޓައި ކައުންސިލްތައް ބާރުވެރިކުރުވުމަށް އެމަނިކުފާނުގެ މޭޔަރުކަމުގައި ވަނީ އަޑުއުފުއްލަވައި ވަކާލާތު ކުރައްވައިފައެވެ.
2023ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާ ކުރިމަތިވީ އިރު، [[ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑީވްސް|ޕީޕީއެމް]]ގެ ރައީސަކަށް ހުންނެވި ރައީސް [[ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް]] ހުންނެވީ ޖަލުގައެވެ. އަދި [[ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑީވްސް|ޕީޕީއެމް]]ގެ ފަރާތުން ރައީސް [[ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް|ޔާމީނަށް]] ރިޔާސީ ޓިކެޓް ޙަވާލުކުރި ނަމަވެސް އިންތިޚާބުގައި ވާދަކުރެވޭނެ ފުރުޞަތު ނެތުމުން، ޕީޕީއެމް ކޯލިޝަންގައި ދެން ހިމެނޭ ޕާޓީ، [[ޕީޕަލްސް ނޭޝަނަލް ކޮންގްރެސް|ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)]] ގެ ކެންޑިޓޭޓަކަށް ޑރ. މުޢިއްޒު ނޮމިނޭޓްކުރިއެވެ. ރަނިންގމޭޓެއްގެ ގޮތުގައި ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ އޭރުގެ މެންބަރު [[ޙުސައިން މުޙައްމަދު ލަޠީފް|ޙުސައިން މުޙައްމަދު ލަޠީފެވެ.]] 2023ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި 46.06 އިންސަތަ ވޯޓު ޑރ. މުޢިއްޒު ހޯއްދެވިއެވެއެވެ. އަދި އިންތިޚާބުގެ ދެވަނަ ބުރުގައި އޭރުގެ ރައީސް [[އިބްރާހީމް މުޙައްމަދު ޞާލިޙް|އިބްރާހީމް މުޙައްމަދު ޞާލިޙާ]] ވާދަކުރައްވައި 54.04 އިންސައްތަ ވޯޓުން ޑރ. މުޢިއްޒު ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވިއެވެ.
== ރިޔާސީ ދައުރު ==
ޑރ. މުޙައްމަދު މުޢިއްޒު ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ ޤާނޫނީ ހުވާކުރެއްވީ 2023 ނޮވެންބަރު 17ވީ ހުކުރު ދުވަހު ޖުމްހޫރީ މައިދާނުގައި ބޭއްވި ހުވާކުރުމުގެ ދަރުބާރުގައެވެ. ހުވާ ލައިދެއްވީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު [[އަޙްމަދު މުޢުތަޞިމް ޢަދުނާން|އަޙްމަދު މުޢުތަޞިމް ޢަދުނާނެވެ.]] ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ނާއިބު ރައީސަކީ [[ޙުސައިން މުޙައްމަދު ލަޠީފް|ޙުސައިން މުޙައްމަދު ލަޠީފެވެ.]]
[[ޤިސްމު:ޕީއެޗްޑީ ހަދާފައިވާ ދިވެހިން]]
[[ޤިސްމު:ޙަޔާތުނާމާ]]
05520jjavg2kl3dxi9s4q6vxqkn8juo
137694
137693
2026-05-15T05:20:15Z
Memberuser
25611
137694
wikitext
text/x-wiki
== ތަޢާރަފު ==
{{Infobox officeholder
| name = ޑރ. މުޙައްމަދު މުޢިއްޒު
| native_name =
| image = Dr Muizzu in December 2023.jpg
| caption = މުޙައްމަދު މުޢިއްޒު، 2023
| office = [[ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ]]
| term_start = 17 ނޮވެންބަރު 2023
| office1 = މިނިސްޓަރ އޮފް ހައުސިންގ އެންޑް އިފްރާސްޓްރަކްޗަރ
| predecessor1 = ހަމަ [[މުޙައްމަދު މުޢިއްޒު]]
| successor1 = މުޙައްމަދު އަސްލަމް
| birth_date = {{Birth date and age|1953|1|3|df=yes}}
| birth_place = [[މާލެ]]، [[ދިވެހިރާއްޖެ]]
| death_date =
| death_place =
| party = [[ޖުމުހޫރީ ޕާޓީ]] (2023އިން ފެށިގެން)
| otherparty = {{plainlist|
[[ގައުމީ އިއްތިހާދު]] (2008–2013)
[[ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް]] (2013–2023)

| spouse = ސާޖިދާ މުޙައްމަދު
| children = 3
| alma_mater = {{plainlist|
* އެމެރިކަން ޔުނިވަރސިޓީ އޮފް ބެއިރޫތު
* ސްޓެމްފަރޑް ޔުނިވަރސިޓީ

| signature = Mohamed Waheed Signature.svg
| website = {{Official website|presidency.gov.mv|ރައީސުލްޖުމްހޫރިއްޔާގެ އޮފީސް}}
{{URL|https://drmuizzu.mv/en|އަމިއްލަ ވެބްސައިޓް}}
| office2 = މިނިސްޓަރ އޮފް ހައުސިންގ އެންޑް އެންވަޔަރަމަންޓް
| termend2 = 21 މޭ 2012
| termstart2 = 19 ފެބުރުވަރީ 2012
| president2 = [[ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކު]]
[[ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް]]
| predecessor2 = މުޙައްމަދު އަސްލަމް
| successor2 = ހަމަ [[މުޙައްމަދު މުޢިއްޒު]]
| termstart1 = 21 މޭ 2012
| termend1 = 17 ނޮވެންބަރު 2018
| term_end =
| vicepresident = [[ޙުސައިން މުޙައްމަދު ލަޠީފް]]

'''ޑރ. މުޙައްމަދު މުޢިއްޒު (އިނގިރޭސި:''' [[:en:Mohamed_Muizzu|Mohamed_Muizzu]]) އަކީ ދިވެހިރާއްޖޭގެ 8ވަނަ ރައީސުލްޖުމްހޫރިއްޔާއެވެ. އަދި އެއީ ދިވެހިރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ ހަތްވަނަ ރައީސުލްޖުމްހޫރިއްޔާއެވެ. ޑރ. މުޙައްމަދު މުޢިއްޒު ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 1978 ޖޫން 15 ގައެވެ. އެ މަނިކުފާނުގެ ބައްޕާފުޅަކީ [[ޙުސައިން ޢަބްދުއްރަޙްމާން|ފަޟީލަތުއްޝައިޚު ޙުސައިން ޢަބްދުއްރަޙްމާނެވެ.]] މަންމާފުޅަކީ ޙުސްނާ އާދަމެވެ. ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުންނަކީ [[ސާޖިދާ މުހައްމަދު|ސާޖިދާ މުޙައްމަދެވެ.]] އެ ދެމަފިރިކަނބަލުންނަށް ތިން ކުދީން ލިބިވަޑައިގެންފައިވެއެވެ.
== ތަޢުލީމު ޙާޞިލުކުރެއްވުން ==
ޑރ. މުޙައްމަދު މުޢިއްޒު ތަޢުލީމު ޙާޞިލުކުރެއްވީ ދިވެހިރާއްޖޭގެ އެންމެ ދުވަސްވީ ސްކޫލް ކަމަށްވާ [[މަޖީދިއްޔާ ސްކޫލް|މަޖީދިއްޔާ ސްކޫލުންނެވެ.]] ބެޗްލަރސް ޑިގުރީއާއި މާސްޓަރސް ޑިގުރީ ޙާޞިލުކުރެއްވީ ސްޓްރަކްޗަރަލް އިންޖިނިއަރިންގގެ ދާއިރާއިން ޔުނިވަރސިޓީ އޮފް ލަންޑަނުންނެވެ. ޕީއެޗްޑީ ޙާޞިލުކުރެއްވީ ސިވިލް އިންޖިނިއަރިންގގެ ދާއިރާއިން 2009ވަނަ އަހަރު [[އިނގިރޭސިވިލާތް|އިނގިރޭސިވިލާތު]]ގެ ޔުނިވަރސިޓީ އޮފް ލީޑްސްގައެވެ.
== ޚިދުމަތް ==
ޑރ. މުޙައްމަދު މުޢިއްޒު ދިވެހި ސަރުކާރަށް ޚިދުމަތްކުރައްވަން ފެށްޓެވީ 1998ވަނަ އަހަރުގެ މާރިޗު މަހުގައެވެ. އަދާކުރެއްވި ފުރަތަމަ ވަޒީފާއަކީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް ޕަބްލިކް ވަރކްސްގެ ޕްލޭނިންގ ޓެކްނީޝަން ޓްރޭނީއެއްގެ މަޤާމެވެ. ސަރުކާރަށް ޚިދުމަތްކުރެއްވުމުގެ އިތުރުން، ރާއްޖޭގެ އަމިއްލަ ބައެއް ކުންފުނިތަކުގައި ވެސް އިސް މަޤާމުތަކެއްގައި ޚިދުމަތްކުރެއްވިއެވެ. އަދި ސިޔާސީ ބައެއް ޕާޓީތަކުގެ އިސް މަޤާމުތައް ވެސް ފުރުއްވައިފައިވެއެވެ.
== ސިޔާސީ ދާއިރާގައި ==
ޑރ. މުޢިއްޒުގެ ސިޔާސީ ޙަޔާތް ފެށުނީ 2012ވަނަ އަހަރު އެވެ. ކުރީގެ ރައީސް [[ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކު]]ގެ ސަރުކާރުގެ ހައުސިން އެންޑް އެންވަޔަރަމަންޓް މިނިސްޓަރުކަމަށް ޑރ. މުޢިއްޒު ޢައްޔަންކުރެއްވިއެވެ. އޭރު ޑރ. މުޢިއްޒަކީ [[ޢަދާލަތު ޕާޓީ]]ގެ މެންބަރެކެވެ. އަދި އޭގެ ފަހުން 2013ވަނަ އަހަރު އުފެދުނު ރައީސް [[ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް]]ގެ ސަރުކާރުގައި މިނިސްޓަރ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗަރގެ މަޤާމު އަދާކުރެއްއެވެ. އޭރު ޑރ. މުޢިއްޒު ހުންނެވީ މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ) ގެ މެންބަރެއްގެ ގޮތުގައެވެ. އެމްޑީއޭ އަކީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި [[ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑީވްސް|ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)]] ގެ ކޯލިޝަން ބައިވެރިއެކެވެ.
