ވިކިޕީޑިއާ dvwiki https://dv.wikipedia.org/wiki/%DE%89%DE%A6%DE%87%DE%A8_%DE%9E%DE%A6%DE%8A%DE%B0%DE%99%DE%A7 MediaWiki 1.47.0-wmf.15 first-letter މީޑިއާ ޚާއްސަ ޚިޔާލު މެމްބަރު މެމްބަރުގެ ވާހަކަ ވިކިޕީޑިއާ ވިކިޕީޑިއާ ޚިޔާލު ފައިލު ފައިލުގެ ޚިޔާލު މީޑިއާވިކީ މިޑިއާވިކީ ޚިޔާލު ފަންވަތް ފަންވަތުގެ ޚިޔާލު އެހީ އެހީގެ ޚިޔާލު ޤިސްމު ޤިސްމުގެ ޚިޔާލު ނެރު ނެރު ޚިޔާލު TimedText TimedText talk މޮޑިއުލް މޮޑިއުލް ޚިޔާލު Event Event talk ޖޫން 30 0 5131 137928 128519 2026-08-18T07:34:32Z কল্কি 28042 /* */ merge 137928 wikitext text/x-wiki <nowiki>{{merge|30 ޖޫން}}</nowiki> '''ޖޫން 30''' އަކީ މީލާދީ ކަލަންޑަރުގެ 181 ވަނަ ދުވަހެވެ. ލީޕް އަހަރެއްގައި 182 ވަނަ ދުވަހެވެ. ==ޙާދިސާތައް== * [[1959]] - [[ދިވެހިރާއްޖެ]]:- ހެންވޭރު ދޮރާއްޓާއި މާފަންނު ދޮރާށި ނެގުން ==އުފަންވި މީހުން== ==މަރުވި މީހުން== ==ބަންދު ދުވަސްތަކާއި ފާހަގަ ކުރެވޭ ދުވަހެއްގެ ގޮތުގައި== {{months}} [[ޤިސްމު:ޖޫން]] me3p8vnu9zl2879olth2q930l8qdhvm މިޔަރު 0 6694 137927 137643 2026-08-18T00:22:42Z InternetArchiveBot 21776 Rescuing 1 sources and tagging 0 as dead.) #IABot (v2.0.9.5 137927 wikitext text/x-wiki މިޔަރު އަކީ ކަނޑުފަޅުގައި ދިރިއުޅޭ މަހެކެވެ. މިޔަރުގެ އަނގަ ހުންނަނީ ނިތްގަނޑުގެ ދަށްފަރާތު ގައެވެ. އަނގައިގައި ވަރަށް ތޫނު ދަތްތަކެއް ހުރެއެވެ. ކޮތަރީގެ ބަދަލުގައި މިޔަރުގައި ހުންނަނީ އުރަހަ އެވެ. ކަންފަތް ހުންނަނީ އެހެން މަސްމަހާ ޚިލާފަށް އުރަހައެއްގެ ސިފައިގައި ބަނޑުދަށް ފަރާތުގައެވެ. މިޔަރުގެ ވަރަށް ގިނަ ވައްތަރު ތައް ހުރެއެވެ. [[ފައިލް:Miyarust.JPG|500px|thumb|left|މިޔަރުގެ ބައިތައް ދައްކައިދޭ ކުރެހުމެއް]] == މިޔަރުގެ ބައިތައް == [[ފައިލް:Miyarust.JPG|250px|thumb|left|މިޔަރުގެ ބައިތައް ދައްކައިދޭ ކުރެހުމެއް]] === ކަށިގަނޑު === ===ނިގޫ=== === ދަތްތައް === == ތަރުތީބު ކުރެވިފައިވާ އޯޑަރުތައް == ތަފާތު 8 އޯޑަރަކަށް މިޔަރުގެ ވައްތަރުތައް ތަރުތީބު ކުރެވިފައި ވެއެވެ. 8 ބަޔަށް އޯޑަރު ކުރެވިފައިވާ ޖުމްލަ 320 އަށްވުރެ ގިނަ ވައްތަރުގެ މިޔަރު ފާހަގަ ކުރެވިފައި ވެއެވެ. === ހެކްސަންކިފޯރމްސް === ހެކްސަންކިފޯރމްސް({{en|Hexanchiformes}})އަކީ މިޔަރު ތަރުތީބު ކުރެވިފައިވާ އޯޑަރެކެވެ. === ސްކޯލިފޯރމްސް === [[ސްކޯލިފޯރމްސް]]({{en|Squaliformes}})އަކީ މިޔަރު ތަރުތީބު ކުރެވިފައިވާ އޯޑަރެކެވެ.މިއޯޑަރުގައި ތަފާތު 7 އާއިލާ އަކުން 80 ވައްތަރުގެ މިޔަރު ހިމެނެއެވެ. މިއޯޑަރުގެ މިޔަރުތަކުގެ ތެރެއިން ރާއްޖޭގައި އުޅޭކަމަށް ފާހަގަ ވެފައިވަނީ [[ކަށިނެތް މިޔަރު]] އެވެ. === ޕްރިސްޓިއޯފޯރިފޯރމްސް === ޕްރިސްޓިއޯފޯރިފޯރމްސް({{en|Pristiophoriformes}})އަކީ މިޔަރު ތަރުތީބު ކުރެވިފައިވާ އޯޑަރެކެވެ. === ސްކޯއަޓިނިފޯރމްސް === ސްކޯއަޓިނިފޯރމްސް({{en|Squatiniformes}})އަކީ މިޔަރު ތަރުތީބު ކުރެވިފައިވާ އޯޑަރެކެވެ. === ހެޓިރޮޑޮންޓިނިފޯރމްސް === ހެޓިރޮޑޮންޓިނިފޯރމްސް({{en|Heterodontiformes}})އަކީ މިޔަރު ތަރުތީބު ކުރެވިފައިވާ އޯޑަރެކެވެ. === އޮރެކްޓޮލޯބިފޯރމްސް === އޮރެކްޓޮލޯބިފޯރމްސް({{en|Orectolobiformes}})އަކީ މިޔަރު ތަރުތީބު ކުރެވިފައިވާ އޯޑަރެކެވެ. === ކާކަރިނިފޯރމްސް === ކާކަރިނިފޯރމްސް({{en|Carcharhiniformes}})އަކީ މިޔަރު ތަރުތީބު ކުރެވިފައިވާ އޯޑަރެކެވެ. === ލެމްނިފޯރމްސް === [[ލެމްނިފޯރމްސް]]({{en|Lamniformes}})އަކީ މިޔަރު ތަރުތީބު ކުރެވިފައިވާ އޯޑަރެކެވެ. މިއޯޑަރުގެ މިޔަރުތަކަށް އާންމު ނަމެއްގެ ގޮތުގައި މެކަރެލް މިޔަރު އޭ ކިޔައެވެ. ވަރަށް މަޝްހޫރު ބައެއް ބާވަތުގެ މިޔަރު މިއޯޑަރުގެ ތެރޭގައި ހިމެނެއެވެ. މިސާލަކަށް [[ފެމުނު މިޔަރު]] ފަދަ [[މިޔަރު]] ހިމެނެއެވެ. އަދި ވަރަށް މަދުން ފެންނަ ވައްތަރެއް ކަމަށްވާ [[ދަތްބިޔަ މިޔަރު]] ހިމެނެނީ ވެސް މި އޯޑަރުގެ ތެރޭގައެވެ. މި އޯޑަރުގެ މިޔަރުގެ ތެރެއިން ރާއްޖޭގެ ކަނޑުތަކުގައި އުޅޭކަމަށް މިހާތަނަށް ފާހަގަވެފައިވާ މިޔަރުތައް ތިރީގައި މިވަނީ އެވެ. * [[ފެމުނު މިޔަރު]] * [[ކަނޑި މިޔަރު]] * [[ލޯބޮޑު ކަނޑި މިޔަރު]] * [[ވޮށިމަސް މިޔަރު]] == ވައްތަރުތައް == ތިރީގައި މިވަނީ މިޔަރުގެ ބައެއް ވައްތަރު ތަކެވެ. === ނިދަން މިޔަރު === {{Main|ނިދަން މިޔަރު}} [[ފައިލް:Nshark.jpg|200px|thumb|left|ނިދަން މިޔަރު]] ނިދަން މިޔަރު އަކީ މިޔަރުގެ ބާވަތެކެވެ. މިއީ ރާއްޖޭގެ ފަރުފަޅު ތަކާއި، ވިލުވިލުގައި ގިނައިން އުޅޭ މިޔަރެކެވެ. އެހެން ކަމުން މިއީ ކަނޑު ފަޅު ފީނައި އުޅޭ މީހުންނަށް ގިނައިން ފެންނަ މިޔަރެކެވެ. މިއީ ވަރުގަދަ ބޯ ހަންގަނޑެއް އޮންނަ ބަރުހެލި މިޔަރެކެވެ. މިމިޔަރު ނިދައިފައި އޮންނައިރު އޮންނާނީ އެސޮރުގެ ބޯ ހަރުހަރަށް ވައްދައިގެންނެވެ. މިހެން ތިބޭއިރުވެސް ގޯނާކޮށްފިނަމަ ހަމަލާދޭކަމަށް ފާހަގަ ކުރެވިފައި ވެއެވެ. ނިދަން މިޔަރުގެ މަހަކީ ކެއުމަށް ރަގަޅު މަހެކެވެ. މިއީ ގާތްގަނޑަކަށް 3މީޓަރަށް ބޮޑުވާ މިޔަރެކެވެ. ނަމަވެސް އާންމު ގޮތެއްގައި ފެނިފައި ހުންނަ މިބާވަތުގެ މިޔަރުގެ ބޮޑު މިނަކީ 2.5 މީޓަރެވެ. މިބާވަތުގެ މިޔަރު ވިހާ ޅަމިޔަރުގައި ގާތްގަނޑަކަށް 40 ސެންޓިމީޓަރު ހުރެއެވެ. ނިދަން މިޔަރުގެ ކާނާ އަކީ ހިޔަލަ، އިހި، ކަކުނި، މުރަކަ، ބޯވަ، ބޯވަ ދިލަމަސް، އަދި ކުދިމަހެވެ. ނިދަން މިޔަރުގެ ކުލައަކީ މުށި ކުލައެވެ.