ރައީސް [[ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް]]ގެ ދައުރުގައި ޑރ. މުޢިއްޒުގެ ބެއްލެވުމުގެ ދަށުން ބޮޑެތި ގިނަ މަޝްރޫއުތަކެއް ކުރިއަށް ގެންދެވިއެވެ. އޭގެ ތެރޭގައި ރަސްފަންނު ތަރައްޤީކުރުމާއި، ސަލްޓަން ޕާކާއި ކިންގް ސަލްމާން މިސްކިތުގެ މަސައްކަތް ހިމެނެއެވެ. އަދި ރަށްރަށުގެ ބަނދަރު ތަރައްޤީކުރުމާއި، ޕާކްތަކާއި މިސްކިތްތައް ބިނާކުރުން ހިމެނެއެވެ. އަދި މާލޭގެ މަގު ހެދުމުގެ ގިނަ މަސައްކަތްތަކެއް ކުރެވުނެވެ.ހަމައެހެންމެ އެ ދައުރުގައި ހިންގުނު ތަރައްޤީގެ އެންމެ ބޮޑު މަޝްރޫޢު، [[ސިނަމާލެ ފާލަން|ސިނަމާލެ ބުރިޖު]]ގެ މަސައްކަތް ކުރިއަށް ދިޔައީ ޑރ. މުޢިއްޒުގެ ޚާއްޞަ ބެއްލެވުމުގެ ދަށުންނެވެ.
2018ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ފަހު، ޑރ. މުޢިއްޒު އެމްޑީއޭއިން ވަކިވެވަޑައިގެން [[ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑީވްސް|ޕީޕީއެމާ]] ގުޅިވަޑައިގަތެވެ. އަދި 2019ވަނަ އަހަރު އެ ޕާޓީގެ ނާއިބު ރައީސްގެ މަޤާމަށް އިންތިޚާބުވެވަޑައިގަތެވެ.
ވެރިކަންކުރާ [[މާލެ|މާލެ ސިޓީ]]ގެ ރައްޔިތުންގެ ސީދާ ވޯޓަކުން، [[މާލެ|މާލެ ސިޓީ]]އަށް އިންތިޚާބުކުރި ފުރަތަމަ މޭޔަރަކީ ޑރ. މުޙައްމަދު މުޢިއްޒެވެ. 17 މެއި 2021 އިން 17 ނޮވެމްބަރު 2023 އަށް މާލެ ސިޓީގެ މޭޔަރުކަމުގައި އެ މަނިކުފާނު ހޭދަކުރެއްވި 2 އަހަރާ 6 މަސްދުވަހުގެ ތެރޭގައި [[މާލެ|މާލެ ސިޓީ]] ފެހިކޮށް ޗާލުކޮށް، ރައްޔިތުން އެދޭ އަމާޒަށް ހެޔޮ ބަދަލުތަކެއް ގެނަސްދެއްވުމުގައި ގިނަ މަސައްކަތްތަކެއް ވަނީ ކުރައްވައިފައެވެ. އަދި މޭޔަރުކަމުގައި ހުންނަވައިގެން ސީދާ ރައްޔިތުންގެ ގޭގެއަށް ސިލްސިލާކޮށް ޒިޔާރަތްކުރައްވައި، ޙާލު ބައްލަވައި، އެކި ކަންކަމުގައި ސީދާ ރައްޔިތުންނާ މަޝްވަރާކުރެއްވުމުގައި އެމަނިކުފާނު ވަނީ ނަމޫނާ ދައްކަވައިފައެވެ. ލާމަރުކަޒީ ނިޒާމު ނަގަހައްޓައި ކައުންސިލްތައް ބާރުވެރިކުރުވުމަށް އެމަނިކުފާނުގެ މޭޔަރުކަމުގައި ވަނީ އަޑުއުފުއްލަވައި ވަކާލާތު ކުރައްވައިފައެވެ.
2023ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާ ކުރިމަތިވީ އިރު، [[ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑީވްސް|ޕީޕީއެމް]]ގެ ރައީސަކަށް ހުންނެވި ރައީސް [[ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް]] ހުންނެވީ ޖަލުގައެވެ. އަދި [[ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑީވްސް|ޕީޕީއެމް]]ގެ ފަރާތުން ރައީސް [[ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް|ޔާމީނަށް]] ރިޔާސީ ޓިކެޓް ޙަވާލުކުރި ނަމަވެސް އިންތިޚާބުގައި ވާދަކުރެވޭނެ ފުރުޞަތު ނެތުމުން، ޕީޕީއެމް ކޯލިޝަންގައި ދެން ހިމެނޭ ޕާޓީ، [[ޕީޕަލްސް ނޭޝަނަލް ކޮންގްރެސް|ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)]] ގެ ކެންޑިޓޭޓަކަށް ޑރ. މުޢިއްޒު ނޮމިނޭޓްކުރިއެވެ. ރަނިންގމޭޓެއްގެ ގޮތުގައި ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ އޭރުގެ މެންބަރު [[ޙުސައިން މުޙައްމަދު ލަޠީފް|ޙުސައިން މުޙައްމަދު ލަޠީފެވެ.]] 2023ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި 46.06 އިންސަތަ ވޯޓު ޑރ. މުޢިއްޒު ހޯއްދެވިއެވެއެވެ. އަދި އިންތިޚާބުގެ ދެވަނަ ބުރުގައި އޭރުގެ ރައީސް [[އިބްރާހީމް މުޙައްމަދު ޞާލިޙް|އިބްރާހީމް މުޙައްމަދު ޞާލިޙާ]] ވާދަކުރައްވައި 54.04 އިންސައްތަ ވޯޓުން ޑރ. މުޢިއްޒު ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވިއެވެ.
== ރިޔާސީ ދައުރު ==
ޑރ. މުޙައްމަދު މުޢިއްޒު ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ ޤާނޫނީ ހުވާކުރެއްވީ 2023 ނޮވެންބަރު 17ވީ ހުކުރު ދުވަހު ޖުމްހޫރީ މައިދާނުގައި ބޭއްވި ހުވާކުރުމުގެ ދަރުބާރުގައެވެ. ހުވާ ލައިދެއްވީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު [[އަޙްމަދު މުޢުތަޞިމް ޢަދުނާން|އަޙްމަދު މުޢުތަޞިމް ޢަދުނާނެވެ.]] ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ނާއިބު ރައީސަކީ [[ޙުސައިން މުޙައްމަދު ލަޠީފް|ޙުސައިން މުޙައްމަދު ލަޠީފެވެ.]]
[[ޤިސްމު:ޕީއެޗްޑީ ހަދާފައިވާ ދިވެހިން]]
[[ޤިސްމު:ޙަޔާތުނާމާ]]
5wipma2kxlqnoy1ncqgbysomzzcnq67
137695
137694
2026-05-15T05:30:21Z
Memberuser
25611
137695
wikitext
text/x-wiki
== ތަޢާރަފު ==
{{Infobox officeholder
| name = ޑރ. މުޙައްމަދު މުޢިއްޒު
| native_name =
| image = Dr Muizzu in December 2023.jpg
| caption = މުޙައްމަދު މުޢިއްޒު، 2023
| office = [[ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ]]
| term_start = 17 ނޮވެންބަރު 2023
| office1 = މިނިސްޓަރ އޮފް ހައުސިންގ އެންޑް އިފްރާސްޓްރަކްޗަރ
| predecessor1 = ހަމަ [[މުޙައްމަދު މުޢިއްޒު]]
| successor1 = މުޙައްމަދު އަސްލަމް
| birth_date = {{Birth date and age|1978|6|15|df=yes}}
| birth_place = [[މާލެ]]، [[ދިވެހިރާއްޖެ]]
| death_date =
| death_place =
| party = [[ޕީޕަލްސް ނޭޝަނަލް ކޮންގްރެސް]] (2023އިން ފެށިގެން)
| otherparty = [[ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް]] (2018 - 2023)
މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (2014 - 2018)
[[ޢަދާލަތު ޕާޓީ]] (2010 - 2014)
| spouse = ސާޖިދާ މުޙައްމަދު
| children = 3
| alma_mater = {{plainlist|
* ޔުނިވަރސިޓީ އޮފް ލަންޑަން
* ޔުނިވަރސިޓީ އޮފް ލީޑްސް

| signature = Mohamed Muizzu Signature.svg
| website = {{Official website|presidency.gov.mv|ރައީސުލްޖުމްހޫރިއްޔާގެ އޮފީސް}}
| office2 = މިނިސްޓަރ އޮފް ހައުސިންގ އެންޑް އެންވަޔަރަމަންޓް
| termend2 = 21 މޭ 2012
| termstart2 = 19 ފެބުރުވަރީ 2012
| president2 = [[ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކު]]
[[ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް]]
| predecessor2 = މުޙައްމަދު އަސްލަމް
| successor2 = ހަމަ [[މުޙައްމަދު މުޢިއްޒު]]
| termstart1 = 21 މޭ 2012
| termend1 = 17 ނޮވެންބަރު 2018
| term_end =
| vicepresident = [[ޙުސައިން މުޙައްމަދު ލަޠީފް]]
| parents = ބައްޕާފުޅު: [[ޙުސައިން ޢަބްދުއްރަޙްމާން|ފަޟީލަތުއްޝައިޚު ޙުސައިން ޢަބްދުއްރަޙްމާން]]
މަންމާފުޅު: ޙުސްނާ އާދަމް
| awards = މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު - 2013

'''ޑރ. މުޙައްމަދު މުޢިއްޒު (އިނގިރޭސި:''' [[:en:Mohamed_Muizzu|Mohamed_Muizzu]]) އަކީ ދިވެހިރާއްޖޭގެ 8ވަނަ ރައީސުލްޖުމްހޫރިއްޔާއެވެ. އަދި އެއީ ދިވެހިރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ ހަތްވަނަ ރައީސުލްޖުމްހޫރިއްޔާއެވެ. ޑރ. މުޙައްމަދު މުޢިއްޒު ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 1978 ޖޫން 15 ގައެވެ. އެ މަނިކުފާނުގެ ބައްޕާފުޅަކީ [[ޙުސައިން ޢަބްދުއްރަޙްމާން|ފަޟީލަތުއްޝައިޚު ޙުސައިން ޢަބްދުއްރަޙްމާނެވެ.]] މަންމާފުޅަކީ ޙުސްނާ އާދަމެވެ. ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުންނަކީ [[ސާޖިދާ މުހައްމަދު|ސާޖިދާ މުޙައްމަދެވެ.]] އެ ދެމަފިރިކަނބަލުންނަށް ތިން ކުދީން ލިބިވަޑައިގެންފައިވެއެވެ.
== ތަޢުލީމު ޙާޞިލުކުރެއްވުން ==
ޑރ. މުޙައްމަދު މުޢިއްޒު ތަޢުލީމު ޙާޞިލުކުރެއްވީ ދިވެހިރާއްޖޭގެ އެންމެ ދުވަސްވީ ސްކޫލް ކަމަށްވާ [[މަޖީދިއްޔާ ސްކޫލް|މަޖީދިއްޔާ ސްކޫލުންނެވެ.]] ބެޗްލަރސް ޑިގުރީއާއި މާސްޓަރސް ޑިގުރީ ޙާޞިލުކުރެއްވީ ސްޓްރަކްޗަރަލް އިންޖިނިއަރިންގގެ ދާއިރާއިން ޔުނިވަރސިޓީ އޮފް ލަންޑަނުންނެވެ. ޕީއެޗްޑީ ޙާޞިލުކުރެއްވީ ސިވިލް އިންޖިނިއަރިންގގެ ދާއިރާއިން 2009ވަނަ އަހަރު [[އިނގިރޭސިވިލާތް|އިނގިރޭސިވިލާތު]]ގެ ޔުނިވަރސިޓީ އޮފް ލީޑްސްގައެވެ.
== ޚިދުމަތް ==
ޑރ. މުޙައްމަދު މުޢިއްޒު ދިވެހި ސަރުކާރަށް ޚިދުމަތްކުރައްވަން ފެށްޓެވީ 1998ވަނަ އަހަރުގެ މާރިޗު މަހުގައެވެ. އަދާކުރެއްވި ފުރަތަމަ ވަޒީފާއަކީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް ޕަބްލިކް ވަރކްސްގެ ޕްލޭނިންގ ޓެކްނީޝަން ޓްރޭނީއެއްގެ މަޤާމެވެ. ސަރުކާރަށް ޚިދުމަތްކުރެއްވުމުގެ އިތުރުން، ރާއްޖޭގެ އަމިއްލަ ބައެއް ކުންފުނިތަކުގައި ވެސް އިސް މަޤާމުތަކެއްގައި ޚިދުމަތްކުރެއްވިއެވެ. އަދި ސިޔާސީ ބައެއް ޕާޓީތަކުގެ އިސް މަޤާމުތައް ވެސް ފުރުއްވައިފައިވެއެވެ.
== ސިޔާސީ ދާއިރާގައި ==
ޑރ. މުޢިއްޒުގެ ސިޔާސީ ޙަޔާތް ފެށުނީ 2012ވަނަ އަހަރު އެވެ. ކުރީގެ ރައީސް [[ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކު]]ގެ ސަރުކާރުގެ ހައުސިން އެންޑް އެންވަޔަރަމަންޓް މިނިސްޓަރުކަމަށް ޑރ. މުޢިއްޒު ޢައްޔަންކުރެއްވިއެވެ. އޭރު ޑރ. މުޢިއްޒަކީ [[ޢަދާލަތު ޕާޓީ]]ގެ މެންބަރެކެވެ. އަދި އޭގެ ފަހުން 2013ވަނަ އަހަރު އުފެދުނު ރައީސް [[ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް]]ގެ ސަރުކާރުގައި މިނިސްޓަރ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗަރގެ މަޤާމު އަދާކުރެއްއެވެ. އޭރު ޑރ. މުޢިއްޒު ހުންނެވީ މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ) ގެ މެންބަރެއްގެ ގޮތުގައެވެ. އެމްޑީއޭ އަކީ 2013ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި [[ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑީވްސް|ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)]] ގެ ކޯލިޝަން ބައިވެރިއެކެވެ.
ރައީސް [[ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް]]ގެ ދައުރުގައި ޑރ. މުޢިއްޒުގެ ބެއްލެވުމުގެ ދަށުން ބޮޑެތި ގިނަ މަޝްރޫއުތަކެއް ކުރިއަށް ގެންދެވިއެވެ. އޭގެ ތެރޭގައި ރަސްފަންނު ތަރައްޤީކުރުމާއި، ސަލްޓަން ޕާކާއި ކިންގް ސަލްމާން މިސްކިތުގެ މަސައްކަތް ހިމެނެއެވެ. އަދި ރަށްރަށުގެ ބަނދަރު ތަރައްޤީކުރުމާއި، ޕާކްތަކާއި މިސްކިތްތައް ބިނާކުރުން ހިމެނެއެވެ. އަދި މާލޭގެ މަގު ހެދުމުގެ ގިނަ މަސައްކަތްތަކެއް ކުރެވުނެވެ.ހަމައެހެންމެ އެ ދައުރުގައި ހިންގުނު ތަރައްޤީގެ އެންމެ ބޮޑު މަޝްރޫޢު، [[ސިނަމާލެ ފާލަން|ސިނަމާލެ ބުރިޖު]]ގެ މަސައްކަތް ކުރިއަށް ދިޔައީ ޑރ. މުޢިއްޒުގެ ޚާއްޞަ ބެއްލެވުމުގެ ދަށުންނެވެ.
2018ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ފަހު، ޑރ. މުޢިއްޒު އެމްޑީއޭއިން ވަކިވެވަޑައިގެން [[ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑީވްސް|ޕީޕީއެމާ]] ގުޅިވަޑައިގަތެވެ. އަދި 2019ވަނަ އަހަރު އެ ޕާޓީގެ ނާއިބު ރައީސްގެ މަޤާމަށް އިންތިޚާބުވެވަޑައިގަތެވެ.
ވެރިކަންކުރާ [[މާލެ|މާލެ ސިޓީ]]ގެ ރައްޔިތުންގެ ސީދާ ވޯޓަކުން، [[މާލެ|މާލެ ސިޓީ]]އަށް އިންތިޚާބުކުރި ފުރަތަމަ މޭޔަރަކީ ޑރ. މުޙައްމަދު މުޢިއްޒެވެ. 17 މޭ 2021 އިން 17 ނޮވެންބަރު 2023 އަށް މާލެސިޓީގެ މޭޔަރުކަމުގައި އެ މަނިކުފާނު ހޭދަކުރެއްވި 2 އަހަރާއި 6 މަސްދުވަހުގެ ތެރޭގައި [[މާލެ|މާލެ ސިޓީ]] ފެހިކޮށް ޗާލުކޮށް، ރައްޔިތުން އެދޭ އަމާޒަށް ހެޔޮ ބަދަލުތަކެއް ގެނަސްދެއްވުމުގައި ގިނަ މަސައްކަތްތަކެއް ވަނީ ކުރައްވައިފައެވެ. އަދި މޭޔަރުކަމުގައި ހުންނަވައިގެން ސީދާ ރައްޔިތުންގެ ގޭގެއަށް ސިލްސިލާކޮށް ޒިޔާރަތްކުރައްވައި، ޙާލު ބައްލަވައި، އެކި ކަންކަމުގައި ސީދާ ރައްޔިތުންނާ މަޝްވަރާކުރެއްވުމުގައި އެމަނިކުފާނު ވަނީ ނަމޫނާ ދައްކަވައިފައެވެ. ލާމަރުކަޒީ ނިޒާމު ނަގަހައްޓައި ކައުންސިލްތައް ބާރުވެރިކުރުވުމަށް އެމަނިކުފާނުގެ މޭޔަރުކަމުގައި ވަނީ އަޑުއުފުއްލަވައި ވަކާލާތު ކުރައްވައިފައެވެ.
2023ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާ ކުރިމަތިވީ އިރު، [[ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑީވްސް|ޕީޕީއެމް]]ގެ ރައީސަކަށް ހުންނެވި ރައީސް [[ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް]] ހުންނެވީ ޖަލުގައެވެ. އަދި [[ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑީވްސް|ޕީޕީއެމް]]ގެ ފަރާތުން ރައީސް [[ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް|ޔާމީނަށް]] ރިޔާސީ ޓިކެޓް ޙަވާލުކުރި ނަމަވެސް އިންތިޚާބުގައި ވާދަކުރެވޭނެ ފުރުޞަތު ނެތުމުން، ޕީޕީއެމް ކޯލިޝަންގައި ދެން ހިމެނޭ ޕާޓީ، [[ޕީޕަލްސް ނޭޝަނަލް ކޮންގްރެސް|ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)]] ގެ ކެންޑިޓޭޓަކަށް ޑރ. މުޢިއްޒު ނޮމިނޭޓްކުރިއެވެ. ރަނިންގމޭޓެއްގެ ގޮތުގައި ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ އޭރުގެ މެންބަރު [[ޙުސައިން މުޙައްމަދު ލަޠީފް|ޙުސައިން މުޙައްމަދު ލަޠީފެވެ.]] 2023ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި 46.06 އިންސައްތަ ވޯޓު ޑރ. މުޢިއްޒު ހޯއްދެވިއެވެއެވެ. އަދި އިންތިޚާބުގެ ދެވަނަ ބުރުގައި އޭރުގެ ރައީސް [[އިބްރާހީމް މުޙައްމަދު ޞާލިޙް|އިބްރާހީމް މުޙައްމަދު ޞާލިޙާ]] ވާދަކުރައްވައި 54.04 އިންސައްތަ ވޯޓުން ޑރ. މުޢިއްޒު ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވިއެވެ.
== ރިޔާސީ ދައުރު ==
ޑރ. މުޙައްމަދު މުޢިއްޒު ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ ޤާނޫނީ ހުވާކުރެއްވީ 2023 ނޮވެންބަރު 17ވީ ހުކުރު ދުވަހު ޖުމްހޫރީ މައިދާނުގައި ބޭއްވި ހުވާކުރުމުގެ ދަރުބާރުގައެވެ. ހުވާ ލައިދެއްވީ ދިވެހިރާއްޖޭގެ އޭރުގެ އުއްތަމަ ފަނޑިޔާރު [[އަޙްމަދު މުޢުތަޞިމް ޢަދުނާން|ޗީފް ޖަސްޓިސް (ރިޓަޔަރޑް) އަޙްމަދު މުޢުތަޞިމް ޢަދުނާން (ނޢޢވ) އެވެ.]] ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ނާއިބު ރައީސަކީ [[ޙުސައިން މުޙައްމަދު ލަޠީފް|ޙުސައިން މުޙައްމަދު ލަޠީފެވެ.]]