ބަނޑުދަށް ފަރާތުގެ ކުލަ ބުރަކަށި މަތީގައި ހުންނަ މުށި ކުލައަށްވުރެ ފަނޑުވާނެއެވެ. އުރަހަ ތައް ހުންނާނީ އަޅި ކުލައެއްގައެވެ. މިބާވަތުގެ މިޔަރުގެ އުރަހަ އަކީ މިޔަރު އުރަހައިގެ ވިޔަފާރީގައި ބޭނުންކޮށް އުޅޭ އުރަހަ އެކެވެ. ނިދަން މިޔަރަށް ލިބިފައި އިންނަނީ ކުޑަ އަނގައެކެވެ. އަދި ދަތްތައް ހުންނަނީ ފުނާގެ ދަތްތައް ހުންނަ ގޮތަށް ހިމަ ދިގުކޮށް ކުދިކޮށެވެ. ނިދަން މިޔަރު ނިގޫފަތް ގަނޑު މިޔަރުގެ ސައިޒާއި އަޅާބަލާއިރު ކުޑަކަން ފާހަގަވާނެއެވެ. === ހިތަ މިޔަރު === {{Main|ހިތަ މިޔަރު}} [[ފައިލް:Leopard shark.jpg|200px|thumb|left|ހިތަ މިޔަރު]] ހިތަ މިޔަރު އަކީ ކަޅު ކުލައިގެ ތިކި ތަކެއް ގައިގައި ޖަހައިފައި ހުންނަ ރީދޫ ކުލައިގެ މިޔަރެކެވެ. މިމިޔަރު ފާހަގަވެގެންދަނީ މިޔަރުގެ ހަށިގަނޑުގައި ޖަހާފައި ހުންނަ ކަޅު ތިކި ނުވަތަ ފިތް ނުވަތަ ލައް ތަކުގެ ސަބަބުންނެވެ. އިންޑޯ ޕެސިފިކް ކަނޑުގެ ހިސާބު ތަކުގައި މިވައްތަރުގެ މިޔަރު ގިނަކަން ފާހަގަ ކުރެވެއެވެ. އާއްމު ގޮތެއްގައި މިވައްތަރުގެ މިޔަރު އުޅޭކަމަށް ފާހަގަވަނީ 30-5 މީޓަރާއި ދެމެދުގެ ފުންމިނުގައެވެ. === ފާނަ މިޔަރު === {{Main|ފާނަ މިޔަރު}} [[ފައިލް:Whitetip-reef-shark.jpg|200px|thumb|left|ފާނަ މިޔަރު]] ފާނަ މިޔަރު އަކީ މިޔަރުގެ ވައްތަރެކެވެ. ފާނަ މިޔަރަކީ އިންޑިޔާ ކަނޑު އަދި ޕެސިފިކް ކަނޑުގެ ތިލަ ހިސާބު ތަކުން އެންމެ އާއްމުކޮށް ފެންނަ މިޔަރުގެ ވައްތަރެވެ. ފާނަ މިޔަރުގެ ބުރަކަށީގެ ފުރަތަމަ ކޮތަރި ގަނޑުގެ ނިމޭ ކޮޅާއި، އަދި ނިގޫފަތް ކޮތަރިގަނޑު ނިމޭކޮޅު ހުންނަނީ ހުދުކުލައަށެވެ. އިގިރޭސި ބަހުން މިހެން ކިޔަނީ މިސަބަބާ ހުރެއެވެ. ފާނަ މިޔަރުގެ ހަށިގަނޑުގެ މަތީބައި ހުންނަ އަޅި-މުށި ކުލައަކަށެވެ. === ފެހުރިހި === {{Main|ފެހުރިހި}} [[ފައިލް:Whale shark Georgia aquarium.jpg|200px|thumb|left|ފެހުރިހި]] ފެހުރިހި އަކީ މިޔަރުގެ ވައްތަރެކެވެ. އެންމެ ބޮޑެތި މަހުގެ ވައްތަރުތަކުގެ ތެރޭގައި ފެހުރިހި ގުނާލެވެއެވެ. ބެލެވޭ ގޮތުގައި މިއީ މިޔަރުގެ ބާވަތްތަކުގެ ތެރެއިން އެންމެ ބޮޑު އަދި ކަނޑުގައި އުޅޭ އެންމެ ބޮޑު މަހެވެ. ފެހުރިހި 12 މީޓަރަށް ބޮޑުވާ ކަމަށް ވެއެވެ. މިއީ އިންސާނުންނަށް ނުރައްކާތެރި މިޔަރެއް ނޫން ކަމުން ފެތުންތެރިންނާއި، ފީނުންތެރިން މިބާވަތުގެ މިޔަރާއި ވަރަށް ގައިގޯޅި ވެއެވެ. މިއީ ރާއްޖޭގެ އެތެރެވަރީގެ ކަނޑުތަކުންނާއި ބޭރު ކަނޑުތަކުން ފެންނަ މިޔަރެކެވެ. ފެހުރިހި އަކީ ރާއްޖޭގައި ހިމާޔަތް ކުރެވިފައިވާ މިޔަރުގެ ބާވަތެކެވެ. ވުމާއެކު މިބާވަތް ހިފުމާއި، މެރުމާއި، ކަނޑުން ނެގުމަކީ މަނާކަމެކެވެ. މިގޮތަށް ހަމަޖައްސާފައިވާނީ ފެހުރިއްސަކީ މަދުން އުޅޭ މިޔަރަކަށްވެފައި، އެއީ ދުނިޔެއިން ނެތިގެން ހިގައިދާނޭ ކަމުގެ ބިރު ހީވެފައިވާ މިޔަރުގެ ބާވަތަކަށް ވާތީ އެވެ. މިމަސް އާދަވެގެން ކައި އުޅެނީ އަނގަޔަށް ކާނާ ފުރާނާ އުޞޫލުންނެވެ. މިގޮތަށް ވެސް ކައި އުޅެނީ ކުދިމަހާއި، ކަކުންޏާއި، ކަނޑުގެ މަތީގައި އުޅޭ ކުދިކުދި ސޫތްޕެވެ. ފެހުރިހި ކާނާ ކާން އުޅޭއިރު ފެނުންހިކޭ ހިސާބަށް އޭގެ ބޯކޮޅު ބާއްވައިގެން އޮވެ އޮއިމައްޗަށް ދަތުރުކޮށް އުޅެއެވެ. ފެހުރިހި އަކީ ތުންގަނޑު ކުރު، ނިގޫކޮޅަށް ހިމަ، ނިގުލުކަން ކަފިކަން ބޮޑު މިޔަރެކެވެ. މިޔަރުގެ ބުރަކަށިމަތީގެ ކުލައަކީ ގަދަ އަޅި ކުލައެވެ. ބަނޑުދަށްފަރާތް ހުންނަނީ ހުދު ނުވަތަ ރީދޫ ކުލައެއްގައެވެ. މުޅި މިޔަރުގައި ހުދު ނުވަތަ ރީދޫ ކުލައިގެ ލައްތަކާއި، ގަޅިތަކެއް ހުރެއެވެ. މިޔަރުގެ ދެއަރިމަތިން މަތީބައިގައި ދިގަށް ވާގޮތަށް ތިން ކުރަގަނޑު ހުރެއެވެ. === ހޮނޑު މިޔަރު === {{Main|ހޮނޑު މިޔަރު}} [[ފައިލް:Manazo.png|250px|thumb|left|ހޮނޑު މިޔަރު]] ހޮނޑު މިޔަރު އަކީ މިޔަރުގެ ބާވަތެކެވެ. މިއީ މިޔަރުގެ ބާވަތްތަކުގެ ތެރެއިން ކުޑަ މިޔަރެކެވެ. މިމިޔަރު އެންމެ ބޮޑުވަނީ ގާތްގަނޑަކަށް 1.2 މީޓަރަށެވެ. އަދި ޖިންސީ ގޮތުން މިމިޔަރުބޮޑުވަނީ ދިގުމިން 72-62 ސެންޓިމީޓަރަށް ދިގުވީމައެވެ. މިބާވަތުގެ މިޔަރު ވިހާ ޅަމިޔަރުގެ ދިގުމިނުގައި ގާތްގަނޑަކަށް 30 ސެންޓިމީޓަރު ހުރެއެވެ. އަދި ވިހާ ކޮންމެ ފަހަރަކު 22-1 އާއި ދެމެދުގެ އަދަދަކަށް ޅަމިޔަރު ވިހައެވެ. މިއީ ކަނޑުގެ އަޑީބައިގައި އުޅޭ މިޔަރެއް ކަމުން ރާއްޖޭގެ މަސްވެރިންނަށް މިމިޔަރު ފެނިފައި ނެތުމަކީ އެކަށީގެންވާ ކަމެކެވެ. ވުމާއެކު މިމިޔަރަށް އާންމުކޮށް ދިވެހިން ނަމެއް ކިޔައެއް ނޫޅެއެވެ. ވީމާ މިޔަރުގެ އާންމު ސިފަޔަށް ބަލާ އަދި މިޔަރަށް އިގިރޭސިން ދީފައިވާ ނަމަށް ބަލާ ހޮނޑު މިޔަރު މިނަން ކިޔުނީ އެވެ. === ދަތްބުޅި މިޔަރު === {{Main|ދަތްބުޅި މިޔަރު}} [[ފައިލް:Sngsh.jpg|250px|thumb|left|ދަތްބުޅި މިޔަރު]] ދަތްބުޅި މިޔަރު އަކީ މިޔަރުގެ ބާވަތެކެވެ. މިއީ ރާއްޖޭގައި ވަރަށްމަދުން އުޅޭ މިޔަރެކެވެ. މިބާވަތުގެ މިޔަރެއް ރާއްޖެއިން ފެނުނު ކަމަށް ރިކޯޑް ކުރެވިފައިވަނީ އެންމެ މިޔަރެކެވެ. އެއީ ރ. މަޑުއްވަރީ ދޯންޏެއް ހއ. އަތޮޅުގައި މިޔަރު މަސްވެރިކަން