[[ޤިސްމު:ޕީއެޗްޑީ ހަދާފައިވާ ދިވެހިން]]
[[ޤިސްމު:ޙަޔާތުނާމާ]]
4r7x5rft8492uwuugik0vax4uvrrcwc
137696
137695
2026-05-15T05:52:10Z
Memberuser
25611
137696
wikitext
text/x-wiki
{{Infobox officeholder
| name = މުޙައްމަދު މުޢިއްޒު
| image = Dr Muizzu in December 2023.jpg
| caption = މުޙައްމަދު މުޢިއްޒު، 2023
| office1 = [[މާލެ|މާލެސިޓީ]]ގެ މޭޔަރު
| term_start1 = 17 މޭ 2021
| term_end1 = 17 ނޮވެންބަރު 2023
| predecessor1 = ސިފާ މުޙައްމަދު
| successor1 = އާދަމް އާޒިމް
| office2 = މިނިސްޓަރ އޮފް ހައުސިންގ އެންޑް އިފްރާސްޓްރަކްޗަރ
| president2 = [[ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކު]]
[[ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް]]
| term_start2 = 21 މޭ 2012
| term_end2 = 17 ނޮވެންބަރު 2023
| predecessor2 = ހަމަ [[މުޙައްމަދު މުޢިއްޒު]]
| successor2 = [[މުޙައްމަދު އަސްލަމް]]
| office3 = މިނިސްޓަރ އޮފް ހައުސިންގ އެންޑް އެންވަޔަރަމަންޓް
| term_start3 = 19 ފެބުރުވަރީ 2012
| term_end3 = 21 މޭ 2012
| predecessor3 = މުޙައްމަދު އަސްލަމް
| successor3 = ހަމަ [[މުޙައްމަދު މުޢިއްޒު]]
| office4 =
| constituency4 =
| term_start4 =
| term_end4 =
| predecessor4 =
| successor4 =
| birth_date = {{Birth date and age|1978|6|15|df=yes}}
| birth_place = [[މާލެ]]، [[ދިވެހިރާއްޖެ]]
| death_date =
| death_place =
| party = [[ޕީޕަލްސް ނޭޝަނަލް ކޮންގްރެސް]] (2023އިން ފެށިގެން)
| spouse = ސާޖިދާ މުޙައްމަދު
| children = 3
| signature = Mohamed Muizzu Signature.svg
| alma_mater = ޔުނިވަރސިޓީ އޮފް ލަންޑަން
ޔުނިވަރސިޓީ އޮފް ލީޑްސް
| education = [[މަޖީދިއްޔާ ސްކޫލް]]
| parents = ބައްޕާފުޅު: [[ޙުސައިން ޢަބްދުއްރަޙްމާން|ފަޟީލަތުއްޝައިޚު ޙުސައިން ޢަބްދުއްރަޙްމާން]]
މަންމާފުޅު: ޙުސްނާ އާދަމް
| vicepresident = [[ޙުސައިން މުޙައްމަދު ލަޠީފް]]
| office = [[ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ]]
| term_start = 17 ނޮވެންބަރު 2023
| awards = މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު - 2013
| otherparty = [[ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް]] (2018 - 2023)
މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (2014 - 2018)
[[ޢަދާލަތު ޕާޓީ]] (2010 - 2014)

== ތަޢާރަފު ==
'''ޑރ. މުޙައްމަދު މުޢިއްޒު (އިނގިރޭސި:''' [[:en:Mohamed_Muizzu|Mohamed_Muizzu]]) އަކީ ދިވެހިރާއްޖޭގެ 8ވަނަ ރައީސުލްޖުމްހޫރިއްޔާއެވެ. އަދި އެއީ ދިވެހިރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ ހަތްވަނަ ރައީސުލްޖުމްހޫރިއްޔާއެވެ. ޑރ. މުޙައްމަދު މުޢިއްޒު ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 1978 ޖޫން 15 ގައެވެ. އެ މަނިކުފާނުގެ ބައްޕާފުޅަކީ [[ޙުސައިން ޢަބްދުއްރަޙްމާން|ފަޟީލަތުއްޝައިޚު ޙުސައިން ޢަބްދުއްރަޙްމާނެވެ.]] މަންމާފުޅަކީ ޙުސްނާ އާދަމެވެ. ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުންނަކީ [[ސާޖިދާ މުހައްމަދު|ސާޖިދާ މުޙައްމަދެވެ.]] އެ ދެމަފިރިކަނބަލުންނަށް ތިން ކުދީން ލިބިވަޑައިގެންފައިވެއެވެ.
== ތަޢުލީމު ޙާޞިލުކުރެއްވުން ==
ޑރ. މުޙައްމަދު މުޢިއްޒު ތަޢުލީމު ޙާޞިލުކުރެއްވީ ދިވެހިރާއްޖޭގެ އެންމެ ދުވަސްވީ ސްކޫލް ކަމަށްވާ [[މަޖީދިއްޔާ ސްކޫލް|މަޖީދިއްޔާ ސްކޫލުންނެވެ.]] ބެޗްލަރސް ޑިގުރީއާއި މާސްޓަރސް ޑިގުރީ ޙާޞިލުކުރެއްވީ ސްޓްރަކްޗަރަލް އިންޖިނިއަރިންގގެ ދާއިރާއިން ޔުނިވަރސިޓީ އޮފް ލަންޑަނުންނެވެ. ޕީއެޗްޑީ ޙާޞިލުކުރެއްވީ ސިވިލް އިންޖިނިއަރިންގގެ ދާއިރާއިން 2009ވަނަ އަހަރު [[އިނގިރޭސިވިލާތް|އިނގިރޭސިވިލާތު]]ގެ ޔުނިވަރސިޓީ އޮފް ލީޑްސްގައެވެ.
== ޚިދުމަތް ==
ޑރ. މުޙައްމަދު މުޢިއްޒު ދިވެހި ސަރުކާރަށް ޚިދުމަތްކުރައްވަން ފެށްޓެވީ 1998ވަނަ އަހަރުގެ މާރިޗު މަހުގައެވެ. އަދާކުރެއްވި ފުރަތަމަ ވަޒީފާއަކީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް ޕަބްލިކް ވަރކްސްގެ ޕްލޭނިންގ ޓެކްނީޝަން ޓްރޭނީއެއްގެ މަޤާމެވެ. ސަރުކާރަށް ޚިދުމަތްކުރެއްވުމުގެ އިތުރުން، ރާއްޖޭގެ އަމިއްލަ ބައެއް ކުންފުނިތަކުގައި ވެސް އިސް މަޤާމުތަކެއްގައި ޚިދުމަތްކުރެއްވިއެވެ. އަދި ސިޔާސީ ބައެއް ޕާޓީތަކުގެ އިސް މަޤާމުތައް ވެސް ފުރުއްވައިފައިވެއެވެ.
== ސިޔާސީ ދާއިރާގައި ==
ޑރ. މުޢިއްޒުގެ ސިޔާސީ ޙަޔާތް ފެށުނީ 2012ވަނަ އަހަރު އެވެ. ކުރީގެ ރައީސް [[ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކު]]ގެ ސަރުކާރުގެ ހައުސިން އެންޑް އެންވަޔަރަމަންޓް މިނިސްޓަރުކަމަށް ޑރ. މުޢިއްޒު ޢައްޔަންކުރެއްވިއެވެ. އޭރު ޑރ. މުޢިއްޒަކީ [[ޢަދާލަތު ޕާޓީ]]ގެ މެންބަރެކެވެ. އަދި އޭގެ ފަހުން 2013ވަނަ އަހަރު އުފެދުނު ރައީސް [[ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް]]ގެ ސަރުކާރުގައި މިނިސްޓަރ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗަރގެ މަޤާމު އަދާކުރެއްއެވެ. އޭރު ޑރ. މުޢިއްޒު ހުންނެވީ މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ) ގެ މެންބަރެއްގެ ގޮތުގައެވެ. އެމްޑީއޭ އަކީ 2013ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި [[ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑީވްސް|ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)]] ގެ ކޯލިޝަން ބައިވެރިއެކެވެ.
ރައީސް [[ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް]]ގެ ދައުރުގައި ޑރ. މުޢިއްޒުގެ ބެއްލެވުމުގެ ދަށުން ބޮޑެތި ގިނަ މަޝްރޫއުތަކެއް ކުރިއަށް ގެންދެވިއެވެ. އޭގެ ތެރޭގައި ރަސްފަންނު ތަރައްޤީކުރުމާއި، ސަލްޓަން ޕާކާއި ކިންގް ސަލްމާން މިސްކިތުގެ މަސައްކަތް ހިމެނެއެވެ. އަދި ރަށްރަށުގެ ބަނދަރު ތަރައްޤީކުރުމާއި، ޕާކްތަކާއި މިސްކިތްތައް ބިނާކުރުން ހިމެނެއެވެ. އަދި މާލޭގެ މަގު ހެދުމުގެ ގިނަ މަސައްކަތްތަކެއް ކުރެވުނެވެ.ހަމައެހެންމެ އެ ދައުރުގައި ހިންގުނު ތަރައްޤީގެ އެންމެ ބޮޑު މަޝްރޫޢު، [[ސިނަމާލެ ފާލަން|ސިނަމާލެ ބުރިޖު]]ގެ މަސައްކަތް ކުރިއަށް ދިޔައީ ޑރ. މުޢިއްޒުގެ ޚާއްޞަ ބެއްލެވުމުގެ ދަށުންނެވެ.
2018ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ފަހު، ޑރ. މުޢިއްޒު އެމްޑީއޭއިން ވަކިވެވަޑައިގެން [[ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑީވްސް|ޕީޕީއެމާ]] ގުޅިވަޑައިގަތެވެ. އަދި 2019ވަނަ އަހަރު އެ ޕާޓީގެ ނާއިބު ރައީސްގެ މަޤާމަށް އިންތިޚާބުވެވަޑައިގަތެވެ.
ވެރިކަންކުރާ [[މާލެ|މާލެ ސިޓީ]]ގެ ރައްޔިތުންގެ ސީދާ ވޯޓަކުން، [[މާލެ|މާލެ ސިޓީ]]އަށް އިންތިޚާބުކުރި ފުރަތަމަ މޭޔަރަކީ ޑރ. މުޙައްމަދު މުޢިއްޒެވެ. 17 މޭ 2021 އިން 17 ނޮވެންބަރު 2023 އަށް މާލެސިޓީގެ މޭޔަރުކަމުގައި އެ މަނިކުފާނު ހޭދަކުރެއްވި 2 އަހަރާއި 6 މަސްދުވަހުގެ ތެރޭގައި [[މާލެ|މާލެ ސިޓީ]] ފެހިކޮށް ޗާލުކޮށް، ރައްޔިތުން އެދޭ އަމާޒަށް ހެޔޮ ބަދަލުތަކެއް ގެނަސްދެއްވުމުގައި ގިނަ މަސައްކަތްތަކެއް ވަނީ ކުރައްވައިފައެވެ. އަދި މޭޔަރުކަމުގައި ހުންނަވައިގެން ސީދާ ރައްޔިތުންގެ ގޭގެއަށް ސިލްސިލާކޮށް ޒިޔާރަތްކުރައްވައި، ޙާލު ބައްލަވައި، އެކި ކަންކަމުގައި ސީދާ ރައްޔިތުންނާ މަޝްވަރާކުރެއްވުމުގައި އެމަނިކުފާނު ވަނީ ނަމޫނާ ދައްކަވައިފައެވެ. ލާމަރުކަޒީ ނިޒާމު ނަގަހައްޓައި ކައުންސިލްތައް ބާރުވެރިކުރުވުމަށް އެމަނިކުފާނުގެ މޭޔަރުކަމުގައި ވަނީ އަޑުއުފުއްލަވައި ވަކާލާތު ކުރައްވައިފައެވެ.
2023ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާ ކުރިމަތިވީ އިރު، [[ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑީވްސް|ޕީޕީއެމް]]ގެ ރައީސަކަށް ހުންނެވި ރައީސް [[ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް]] ހުންނެވީ ޖަލުގައެވެ. އަދި [[ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑީވްސް|ޕީޕީއެމް]]ގެ ފަރާތުން ރައީސް [[ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް|ޔާމީނަށް]] ރިޔާސީ ޓިކެޓް ޙަވާލުކުރި ނަމަވެސް އިންތިޚާބުގައި ވާދަކުރެވޭނެ ފުރުޞަތު ނެތުމުން، ޕީޕީއެމް ކޯލިޝަންގައި ދެން ހިމެނޭ ޕާޓީ، [[ޕީޕަލްސް ނޭޝަނަލް ކޮންގްރެސް|ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)]] ގެ ކެންޑިޓޭޓަކަށް ޑރ. މުޢިއްޒު ނޮމިނޭޓްކުރިއެވެ. ރަނިންގމޭޓެއްގެ ގޮތުގައި ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ އޭރުގެ މެންބަރު [[ޙުސައިން މުޙައްމަދު ލަޠީފް|ޙުސައިން މުޙައްމަދު ލަޠީފެވެ.]] 2023ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި 46.06 އިންސައްތަ ވޯޓު ޑރ. މުޢިއްޒު ހޯއްދެވިއެވެއެވެ. އަދި އިންތިޚާބުގެ ދެވަނަ ބުރުގައި އޭރުގެ ރައީސް [[އިބްރާހީމް މުޙައްމަދު ޞާލިޙް|އިބްރާހީމް މުޙައްމަދު ޞާލިޙާ]] ވާދަކުރައްވައި 54.04 އިންސައްތަ ވޯޓުން ޑރ. މުޢިއްޒު ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވިއެވެ.
== ރިޔާސީ ދައުރު ==
ޑރ. މުޙައްމަދު މުޢިއްޒު ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ ޤާނޫނީ ހުވާކުރެއްވީ 2023 ނޮވެންބަރު 17ވީ ހުކުރު ދުވަހު ޖުމްހޫރީ މައިދާނުގައި ބޭއްވި ހުވާކުރުމުގެ ދަރުބާރުގައެވެ. ހުވާ ލައިދެއްވީ ދިވެހިރާއްޖޭގެ އޭރުގެ އުއްތަމަ ފަނޑިޔާރު [[އަޙްމަދު މުޢުތަޞިމް ޢަދުނާން|ޗީފް ޖަސްޓިސް (ރިޓަޔަރޑް) އަޙްމަދު މުޢުތަޞިމް ޢަދުނާން (ނޢޢވ) އެވެ.]] ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ނާއިބު ރައީސަކީ [[ޙުސައިން މުޙައްމަދު ލަޠީފް|ޙުސައިން މުޙައްމަދު ލަޠީފެވެ.]]
[[ޤިސްމު:ޕީއެޗްޑީ ހަދާފައިވާ ދިވެހިން]]
[[ޤިސްމު:ޙަޔާތުނާމާ]]
9byh7d9o06u95ehb046u3cfzadal1v1
ޢަބްދުﷲ ޝާހިދު
0
15387
137692
136981
2026-05-15T05:05:41Z
Memberuser
25611
137692
wikitext
text/x-wiki
{{Infobox officeholder
| name = ޢަބްދުﷲ ޝާހިދު
| honorific-suffix = ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ
| image = Abdulla Shahid April 2021.png
| caption = ޢަބްދުﷲ ޝާހިދު، 2021
| order =
| office = އދ. ގެ 76ވަނަ ޢާންމު މަޖިލީހުގެ ރައީސް
| term_start = 14 ސެޕްޓެންބަރު 2021
| term_end = 13 ސެޕްޓެންބަރު 2022
| predecessor = [[Volkan Bozkır]]
| successor = [[Csaba Kőrösi]]
| office1 = ޚާރިޖީ ވަޒީރު (މިނިސްޓަރ އޮފް ފޮރިން އެފެއާޒް)
| president1 = [[އިބްރާހީމް މުޙައްމަދު ޞާލިޙް]]
| term_start1 = 17 ނޮވެންބަރު 2018
| term_end1 = 17 ނޮވެންބަރު 2023
| predecessor1 = [[މުޙައްމަދު ޢާޞިމް]]
| successor1 = [[މޫސާ ޒަމީރު]]
| president2 = [[މައުމޫން ޢަބްދުލް ޤައްޔޫމް]]
| term_start2 = 23 އޮގަސްޓު 2007
| term_end2 = 11 ނޮވެންބަރު 2008
| predecessor2 = [[އަޙުމަދު ޝަހީދު]]
| successor2 = [[އަޙުމަދު ޝަހީދު]]
| office3 = [[ރައްޔިތުންގެ މަޖިލިސް|ރައްޔިތުންގެ މަޖިލީހުގެ]] ރައީސް
| president3 = [[މުޙައްމަދު ނަޝީދު]]
[[ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކު]]
[[ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް]]
| term_start3 = 28 މޭ 2009
| term_end3 = 28 މޭ 2014
| predecessor3 = [[އަލްފާޟިލް މުޙައްމަދު ޝިހާބު]]
| successor3 = [[ޢަބްދުﷲ މަސީޙު މުޙައްމަދު]]
| office4 = ރައްޔިތުންގެ މަޖިލީހުގެ މެންބަރު
| term_start4 = 28 މޭ 2014
| term_end4 = 14 ނޮވެންބަރު 2018
| predecessor4 =
| constituency4 = ހެންވޭރު އުތުރު ދާއިރާ
| successor4 = އިބްރާހީމް މުޢިއްޒު
| constituency5 = [[ކެޔޮދޫ (ވ. އަތޮޅު)|ކެޔޮދޫ ދާއިރާ]]
| term_start5 = 28 މޭ 2009
| term_end5 = 28 މޭ 2014
| predecessor5 =
| successor5 = [[މޫސާ ނިޒާރު އިބްރާހީމް]]
| office6 = [[ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ]]ގެ ރައީސް
| term_start6 = 20 ފެބުރުވަރީ 2024
| term_end6 =
| predecessor6 = [[އިބްރާހީމް މުޙައްމަދު ޞާލިޙް]]
| birth_date = {{birth date and age|1962|5|26|df=y}}
| birth_place = [[މާލެ]]، [[ދިވެހިރާއްޖެ]]
| party = [[ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ]] (2013 އިން ފެށިގެން)
| otherparty = [[ދިވެހި ރައްޔިތުންގެ ޕާޓީ]] (2013 އާ ހަމައަށް)
| children = 3
| parents = ބައްޕާފުޅު: އައްޝައިޚު މޫސާ ޖަމީލު
މަންމާފުޅު: މައިމޫނާ ވަޖީހު
| residence =
| alma_mater = ޔުނިވަރސިޓީ އޮފް ކެންބެރާ، [[އޮސްޓްރޭލިއާ]]
ފްލެޗަރ ސްކޫލް އޮފް ލޯ އެންޑް ޑިޕްލޮމަސީ، [[އެމެރިކާ]]
| signature = Abdulla Shahid Signature.svg

ޢަބްދުﷲ ޝާހިދު ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 1962ވަނަ އަހަރުގެ މޭ މަހުގެ 26ވަނަ ދުވަހުއެވެ. އެ މަނިކުފާނުގެ ބައްޕާފުޅަކީ އައްޝައިޚުލް މަރްޙޫމު މޫސާ ޖަމީލެވެ. ޢަބްދުﷲ ޝާހިދު ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމާއި އދ. ގެ 76ވަނަ ޢާންމު މަޖިލީހުގެ ރައީސްކަމާއި ދިވެހިރާއްޖޭގެ ފޮރިން މިނިސްޓަރުކަމުގެ މަޤާމު އަދާކުރައްވައިފައެވެ.
ޢަބްދުﷲ ޝާހިދު، ރާއްޖޭގެ ޚާރިޖީ ދާއިރާގައި ޚިދުމަތް ކުރައްވަން ފެށްޓެވީ، 1983 ވަނަ އަހަރުގެ ޖުލައިމަހުގައެވެ. ޚާރިޖީ ޚިދުމަތް އެމަނިކުފާނު ފެށްޓެވީ އެންމެ އާދައިގެ މުވައްޒަފެއްގެ ގޮތުގައެވެ. އެއަށްފަހު އެ ދާއިރާގެ ޚިދުމަތުގައި އެމަނިކުފާނު އިޚްލާޞްތެރި ޚިދުމަތްތަކެއް ކުރެއްވުމުގެ ނަތީޖާއަކަށްވީ، ހަރުފަތަކަށްފަހު ހަރުފަތެއް ކަޑައްތު ކުރައްވަމުން ގެންދަވައި، 12 އަހަރު ދުވަހުގެ ތެރޭގައި، އެ ވުޒާރާގެ ޑިރެކްޓަރ، އިންޓަރނޭޝަނަލް އެފެއާޒް ކަމުގެ މަގާމާ ހަމަޔަށް ވަޑައިގަތުމެވެ. މިނިސްޓްރީގެ މަލްޓިލެޓަރަލް ޑިޕާޓްމަންޓްގެ ބުރަ މަސްއޫލިއްޔަތާ ޙަވާލުވެވަޑައިގެން، 1988 ވަނަ އަހަރުން ފެށިގެން 1994 ވަނަ އަހަރުގެ ނިޔަލަށް ބޭއްވުނު އ.ދ.ގެ ޢާންމު މަޖިލީހުގެ ހުރިހާ ޖަލްސާއެއްގައި އެމަނިކުފާނު ބައިވެރިވެވަޑައިގެންނެވިއެވެ. ކުދި ޤައުމުތަކުގެ ސަލާމަތާއި ރައްކާތެރިކަމަކީ، އ.ދ.ގެ ޢާންމު މަޖިލީހުގައި އެންމެ ބޮޑު ސަމާލުކަމެއް ދޭންޖެހޭ ކަމެއް ކަމުގައި ސަރުކާރުން ނިންމެވުމާ ގުޅިގެން، އ.ދ. މަޖިލީހުގެ އެޖެންޑާގައި އެމައްސަލަ ހިމެނުއްވުމަށް ސަރުކާރުގެ ފަރާތުން ވަކާލާތު ކުރައްވައި ހިތްވަރާއެކު ކުރެއްވި މަސައްކަތްޕުޅުތަކަކީ ފާހަގަކޮށްލަންޖެހޭ މަސައްކަތްޕުޅުތަކެކެވެ. ހަމައެހެންމެ، 1992 ވަނަ އަހަރު ބްރެޒިލްގެ ރިއޯގައި ބޭއްވި އަރތު ސަމިޓުގެ ނެގޯޝިއޭޓަރެއްގެ ގޮތުން އެމަނިކުފާނު ކުރެއްވި މަސައްކަތްޕުޅުތައްވެސް ފާހަގަކޮށްލަން ޖެހެއެވެ. އަދި 1993 ވަނަ އަހަރު އޮސްޓްރިއާގެ ވިއެނާގައި ބޭއްވި އިންސާނީ ޙައްޤުތަކާބެހޭ ބައިނަލްއަޤްވާމީ ކޮންފަރެންސްގައި ޢަމަލީގޮތުން އެމަނިކުފާނު ބައިވެރިވެވަޑައިގެން، ގިނަ މަސައްކަތްޕުޅުތަކެއް ކުރައްވައިފައި ވެއެވެ.