ކުރުމުގެ ތެރޭގައި ބޭނިފައިވާ މިޔަރެކެވެ. މިމިޔަރު ބޭނިފަރާތުން އެމިޔަރުގެ އަނގަ ހިއްކައި ރައްކާކޮށްފައިވަނިކޮށް މެރިން ރިސާޗް ސެކްޝަނުން ތަހްލީލުކޮށް އެއަނގަ އައިޑެންޓިފައި ކުރީއެވެ. ދަތްބުޅި މިޔަރަކީ މެދު އިސްކޮޅެއްގެ މިޔަރެކެވެ. މިބާވަތުގެ މިޔަރު ގާތްގަނޑަކަށް 2.4 މީޓަރަށް ބޮޑުވާ ކަމަށް ވެއެވެ. މިޔަރުގެ ތުންކޮޅު ހުންނަނީ ވަށްކޮށެވެ. މިޔަރުގެ ކުލައަކީ މައިގަނޑު ގޮތެއްގައި އަޅިކުލައެވެ. މިޔަރުގެ ބަނޑުދަށްފަރާތް ހުންނަނީ ހުދު ކުލައެއްގައެވެ. މިޔަރުގެ އަނގައިގައި ހުންނަ ދަތްތައް ހުންނަނީ ބުޅިކޮށެވެ. މިބާވަތުގެ މިޔަރަށް ކިޔާ ވަކި ޚާއްޞަ ނަމެއް ރިކޯޑް ކުރެވިފައިނެތީ މިއީ ރާއްޖެއިން މާގިނައިން ފެންނަ މިޔަރަކަށް ނުވާތީ އެވެ. ވީމާ މިމިޔަރުގައި ހުރި އެންމެ ޚާއްޞަ ސިފަކަމުގައިވާ '''ދަތްބުޅި ކަން''' ފާހަގަކޮށް ދަތްބުޅި މިޔަރު ކިޔާފައި ވަނީ އެވެ. === ކައްޓަފުޅި މިޔަރު === {{Main|ކައްޓަފުޅި މިޔަރު}} [[ފައިލް:Silvertip shark.jpg|250px|thumb|left|ކައްޓަފުޅި މިޔަރު]] ކައްޓަފުޅި މިޔަރު އަކީ މިޔަރުގެ ބާވަތެކެވެ. މިމިޔަރުގެ ސިފަ ހުންނަނީ ކައްޓަފުޅިޔާ އެއްގޮތަކަށެވެ. މިއީ ރާއްޖޭގެ ފަރުފަޅުތަކުގެ މަތީގައްޔާއި، ވިލުވިލުގައި އަދި ބޭރު ކަނޑުތަކުގައި އުޅޭ ބޮޑު ހަށިގަނޑެއް ލިބިފައިވާ ބިޔަ މިޔަރެކެވެ. މިމިޔަރު ގާތްގަނޑަކަށް 3 މީޓަރަށް ބޮޑުވާކަމަށް ވެއެވެ. ޖިންސީގޮތުން މިބާވަތް ބޮޑުވާކަމަށްވަނީ އޭގެ ދިގުމިން 1.6 މީޓަރާއި 2 މީޓަރާއި ދެމެދަށެވެ. މިބާވަތުގެ މިޔަރު ވިހާ ކޮންމެ ފަހަރަކު 1އާއި 11 އާއި ދެމެދުގެ އަދަދަކަށް ޅަމިޔަރު ވިހައެވެ. މިއީ ރާއްޖެއިން ގިނައިން ރިކޯޑް ކުރެވިފައިވާ މިޔަރެއް ނޫނެވެ. === މޭދަތި މިޔަރު === {{Main|މޭދަތި މިޔަރު}} [[ފައިލް:Carcharhinus altimus.jpg|250px|thumb|left|މެންދަން މިޔަރު]] މޭދަތި މިޔަރު ނުވަތަ މެންދަން މިޔަރު އަކީ މިޔަރުގެ ބާވަތެކެވެ. މިއީ ދުނިޔޭގެ ވަރަށް ގިނަ ހިސާބުތަކުގެ ކަނޑު އަޑީގައި އުޅޭކަަަމަށް ރިކޯޑް ކުރެވިފައިވާ މިޔަރެކެވެ. މިމިޔަރު އުޅޭކަމަށް ބެލެވިފައިވަނީ 90 މީޓަރާއި 430 މީޓަރާއި ދެމެދުގެ ފުންމިނުގައެވެ. ނަމަވެސް ރާއްޖޭގައި މިބާވަތުގެ މިޔަރު ބޭނިފައި ހުންނަނީ ކަނޑުގެ މަތީބައިގައި ލޭނު އަޅައިގެންނެވެ. އެންމެ ޚާއްޞަ ގޮތެއްގައި ފާހަގަކުރެވެނީ މިބާވަތުގެ މިޔަރު ރޭގަނޑުގައި ބޭނޭ ކަމެވެ. ވުމާއެކު މިއީ ދުވާލުގެ ވަގުތު އަޑީގައި އުޅުމަށްފަހު ރޭގަނޑު ޝިކާރަކުރުމަށް ނިކުންނަ މިޔަރެއްކަމަށްވުމީ އެކަށީގެންވާ ކަމެކެވެ. === ވަށްބޯ މިޔަރު === {{Main|ވަށްބޯ މިޔަރު}} [[ފައިލް:Grasha.jpg|250px|thumb|left|ވަށްބޯ މިޔަރު]] ވަށްބޯ މިޔަރު އަކީ މިޔަރުގެ ބާވަތެކެވެ. މިއީ ރާއްޖޭގެ ފަރުފަޅުތަކުގެ ބޭރުގައި ގިނައިން އުޅޭ މިޔަރެކެވެ. މިބާވަތުގެ މިޔަރު އެކަހެރިކޮށްނާއި، ބައިބަޔަށް އުޅޭތަން ފެނެއެވެ. މިއީ މެދު އިސްކޮޅެއްގެ މިޔަރެކެވެ. މިޔަރުގެ ބޮލުގެ ކޮޅު ހުންނަނީ ވަރަށް ވަށްކޮށެވެ. މިބާވަތުގެ މިޔަރު އެންމެ ބޮޑުވާކަމަށް ވަނީ 1.9 މީޓަރަށެވެ. ވަށްބޯ މިޔަރުގެ ބުރަކަށިމަތީގެ ކުލައަކީ ގަދަ އަޅި ކުލައެވެ. ބަނޑުދަށް ފަރާތުގެ ކުލައަކީ ހުދުކުލަ އެވެ. މިޔަރުގެ ނިގޫފަތުގެ ކައިރިފަށް ހުންނަނީ ކަޅުކުލައެއްގައެވެ. ވަށްބޯ މިޔަރު ކައިއުޅެނީ ފަރުމަހުގެ ބާވަތްތަކާއި، ބޯވައެވެ. ވަށްބޯ މިޔަރު އަކީ ދިވެހިންނާއި، ބިދޭސީން ވައިފުޅި އަޅައިގެން ފަރުފަޅުތަކުގެ ބޭރަށްއެރި މިޔަރަށް ކާންދޭއިރު އެންމެ ގިނައިން އައިސްއުޅޭ މިޔަރެވެ. މިބާވަތުގެ މިޔަރަށް ކާންދޭން މާލެއަތޮޅު ދެކުނު ތިލަފަޅު، ގާތުފަޅު، ރަސްފަޅު، އަދި ފިނޮޅު ކަންދޮށަށް ވަރަށް ގިނައިން ޑައިވަރުން ގޮސްއުޅެއެވެ. ވަރަށް އޮޅުކޮށްގެން ވަށްބޯ މިޔަރަށް ކާންދީ އުޅޭކަމަށް ވެއެވެ. ނަމަވެސް މިބާވަތުގެ މިޔަރު ބައެއް ފަހަރު ޑައިވަރުންނަށް ވަރަށް ނުރައްކާތެރި ހަމަލާތައް ދީހަދާކަމަށް ވެއެވެ. އަދި ރުޅިގަދަވެގެން ހަމަލާދޭން އުޅޭއިރު ވަރަށްބާރަށް އެކިކޮޅުކޮޅަށް ދުވެހަދާކަމަށްވެއެވެ. ރާއްޖޭގައި ވެސް މިބާވަތުގެ މިޔަރު ޑައިވަރުންނަށް ކުދި ޙަމަލާތައް ދީފައި އެބަހުއްޓެވެ. === އޮއިވާލި މިޔަރު === {{Main|އޮއިވާލި މިޔަރު}} [[ފައިލް:Silky Shark 3.jpg|250px|thumb|left|އޮއިވާލި މިޔަރު]] އޮއިވާލި މިޔަރު އަކީ މިޔަރުގެ ބާވަތެކެވެ. މިއީ ހިމަތޮޅި މިޔަރެކެވެ. އޮއިވާލި މިޔަރު އަށް އައިނު މިޔަރު މިހެން ވެސް ކިޔައެވެ. މިއީ ރާއްޖޭގެ މަސްކަނޑު ތަކުން ވަަރަށް ގިނައިން ފެންނަ މިޔަރެކެވެ. މިބާވަތުގެ މިޔަރު ގިނައިން ފެނިފައި ހުރީ ކަނޑުމަހުގެ ބާވަތްތަކުގެ މަސް އައިންއާއެކުގައެވެ. އަދި ޚާއްޞަ ގޮތެއްގައި ކަނޑުގައި ހިގާ އޮއިވާލި އެތިގަނޑުގެ ދަށުގައި އަޅާފައި ހުންނަ އައިނުގެ ތެރެއިންނެވެ. މިގޮތުން އައިނުގެ ތެރޭގައި ނުވަތަ އޮއިވާލީގެ ކައިރީގައި އުޅޭއިރު މަސްއައިނުގައި އުޅޭ މަހަށް ވަރަށް ހަލުއި ހަމަލާތައް ދެއެވެ. އަދި މަސްބާނާ އައިނުގެ ތެރޭން މަސް އަތުލައިގެން ކައިއުޅޭކަން ފާހަގަ ކުރެވެއެވެ. === ތުންހިމަ މިޔަރު === {{Main|ތުންހިމަ މިޔަރު}} [[ފައިލް:Carcharhinus limbatus - Bahamas.jpg|250px|thumb|left|ތުންހިމަ މިޔަރު]] ތުންހިމަ މިޔަރު އަކީ މިޔަރުގެ ބާވަތެކެވެ. މިބާވަތުގެ މިޔަރު ރާއްޖޭގައި މިހާތަނަށް ރިކޯޑް ކުރެވިފައިވަނީ ލ. އަތޮޅުންނެވެ. މެރިން ރިސާޗް ސެކްޝަނުން ހިންގި ފަރުމަހުގެ ތަހްލީލު ޕްރޮގްރާމްގެ ދަށުން އެސަރަހައްދުގައި ކުރެވުނު ލޭނު މަސްވެރިކަމުގައި މިބާވަތުގެ 4 މިޔަރު ބޭނިފައި ވެއެވެ. މިއީ ހަރަކާތް ހަލުވި މިޔަރެކެވެ. މިބާވަތުގެ މިޔަރު ނަނުގައި ބާނާއިރު ވަރަށް ގަދަ ދައްކާކަމަށް ވެއެވެ. އަދި ބާނާފައި އޮންނައިރު ވެސް އާދަޔާ ޚިލާފަށް ތެޅިފޮޅޭކަމަށް ވެއެވެ. ތުންހިމަ މިޔަރު އަކީ ވަރަށް އާދައިގެ ހިމަތޮޅި މިޔަރެކެވެ. މިމިޔަރު 5-2 މީޓަރަށް ބޮޑުވާ ކަމަށްވެއެވެ. މިބާވަތުގެ މިޔަރު ވިހާ ކޮންމެ ފަހަރަކު 1-10 އާއި ދެމެދަށް ޅަމިޔަރު ވިހާކަމަށް ވެއެވެ. މިމިޔަރުގެ ކާނާއަކީ އައިން ހަދައިގެން އުޅޭ މަހާއި، ކަކުނި ފަދަ ސޫތްޕާއި، އަދި ބޯވަ ދިލަ މަހެވެ. މިމިޔަރުގެ ތުންކޮޅު ހުންނަނީ ހިމަކޮށް ދިގުކޮށެވެ. === ފީ މިޔަރު === {{Main|ފީ މިޔަރު}} [[ފައިލް:Oceanic Whitetip Shark.png|250px|thumb|left|ފީ މިޔަރު]] ފީ މިޔަރު ނުވަތަ ފީބޯ މިޔަރު އަކީ މިޔަރުގެ ބާވަތެކެވެ. މިއީ އަތޮޅުން ބޭރު މާކަނޑުތަކުގައި އުޅޭ މިޔަރެކެވެ. މިއީ ބޮޑު މިޔަރެކެވެ. ވަރަށް މަދުން ނޫނީ މިބާވަތުގެ މިޔަރު އަތޮޅު ތެރޭގެ ތިލަ ކަނޑުތަކުގައެއް ނޫޅެއެވެ. މިއީ ވަރަށް ބަރުހެލި މިޔަރެކެވެ. އައްޓަމަސް، ކަފިމަސް، އަދި ބައެއް ފަހަރު ފިޔަލަ ވެސް މިބާވަތުގެ މިޔަރާއި ގައިގޯޅިވެގެން އެކުގައި ދަތުރުކޮށް ހަދައެވެ. ފީ މިޔަރު ވިހާ ކޮންމެ ފަހަރަކު 1އާއި 15 އާއި ދެމެދު އަދަދަަކަށް ޅަމިޔަރު ވިހައެވެ. ފީ މިޔަރުގެ އާންމު ކާނާ އަކީ މަހެވެ. ޚާއްޞަ ގޮތެއްގައި ކަނޑުމަހުގެ ބާވަތްތަކާއި ހަނދީގެ ބާވަތްތަކެވެ. މީގެ އިތުރުން ކަކުނި ފާނޑުގެ ސޫތްޕާއި، ވެލާ ކަހަނބުވެސް ކައިއުޅެއެވެ. މިއީ ކަނޑުމަހުގެ މަސްވެރިން ބާނާ މަހަށް ހަމަލާދީ ހަދާ ނުރައްކާތެރި އެއާމެދު ސަމާލު ވާންޖެހޭ މިޔަރެކެވެ. === އުރަހަކަޅު މިޔަރު === {{Main|އުރަހަކަޅު މިޔަރު}} [[ފައިލް:Schwarzspitzen-Riffhai (Carcharhinus melanopterus).jpg|250px|thumb|left|އުރަހަކަޅު މިޔަރު]] އުރަހަކަޅު މިޔަރު އަކީ މިޔަރުގެ ބާވަތެކެވެ. މިއީ ރާއްޖޭގެ ފަރުފަޅުތަކުގެ ބޭރުމަތިންނާއި، ފަރުފަޅުތަކުގެ ތެރެއިން ގިނައިން ފެންނަ މިޔަރެކެވެ. މިބާވަތުގެ މިޔަރު އަތޮޅުން ބޭރު މާކަނޑުތަކުގައި ވެސް މަދުމަދުން އުޅޭކަމަށް ވެއެވެ. މިއީ މެދު އިސްކޮޅެއްގެ މިޔަރެކެވެ. މިމިޔަރު އެންމެ ބޮޑުވަނީ 1.8 މީޓަރަށެވެ. މިޔަރުގެ ތުން ކުރުވެފައި ބޮލު ކޮޅު ހުންނަނީ ވަރަށް ބޮޑަށް ވައްކޮށެވެ. އުރަހަކަޅު މިޔަރަކީ ގޯނާކޮށްފިނަމަ ބައެއް ފަހަރު އިންސާނުންނަށް ވެސް ނުރައްކާތެރި ހަމަލާދޭ މިޔަރެއްކަމަށްވަނީ ބެލެވިފައެވެ. ފަރުމަތީގައި ދަގަނޑު ޖަހައިގެން މަސްހިފަން އުޅޭ ފަރާތްތަކަށް މިބާވަތުގެ މިޔަރު ޙަމަލާ ދިނުމަކީ އެކަށީގެންވާ ކަމެކެވެ. މިއީ ގިނަމިޔަރާ ޚިލާފަށް ތަންކޮޅެއް މަޑުމައިތިރި އިސްކޮޅުން އެހާ ބޮޑު ނޫން މިޔަރެއްކަމުން މިއީ މާ ނުރައްކާތެރި މިޔަރެއް ކަމަށް ނުބެލެވެއެވެ. އުރަހަކަޅު މިޔަރު އަށް '''ފަޅު މިޔަރު''' އޭ ވެސް ކިޔައެވެ. === ދޮން މިޔަރު === {{Main|ދޮން މިޔަރު}} [[ފައިލް:Spottailshark.jpg|250px|thumb|left|ދޮން މިޔަރު]] ދޮން މިޔަރު އަކީ މިޔަރުގެ ބާވަތެކެވެ. މިއީ މެދު އިސްކޮޅެއްގެ މިޔަރެކެވެ. މިއީ ރާއްޖޭގެ ފަރުފަޅުތަކުގެ ބޭރުމަތީގައި އުޅޭ މިޔަރުގެ ބާވަތްތަކުގެ ތެރޭގައި ހިމެނޭ މިޔަރެކެވެ. މިމިޔަރު އަތޮޅުން ބޭރު މާކަނޑުތަކުގައި ވެސް އުޅޭކަމަށް ވެއެވެ. އަދި ބައެއް ފަހަރު ވަރަށް ތިލަ ހިސާބު ތަކުން ވެސް ފެންނަކަމަށް ވެއެވެ. މިބާވަތުގެ މިޔަރު ގާތްގަނޑަކަށް 140 މީޓަރުގެ އަޑިން ވެސް ހިފާފައިވާ ކަމަށްވެއެވެ. ދޮން މިޔަރު ވިހާ ފަހަރަކު ގާތްގަނޑަކަށް 3އާއި 6 އާއި ދެމެދުގެ އަދަދަކަށް ޅަމިޔަރު ވިހައެވެ. ވިހާ ޅަމިޔަރުގެ އިސްކޮޅަކީ ގާތްގަނޑަކަށް 45 ސެންޓި މީޓަރާއި، 60 ސެންޓި މީޓަރާއި ދެމެދު އެވެ. މިމިޔަރު އެންމެ ބޮޑުވަނީ ގާތްގަނޑަކަށް 1.6 މީޓަރަށެވެ. === ފެމުނު މިޔަރު === {{Main|ފެމުނު މިޔަރު}} [[ފައިލް:Great white aqurium.jpg|200px|thumb|left|ފެމުނު މިޔަރު]] ފެމުނު ނުވަތަ ފެމުނު މިޔަރު އަކީ މިޔަރުގެ ވައްތަރެކެވެ. މިއީ މިޔަރުގެ ބާވަތްތަކުގެ ތެރެއިން ރާއްޖޭގައި އުޅޭ އެންމެ ނުރައްކާތެރި މިޔަރެވެ. މިއީ މިޔަރު ތަކުގެ ތެރެއިން ވެސް އިސްކޮޅުން ދިގު ބޮޑު މިޔަރެކެވެ.ފެމުނުގެ ދިގުމިނުގައި އާއްމުކޮށް 20 ފޫޓް ހުރެއެވެ. އަދި ބަރުދަނުގައި ގާތްގަނޑަކަށް 2250ކިލޯ ހުންނަކަން ފާހަގަ ކުރެވެއެވެ. ފެމުނު މިޔަރު 7.4 މީޓަރަށް ބޮޑުވާކަމަށް ވެއެވެ. ފެމުނު މިޔަރަކީ އޭގެ ނުރައްކާތެރި ކަމުގެ ސަބަބުން ދިވެހި މަސްވެރިންގެ ތެރޭގައި ވަރަށް މަޝްހޫރު މިޔަރެކެވެ. === ހިކަނދިތުން މިޔަރު === {{Main|ހިކަނދިތުން މިޔަރު}} [[ފައިލް:Htmiyar.JPG|300px|thumb|left|ހިކަނދިތުން މިޔަރު]] ހިކަނދިތުން މިޔަރު އަކީ މިޔަރު ބާވަތެކެވެ. މިއީ އިސްކޮޅުން ކުޑަ ހިމަތޮޅި މިޔަރެކެވެ. މިއީ ހޫނު ކަނޑުތަކުގައި އުޅޭ މިޔަރެއް ކަމުން ރާއްޖޭގެ ކަނޑުތަކުގައި މިބާވަތުގެ މިޔަރު ގިނަ އަދަދަކަށް އުޅެއެވެ. މިއީ ތިލަފަޅު މަތީގައްޔާއި، ފުނުގައި ވެސް އުޅޭ މިޔަރެެއްކަމުން ދިވެހިންގެ މަސްވެރިކަމުގައި މިބާވަތުގެ މިޔަރު ފެންނަލެއް މަދެއް ނޫނެވެ. މިއީ އިންސާނުންނަށް ނުރައްކާތެރި މިޔަރެއް ނޫނެވެ. މިބާވަތުގެ މިޔަރު އަތޮޅުން ބޭރު މާކަނޑުތަކުގައި ގައްޔާއި، އެތެރެ ވަރީގެ ކަނޑުތަކުގައި ވެސް އުޅެއެވެ. އާންމުގޮތެއްގައި އުޅޭ ފުންމިނަކީ 80-7 މީޓަރާއި ދެމެދެވެ. ހިކަނދިތުން މިޔަރުގެ ހިމަވާނެއެވެ. މިޔަރުގެ ބުރަކަށިމަތީގެ ފުރަތަމަ އުރަހަ ކުޑަވެފައި އުރަހައިގެ ކޮޅު ވަށްވާނެއެވެ. މިޔަރުގެ ނިސްބަތުން ކަންފަތް ކުޑަވާނެއެވެ. މިޔަރުގެ ބުރަކަށިމަތީގެ ކުލައަކީ ކަޅުއަޅި ކުލައެވެ. ބަނޑުދަށްފަރާތް ހުންނަނީ ފަނޑު ހުދުކުލައަށެވެ. އުރަހަތަކުގެ ކައިރިފަށް ހުންނަނީ ފަނޑު ހުދުކުލައަށެވެ. ހިކަނދިތުން މިޔަރުގެ ކާނާއަކީ ކުދިމަހާއި، ކަކުނިފާޑުގެ ސޫތްޕެވެ. މިއީ ގާތްގަނޑަކަށް 95 ސެންޓި މީޓަރަށް ބޮޑުވާ މިޔަރެކެވެ. މިބާވަތުގެ މިޔަރު ޖިންސީ ގޮތުން ބޮޑުވާ ކަމަށްވަނީ 91-62 ސެންޓި މީޓަރާއި ދެމެދަށެވެ. މިބާވަތުގެ މިޔަރު ވިހާ ކޮންމެ ފަހަރަކު 4-2 އާއި ދެމެދުގެ އަދަދަކަށް ޅަމިޔަރު ވިހައެވެ. === ފަޅު ފެމުނު މިޔަރު === {{Main|ފަޅު ފެމުނު މިޔަރު}} [[ފައިލް:Sicklefin lemon shark.jpg|200px|thumb|left|ފަޅު ފެމުނު މިޔަރު]] ފަޅު ފެމުނު ނުވަތަ ފަޅު ފެމުނު މިޔަރު އަކީ މިޔަރުގެ ބާވަތެކެވެ. މިއީ ބަރު ބުރަހެލި މިޔަރެކެވެ. އަދި މިއީ ރާއްޖޭގައި މާގިނައިން އުޅޭ މިޔަރެއް ނޫނެވެ. މިއީ އޭގެ މަހާއި، އަނގަޔާއި، ބޮޑެތި އުރަހަ ތަކުގެ ބޭނުން ހިފޭ މިޔަރެކެވެ. މިބާވަތުގެ މިޔަރު އާންމު ގޮތެއްގައި އުޅެން ބޭނުންވަނީ ފުންވިލު ގައެވެ. އާންމު ގޮތެއްގައި އުޅެނީ 30 މީޓަރަށްވުރެ ތިލަ ހިސާބު ތަކުގައެވެ. މިއީ އަޑީގައި އުޅޭއިރު ބިރުގަންނަ ފާނޑަކަށް ފެންނަ މިޔަރެއް ކަމުން މަސްވެރިން މިބާވަތުގެ މިޔަރަށް ފަޅު ފެމުނު އޭ ކިޔައި އުޅެނީ ކަމަށް ގަބޫލު ކުރެވެއެވެ. މިއީ އަޑީގައި އުޅެނިކޮށް ގޯނާކޮށްފިނަމަ ޙަމަލާދީފާނެ މިޔަރެކެވެ. ފަޅު ފެމުނުގެ އުރަހަ އަކީ ރަަގަޅު އަގު ލިބޭ އުރަހަ އެކެވެ. === އަނދުން މިޔަރު === {{Main|އަނދުން މިޔަރު}} [[ފައިލް:Blue shark.jpg|200px|thumb|left|އަނދުން މިޔަރު]] އަނދުން މިޔަރު އަކީ މިޔަރުގެ ބާވަތެކެވެ. މިއީ ގިނައިން އަތޮޅުން ބޭރު މާކަނޑުތަކުގައި އުޅޭ މިޔަރެކެވެ. ނަމަވެސް މަދުމަދުން އެތެރެވަރީގެ ކަނޑުތަކަށް މިމިޔަރު އައިސްއުޅޭކަމަށް ވެއެވެ. މިއީ ހިމަތޮޅި ތުންދިގުކޮށް ހުންނަ މިޔަރެކެވެ. އަނދުން މިޔަރަކީ އާއްމު ގޮތެއްގައި މަޑުން ދަތުރުކޮށް އުޅޭ މިޔަރެއް ކަމަށްވިޔަސް ސިހޭފަދަ ކަމެއް ދިމާވުމުން އާދަޔާ ޚިލާފަށް ބާރަށް ދުވާކަމަށް ވެއެވެ. މިއީ އިންޑިޔާ ކަނޑުގެ ހޫނު ހިސާބުތަކާއި، ފިނި ކަނޑުތަކުގައި ގިނައިން އުޅޭ މިޔަރެކެވެ. މިސަރަހައްދުގައި މިބާވަތުގެ މިޔަރު އެންމެ ގިނައިން އުޅެނީ 220-80 މީޓަރާއި ދެމެދުގެ ފުންމިނުގައެވެ. ސަބަބަކީ އަނދުން މިޔަރު އުޅެން ބޭނުންވާ ފިނިހޫނު މިނަކީ 16-7 ސެންޓިގްރޭޑްއާއި ދެމެދުކަމަށްވާތީ އެވެ. އަނދުން މިޔަރު ވިހާ ކޮންމެ ފަހަރަކު 135-4 އާއި ދެމެދުގެ އަދަދަކަށް ޅަމިޔަރު ވިހާކަމަށް ވެއެވެ. މިބާވަތުގެ މިޔަރުގެ ކާނާއަކީ މަހާއި، ކުދި މިޔަރާއި، ބޯވަ ދިލަ މަހާއި، ކަނޑުގެ މަތީބައިގައި އުޅޭ ކަކުނި ފާނޑުގެ ސޫތްޕެވެ. މިބާވަތުގެ މިޔަރު ބައެއް ފަހަރު ކަނޑުމަތީގައި ޖައްސައިގެން ތިބޭ ދޫނިވެސް ކައިހަދާ ކަމަށްވެއެވެ. މިއީ ބައެއް ފަހަރު ކަނޑުފަޅު ފީނާ ހަދާމީހުންނަށް ހަމަލާދޭ މިޔަރެކެވެ. === ކާލިގަނޑު މިޔަރު === {{Main|ކާލިގަނޑު މިޔަރު}} [[ފައިލް:School of Hammerhead sharks.jpg|300px|thumb|left|ކާލިގަނޑު މިޔަރު]] ކާލިގަނޑު މިޔަރު އަކީ މިޔަރުގެ ބާވަތެކެވެ. މިއީ ރާއްޖޭގެ މަސްވެރިން ދަންނަ މިޔަރުގެ ބާވަތްތަކުގެ ތެރޭގައި މަޝްހޫރު މިޔަރެކެވެ. މިމިޔަރުގެ ބޯ ހުންނަނީ ކާލިގަނޑެއް ހެން ދެފަރާތަށް ނިކުމެފައެވެ. މިޔަރުގެ ދަތްތައް ހުންނަނީ ތިންކަނަށް ވާގޮތަށް ކައިރިފަށް ރާޅުކޮށެވެ. ބުރަކަށިމަތީގެ ފުރަތަމަ ކޮތަރި ބޮޑުވާނެއެވެ. މިއީ އެތެރެވަރީގެ ކަނޑުތަކު ގައްޔާއި، މާކަނޑުތަކުގައި އުޅޭ މިޔަރެކެވެ. މިމިޔަރުގެ ޅަ އެއްޗެހި ގިނައިން އުޅެނީ އެތެރެވަރީގެ ކަނޑުތަކުގައެވެ. މީގެ ބޮޑެތި މިޔަރު ދަތުރުކޮށް އުޅެނީ އެކަހެރިކޮށް ނުވަތަ ޖޯޑްޖޯޑަށެވެ. ނަމަވެސް ޅަމިޔަރު ބޮޑެތި އައިން ހަދައިގެން ކަނޑުގެ އެކިހިސާބުތަކުގައި އުޅޭކަމަށް ވެއެވެ. މިމިޔަރު ވިހާ ކޮންމެ ފަހަރަކު 31-15 އާއި ދެމެދުގެ އަދަދަކަށް ޅަމިޔަރު ވިހައެވެ. އަދި ވިހާ ޅަމިޔަރު ތަކުގެ ދިގުމިނުގައި ގާތްގަނޑަކަށް 50 ސެންޓިމީޓަރު ހުންނަކަމަށް ވެއެވެ. === އޮޅުފަތި މިޔަރު === {{Main|އޮޅުފަތި މިޔަރު}} [[ފައިލް:Whitetip-reef-shark.jpg|200px|thumb|left|އޮޅުފަތި މިޔަރު]] އޮޅުފަތި މިޔަރު އަކީ މިޔަރުގެ ބާވަތެެކެވެ. މިއީ ރާއްޖޭގެ ފަރުފަޅުތަކާއި، ކަނޑުތަކުގައި އެންމެ ގިނައިން އުޅޭ އެއްބާވަތުގެ މިޔަރެވެ. މިއީ ފަރުފަޅުތަކަށް މޫދަށް އެރި އުޅޭމީހުންނަށް ގިނައިން ފެންނަ މެދު އިސްކޮޅެއްގެ މިޔަރެކެވެ. މިޔަރުގެ ތުންކުރުވެފައި ކޮޅު ހުންނާނީ ވަރަށް ވަށްކޮށެވެ. މިމިޔަރުގެ ދަތްތައް ހުންނާނީ ކޮޅަށް އޫކޮށް ކައިރިފަށް އޮމާން ކޮށެވެ. 