ރާއްޖޭގެ ޚާރިޖީ ވުޒާރާގެ އިންޓަރނޭޝަނަލް އޯގަނައިޒޭޝަންސް ޑިޕާޓްމަންޓްގެ އެންމެ އިސް ވެރިއެއްގެ ގޮތުގައި ޢަބްދުﷲ ޝާހިދު ހުންނަވައިގެން، ބައިނަލްއަޤްވާމީ ޖަމުޢިއްޔާ ޖަމާޢަތްތަކުގެ އެކިއެކި ބައްދަލުވުންތަކުގައިވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ. މިގޮތުން، ކޮމަންވެލްތާއި، އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަނާއި، ނޮންއެލައިންޑް މޫވްމަންޓްގެ ބައްދަލުވުންތަކުގައި އެމަނިކުފާނު ވަނީ މުހިންމު ދައުރެއް އަދާކުރައްވައިފައެވެ. ޔުގާންޑާގައި 2007 ވަނަ އަހަރު ބޭއްވި ކޮމަންވެލްތު ޤައުމުތަކުގެ އެންމެ އިސްވެރިންގެ 20 ވަނަ ބައްދަލުވުމުގައި، ރާއްޖެއިން ބައިވެރިވި ވަފްދުގެ އެންމެ އިސް ބޭފުޅަކީވެސް ޢަބްދުﷲ ޝާހިދެވެ. އަދި ސެނެގޯލްގައި 1991 ވަނަ އަހަރު ބޭއްވި 6 ވަނަ އިސްލާމިކް ސަމިޓް ކޮންފަރެންސްގައި ރާއްޖެ ތަމްސީލު ކުރެއްވި އެންމެ އިސް ބޭފުޅަކީވެސް އެމަނިކުފާނެވެ. އަދި ސާކުގެ ސަމިޓް ޖަލްސާތަކާއި، ފޮރިން މިނިސްޓަރުންގެ ޖަލްސާތަކުގައިވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ރާއްޖޭގެ ޚާރިޖީ ދާއިރާގައި ޢަބްދުﷲ ޝާހިދު ޚިދުމަތް ކުރައްވަމުން ގެންދަވަނިކޮށް، ރައީސުލްޖުމްހޫރިއްޔާގެ އެގްޒެކެޓިވް ސެކްރެޓަރީ ކަމުގެ މަގާމަށް އެމަނިކުފާނު، އޭރުގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ޢައްޔަން ކުރެއްވީ، 1995 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 9 ވަނަ ދުވަހުއެވެ. އެ މަގާމުގައި 10 އަހަރު ޚިދުމަތް ކުރެއްވިއިރު، ސަރުކާރު ހިންގެވުމުގައި ރައީސުލްޖުމްހޫރިއްޔާއަށް އެކި ގޮތްގޮތުން އެހީތެރިވެވަޑައިގެން ދެއްވިއެވެ. އެމަގާމުގައި ހުންނަވައިގެން އެމަނިކުފާނު ކުރެއްވި މުހިންމު ކަންކަމުގެ ތެރޭގައި، ސަރުކާރުގެ އޮފީސްތަކުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުއްވާ ހިންގުމާބެހޭ މައްސަލަތަކާއި، ލާމަރުކަޒީ އުސޫލުން ތަރައްޤީ ކުރައްވާ ރަށްރަށާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބަލަހައްޓަވަންޖެހޭ ކަންތައްތައް ބެލެހެއްޓެވުން ހިމެނެއެވެ. އަދި ކުދި ޤައުމުތަކުގެ ސަލާމަތާބެހޭ ކަންތައްތަކާއި، ތިމާވެށްޓާބެހޭ ކަންތައްތަކާއި، ކުޅިވަރާއި އިޖުތިމާޢީ ޚިދުމަތްތަކާބެހޭ ކަންތައްތައް ބެލެހެއްޓެވުންވެސް ހިމެނެއެވެ. އެމަނިކުފާނު ވަނީ ވަޒީރުންގެ މަޖިލީހުގެ ސެކްރެޓޭރިއެޓް ވެސް ބަލަހައްޓަވާފައެވެ.
2005 ވަނަ އަހަރުގެ ޖުލައި މަހުގެ 14 ވަނަ ދުވަހު، ޢަބްދުﷲ ޝާހިދު، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒް ކަމުގެ މަގާމަށް ޢައްޔަން ކުރެއްވިއެވެ. މިނިސްޓަރ އޮފް ފޮރިން އެފެއާޒްގެ މަގާމަށް އެމަނިކުފާނު ޢައްޔަން ކުރެއްވީ 2007 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 23 ވަނަ ދުވަހުގައެވެ. އޭގެފަހުން، ރައީސް [[މައުމޫން ޢަބްދުލް ޤައްޔޫމް|އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމު]]ގެ ރިޔާސީ ދައުރު ނިމެންދެން އެ މަޤާމުގައި ދެމިހުންނެވިއެވެ.
ޢަބްދުﷲ ޝާހިދުގެ ޚާރިޖީ ވަޒީރު ކަމުގައި ފާހަގަކުރެވުނު އެންމެ މުހިންމު އެއްކަމަކީ، ދުނިޔޭގެ ޤައުމުތަކުގައި ރާއްޖޭގެ ޑިޕްލޮމެޓިކް ފުޓްޕްރިންޓް އިތުރަށް ފުޅާކުރެއްވުމުގެ މަސައްކަތްޕުޅެވެ. މިގޮތުން، އެމެރިކާ، ޗައިނާ، ޖަޕާން، ސަޢޫދީޢަރަބިޔާ، ޔޫ.އޭ.އީ، ބަންގްލަދޭޝް، ޕާކިސްތާނު އަދި ސިންގަޕޫރުގައި ދިވެހި އެމްބަސީ ހުޅުވުން ހިމެނެއެވެ. 2018 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ [[އިބްރާހީމް މުޙައްމަދު ޞާލިޙް|އިބްރާހީމް މުޙައްމަދު ޞާލިޙު]]، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމާ ހަވާލުވެވަޑައިގަތުމަށްފަހު، މިނިސްޓަރ އޮފް ފޮރިން އެފެއާޒްގެ މަޤާމަށް ޢައްޔަން ކުރެއްވި ބޭފުޅަކީ ވެސް ޢަބްދުﷲ ޝާހިދެވެ.
ޢަބްދުﷲ ޝާހިދަކީ، ރައްޔިތުންގެ މަޖިލީހަށްވެސް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވައިފައިވާ ބޭފުޅެކެވެ. މެދުނުކެނޑި ރައްޔިތުންގެ މަޖިލީހަށް ޚިދުމަތް ކުރައްވަމުން ގެންދަވާތާ 5 ދައުރު ހަމަވަނިކޮށް، 17 ނޮވެންބަރު 2018 ގައި މަޖިލީހުގެ މެންބަރުކަމުން ވަކިވެވަޑައިގަތީ، ހިނގަމުން މިދާ ރިޔާސީ ދައުރުގައި މިނިސްޓަރ އޮފް ފޮރިން އެފެއާޒްގެ މަގާމާ ޙަވާލުވެވަޑައިގަތުމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކުރައްވަން ޢަބްދުﷲ ޝާހިދު ފަށްޓަވާފައިވަނީ 24 ފެބުރުވަރީ 1995 ގައެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސުލްޖުމްހޫރިއްޔާގެ މެންބަރުކަމާއި، ވ. އަތޮޅު މެންބަރުކަމާއި، ކެޔޮދޫ ދާއިރާގެ މެންބަރުކަމާއި، ހެންވޭރު އުތުރު ދާއިރާގެ މެންބަރުކަން ކުރައްވާފައި ވެއެވެ. މީގެ އިތުރުން، 1998 ވަނަ އަހަރު ތަޞްދީޤު ކުރެއްވި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި، 2008 ވަނަ އަހަރު ތަޞްދީޤު ކުރެއްވި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ، ރައްޔިތުންގެ ޚާއްޞަ މަޖިލީހުން އެކުލަވައިލެއްވިއިރު، އެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައިވެސް ޢަބްދުﷲ ޝާހިދު ހުންނެވިއެވެ.
2008 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤު ކުރެއްވި އާ ޤާނޫނުއަސާސީގެ ދަށުން 2009 ވަނަ އަހަރު ބޭއްވުނު ފުރަތަމަ މަލްޓި-ޕާޓީ ޕާލަމެންޓަރީ އިންތިޚާބުގައި، ރައްޔިތުންގެ މަޖިލީހުގެ ކެޔޮދޫ ދާއިރާގެ ގޮނޑިއަށް އިންތިޚާބުވެވަޑައިގެން، ރައްޔިތުންގެ މަޖިލީހުގެ ފުރިހަމަ އަޣްލަބިއްޔަތުން އެ މަޖިލީހުގެ ރައީސްކަމަށް މެންބަރުން އިންތިޚާބު ކުރެއްވި ބޭފުޅަކީ ޢަބްދުﷲ ޝާހިދެވެ. ރާއްޖޭގެ ވެރިކަން ޑިމޮކްރެޓިކް ނިޒާމަކަށް ބަދަލުވެގެން އައި ދުވަސްވަރު، ރާއްޖޭގެ ޕާލިމަންޓަރީ ޑިމޮކްރަސީ ދެމެހެއްޓެވުމަށް އެމަނިކުފާނު ކުރެއްވި މަސައްކަތްޕުޅުތައް، ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލަން ޖެހެއެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ މަގާމުގައި ހުންނަވައިގެން، "ސާރކް ސްޕީކަރސް އެންޑް ޕާލިމަންޓޭރިއަންސް ކޮންފަރެންސް" ގެ ރައީސްގެ މަގާމުވެސް އެމަނިކުފާނު ފުރުއްވިއެވެ. 2012 އިން 2015 އަށް، ކޮމަންވެލްތު ޕާލިމަންޓް އެސޯސިއޭޝަންގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރުކަން ކުރެއްވިއެވެ. އަދި ކޮމަންވެލްތު ސްޕީކަސް ކޮންފަރެންސްގެ ނައިބު ރައީސްކަންވެސް ކުރައްވައިފައިވެއެވެ. މީގެއިތުރުން، އިންޓަރ ޕާލިމަންޓަރީ ޔޫނިއަން (އައި.ޕީ.ޔޫ.)ގެ އެކިއެކި ޙަރަކާތްތަކުގައިވެސް ޢަމަލީގޮތުން ބައިވެރިވެވަޑައިގެންނެވިއެވެ.