2.1މީޓަރަށް މިމިޔަރު ބޮޑުވާކަމަށް ވެއެވެ. ނަމަވެސް ގިނައިން ފެނިފައި ހުންނަނީ 1.6 މީޓަރަށްވުރެ ކުދި މިޔަރެވެ. މިއީ ވަރަށް ތިލަ ހިސާބުތަކުގައި އުޅޭ މިޔަރެއް ކަމަށް ވިޔަސް ގާތްގަނޑަކަށް 330 މީޓަރުގެ ފުންމިނުގައި ވެސް މިމިޔަރު އުޅޭކަމަށް ވެއެވެ. މިމިޔަރު ވިހާ ކޮންމެ ފަހަރަކު 5-1އާއި ދެމެދުގެ ޢަދަދަކަށް ޅަމިޔަރު ވިހައެވެ. ވިހާ ޅަމިޔަރުގެ ދިގުމިނުގައި 62-50 ސެންޓިމީޓަރާއި ދެމެދުގެ ދިގުމިން ހުރެއެވެ. === މީދާ މިޔަރު === {{Main|މީދާ މިޔަރު}} [[ފައިލް:Sttsh.JPG|150px|thumb|left|މީދާ މިޔަރު]] މީދާ މިޔަރު އަކީ މިޔަރުގެ ވައްތަރެކެވެ. މިއީ އަތޮޅުން ބޭރުގައި މޫދުގެ އަޑީގައި 500-10 މީޓަރާއި ދެމެދުގެ ފުންމިނުގައެވެ. ބައެއް ލިޔުންތަކުގައި 13 މީޓަރާއި 420 މީޓަރާއި ދެމެދުގެ ފުންމިނުގައި ކަމަށް ވެސް ލިޔެފައި ހުރެއެވެ. މިބާވަތުގެ މިޔަރު އަތޮޅުގެ ބޭރު ފަރާތުން ފަރުތަކުގެ އަޑިއަށް ކެނޑިފައި ހުންނަ ހިސާބުގެ އަޑީގައި ދާއަޅައިގެން ކުރާ މަސްވެރި ކަމުގައި ހިފިފައި ހުރެއެވެ. މިބާވަތުގެ މިޔަރަށް މީދާ މިޔަރު އޭ ކިޔަނީ މިޔަރުގެ ސިފަ މީދަލާއި ވައްތަރު ކަމުންނެވެ. މިއީ ބިޔަ އަދި ބުރަހެލި ހަށިގަނޑެއް ލިބިފައިވާ މިޔަރެކެވެ. ތުންކޮޅު ހުންނަނީ އާދައިގެ ވަރަށް ދިގުވެފައި ކޮޅަށް އޫކޮށެވެ. ލޯވެސް އާދައިގެ ވަރަކަށް ބޮޑެވެ. އަނގައިގައި ހުންނަނީ ތޫނު ދިގު ދަތްތަކެކެވެ. މީދާ މިޔަރު އަކީ ދުނިޔޭގެ ހޫނު ކަނޑުތަކުގައި އުޅޭ މިޔަރެކެވެ. މީދާ މިޔަރު އަށް '''ތެޔޮ މިޔަރު''' އޭ ވެސް ކިޔައެވެ. މިހެން ކިޔަނީ މިޔަރުގެ މޭގަނޑު ބޮޑުވެފައި އެއިން ގިނަ އަދަދަކަށް ތެޔޮ ނެގޭތީ އެވެ. ދިވެހި މަސްވެރިން މިބާވަތުގެ މިޔަރުގެ މޭގަނޑުން ތެޔޮހާނައިގެން އޮޑި ދޯނި ފަހަރަށް އަޅާ ކަމަށް ވެއެވެ. ތެޔޮ މިޔަރު އެންމެ ބޮޑުވާނީ 3.6 މީޓަރަށެވެ. ތެޔޮ މިޔަރުގެ ކުލައަކީ އަޅި ކުލައެވެ. ބަނޑު ދަށްފަރާތުގައި ހުންނާނީ ފަނޑު ކުލައެކެވެ. ބައެއް ފަހަރު ތެޔޮ މިޔަރުގެ ހަށިގަނޑުގައި ލައްތަކެއް ހުރުމަކީ އެކަށީގެންވާ ކަމެކެވެ. މިއީ އާންމުކޮށް ދިވެހިން ކެއުމަށް ބޭނުންކުރާ މިޔަރެއް ނޫނެވެ. މިމިޔަރުގެ އާންމު ކާނާ އަކީ ކުދި މަހާއި، ބޯވަ ދިލަ މަހާއި، ޑިނގާ އެވެ. މީދާ މިޔަރުގެ އަނގައިގައި 4 ބަރިއަށް އެތުރި ފައި ހުންނަ ކުދި ދަތްތަކެއް ހުރެއެވެ. މިމިޔަރު އާއްމު ކޮށް ހުންނަނީ މަޑު އަޅި ކުލައަކަށެވެ. މީދާ މިޔަރު ކައި އުޅެނީ ކަށި ހުންނަ އެކި ފާނޑުގެ މަސްތަކެވެ. ދިވެހި ރާއްޖޭގެ ކަނޑުތަކުގައި ވެސް މިވައްތަރުގެ މިޔަރު އުޅޭކަން ފާހަގަ ކުރެވިފައި ވެއެވެ. === ކަނޑި މިޔަރު === {{Main|ކަނޑި މިޔަރު}} [[ފައިލް:Thresher shark.jpg|200px|thumb|left|ކަނޑި މިޔަރު]] ކަނޑި މިޔަރު އަކީ މިޔަރުގެ ވައްތަރެކެވެ. މިއީ އަތޮޅުން ބޭރު މާކަނޑުގައި އުޅޭ ބިޔަ މިޔަރެކެވެ. މިބާވަތުގެ މިޔަރު ދިވެހިން މަދުމަދުން ބާނާއުޅެއެވެ. ރާއްޖޭގައި ކުރާ ލޭނު މަސްވެރިކަމުގައި އަތޮޅުން ބޭރު ސަރަހައްދު ތަކުން ކަނޑި މިޔަރު ބޭނިފައި ހުރެއެވެ. ކަނޑި މިޔަރު ފާހަގަ ކުރެވިފައިވަނީ ކަނޑުގައި ވަރަށް ބާރަށް ދަތުރުކުރާ ވަރުގަދަ މިޔަރެއްގެ ގޮތުގައެވެ. މިބާވަތުގެ މިޔަރު އޭގެ ދިގު ނިގުލުގެ އެހީގައި އައިން ހަދައިގެން އުޅޭ ކުދިމަސް ލެވުމަށްފަހު ޖަހާބަލިކޮށްލައިގެން ކައިއުޅޭ ކަމަށްވެއެވެ. ލޭނު މަސްވެރިކަމުގައި މިބާތުގެ މިޔަރުގެ ނިގޫ ބުޅީގައި އެޅިގެން ބައެއް ފަހަރު ބޭނިފައި ހުރުމުން މިކަން އިތުރަށް ޔަގީން ކޮށްދެއެވެ. މިމިޔަރު އުޅޭކަމަށްވަނީ 336 މީޓަރަށްވުރެ ތިލައިގައެވެ. މިވައްތަރުގެ މިޔަރުގެ ނިގޫފަތުގެ މަތީބައި ހުންނަނީ ކަނޑިއެއްގެ ސިފަޔަށް ކަމަށްވާތީ މިވައްތަރުގެ މިޔަރަށް ކަނޑި މިޔަރު ކިޔަނީ އެވެ. ކަނޑި މިޔަރުގެ ނިގޫފަތުގެ މިބުނި ބައިގެ ދިގުމިން މުޅި މިޔަރުގެ ހަށިގަނޑުގެ ދިގުމިން ވަރު ވެއެވެ. ކަނޑި މިޔަރުގެ ލޯ އާދައިގެ ވަރަކަށް ބޮޑުވާނެއެވެ. މިޔަރުގެ ބުރަކަށި މަތީގައިވާ ފުރަތަމަ އުރަހަ ދެވަނަ އުރަހަ އަށްވުރެ މާބޮޑުތަން ބޮޑުވާނެއެވެ. ކަނޑި މިޔަރު ގާތްގަނޑަކަށް 5.5 މީޓަރަށް ބޮޑުވާކަމަށް ވެއެވެ. މިބާވަތުގެ މިޔަރު ވިހާ ކޮންމެ ފަހަރަކު 4-2 އާއި ދެމެދުގެ އަދަދަކަށް ޅަމިޔަރު ވިހައެވެ. ޅަ ކަނޑި މިޔަރު އަތޮޅުތަކާއި ކައިރީގައި އުޅޭކަން ފާހަގަ ކުރެވެއެވެ. === ލޯބޮޑު ކަނޑި މިޔަރު === {{Main|ލޯބޮޑު ކަނޑި މިޔަރު}} ލޯބޮޑު ކަނޑި މިޔަރު އަކީ ކަނޑި މިޔަރުގެ ބާވަތެކެވެ. މިބާވަތުގެ މިޔަރުގެ ބޮލުގެ ސިފައިން އެހެން ކަނޑި މިޔަރުގެ ބާވަތްތަކާއި ހުންނަ ތަފާތު ދެނެގަންނަން ފަސޭހަވާނެއެވެ. ލޯބޮޑު ކަނޑި މިޔަރު ރާއްޖޭގެ ކަނޑުތަކުގައި އުޅޭކަމަށް ރިކޯޑް ކުރެވިފައިވަނީ 1978 ވަނަ އަހަރު ރަޝިޔާގެ ތަހްލީލުކުރާ ބޯޓްފަހަރުން ދީފައިވާ މައުލޫމާތު ތަކުގެ މައްޗަށް ބިނާކޮށެވެ. މިއީ އަތޮޅުން ބޭރު މާކަނޑުގައި އުޅޭ ހަލުވި މިޔަރެކެވެ. މިކަނޑި މިޔަރަށް މަސްވެރިން ލޯބޮޑު ކަނޑިމިޔަރު ކިޔައި އުޅެނީ މިމިޔަރުގެ ލޯ އާދަޔާ ޚިލާފަށް ބޮޑުކަމުންނެވެ. އަދި މިލޯ ހުންނަނީ ވެސް އަބަދުވެސް މައްޗަށް ބަލާގޮތަށެވެ. މިއިން ދޭހަކޮށްދެނީ މިބާވަތުގެ މިޔަރު އޭގެ ކާނާ ޝިކާރަ ކުރުމުގައި އަބަދުވެސް ދަށުން ހަމަލާދޭ ކަމެވެ. މިމިޔަރުގެ މައިގަނޑު ކާނާ އަކީ މަހެވެ. މިއީ ގާތްގަނޑަކަށް 4.6 މީޓަރަށް ބޮޑުވާ ބިޔަ މިޔަރެކެވެ.