2021 ވަނަ އަހަރު ޢަބްދުﷲ ޝާހިދަށް ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަމުގެ ލަޤަބު ވަނީ އަރުވައިފައެވެ. މި ލަޤަބު އެ މަނިކުފާނަށް އެރުވީ ދިވެހިރާއްޖޭގެ އޭރުގެ ރައީސުލްޖުމްހޫރިއްޔާ [[އިބްރާހީމް މުޙައްމަދު ޞާލިޙް|އިބްރާހީމް މުޙައްމަދު ޞާލިޙެވެ.]]
[[ފައިލު:21_09_2021_-_Abertura_do_Debate_Geral_da_76a_Sessão_da_Assembleia_Geral_das_Nações_Unidas_(AGNU)_(51499253427).jpg|thumb|ޢަބްދުﷲ ޝާހިދު (ވާތުގައި) އދ. ގެ ޢާންމު މަޖިލީހުގެ ރިޔާސަތުގައި]]
[[ފައިލު:President Solih confers Order of the Distinguished Rule of Izzuddin to PGA of the 76th Session of the UNGA Abdulla Shahid.jpg|thumb|ޢަބްދުﷲ ޝާހިދަށް ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަމުގެ ލަޤަބު އަރުވަނީ]]{{Majilis presidents}}
[[ޤިސްމު:ޙަޔާތުނާމާ]]
egz01ne0lokyjfqczc4nxojzhjm7rug
އަޙްމަދު މުޢުތަޞިމް ޢަދުނާން
0
16041
137689
137597
2026-05-15T04:43:31Z
Memberuser
25611
137689
wikitext
text/x-wiki
{{Infobox officeholder
| name = އަޙްމަދު މުޢުތަޞިމް ޢަދުނާން
| native_name_lang = dv
| office = ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު
| term_start = 8 ޑިސެންބަރު 2019
| term_end = 21 ޖުލައި 2025
| nominator = [[އިބްރާހީމް މުޙައްމަދު ޞާލިޙް|އިބްރާހީމް މުޙައްމަދު ޞާލިޙު]]
| predecessor = [[އަޙްމަދު ޢަބްދުﷲ ދީދީ]]
| birth_date = {{Birth date and age|1965|02|09|df=yes}}
| birth_place = [[މާލެ]]، [[ދިވެހިރާއްޖެ]]
| death_date =
| death_place =
| spouse = ފާޠިމަތު އަޒްލިފާ (1989)
| children = 3
| image = Chief Justice Ahmed Muthasim Adnan (cropped).jpg
| caption = އަޙްމަދު މުޢުތަޞިމް ޢަދުނާން
| alma_mater = ޔުނިވަރސިޓީ އޮފް ކޮލަމްބޯ [[އޮޅުދޫކަރަ|ސްރީލަންކާ]]
ޔުނިވަރސިޓީ އޮފް ބަކިންގހަމް، [[އިނގިރޭސިވިލާތް]]
ޔުނިވަރސިޓީ އޮފް ގްލެސްގޯ، ސްކޮޓްލޭންޑް
| office1 = [[ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު]]ގެ ފަނޑިޔާރު
| termstart1 = 2010
| termend1 = 2014
| nominator1 = [[މުޙައްމަދު ނަޝީދު]]
| succeeded = [[ޢަބްދުލްޣަނީ މުޙައްމަދު]]
| honorific_suffix = ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ
| awards = ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން - 2025

ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޗީފް ޖަސްޓިސް (ރިޓަޔަރޑް) އަޙްމަދު މުޢުތަޞިމް ޢަދުނާން ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 1965ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 9ވަނަ ދުވަހު ދިވެހިރާއްޖޭގެ ވެރިރަށް [[މާލެ|މާލޭ]]ގައެވެ. ބައްޕާފުޅަކީ އެކިއެކި މަޤާމުތަކުގައި ދިވެހި ދައުލަތަށް ގިނަ ޚިދުމަތްތަކެއް ކުރެއްވި ބޭފުޅެއްކަމުގައިވާ [[އަދުނާން ޙުސައިން|ޢަދުނާން ޙުސައިނެވެ.]]
== ތަޢުލީމު ޙާޞިލުކުރެއްވުން ==
ޗީފް ޖަސްޓިސް (ރިޓަޔަރޑް) އަޙްމަދު މުޢުތަޞިމް ޢަދުނާން، ޤާނޫނީ ދާއިރާއިން މަތީ ތަޢުލީމު ޙާޞިލުކުރައްވަން ފެށްޓެވީ، [[އޮޅުދޫކަރަ|ސްރީލަންކާ]]ގެ ޔުނިވަރސިޓީ އޮފް ކޮލަމްބޯއިންނެވެ. ބެޗްލަރ އޮފް ލޯސް ޙާޞިލުކުރައްވައިފައި ވަނީ، [[އިނގިރޭސިވިލާތް|އިނގިރޭސިވިލާތު]]ގެ ޔުނިވަރސިޓީ އޮފް ބަކިންގހަމްއިންނެވެ. އޭގެފަހުން، ސްކޮޓްލޭންޑްގެ ޔުނިވަރސިޓީ އޮފް ގްލެސްގޯއިން މާސްޓަރ އޮފް ފިލޯސޮފީ ޙާޞިލުކުރައްވައިފައިވެއެވެ. އެ މަނިކުފާނަކީ، ދަ ހޭގް އެކެޑަމީ އޮފް އިންޓަރނޭޝަނަލް ލޯގައި ޕަބްލިކް އިންޓަރނޭޝަނަލް ލޯއިން ފެލޯޝިޕެއް ފުރިހަމަކުރައްވައިފައިވާ ބޭފުޅެއް ވެސް މެއެވެ.
== ޚިދުމަތް ==
ޗީފް ޖަސްޓިސް (ރިޓަޔަރޑް) އަޙްމަދު މުޢުތަޞިމް ޢަދުނާން، ދައުލަތުގެ ޚިދުމަތް ފެށްޓެވީ، 1983 ފެބުރުވަރީ 19ވަނަ ދުވަހު، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ސެކްރެޓެރީ ކަމުގެ މަޤާމުންނެވެ. އޭގެފަހުން، އެ މިނިސްޓްރީގެ އިނގިރޭސި ސެކްރެޓެރީކަމާއި، އެސިސްޓެންޓް އަންޑަރ ސެކްރެޓެރީކަމާއި، ޑެޕިއުޓީ ޑިރެކްޓަރކަމުގެ މަޤާމާއި، ޑިރެކްޓަރ، ލީގަލް އެފެއާޒް ކަމުގެ މަޤާމު އަދާކުރެއްވިއެވެ. އެންމެ ދިގު މުއްދަތަކަށް އެ މަނިކުފާނު ޚިދުމަތް ކުރެއްވީ، ޚާރިޖީ ދާއިރާގައެވެ. 1994ވަނަ އަހަރުން ފެށިގެން ދިގު މުއްދަތަކަށް މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ލީގަލް އަދި ކޮންސިއުލަރ ޑިޕާޓްމަންޓުގެ އިސްވެރިއެއްގެ ގޮތުގައި އެ ޑިޕާޓްމަންޓް ހިންގެވުމާ ހަވާލުވެވަޑައިގެން ހުންނެވީ ވެސް އެ މަނިކުފާނެވެ. އަޙްމަދު މުޢުތަޞިމް ޢަދުނާނަކީ، ޚާރިޖިއްޔާގައި ޤާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރައްވަން ފުރަތަމަ ފެށްޓެވި ބޭފުޅުންގެ ތެރެއިން ބޭފުޅެކެވެ. ރާއްޖޭގެ ޚާރިޖީ ވުޒާރާގައި ކުރެއްވި މުހިންމު މަސައްކަތްޕުޅުތަކުގެ ތެރޭގައި، ރާއްޖެއިން ބޭރުގައި އެކިއެކި ޤައުމުތަކުގައި ދިރިއުޅޭ ދިވެހީންނަށް ދިމާވާ ކަންތައްތަކުގައި، ޤާނޫނީގޮތުން ދެއްވަންޖެހޭ އެހީތެރިކަން ދެއްވުމާއި، ދިވެހިރާއްޖެ ބައިވެރިވާ ބައިނަލްއަޤްވާމީ މުޢާހަދާތަކުގައި ޚާރިޖިއްޔާއިން ކުރަންޖެހޭ މަސައްކަތްތައް ކުރައްވައި، ދެއްވަންޖެހޭ ލަފާ ދެއްވުމާއި، ބައިނަލްއަޤްވާމީ އެކިއެކި ފޯރަމްތަކުގައި ދިވެހިރާއްޖެ ތަމްސީލުކުރެއްވުން ހިމެނެއެވެ.
ޗީފް ޖަސްޓިސް (ރިޓަޔަރޑް) އަޙްމަދު މުޢުތަޞިމް ޢަދުނާނަކީ ޝަރީޢަތާއި ޤާނޫނީ ދާއިރާއިން މީހުން ބިނާކުރެއްވުމަށް ވެސް މުހިންމު މަސައްކަތްޕުޅުތަކެއް ކުރެއްވި ބޭފުޅެކެވެ. ސްކޫލްތަކުގައްޔާއި، ކޮލެޖްތަކުގައި ޤާނޫނު ކިޔަވައިދެއްވުމަށްޓަކައި ތަޢުލީމީ ޕްރޮގްރާމްތައް ފުޅާކުރެއްވުމުގެ މަސައްކަތްތަކުގައިވެސް އެ މަނިކުފާނު ވަނީ ވަރަށް އިސް އަދި މުހިންމު ދައުރެއް އަދާކުރައްވައިފައެވެ. ރާއްޖޭގައި ޤާނޫނީ ދާއިރާއިން މީހުން ބިނާކުރުމަށް ވަކި މަރުކަޒެއް ނެތް ދުވަސްވަރު، އޭ ލެވެލްގައި "ޤާނޫނު" މާއްދާއެއްގެ ގޮތުގައި ކިޔެވުމަށް ޝައުޤުވެރިވާ ދަރިވަރުން [[މަޖީދިއްޔާ ސްކޫލް|މަޖީދިއްޔާ ސްކޫލަށް]] ގެންދަވައިގެން، އޭ ލެވެލްއަށް ޚާއްޞަ ލޯ ކުލާސްތަކެއް، 1994ވަނަ އަހަރު ނަންގަވައިދެއްވަން ފެށްޓެވިއެވެ. މިއީ، އެ މަނިކުފާނު އަމިއްލަފުޅު އިސްނެންގެވުމެއްގެ މަތިން ކުރެއްވި މުހިންމު މަސައްކަތްޕުޅެކެވެ. އޭގެތެރެއިން ބައެއް ދަރިވަރުންނަކީ، ޤާނޫނީ ދާއިރާގައި މިހާރު ވެސް ޚިދުމަތް ކުރައްވަމުން ގެންދަވާ ބޭފުޅުންކަން ފާހަގަކޮށްލަންޖެހެއެވެ.