މިވައްތަރުގެ މިޔަރުގެ ނިގޫފަތުގެ މަތީބައި ހުންނަނީ ކަނޑިއެއް ހެންނެވެ. ނިގޫފަތުގެ މިބުނި ބައިގެ ދިގުމިން މުޅި މިޔަރުގެ ހަށިގަނޑުގެ ދިގުމިން ވަރު ވެއެވެ. ލޯބޮޑު ކަނޑި މިޔަރުގެ ބުރަކަށި މަތީގައިވާ ފުރަތަމަ އުރަހަ ދެވަނަ އުރަހަ އަށްވުރެ މާބޮޑުތަން ބޮޑުވާނެއެވެ. މިބާވަތުގެ މިޔަރުގެ މަތީބައިގެ ކުލައަކީ އަޅި ނުވަތަ ދަނބު އަޅި ކުލައެވެ. ބަނޑު ދަށްފަރާތުގެ ކުލަ ހުންނަނީ ފަނޑުކޮށެވެ. މިއީ ހޫނު ކަނޑު ތަކުގައި އުޅޭ ވަރުގަދަ މިޔަރެކެވެ. === ވޮށިމަސް މިޔަރު === {{Main|ވޮށިމަސް މިޔަރު}} [[ފައިލް:Voshim.jpg|150px|thumb|left|ވޮށިމަސް މިޔަރު]] ވޮށިމަސް މިޔަރު އަކީ ވޮށިމަހާއި ގާތްކުރާ ސިފަޔަކަށް ހުންނަ ނުލަފާ މިޔަރެކެވެ. މިމިޔަރުގެ އަނގައިގެ ދަތްތައް ހުންނާނީ ދެބަރިއަކަށް އެތުރިފައެވެ. ވޮށިމަސް މިޔަރަކީ އާދަޔާ ޚިލާފަށް ބާރުމިނެއްގައި ދަތުރުކުރާ ކޮޅަށް އޫކޮށް ހުންނަ ތުންގަނޑެއް ލިބިފައިވާ މިޔަރެކެވެ.މިމިޔަރުގެ ބޮޑު މިނުގައި އާއްމުކޮށް ހުންނަނީ 2 މީޓަރެވެ. އެންމެ ބޮޑުވާނީ 4 މީޓަރަށެވެ. މިމިޔަރު ވިހާ ކޮންމެ ފަހަރަކު 16-2 އާއި ދެމެދުގެ މިންވަރަކަށް ޅަމިޔަރު ވިހައެވެ. ކާން ބޭނުންކުރާ މިޔަރު މަހުގެ ތެރެއިން އެންމެ މީރު މަހެއް ކަމުގައި ފާހަގަ ކުރެވިފައިވަނީ ވޮށިމަސް މިޔަރުގެ މަހެވެ. ވޮށިމަސް މިޔަރު ގިނައިން ހިފިފައި ހުންނަނީ ދަލުގައި ޖެހިގެންނާއި ލޭނު އަޅައިގެންނެވެ. ވޮށިމަސް މިޔަރުގެ ކާނާ އަކީ އައިން ހަދައިގެން އުޅޭ ލައްޓި ރާގޮނޑި ފަދަ މަސްމަހެވެ. އަދި ބައެއް ފަަހަރު ކަނޑު މަހުގެ ބާވަތްތަކާއި، ހިބަރުގެ ބާވަތްތަކަށް ހަމަލާދޭ ކަމަށް ވެއެވެ. ވޮށިމަސް މިޔަރުގެ ބުރަކަށިމަތީގެ ކުލައަކީ ނޫއަޅި ކުލައެވެ. ބަނޑުދަށް ފަރާތުގެ ކުލައަކީ ހުދުކުލައެވެ. ވޮށިމަސް މިޔަރުގެ އަނގަ ބޮޑުވެފައި ވަރަށް ވަރުގަދަ ދަތްތަކެއް އެގޮތް މިގޮތަށް ނުވަތަ ދެބަރިއަށް އެތުރިފައި ހުރެއެވެ. މިޔަރުގެ ބުރަކަށި މަތީގައިވާ ދެވަނަ އުރަހަ ފުރަތަމަ އުރަހައަށްވުރެ ވަރަށް ބޮޑު ތަން ކުޑައެވެ. މިމިޔަރުގެ ނިގޫފަތް ހުންނަނީ ހަނދުފަޅި ބުރަށް ކަފިކޮށެވެ. ކަންފަތުގެ އުރަހައިގެ ދިގުމިން ބޮލުގެ ދިގުމިނަށްވުރެ ކުރެވެ. === މަޑު މިޔަރު === {{Main|މަޑު މިޔަރު}} [[ފައިލް:Hexanchus griseus (Bluntnose sixgill shark).gif|250px|thumb|left|މަޑު މިޔަރު]] މަޑު މިޔަރު އަކީ ރާއްޖޭގެ މަސްވެރިން ދަންނަ މަޝްހޫރު މިޔަރެކެވެ. މިއީ އަތޮޅުން ބޭރުން އަޑިން ބާނާ މިޔަރެކެވެ. އާއްމުކޮށް އުޅެނީ 91 މީޓަރަށްވުރެ ފުނުގައެވެ. ނަމަވެސް 1875 މީޓަރު ފުނުގައި މަޑު މިޔަރު އުޅެދާނެއެވެ. މިބާވަތުގެ ޅަމިޔަރު އަތޮޅާއި ގާތުގައި އުޅެއެވެ. މިބާވަތުގެ މިޔަރުގެ މޭގަނޑުގެ ތެލަކީ ދިވެހިން އޮޑި ދޯނި ފަހަރަށް އެޅުމަށް ބޭނުންކުރާ އެއްޗެކެވެ. ވުމާއެކު މިއީ ދިވެހިން އޭގެ މައްޗަށް ޚާއްޞަ މަސްވެރިކަމެއް ކޮށްގެން އާދެ! މަޑު މިޔަރު ކެޔޮޅުކަން ކޮށްގެން ބާނާ ބާވަތެކެވެ. މަޑު މިޔަރަކީ ބިޔަ ބަރުހެލި ހަށިގަނޑެއް ލިބިފައިވާ މިޔަރެކެވެ. މިޔަރުގެ ލޯ ކުޑައެވެ. ބޯ ފަތިވެފައި އަނގަމަތި ވަށްވާނެއެވެ. މިމިޔަރުގެ ބުރަކަށި މަތީގައި ހުންނާނީ އެންމެ އުރަހަ އެކެވެ. މިޔަރުގެ ތިރީ ހިރުގަނޑުގައި 6 ބަރިއަށް އެތުރިފައިވާ ދަތްތަކެއް ހުރެއެވެ. މިބުނި ދަތްތަކުގެ އެތެރެ ކައިރިފަށް ހުންނާނީ ރާޅުކޮށެވެ. މަޑު މިޔަރުގެ ކުލައަކީ ގަދަ އަޅި ކުލައެވެ. މިބާވަތުގެ މިޔަރު ގާތްގަނޑަކަށް 4.8 މީޓަރަށް ބޮޑުވާކަމަށް ވެއެވެ. މަޑު މިޔަރު ވިހާ ކޮންމެ ފަހަރަކު ގާތްގަނޑަކަށް 22 އާއި 108 އާއި ދެމެދުގެ އަދަދަކަށް ޅަމިޔަރު ވިހައެވެ. މަޑު މިޔަރުގެ ކާނާ އަކީ އެހެނިހެން މަސްމަހާ މެއްސާއި، މަޑިޔާއި މިޔަރެވެ. === ތުންދިގު މަޑު މިޔަރު === {{Main|ތުންދިގު މަޑު މިޔަރު}} [[ފައިލް:Heptranchias perlo (Sharpnose sevengill shark).gif|250px|thumb|left|ތުންދިގު މަޑު މިޔަރު]] ތުންދިގު މަޑު މިޔަރު އަކީ މިޔަރުގެ ވައްތަރެކެވެ.މިއީ މަޑު މިޔަރުގެ ބާވަތެކެވެ. މިބާވަތުގެ މިޔަރެއް ރާއްޖެއިން ހަމައެކަނި ރިކޯޑް ކުރެވިފައިވަނީ 1983 ވަނަ އަހަރު ނޯވޭގެ ރިސާޗް ވެސެލް ޑރ ފްރީޖޮފް ނެންސަންގައި ރާއްޖޭގައި ކުރި ސާވޭއެއްގައި 22 އޮގަސްޓް 1983 ދުވަހު އ.އ ތޮއްޑޫ ކައިރިން 240 މީޓަރު އަޑިން ދަމާދާ އަޅައިގެން ކުރި މަސްވެރި ކަމުގައެވެ. މިޔަރު އާއްމުކޮށް އުޅެނީ 27 މީޓަރާއި 720 މީޓަރާއި ދެމެދުގެ ފުންމިނުގައެވެ. ނަމަވެސް ބައެއް ފަހަރު 1000 މީޓަރުގެ އަޑީގައި ވެސް އުޅޭކަމަށްވެއެވެ. މިއީ އަތޮޅުން ބޭރު މާކަނޑުގެ އަޑީގެ ވަރަށް ފުނުގައި އުޅޭ މިޔަރެއް ކަމުން މިބާވަތުގެ މިޔަރު ދިވެހިން ކޮށްއުޅޭ މަޑު މިޔަރުގެ ކެޔޮޅު ކަމުގައްޔާއި، ކަށި މިޔަރުގެ ކެޔޮޅު ކަމުގައި ބޭނިފައި ހުރުމަކީ އެކަށީގެންވާ ކަމެކެވެ. ތުންދިގު މަޑު މިޔަރުގެ ބޮލުގެ ދެއަރިމަތީގައި ކަރުގެ 7 ކެނޑުން ހުރެއެވެ. ބޮލާއި ތުންކޮޅު ހިމައެވެ. ތުންދިގު މަޑު މިޔަރު އަކީ ވަރަށް ބޮޑު ލޮލެއް އިންނަ މިޔަރެކެވެ. ބުރަކަށި މަތީގައި ހުންނާނީ އެންމެ އުރަހަ އެކެވެ. އަނގައިގައި ބޮޑެތި ފުނާ ދަތްތައް ކަހަލަ ދަތްތަކެއް ހުރެއެވެ. މިވައްތަރު މިޔަރުގެ އުރަހައިގެ ކޮޅާއި، ނިގޫފަތުގެ ކޮޅު ހުންނާނީ ކަޅު ކުލައިގައެވެ. ތުންދިގު މަޑު މިޔަރު 1.4 މީޓަރަށް ބޮޑުވާކަމަށް