ޗީފް ޖަސްޓިސް (ރިޓަޔަރޑް) އަޙްމަދު މުޢުތަޞިމް ޢަދުނާނަކީ، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަން، މިހާރުގެ [[ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ]]ގެ ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯގެ ޑީންގެ މަޤާމު ވެސް އަދާކުރައްވައިފައިވާ ބޭފުޅެކެވެ. 2001 އެޕްރީލް 24ވަނަ ދުވަހުން ފެށިގެން 2005 ނޮވެންބަރު 2ވަނަ ދުވަހުގެ ނިޔަލަށް އެ މަޤާމު އަދާކުރެއްވިއެވެ. އެ ޔުނިވަރސިޓީގައި ފުރަތަމަފަހަރަށް ޝަރީޢާ އެންޑް ލޯގެ ޑިގްރީ ޕުރޮގުރާމުގެ ދަރިވަރުން ދަސްވެނިވީ، މުޢުތަޞިމްގެ ޑީންކަމުގެ ދައުރުގައިކަން ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލަންޖެހެއެވެ. އަދި މިއަދު ދިވެހިރާއްޖޭގައި ޚިދުމަތް ކުރައްވާ ބައެއް ވަކީލުންނާއި ފަނޑިޔާރުން، މެޖިސްޓްރޭޓުންނާއި ދަށު ކޯޓުގެ ޤާޟީން އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން ކުރެއްވި ބޭފުޅުން ހިމެނޭހެން، އެ ބޭފުޅުންނަކީ، އެ މަނިކުފާނުގެ ދަރިވަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނެވެ.
ޗީފް ޖަސްޓިސް (ރިޓަޔަރޑް) އަޙްމަދު މުޢުތަޞިމް ޢަދުނާނަކީ، ޤާނޫނީ ފަންނުގެ ރޮނގުން ވެސް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެކެވެ. 1992ވަނަ އަހަރު ރާއްޖޭގައި ފުރަތަމަ ފަހަރަށް ލޯ ފާރމެއް ރަޖިސްޓަރީ ކުރެއްވުމަށް އިސްނެންގެވީ، އެ މަނިކުފާނެވެ. އެއީ "ކްލިޕަރ އެންޑް ގެލިއޮން ލޯ އެސޯސިއޭޓްސް"ގެ ނަމުގައި ރަޖިސްޓަރީ ކުރެވުނު ފުރަތަމަ ލޯ ފާރމެވެ. އެ މަނިކުފާނުގެ ޤާނޫނީ ޚިދުމަތް ފުޅާވަމުން އައީ، މި ލޯ ފާރމުގެ ޚިދުމަތާ އެކުގައެވެ. އެ މަނިކުފާނަކީ، ޤާނޫނީ ދާއިރާއިން ރާއްޖެއިން ބޭރުން ތަމްރީނު ހޯއްދަވައިގެން، ރާއްޖޭގައި ވަކާލާތު ކުރައްވަން ފެށްޓެވި ފުރަތަމަ ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އިސް ވަކީލެކެވެ. އެ މަނިކުފާނުގެ ޤާނޫނީ މަސައްކަތްޕުޅު ޚާއްޞަވެފައި ވަނީ، ވިޔަފާރީގެ ޤާނޫނަށެވެ. ނުވަތަ ކޮމަރޝަލް ލޯއަށެވެ. އެހެންކަމުން، ރާއްޖެއާއި ރާއްޖެއިން ބޭރުގެ ގިނަ ކުންފުނިތަކަކަށް އެ މަނިކުފާނު ވަނީ ޤާނޫނީ ލަފާ ދެއްވައިފައެވެ. ރާއްޖޭގައި އެ ދުވަސްވަރު ހިންގައިފައިވާ ބޮޑެތި މަޝްރޫޢުތަކުގައި، ލީގަލް ކޮންސަލްޓަންޓެއްގެ ގޮތުގައި އެ މަނިކުފާނު ވަނީ މަސައްކަތް ކުރައްވައިފައެވެ. އަދި ދައުލަތުން ހިންގެވި ބޮޑެތި މަޝްރޫޢުތަކުން ފެށިގެން، އަމިއްލަ ފަރާތްތަކުން ބިނާކުރި ރިޒޯޓުތައް ބިނާކުރުމުގެ ޕްރޮޖެކްޓްތަކާ ހަމަޔަށް ޤާނޫނީ ޚިދުމަތް އެ މަނިކުފާނު ވަނީ ފުޅާކުރައްވައިފައެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް އެ މަނިކުފާނު ޢައްޔަންކުރެއްވުމާ ހަމަޔަށް މި ދެންނެވި ލޯ ފާރމްގެ ބައިވެރިއެއްގެ ގޮތުގައި އަދި އިސްބޭފުޅެއްގެ ގޮތުގައި އެ މަނިކުފާނު ހުންނެވިއެވެ.
ފަނޑިޔާރުކަމުގައި ޚިދުމަތްކުރައްވަން އެ މަނިކުފާނު ފެށްޓެވީ، 2010 އޮގަސްޓު 15ވަނަ ދުވަހުއެވެ. 2008ވަނަ އަހަރު ތަޞްދީޤުކުރެއްވި [[ގާނޫނު އަސާސީ|ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ]]ގެ ދަށުން އެކުލަވައިލެވުނު ދާއިމީ [[ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު|ސުޕްރީމް ކޯޓު]]ގެ ފަނޑިޔާރުންގެ ބެންޗަށް އަޙްމަދު މުޢުތަޞިމް ޢަދުނާންގެ ނަންފުޅު ހުށަހެޅުއްވީ، އޭރުގެ ރައީސުލްޖުމްހޫރިއްޔާ [[މުޙައްމަދު ނަޝީދު|މުޙައްމަދު ނަޝީދެވެ]]. [[ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު|ސުޕްރީމް ކޯޓު]]ގެ ފަނޑިޔާރެއްގެ ގޮތުގައި، 2014 ޑިސެންބަރު 14ވަނަ ދުވަހާ ހަމައަށް އެ މަނިކުފާނު ވަނީ ޚިދުމަތްކުރައްވައިފައެވެ. އޭގެފަހުން، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުގެ މަޤާމަށް އެ މަނިކުފާނުގެ ނަންފުޅު، އަލުން [[ރައްޔިތުންގެ މަޖިލިސް|ރައްޔިތުންގެ މަޖިލީހަށް]] ހުށަހެޅުއްވީ، އޭރުގެ ރައީސުލްޖުމްހޫރިއްޔާ [[އިބްރާހީމް މުޙައްމަދު ޞާލިޙް|އިބްރާހީމް މުޙައްމަދު ޞާލިޙެވެ]]. ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުކަމުގެ މަޤާމަށް އެ މަނިކުފާނު ޢައްޔަންކުރެއްވީ، 2019 ޑިސެންބަރު 8ވަނަ ދުވަހުއެވެ. 2008ވަނަ އަހަރު ޢަމަލުކުރަން ފެށި [[ގާނޫނު އަސާސީ|ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ]]ގެ ދަށުން އެންމެ ދިގު މުއްދަތަކަށް ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުކަން ކުރެއްވީ ވެސް އަޙްމަދު މުޢުތަޞިމް ޢަދުނާންކަން ފާހަގަކޮށްލަންޖެހެއެވެ. ޝަރަފުވެރިކަމާ އެކު އުއްތަމަ ފަނޑިޔާރުކަމުން ރިޓަޔަރވެވަޑައިގެންނެވީ 2025ވަނަ އަހަރުގެ ޖުލައި މަހުގެ 21ވަނަ ދުވަހުއެވެ.
ޗީފް ޖަސްޓިސް (ރިޓަޔަރޑް) އަޙްމަދު މުޢުތަޞިމް ޢަދުނާނަކީ، ދިވެހިރާއްޖޭގެ ލޯ ކޮމިޝަންގެ މެންބަރު ކަމާއި، 2003ވަނަ އަހަރު ފުރަތަމަ އުފެއްދެވި ހިއުމަން ރައިޓްސް ކޮމިޝަންގެ މެންބަރު ކަމާއި، ފޮރިން އިންވެސްޓްމަންޓް ބޯޑުގެ މެންބަރު ކަމާއި، މޯލްޑިވްސް ނޭޝަނަލް ޝިޕް މެނޭޖްމަންޓް ލިމިޓެޑުގެ ބޯޑުގެ ޑިރެކްޓަރުކަން ކުރައްވައިފައިވާ ބޭފުޅެކެވެ. އަދި އިލެކްޝަންސް ކޮމިޝަނަރަށް ލަފާދޭ ކޮމިޓީގެ މެންބަރުކަން ދެފަހަރެއްގެ މަތިން ކުރައްވައިފައިވާ ބޭފުޅެއް ވެސްމެއެވެ.
ޗީފް ޖަސްޓިސް (ރިޓަޔަރޑް) އަޙްމަދު މުޢުތަޞިމް ޢަދުނާން، ރާއްޖޭގެ ޝަރުޢީ އަދި ޤާނޫނީ ދާއިރާއަށް މީހުން ބިނާކުރެއްވުމަށާއި، ރާއްޖޭގެ ޝަރުޢީ ދާއިރާ ހަރުދަނާ ކުރެއްވުމަށާއި، ރާއްޖޭގެ ޚާރިޖީ ދާއިރާއާ ގުޅޭ ކަންކަމުގައި ޤާނޫނީގޮތުން ދެއްވަންޖެހޭ ލަފާ ދެއްވުމުގައި އިޚްލާޞްތެރިކަމާއެކުގައި ކޮށްދެއްވައިފައިވާ މަސައްކަތްޕުޅުތަކުގެ އަގު ވަޒަންކުރައްވައި، ދިވެހި ދައުލަތުގެ މަތިވެރި ޢިއްޒަތް (ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން) 2025 ޖުލައި 27ވަނަ ދުވަހު އަރުވައިފައިވެއެވެ.
== މަރުޖިޢު ==
https://presidency.gov.mv/NationalAwards/Winner/2778
[[ޤިސްމު:ޙަޔާތުނާމާ]]
0ewtgdbr8m9jkuzrgcrs1hqgk9usi01