ވެއެވެ. މިބާވަތުގެ މިޔަރަކީ ރާއްޖެއިން ވަރަށް ނުފެންނަ މިޔަރެއް ކަމުން މިމިޔަރަށް ކިޔާ ވަކި ޚާއްޞަ ނަމެއް ރިކޯޑް ކުރެވިފައި ނެތުމާއެކު، މިއީ މަޑު މިޔަރުގެ ބާވަތަކަށް ވުމާއެކު މަހަށް ކިޔާ އިގިރޭސި ނަމާއި ގުޅުވައިގެން '''ތުންދިގު މަޑު މިޔަރު''' ކިޔާފައި ވަނީ އެވެ. ތުންދިގު މަޑު މިޔަރުގެ ނިގޫފަތްގަނޑު އޭގެ ހަށިގަނޑުގެ ތިންބައިކުޅަ އެއްބަޔާއި އެއްވަރެވެ. ތުންދިގު މަޑު މިޔަރު އެންމެ ދިގުވެގެން ވެސް ހުންނާނީ 137 ސެންޓިމީޓަރު އެވެ. އަންހެން މިޔަރުގެ ދިގު މިނުގައި 90 ސެންޓި މީޓަރު ހުންނަ އިރު ފިރިހެން މިޔަރުގެ ދިގުމިނުގައި 85 ސެންޓިމީޓަރު ހުރެއެވެ === ކަށިނެތް މިޔަރު === {{Main|ކަށިނެތް މިޔަރު}} [[ފައިލް:Dalatias licha.jpg|250px|thumb|left|ކަށިނެތް މިޔަރު]] ކަށިނެތް މިޔަރު އަކީ މިޔަރުގެ ވައްތަރެކެވެ. މިއީ ރާއްޖޭގައި ވަރަށް މަދުން އުޅޭ މިޔަރެކެވެ. މިބާވަތުގެ މިޔަރު އުޅެނީ އަތޮޅުން ބޭރު މާކަނޑުގެ ވަރަށް ފުނުގައެވެ. މިއީ އާންމުކޮށް މޫދުގެ އަޑިން 1800-50 މީޓަރާއި ދެމެދުގެ ފުންމިނުގައެވެ. ބައެއް ލިޔުން ތަކުގައި 37 މީޓަރުގެ އަޑިން 1800 މީޓަރާއި ދެމެދުގެ ފުންމިނުގައި ކަމަށް ލިޔެފައި ހުރެއެވެ. ނަމަވެސް އާޢްމުގޮތެއްގައި އުޅެނީ 200 މީޓަރަށްވުރެ ފުނުގައެވެ. މިބާވަތުގެ މިޔަރު އެންމެ ބޮޑުވަނީ 1.6 މީޓަރަށެވެ. މިމިޔަރުގެ ރިކޯޑެއް ރާއްޖޭގައި ގާއިމް ކުރެވިފައި ވަނީ ހަމައެކަނި ލ.އަތޮޅު އިސްދޫ މަސްވެރިޔަކު ބާނަފައިވާ މިޔަރެއްގެ އަނގަ ތަހްގީގުކޮށް އޭގެ މައްޗަށް ބަލައިގެންނެވެ. އެމިޔަރު ބޭނި މީހާވެސް މީގެ ކުރިން ނުދެކޭ މިޔަރެއް ކަމުން މަހުގެ އަނގަ ރައްކާކޮށްފައި ވަނިކޮށް މެރިން ރިސާޗް ސެކްޝަނުން ހޯދައި މިއީ ކޮންކަހަލަ މިޔަރެއްކަން ދެނެގަތީއެވެ. މިއީ [[ކަށި މިޔަރު]] އުޅޭ ސަރަހައްދު ތަކުގައި އުޅޭ ކަށި މިޔަރާއި ވަރަށް އެއްގޮތް މިޔަރެވެ. ނަމަވެސް އުރަހަ ކައިރީގައި އެއްވެސް ކައްޓެއް ނުހުރެއެވެ. މިޔަރުގެ ބުރަކަށި މަތީގައި ދެވަނަ އަށް ހުންނަ އުރަހަ ފުރަތަމަ އުރަހައަށްވުރެ ތަންކޮޅެއް ބޮޑުވާނެއެވެ. މިޔަރުގެ ތުން ބޮލެވެ. މަތީ ތަލީގައި ހުންނަނީ ކުދި ހިމަ ތިނޯސް ޒާތުގެ ދަތްތަކެކެވެ. ދަށު ތަލީގައި ހުންނަނީ ފުޅާ ދަތްތަކެކެވެ. މިމިޔަރު ބޭނި މީހުން މިމިޔަރަށް ކިޔާފައިވަނީ ކަށިނެތް މިޔަރު އެވެ. މިމިޔަރުގެ ޢާއްމު ކާނާއަކީ ކަނޑު އަޑީގައި އުޅޭ މަސްމަހާ މެއްސާއި، ކަކުނި ފާނޑުގެ ސޫތްޕާއި، ބޯވަ ދިލަ މަހެވެ. މިމިޔަރު އާއްމުކޮށް އުޅެނީ އެޓްލާންޓިކް ކަނޑާއި، މެދުތެރޭ ކަނޑުގެ ހުޅަގާއި، އިންޑިޔާ ކަނޑުގެ ހުޅަގު ސަރަހައްދު އަދި ޕެސިފިކް ކަނޑުގެ ހުޅަގު ސަރަހައްދުގައެވެ. ކަށިނެތް މިޔަރު ވިހާ ކޮންމެ ފަހަރަކު 20-10 މިޔަރު ވިހައެވެ. == އިތުރު ފާލަންތައް == <!-- Please ensure that links posted here conform to [[WP:LINKS]], [[WP:COI]], [[WP:SPAM]] and [[WP:NOT]]. Non-conforming links will be deleted --> {{Sisterlinks|މިޔަރު}} {{Wikispecies|Selachimorpha}} {{Wikibookspar|Dichotomous Key|Selachimorpha}} * [http://wiki.answers.com/Q/FAQ/2999 ވިކިޖަވާބު: މިޔަރާއި ބެހޭ ސުވާލުތަކާއި އޭގެ ޖަވާބު] * [http://www.sampla.org ސައުތު އެފްރިކަން މެރިން ޕްރިޑޭޓަރ ލެބް] ރިސާޗް އިންސްޓިޓިއުޓް * [http://www.sharks.org ޝާކް ރިސާޗް އިންސްޓިޓިއުޓް] * [http://www.geerg.ca Greenland Shark and Elasmobranch Education and Research Group] * [http://www.flmnh.ufl.edu/fish/Sharks/ISAF/ISAF.htm The International Shark Attack File] * [http://www.sharktrust.org/ Shark Trust Organization] * [http://www.elasmo-research.org ReefQuest Centre for Shark Research] * [https://web.archive.org/web/20180102171512/http://www.whaleshark.org/ ECOCEAN Whale Shark Photo-identification Library] * [http://www.elasmo-research.org/research/checklist_res.htm މިހާތަނަށް ހޯދިފައިވާ މިއަރުގެ ބާވަތްތައް] * [http://www.sharkattackfile.net ގލޯބަލް ޝާކް އެޓޭކް ފައިލް] * [https://web.archive.org/web/20160116093349/http://www.sharkresearchcommittee.com/ ޝާކް ރިސާޗް ކޮމިޓީ] * [http://www.elasmodiver.com Shark Pictures and Elasmobranch Field Guide] * [https://web.archive.org/web/20170503235532/http://www.morphbank.net/Browse/ByImage/?tsn=551500 މޯފްބޭންކް: މިއަރު ފޮޓޯތައް] * [http://www.oceanicdreams.com ވުލްފްގެންގ ލިއެންޑަރ ނަގާފައިވާ ފޮޓޯތައް] * [https://web.archive.org/web/20081202022954/http://www.onewhale.com/sharks.htm މިއަރު ކާރޓޫނުތައް] [[ޤިސްމު:Fish]] 7qk090aa6pv3ey6gmgr485g2v4krw8z ރޫސީވިލާތުން ޔުކްރެއިނަށް އަރައިގަތުން (އެހެނިހެން ޙާލަތްތަކުގައި) 0 15650 137929 133687 2026-08-18T07:47:39Z কল্কি 28042 /* */ per https://phabricator.wikimedia.org/T433203 137929 wikitext text/x-wiki * [[ޔޫކްރޭނަށް އަރައިގަތުމާއި ހިސޯރުކުރި މީހުންގެ ލިސްޓް]] * [[ޔޫކްރޭނަށް ރޫސީވިލާތުން އަރައިގަތުމުގެ ޓައިމްލައިން]] {{disambiguation}} __EXPECTSHORTPAGE__ c79o8jvgs618jwqsgb7geihnefod7yv